Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (ފަސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
November 30, 2016 7 Mins Read
34 Comments

ތާރާއަށް ކަމެއް ފާހަގަވުމުން އިކާންގެ އަތުގެ މުލައްދަނޑީގައި ހިފާލި އިރުވެސް އިކާންގެ ނަޒަރު ހުއްޓިފައިވަނީ ޒިވީއާ ދިމާއަށެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރުމުން އިކާންގެ ކަންފަތާ ގާތްވަމުން ސިއްރުސިއްރުން ތާރާ އަހާލިއެވެ. “ކިހިނެއްވީ؟… އެއީ ޒިވީ… އޭނަ ދަންނަންތަ؟…”

ތާރާގެ އަޑު ކަންފަތުގައި ޖެހުމުން އިކާނަށް ސިހުމެއް ލިބުނެވެ. ތާރާ ކުރި ސުވާލަށް ޖަވާބު ދެމުން އިކާން ހިނިތުންވާން މަސައްކަތް ކުރިއެވެ. “އާން.. ވަރަށް ރަނގަޅަށް ދަންނަން.. އެއީ… އެއީ އަހަރެންގެ އެކްސް…”

އިކާންގެ ޖަވާބު އަޑު އަހަން ހުރި ތާރާގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ޕާޓީ ތެރޭގައި ތިބި މީހުންނަށް ކަމެއް ރޭކާ ނުލާވޭތޯ މަސައްކަތް ކުރަން ތާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރިއެވެ. ޒިވީ ކުރިއަށް ހިނގާފައި އައިސް އިކާން ކުރިމައްޗަށް ހުއްޓުނެވެ. ސަލާމްކުރަން އަތް ދިއްކޮށްލުމުން އިކާންގެ އަތުގައި ޒިވީ ހިފާލިއިރު އޭނާގެ ދެއަތްވަނި ފިނިވެފައެވެ. ހުރި ފިޔަވަޅު މަތިން ގުޑިލަންވެސް ނޭނގި ހުއްޓުން އަރާފައި ޒިވީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ހެއި ޒިވީ… އިޓްސް ބީން ލޯންގް ޓައިމް ދޯ… ކޮބާ ދައްތަމެން؟.. ޒިވީ އެކަނިތަ އައީ…” ޒިވީއާ ގާތްވެލަމުން ތާރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. ޒިވީ ގެނައި ސިޓީ އުރަ ތާރާގެ އަތަށް ދިއްކޮށްލަމުން މަރުހަބާ އޭ ބުނެލީ ހިނިތުންވަމުންނެވެ. އެ ދެމަފިރިން ގާތުގައި ފޮޓޯއެއް ނަގަން ޒިވީ ހުއްޓުނީ ތާރާއާ ޖެހިގެންނެވެ. ފޮޓޯއަށް ބަލާފަ ހިނިތުންވާންވެސް ޒިވީއަށް ނޭނގުނެވެ.

“އައިމް ސޯ ހެޕީ ޔޫ މެރީޑް ޓު ދިސް ފޭމަސް ގާއި…. ކޮބާތަ މަންމަމެން؟…” ޒިވީ ވާހަކަ ދައްކަމުން ތާރާގެ އަތުގައި ފިރުމާލިއެވެ. ލޮލުގެ އިޝާރާތުން އެއް ފަރާތެއްގައި ތިބި މީހުންތަކާ ދިމާއަށް ތާރާ އިޝާރާތްކުރަމުން އެތަނުން ތަހުމީނާ ދައްކާލިއެވެ. ޒިވީ އަވަސް ފިޔަވަޅުތަކެއްގައި އެދިމާއަށް ހިނގައިގަތީ ތާރާމެން ކައިރީގައި ހުންނަން އޭނާއަށް އުނދަގޫ ވުމުންނެވެ.

ޕާޓިއަށް އަންނަންޖެހޭ މެހެމާނުން އައިސް ނިމުމުން ތާރާ ކައިރިއަށް އުލްފާ އައިސް ހުއްޓުނެވެ. “ހެއި… ކޮޅަށް ހުރެ ފައިވާޅެއް ނުވޭތަ؟ ހިނގާ މޭކަޕް ރޫމަށް… ޖެނިފާރ އެބަހުރި އެތާގަ… ކުޑަ ރެސްޓެއް ނަގައިގެން ނުކުންނާނީ…” އުލްފާގެ އެދުމަށް އެއްބަސްވުމުގެ ގޮތުން ތާރާ ބޯ ޖަހާލުމަށްފަހު އިކާނަށް ބަލާލިއެވެ. ހިނިތުންވަމުން އިކާން މި ދަނީ ފިޒާމްމެން ކައިރިއަށޭ ބުނެލިއެވެ. ފިޒާމްމެން ތިބި މޭޒާ ހަމައަށް އިކާން ގޮސް ހުއްޓުމުން އެ މޭޒު ކައިރީގައި އިށީނދެގެން ތިބި އިކާންގެ ހުރިހާ އެކުވެރިން އޭނާއާ ދިމާކޮށްލިއެވެ.

