ފިލްމު ފެށެން އުޅުނު ވަގުތު އޭނައަށް އެއްލި ކަޅިއަކުން އެތާ މޭޒުމަތީގައި އޮތް ސިޓީ އުރަ ފެނުނެވެ. އޭނަ ހުރީ އޭގެ މަތިން ހަނދާން ނެތިފައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ ކުއްލިއަކަށް އެ “ސިޓީ” ކިޔާލަން ބޭނުންވިއެވެ. އޭނަ ވަގުތުން ފިލްމު މަޑު ޖައްސާލަމުން އެ ސިޓީ އުރަ ނަގައި އޭތި ހުޅުވާލިއެވެ. އަދި ކެތްމަދުވެފައިވާ ހިތަކާއެކީ އެ އުރައިގެ ތެރެއަށް އަތް ކޮއްޕައި އޭގެ ތެރޭގައި ހުރި އެއްޗެއް ނެގިއެވެ. އެވަގުތު ފެނުނު އެއްޗަކުން ވިސާމް […]
” ބޭބީ ނުރޮއެބަލަ! އެމީހުން ދިޔަޔަސް އަހަރެމެން ނެތްކަން އެނގުމުން އަންނާނެ….ޕްލީޒް ހަމަޖެހިބަލަ!…” އަލަމް އަހަރެން ހިތްހަމަ ޖައްސައިދިން ނަމަވެސް އޭނާވެސް ހުރީ ކަންބޮޑުވެފައިކަން އަހަރެންނަށް އެނގެއެވެ. ދުވަސްވަރަކީ މޮބައިލް ފޯންވެސް އާއްމުކޮށް ގެންގުޅޭ ދުވަސްވަރެއް ނޫނެވެ. ފޯނުން ގުޅާފައި އެމީހުން ކޮބައޮތޯވެސް ބެލޭނީ އެހެންނަމަތާއެވެ. ދެން ކޮންމެގޮތެއްވިޔަސް އެމީހުން އަހަރެމެން ބަލާ އަންނާނެ އިރަކަށް ޖެހޭނީ އިންތިޒާރުކުރާށެވެ. ހެދޭނެ އިތުރުގޮތެއް ނެތީތީ އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން ވެލިގަނޑުމަތީގައި އަހަރެމެން ތިބީމެވެ. ދުނިމަތި އަނދިރިވަމުން ދާވަރަކަށް […]
“އުލް… ޕްލީސް ކޯލް އިކާން.. އައި ނީޑް ޓު ޓޯކް ޓު ހިމް…” ތާރާގެ ވާހަކަ ދެއްކުމުގައި އުފާވެރިކަމެއް ނެތް ކަހަލައެވެ. ވެގެން އުޅޭ ގޮތެއް އުލްފާއަކަށް ނަގައެއް ނުގަނެވުނެވެ. އުލްފާގެ ފޯނުން އިކާނަށް ގުޅާލަމުން އެފޯނު ސްޕީކަރަށް ލީ ތާރާގެ ނިޔަފަތީގައި ޖައްސާފައި ހުރި ކުލަތައް ރަނގަޅަށް ނުހިކޭތީއެވެ. ފޯނު ދެބުރަކަށް ރިންގް ވީފަހުން އިކާން ފޯނު ނަގައިފިއެވެ. “އުލް.. ކިހިނެއްވީ ތި ގުޅީ… އައިމް ގެޓިންގް ރެޑީއޭ… ހީކުރީ ދޯ އަހަރެން ލަސްވެދާނޭ… ކޮބާތަ […]
އައިޝާ ގެންދިއުމުން ހުޝާމް އޭނާގެ ކެމެރާއިން ނަގާފައިވާ ފޮޓޯތަށް ބަަލަން ފެށިއެވެ. އޭގައިވަނީ ކުޅެމުންދާ މެޗްގެ ދެތިން ފޮޓޮއެވެ. ދެން މުޅިންވެސް ހުރީ އައިޝާ ހިނިތުންވެފައިވާ ފޮޓޯތަކެެވެ. އައިޝާ ހިނިތުންވެފައިވާ ކޮންމެ ފޮޓޮއެއް ފެނުމުން ބޭއިހްތިޔާރުގައި ހުޝާމްއަށްވެސް ހީލެވެއެވެ. އެހެނީ އައިޝާގެ އެހިނިތުންވުމަކީ ހުޝާމް އަބަދުވެސް ދެކެން ބޭނުންވާ ހިނިތުންވުމެވެ. ހުޝާމް އެތައް އިރެއްވަންދެން އެފޮޓޯތަކަށް ބަލަން ހުރިއިރު ރޭކާނުލީ ފަހަތުގައި ހުޝާމް ގެ ހަރަކާތްތަކަށް ބަލަން ނާހިދު ހުރިކަމެވެ. ހުޝާމްއަށް އައިޝާ ކަމުދާކަން އެނގުމުން ނާހިދުކައިރިއަށް […]
“ބައްޕާ… އަހަރެން ނުވޭ ވަޒީފާއަށް ދާހިތެއް… އަހަރެން ވަޒީފާއަށް ނުދިޔަސް އަހަރެން ބޭނުން ހުރިހާ އެއްޗެއް ލިބޭ… ކީއްވެތަ ކޮންމެހެން އަހަރެން ވަޒީފާއަށް ފޮނުވަން ތިއުޅެނީ… ” ލޫނާ ޝަކުވާ ކުރަމުން ދިޔައެވެ. ” ދަރިފުޅާ.. ދަރިފުޅު ޖެހޭނެ ވަރަށް ޒިންމާދާރު ކުއްޖަކަށްވާން… ބައްޕަގެ ހަމައެކަނި ހުރީ ދަރިފުޅު.. ބައްޕަ ނެތް ދުވަހަކުންވެސް މި ވިޔަފާރިއާ ހަވާލު ވާންޖެހޭނީ ދަރިފުޅެއްނު… އެކަމަކު އަދި ބައްޕަ ބޭނުމެއް ނޫން ވިޔަފާރީގެ ހުރިހާކަމެއް ދަރިފުޅާ ހަވާލު ކުރާކަށް…” މަޑުމައިތިރި ރާގެއްގައި […]
