ހިތް ބޭނުމޭ…7
ހިތް ބޭނުމޭ..7
“މަންމާ.. އަ..އަ..ޅުގަނ…” ގިސްލެވޭ ވަރުން ލިލިއަން އަކަށް ވާހަކަ އެއް ވެސް ނުދެއްކުނެވެ.
“ޝްޝްޝް. އިޓްސް އޯޯކޭ. ހަމަ ޖެހެންދެން ރޯލާ” ޖަބީން އޯގާތެރިކަމާއި އެކު ބުނެލީ ލިލިއަންގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ.
އެތައް އިރަކު ރުއިމަށްފަހު ލިލިއަން ހަމަ އަކަށް އެޅުނެވެ. އޭރު ޖަބީން ވެސް ލިލިއަން ގާތު ސޯފާގައި އިށީނދެލައިގެން އިނދެ ދަރިފުޅުގެ ބޮލުގައި ފިރުމަމުން ދިޔައެވެ.
“ދެން މަންމަ އަށް ކިޔައިދީބަލަ ވެގެން ތި އުޅޭގޮތް” ޖަބީން ލޯތްބާއިއެކު އަހައިލިއެވެ.
“އަޅުގަނޑު ވެގެން އުޅޭގޮތް ކިޔައިދިނަސް މަންމަ އަށް ކޮށްދެވޭނެ ކަމެއް އޮންނާނެ ތަ؟” މާޔޫސް ކަމާއި އެކު ލިލިއަން ބުންޏެވެ. ޖަބީން ފުން ނޭވާއެއް ލަމުން ލިލިއަންގެ މޫނަށް ބަލަން އިނެވެ.
“އަޅުގަނޑު ލޯބިވަނީ އެހެން މީހެއް ދެކެ. އަޅުގަނޑަކަށް ޒެއިން ދެކެ ލޯތްބެއް ނުވެވޭނެ” ލިލިއަން އަށް އަނެއްކާވެސް ރޮވުނެވެ.
“އެކަމު ދަރިފުޅާ. ދަރިފުޅުމެންގެ ކައިވެނި ވަރަށް އަވަހަށް ހަމަ ޖެހޭނެ. ބައްޕަ އެއް ޤަބޫލެއް ނުވާނެ ދަރިފުޅު ޒެއިން ނޫން ކުއްޖަކާ ގުޅޭކަށް” ޖަބީން ލިލިއަން އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“އަޅުގަނޑު މިދަނީ ކޮޓަރިއަށް. ވަރަށް ބޮލުގަ ރިއްސާ އެބަ.” ޖަބީން ގެ ފަރާތުން ލިލިއަން އަށް އެހީތެރިކަމެއް ނުލިބޭނޭކަން އިނގުމުން ލިލިއަން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ލިލިއަން ދިޔަ މަންޒަރު ބަލަން އިން ޖަބީން އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ ލިލިއަން ގެ ހިތުގެ ހާލު އިނގުމުންނެވެ.
މިލީނާގެ ޓެސްޓްގެ ނަތީޖާ އައީ ޕޮޒިޓިވް ވެގެން ނެވެ. ރިޕޯޓުން ދައްކާ ގޮތުގައި މިލީނާގެ ބަނޑަށް 14 ހަފްތާވެއްޖެއެވެ. އެޒިލްގެ މުޅި ދުނިޔެ ބަނަވެގެން ދިޔައެވެ. އަބަދުވެސް ކުއްޖަކުބޭނުން ވާ އެޒިލް އަށް ވާންވީ އުފާކަމެއް ދެރަކަމެއް ނޭނގުނެވެ. ކޮންމެ ގޮތެއް ވިޔަސް މިލީނާގެ ބަނޑުގައި އެވަނީ އޭނާގެ ދަރިއެކެވެ. އޭނާ އަށް މިލީނާ ވަރި ކުރެވޭކަށް ނެތެވެ.
“އެޒިލްގެ ތި ގާލްފްރެންޑް ގާތު ބުނޭ އަހަރެން ބަނޑުބޮޑު ވާހަކަ. ތިކަން ނުހުއްޓައިފިއްޔާ އަހަރެން މި ބޭބީ އަށް ކަމެއް ކުރާކަށް ވެސް ފަހަކަށް ނުޖެހޭނަން.” އެނދުގައި އޮށޯވެލައިގެން އޮތް އެޒިލް އަށް މިލީނާ އިންޒާރު ދިނެވެ.