“އޭ…. އައި ސޯ ޒިވީ…. ކާކު އޭނައަށް އިންވައިޓް ކުރީ…” ފިޒާމް ކައިރީ ހުރި ހުސްގޮނޑީގައި އިކާން އިށީނުމުން ފިޒާމް މަޑުމަޑުން އަހާލިއެވެ. ޒިވީއާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާތީ އިކާން ނޭނގެއޭ ބުނާ ފަދައަކުން ދެކޮނޑު އަަރުވާލިއެވެ.

“އަނެއްކާ އެނާ ޖޭ ކުރުވަން އިކާން އިންވައިޓް ކުރީތަ؟… ހަހަހ ރަނގަޅަށް ހުންނާނެ ކަރުބުޑުގަ ރަހަ ލާފަ؟..” ފިޒާމް މޭޒުމަތީ އަތުން ޖަހާލަމުން އެހެން ބުނެލީ އޭނާ ގާތަށް އައި ހިނިގަނޑު މަތަ ނުކުރެވުނީމައެވެ.

“ނޫނޭ.. މަށަށް ހީވަނީ ޒިވީއަކީ ތާރާމެންނާ ތިމާގެ ކުއްޖެއްހެން.. އަސްލުވެސް އަހަރެން އިންވައިޓެއް ނުކުރަން… އެކަމާ އަހަރެން މިހުރީ ވަރަށް ކަޑަވެފަ… ބަޓް ޝީޒް ޕާސްޓެއްނު…” ގޮނޑިން ތެދުވަމުން ރެސްޓްރޫމަށް ގޮސްލަނީއްޔޭ ބުނެ އިކާން ހިނގައިގަތެވެ. ދުރުގައި ޖޫސްތައްޓެއް ހިފައިގެން ހުރި ޒިވީގެ ކަޅި އޭރުވެސް އަމާޒުވެފައިވަނީ އިކާނާ ދިމާއަށެވެ.

ޓެރަސްގެ ތިރިއަށް ހުރި ބައިގައި ތައްޔާރުކޮށްފައިވާ މޭކަޕް ރޫމްގެ ދޮރު ހުޅުވާލަމުން ތާރާ އެތެރެއަށް ވަދެ އަރައިގެން ހުރި ހައިހީލްސް ބޭލިއެވެ. އެއަށްފަހު ގޮނޑީގައި އިށީންނަމުން ވާހަކަދެއްކިއެވެ. “އުލް.. އަހަންނަށް އެނގިއްޖެ އެކްސްއޯއަކީ ކާކުކަން… އޭނަ އެބަ އުޅޭ މި ޕާޓީގަ…”

ސްޕޮންޖް ކޮޅަކުން ތާރާގެ މޫނުގައި ޖެނިފާ މޭކަޕް ކުރަމުން ދިޔައެވެ. އުލްފާ ހައިރާންކަމާއެކީ ތާރާއަށް ބަލާލަމުން ދެލޯ ބޮޑުކޮށްލިއެވެ. “ކީކޭ… ޓެލްމީ.. ކާކުއެއީ… އޭނައަށް ކާކު އިންވައިޓް ކުރީ؟..” އުލްފާ އަތުގައި އޮތް ޓެބްލެޓްގެ ސްކްރީން އޮންކޮށްލުމަށްފަހު މެހެމާނުންގެ ލިސްޓް ހުޅުވާލިއެވެ.

“އަހަރެން އޭނައަށް އިންވައިޓް ކުރީ.. އެއީ ރިލޭޓިވްއެއް… އުލްއަށް އިނގޭނެ.. އެއްކަލަ ޒިވީ… ޒިވީ ގަނޑު…” ތާރާ މޫނު ކުނި ކޮށްލިއެވެ. “އިކާން ބުނީ އެއީ އޭނަގެ އެކްސްއެކޯ… ޒިވީ ހުރި ފާޑަކަށް ބަލަން… ކަޑަވެފަ ހުރީ.. މި ނުކުމެފަ އަދި އިތުރަށް ކަޑަކޮށްލާނަން…” ތާރާގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ބޮލަށް ހެއަރ ސްޕްރޭކޮޅެއް ޖަހާލަމުން ޖެނިފާ ދުރަށް ޖެހިލިއެވެ.

