އެގޮތުން ވަޒީފައިގައި ދެމި ހުރުމަށާއި ތަނުގެ ވެރިން ހިތަހަމަ ޖެހޭ އިތުބާރު ކުރާ މީހަކަށް ވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަން ޖެހުނެވެ. އަދި ގިނަ ވަގުތު ވަޒީފައިގައި ހޭދަ ކުރަން އަހަރެންނަށް މަޖުބޫރު ވިއެވެ. އެހެން ކަމުން ގިނަ ފަހަރަށް ހަފުތާ ބަންދަށް ވެސް އާއިލާ ގާތަށް ދިއުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް ހަނާ އެކަމާ ޝަކުވާ އެއް ނުކުރެއެވެ. ހީވަނީ އަހަރެން އުޅޭލެއް ބުރަކަން ހަނާ އަށް އިޚުސާސް ކުރެވޭތީ ވެސް ހެންނެވެ.
ކުއްލި އަކަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ކަންނެތް ކަމާއެކު ދެ ލޯ ހުޅުވާ ލަމުން ފުރަތަމަ ވެސް އަހަރެން ބަލައިލީ ފާރުގައި ހަރު ކޮށްފައި އިން ގަޑި އަށެވެ. އޭރު މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. މިޔޮއް ދަންވަރު މި ގަޑީގަ ގުޅަނީ ކާކުބައޭ ވެސް ހިތައް އެރިއެވެ. ޔަޤީނެވެ. އެވާނީ އޮފީހުގަ އުޅޭ ފާރިޝް ކަމަށެވެ. އަހަރެންނަށް ހީވި ވެސް ހަމަ ރަނގަޅަށެވެ. ފޯނަށް ބަލައިލި އިރު ގުޅަނީ ހަމަ އޭނައެވެ. ފާރިޝް އަކީ އަހަރެންނާ އެކު އެކީހެން އޮފީހަށް ވަތް އަހަރެންގެ ދަށުން މަސައްކަތް ކުރާ ސުޓާފެކެވެ. ހީވާގި މަސައްކަތައް އެއްވަނައެވެ. ހިތްހެޔޮ ވެފައި މީހުންނާ ގުޅެއެވެ. އެހެނަސް ސަމާސާ ކުރުމުގެ އިތުރުން ސަކަރާތުގެ ވެސް ބޮޑެކެވެ. ބައެއް ފަހަރު އޮފީސް ގަޑީގަ އަދި އެނޫން ގަޑި ގަޑީ ގަ ވެސް ދޭތެރެ ދޭތެރެއިން އަހަރެންނާ އެގޮތަށް ކޮންމެ ވެސް ކަހަލަ ސަމާސާ އެއް ކޮށް ލާނެއެވެ. ގިނަ ފަހަރަށް އަހަރެން އަޅައެއް ވެސް ނުލަމެވެ. އެކަމަކު ސަމާސާ ކުރަން ވެސް ދެން ވަކި ގަޑިއެއް ގަޑިއެއް ވެސް ނޯވޭ ހެއްޔެވެ؟ ކުޑަކޮން އަހަރެންގެ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ދެރޭ ވަންދެން ނުނިދާ ހުރުމުގެ ސަބަބުން އަހަރެން އޮތީ ނުލާހިކު ނިދިވެސް އައިއްސައެވެ. އެހެން ކަމުން ފޯނު ނަގައި ކައްވެސް ބޭނުމެއް ނުވިއެވެ. އެހެންވެ އަނެއް ފަރާތައް އެނބުރި އަޅާވެސް ނުލައި އޮތީމެވެ. ދެފަހަރަކަށް ފޯނު ރިންގު ވެފައި ކެނޑުނެވެ. އަހަރެން ހީކުރީ ދެން ނުގުޅާނެ ކަމަށެވެ. އެހެނަސް ލޯ މެރި މެރި އޮއްވައި އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. މިޔޮތީ ކަންތަކާ ޖެހިފައެވެ. ފޯނު ނަގާފަ ޖަވާބު ނުދެނީސް ދެން ހުއްޓަ އެއްވެސް ނުލާނެއެވެ. އެހެން ހިތައް އަރައި ފޯނު ނު ނަގާން އޮވެފައި ވެސް އެންމެ ފަހުން އައި ރުޅީގަ ފޯނު ނަގައި އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އެކޮޅުން އިވުނީ މަންމަގެ އަޑެވެ.
