Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 23

ShaiShy
November 12, 2016
6 Mins Read
69 Views
16 Comments

“ހެލޯ” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. އެކޮޅުން އެއިވުނު އަޑަކީ މިކްޔާއަށް އާ އަޑެއް ނޫނެވެ. އެއީ އޭނާ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭ މީހެކެވެ.

” މިކް…ތީ ހަމަ މިކްތަ؟ ޕްލީޒް ވާހަކަ ދައްކަބަލަ..އައި އޭމް ސޮރީ އަބައުޓް ދެޓް ނައިޓް..މިކް..މިކް..” މިކްޔާ ކުއްލިއަކަށް ފޯނު ކަނޑާލީ އައުފް އަންނަތަންފެނިއެވެ. އަވަސް އަވަހާ ފޯނު މޭޒުމަތީގައި ބާއްވަމުން މިކްޔާ ސިއްރު ސިއްރުން ކަރުނަތައް ފޮހެލިއެވެ.

” މާރިޔާއްތަ ނިދާފަ އޮތީ… ދެން މާ….” އައުފްގެ ޖުމްލަ މެދުކެނޑުނީ ކުރިމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔުމުންނެވެ.
“އިޓްސް ވޯރކް..ވިލް ޓޯކް ޓް ޔޫ ލޭޓަރ..” ފޯނު ނަގަމުން އައުފް އެހެން ބުނެލީ މިކްޔާ އާއި ދިމާއަށް ބަލާލަމުންނެވެ. ހަމަ އެކަނި ހިނތުންވުމަކުން މިކްޔާ ފުއްދާލީ ވާހަކަ ދައްކާނެ ވަރެއް އެދުލުގައި ނެތުމުންނެވެ. މިކްޔާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ހިތާ ހިތުން ދުޢާ ކޮށްލެވުނީ އެކޯލަކީ ދެންމެ ގުޅިމީހާގެ ކޯލަކަށް ނުވުމަށެވެ. އެއްވެސް ކަމަކަށް އަދި އޭނާގެ ސިކުނޑި ތައްޔާރެއް ނުވެއެވެ. ކުއްލިއަކަށް ދިމާވި ކަންތަކުން މިކްޔާގެ ތަބީޢަތު ގޯސްވެ މީހާ ހާސްކުރުވައިފިއެވެ.

މިކްޔާ ކޮޓަރީގެ ދޮރާ ހަމަވުމަށްފަހު އައުފް ފަސްއެނބުރި މިކްޔާ އަށް ބަލާލީ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުންނެވެ. އެކޮޅުން އިވުނު ބަސްތަކުން އައުފްގެ ނިތައް ރޫގިނަވެގެންދިޔައެވެ.

ހެނދުނުގެ ވަގުތެވެ. ހިނގައިދިޔަ ހާދިސާއަށްފަހު ހުރިހާ އެންމެންވެސް ބަލަނީ އެކަކު އަނެކަކާ ދިމާނުވެ އުޅެވޭތޯއެވެ. ދިމާވިޔަސް ދައްކާނެ ވާހަކެއް އެއްވެސް މީހަކަށް ނުވިސްނެއެވެ. ގޭތެރެއަށް ވަނީ މަރުގެ ހަމަހިމޭންކަން ފެތުރިފައެވެ.

ނަމަވެސް އައުފްގެ އެދުމަށް ސިޓިން ރޫމަށް ޒީޝާ ފިޔަވާ އެންމެން ޖަމާވިއެވެ. ޒީޝާ ރޭގަ ކޮޓަރިއަށް ވަތް ގޮތަށް ނިކުންނަން ޚިޔާލުވެސް ނުކުރެއެވެ.