ތާރާ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި އުލްފާގެ ޓެބްލެޓްގައިވާ ގަޑިއަށް ބަލާލިއެވެ. “އޯ.. ތާރާ… އަހަރެން އެބަ އަންނަން… މީޒާމެންނާ ވާހަކަ ދައްކާފަ.. ބީ ރެޑީ އިނގޭ…” އުލްފާ އެކޮޓަރިން ނުކުމެގެން މިސްރާބު ޖެހީ ޓެރަސް ބަޔަށް އަރާށެވެ. ސިޑިޔާ ދިމާއަށް ބާރުބާރަށް ހިނގާފައި ދިޔަ އުލްފާގެ ގައިގާ މީހަކު އަޅައިގަތުމުން ސޮރީއޭ ބުނަމުން އަނެއްކާވެސް އުލްފާ ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.

“އެކްސް ކިއުޒް… ކޮބާ ރެސްޓް ރޫމް؟….” އެ އަންހެން ކުއްޖާ ޖަވާބުދޭން އުލްފާ އެނބުރިލިއެވެ.

“ހެއި.. ޒިވީތަ؟… އޯ ރެސްޓް ރޫމް ދޯ… ތިހެން ގޮސް ކަނާތް ފަރާތަށް އަޅާލާ އިރު އެތާ ހުންނާނެ… ވަރަަށް އަވަހަށް ދާންޖެހިގެން މިދަނީ.. ޓޯކް ޓު ޔޫ ލޭޓާ…” ޒިވީއަށް ފުރަގަސްދެމުން ސިޑިން މައްޗަށް އެރިއިރު އުލްފާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “އޭނަ ލަދެއްވެސް ނުގަތްތަ މި ވެޑިންގްއަށް އަންނަން…” ހިތާހިތުން އުލްފާ ކުދިކިޔަމުން ދިޔައީ ޒިވީއާ ދިމާއަށެވެ.

މޫނު ބަލާ ލޯގަނޑަށް ބަލަން ހުރުމަށްފަހު އެއްފަރާތެއްގައި ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ދަމާލިއެވެ. އިކާންގެ މޫނުގައި ހުރި ފެންތައް ހިއްކާލަމުން މޫނަށް ރަނގަޅަށް ބަލާލިއެވެ. ޕާޓި ތެރެއިން ޒިވީ ފެނުމުން އިކާންގެ މޫޑު ހަރާބު ވިއެވެ. އެކަމަކު އެކަން ނުދައްކާ ވޭތޯ އިކާން މަސައްކަތް ކުރިއެވެ. އިކާން ރެސްޓް ރޫމަށް އައީވެސް ފިޒާމްގެ ސުވާލުތަކާ ދުރަށް ދާށެވެ. މީހާ ފްރެޝްވެގެން ހަމަޖެހިލާށެވެ.

ރެސްޓް ރޫމަށް ވަންނަން ހުރި ދޮރު ހުޅުވުނު އަޑަށް އަތުގައިވާ ޓީޝޫތައް ބޮނޑިކޮށްލަމުން އިކާން ބަލާލިއެވެ. ދޮރުމަތީ މަޑުކޮށްގެން ހުރި ޒިވީ ފެނުމުން އިކާން އިސް ޖަހާލަމުން ކައިރީގައި ހުރި ޑަސްބިން ތެރެއަށް ބޮނޑިކޮށްލި ޓިޝޫ ވައްޓާލިއެވެ. ކޯޓުގެ ގޮށް އަޅުވަމުން އިކާން ކުރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް އެވަގުތު އިކާންގެ ކުރިމައްޗަށް ޒިވީ ހުއްޓެމުން މަޑުކުރާށޭ ބުނެލި އިރު ޒިވީ ހުރީ ސިދާ އިކާންގެ މޫނަށް ބަލާށެވެ. އިކާންގެ ފިޔަވަޅު މަޑުކޮށްލިއިރު ޒިވީގެ ފަރާތުން އެތައް ސުވާލުތަކެއް ކުރިމަތިވާނެކަން އޭނާއަށް އެނގުނެވެ.

ޒިވީ ކުރިއަށް ޖެހެމުން އައިސް އިކާންގެ މޭގައި އަތް ޖައްސާލިއެވެ. އޭނާގެ ދިގު އެސްފިޔަތައް ހުޅުވާލަމުން އިކާންގެ މޫނަށް ބަލާލިއެވެ.

*** *** *** *** *** ***

ޓެރަސްއަށް ތާރާ ނިކުތީ އުލްފާ ބަލާ އައުމުންނެވެ. ހެދުން އުފުލާލައިގެން ތާރާ ހިނގައިގަތީ ޕާޓިއަށް ހާއްސަކޮށް ލަވަކިޔަން ގެނެސްތިބި ގްރޫޕާ ދިމާއަށެވެ. ތާރާ އެހިސާބަށް ދިޔުމުން ކުއްލިއަކަށް ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. ތާރާ ފަހަތަށް ބަލާލި އިރު ތާރާއާ ދިމާއަށް ހިނގާފައި ޒުމްރާ އަންނަތަން ފެނުނެވެ.