ގޯތިތެރޭން ނުކުތުމާއެކު އަހަރެމެންނަށް ސިހިފައި ހުއްޓެވުނީ ދޮރުމަތީހުރި އިސްކޮޅުން ބޮނޑުމީހަކު ފެނުމުންނެވެ. ސިހުނުވަރުން އަހަރެންނަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ. ” ޝެލީން!” އެމީހަކު އަހަރެންގެ ނަމުން ގޮވާލުމުން އެއީ ޝިޔާޒުބޭބެކަން އަހަރެންނަށް އެނގުނެވެ. އަހަރެން ލަސްވެގެން ހޯދަނީއެވެ. އަލަމްއަށް ބޭބެ ފެނުމާއެކު ދަނީއޭބުނެ ގޭތެރެއަށް ވަނެވެ. އަހަރެން ޖެހިލުންވެހުރެ ބޭބެގެ ފަހަތުންދާން ހިނގައިގަތީމެވެ. ” އެނގޭތަ ގަޑިން މެންދަމު ބާރަ ޖަހަފިކަން؟…..މިހާ ދަންވަންދެން އަންހެންކުދީން ބޭރުގަ އުޅުމަކީ ވަރަށް ގޯސްކަމެއް…..އަދި އަމުދުން ފިރިހެން ކުއްޖަކާއެކު…..ބަރާބަރު ތިންގަޑިއިރުވީ މިހާރު […]
އަލަމްއާއެކު މިހުރެވުނީ ފަޅުގެއެއްގައިކަން އެނގުމުން އަހަރެން ބިރުގަންނަ ގޮތްވިއެވެ. އެއަޑުގެ ސަބަބުން އަހަރެންނަށް މިވަރުވާއިރު، އެލާނެތް ފިރިހެނާކުރާކަމަކުން އަހަރެންގެ ހިއްސުތަކުގައި ޖަޒްބާތުގެ ހުޅުކޮޅުރޯވެދާނެއެވެ. ނޭނގިހުއްޓައި ނަފްސުވެސް އަނދައިގެން ހިނގައިދާނެއެވެ. އެހެން އެކަންވާކަށް އަހަރެން ނޭދެމެވެ. އަހަރެން ހުރީ ހިތް އަވަސްވެފައެވެ. އެތަނުން ވީހާއަވަހަކަށް ދާންބޭނުންވެފައެވެ. ކުއްލިއަކަށް އަހަރެންނާދިމާއަށް އަލަމް ގުދުވެލިއެވެ. އަހަރެންނަށް ސިހިފައި ފަހަތަށް ޖެހެވުނެވެ. ” އައްދެ! ހާދަބިރެއް ތިގަތީ……ހާދަފިނޑިވެސް ކުއްޖެކޭދޯ……މަނޫޅެމޭ އަދަބެއް ދޭކަށްވެސް…..އެކަމު މިރޭ ނޯ ޗޮއިސް…..ސޯ،ބީ ރެޑީ ފޯރ ޓްނައިޓް…ޑާރލިންގް” އަހަރެންގެ ނޭފަތުގައި […]
“ޝަފަޤް!” ޝަފަޤް ނަމުން ގޮވާލި އެ އަޑު އިވިފައި ވިސާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އިސްއުފުލައި އެއީ ކާކުތޯ ބަލާލުމާއެކު އޭނަގެ ދެލޯ ބޮޑުވިއެވެ. މުޅި މީހާ ގަނޑުވިއެވެ. ދެއަތުން ވާގި ދޫވާން އުޅުނުހެން ހީވި ވަގުތު އޭނައަށް ފޮށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ކަޅުކުލައިގެ ބުރުގާއަކާއި ކަޅުކުލައިގެ ޖިލްބާބެއްގައި ހުރި މެދު ޢުމުރުގެ ރަޝީދާ، ޝަފަޤަށް ބަލަން ހުރި އިރު އެ އަލި މޫނުމަތީގައި ލުއި ހިނިތުންވުމެއްވިއެވެ. އެހެނަސް ޝަފަޤާއި އެއްހަމައެއްގައި […]
ފަޔާޒް ވަޅުލައި ކަންތައްތައް ކުރުމުގައި ޖުމާންގެ އެހީތެރިކަން ރިޔާޝާއަށް ވަރަށް ބޮޑަށް ލިބުނެވެ. ރިޔާޝާ ގޮވައިގެން އެހުރިހާ ތަނަކަށް ގޮސް ހެދީ ޖުމާނެވެ. މޫނު ދައްކާ ހަދާފައި ފަޔާޒް ވަޅުލުމުންވެސް ރިޔާޝާ މަޑުކުރީއެވެ. ރަތީބާ ދާން ބުނުމުންވެސް އޭނާ އިރުކޮޅަކުން ދާނަން ކަމުގައި ބުނެ ރަތީބާ ފޮނުވާލީއެވެ. ރަތީބާ ދަމުން ޖުމާން ގާތުގައި ރިޔާޝާ ގާތުގައި މަޑުކޮށްލަދިނުމަށް އެދުނެވެ. ޖުމާން ރިޔާޝާ ގާތުގައި ގެއަށް ދާން އެދުމުންވެސް އޭނާ ގެއަށްދާ ޚިޔާލެއް ނުކުރިއެވެ. އެހެންކަމުން ޖުމާން ރިޔާޝާ […]