Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (31ވަނަ ބައި)

Saandy
December 1, 2016
8 Mins Read
52 Views
50 Comments

“އެއްގޮތެއްވެސް ނުވާނެ. ނިޝާ ކަންބޮޑުނުވޭ.” ރިޔާޝާ އެހެން ބުނެލިތަނާ ޖަލުގެ މުއައްޒަފަކު އައިސް އޭނާއާއި ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ ބުނުމުން ރިޔާޝާއަށް ބަލާލެވުނީ ނިޝާއަށެވެ. ނިޝާ ބޯޖަހާލީ ދާށޭ ބުނާފަދަ ގޮތަކަށެވެ. ރިޔާޝާ ގޮސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ތިބޭ ކޮޓަރިއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ރިޔާޝާ!”

ރިޔާޝާ ސިހިފައި ބަލާލިއިރު އަޔާޒް ހުރީ ތޭރި ޖަހާފައި ހުރި ކުޑަދޮރު ކައިރީގައެވެ. “ކަލޭތަ؟” “އަހަރެން މިއައީ ރިޔާޝާގެ ހާލު ބަލާލަން.” އަޔާޒް ބުނެލިއެވެ. “ކަލޭ ކީއްކުރަން އަހަރެންގެ ހާލު ބަލަނީ؟ އަހަރެންނަށް މިހާލު ޖައްސާފަ ވަރަށް އުފަލުންނެއްނު ތިހުންނަނީ.” ރިޔާޝާ ރުންކުރު ގޮތަކަށް ބުނެލިއެވެ. “ހަމަ މިހާރުވެސް މިތަނުން ސަލާމަތްވުމުގެ ފުރުސަތު ރިޔާޝާއަށް އެބައޮތް. ހަމަ އެންމެ ފަހަރަކު… ހަމަ އެންމެ ފަހަރަކު އަހަރެންދެކެ ލޯބިވެޔޭ ބުނޭ.” އަޔާޒް ހަމަޖެހިލާފައި ބުނެލިއެވެ. “މުޅި އުމުރު ދުވަހު މިތާ ހޭދަކުރަން ޖެހުނަސް އަހަރެން އެހެނެއް ނުބުނާނަން.” ރިޔާޝާ ރުޅިވެރިކަމާއެކު ބުނެލިއެވެ. “ހަމަ އެ ރުޅިވެރިކަން. ހަމަ އެ ގޮތްދޫނުކުރުން. އަހަރެން ހީކުރީ މިތަނަށް އައިމަ ރިޔާޝާގެ ނިންމުން ބަދަލުވާނެކަމަށް. އެކަމަކު ރިޔާޝާ ދުވަހަކުވެސް ބަދަލެއް ނުވާނެ. އިނގޭތަ އަހަރެން މިތަނަށް މިއައީ ކީއްކުރަންކަން؟” އަޔާޒް އަހާލިއެވެ.

“ތިކަހަލަ އަމިއްލަ އެދުމުން ފޯވެފައި ތިބޭ މީހުންގެ އޮންނާނީ އެންމެ ބޭނުމެއް. އެއީ އެހެން މީހުންގެ ޒަޚަމްތައް އިތުރަށް ފުންކުރުން.” ރިޔާޝާ އެހެން ބުނެލުމާއެކު އަޔާޒް ހޭން ފެށިއެވެ. “އަމިއްލަ އެދުމެއްނޫން. މީ ލޯބި. އަހަރެންނަށް މިއައި ހުރިހާ ބަދަލެއްގެ އަސްލަކީ ރިޔާޝާދެކެ ވެވުނު ލޯބި. ހަނދާންކޮށްބަލަ. އަހަރެން ބުނީމެއްނު އަހަރެންނަށް ރިޔާޝާ ނުލިބިއްޖެއްޔާ އެހެން މީހަކަށްވެސް ރިޔާޝާ ލިބުނަކަ ނުދޭނަމޭ. އަހަރެން އެމީހަކު ބަރުބާދުކޮށްލާނަމޭ. އަހަރެން މިއުޅެނީ ކައިވެނިކުރަން. މިއޮތީ ކާޑު.” އަޔާޒް އޭނާގެ ކޯޓު ތެރެއިން ނެގި ކާޑު ދައްކާލިއެވެ. “އަދި އެންމެ މުހިންމު ވާހަކަ ބުނަންތަ؟ އަހަރެން އިންނަން މިއުޅޭ ކުއްޖާގެ ނަމަކަށް އަހަރެން ކަލޭގެ ނަން ދީފިން. ރިޔާޝާ.” އަޔާޒް އެހެން ބުނެލުމާއެކު ރިޔާޝާ ދެލޯ ބޮޑުކޮށްލިއެވެ.

“ކަލޭއަށް ހީވެދާނެ ތިބުނާ އަންހެންކުއްޖާއަށް އަހަރެންގެ ނަންދީގެން ކަލޭގެ ހިތަށް ހަމަޖެހުން ހޯދިދާނެޔޭ. އެކަމަކު ޙަޤީޤަތެއް ބަދަލެއް ނުކުރެވޭނެ. އެނަމުން ކަލޭގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދާލާނެ. އިސާހިތަކު ކަލޭއަށް އެކަމުގެ ހިތިކަން އިހުސާސް ކުރެވެން ފަށާނެ. ކަލޭއަށް އަބަދުވެސް އިހުސާސްކުރެވޭނެ ކަލެއަށް ރިޔާޝާގެ ފަރާތުން ކުރި ނުހޯދުނުކަން. ކަލޭ ބަލިވެއްޖެ އަޙްމަދު އަޔާޒް. ކަލޭ ބަލިވެއްޖެ.” ރިޔާޝާ އެހެން ބުނެފައި ނުކުމެގެން ދިޔުމުން އަޔާޒް ރުޅިވެރިކަމާއެކު ރިޔާޝާއަށް ބަލާލިއެވެ. އޭނާ ހީކޮށްގެން ހުރީ އޭނާގެ ކައިވެނީގެ ވާހަކަ ދެއްކުމުން ރިޔާޝާ އޭނާގެ ބަސް ޤަބޫލު ކުރާނެކަމަށެވެ. ނަމަވެސް އޭނާ ހީކުރި ގޮތަށް ކަންތައް ނުވުމުން ރުޅިވެރިކަމާއެކު ނުކުމެ ބާރު ސްޕީޑްގައި ކާރު ދުއްވާލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ވެޑިންގ ކާޑަށެވެ. ބާރު ދުވެލީގައި ދުއްވަމުން ދިޔަ ކާރު، ކުއްލިއަކަށް ގޯޅިއަކުން ނުކުތް ކާރުގައި ޖެހިފައި ދިޔައީ ވިއްސައިގެންނެވެ.