“ތާރާ… ދައްތަ ދާން ޖެހިގެން އެވާހަކަ ބުނެލަން މިއައީ… މަޑުކުރެވޭކަށް ނެތް.. އެހެންވެ.. ތާރާ މަންމަ އަތަށް ދައްތަ ދީފިން ހަނީމޫން ޓިކެޓްސް… ދެން ދަނީ އިނގޭ…” ޒުމްރާ ވަރަށް އަވަސް އަރުވާލައިގެން ވާހަކަ ދައްކާ ލަމުން ތާރާގެ ގައިގާ ބައްދާލިއެވެ. އެއަށް ފަހުން ޓެރަސް އިން ނުކުންނަން ލިފްޓާ ދިމާއަށް އަވަސް ވެގަތެވެ.

އެ ލަވަކިޔާ ގްރޫޕުގައި ލަވަކިޔަން ހުރި އަނހެން ފަންނާނު އޭނާގެ މައިކް ތާރާއަތަށް ދިއްކޮށްލަމުުން ފަހަތަށް ޖެހިލިއެވެ. ދެން ތިބި ތިން ފިރިހެން ފަންނާނުން އެބައެއްގެ އިންސްޓްރުމަންޓާ އެކީ ތައްޔާރަށް ހުރީ ތާރާގެ ފަރާތުން އިޝާރާތެއް ކޮށްލަން ދެނެވެ.

“ފިއްޓޭ… ކޮބަތަ އިކާން؟…” ވައި އަޑުން އުލފާ ވާހަކަ ދެއްކީ ފިޒާމް ގާތުގައި މަޑުކޮށްލަމުންނެވެ. އޭރު ފިޒާމްގެ ނަޒަރު ޕާޓީ ތެރޭގައި ތިބި އެންމެންނަށް އަމާޒުވިއެވެ. “އައި ނީޑްހިމް ހިއަރ ރައިޓް ނައު….” އުލްފާ މިހެން ބުނަމުން ތާރާ ކައިރިއަށް ހިނގައިގަތެވެ. ކުއްލިއަކަށް ފިޒާމްގެ ހަނދާނަށް އައީ އިކާން ރެސްޓް ރޫމަށް ދަނީއޭ ބުނި ހަނދާނެވެ. ފިޒާމް އަތުގައި ހުރި ޖޫސްތަށި މޭޒުމަތީ ބެހެއްްޓުމަށްފަހު ސިޑިއާ ދިމާއަށް އަވަސްވެގަތެވެ.

ރެސްޓް ރޫމުގެ ދޮރު ހުޅުވާފަ ބޭރަށް ނުކުތް އިކާން ފެނުމުން ފިޒާމް ފުންނޭވާއެއް ބޭރުކޮށްލިއެވެ. “އޭއި.. އަވަހަށް އާދޭ… އުލްފާ އެބަ ހޯދާ… ކީއްތަ ތި ކުރީ އެހާ ލަސްވަންދެން…”

ސިޑިން މައްޗަށް ދިޔުމަށް އިކާން އަވަސްވެގަތެވެ. އިކާންގެ ފަހަތުން ހިނގައިގަތް ފިޒާމްގެ ފިޔަވަޅު މަޑުޖެހުނީ ރެސްޓް ރޫމްގެ ދޮރު ހުޅުވުނު އަޑަށެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކަމުން ޒިވީ ނުކުތް ތަން ފެނުމުން ފިޒާމްގެ ދެލޯ ބޮޑުވިއެވެ. އޭނަ ލައިގެން ހުރި ހެދުމުގައި ހިފާ ދަަމާލަމުން ކޮނޑުގައި އަތް ދަބަސް އަޅުވާލިއެވެ. ފިޒާމް އަވަހަށް ސިޑިން މައްޗަށް އެރުމަށް އަވަސްވެގަތެވެ. އިކާން ގާތު ވީ ކީއްތޯ އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

ސިޑިން މައްޗަށް އަރައިގެން އައި އިކާން ފެނުމުން އުލްފާ އަތުން އިޝާރާތްކޮށްލީ ތާރާއަށެވެ. އެވަގުތު ތާރާގެ އަތުގައިވާ މައިކް ކައިރި ކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

“ހެއި… ހުރިހާ މެހެމާނުންނަށް ޝުކުރިއްޔާ އަޅުގަނޑުމެންގެ މިއުފާވެރި ހަފްލާގަ ބައިވެރިވާން އައިސް ދިނީތީ… މިހާރު މިއޮތީ ވަރަށް ބޮޑު ސަޕްރައިޒެއް… ދިސް ސައިޕްރައިޒް އިޒް ފޯ ޔޫ އިކާން… އައި ލަވް ޔޫ….” އިކާންގެ މޫނަށް ބަލާލަމުން ތާރާގެ އެންމެ ފަހު ޖުމްލަ ބުނި އިރު މެހެމާނުންނަށް އައިސް ތިބި އެންމެން އެއްފަހަރާ އަތް ޖަހާލަމުން ހޯއް ލައްވާލިއެވެ.