“މޯމް ! އަޅުގަނޑު ބޭނުން ވާހަކައެއް ދައްކަން..ރޭގައި އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނީ..އެކަމަކު މިހާރު އަޅުގަނޑު ބޭނުންވޭ ވެދިޔަ ކަންތައްތަކުގެ ހަޤީގަތް ހާމަކުރަން..މީގަ އަޅުގަނޑުގެ އެއްވެސް ކުށެއް ނެތްކަން ސާބިތުކޮށްދޭން” ސޮފިއްޔާގެ އަތުގައި ހިފާލަމުން އައުފް ވާހަކަ ދެއްކިއެވެ.
“ދަރިފުޅަށް ފުރިހަމަ އިތުބާރު ކުރަން..ތީ މަންމަ އަބަދުވެސް ފަޚުރިވެރިވާ ކުއްޖެއް..” ސޮފިއްޔާގެ ބަސްތަކުން އައުފްގެ ލޮލުން ކަރުނަ ނިރާލިއެވެ. މިމަންމަގެ ބަނޑުން އުފަން ނުވި ކަމީ އައުފް އަބަދުމެ ކުރާ ޝަކުވާއެކެވެ.

މައިކަލް އާއި މިކްޔާވެސް ތިބީ އައުފްގެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. ހަޤީގަތް އެނގެން ބޭނުންވެފައި ތިބިކަން އެދެމީހުންގެ މޫނުމަތިން ދޭހަވއެއެވެ. އައުފަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. ޖަޒުބާތުގައި ޖެހި ވަކި ކޮޅަކަށް ބުރަވާކަށް މައިކަލް ބެނުމެއް ނުވެއެވެ.
މިކްޔާ ވެސް އޭނާ އައުފަށް ކުރަމުންއައި އިތުބާރު ވެއްޔާ މޮޑެލާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އޭނާއަށް ފެނުނު މަންޒަރުތަކުންނާއި ޒިޝާގެ ބަސްތަކުން ވަނީ ހިތުގައި ކުޑަނަމަވެސް ޝައްކެއް އުފެދިފައެވެ. އެޝައްކު ފިލުވާ ނުލެވެނީސް ހިތްހަމަޖެހުމެއް ލިބޭނެހެން ހިޔެއް ނުވެއެވެ.

އައުފް ބޭރަށް ނިކުތުމަށްފަހު އެނބުރި އައީ މާރިޔާ ގޮވައިގެންނެވެ. އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވީ މަރިޔާ އާއި މިކަމާ އޮތް ގުޅުމެއް ނޭނގުނީމައެވެ. މާރިޔާ އެއައީ ދެމަސްދުވަހުގެ ޗުއްޓީއަކަށް އޭނާގެ ގައުމަށް ގޮސްފައެވެ.

“މަރިޔާއްތާ ޕްލީޒް އެއްވެސް ކަމެއް ސިއްރު ނުކޮށް އެރޭ ވީކަންތައް ކިޔާދީބަ..ޕްލީޒް” އާދޭހުގެ ރާގަކަށް އައުފް ބުނެލިއެވެ. އެވަގުތު މަރިޔާ ހާސްވިއެވެ. އަވަސް ނަޒަރަކުން އެންމެނާ ދިމާއަށް ބަލާލިވަގުތު އޭނާ ފިނިވެއްޖެއެވެ.
“މާރިޔާއްތާ! ހާސްނުވޭ އަޅުގަނޑު ހުރިހާހިނދަކު މާރިޔާއްތައަށް ރައްކާތެރިކަން ލިބިގެންވާނެ..އެއްވެސް ކަމަކުން ދަތިވިޔަ ނުދޭނަން.. މީ އަޅުގަނޑުގެ ވަޢުދެއް” އައުފަށް ވަނީ ހަޤީގަތް އެނގިފައެވެ. ނަމަވެސް އޭނާ ބޭނުންވީ އެންމެންގެ ކުރިމަތީގައި މަރިޔާގެ ދުލުން އެކަންތަކުގެ ތަފްސީލު ދިނުމަށެވެ.
ބިރުން ހުރި މާރިޔާ އަށް އައުފްގެ ބަސްތަކުން ހިތްވަރެއް ލިބިގެން ދިޔައެވެ.
“އަޅުގަނޑު ޗުއްޓީ އަށް ދިޔަ ދުވަހުގެ ކުރީރޭގައި އައުފަށް ކޮފީއެއް ހަދައިގެން ގެންދަން އުޅެނިކޮށް ޒީޝާވެސް އައީ ކޮފީއެއް ހަދަންވެގެން ބަދިގެއަށް..އަޅުގަނޑު ނިކުންނަނިކޮށް ޒީޝާ ކޮފީ ހަދަން އުޅުނު މަގު ތަޅައިގެން ދިޔުމުން އެތަން ސާފުކޮށްލަން އުޅުނީ އަތުގައި ހުރި ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު..އެތަން ސާފުކޮށް ނިންމާލާފައި ކޮފީތަށި ހިފައިގެން ނިކުތްއިރު ޒީޝާ އިނީ މޭޒުކައިރީ ކޮފީތައްޓެއް ހިފައިގެން.. އެހެންކަމުން އައުފަށް ހެދި ކޮފީމަގު ގެންގޮސް ދިނުމަށްފަހު އަޅުގަނޑުވެސް ދެން ދިޔައީ ފޮށިތައްތައްޔާރުކުރުމަށް..އެކަން ކުރަން ހުއްޓައި ހަނދާންވީ މިކްޔާއަށްވެސް އަންގާނުލެވިއޭ މިއުޅެނީ އެހެންވެ އެކޮޓރިއަށް ދިޔައީ އެކަމަކު އަޅުގަނޑަށް ފެނުނު މަންޒަރުން ބިރުން ހަލާކުވާވަރުވި…………