“އަހަރެން އޭނަ އަށް ގުޅާނަން. އަހަރެން މިލީނާހެން އޭނަ އަކަށް އޮޅުވައެއް ނުލާނަން”ެ ބޭނުން ނުވިޔަސް އޭނާ އަށް ލިލިއަން އާ ދުރަށް ދާން މަޖުބޫރު ވެއްޖެއެވެ.
އަތުގައި އޮތް ޕްރެގްނެންސީ ކިޓަށް ނަޒަރު ހުއްޓާލައިގެން އިން ލިލިއަން ާ އިނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ އަކަށް އެ މައުސޫމު ފުރާނައަށް ގެއްލުމެއްދޭކަށް ނުކެރޭނެއެވެ. އަދި އަމުދުން އެއީ އެޒިލްގެ ލެއެވެ. ބަނޑުގައި ފިރުމައިލަމުން ލިލިއަން ލޯ މަރައިލިއެވެ. އެވަގުތުވެސް އޭނާ އަށް ސިފަވީ އެޒިލްގެ ރީތި މޫނެވެ.
ލޯ މަރާލައިގެން އިން ލިލިއަން ސިހިގެން ދިޔައީ އެނދުމަތީ އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އެއީ އެޒިލްގެ ކޯލެކެވެ. ހިތް އަވަސް ވެފައި ހުރެ ލިލިއަން ފޯނުނަގައި ކަންފަތުގައި ޖައްސައިލަމުން އެޒިލް އަށް ގޮވައިލިއެވެ.
“ލިލީ…ވީ ނީޑް ޓު ޓޯކް” އިރުކޮޅެއްގެ ހަމަހިމޭން ކަމަށް ފަހު އެޒިލް ބުންޏެވެ. އެއަޑު ހުރި ގޮތުން ލިލިއަންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.
“އޯކޭ. ބުނެބަލަ ތި ދައްކަން އުޅޭ ވާހަކަ އެއް” ހަމަޖެހެން މަސައްކަތް ކުރަމުން ލިލިއަން ޖަވާބުދިނެވެ.
“މިރޭ ބައްދަލު ކޮށްލެވިދާނެތަ؟” އެޒިލްގެ އެދުމަަކަށް ނޫނެކޭ ބުނާކަށް ލިލިއަން ބޭނުމެއް ނުވިއެވެ. ދާންވީ ތަނާއި ވަގުތު ބުނަމުން އޭނާ ފޯނު ކަނޑައިލިއެވެ.
އެލީން ފެން ވަރާލައިގެން ނުކުމެ ފޯނު ބަލައިލި އިރު ހަވަރަކަށް މެސްޖް އިނުމުން އެއީ ކާކު ކޮށްފައި ހުރި މެސެޖް ތަކެއްތޯ ބަލައިލިއެވެ. ފަސް މެސެޖް އާނާ ކޮށްފައި އިން އިރު ދެން އިނީ ޒެއިންގެ މެސެޖެކެވެ. ޒެއިންގެ މެސެޖް ފެނުމުން އެލީންގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“މިރޭ 8 ޖަހާއިރު ރެޑީވެގެން ހުންނައްޗޭ. އިޓްސް އަ ޑޭޓް.” ޒެއިންގެ މެސެޖް ކިޔައިލަމުން އެލީން އަށް ފުންމައިގަނެވުނެވެ. އަލަމާރި ހުޅުވައިލަމުން ހެދުންތައް ނަގައި އެނދުމައްޗަށް އުކަން ފެށީ ކަމުދާ ކަހަލަ ހެދުމެއް ފެނޭތޯއެވެ. އެހެން އުޅެނިކޮށް ދޮރުގައި މީހަކު ޓަކިދޭން ފެށިއެވެ. އެލީން ގޮސް ދޮރު ހުޅުވައިލި އިރު ދޮރުމަތީ ހުރީ އީވާއެވެ. ހިނިތުން ވެލައިގެން ހުރެ އީވާ އެ ކޮޓަރިއަށް ވަންނަމުން އެނދުމަތީގައި ހުރި ހެދުންތައް ފެނި އެލީންގެ މޫނަށް ނަޒަރު ހިންގައިލިއެވެ.