ގިޓަރިސްޓަށް ހުރި ޒުވާނާ ގިޓާގައި ހިފާ ކޯޑެއް އަޅާލިއެވެ. އެއާ އެކު އިވިގެން ދިޔަ މިއުޒިކާ އެއްވަރަށް ތަރާގެ ހަށިގަނޑު ދެއަތަށް މަޑުމަޑުން ހެއްލަމުން ދިޔައެވެ. މައިކް އަނގަޔާ ކައިރި ކޮށްލަމުން އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ. އެއްއަތުން އިކާނަށް އިޝާރާތް ކޮށްލަމުން ލަވަ ކިޔަން ފުން ނޭވާއެއް ތާރާ އެތެރެ ކޮށްލީ ދެލޯ މަރާލަމުންނެވެ.

“ތީ ތީއެ މަގޭ އެންމެ އެދޭ.. ހިތުގަ މިވާ ސޫރަ ތެދޭ..

     ލޯބިމިވާ ވަރުދެން ބުނިއްޔާ.. ގޯހެއްހޭ މީހަދާ…

އަންނާށެ އިސްނާގާ.. ރޭ މިވަނީ ދަންވެފާ…

     އޯ އަންނާށެ އިސްނާގާ.. ރޭ މިވަނީ ދަންވެފާ..

ނުނިދޭނޭ މިރޭ އައިމާ ނޫނީ ކަލާ…

ތާރާގެ ރީތި އަޑުން އެލަވަ ކިޔައިދެމުން ދިޔައިރު އެ އަޑުގައި އިކާނަށްވާ ލޯބި ފާޅުވަމުން ދިޔަ ކަހަލައެވެ. ޕާޓީގައި ތިބި ތާރާގެ އެކުވެރިންތައް މިއުޒިކާ އެއްވަރަށް އަތް ޖަހަމުން ދިޔައެވެ. ދުރުގައި ބަލަން ހުރި އިކާނަށް ޒިވީ ބަލަން ހުރިކަން ފާހަގަ ވިއެވެ. ޒިވީގެ މޫނނަށް އަރާ ފައިބަމުން ދިޔަ ކުލަތައް ފެނި އިކާންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ލަވައިގެ މައިގަނޑު ކިޔާ ނިންމާލުމުން އިކާން ސްޓޭޖާ ދިމާއަށް އަވަސްވެގަތެވެ. އަދި އިތުރު މައިކެއް ނަގާ ތާރާގެ ގާތަށް ޖެހިލި އިރު ލަވައިގެ ކަޑި ތާރާ ކިޔަން ފައްޓަނީއެވެ.

“ހުވާކޮށް ބުނީމޭ..ދުރުގަ ދެން ނުވާށޭ..

     ވެދާނަން އެކީ ލޯބިން ކަފުނާ ވެލީގައި…”

އެހިސާބުން ލަވައިގެ ދެން ހުރިބައި ކިޔަން ފެށީ އިކާންގެ ރީތި އަޑުންނެވެ. އެ އަޑު އަހާ ހިތުން އެތައް ބަޔަކު އިންތިޒާރުގައި ތިބިއިރު އެ އެންމެން އެއްފަހަރާ ހަޅޭއް ލަވައިގަތެވެ.

“އަމޭ ގެންދަވާށޭ.. މަގޭ ޖިސްމު ޖާނާ..

     އުފާ ދެން ލިބޭނީ ހިނިތުންވެލީމާ…

އަންނާށެ އިސްނަގާ… ރޭ މިވަނީ ދަންވެފާ

އޯ އަންނާށެ އިސްނާގާ.. ރޭ މިވަނީ ދަންވެފާ..