“ރިޔާޝާ! ކަލޭއާ ބައްދަލުކުރަން މީހަކު.” ޖަލުގެ މުއައްޒަފަކު އައިސް ބުނެލުމުން ރިޔާޝާ ހައިރާންވިއެވެ. އޭނާ އަޔާޒްއާ ބައްދަލުކޮށްފައި އައިތާ އަދި ދިހަ މިނެޓުވެސް ނުވާނެއެވެ. އަނެއްކާ މިފަހަރު އައީ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ. އަނެއްކޮޅުން އެއްދުވަހަކާ އެހާ ގިނަ ފަހަރު މީހުންނާ ބައްދަލުކުރެވޭ ހެއްޔޭވެސް އޭނާގެ ހިތަށްއެރިއެވެ. އޭނާ ހައިރާންވެހުރެ ގޮސް އެކޮޓަރިއަށް ވަތްއިރު ރަތީބާ ފިޔާޒާ ގޮވައިގެން އިންދާ ފެނުމުން ވަރަށް އުފާވިއެވެ. ދުވެފައި ގޮސް ފިޔާޒާ އުރާލާ ލޯބިކޮށްލިއެވެ. ފިޔާޒާވެސް ރިޔާޝާގެ ގައިގައި ބައްދަބައްދާފައި ޝަކުވާކުރީ ރިޔާޝާ ގެއަށް ނުދާތީއެވެ. “މަންމި ދާނަމޭ ވަރަށް އަވަހަށް.” ރިޔާޝާ އެހެން ބުނެފައި ރަތީބާއަށް ބަލާލިއިރު ރަތީބާގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަކުން ރިޔާޝާގެ ހިތް ތެޅިލިއެވެ. “މަންމާ! ކިހިނެއްވީ؟ ބަލީތަ؟” ރިޔާޝާ ކަންބޮޑުވެފައި އަހާލިއެވެ.

“ނޫން. މަންމަ ބައްޔެއް ނޫން. މަންމަ މިއައީ ވަރަށް ބޮޑު އެއްޗެއް އޮޅުންފިލުވާލަންވެގެން. މަންމަ އުންމީދުކުރަން މަންމައަށް މިކަން ކޮށްދޭނެކަމަށް.” ރަތީބާ އެހެން ބުނެލުމުން ރިޔާޝާ ހައިރާންވެފައި ކޮން އެއްޗެއްތޯ އަހާލިއެވެ. “އަޔާޒް އުޅެނީ މީހަކާ އިންނަންވެގެން. އޭނަ އެކުއްޖާގެ ނަން ރިޔާޝާގެ ނަމަށް ބަދަލުކޮށްފި. އެހެންވެ މަންމައަށް ޝައްކެއްވެގެން މިއުޅެނީ. އެހެންވީމަ އެއްވެސް އެއްޗެއް ނުފޮރުވާ މަންމައަށް ހުރިހާ އެއްޗެއް ކިޔައިދީ. ތިދެކުދިން ދެމެދުގައި އެއްވެސް ގުޅުމެއް ހިނގާފައި އޮތަސް ބުނެދީ. ނޫނީ މަންމަގެ ބޮލަކުން ރިހުމެއް ނުފިލާނެ.” ރަތީބާ އާދޭހުގެ ރާގެއްގައި ބުނެލުމުން ރިޔާޝާ ކަންވީ ހުރިހާ ގޮތެއް ކިޔައިދިނެވެ. ރިޔާޝާގެ ވާހަކަތައް ރަތީބާ ޤަބޫލުކުރިއެވެ. އަދި އަޔާޒްދެކެ އިންތިހާއަށް ރުޅިއައެވެ. “މަންމާ! އަހަރެން މިއިނީ ބަލިވެ. ފަޔާގެ އެންމެ ފަހުގެ ހަނދާން.” ރަތީބާ ވަރަށް ލޯބިން ރިޔާޝާގެ ބޮލުގައި ފިރުމާލަމުން ބަލައިގެން އުޅުމަށް ނަސޭޙަތްދިނެވެ. “ކަލޭގެ ވަގުތު ހަމަވީ.” މީހަކު އައިސް އެހެން ބުނެލުމުން ރިޔާޝާ ފިޔާޒާ ރަތީބާއާއި ހަވާލުކޮށްފައި ދާން ހިނގައިގަތެވެ. މިފަހަރުވެސް ފިޔާޒާ ރިޔާޝާއާ ވަކިކުރަން ޖެހުނީ ގަދަކަމުންނެވެ.