“އާމްމް.. ޑޭޓަކަށް ދާން ރީތި ހެދުމެއް އޮތްތޯ ބަލައިލަނީ މި” އީވާ ހުރި ގޮތް ފެނިފައި އެލީން ތެދު ތެދަށް ޖަވާބުދިނެވެ.
“އޯހް. އަ ޑޭޓް؟ ކާކުތަ އެ ނަސީބުވެރި އަކީ؟” ލާނެތް ހިންޏެއް އައިސްފައި ހުރެ އީވާ އަހައިލިއެވެ.
“އަސްލު މީ ޑޭޓެއް ނޫން އިނގޭ..ނޫން..ނޫން.. ޑޭޓެއްގޮތަށް ވެސް ބެލެވިދާނެ.. ނޯ..ނޯ އިޓްސް ޖަސްޓް…އަމްމް….” އެލީން އަށް އީވާ ގާތު ޒެއިންގެ ނަން ބުނަން ނުކެރިގެން އުޅެންފެށި ގޮތް ފެނިފައި ބާރު ބާރަށް އީވާ ހޭންފެށިއެވެ. އެލީން އަށް ރަކިވެފައި އީވާ އަށް ބަލަން ހުރެވުނީ އެވެ. އަމިއްލަ އަށް ބޭޒާރުވެވޭ އިރު ވެސް އެލީން އަށް ރޭކާ ނުލައެވެ.
“އޯހް އެލީ، އިޓް އޯކޭ އޭ. އަހަރެން ނަށް އިނގޭ ތިދާން އުޅެނީ ޑަބަލް ޑޭޓަކަށް ކަން.” އީވާ އެލީން ހުރި ގޮތްފެނި ހިނިގަނޑު މައިތިރި ކުރަމުން ވާހަކަ ދެއްކިއެވެ.
“ޑަބަލް…ޑޭޓް؟” މޫނަށް ގޮތެއް ހަދައިލަމުން އެލީން ކިޔައިލިއެވެ.
“ހޫމް. ޑަބަލް ޑޭޓް. އަހަރެން ބުނީމެއްނު ޒެއިން ވަރަށް މަންމަ ވެފައޭ ހުންނާނީ. އެހެންވެ އެލީން އެކަނި ގޮވައިގެން ދާން ނުކެރުނީމަ ޒެއިން އިންވައިޓް ކުރީ މީ އެންޑް ޒައުލް އަށް. ސޯ އައި ކޭމް ޓު ހެލްޕް ޔޫ” އެލީންގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން އީވާ އުފާވެފައި ބުންޏެވެ.
އެލީން ވެސް ހިނިތުން ވެލަމުން ހެދުންތަކަށް އިޝާރާތް ކޮށްލިއެވެ.
” އެކަމާ ހާސް ނުވޭ. އަހަރެން އެބަ އަންނަން” އީވާ ދުވެފައި ނުކުތް މަންޒަރު ބަލަން ހުރި އެލީންގެ ހިތް ވަނީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ. ޒެއިން އޭނާގެ މަންމަ ދެކެ ވާ ލޯބިން އެލީން ދޫ ކޮށްލާކަށް ވެސް ފަހަކަށް ނުޖެހޭނެ ތާއޭ އެލީން ގެ ހިތަށް އަރަމުން ދިޔައެވެ. މާރިއާ އެލީން އާއި އެހައި ރުހޭ ހެނެއް އެލީން އަކަށް ހިއެއް ނުވެއެވެ. ފުން ނޭވާއެއް ލަމުން އެލީން އެނދުގައި އިށީނދެލީ ހަމަޖެހިލުމަށްޓަކައެވެ. އިރުކޮޅެއް ނުވެ އީވާ އައީ ކަޅާއި ހުދުން ފަރުމާ ކޮށްފައި ހުރި މެކްސީ އެއް ހިފައިގެންނެވެ.
“މީ އަހަރެން ނަށް ރީތި ވީ ވަރުން ގައިން ހެދުމެއް. އެކަމު ދިގު ކަމުން ނުލެވިފަ، ސޯ؟” އެލީން ގެ ހިޔާލެއް ހޯދައިލުމަށްޓަކައި އީވާ މަޑުކޮށްލައިގެން ހުއްޓެވެ.
“އިޓްސް ސްޓަނިންގް. އެކަމު އިވީ. ތިހާ އަގުބޮޑު ހެދުމެއް..” އެލީން އުޒުރުވެރި ވަމުން ބުންޏެވެ.