ނުނިދޭނޭ މިރޭ އައިމަ ނޫނީ ކަލާ…

ލަވައިގެ ފަހަތުން އެއްވަރަކަށް ތާރާއާ އިކާންގެ ރައްޓެހިންތައް ލަވަ ކިޔަމުން ދިޔައެވެ. އިކާންގެ ނަޒަރު ގޮސް ހުއްޓުނީ އޭރު ދުރުގައި ހުރި ޒިވީއާ ދިމާއަށެވެ. ތާރާގެ އަތުގައި ހިފާ އިކާން ގާތް ކޮށްލަމުން އެންމެންގެ ތެރޭގައި ތާރާގެ ގައިގާ ބައްދާލިއެވެ. ޒިވީގެ ހިތަށް ކުރަމުން ދިޔަ އަސަރު އޭނާގެ ރަތްވަމުން ދިޔަ މޫނުމަތިން ފާޅުވިއެވެ. ދުރުގައި މަންޒަރުބަލަންހުރި ފިޒާމަށް މަޑަކުން ނުހުރެވުނެވެ. ޒިވީ ކައިރިއަށް އައިސް ހުއްޓެމުން ފިޒާމް ވާހަކަ ދެއްކިއެވެ.

“ވަރަށް ލޯބި ދޯ.. އިކާނާ ތާރާ އާ ވަރަށް ގުޅޭ… ހަމަ މޭޑް ފޯ އީޗް އަދާ…” ފިޒާމްގެ ބަސްތަކުން ޒިވީ އިތުރަށް ހިތުގައި ޖެހޭ ގޮތް ވިއެވެ. އޭނާގެ އިހްސާސްތައް ކޮންޓްރޯލް ނުކުރެވޭނެކަން އިނގޭތީ އޭނާ އެތަނުން ނުކުންނަން އަވަސް ފިޔަވަޅުތަކެއް އެޅީ ލިފްޓާ ދިމާއަށް ދާށެވެ.

ޒިވީ ދުވަމުން ކަހަލަ ގޮތަކުން ގޮސް ލިފްޓަށް އެރިތަން ބަލަން ހުރި އުލްފާ ގާތަށް ހިނިއައެވެ. ސްޓޭޖުން ފޭބުމަށްފަހު އިކާނާ ތާރާ މިސްރާބު ޖެހީ އެ ދެމަފިރިންނަށް އެރޭގެ ހާއްސަ ކެއުން ތައްޔާރު ކޮށްފައިވާ މޭޒު ކައިރިއަށެވެ. އުލްފާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޕާޓީގެ ހުރިހާ ކަމެއް އެހާ ފުރިހަމަ ކޮށް ނިންމާލެވުނީމައެވެ.

*** *** *** *** *** ***

ކާރުގައި އިން އިރުވެސް ޒިވީގެ ހިޔާލަށް އަންނަމުން ދިޔައީ އެ ހިޔާލުތަކެވެ. އިކާނާ ތާރާގެ ކައިވެނީގައި އެ ދެމީހުން އެކުގައި ތިބި ގޮތެވެ. އިކާނަށް މެރީ ކުރަން އެނގުނީ ތާރާއާ ހެއްޔެވެ. މި ރާއްޖޭގަ ކިތައް އަންހެން ކުދިން އެބަ ތިބި ހެއްޔެވެ. އެ ނޫން ކުއްޖެއް އޭނާއަށް ހަމަ ނުފެނުނީ ހެއްޔެވެ. ނޫނީ އިކާން ބޭނުންވީ އަހަރެން ހިތުގަ ޖައްސަން ހެއްޔެވެ. ޒިވީގެ ހިތުގައި އުތުރެމުން ދިޔަ ޝަކުވާތައް ފުނި ޖެހިފައި ވިއެވެ.

ކާރުގެ ދުވެލި މަޑުކޮށްލީ ޒިވީގެ ގޭ ކުރިމައްޗަށެވެ. ކާރުން ފޭބުމަށްފަހު ގެއަށް ވަންނަން ޒިވީ އަވަސްވެގަތެވެ. ގެއަށް ވަދެ އަރައިގެން ހުރި ބޫޓު ބޭލުމަށްފަހު ކޮޓަރިއަށް ދާން ޒިވީ ހިނގައިގަތީ ސިއްރުސިއްރުންނެވެ.

“ޒިވީ… ކޮބާ ޕާޓީ ކިހިނެއް؟.. މަންމަގެ ސަލާމް ބުނިންތަ؟…”  ޒޫނާ ވާހަކަ ދައްްކަމުން ކޮޓަރިން ބޭރަށް ނުކުތީ ކުޑަ ކޮރެއް ޖަހަމުންނެވެ.