ހަފްތާއެއް ފަހެވެ. ހެނދުނު ނުވައެއް ޖަހާލިހާއިރު ޖެއިލަރ ސިފައިންގެއަށް ދިޔައީ އަރުޖުން ސިންގ ގުޅާފައި ވަރަށް އަވަހަށް އައިސްދިނުމަށް އެދުމުންނެވެ. ޖެއިލަރއަކީ އަރުޖުން ސިންގގެ ސިއްރު ލޯބިވެރިޔާއެވެ. “ކަލޭގެ މައްސަލަ އެބައޮތް ހޯމް މިނިސްޓްރީއަށް ހުށަހަޅާފަ. ކަލޭ ޖަލުގައި ތިބޭ އަންހެންކުދިން ލައްވާ ހަށިވިއްކުވާ ކަމަށް.” އަރުޖުން ސިންގ ޖެއިލަރއާ ވާހަކަދެއްކިއެވެ. “ކާކު ކުރި ކޮމްޕްލެއިންއެއް؟” ޖަލު ބަލަހައްޓާ މީހާ ވަރަށް ރުޅިއައިސްފައި އަހާލިއެވެ. “އެއީ ކަލޭ ބަލަހައްޓާ ޖަލުގެ އަންހެނެއް. އަހަރެން ބުނަން ބޭނުންވަނީ ތީ ކިހާ ވަރެއްގެ މީހެއްކަން އޭނައަށް އަންގާލާށޭ. އޭނައަށް އެކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން އޭނައަށް އިހުސާސްވާވަރުގެ ގޮތެއް އޭނައަށް ހަދާލާށޭ.” އަރުޖުން ސިންގ ބުނެލިއެވެ. “ކަލޭ ހަމައެކަނި އޭނަގެ ނަން އަހަރެންނަށް ބުނެދީ. ހަދާނެ ގޮތް އިނގޭނީ މަށަށް.” ޖެއިލަރ ވަރަށް ރުޅިއައިސްފައި ބުނެލިއެވެ. “ޢާއިޝަތު ރިޔާޝާ.” އަރުޖުން ސިންގ އެހެން ބުނެލުމާއެކު ޖެއިލަރ ފުންމައިގެން ތެދުވެފައި ބާރު ހިނގުމެއްގައި ސިފައިންގެއިން ނުކުމެގެން ދިޔައިރު އޭނާ ރުޅިން ތުރުތުރުއަޅައެވެ.

ޖެއިލަރ ޖަލަށް ދިޔައިރު ގައިދީންތައް ގޯތި ތެރޭގައި އެކި މަސައްކަތުގައި އުޅެއެވެ. އޭނާ ވަށައިގެން ބަލާލީ ރިޔާޝާ ފެނޭތޯއެވެ. ތަންކޮޅެއް ދުރުގައި ރިޔާޝާ އިލޮށިފައްޗެއް ހިފައިގެން އުޅުނުތަން ފެނިފައި އޭނާ ގޮސް ރިޔާޝާގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ. ރިޔާޝާއަށް ވީތަދުން ހަޅޭއްލަވައިގަތެވެ. “ނުލަފާ އަންހެނާ! ކަލޭ ހީނުކުރައްޗޭ އަހަރެންގެ މައްސަލަ ހުށަހަޅާފައި ކަލޭއަށް ހަމަޖެހިލައިގެން އުޅެވޭނެޔޭ.” އެހެން ބުނެފައި އަނެއްކާވެސް ރިޔާޝާގެ އަތުގައި ޖެއިލަރ ގެންގުޅޭ ދަނޑިބުރިން ބޮނޑިއެއް އެޅިއެވެ. “ޕްލީޒް. އަހަންނަށް އަނިޔާ ނުކުރޭ. އަހަރެން ދޫކޮށްލާ. އަހަރެން މިއިނީ ބަލިވެއޭ.” ރިޔާޝާ އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. “އެހެންތަ؟ ކަލޭ ބަނޑުބޮޑު؟” ޖެއިލަރ އަހާލުމުން ރިޔާޝާ ބޯޖަހާލިއެވެ. “ކާކުގެ ދަރިއެއް؟” “މަގޭ ފިރިމީހާގެ.” ރިޔާޝާ ބުނެލިއެވެ. “ފިރިމީހާގެތަ ނޫނީ ލޯބިވެރިޔާގެތަ؟” “މަގޭ ފިރިމީހާގެ.” ރިޔާޝާ ހަޅޭއްލަވައިގަތުމުން ޖެއިލަރ އޭނާ ގެންގުޅޭ ދަނޑިބުރި ތުންފަތުގައި ޖައްސާލާފައި ހަޅޭއްނުލަވާށޭ ބުނެލިއެވެ. އޭރު ނިޝާ ރިޔާޝާއާ ދިމާއަށް އަންނަނީއެވެ.

ޖެއިލަރގެ އެންގުމަށް އެތާ ތިބި އިތުރު ދެ މުއައްޒަފަކު ނިޝާ ހިފެހެއްޓިއެވެ. “ޝީލާ! މީނާގެ ދެއަތް ހިފަހައްޓާ!” އެހެން ބުނެލުމާއެކު ރިޔާޝާއަށް ނޫނެކޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ޝީލާއަކީ އެތާގެ މުއައްޒަފެކެވެ. ޝީލާ ރިޔާޝާގެ ދެއަތް ހިފެހެއްޓުމުން ޖެއިލަރ ރިޔާޝާގެ ބަނޑުގައި އޭނާގެ ދަނޑިބުރިން ތަޅައިގަތެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް ފަހަރު ޖަހާފައި ދޫކޮށްލިއިރު ރިޔާޝާ ހޭނެތިއްޖެއެވެ. “މީނަ ގެންދޭ! ގެންގޮސް އެކޮޓަރިއަށްލާ!” ޖެއިލަރ އެބޮޑު ގޯތިތެރޭގައި ހަދާފައިވާ ކޮޓަރިއަކަށް އިޝާރާތްކޮށް ބުނެލިއެވެ. އެއީ އޭނާގެ އަމުރަށް ނުކިޔަމަންތެރިވާ މީހުންލާ ކޮޓަރިއެވެ. ޖެއިލަރގެ އަމުރަށް ޝީލާއާއި އަދިވެސް އެހެން މުއައްޒަފަކު ވެގެން ރިޔާޝާ ދަމާފައި ގެންދިޔައެވެ. އެމަންޒަރު ފެނުމުން ނިޝާއަށް ބޭއިޚްތިޔާރުގައި ރޮވުނެވެ.