“ނޯ ނޯ.. އެލީ ލާން ޖެހޭނީ މިހެދުން. މި ހީވަނީ ހަމަ އެލީ އަށް ޓަކައި ފަހާފަ ހުރި ހެދުމެއް ހެން” އީވާ އެލީން އަށް މަޖުބޫރު ކުރަމުން ބުންޏެވެ.
“އެކަމު އިވީ އައި ކާންޓް. މިހާރުވެސް އަހަރެން ނަށް އެތައް ކަމެއް އެއްވެސް އަގަކާއި ނުލައި ކޮށްދޭ އިރު..ޕްލީޒް އިވީ” އެލީން އެނދުން ތެދުވަމުން ގޮސް އީވާ އާއި ދާދި ގާތުގައި ހުއްޓުނެވެ.
“އޯކޭ އެލީ. އަހަރެން ހީކުރީ އެލީ އަކީ އަހަރެންގެ ފްރެންޑެއް ކަމަށް. އެކަމު އެހެނެއް ނުވިތާ” ދެރަވާ ކަމަށް ހެަދެަމުން އީވާ އިސްޖަހައިލުމުން އެލީން ގެ ހިތަށް އަސަރު ކުރިއެވެ.
“ތީ އެލީ ގެ ފްރެންޑެކޭ. ޕްލީޒް އިވީ އަހަރެން ދެކެ ރުޅި ނާދެބަލަ.. އޯކޭ އޯކޭ. ތިހެދުން ލާނަމޭ.” އެންމެ ފަހުން އެލީން އެއްބަސް ވުމުން އީވާ އުފަލުން ގޮސް އެލީންގެ ގައިގައި ބައްދައިގަތެވެ.
8:30 ވުމުގެ ކުރިން ލިލިއަން އޭނާ އެޒިލް އާއި ބައްދަލު ކުރަން އަންނަ ކުލީ ކޮޓަރިތެރޭ އިނީ އެޒިލްގެ އިންތިޒާރުގައެވެ. ފޯނާއި ކުޅެލަ ކުޅެލާ އިންދާ އެޒިލް ގުޅާފަ ދޮރު ހުޅުވުމަށް ބުންޏެވެ. ހިތް އަވަސް ވެފައި ހުރެ ލިލިއަން ލައިގެން ހުރި ހެދުން ރީތިކޮށްލަމުން ދޮރު ހުޅުވައިލިއިރު އެޒިލް ދޮރުމަތީ ހުއްޓެވެ. އަތް ދިގު ކަޅު ޓީޝާޓާއި ކަޅު ޖީންސްގައި އެޒިލް ފެންނަނީ ވަރަށް ވެސް ފިރިހެން ވަންތަ ކޮށެވެ. އެޒިލް ލުއި ގޮތަކަށް ހިނިތުންވެލަމުން ލިލިއަންގެ އަންހެންވަންތަ ހަށިގަނޑުގައި ބައްދާލި އިރު މިރެއަށް ފަހު އެ ލޯބި ހަނދާން ނައްތާލަން ޖެހޭކަން ހިތަށް އެރުމާއި އެކު ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ލިލިއަން އެޒިލް އާއި ދުރުވެލަމުން އެ މޫނުގައި ފިރުމައިލުމުން އެޒިލް އަށް ލޯ މަރައިލެވުނީ ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުން ނެވެ.
“އެޒިލް. އާ ޔޫ އޯކޭ؟ މިރޭ މީޓް ކުރަން ބުނީ ކީއްވެތަ؟” ލިލިއަން ސުވާލުތައް އޮއްސަމުން ދިޔައެވެ. އެޒިލް ލިލިއަންގެ އަތް ދުރުކޮށްލަމުން ފުރަގަސްދިން އިރު އެ ރީތި ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ.
އެޒިލްގެ އެ ހަރަކާތުން ލިލިއަންގެ ހިތުގައި ވި ބިރުވެރިކަން އިތުރުވުން ނޫން ކަމެއް ނުވިއެވެ.
