އަަަަހަރުމެންގެ ހަޔާތަކީ ވަރަށް ތަފާތު މަރްހަލާތަކެއް ކަޑަތު ކުރަން ޖެހޭ ކަނޑެއްފަދަ އެއްޗެކެވެ. މިހަޔާތުގައި ބޭނުންވާނީ އިތުބާރު ކުރެވޭ ސަވާރީއެކެވެ. ރުހުމުގެ ބަސްތަކެވެ. ހިނިތުންވުމުގެ ގުލްދަސްތާތަކެވެ. ކޮންމެ ކުޑަކުއްޖަކީވެސް އެކުއްޖެއްގެ ޒާތުގައި މީހުންގެ އަޅަލުމާ ފިރުމުން ލިބޭ ކުދިންނެވެ. މިހުރީ ކަމަކާ މަލަކާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ދިޔައީ ބަހުސް ކުރަމުންނެވެ. އުމުރުން 17 އަހަރުގެ މަލަކާގެ ހިތްދިޔައީ އޭނާގެ ލޯބި މަންމަ އަށް އެދި ގޮވަމުންނެވެ. އެފިރުމުން ތަށް އިހްސާސް ކުރަން ކެތްމަދުވެފައިވާ ހިތުގައި […]
އެތައް އިރަކު ފެންމާގަނޑު ދަށުގައި ހުރުމަށްފަހު ފެންވަރާ ތާޒާ ވެލައިގެން ޒީޝާވެސް ބެރަށް ނިކުމެލިއެވެ. ރެސްޓޯރެންޓުން ކައިގެން ޒީޝާ ބޭނުންވީ ބީޗްގައި މަދުކޮށްލުމަށެވެ. މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ޒީޝާގެ ކުރިމައްޗައް އެރި މީހަކު ފެނިފައި ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ޒީޝާގެ ކުރިމަތިންކަހަލަ ގޮތަކަށް މައިކަލް ދިޔައީ މިހަކާ ވާހަކަދައްކަމުންނެވެ. ޒީޝާ އަވަސް އަވަހާ އެތާހުރި ގަސްގަނޑެއް ފަހަތައް ވަދެ ނިވާވެލީ މައިކަލް ފަސް އެނބުރި ބަލާލުމުންނެވެ. “ނަސީބެއް ހަމަ ކިރިޔާ އެސަލާމަތްވީ..” މެއާ ދިމާއިން […]
އެގޮތުން ވަޒީފައިގައި ދެމި ހުރުމަށާއި ތަނުގެ ވެރިން ހިތަހަމަ ޖެހޭ އިތުބާރު ކުރާ މީހަކަށް ވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަން ޖެހުނެވެ. އަދި ގިނަ ވަގުތު ވަޒީފައިގައި ހޭދަ ކުރަން އަހަރެންނަށް މަޖުބޫރު ވިއެވެ. އެހެން ކަމުން ގިނަ ފަހަރަށް ހަފުތާ ބަންދަށް ވެސް އާއިލާ ގާތަށް ދިއުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް ހަނާ އެކަމާ ޝަކުވާ އެއް ނުކުރެއެވެ. ހީވަނީ އަހަރެން އުޅޭލެއް ބުރަކަން ހަނާ އަށް އިޚުސާސް ކުރެވޭތީ ވެސް ހެންނެވެ. ކުއްލި […]
“އެއްގޮތެއްވެސް ނުވާނެ. ނިޝާ ކަންބޮޑުނުވޭ.” ރިޔާޝާ އެހެން ބުނެލިތަނާ ޖަލުގެ މުއައްޒަފަކު އައިސް އޭނާއާއި ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ ބުނުމުން ރިޔާޝާއަށް ބަލާލެވުނީ ނިޝާއަށެވެ. ނިޝާ ބޯޖަހާލީ ދާށޭ ބުނާފަދަ ގޮތަކަށެވެ. ރިޔާޝާ ގޮސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ތިބޭ ކޮޓަރިއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ރިޔާޝާ!” ރިޔާޝާ ސިހިފައި ބަލާލިއިރު އަޔާޒް ހުރީ ތޭރި ޖަހާފައި ހުރި ކުޑަދޮރު ކައިރީގައެވެ. “ކަލޭތަ؟” “އަހަރެން މިއައީ ރިޔާޝާގެ ހާލު ބަލާލަން.” […]
“ބައްޕާ… އަހަރެން މީނައާ އެކު މަސައްކަތެއް ނުކުރާނަން..” އެހެން ބުނުމާއެކު ލޫނާ ޒައިންގެ ކެބިންއިން ނިކުމެގެން ދިޔައެވެ. އާސިމް ހުރީ ވާނުވާނޭނގިފައެވެ. އަދި ޒައިންއަށް ބަލާލުމަށްފަހު ލޫނާ ފަހަތުން ދާން ހިނގައިގަތެވެ. ބާރު ހިނގުމެއްގައި ލޫނާ އައިސް އާސިމްގެ ރޫމްއަށް ވަނެވެ. އަދި ހަމައެއާއެކު ލޫނާ ފަހަތުން އާސިމްވެސް އައެވެ. ” ދަރިފުޅާ ކިހިނެއްވީތަ… ދަރިފުޅު ޒައިން ދަންނަންތަ…” އާސިމް ގެ އަޑު އިވުމާއެކު ލޫނާ ފަސްއެނބުރި ބަލާލިއެވެ. ” ބައްޕާ.. އެއީ އަހަރެންނާ އެއްކުލާހެއްގަ ކިޔަވަން […]