ރިޔާޝާ ހޭއެރިއިރު އޭނާއަށް އޮވެވުނީ އަނދިރި ކޮޓަރިއެއްގެ ތެރޭގައެވެ. އޭނާގެ ގައިގެ އެތަންމިތާގައި ރިއްސަމުން ދިޔައެވެ. އޭނާއަށް އޭނާގެ ބަނޑުގައި ފިރުމާލެވުނެވެ. އެވަގުތު ބަނޑަށް އަރައިގެން ދިޔަ ތޫނު ތަދަކުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އިރެއްއިރަކަށް ރިހުން ދިޔައީ ގަދަވަމުންނެވެ. އޭނާއަށް ބަނޑުގައި ހިފަހައްޓާލެވުނެވެ. އިރުކޮޅެއްނުވެ އޭނާގެ ހެދުމުގެ ފަސްބައި ލެއިން ތެމި ފޯވިއެވެ. އޭނާއަށް ރޮއިގަނެވުނީ ވީ ދެރައިންނެވެ. އޭނާގެ ފިރިމީހާގެ އެންމެފަހުގެ ހަނދާންވެސް އޭނާގެ އަތުން ބީވެގެން އެދިޔައީއެވެ. އޭނާ ޖެއިލަރގެ މައްސަލަ ހުށަހަޅާ ވާހަކަ ބުނި ދުވަހުވެސް ނިޝާ ވަނީ އޭނާ ގާތުގައި އެކަން އެގޮތަށް ނުކުރުމަށް ބުނެފައެވެ. އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ނިޝާ ބުންޏެވެ. ނަމަވެސް އޭނާ އެދުވަހު ގޮތްދޫނުކުރީއެވެ. އޭނާ ބޭނުންވީ ޖަލުގައި ތިބި އަންހެނުންގެ އިއްޒަތާއި އަބުރު ރައްކާތެރިކުރާށެވެ. އޭނާ އެދުވަހު ނިޝާ ބުނިގޮތް ހެދިނަމަ މިހެނެއް ނުވީހޭ އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް ހަމަ އެވަގުތު އޭނާގެ ހިތުގައި ޖެއިލަރގެ ކިބައިން ބަދަލު ހިފުމަށް އަޒުމު ކަނޑައެޅިއެވެ.

ރިޔާޝާ ބަލި ހިނގުމެއްގައި ގޮސް އެކޮޓަރިން ނުކުތްއިރު އޮތީ އިރުއޮއްސެން ކައިރިވެފައެވެ. އޭނާ މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައިރު އޭނާއެކޭ ދިރުމެއްނެތް މައްޔިތެކޭ އެއްފަދައެވެ. އޭނާ ގޮސް ސިޑި ފެށޭ ހިސާބުގައި ހުއްޓުނީ ފާރުގައި ލެނގިލައިގެންނެވެ. އޭނާ ފާރުގައި ލެނގިލައި އުޑަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތުވެސް ގޯތި ތެރޭގައި ގައިދީންތައް އުޅެމުން ދިޔައެވެ. އޭނާ ސިހިފައި ބަލާލީ މީހަކު އޭނާގެ އަތުގައި ހިފުމުންނެވެ. އޭރު އޭނާއާއި ދާދި ކައިރީގައި ނިޝާ ރޮވިފައި ހުއްޓެވެ. އޭނާ އަނެއްކާވެސް އުޑަށް ނަޒަރު ހުއްޓާލިއެވެ. “ރިޔާޝާ! އަހަރެން އެވަރަށް ބުނީމަވެސް… ކީއްވެ؟” “ނުރޮއި. މީ އަހަރެންނަށް ހުރިގޮތް. ނިކަން އަހަރެންގެ ދެލޮލަށް ބަލާބަލަ. މިދެލޮލުން ފެންނަނީ ކޮން އެއްޗެއް؟” ނިޝާއާއި ދިމާއަށް އެނބުރި ހަތަރުކަޅި ހަމަކޮށްލަމުން ރިޔާޝާ އަހާލިއެވެ. “ނަފުރަތު. ހަމައެކަނި ނަފުރަތު. އަހަރެން އެނުލަފާ އަނިޔާވެރިންގެ ކިބައިން ބަދަލު ހިފާނަން.” ރިޔާޝާ ސިޑިން ފައިބަމުން ބުނެލިއެވެ. ނިޝާވެސް އޭނާގެ ފަހަތުން ފޭބިއެވެ.

“މިރެއަކީ އަނެއްކާވެސް ފޭރޭ މީހުންގެ މީހެއް އަންނަ ރެއެއް.” ނިޝާ ބުނެލިއެވެ. “އެހެންވިއްޔާ މިރޭ މީ އަހަރެންނަށް ވަރަށް ޚާއްސަ ރެއެއް.” ރިޔާޝާ އެހެން އެބުނީ ކޮން މާނައެއްގައި ކަމެއް ނިޝާއަކަށް ނުވިސްނުނެވެ. “ތިބުނީ؟” “މިބުނީ މިރޭ އެތަނަށް ދާން ޖެހޭނީ އަހަންނަށޭ.” ރިޔާޝާ ހަމަޖެހިލަމުން ބުނެލިއެވެ. “ރަނގަޅަށް ވިސްނައިގެން އުޅެއްޗޭ. ނޫނީ ކުރިންވެސް ވީކަހަލަ…” “ދެން އަހަރެންނަށް ކޮންމެ ގޮތެއްވިޔަސް ވަރިހަމަ.” ރިޔާޝާ ނިޝާގެ ވާހަކަ މެދުކަނޑާލިއެވެ. “ތިހެން ނުބުނޭ. މީ ހިތްވަރުކުރަންވީ ވަގުތު. ރިޔާޝާއަށް ގޮތެއް ވެއްޖެއްޔާ ދެރަވާނެ ދަރިއަކާ މަންމައެއް އެބަހުރި.” ނިޝާ އެހެން ބުނެލުމުން ރިޔާޝާ ބޯޖަހާލިއެވެ. “ތެދެއް ތިބުނީ. އަހަރެން ވިސްނާނަން. އެކަމަކު ނިޝާ އަހަރެންނަށް އެހީވާން ނައުމަކީ އަހަރެން އެދޭ ވަރަށް ބޮޑު އެދުމެއް. އަހަރެންގެ ސަބަބުން އެހެން މީހަކަށް ދެރައެއް ލިބުމަކީ އަހަރެން އެދޭ ކަމެއް ނޫން.” ރިޔާޝާ ބުނެލިއެވެ. “އެކަމަކު…” “އަހަންނަށް ހެޔޮއެދެންޏާ އަހަރެން އެދޭ ގޮތަށް ކަންތައް ކޮށްދީ.” ރިޔާޝާ އެހެން ބުނެލުމުން ހިތާ ދެކޮޅަށްވެސް ނިޝާ އެއްބަސްވިއެވެ.