ސިއްރު ސިއްރުން އެތެރެއަށް ވަންނަން މަސައްކަތް ކުރި ޒިވީގެ ފިޔަވަޅު މަޑު ޖެހުނެވެ. އޭނާގެ މަންމައާ ކުރިމަތިލާން ބޭނުން ނުވާތީ ޒިވީ ވާހަކަ ދެއްކީ ޒޫނާއަށް ފުރަގަސްދީގެން ހުރެއެވެ. “އާން .. ވަރަށް ސަޅި ޕާޓީ… ޒުމްރާއްތަމެން ވެސް ވަރަށް ސަލާމް ބުނި…” ޒިވީގެ އަޑުން އޭނާ ދެރަވެފައި ހުރިކަން ފާހަގަ ނުވާނެހެން ވާހަކަ ދެއްކީ ހިނިތުންވަމުންނެވެ.

“އެހެންތަ… ފޯނުން ފޮޓޯއެއް ނުނަގަންތަ؟.. ތާރާ ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެއޭ…” ސޯފާގައި އިށީންނަމުން ރިމޯޓް ނަގާ ޒޫނާ ޓީވީ ހުޅުވާލިއެވެ. ޒޫނާ ދެއްކި ވާހަކައަށް ޖަވާބެއް ނުދީ ޒިވީ ކޮޓަރިއަށް ވަނުމަށް އަވަސްވެގަތެވެ. އާންމުކޮށް ޒޫނާ ސީރީސް ބަލަން އިންނަ ވަގުތަކީ މިއީއެވެ. މަންމަ ކުރާ ސުވާލުތަކުން ރެކެން އެންމެ ފަސޭހަ ވަގުތަކީ މިއީ ކަން އެނގުމުން ޒިވީ ބަހެއް ނުބުނެ ދިޔައީއެވެ. އެހެން ނޫންނަމަ ޒޫނާގެ ސުވާލުތަކުން ޒިވީގެ ސިކުނޑި ގޮއްވާލާނެއެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ޒިވީގެ އަތް ދަބަސް އެނދުމައްޗަށް ހޫރާލިއެވެ. ބޮލުގެ އެއްފަރާތަށް ޖަހާފައިވާ މާ ނަގާ ހޫރާލަމުން އިސްތށިގަނޑު އަތުން ހާވާލިއެވެ. އޭރު ޒިވީއަށް ހަމަ ރަނގަޅަށްވެސް ރޮވެނީއެވެ. އެ ކޮޓަރީގައިވާ އަލަމާރި ހުޅުވާލީ ޒިވީގެ ހެދުން ބަދަލު ކުރަން ހެދުމެއް ނަގާށެވެ. ނަމަވެސް ދޮރުފަތް ހުޅުވާލި އިރު އަލަމާރި ތެރޭގައި ތަތްކޮށްފައިވާ އިކާންގެ ޕޯސްޓަރ ފެނުމުން ޒިވީގެ ހަރަކާތް މުޅިން ގަނޑުވިއެވެ. ހުއްޓުން އަރާފައި އެ ޕޯސްޓަރާ ދިމާއަށް ބަލަން ހުރި އިރު ހިފެހެއްޓުނެއް ނެތި ޒިވީގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ.

“ކީއްވެ ތާރާއާ މެރީ ކުރީ؟… ވައި ތާރާ…”  

ދެ އަތުން މޫނު ފޮހެލުމަށްފަހު ޒިވީ ނޭފަތް ދަމާލިއެވެ. އެއަށްފަހު އަލަމާރި މަތީބައިގައި ފަތް ޖަހާފައި އޮތް ގަމީހެއް ނެގިއެވެ. ގޮޅިޖެހި ރަތްކުލައިގެ ގަމީހެކެވެ. އެ ގަމީހުން ވަސް ބަލާލީ އަދިވެސް އޭގައި އިކާންގެ ވަސް ހުރިތޯއެވެ. ގަމީހާއެކު ގޮސް އެނދުމައްޗަށް ވެއްޓިގެން އޮވެ ޒިވީގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތަކުން އެ ގަމީސް ތެތްމަމުން ދިޔައެވެ.

އޭރު ޒިވީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިކާނާ އެންމެ ފަހުން ދެކެވުނު ވާހަކަތަކެވެ. ރެސްޓް ރޫމް ތެރޭގައި ކަންތައްވީ ގޮތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ޝެލީން 13

Next

ޢަޞްރު (ދިހަވަނަ ބައި)

Next
December 1, 2016

ޢަޞްރު (ދިހަވަނަ ބައި)

Previews
November 30, 2016

ޝެލީން 13

34 Comments!

  1. Iru says:
    November 30, 2016 at 9:58 pm

    Salhi

    1. Shax Lyn says:
      December 1, 2016 at 9:02 am

      thanks Iru 🙂

  2. faidhaS says:
    November 30, 2016 at 10:04 pm

    reethi vaane hen heevey ,

    1. Shax Lyn says:
      December 1, 2016 at 9:03 am

      Thanks for reading 🙂

  3. a friens says:
    November 30, 2016 at 10:39 pm

    Zivy n tharaa mee cousins dhw… N ikaan is a singer…. I remember a similar story… Real story like this…hehehe…. Shazlyn i think u knw what am saying