“ދަރިފުޅާ ކުއްލި އަކަށް ހަނާގެ ބޮލުގަ ރިއްސާފަ ހުއްޓައި ނުލައި ހޮޑުލާތީ ހާލު މާ ބޮޑަށް ދެރަ ވެގެން ހޮސްޕިޓަލަށް ގެނެސް އެޑުމިޓް ކޮށްފައި އޮތް ވާހަކަ ބުނެލަން މިގުޅާލީ”
މަންމަގެ އެ ޖުމުލަޔާ އެކު ފުއް މައިގެން އަހަރެން ނަށް ތެދު ވެވުނެވެ. ރުޅިގަނޑު މައިތިރިވެ އައިސް ފައި ހުރި ނިދިވެސް ވަގުތުން ފިލައިގެން ދިޔައެވެ. މަންމަގެ އަޑުގައި ހުރި ވޭނީ އަސަރުން ހަނާ ހާލަތު ވަރަށް ސީރިއަސްކަން ފާހަގަ ކުރެވުނެއެވެ. އެހިނދު ހަނާ އަށް ކަމެއް ވެދާނެތީ އަހަރެން ވަރަށް ކަން ބޮޑުވި އެވެ. މީހާ ހާސްވެ ދާ ހިއްލަން ފެށިއެވެ. ނެގި ނެގިފައި ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. އެވަގުތު ހަނާ ކައިރީގައި ހުރެވުނު ނަމަ ކިހާ ރަނގަޅު ވީސް ހޭ ހިތަށް އެރިއެވެ. ވަގުތުން މާލެ ދާން ވެސް އަހަރެން ބޭނުން ވިއެވެ. އެކަމަކު ގަޑީގެ ގޮތުން މާލެ ދެވޭ ކަށްވެސް ނެތެވެ. އެހެން ކަމުން މާޔޫސް ކަން މަތީ ހަނާ އާ މެދު ވިސްނުމުގައި އިރު އަރާނެ އިރަކަށް އިންތިޒާރު ކޮށް ކޮށް އޮވެވުނެވެ.
އިރު އެރުމާ އެކު ތެދުވެ ފެން ވަރައިގެން އޮފީހަށް ސަލާމް ބުނެފައި އަހަރެން އައީ މާލެ އަށެވެ. ހަނާގެ ހާލު ނޭންގޭ ހާ ހިނދު އަހަރެންގެ ހިތަށް ކުޑަވެސް ހަމަ ޖެހުމެއް ނުލިބޭނެ ކަން ޔަޤީން ވާތީއެވެ. މާލެ އައުމަށް ލޯންޗުގައި އިން އިރުވެސް އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަދި ހަނާ އަށް ދެރަ ގޮތެއް މެދުވެރި ނުވުމަށް އެދި ހިތާ ހިތުން ދުޢާ ކުރެވުނެވެ. ލޯންޗު އައިސް މާލޭގެ ތޮށިގަނޑާ ގާތް ކޮށްލުމާ އެކު އަވަސް އަވަހަށް ލޯންޗުން ފައިބާ މިސްރާބު ޖެހީ ހޮސްޕިޓަލައި ދިމާ އަށެވެ. ހިތް އަވަސް ވެފަ ހުރިވަރުން ހޮސްޕިޓަލްގެ ތެރެޔަށް ވަދެ ފުރަތަމަ ދާންވި ދިމާލެއް ވެސް ނޭންގުނެއެވެ. އެހެނަސް މަންމައަށް ގުޅާ ލުމުން ހަނާ އޮތީ އާންމުންގެ ވޯޑު ގައިކަން އެނގުނެވެ. އެހެން ކަމުން އެދިމާ ލަށް އަވަސް އަވަހަށް ހިނގައި ގަތީމެވެ.