އެރޭގެ އަށްގަޑި ބައިވީއިރު ޖަލުގެ މުއައްޒަފަކު އައިސް ރިޔާޝާގެ ހެދުން ބަދަލުކުރުވިއެވެ. ކައި ނިމިގެން އެންމެންވެސް ގޯތި ތެރޭގައި ތިބީ އެކި ވާހަކައިގައެވެ. ރިޔާޝާ ހުރީ ފާރުގައި ލެނގިލައިގެންނެވެ. އޭނާގެ ގާތުގައި ނިޝާ ހުރިނަމަވެސް ދެމީހުންގެ މެދުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. ހީވާގޮތުން މިރޭ ކަންތައް ހިނގާނެ ގޮތާއި ދޭތެރޭ ދެމީހުންވެސް ވިސްނަނީއެވެ. “ރިޔާޝާ! މެޑަމްގެ ކެބިންއަށް ދޭބަލާށޯ.” މުއައްޒަފަކު އައިސް އެހެން ބުނެލުމާއެކު ނިޝާ ރިޔާޝާއަށް ބަލާލީ ހާސްވެފައެވެ. ރިޔާޝާގެ މޫނުމަތިން ކުޑަވެސް ނުތަނަވަސްކަމެއް، ހާސްކަމެއް ނުފެނެއެވެ. އޭނާ ހުރީ ރީތި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެންނެވެ. ނިޝާއަށް ހައިރާންކަން ލިބުނު ނަމަވެސް އިތުރު ސުވާލެއް ނުކުރީ ވަގުތު ތަން ނުދިނުމުގެ ސަބަބުންނެވެ. އޭނާ ރިޔާޝާގެ އަތުގައި ހިފާ ފިތާލުމާއެކު ރިޔާޝާ ބޯޖަހާލާފައި ދާން ހިނގައިގަތެވެ.

“އަހަރެން އެތެރެއަށް ވަންނަންތަ؟” ރިޔާޝާ އަހާލިއެވެ. “އާނ. ރިޔާޝާ އެތެރެއަށް އާދޭ.” ޖެއިލަރ ވަރަށް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އޭރު ޖެއިލަރ ފެންނާކަށް ނެތެވެ. ނަމަވެސް އޭނާގެ އަޑު އައީ ފުދޭ ވަރަކަށް އެތެރެއިންކަން ރިޔާޝާ ދެނެގަތެވެ. އޭނާ އެތެރެއަށް ވަދެ ދޮރު ލައްޕައި ތަންޑު އެޅުވިއެވެ. އަދި އާދައިގެ ހިނގުމެއްގައި ޖެއިލަރގެ އަޑު އައި ދިމާއަށް މިސްރާބު ޖެހިއެވެ. އޭނާއަށް ޖެއިލަރ އިން ހިސާބަށް ދެވުނުއިރު ޖެއިލަރ ހުރީ ތައްޓަކަށް ރާ އަޅާށެވެ. އޭރުވެސް އޭނާގެ ތުނބުގައި ސިނގިރޭޓެއް ޖަހާލާފައި ހުއްޓެވެ. “އިނގޭތަ އަހަރެން ކަލޭ މިތަނަށް މިގެނައީ ކީއްކުރަންކަން؟” ޖެއިލަރ ހިނިތުންވެލާފައި އަހާލިއެވެ. “އާނ. އިނގޭ. ކަލޭ ތިގޮވީ ކަލޭގެ މަރަށް.” ރިޔާޝާ އެހެން ބުނެލުމާއެކު ޖެއިލަރ ރިޔާޝާއަށް ބަލާލާފައި ލޯ އަޅާލިއެވެ.

އިރުކޮޅަކު ރިޔާޝާއަށް ބަލަން ހުރެފައި ހޭން ފެށިއެވެ. “އަހަންނަށް ހީވަނީ އަހަރެން ކަލޭއަށް ދިން ހަދިޔާގެ މަތިން ހަނދާން ނެތުނީހެން. ދޯ؟” “ނޫން. ހަނދާން އެބަހުރި. އަހަރެން ބަޔަކަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރީތީ ކަލޭ އަހަރެންގެ ފިރިމީހާގެ އެންމެ ފަހުގެ ހަނދާން ނެތިކޮށްލީ. ދެންމެ ވީ ކަމެއްހެން އެހުރިހާ ކަމެއް ހަނދާން އެބަހުރި.” ރިޔާޝާ ވާހަކަދައްކަމުން ގޮސް ހުއްޓުނީ ޖެއިލަރގެ މޭޒު ކައިރިއަށެވެ. އޭނާ މޭޒުމަތީ އޮތް ޖެއިލަރގެ ދަނޑިބުރި ނެގިތަނާ އޭނާއަށް ރޮވެން ފެށިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އެތަނަށް އައި މަޤްސަދު ހަނދާންވެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވިއެވެ. “އެކަމަކު މިރޭ އަހަރެން ކަލޭއަށް އޭގެ ބަދަލު ދޭނަން. އެކަކަށްވެސް އެކަމެއް ނުހުއްޓުވޭނެ.” ރިޔާޝާ އެހެންބުނެލުމާއެކު ޖެއިލަރ ހަޅޭއްލަވައިގަނެފައި ރިޔާޝާއާ ދިމާއަށް ޖެހިގަތެވެ. އޭނާ އުޅުނީ ރިޔާޝާގެ މޫނުމަތީގައި ޖަހާށެވެ. ނަމަވެސް ރިޔާޝާ ހުށިޔާރުކަމާއެކު ޖެއިލަރގެ އަތުގައި ހިފެހެއްޓިއެވެ.