    1. Shax Lyn says:
      December 1, 2016 at 9:04 am

      hehehe… or is that so… ehenvejjiyya thee varah bodu iththifaageh… 🙂 hope u like this story 🙂

  4. Aik says:
    November 30, 2016 at 10:42 pm

    Haada kurey. V reethi. Waiting for next part

    1. Shax Lyn says:
      December 1, 2016 at 9:05 am

      Thanks Aik…. 🙂 In-sha Allah… next Sundayga

  5. Anonymous says:
    November 30, 2016 at 10:43 pm

    Wow….. Varah salhi… Zivy keehtha kuree….

    1. Shax Lyn says:
      December 1, 2016 at 9:06 am

      oh…. just wait ull knw whats going on in the upcoming episodes… 🙂

  6. Azuna says:
    November 30, 2016 at 10:49 pm

    Nice

    1. Shax Lyn says:
      December 1, 2016 at 9:07 am

      Thanks Dear <3

  7. mai says:
    November 30, 2016 at 11:20 pm

    Wow
    i like this story

    1. Shax Lyn says:
      December 1, 2016 at 9:09 am

      Thanks mai…

  8. Booooo says:
    December 1, 2016 at 1:12 am

    Geteh nuvey. Bolah undhagoo vanee.

    1. Shax Lyn says:
      December 1, 2016 at 9:09 am

      sorry getu nuveethee…. let me knw how to improve…

  9. Badboy :p says:
    December 1, 2016 at 6:16 am

    Superb… Feeling sad… Oh poor zivy… Am here… Come to me…

    1. Shax Lyn says:
      December 1, 2016 at 9:11 am

      yeah dhoggeh noon.. zivy ah badboy ebahuttey… dhw.. thanks badboy :p

  10. Xai says:
    December 1, 2016 at 8:12 am

    Awesome ❤❤❤

    1. Shax Lyn says:
      December 1, 2016 at 9:12 am

      Thanks <3 Xai

  11. Ican says:
    December 1, 2016 at 8:14 am

    There r guys who says love is not ev.thn… “loabi viyas nuviyas life partnrr akah hadhaany bas ahaa ragalhu kujjeh…

    1. hehehe says:
      December 1, 2016 at 8:21 am

      Well said ????

    2. Shax Lyn says:
      December 1, 2016 at 9:13 am

      aaan dhw…. thanks Ican…

  12. xoo says:
    December 1, 2016 at 8:50 am

    Keevetha ikaan thaaraaya marry kuree
    Zivy dherakollaafa. Adhi rest room ga kameh hingaafa einee. Oh ikaan leave thara n marry zivy. ???

    1. Shax Lyn says:
      December 1, 2016 at 9:15 am

      oooh…. lets see what happens dhw… 🙂

  13. musician says:
    December 1, 2016 at 8:53 am

    I love the songs in this. Hama v amazing.

    1. Shax Lyn says:
      December 1, 2016 at 9:16 am

      Thanks Musician… selected some of my favorites… 🙂

  14. Aish says:
    December 1, 2016 at 9:50 am

    Wow haadha reehcheyy…bt thankolheh kuruhen heevey…varah reethi vaane hn heevey mi story…keep it up..☺?

  15. LOL says:
    December 1, 2016 at 10:08 am

    Zivi Amilla ah ikan aa dhuru v ennu .. LOL ekm thara aa ikan dhuru nukurahchey.. btw v salhi ingeii.. when next episode? cnt wait

  16. sonaalee says:
    December 1, 2016 at 8:28 pm

    Xivi ikaan aa dhuru vee konmeves majubooree eh vegenhen heevany…aslu xivy v loabivey ikaan dheke….v v reethi mi story…

  17. Shafy says:
    December 1, 2016 at 8:46 pm

    Mi vaahakaige villain aky kaaku.. zivi dhw… thaaraa dhw hunnaany baaky vefa… zivi ammilla ah ikaan dhookohly… dhen kon dhera eh vaakah.. v foohi

    1. Ican says:
      December 1, 2016 at 9:03 pm

      Thaara ge ehera foni kameh.. thaaraa baakee viyya ragalhee..

  18. anu says:
    December 2, 2016 at 11:11 am

    Sis.. v molhu ma sha allah… waiting for the next part…. ummmwah

  19. the guy says:
    December 3, 2016 at 8:46 am

    Lyn so pretty story

Comments are closed.

Next Episodeހުރީ ވެވިފާ ބާކީ… (ހަވަނަ ބައި)←


All Right Reserved!