އާންމުންގެ ވޯޑުގެ ކުރިމަށްޗައް އެރުމާ އެކު ހެޔޮ ހާލުގައި އެނދުމަތީ އޮށޯވެލައިގެން އޮތް ހަނާ ފެނުމުން އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. އޭރު މަންމަ ވެސް ހަނާ ގާތު އިނެވެ. ވޯޑުގެ ތެރެޔަށް ވަދެ ހަނާ ކައިރި ޔަށް ގޮސް ރަނގަޅަށް ނުވެސް ހުއްޓެވެނީސް ގޮނޑިން ތެދު ވެފައި އަހަރެންގެ ކަންފަތް ދޮށުގައި މަންމަ ބުނެލީ ހަނާ ބަލިވެ އިން ވާހަކަ އެވެ. އެވަގުތު ވީ އުފަލެއް ބުނެދޭނެ ވެސް އަހަރެން ނަށް ދަތިވިއެވެ. ހެދޭ ނުހެދޭ އެއް ނޭންގި އުފަލުން ގޮސް މޮޔަ އަކު ފަދައިން އެނދުމަތީ އޮތް ހަނާގެ ގައިގާ ބައްދާލައި ހަނާގެ އަތުގަޔާ ބޮލުގައި ބޮސް ދޭން ފެށީމެވެ.
ހަނާ އިނީ ބަލިވެކަން އެނގުމުން ވަޒީފައިގައި ބުރަކޮން އުޅެމުން ވެސް ވަގުތު ހޯދައިގެން ހަނާ އަށް އަޅާލައި އޯގާތެރި ވީމެވެ. އެހެނަސް އެއްދުވަހަކު މިސްކިތައް ގޮސްފައި ގެޔައް އަންނަނިކޮން ގެ ކައިރިން ފަޔާޒު ކިޔައި މީހަކާ ދިމާވެ އޭނަޔާ ގުޅުން ބަދަހިވާން ފެށި ހިސާބުން އަހަރެންގެ ދިރިއުޅުމަށް ހީވެސް ނުކުރާހާ ބޮޑެތި ބަދަލު ތަކެއް ގެނުވިއެވެ. ކުއްލިއަކަށް އަހަރެންނަށް އެއައި ބަދަލުން ހުދު އަހަރެން ވެސް ހައިރާންވިއެވެ. އެހެނަސް އެކަމާ ވިސްނާނެ ޖާގައެއް ފަޔާ އަހަރެންނަކަށް ނުދެއެވެ. އޭނަ އަހަރެންނަށް ވަރަށް ރަނގަޅެވެ. ކެއާރ ކުރެއެވެ. ދީލަތި ކަމުގެ އިންތިހާއެވެ. އެހެންވެ އޭނަޔަށް ބަރޯސާ ވެވެންފެށީ ތިޔަހެނެއް ނޫނެވެ. ފަހުން ފަހުން އައިސް ހަނާ ޔަށް އަދި ލިބެން އުޅޭ ދަރިފުޅަށް ވެސް މާ ބޮޑު ސަމާލު ކަމަކާ އަޅައިލުމެއް ނުބެހެއްޓެއެވެ. މާލެ އާދެވޭ މަދު ދުވަސް ދުވަހުވެސް ވަގުތުތައް ހޭދަކޮށްލަނީ ފަޔާއާ އެކު ކޮފީ ޝޮޕު ތަކުގަޔާއި މަޖާ ކުރުމުގައެވެ. އެގޮތުގައި ވަގުތުތައް ހޭދަ ކޮށްލުމަށްފަހު ނިދަން ގެޔަށް ދެވޭ އިރު ހުންނަނީ ފަތިސް ނަމާދަށް ގޮވައިފައެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދެއެވެ. މިހެން އުޅުމުގެ ތެރޭގައި އެއްރެޔަކު ފަޔާ ސަމާސާ އަކަށް ހަދާފަ އަހަރެންނަށް ސިނގިރޭޓެއް ދިއްކޮށްލިއެވެ. ވަގުތުން އެ ނުބޯން އަހަރެން ގަދަ ހެދީމެވެ. އެއީ ދުވަހަކުވެސް އަހަރެން ނުކުރާ ކަމަކަށް ވާތީއެވެ. އެހެނަސް އަހަރެން އެކަމާ ދެކޮޅު ހަދަން ފެށުމުން ކުޑަ ކުއްޖަކަށް ދޭފަދައިން މަޑުމައިތިރި ކަމާއެކު އަހަރެންނަށް ނަސޭހަތް ދޭންފެށިއެވެ. މީހަކަށްވާން ފަސް ނުޖެހޭށޭ ބުނެ އަހަރެންގެ ސިކުނޑިއަށް ސަވާރު ވިއެވެ.