“ހަޅޭއްނުލަވާ! ކަލޭ ބުނީމެއްނު، މިޖަލުގެ ތެރޭ ކަލޭ ކައިރީ ގަދަކަން ދައްކާފައި އެކަކަށްވެސް ހަމަޖެހުމުގެ ނޭވައެއް ނުލެވޭނެޔޭ. އެކަމަކު މިއަދު ކަލޭގެ ތި އަނިޔާވެރިކަން ނިމުމަކަށް ގެނައިސްފަ ނޫނީ އަހަރެން ހަމަޖެހުމުގެ ނޭވައެއް ނުލާނަން.” ރިޔާޝާ އެހެން ބުނެފައި ޖެއިލަރގެ މޫނުމަތީގައި އަޅާ ވިހެލިއެވެ. އެއާއެކު ޖެއިލަރގެ މޫނަށް އަރައިގެން ދިޔަ ދިލަ ތަދާއެކު ދެލޮލުން ތަރި ބުރައިގެން ދިޔައެވެ. އޭނާގެ އަތުގައި އޮތް ސިނގިރޭޓު ބުރިއާއި ރާ ތަށިވެސް އޭނާގެ އަތުން ދޫވެގެން ވެއްޓުނެވެ. “އަންހެނުންގެ އިއްޒަތާ ކުޅެ، ޤާނޫނުގެ ބޭރުން އަމަލުކުރާ މީހަކު މިކަހަލަ ތަނެއްގެ ވެރިއަކަށް ހުރުން އެއްގޮތަކަށްވެސް ކަމަކު ނުދާނެ.” ރިޔާޝާ، ޖެއިލަރގެ ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި ހިފައިގެން ގެންގޮސް އެތާހުރި ކަބަޑެއްގައި ޖެއިލަރގެ ބޯ ޖެހިއެވެ. އެއަށްފަހު ޖެއިލަރގެ ބުރަކަށީގައި ދެތިން ބޮނޑި އެޅިއެވެ. އަދި ތަޅަމުން ތަޅަމުން ގޮސް ޖެއިލަރ ވައްޓާލާފައި ބަނޑުގައިވެސް ދެތިން ބޮނޑި އެޅިއެވެ.

ރިޔާޝާ، ޖެއިލަރގެ ގަމީހު ގިރުވާނުގައި ހިފާ ކޮޅަށް ނެގި ވަގުތު ޖެއިލަރގެ ގަމީހުގެ މޭމަތިން ދެ ގޮށްވެސް ވިއްސައިގެން ދިޔުމާއެކު ޖެއިލަރ ނޫނެކޭ ކިޔާ ހަޅޭއްލަވައިގަތެވެ. ނަމަވެސް ރިޔާޝާ އެއަޑު ނާހާ ޖެއިލަރގެ ގައިގައި ތަޅަމުން ދިޔައީ އޭނާގެ ހިތުގައި ރޯވެފައިވާ ބަދަލުހިފުމުގެ ވަރުގަދަ ޖޯޝެއްގެ ސަބަބުންނެވެ. ރިޔާޝާއަށް ޖެއިލަރއާ ފުރަގަސް ދެވުނު ވަގުތު ރިޔާޝާ ކޮއްޕާލާފައި ޖެއިލަރ ދުއްވައިގަތީ ދޮރާއި ދިމާއަށެވެ. ރިޔާޝާ ގޮސް ޖެހުނީ އެތާ ހުރި ބޮޑު އަލަމާރީގައެވެ. އެވަގުތު އަލަމާރި މަތީގައިހުރި ފައިލުތައް އޮހިގަތެވެ. ރިޔާޝާގެ ބޮލުގައިވެސް ފައިލެއް ޖެހުނެވެ. ތަދުވި ނަމަވެސް އޭނާ ބެލީ ޖެއިލަރ ހިފެހެއްޓޭތޯއެވެ. މިރޭ އޭނާ މިކަން ކޮންމެހެންވެސް ނިންމަން ޖެހޭނެކަމަށް އޭނާގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އޭނާ ބަލާކަށް ނުހުރެ ދޮރާއި ދިމާއަށް ދުއްވައިގަތެވެ. އޭރު ޖެއިލަރ ދޮރު ހުޅުވާފައި ނުކުމެއްޖެއެވެ.

ރިޔާޝާ އޭނާއަށް ދުވެވުނު އެންމެ ބާރަކަށް ދުވަމުން ދިޔައީ ޖެއިލަރގެ އަޑަށް މީހަކު އައިސްދާނެތީ ޖެއިލަރ ހިފެހެއްޓުމަށެވެ. ނަމަވެސް ރިޔާޝާގެ ނަސީބު ރަނގަޅުކަމުން ޖެއިލަރއަށް ދުވަމުން ދެވުނީ މުއައްޒަފުންވެސް ނޫޅޭ ދިމާއަށެވެ. އޭނާއަށް ޖެއިލަރ އަތުވީ ދުވާތާ ދިހަ ވަރަކަށް މިނެޓު ވީފަހުންނެވެ. އޭރު އެމީހުންނަށް އާދެވިފައި ތިބީ ޖަލުގައި އޮތް އެންމެ އަނދިރި ހިސާބަކަށެވެ. އެތަނުގައި ހަނދުވަރުގެ އަލި ފިޔަވައި އިތުރު އަލިކަމެއް ނުވެއެވެ. އެތާގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ރިޔާޝާ އެއްލި އަތުން ޖެއިލަރގެ އިސްތަށިގަނޑުގައި ހިފާ ފަހަތަށް ވައްޓާލިއެވެ. އަދި ފައިން ބަނޑުގައި ދެތިން ބޮނޑި އެޅިތަނާ ޖެއިލަރގެ އަނގައިން ލޭތައް އޮހިގަނެފިއެވެ. މޫނުގައިވެސް ފައިން ބޮނޑިއެއް އެޅިއެވެ. އެއާއެކު ޖެއިލަރގެ ކޯތާފަތްވެސް ފަޅައިގެން ގޮސް ލޭތައް އޮހިގަތެވެ.