މާލެ އާދެވުމުންވެސް ހިތަކަށް ލުއިކަމެއް ނުލިބުނެވެ. ރޭގަނޑު ނިދަން އޮންނައިރު ބިރުގަނެއެވެ. ލޯމަރައިގެން އޮތަސް ލޮލަކަށް ނިންޖެއްވެސް ނާދެއެވެ. ރަނގަޅަކަށް ނުކެވެއެވެ. ކުރެވޭކަމަކީ އަބަދުވެސް ކޮޓަރީގައި އޮވެގެން އަލަމްގެ މަކަރުވެރިކަމާމެދު ވިސްނަވިސްނާފައި ރުއިމެވެ. ” ޝެލީން…..ދެން ބޭރުތެރެއަށް ނުކުމެ މީހުނާ ވާހަކަދައްކާ އުޅުނީމައެއްނު ހިތްހަމަވެސް ޖެހޭނީ…..އަލަމްއާ ޖެހުނު މައްސަލައެއްގަ އެންމެނާ ގުޅުން ކަނޑާލުން އެއީ ރަނގަޅުގޮތެއްނޫން…..” ދައްތަ އަހަރެންނަށް ވިސްނަދޭން އުޅުނެވެ. ” ދައްތާ! އަހަރެން ބޭނުމީ އަވަހަށް ރަށަށްދާން….” އަހަރެން ބޭނުންވާ ގޮތް ބުނީމެވެ. ” […]
“ޝަފްދައްތި.” ވިސާމް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެއާއެކު މިޝްކާ އެތެރެއަށް ދަމާލި ނޭވާއަކާއެކީ އޭނަގެ އަނގަމަތީގައި ދެއަތް އަޅާލި ހިނދު ބޮޑުވެގެން ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ. މިޝްކާއަށް ވީގޮތް ފެނިފައި ވިސާމް އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔަ ޝުޢޫރުތައް ހަނދާން ނައްތާލަމުން ހިނިތުންވެލިއެވެ. “ޝަފްދައްތި! ކޮއްކޮއަށް ކުރިން ވެސް ހީވި އެއީހެން ކޮއްކޮގެ މަންމި. ކޮއްކޮއަށް އެހާ ރަނގަޅުވާނީ ކޮއްކޮގެ މަންމިވީމައެއްނު؟ ހެހެ…….ބައްޕި، މިހުރިހާ ދުވަހު ކީއްވެތަ […]
ތާރާއަށް ކަމެއް ފާހަގަވުމުން އިކާންގެ އަތުގެ މުލައްދަނޑީގައި ހިފާލި އިރުވެސް އިކާންގެ ނަޒަރު ހުއްޓިފައިވަނީ ޒިވީއާ ދިމާއަށެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރުމުން އިކާންގެ ކަންފަތާ ގާތްވަމުން ސިއްރުސިއްރުން ތާރާ އަހާލިއެވެ. “ކިހިނެއްވީ؟… އެއީ ޒިވީ… އޭނަ ދަންނަންތަ؟…” ތާރާގެ އަޑު ކަންފަތުގައި ޖެހުމުން އިކާނަށް ސިހުމެއް ލިބުނެވެ. ތާރާ ކުރި ސުވާލަށް ޖަވާބު ދެމުން އިކާން ހިނިތުންވާން މަސައްކަތް ކުރިއެވެ. “އާން.. ވަރަށް ރަނގަޅަށް ދަންނަން.. އެއީ… އެއީ އަހަރެންގެ އެކްސް…” އިކާންގެ […]
” ކަމޯން ޝެލީން…ދެން ނުރޮއެބަލަ!…..އެއީ ޝެލީންގެ ބޭބެއެއްނު…..އޯކޭވާނެއޭ…އަހަރެމެންވެސް މިހެން ހުއްޓައޭ ބޭބެއަށް އެފެނުނީ…..ދެން އެއީ އެވަރުކަމެއް ނޫނެއްނު!” އަރުޝީ އަހަރެންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ” ތެދެއް ޝެލީން…..އަދި ރޯވަރުކަމެއް ނުވެޔޭ…..އަހަރެމެން ސަކަރާތްޖެހީ ކިޔަވާ ނިމިގެންނާ ބުނީމަ ބޭބެ ރުޅިއެއްވެސް ނާންނާނެ އެއްނު” އަޝްފާވެސް އަހަރެންނަށް ވިސްނައިދޭން އުޅުނެވެ. ” ހޫމް…ދެން ނުރޯނަމޭ….ޕްލީޒް….ތިދެމީހުން ދެން ގެޔަށްދޭ….މާދަމާ އަހަރެން މިހެދުންދޭނަން…..ދެން އަހަރެން މިއުޅެނީ ފެންވަރަން” އެކުދީން އަވަހަށް ފޮނުވާލަން ބޭނުންވާތީ އަހަރެން ހިނިތުންވެލަމުން ބުނީމެވެ. އެކުދިންވެސް ދެބަސްވުމެއްނެތި ކޮޓަރިން […]