މާރިޔާ މިކްޔާ ކޮޓަރިއަށް ވަންނަން ދިޔަވަގުތު އައުފް ކޮޓަރީ ދޮރު ނުލެއްޕި ހުރުމުން އެދޮރު ޖަހާލުމަށް ކައިރިވިއެވެ. އެވަގުތު އޭނާއަށް ފެނުނީ އެއްވެސް ނިވާކަމެއްނެތި ހުރި ޒީޝާ އައުފް ގައިމަތީގައި އޮއްވައެވެ. އައުފްގެ ދެލޯ މެރިފައިވީއިރު އެއްވެސް ހަރަކާތެއްނެތެވެ. ޒީޝާ މަޑުމަޑުން އައުފްގެ ގަމީސް ބޭލުއްވިއެވެ. ކުއްލިއަކަށް ޒީޝާ ދޮރާދިމާއަށް ބަލައިލީ މީހަކު ހުރިހެން ހީވެގެންނެވެ. މާރިޔާ އާއި ހަތަރުކަޅި ހަމަވި ވަގުތު ޒީޝާ ނުތަނަވަސް ވިއެވެ. ނަމަވެސް ހަމަޖެހިލަމުން އައުފްގެ ގަމީހުން އޭނާގެ ހަށިގަނޑު ނިވާކޮށްލަމުން ދުމެއްޖަހާފައި އައިގޮތަށް އައިސް މާރިޔާ ނޮޅާނުލީ ކިރިޔާއެވެ.

” ޔޫ! ވަޓް ދަ ހެލް!..ބްލަޑީ އޯލްޑް ލޭޑީ…ނިމުނީ އެންމެ ބަހެއް ބުންޏަސް.. ކުށްވެރިވާނީ ހަމަ ކަލޭ…އާފަށްވެސް އިނގޭނެ ކަލޭކަން އޭނައަށް ކޮފީ ގެނައީ..އެބޮއެގެން އޭނަ އެއޮތީ ދެމިފައި.. ކަލޭ އެއްޗެކޭ ބުނެފިއްޔާ މި ވަޒީފާވެސް ގެއްލޭވަރު ކޮށްލާނަން..އޭރުން ދާންޖެހޭނީ ކަލޭގެ ގައުމަށް..ދެން އިނގޭނު ވާނެ ގޮތް..އެހެންވީމަ ޗުއްޕުވެސް ނުބުނާތި..މީ ނުފެންނަ ކަމެއްކަމަށް ހީކޮށްލާ..ގޮޓް އިޓް!..” މާރިޔާ އަށް ގުޑިލާންވެސް ނޭނގިފައި ހުރީ ލިބުނު ސިހުމަކުންނެވެ. މިކަމުން ޒީޝާ ރުޅި އިތުރަށް ގަދަވީއެވެ.

