ގަމީހުގެ އަތުކުރި އޮޅާލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އިކާން އޭނާގެ ސޫރައަށް ބަލާލަމުން ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅީގައި އަތް ހާކާލިއެވެ. އޭނާގެ މޫނުމަތިން އުދާސްކަން ފާޅުވަމުން ދިޔައެވެ. ޑްރެސިންގް ޓޭބަލްމަތީ ބާއްވާފައިވާ އައިފޯނު ނަގާ ނަންބަރަކަށް ގުޅާލިއިރު އިކާންގެ ހިތް އަަވަސްވެ މުޅި މީހާ ފިނިވިއެވެ. އެ ފަރާތުގެ ހިޔާލަށް ބަދަލެއް އާދޭތޯ ބެލުމަށް އިކާންގެ ފަހުގެ ނިންމުން ހިއްސާކުރަން ބޭނުންވިއެވެ. އިރުކޮޅަކު ފޯނު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގައިފިއެވެ. އިކާންގެ ކަންފަތުގައި އެ އަޑު ޖެހުމާއި […]
“މަންމާ” ވޭނީ އަޑަކުން ގޮވާލި އަޑުއިވުމާއެކު ސަމީނާއާއި ޢުބައިދުﷲ އާއި ދެމީހުންނަށް ބަލައިލެވުނީ އެކުއެކީގައިކަހަލަ ގޮތަކަށެވެ. “ދަރިފުޅާ، އަރޫޝާ؟ ކިހިނެއް؟ ކޮންއިރަކު ދަރިފުޅު އައީ؟” ސަމީނާ ވާހަކަ އޮޅުވާލެވޭތޯ ބަލަމުން ސުވާލުކޮށްލިއެވެ. “މަންމާ، އަޅުގަނޑަށް ހުރިހާ ކަމެއް އެނގިއްޖެ. އެންމެ ކަމެއް ފިޔަވާ. މިހުރިހާ ދުވަހު އަޅުގަނޑަށް ބައްޕައެއްގެ ލޯބި އުނިވިޔަނުދީ އެލޯބިދިން ފަރާތަކީ ކާކުކަން؟” އަރޫޝާ ރޮމުން ސުވާލުކުރަމުން ދިޔައިރު ޢުބައިދުﷲގެ ނަފްސަށްވަނީ ފާޑެއްގެ ސިހުމެއް ލިބިފައިކަން މޫނުމަތިން ފެންނަމުން ދިޔަ ކުލަތަކުން އެގެއެވެ. ސަމީނާގެ […]
ހިތް ބޭނުމޭ…10 ވިއްސާރަ ކަނި ޖަހަން ފެށުމުން އެތެރެއަށް ވަންނަން ލިލިއަންގެ އަތުގައި ހިފާލައިގެން އެނބުރުނު ޒެއިން އަށް ރޮވިފައި ހުރި އެލީން ފެނުމުން ލިލިއަންގެ އަތުން ދޫކޮށްލެވުނީ އިހްތިޔާރުން ބޭރުގައެވެ. ނަމަވެސް ޒެއިން އަށް ވުރެ އެލީންގެ ހަރަކާތްތައް މާ އަވަހެވެ. ދުވެފައި އެލީން ގޮސް އެރީ ލިފްޓަކަށް ކަން ޒެއިން އަށް ޔަގީން ވިއެވެ. “އެއީ ތަ ޒެއިންގެ؟” ޒެއިންއަށް ވީ ގޮތް ފެނިފައި ލިލިއަން އަހައިލީ އެލީން ފަސްދިން މަންޒަރު އޭނާއަށް ފެނުމުން […]
“ހެވޭ ކޮންމެ މީހެއްގެ ގެޔަކަސް!” މިހެން ބުނުމަށްފަހު ތާޝާ އެތެރެޔަށް ވަދެގެން ދިޔައެވެ. އަހަރެންވެސް އަވަހަށް ގެޔަށްވަދުމަށްފަހު އަވަސްވެގަތީ ފެންވަރާށެވެ. ފެންވަރާލައިގެން އަހަރެން ނިކުތްއިރު މަންމަ ހުރީ އަހަރެންނަށް ކާން ހަދައިގެންނެވެ. ނަމަވެސް އަޅަނުލައި އަހަރެން ބޭރަށްދާން ފެށުމުން މަންމަ އަހަރެންނަށް ގޮވިއެވެ. “މާޒް ކޮންތާކަށް؟ ކައިގެންދޭ!” މަންމަ މިހެން ބުނުމުން އަހަރެން ނުކާނެ ކަމަށް ބުނެ އަވަސްވެގަތީ ތާޝާގެ ކައިރިޔަށް ދާށެވެ. އަހަރެން ދިޔައިރު ކާން ހަދައިގެން އަހަރެންގެ އިންތިޒާރުގައި ތާޝާ އިނެވެ. އަހަރެންނަށް ސިފަވަމުންދިޔައީ […]