“ޒިލް. އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން ބޭނުން” ފަހަތުން އެޒިލްގެ ހަށިގަނޑުގައި ބައްދައިލަމުން ލިލިއަން ބުންޏެވެ. އެޒިލްގެ ބަނޑުގައި އަޅުވައިލެވިފައިވާ ލިލިއަންގެ އަތް ނައްޓުވަމުން އޭނާ ލިލިއަން އަށް ކުރިމަތިލިއެވެ. އެޒިލްގެ ފެންކަލިވެފައިވާ ދެ ލޯ ފެނުމުން ލިލިއަން ގެ މެއަށް ފިނިވެގެން ދިޔައެވެ. ދެއަތަށް ބޯ ހޫރައިލަމުން އެޒިލްގެ މޫނުގައި ބޮސްދެމުން ލިލިއަން އެދުނީ ނުރޮއި ވީ ގޮތެއް ބުނެދޭށެވެ. އޭނާ އަށް ޓަކައި ލިލިއަން ވަމުންދާ ވަރު ފެނި އެޒިލް އަށް އަމިއްލަ ނަފްސް ކުއްވެރި ކުރެވުނެވެ.
“ލިލީ މިލީނާ އިޒް ޕްރެގްނެންޓް!!!” އިތުރަށް ކެތް ނުވެގެން އެޒިލް ގެ ދުލުން ބޭރުވިއެވެ. އެ ޖުމްލަ އަޑު އިވިފައި ލިލިއަން އަށް ހީވީ ކަންފަތްބުޑުގައި މީހަކު ބޮމެއް ގޮއްވައިލި ހެންނެވެ. ގަބު ވެފައި ހުރި ލިލިއަންގެ ކޮނޑުގައި އެޒިލް ހިފައްޓައިލުމުން އެ އަތް ވެސް ލިލިއަން ފޮޅުވައިލިއެވެ.
“ޔޫ ލަޔާރ. އަހަރެން ގާތު ނުބުނަން ތަ މިލީނާ އާއި އެކު އެކަހަލަ ގުޅުމެއް ނުބާއްވަމެކޭ؟” ރުޅިއައިސްގެން ގޮސް ތުރުތުރު އަޅަމުން ދިޔަ ލިލިއަންގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ކުއްވެރިއަކު ފަދައިން އެޒިލް އިސްޖަހައިލިއެވެ.
“އަހަރެން ގަބޫލު ކުރަން އެއީ މިސްޓޭކެއް ކަމަށް. އެކަމު އެއީ މީގެ ތިންމަސް ވަރު ކުރި. އަހަރެން އޭެގެ ފަހުން މިލީނާ އާއި އެކީ އެގޮތަކަށް ނޫޅެން. އައި އެމް ސޯ ސޮރީ ލިލިއަން” އެޒިލް ލިލިއަންގެ އަތުގައި ހިފައިލަމުން އެ އަތްތިލައިގައި ބޮސްދިން އިރު ހުރީ ރަނގަޅަށްވެސް ރޮވިފައެވެ.
“އަހަރެންނަކަށް ދެން މިލީނާ ވަރިއެއް ނުކުރެވޭނެ ލިލީ.. އައި އެމް ސޯ ސޮރީ.” އެޒިލް ރޮމުންދިޔަ މަންޒަރު ފެނުމުން ދެރަވެފައި ހުރި ލިލިއަންގެ ހިތަށް އިތުރަށް އަސަރުކުރިއެވެ.
“އަހަރެންގެ މިސްޓޭކް. އަހަރެންގެ މިސްޓޭކް އެއީ ކައިވެނި ކޮށްގެން ހުރި މީހަކަށް އިތުބާރުކޮށް ލޯބި ވެވުން. އަހަރެންގެ މިސްޓޭކް އެއީ ހިންގަން ނުވާ ވަރުގެ ގުޅުމެއް އެޒިލް އާއި އެކު ހިންގުން. ކޮންމެ ކަމެއްގަ ވެސް ދެރަ ލިބޭނީ އަންހެން ކުދިންނަށް. އިޓްސް އޯލް މައި ފޯލްޓް” ލިލިއަން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެނދުގައި ޖެހި މައިތިރިވުމުން ލަސްލަހުން އެނދުގައި އިށީނެވެ. ލިލިއަން އަށް ކޮށްފައިވާ އަސަރު ފެނުމުން އެޒިލް އަކަށް ދުރުގައި ހުންނާކަށް ނުކެރުނެވެ. ލިލިއަން ގާތު އިށީންނަމުން އެ އަތުގެ ހިމާޔަތްދިނެވެ.