” ވަޓް! ކޯންޗެއް ތިބަލަނީ..ކަލޭގެ ނެތް އެއްޗެއް މަގޭ އަތުގަވެސް ނޯންނާނެ… ފާޑަކަށް އެބަބަލައެއްނު..ދޭބަލަ ކަލޭގެ ފިރިމީހާއަށް ތިވަތައްތަރަށް ބަލަން..” މާރިޔާގެ މޫނުމައްޗައް ބަންލާފައި ޒީޝާ ދޮރު ޖެހީ އައުފަށް ހޭނުލެވޭނެކަން ޔަޤީން ވީމައެވެ.
މާރިޔާ އެރޭ ކަންހިނގާ ދިޔަގޮތް ތަފސީލުކޮށް ކިޔާދިނެވެ. އަދި އެތައް ފަހަރަކު މާފަށް އެދުނެވެ. އޭނާ މިވަޒީފާއިން ވަކިކޮށފިއްޔާ ބަލިއެނދުގައި އޮތް މަންމައާއި ދަރިންގެ ޚަރަދުދައް ފޫނުބެދޭނެއެވެ. އެދެމަފިރިންނަށް ލިބޭ މުސާރައިން ކުރަންޖެހޭ ހަރަދުތައްކޮށްފައި ރައްކާ ކޮށްލެވެނީ މަދު ލާރިކޮޅެކެވެ. އެހެންކަމުން މިވަޒީފާއަކީ މަރިޔާ އަށް ވަރަށް މުހިންމު ވަޒީފާއެކެވެ.

“ތިކަމުގައި މަރިޔާގެ ކުށެއްނެތް..އަހަރެމެންނަށް އިނގޭ މާރިޔާގެ ހާލަތު..އަހަރެން މިއަދު ލަދުގަނޭ ޒީޝާގެ ފަރާތުން އެފަދަ ބަސްތަކެއް މަރިޔާ އަޑު އަހަން ޖެހުމުން..ދެން ކީކޭ އަހަރެން ބުނާނީވެސް …މާރިޔާ ނުޖެހޭނ މާފަށް އެދޭކަށް އަހަރެމެން މާރިޔާގެ ކިބައިން މާފަށް އެދެން..” ސޮފިއްޔާއަށް ބުނާނެ އިތުރުއެއްޗެއް ނުވިސްނުމުން މައިކަލްއާއި ދިމާއަށް ބަލާލިއެވެ. މައިކަލް މާރިޔާއާއި ދިމާއަށް ބަލާލަމުން ފަނޑުހިނިތުންވުމެއް ރައްދު ކޮށްލިއެވެ.

މައިކަލް އަށް މިއަދު އެވަނީ ނޯކަރުންގެ ކުރިމަތީގައިވެސް ލަދުގަނެ ފުން ހިތާމައެއް ލިބިފައެވެ. ޒީޝާގެ ކަންތައްތައް ހައްދުފަހަނައަޅާ އެދިޔައީ މައިކަލްގެ އިހުމާލުންނެވެ. ހާމަ ކުރަން ޖެހޭ ހަޤީގަތެއް ބުނެވުން ލަސްކުރެވުނީއެވެ. އެހެން ނޫންނަމަ މިއަދު މައިކަލް މިފަދަ ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ނުޖެހުނީހެވެ. ވަގުތު މިވަނީ ފާއިތުވެފައެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ. މިއަދު މައިކަލް އަޒުމު ކަނޑައެޅީ ކުރިއަށް އޮތްތާނގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށެވެ.
.
މާރިޔާ ނިކުމެގެން ދިޔުމުން އައުފް ބަލާލީ ސޮފިއްޔާގާތު އިން މިކްޔާ އަށެވެ. މިކްޔާގެ މޫނުމަތިން ވަކި ތަފާތު ޝުޢޫރެއް ފާޅެއް ނުވެއެވެ. އައުފް ހީކުރީ މިކްޔާ އުފާވާނެ ކަމަށެވެ. އެކަމަކު އެހެންވެސް ނުވީތާއެވެ. އައުފް ގެ ހިތައް އަސަރު ކުރީ މިކްޔާގެ އެދުރުކަމުންނެވެ. އޭނާއަށް އެކަމުގެ ސަބަބުވެސް އިނގެއެވެ. މިއަދު އައުފްގެ ކުރިމަތީ ހާމަވީ ހަމައެކަނި ޒީޝަގެ ހަޤީގަތެއް ނޫނެވެ. އޭނާއަށް މިކްޔާގެ ހިތުގެ ހާލަތުވެސް ސާފުވެއްޖެއެވެ. ދެން ކުރަން އޮތް ކަންތައް ކިތައްމެހާވެސް ބޮޑެވެ. މިކްޔާގެ އުފަލަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކިތައްމެ އުނދަގޫ ކަމަކަށް އެކަމެއް ފުރިހަމަކޮށްދޭނެއެވެ.

