“ބައްޕާ… އަހަރެން މީނައާ އެކު މަސައްކަތެއް ނުކުރާނަން..” އެހެން ބުނުމާއެކު ލޫނާ ޒައިންގެ ކެބިންއިން ނިކުމެގެން ދިޔައެވެ. އާސިމް ހުރީ ވާނުވާނޭނގިފައެވެ. އަދި ޒައިންއަށް ބަލާލުމަށްފަހު ލޫނާ ފަހަތުން ދާން ހިނގައިގަތެވެ. ބާރު ހިނގުމެއްގައި ލޫނާ އައިސް އާސިމްގެ ރޫމްއަށް ވަނެވެ. އަދި ހަމައެއާއެކު ލޫނާ ފަހަތުން އާސިމްވެސް އައެވެ. ” ދަރިފުޅާ ކިހިނެއްވީތަ… ދަރިފުޅު ޒައިން ދަންނަންތަ…” އާސިމް ގެ އަޑު އިވުމާއެކު ލޫނާ ފަސްއެނބުރި ބަލާލިއެވެ. ” ބައްޕާ.. އެއީ އަހަރެންނާ އެއްކުލާހެއްގަ ކިޔަވަން […]
“ބައްޕާ… އަހަރެން ނުވޭ ވަޒީފާއަށް ދާހިތެއް… އަހަރެން ވަޒީފާއަށް ނުދިޔަސް އަހަރެން ބޭނުން ހުރިހާ އެއްޗެއް ލިބޭ… ކީއްވެތަ ކޮންމެހެން އަހަރެން ވަޒީފާއަށް ފޮނުވަން ތިއުޅެނީ… ” ލޫނާ ޝަކުވާ ކުރަމުން ދިޔައެވެ. ” ދަރިފުޅާ.. ދަރިފުޅު ޖެހޭނެ ވަރަށް ޒިންމާދާރު ކުއްޖަކަށްވާން… ބައްޕަގެ ހަމައެކަނި ހުރީ ދަރިފުޅު.. ބައްޕަ ނެތް ދުވަހަކުންވެސް މި ވިޔަފާރިއާ ހަވާލު ވާންޖެހޭނީ ދަރިފުޅެއްނު… އެކަމަކު އަދި ބައްޕަ ބޭނުމެއް ނޫން ވިޔަފާރީގެ ހުރިހާކަމެއް ދަރިފުޅާ ހަވާލު ކުރާކަށް…” މަޑުމައިތިރި ރާގެއްގައި […]