” އިޓްސް ނޮޓް ޔުއަ ފޯލްޓް ލިލީ. މީ އަހަރެންގެ ސަބަބުން ވީ ގޮތެއް. އަހަރެންނަށް މާފު ކޮށްދީ. އައި ލަވް ޔޫ ލިލީ. އައި ލަވް ޔޫ ސޯ މަޗް. ލިލީ އާއި ވަކިވެގެން ދިއުމަށް ފަހު އަހަރެން ވާނީ ދިރި ހުއްޓެއް ކަމަކު ފުރާނަނެތް އިންސާނަކަށް. އައި ނޯ އިޓްސް ޓޫ ލޭޓް. އެކަމު މިލީނާ އަހަރެން ނަށް ބިރުދައްކަނީ ލިލީ އާއި ވަކި ނުވެއްޖެ ނަމަ އެ އިނޮސެންޓް ފުރާނަ އަށް ގެއްލުން ދޭނަން ކަމަށް ބުނަމުން. އެކަން އެހެން ވާކަށް އަހަރެން ނަކަށް ނުހުރެވޭނެ. ލިލިއަން އަށް އަންޑަސްޓޭންޑް ވާނެކަން އަހަރެން ނަށް އިނގޭ. ތީ މިލީނާ އަށް ވުރެ ހާސް ބައި ރަނގަޅު ކުއްޖަކަށް ވާތީ. އައި ލަވް ޔޫ ލިލީ. އެކަމު އަހަރެން ނަށް މާފުކުރޭ. އަހަރެންނަކަށް މިލީނާ ޑިވޯސް އެއް ނުކުރެވޭނެ.” މޮޮޔައެއް ފަދައިން ލިލިއަންގެ ހަށިގަނޑުގައި ބައްދަމުން އެޒިލް މާފަށް އެދެމުން ދިޔައެވެ. އެޒިލް ދެކެ ވާ ލޯތްބެއްގެ ސަބަބުން ލިލިއަން އަކަށް އެޒިލްދެކެ ނަފްރަތެއް ނުވެވުނެވެ. ނަމަވެސް އެ ހިތުގައި އެތަކެއް ޝަކުވާއެއް އުތުރި އަރަމުން ދިޔައެވެ. ބަނޑުބޮޑީ ހަމައެކަނި މިލީނާއެއް ނޫނެވެ. އޭނާގެ ބަނޑުގައި އެވަނީ ވެސް ހަމަ އެޒިލްގެ ލެޔެވެ. އެ ވާހަކަ އެޒިލް ގާތު ބުނާނެ ހިތްވަރެއް ލިލިއަން އަކަށް ނުލިބުނެވެ. އޭނާ އެޒިލްގެ އަތުތެރެއިން ނުކުންނަމުން ކަރުނައިން ފުރިގެންވި ލޮލަކުން އެޒިލްގެ މޫނަށް ބަލައިލިއެވެ.
“އަހަރެން ނަށް އަންޑަސްޓޭންޑް ވޭ. އަހަރެން ދެން ދަނީ. ގުޑް ބާއި އެޒިލް.” ލިލިއަން އެނދުން ތެދުވުމާއި އެކު އެޒިލް ފަހަތުން އެ ހަށިގަނޑުގައި ބައްދައިލިއެވެ.
“އަހަރެން ދެކެ ވަރަށް ހޭޓް ކުރަން ދޯ؟” އެޒިލްގެ ޖުމްލައިން ލިލިއަން ލޯމަރައިލަމުން ބޯ ހޫރައިލިއެވެ.
“އަހަރެން ދުވަހަކުވެސް އެޒިލް އަކަށް ނަފްރަތެއް ނުކުރާނަށް. އެއަށްވުރެ މިހިތުގައި އެޒިލްއަށް ޓަކައިވާ ލޯބި މާ ސާފު” ލިލިއަން ގެ ޖަވާބުން އެޒިލް ގެ ހިތަށް ޝިފާއެއް ލިބުން ފަދައެވެ. ލިލިއަން އެޒިލް އަށް ކުރިމަތި ވާގޮތަށް އެނބުރިލަމުން އެތުންފަތުގައި ފަހު ފަހަރަށް ބޮސްދިން އިރު ދެލޯބިވެރިން ގެ ލޮލުން ވެސް ކަރުނަ ފައިބަމުން ދިޔައެވެ. ލިލިއަން އެޒިލް އާއި ދުރުވެލަމުން މޭޒުމަތީ އޮތް އަތް ދަބަސް ނަގަމުން ދާން ހިނގައިގަތް ތަނާ އެޒިލް ގޮވައިލުމުން އަނެއްކާ ވެސް ހުއްޓުނެވެ.
“ލިލީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުމޭ މުނީމެއްނު” ނޭފަތް ދަމައިލަމުން އެޒިލް ހަނދާން ކޮށްދިނެވެ.
“އަހަރެން ބުނަން އުޅުނީ މިއަދު ފިހާރައެއް ތެރޭ ހުއްޓަ މިލީނާ އާއި އެކު ސައިކަލުގަ ފެނުން ވާހަކަ. މިހާރު ސަބަބު އިނގިއްޖެ. އަހަރެން ދެން ދަނީ. އިތުރަށް މަޑު ކުރުވައިފިއްޔާ އަހަރެން ނަކަށް އެޒިލް ގިވް އަޕް އެއް ނުކުރެވޭނެ” ބުނަން އުޅުން ވާހަކަ އޮޅުވައިލަމުން ލިލިއަން ބާރު ބާރަށް ހިނގާފައި ނުކުތް މަންޒަރު ބަލަން ހުރި އެޒިލް އަށް ބޮލުގައި ހިފަހައްޓައިލަމުން އެނދުމައްޗަށް ވެއްޓިގަނެވުނީ ސިކުނޑިއަށް ކުރަމުން ދިޔަ ބާރެއްގެ ސަބަބުން ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުންނެވެ.
އެލީންގެ އަތުގައި ހިފަހައްޓައިގެން ހުރެ ޒެއިން ހިނގަމުން ދިޔައީ ރިޒޯޓެއްގެ ގޮނޑުދަށުގައެވެ. ހުދު ހުދު ހިމޫން ވެލިގަނދުމަތީ ހުސް ފަޔާއި އެކު ހިނގަމުން ދިޔައިރު ހީވަނީ އައިސިން ކޮޅެއްމަތީ ފައި އަޅައިލެވޭހެނެވެ. މޫދުން ޖަހަމުން ދިޔަ ރާޅު ތަކުގެ މަޑު މަޑު މިއުޒިކީ އަޑުން ހިތް ތަކަށް އުފާވެރިކަން ލިބިގެން ދާނެކަން ޔަގީނެވެ. ހަނދުވަރުގެ ރިހި އަލި އެލީންގެ މޫނަށް އެޅިފައި ވުމުން އިތުރަށް ފުރިހަމަ ހެން ޒެއިން އަށް ހީވިއެވެ. އެލީންގެ ތުންފަތުގައި ވި އުފާވެރި ހިނިތުންވުމަކީ ޒެއިންގެ ހިތުގެ ހަމަޖެހުން ފަދައެވެ. ހިމޭން ކަމާއި އެކު ހިނގަމުން ދިޔައިރު ޒެއިން އިރު އިރުކޮޅުން އެލީންގެ މޫނަށް ބަލައިލައެވެ.
“ތޭންކްސް” އެލީން ހުއްޓިލަމުން ޒެއިންގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ.
“ކޮން ކަމަކަށް؟” ނޭނގޭ ކަމަށް ހަދަމުން ޒެއިން އަހައިލިއެވެ.
“އަހަރެންގެ ޑްރީމްއެއް މީ އަހަރެން އެންމެ ލޯބިވާ މީހާ އާއި އެކު މިގޮތަށް ރީތި ބީޗެއްގައި ހިނގައިލުން. ޒެންގެ ސަބަބުން އެކަން މިރޭ މި ފުރިހަމަ ވީ. ޑޭޓެކޭ ބުނީމަ ވެސް މިކަހަލަ ސަޕްރައިޒް އެއް ދޭނެ އެކޭ ހިއެއް ނުކުރަން. ތޭންކްސް” އެލީންގެ ޖުމްލައިގަ ބުނި ‘އެންމެ ލޯބިވާ މީހާ’ އަކީ ޒެއިން ކަން ނޭނގި ނަމަވެސް އެލީން އަށް ބުނެވިއްޖެއެވެ.
“އެންމެ ލޯބިވާ މީހަ އޭ؟ އަހަރެން ތަ މީ އެލީން އެންމެ ލޯބިވާ މީހަކީ؟” ލާނެތް ހިންޏެއް އައިސްފައި ހުރެ ޒެއިން އެލީންގެ އަތުގައި ހިފައި ދަމައިލަމުން އެމޭގައި ތަތްކޮށްލިއެވެ.