މިކްޔާގެ ހިތައް ހަމަޖެހުމެއް ލިބުނަސް ޝަމާން މަތިން ހަނދާންވުމާއެކު އަނެއްކާވެސް ހިތް ނުތަނަވަސް ވިއެވެ. އަނެއްކާ ޝަމާން އާއި އައުފްގެ ދެމެދު އޮތީ ކޮން ގުޅުމެއް ހެއްއްޔެވެ؟ ހަމަ ޔަޤީނުންވެސް އޭރު އޭނައަށް އެއިވުނީ ޝަމާންގެ އަޑެވެ. މިއަދުވެސް އެއަޑު އިވުމުން އޭނާގެ ހިތަށް ލޮޅުންއަރައިގެން ދެއެވެ. އަދިވެސް އެހިތުގައި ރަސްކަން ކުރަމުންދަނީ ޝަމާންއެވެ. އެތައް އަހަރެއް ވީއިރުވެސް ފަނޑުވުމެއްނެތި އެލޯބި ހިތުގައި ރައްކާ ކުރެވިފައިވެއެވެ. އައުފް އޭނާ ދެކެ ލޯބިވިޔަސް ބަދަލުގައި މިކްޔާއަށް ލޯތްބެއް ނުދެވޭނެއެވެ. އެހެންކަމުން އައުފް އާއި ދުރުވުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ .ހަމައެހެންމެ ޝަމާން އާއި ގުޅެވެންވެސް ނެތެވެ. އިކުރާމްގެ ހިޔަނި އެޅޭ ހިސާބަކަށްވެސް މިކްޔާ ދާން ބޭނުމެއް ނޫނެވެ. އެއީ އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލި އިންސާނާއެވެ. ލޯބިވާ ދެދަރިންވެސް ބީވެ ދިޔައީ ހަމަ އެސުންޕާ މީޙާގެ ސަބަބުންނެވެ. މިކްޔާ ދުވަހަކުވެސް އިކުރާމަށް މާފެއް ނުކުރާނެވެ.
**

ރޭނގަޑުގެ ކެއުމަށް އިންސާފުކުރަން އިން މައިކަލްގެ ނަޒަރު އިރުކޮޅަކާ އަމާޒުވަނީ ޒީޝާގެ ކޮޓަރީ ދޮރާ ދިމާއަށެވެ. މިކަމުން އުނދަގޫވެގެން ސޮފިއްޔާއަށް އެއްޗެކޭ ނުބުނެ ނީނދެވުނެވެ.
“އައި ތިންކް ޔޫ ޝުޑްގޯ އެން ކެޗް…އާން ދެން މިހާރު މައިކަށް ކިތައްފަހަރު އެދޮރާ ދިމާއަށް ބެލިއްޖެތަ..؟ ހިތްހަމަ ނުޖެހިފައި އިންކަން ސޮފިއްޔާގެ ރާގުންވެސް މައިކަލް އަށް ލަފާ ކޮށްލެވުނެވެ. އެހެންކަމުން ބަހެއް ބުނުމެއްނެތި ދެދުވެގެންގޮސް ޒީޝާގެ ކޮޓަރީ ދޮރުމަތީގައި ހުއްޓުނެވެ. ދެތިންފަހަރު މައިކަލް ޓަކި ދިނުމަށްފަހު ތަޅުގައި ހިފާލިއެވެ.

ކަނު އަނދިރިކަން ވެރިވެފައިވާ އެކޮޓަރީގައި އެއްވެސް ދިރުމެއްނެތެވެ. ލައިޓް ޖައްސާލި ވަގުތު ކައރީގައި ހުރި ޑްރެންސިން ޓެބަލް މަތީގައި ފަތް ޖަހާލެވިފާ ގަނޑުކޮޅެއް ފެނުނެވެ. “ސޮރީ ޑޭޑް” އެގަނޑުކޮޅުގައިވާ ލިޔުން ކިޔާލަމުން މައިކަލް އެގަނޑުކޮޅު ނިއުޅުވާލިއެވެ.