އެވަގުތު ރިޔާޝާއަށް ފެނުނީ މާދުރު ނޫން ހިސާބެއްގައި އޮތް ދޯޕައްޓާއެކެވެ. އޭނާ އެ ދޯޕައްޓާ ހިފައިގެން އައިސް ޖެއިލަރގެ ދެއަތް ފުރަގަހަށްލާ ދެއަތް ބަނދެލިއެވެ. އަދި ދަމާފައި ގެންގޮސް ޖެހިގެންހުރި ސިޑިން މައްޗަށް އެރިއެވެ. އެއީ ދަންޖައްސާ މީހުންނަށް ޚާއްސަ ކުރެވިފައިވާ ތަނެވެ. އޭނާ ދޯޕައްޓާގައި ހިފާފައި ޖެއިލަރ ހޫރުވާލިއެވެ. އެއާއެކު ޖެއިލަރ އަރިއަކަށް ވެއްޓުނެވެ. ރިޔާޝާ ގޮސް ޖެއިލަރގެ އަތުގައި ހިފާ ނެގިއެވެ. އަދި ދަމާފައި ގެންގޮސް ދަންޖައްސާ މަޅިގަނޑުގެ ދަށަށް ޖެއިލަރ ލިއެވެ. ޖެއިލަރ ގަދަ ހަދަމުން ދިޔަނަމަވެސް އޭނާގެ ދެއަތް ބަނދެފައި ހުރުމުގެ ސަބަބުން އޭނާއަކަށް ކާމިޔާބެއް ނުވިއެވެ. އަނެއްކޮޅުން ރިޔާޝާ އޭނާ ގައިގައި އެހާ ވަރަށް ތެޅުމުން އޭނަގެ ގައިގައި އެހާ ހަކަތައެއްވެސް ނެތެވެ. ގަދަކަމުން ޖެއިލަރގެ މޫނު މަޅިގަނޑަށް ލައްވާ މަޅިގަނޑު ބާރުކޮށްލާފައި ރިޔާޝާ ޖެއިލަރއަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ.

ރިޔާޝާ ގޮސް ހުއްޓުނީ ދާދި ކައިރީގައި ހުރި ސުވިޗް ކައިރިއަށެވެ. އޭނާ ޖެއިލަރއަށް ބަލާލިއިރު ޖެއިލަރ ހުރީ ރިޔާޝާއަށް ބަލާލިއެވެ. އޭނާ އަނގައިން ބަހެއް ނުބުނިކަމުގައި ވީނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ އޭނާއަށް މާފުކޮށް އޭނާ ދޫކޮށްލާށޭ ބުނާފަދަ އަސަރުތަކެކެވެ. ރިޔާޝާގެ ހަނދާނަށް އެވަގުތު އައީ އޭނާގެ ދަރިފުޅު ބައިގެން ދިޔަ ދުވަހުގެ މަތިންނެވެ. އެދުވަހު އޭނާގެ އާދޭސްތަކަށް ޖެއިލަރ ދިނީ ބީރު ކަންފަތެކެވެ. ވީއިރު މިއަދު އޭނާ ޖެއިލަރގެ އާދޭސްތައް އަޑުއަހަންވީ ކީއްވެ ހެއްޔެވެ؟ ބަލާކަށް ނުހުރެ ރިޔާޝާ ސުވިޗް އޭނާއާއި ގާތަށް ދަމާލިއެވެ. އެއާއެކު ގަދަ އަޑުފައްގަނޑަކާއެކު ދޮރުފަތެއް ހުޅުވުނު އަޑު އިވުނެވެ. އޭނާ ޖެއިލަރއަށް ބަލާލިއިރު ޖެއިލަރ އޮތީ އެލިފައެވެ. ޖެއިލަރގެ އެއްވެސް ހަރަކާތެއް ނެތެވެ. ރިޔާޝާ ޖެއިލަރއަށް ބަލަން ހުރެފައި ގޮސް ސިޑިން ފައިބައިގެން ދިޔައެވެ. އޭނާ ގޮސް އޭނާގެ އަތާއި މޫނުގައި ހުރި ލޭތައް ސާފުކޮށް ހެދުމުގައި ހުރި ލޭތައް ސާފުކޮށްލައިގެން އަވަހަށް ދިޔައީ ގޮޅިތަކާއި ދިމާއަށެވެ. އޭރު ގައިދީންތައް ގޮޅިއަށް ވައްދައިފިއެވެ. އޭނާ ދިއުމާއެކު އެއްވެސް ސުވާލެއް ކުރުމަކާނުލާ އޭނާވެސް ގޮޅިއަށް ވެއްދިއެވެ.

ގަޑިއެއްހާއިރު ފަހެވެ. ކުއްލިއަކަށް ގޮޅީގެ ދޮރު ހުޅުވުނު އަޑަށް ރިޔާޝާއާއި ނިޝާއާއި ދެން ތިބި ގައިދީންތައްވެސް ސިހިގެން ދިޔައެވެ. އެމީހުން ދޮރާއި ދިމާއަށް ބަލާލިއިރު އަރުޖުން ސިންގ ވަދެގެން އަންނަނީއެވެ. އޭނާ ދިޔައީ ރިޔާޝާއާއި ދިމާއަށެވެ. “އަހަންނަށް އިނގޭ ޖެއިލަރ މަރާލީ ކަލޭކަން. ކަލޭކަން އޭނަ މަރާލީ.” އަރުޖުން ސިންގ ރިޔާޝާގެ މޫނުގައި ދެބޮނޑިއެއް އެޅިތަނާ ނިޝާ އޭނާ ހުއްޓުވައިފިއެވެ. “ނޫން އިންސްޕެކްޓަރ. އޭނާއެއް ނޫން ޖެއިލަރ މަރާލީކީ. އޭނާ މިހުރިހާ އިނީ މިތާ އަޅުގަނޑާއެކު.” ނިޝާ އެހެން ބުނެލުމާއެކު އެގޮޅީގައި ދެން ތިބި ގައިދީންތައްވެސް އެވާހަކައާއި އެއްބަސްވިއެވެ. “އިންސްޕެކްޓަރ އަރުޖުން ސިންގ! ކޮމިޝަނަރ ސާބް އެބަ ގޮވާލައްވާ.” ޕޮލިސް އޮފިސަރެއް އައިސް އެހެން ބުނެލުމުން އަރުޖުން ސިންގ ރިޔާޝާއަށް ބަލާލީ އިންޒާރެއްދޭ ފަދައަކުންނެވެ.