“އެހެން ދުލުން ނުބުންޏަސް އަހަރެން އެންމެ ލޯބިވާ މީހަކީ ތީ. މިރޭ އަހަރެން އެކަމަށް އިއުތިރާފު ވާކަށް ޖެހިލުމެއް ނުވޭ. އަހަރެން ނަށް ޔަގީން ޒެން ވެސް އަހަރެންދެކެ ވަރަށް ލޯބިވާ ކަމަށް” އެލީން ޒެއިންގެ ނިތުގައި އެލީންގެ ނިތްކުރި ޖައްސާލައިގެން ހުރެ އިޝްޤީ ގޮތަކަށް ބުނެލި ޖުމްލައިން ޒެއިންގެ ހިތް އުފަލުން ނަށައިގަތެވެ.
“މީ އަހަރެންގެ މުޅި ލައިފް ގަ ވެސް އައި އެންމެ އުފާވެރި ރޭ. އައި.. ލަވް ޔޫ އެލީ. ބަޔާނެއް ނުކޮށްދެވޭނެ ކިހައި ވަރަކަށް ކަމެއް. އެއަށް ވުރެ މާ ބޮޑަށް އަހަރެން ލޯބިވަން” ޒެއިންވެސް ހަމަ އެ ރާގުގައި ވާހަކަ ދައްކަމުން އެލީންގެ ނިތްކުރީގައި ބޮސްދެމުން އެ މޭގައި އެލީން ފޮރުވައިލިއެވެ.
ލިލިއަން ގެއަށް ވައިން އިރު ޖަބީން ސިޓިންގް ރޫމްގައި އިނެވެ. ލިލިއަން ފެނުމާއި އެކު ޖަބީން ސޯފާއިން ތެދުވަމުން ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އެ މޫނުން ޖަބީން އަށް އިންތިހާ ދަރަޖައިގެ ވޭން ވެނުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.



vvvv bodah sorry for the late update ? alhuganduge v gaai faraatheh aisgen ulheythy las v.. ekm kurin ves bunihen fridayga upload eh nuvaane ingey.. maadhan iraadhakurevviyya avahah update kohdheynan.. Please accept my apology ? and kiyaalaafa hurihaa kudhin vx comment kohllane kamah ummedhu kuran.. gud nyt ? love you all ?
V nice stoty eh . Waiting 4 next part
Very nice
Story varah nice… Plx avahah up kohdhehchey…nxt part kiyaa hithun hureveny eh noon..
Varah reethi mi baives…. waiting for the next part….. keep it up shooty
Shooty buneba mee kithah episode ge story eh tha
alhugandu egothah balaafaeh noon mi upload kurany ? e dhuvahegge part edhuvahaku liyelany.. and kury dhuvahaku konmes kujjeh bunefa in elyn ge meaning bunedheyn.. elyn ge maana aky “light” “alikan” ?
upload kohllafa kiyaalyma mistakes v fenijje.. awahah upload kuran recheck nukoh mi up kohlly … Sorry for the mistakes guys ?
Vvv reethi mibaives…??
Nice… ???
Interesting.. Waiting for the next part?
V salhi.. Waiting for the next episode
Shooty avahah up kohladheii chey ngey .. Mihaaru ves kiyaa hithun hurw veny ki ehh noon viyya
Salhi..waiting for the next part?
Vvvvvv nice
Ohhhh!!! Thanks shooty mihaa nice story eh liyaathy?????????????????????????????????
V v v nice mipart ves. Thiya kuraa hivvarah assaribahaa saabas
VVVVV reethi
V nice
Habeys story ehh hama
Varah reythi
Wow? intrestng
Vvvv reethi
story v cute shooty….waiting for next part..and elyn ge meaning bune dhineethee v bodah thanks…
Shoooty lily ahehen hadhaa kahnuvaaneehnu thihen hedhiima mihaaru rosehe hithah thadhu vejje …… wait for the next part
.
Shooty miadhu story up kohbaa plxxx :*
waiting for the next episode…
plx upload kohdhyba avahaa….
Nice. . Ur the best :-*
Alhe sooty keehvetha mi story upload nukuranee.plsssss avahah upload kohba.v vv nice story mi ee.plssss vvvvv kiyaa hithun kiyaalevey vaahaka eh mi.plssssssssssssssssssss