” ޑޭޑް އަމް ސޮރީ ފޯ އެވްރީތިން..އައި ނޯ އައި އޭމް ސޯ ބޭޑް..އާފް އިޒް އިނޮސެންޓް ޑޭޑް..ޕްލީޒް ޑޯންޓް ގެޓް މޭޑް އޮން ހިމް..ބައި ދި ވޭ އައި އޭމް ނޮޓް ޕްރެގްނަންޓް.. ފީލް ސޯ ގިލްޓީ ފޯ ވަޓް އައި ޑިޑް..އައި ނީޑް ޓް ބީ އެލޯން ފޯރ ސަމްޓައިމް..ޑޯންޓް ޓްރައި ޓް ފައިންޑް މީ..އައި ވިލް ކަމް ހޯމް ވެން އައި އޭމް ރެޑީ ޓް ފޭސް އެވްރީވަން..ލަވް ޔޫ ސޯ މަޗް- ޒީ”
އެ ނޯޓް ކޮޅު ކިޔާ ނިމުނު އިރު މައިކަލްގެ ދެލޯ ފުރިފައިވަނީ ކަރުނުންނެވެ.
**
3 ދުވަސް ފަސް
” މާރިޔާ އަހަރެމެން މިދަނީ ޒީޝާ އައީމަ ރަނގަޅަށް ބަލާތި..ދަތިވާ ކަމެއް އޮތިއްޔާ ލަސް ނުކޮށް އަންގާތި.. ދެން ހިތް ހެޔޮކުރާތި” ސޮފިއްޔާ އަތުގައި އޮތް ތަޅުދަނޑިފަތި މާރިޔާ އާއި ހަވާލުކުރަމުން ހިނިތުންވެލިއވެ.

ފަލްއިޓްގައި އިން މިކްޔާ އިނީ ހިތް ނުތަނަވަސްވެފައެވެ. އަމިއްލަ ފަސްގަނޑަށް އާދެވުމުންވެސް އޭނާ އުފަލެއްނުވިއެވެ. މިބިމަކީ އޭނާގެ ހިތި މާޒީ އާއި ގުޅިފައިވާ ތަނެވެ. ވީއިރު ވެވޭނީ ކޮން އުފަލެއްހެއްޔެވެ؟ މިކްޔާ ގޮނޑިން ނުތެދުވެ އިނުމުން އެންމެފަހުން ސޮފިއްޔާ އައިސް ދެތިން ފަހަރު ގޮވާވެސް ލައިފިއެވެ. މިކްޔާ ޖަވާބެއް ނުދިނުމުން އަތުގައި ހިފާ ތެދުކުރަމުން ސޮފިއްޔާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“ވެލް ކަމް ޓު ޕެރަޑައިސް..ކޮބާ ރަޖާގަނޑެއް ނުގެންނަންތަ؟ ހެހެހެ..މިތަނުގައި ވަރަށް ސްނޯ ފައިބާނެ..” އަުފްގެ ކޮޏޑުގައި ޖަހާލަމުން ސީމާ ބުނެލިއެވެ. އައުފް ވަނީ ސީމާއަށް ގުޅާފައި ހުރިހާ ކަމެއް ހަމަޖެއްސުމަށް އަންގާފައެވެ. ސިއްރު ކުރެވިފައިވަނީ މިދަތުރުގެ އަސްލު މަޤުސަދެވެ.

އެއާ ޕޯރޓަށް އެމީހުން ބަލާއައިސް ހުރީ ސީމާއެވެ. ސީމާއަކީ މައިކަލްގެ ކޮއްކޮއެވެ. އަދި ހަމައެހެންމެ އައުފް އަލަށް ފަށައިގެން އުޅޭ ބިޒްނަސްގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލު ކުރެވިފައިވަނީވެސް ސީމާއާއިއެވެ. މިކްޔާ އާއި ދާދި އެއްއުމުރެއްގެ ސީމާގެ ސަކަ މިޒާޖުން ހުރިހާއެންމެންގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔަނަމަވެސް ކޮންމެ މީހެއްގެ ސިކުނޑީގައި އެނބުރެމުންދަނީ ތަފާތު ކަންތައްތަކެކެވެ.