އެރެޔަށް ފަހު އަހަރެން މަސައްކަތް ކުރަމުން އައީ އޭނަގެ ކޮންޓުރޯލް ދަށުގައެވެ. އެންމެ ފަހުން އަހަރެންނަށް ސިނގިރޭޓު ބުއިމުގެ ނުބައި އާދައިގަވެސް ހިފިއްޖެއެވެ. ހަމަ އެޔާއެކު ވަޒީފާ އަށް ފަރުވާ ކުޑަ ކުރެވި އަމިއްލަ ނަފުސައް ވެސް އިތުބާރު ގެއްލުނެވެ. ރޭގަނޑަކަށް ނުނިދެއެވެ. އަބަދު ހީކަރުވާފަ ތުރުތުރު އަޅަނީއެވެ. މިހާރު އޮފީހަށް ދަނީވެސް ނަމަކަށެވެ. އޮފީހަށް ދިޔަޔަސް އެއްވެސް މަސައްކަތެއް ކުރާ ހިތެއް ނުވެއެވެ. ހުއްޓިފައި އިންނަ ބުދެއް ހެން އަބަދުވެސް އިނދެވެނީ ކޮންމެވެސް ޚިޔާލަކަށް ގެއްލި ފައެވެ. އޮފީހުގެ ވެރިންނަށް އެކަން ފާހަގަ ކުރެވިގެން ސުއާލު ވެސް ކުރިއެވެ. ނަމަވެސް އަންހެނުން ބަލިވެ އުޅޭތީ އެކަމާ މާ ބޮޑަށް ވިސްނޭތީ ވާގޮތެއް ކަމުގައި ބުނެ ދޮގުހެދީމެވެ.
ފަހުން ފަހުން އައިސް ލިބޭ މަދު ލާރި ކޮޅައްވެސް ބަލައި ނުލައި ބަލަން ޖެހިފައި ހުރި އަތްބަކު އިންކަން ވެސް ހަނދާން ނެތި ހިތުހުރި ގޮތަކަށް އެ ރަޚުމަތް ތެރިޔާދޭ ކުދިކުދި ހަދިޔާ ގަތުމަށް އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ޚަރަދު ކުރަން ފެށީމެވެ. ވާނީވެސް އެހެންތާއެވެ. މިހާރު އަހަރެންގެ ފުރާނައިގެ ކާނާ އަކީ ވެސް އަދި ބުއިމަކީ ވެސް އެއީ އެވެ.
މަސްތައް އެގޮތުގައި ފާއިތު ވަމުން ގޮސް އަންހެނުން ދުވަސް ފުރާ ވިހެއެވެ. ދަރިއަކު ލިބުމަކީ އިންސާނަކަށް މި ދުނިޔެ މަތީ ލިބޭނެ އެންމެ ބޮޑު އުފަލެވެ. އަދި އެއުފާ އެންމެ ބޮޑަށް އިޚުސާސް ކުރެވޭނީ އެ ދަރިފުޅު ދުނިޔެ އަށް އަންނަ ވަގުތެވެ. ހަމަ އެހެންމެ މަންމަ ނޫނީ ބައްޕަ އޭ ކިޔާ ގޮވައިލައި އިރުގައެވެ. އެހެނަސް އަހަރެން އުފަލެއް ނުވިއެވެ. އަދި އެކަމުގައި ހަނާ ތަޚައްމަލް ކުރި ވޭނެއް އުފުލި ބުރައެއްވެސް ހުދު އަހަރެން ނަކަށް ނޭންގެއެވެ. އެދުވަހު ވެސް ވަރަށް ބިޒީ ދުވަސް ކޮޅެއް ކަމަށް ބުނެ ހަނާ އަށް ދޮގުހަދާފަ މާލެ އެއްވެސް ނުދަމެވެ.