އައްޔާދްގެ އަތުގައި ރަތް ކުލަ ހުރިއިރު ރިއުމާންގެ ހެދުމުގައާއި ބުރުގަލުގައި ރަތްކުލަ ހުއްޓެވެ. މިހާ ދުވަސް ވީއިރު ޒުބޭރުގެ ފަރާތުން ނޫނީ އެކަހަލަ ގޮތަކަށް ފިރިހެނަކު އޭނާގެ ގައިގައި އަތްލާފައެއް ނުވެއެވެ. ރިއުމާން ބިރުން ދުއްވައި ގަތުމުން އައްޔާދް އޭނާގެ އަތުގައި ހިފައި ދަމާލުމާއި އެކު އޭނާގެ މޫނު އައިސް ޖެހުނީ އައްޔާދްގެ މޭމަތީގައެވެ. “ނޫން!! ނޫން ދޫކުރޭ!!” ރިއުމާން އަތްދަމާފައި ނިކަން ބާރަށް އައްޔާދްގެ ކަންކަށިމަތީގައި އެތިފަހަރެއް ޖެހިއެވެ. އަރައިގެން ދިޔަ ދިލައިން އައްޔާދް ބޭއިޚްތިޔާރުގައި […]
އޭނާ އެގެޔަށް ބަދަލުވުމަށްފަހު ވަރަށް ގަދަޔަށް މަސައްކަތްކުރިއެވެ. ފުރާޅު މަރާމާތުކޮށް ތެޅިފައި ހުރި ކުޑަދޮރުތައްވެސް އާކުރިއެވެ. ކުލަލާ، ގެ ޒީނަތްތެރިކުރިއެވެ. ގެ މުޅިން ބަދަލުކޮށްލިއެވެ. އަވަށުގެ މީހުން މިކަމާ ތިބީ ވަރަށް ހައިރާންވެފައެވެ. އެކާވީސް ޑިސެމްބަރު ވީ ހޯމަދުވަހުގެ ހެނދުނު އަވަށުގެ މީހުންނަށް އެގޭގެ ބޭރުގައި ބޮޑު އަކުރުން ‘ދަ ކޯނަރ ޝޮޕް- ޑޭވް ސްޓެޓިން’ ލިޔެފައި ވަނިކޮށް ފެނުނެވެ. އެމީހުންނަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ވުޑެންޑުގައި ފިހާރައެއް ހުޅުވަނީ ހެއްޔެވެ؟ ހުރިހާ އެންމެންވެސް އެކަމާ ބެހޭގޮތުން […]
ފަޔާޒްގެ ހިތުގައިވެސް އެފަދަ ޝުޢޫރުތަކެއް ހިނގަމުން ދިޔައެވެ. އަޔާޒް އެގެއަށް ގެންދިޔުމުން ކަންތައް ވާނީ ކިހިނެއްބާވައެވެ. ރިޔާޝާގެ ހިތް އަޔާޒަށް އެނބުރޭނީބާވައެވެ. ނަމަވެސް މަންމަ އެކަމަށް އެދެފިނަމަ މަންމައަށްޓަކައި އޭނާ އެކަންވެސް ކުރާނެއެވެ. އަނެއްކޮޅުން އޭނާ ރިޔާޝާއަށް ވީ ވަޢުދުވެސް އޭނާ ފުއްދައިދޭނެއެވެ. ރިޔާޝާ ބޭނުންވެއްޖެނަމަ އޭނާ ރިޔާޝާ ދޫކޮށްލައިދޭނެއެވެ. ރިޔާޝާގެ އުފަލަށްޓަކައެވެ. އޭނާގެ ފުރިހަމަނުވެ އޮތް ޢާއިލާގެ ޙައްޤޫގައެވެ. އެއާއިލާގެ އުފާވެރިކަމަށްޓަކައި އޭނާގެ ލޯބި ޤުރުބާންކުރަންވެސް އޭނާ އެހުރީ ތައްޔާރަށެވެ. އެވެސް އެއްމާބަނޑު ކޮއްކޮއަށެވެ. ކާރު […]
“އެހެންވިއްޔާ ލައި އާއި ދިމާވެފައި ހުންނާނީ. ލައި ދެކެން ދޯ. ބޮއްތި ތި ތަނަށް ކޮންމެ ގަޑިއަކު ކާން ގެންދަނީ. ލައި ވެސް ދާނެ ބައެއް ފަހަރު ދޯ ލައި” ޝައިމް މިބުނި އެއްޗަކުން އަލްޔާ ގެ މޫޑް ހަރާބިވިއެވެ. ލޫކަށް ވެސް ވީ އެވަރެވެ. ނަމަވެސް މޫނުމަތިން އެކަން ފޮރުވާލަމުން ހީލިއެވެ. “ދެން ފެނިފަތާ ދޯ ހުންނާނީ” ލޫކް ގެ މި ފަރުވާކުޑަ ޖަވާބުން އަލްޔާ އަށް ލޫކަށް ބަލާލެވުނެވެ. ލޫކް ބޭނުންވިނަމަ އެއަށް […]
ހިތް ބޭނުމޭ…9 “މިއަދުން ފެށިގެން ކޮފީ ނުބޯން މި ނިންމީ. ނުބަޔަސް ހެލްތީ އެއްޗިއްސެއްނު ބޯން ވާނީ” ހަގީގަތުގައި އެ ޖޫހުގައި ލިލިއަން އަށް ލީ ވަރަށް މީރު ރަހައެކެވެ. ޖަބީން އަށް ނުބައި އެއްޗެއް ވިސްނިދާނެތީ ލިލިއަން ވާހަކައެއް ހަދައިލިއެވެ. “މިހާރު އެއޮށް އަށްގަޑި ބައި ވަނީ. ނުވައެއް ޖަހާ އިރަށް މާރިއާ އާންޓީ މެންގެ ގެއަށް ދާންވާނެ.” ކޮފީ މަގު ހިފައިގެން ގޮނޑިން ތެދުވަމުން ޖަބީން ބުންޏެވެ. “މަންމާ. ބައްޕަ ނުދުރުވަނީ ތޯ؟” ޒަހީންގެ […]