މައިކަލް އަށް ޒީޝާގެ ހަބަރެއް ނުވުމުން އޭނާ އެހުންނަނީ ނުހަނު މާޔޫސް ވެފައެވެ. މިދަތުރުގައި އޭނާ ބައިވެރިވީވެސް ސޮފިއްޔާގެ އާދޭސްތަކުންނެވެ. އޭނާވެސް ބޭނުންވަނީ ސިކުނޑި ތާޒާކޮށް އަރާމުކޮށްލާށެވެ. މިކަމަށް އޮތް ހަމައެކަނި ހައްލަކީ ރާއްޖޭގެ ރީތިކަން ބަލާލުމެވެ.

ސޮފިއްޔާ ވިސްނަމުން ދިޔައީ މިކްޔާ އާއި ދޭތެރޭގައެވެ. މީގެ ދެދުވަސް ކުރިން އައުފް ދެއްކި ވާހަކަތަކުން އޭނާ މާޔޫސްވިނަމަވެސް ހިނިތުންވެލައިގެން އެހުންނަނީ އޭނާގެ ލޯބިވާ ދަރިފުޅަށް ނުލިބުނު އުފާ ހޯދައި ދިނުމަށެވެ.

މިކްޔާއަށް އަދިވެސް ނުވިސްނިފައި އެހުރީ މިހާ ކުއްލިގޮތަކަށް ރާއްޖެ އަންނަށް ރޭވުނު ސަބަބެކެވެ. އަދި މިދަތުރުގައި ކޮންމެހެންވެސް އޭނާ ބައިވެރިވާންޖެހޭނެ ކަމަށް ސޮފިއްޔާ ބުނުމުން މިކްޔާގެ ހިތުގައި ސުވާލުތައް ގިނަވެގެންދިޔައެވެ. އެތައްވަރަކަށް އެހުމުންވެސް ސޮފިއްޔާގެ ފަރާތުންވެސް އަދި އެހެންމީހެއްގެ ފަރާތުންވެސް މިދަތުރާބެހޭ މާގިނަ ތަފްސީލެއް ނުލިބުނެވެ. ހަމައެކަނި އެނގުނުހާވެސް އެއްޗަކީ ރިޒޯޓަކަށް ދާކަން އެކަންޏެވެ.

” އަނހާ އެއައީނު ލޯންޗްވެސް…ދެންވެސް އަވަސްކުރޭ..މިހާރު މަގޭ ބޯފިހިއްޖެ..” ސީމާ އެހެން ބުނެލީ ހުޅުލޭ ފަޅަށް ވަދެގެން އައި ލޯންޗް ފެނިފައެވެ. ބްލޫ ލެގޫން ރިޒޯޓް” ޖަހާފައިވާ އެބޮޑު ލޯންޗް ޖެޓީއާއި ގާތް ކޮށްލުމާއެކު ސީމާ ލޯންޗްތެރެއަށް ފުންމާލިއެވެ. އަތުގެ އިށާރާތުން އެހެން މީހުން އައުމަށް ބުނުމުމަށްފަހު އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. އަދި އެލޯންޗްގެ ފަހަތު ޝީޓްގައިއިން މީހަކަށް ހައި ޖަހާލަމުން ސީމާ ހިނިތުންވެލިއެވެ.

“ފައިނަލީ ޔޫ ގޮޓް ޓައިމް ދޯ…ހެހެ..އަހަރެން ހީކުރީ ނާދެވޭނެ ކަމަށް މަނިކުފާނު ބިޒީ ކަމުން..” އިށީނދެ ހަމަޖެހިލަމުން ސިމާ ބުނެލިއެވެ.