އެއްރެ އެއްގެ ދަންވަރެވެ. ކުއްލި އަކަށް ހޭލެވުނީ ހީކަރުވާހެން ހީވާތީއެވެ. ހާސްވާ ކަމުގެ އިޚުސާސެއް ވެސް ކުރެވެން ފެށިއެވެ. ބަޔަކު ހަޅޭއްލަވާ ހެންވެސް ހީވިއެވެ. ބިރެއް ފެނިގެންހެން ކުއްލި އަކަށް އެނދުން ތެދުވެގެން ގޮސް ފާނަނަޔަށް ވަދެ ފެންވަރަން ފެށީމެވެ. އަންހެނުން ހޭލަފާނެތީ އަވަސް އަވަސް ކޮށްލައިފަ ފާހަނައިން ނުކުމެ އަނެއްކާ ވެސް ނިދޭތޯ އެނދުގައި އޮށޯވެލީމެވެ. އެހެނަސް ލޮލަކަށް ނިންޖެއް ނައެވެ. ހީވަނީ ހަށިގަނޑުގެ ތެރެއިން އެއްޗެއް މަދުވެފައި ވާހެންނެވެ. އެހެން ދެ އަތަކަށް ފުރޮޅި ފުރޮޅި އޮއްވާ އެންމެ ފަހުން އަންހެނުންނަށް ހޭ ލެވުނެވެ. އަދި ހައިރާން ކަމާއެކު ސުއާލު ކުރަން ފެށިއެވެ. ޝައްކުގެ ނަޒަރަކުން ޝަކުވާ ވެސް ކުރަން ފެށިއެވެ. ކުރިން އަހަރެން އުޅުނު ގޮތް ބަދަލު ވެފައި މިހާރު އަހަރެން ވަރަށް ތަފާތު ކަމަށް ބުނެއެވެ. އަދި އޭނަޔަށް ފަރުވާލެއް ނުބަހައްޓައި ތާނގަ ދަރިފުޅަށް ވެސް އަޅާނުލާތީއެވެ. އެހެނަސް އަހަރެން އެއްވެސް ވާހަކަ އެއް ނުކިޔައި ދެމެވެ. ވަޒީފައިގައި ބުރަކޮން އުޅެން ޖެހޭތީ ވާގޮތް ކަމުގައި ބުނެ ހަމަޖައްސައި ލީމެވެ.
ނުނިމޭ
12 Comments!
Comments are closed.


kury bayah thi dhevvi saportaa hiyaalah hurihaa kiyun therin nah fah fashun shukuru adhaakuran. mi bayah ves thi hurihaa kiyuntheringe furihama saportaa hiyaalu adhi thaa eedhu libeyne kamah ummeedhu kuran. alhuganduge kuri erumakee thikiyun therin dhevvaa hiyaalaai saport… adhi ves ahfaharu hurihaa kiyun therin nah fahfashun shukuriyyaa.
V reethi mi baives
goaheh noon.
ekam avahah up kurahchey..
vvvvvv reethi
reethi , adhi sifa kurunthan reethi kohlumun vv furihama vaane, inshaa allah
Copy eii dhw..
Hama mikahala story eii keen thankolheii kurin
Varah ragalhu. Furathama bayahvureh chaalu vefa vaahaka Omaan vehjje. Thinvana bayah inthizaaru kurevey…
V reethi kuriyah huribaithaves Hama reethi vaanekamah ummeedhu kuran
no anonymous copy ah noon. mee hama nizam ge hiyaalah liyaa vaahaka ah. thibunaa vaahaka ah nizam nuves dheken… dhen ah vahtharu vun a e ihthifaageh kanneynge… akamaku ves anonymous thi kurevvi komentah vvvv bodah thanks….
vvvvvv bodah thanks all lovey coments…..
Wow.. goooooood work.. vrh salhi mibaaaaaaaaa
thanks