“ކޮބާ އެމީހުން..ނާދޭތަ އަދިވެސް..؟” ޝަމާންގެ ހިތް ބޭޣަރާރުވަމުން ދިޔައީ އެހިތުގެ ރާނީ ދެކިލުމަށެވެ. ހަމައެވަގުތު ލޯންޗް ތެރެއަށް ވަތް ސޫރަ ފެނުމާއެކު ޝާމާންއަށް ކަޅިޖަހާނުލާ ބަލަން އިނދެވުނެވެ. ސިމާ ދައްކަމުން ދިޔަ ވާހަކަ ޝަމާން އަށް އަޑެއް ނީވެއެވެ. ވަށައިގެން ތިބި މީހުންވެސް ނުފެނެވެ. ފެންނަނީ މިކްޔާ އެކަންޏެވެ. ވަށައިގެންވި މާހައުލުވެސް ހުއްޓިފައި ވަނީ ޝަމާން އަށް ވަގުތު ދިނުމަށެވެ. ޝަމާން އަށް ބޭއިޙްތިޔާރުގައި ކޮޅަށް ތެދުވުނެވެ……..

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ShaiShy

Other Articles

Previous

ރިޔާޝާ (21ވަނަ ބައި)

Next

އައިޝާ 8

Next
November 12, 2016

އައިޝާ 8

Previews
November 12, 2016

ރިޔާޝާ (21ވަނަ ބައި)

16 Comments

  1. kayashandy says:
    November 12, 2016 at 2:42 pm

    hello evryone..hop u all waited for this part..:)
    kihineibaa dn vaanee??? kudhin kudhin plx leave ur ideas n views..thank u..:)

  2. aik says:
    November 12, 2016 at 2:46 pm

    Wow!!!

  3. Hassu says:
    November 12, 2016 at 2:52 pm

    Obinesss to the maxx!! Zeeshaa ah ragalhu visnuh visnijjey dhw…mikyaa and saman gulhuvaa dheythi plxxxxx ..the will be a perfect couple??..keep it up ..varah habeyss mi story ..I just love it❤❤

  4. lilyyy says:
    November 12, 2016 at 3:00 pm

    Wish mikya get shaaman’s lov n also auf get someone else too on this special vacation to maldives

  5. SaSha says:
    November 12, 2016 at 3:17 pm

    v reethi

  6. Axee says:
    November 12, 2016 at 3:19 pm

    Axee beynumy dhen auf ah mikyaa liben.shamaan akah nun.anyways thank u kayashandy……waitin for next part.mi part ves hama habeyx☺

  7. candycane says:
    November 12, 2016 at 4:44 pm

    Seemaa and auf tha? ?
    Interesting..?

    1. Saandy says:
      November 13, 2016 at 1:25 am

      ސީމާ އެންޑް އައުފް؟ އިޓްސް އިމްޕޮސިބަލް އެއްނު ކޭންޑީކެއަރ… ސީމާއަކީ މައިކަލްގެ ކޮއްކޮއެއްނު… އެހެންވީމަ އެވާނީ އައުފްގެ ބޮޑުދައިތައަކަށްނު

  8. Anonymous says:
    November 12, 2016 at 7:14 pm

    Seema caane auf ge aunt aka noontha ?

    1. Saandy says:
      November 13, 2016 at 1:30 am

      ނޫނޭ… ސީމާ ވާނީ ހަމަ އައުފްގެ ބޮޑުދައިތައަށް

  9. Lym says:
    November 12, 2016 at 9:11 pm

    Auf and mikyaa libunima rithi vani

    1. Saandy says:
      November 13, 2016 at 1:29 am

      އަސްލުވެސް ދޯ؟

  10. Anjaany says:
    November 12, 2016 at 9:31 pm

    Auf n mikyaa
    Shamaan n seema

    1. Saandy says:
      November 13, 2016 at 1:27 am

      ޔެސް… ތިހެން ވާން ސާންޑީވެސް ބޭނުންވަނީ… ދެން ޒީޝާއާއި ޖޯން

  11. Saandy says:
    November 13, 2016 at 1:29 am

    ވަރަށް ވަރަށް ރީތި… ދެން އެކަމް އައުފް ކީއްކުރަންތަ އެހެން އެ ކަންތައް ކުރީކީ… އެ އިކްރާމްގަނޑަށް މިކްޔާ ފެނިއްޖެއްޔާ ހަދަން ވިސްނާނެ ގޮތެއްވެސް ނޭނގެ… 24ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 24ވަނަ ބައި އަވަސްކޮށްލައްޗޭ

  12. Aan says:
    November 13, 2016 at 6:37 am

    vvv.reethi. den auf aa kaakaatha gulhuvaany

Comments are closed.

All Right Reserved!