“އިންސްޕެކްޓަރ! ކަލޭ ތިބުނީ ރަނގަޅަށް. އަހަރެން ޖެއިލަރ މަރާލީ.” އަރުޖުން ސިންގ ދާން ހިނގައިގަނެފައިވެސް ރިޔާޝާ އެހެން ބުނެލުމާއެކު އެނބުރި ބަލާލިއެވެ. “އެކަމަކު ކަލޭއަށް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއީ އަހަރެންގެ ފިރިމީހާގެ ޤާތިލަކީ އަޙްމަދު އަޔާޒްކަން އެދުވަހު އަހަންނަށް ސާބިތުކޮށް ނުދެވުނުގޮތަށް، މިއަދު ކަލޭއަކަށްވެސް ސާބިތެއް ނުކޮށްދެވޭނެ ޖެއިލަރ މަރާލީ އަހަރެން ކަމަކަށް. އަރުޖުން ސިންގ! ކޮމިޝަނަރ ސާބް ކަލެއަށް އެބަ އިންތިޒާރުކުރޭ. އަވަހަށް ދޭ.” ރިޔާޝާ އެހެން ބުނެލުމުން އަރުޖުން ސިންގ ނުކުމެގެން ދިޔައީ ރުޅިއައިސް ރަތްވެގެންނެވެ.

(ނުނިމޭ)

27
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެދެނީ ލިބުމޭ ކަލާ… (ދެވަނަ ބައި)

Next

ކަތިފިޔަވަޅު… ދެވަނަބައި

Next
December 1, 2016

ކަތިފިޔަވަޅު… ދެވަނަބައި

Previews
December 1, 2016

އެދެނީ ލިބުމޭ ކަލާ… (ދެވަނަ ބައި)

50 Comments

  1. Saandy says:
    December 1, 2016 at 2:29 pm

    މިބައި ގެނެސްދިނުން ލަސްވީތީ މިވާހަކައިގެ އިންތިޒާރުގައި ތިބި ހުރިހާ ކުދިން ކިބައިން މާފަށް އެދެން… އިރާދަކުރެއްވިއްޔާ މާދަމާ 32ވަނަ ބައި ގެނެސްދޭނަން

  2. Thaa says:
    December 1, 2016 at 2:53 pm

    Varah reethi mi vaahaka kiyaahithin indhaa ninunee thanx saandy

    1. Saandy says:
      December 2, 2016 at 12:29 am

      ޝުކުރިއްޔާ

  3. Foxy says:
    December 1, 2016 at 2:54 pm

    Yeah me first vaahaka varah reethi

    1. Saandy says:
      December 2, 2016 at 12:30 am

      ޝުކުރިއްޔާ

  4. Anonymous says:
    December 1, 2016 at 2:59 pm

    Meer haadha gada anheneke ?

    1. Saandy says:
      December 2, 2016 at 2:41 am

      ހޫމް

  5. Maree says:
    December 1, 2016 at 4:25 pm

    vvvvvvv reethi

    1. Saandy says:
      December 2, 2016 at 2:41 am

      ޝުކުރިއްޔާ

  6. Naadhee says:
    December 1, 2016 at 4:27 pm

    V reethi dhen parteh thankolheh avahah genes dhey thi

    1. Saandy says:
      December 2, 2016 at 2:42 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ

  7. NISH says:
    December 1, 2016 at 5:08 pm

    Mee aslu dhivehinge bayakah dhimaavi gothuge vaahaka eh tha hageegee baiga inyma mi ahaalee saandy….?

    1. Saandy says:
      December 2, 2016 at 2:43 am

      ޔެސް ނިޝް! ހަމަ ޙަޤީޤީ ހާދިސާއެއް

    2. Saandy says:
      December 2, 2016 at 2:51 am

      އެކަމު އަމިއްލަ ޚިޔާލުވެސް ހުންނާނެ ވާހަކައިގެ ތެރޭގައި

  8. Juvz says:
    December 1, 2016 at 5:30 pm

    V reethi❤️

    1. Saandy says:
      December 2, 2016 at 2:43 am

      ޝުކުރިއްޔާ

  9. ?mixoo says:
    December 1, 2016 at 5:35 pm

    its ok saandy..
    Thanks vaahaka up kohdheythee..

    1. Saandy says:
      December 2, 2016 at 2:43 am

      ޝުކުރިއްޔާ މިޒޫ

  10. Someone says:
    December 1, 2016 at 6:09 pm

    Mie hindhi film anjaam ge story dho. Varah vahtharu.

    1. Saandy says:
      December 2, 2016 at 2:44 am

      ޝުކުރިއްޔާ ސަމްވަން

  11. Thaanee says:
    December 1, 2016 at 6:38 pm

    V reethi

    1. Saandy says:
      December 2, 2016 at 2:44 am

      ޝުކުރިއްޔާ

  12. Anonymous says:
    December 1, 2016 at 6:45 pm

    Hmmm Dhivehi kame nei

    1. Saandy says:
      December 2, 2016 at 2:45 am

      ޝުކުރިއްޔާ

  13. Ami says:
    December 1, 2016 at 7:06 pm

    Filmu copy koffa inas v reethi mi story..kyp it up saandy

    1. Saandy says:
      December 2, 2016 at 2:45 am

      ޝުކުރިއްޔާ އަމީ

  14. Lyn says:
    December 1, 2016 at 7:10 pm

    Mi partvx vrh reethi..??waiting for the next part!!

    1. Saandy says:
      December 2, 2016 at 2:46 am

      ޝުކުރިއްޔާ ލީން! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  15. naby says:
    December 1, 2016 at 9:08 pm

    Hindi film Anjaam ge copy eh haha

    1. Saandy says:
      December 2, 2016 at 2:47 am

      ޝުކުރިއްޔާ ނަބީ

  16. Navya says:
    December 1, 2016 at 9:10 pm

    V habeys ❤.

    1. Saandy says:
      December 2, 2016 at 2:47 am

      ޝުކުރިއްޔާ ނަވްޔާ

  17. Shaayan says:
    December 1, 2016 at 9:33 pm

    Waiting for next part

    1. Saandy says:
      December 2, 2016 at 2:48 am

      ޝުކުރިއްޔާ ޝާޔަންޤ އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  18. Aisha says:
    December 1, 2016 at 9:52 pm

    V reethi.. keep it up!! Waiting for the next part

    1. Saandy says:
      December 2, 2016 at 2:49 am

      ޝުކުރިއްޔާ ޢައިޝާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  19. Sofy says:
    December 1, 2016 at 10:10 pm

    Hindhi filmhge copy bt nyc

    1. Saandy says:
      December 2, 2016 at 2:50 am

      ޝުކުރިއްޔާ ސޮފީ

  20. NAIN says:
    December 1, 2016 at 11:09 pm

    mi part thah filmge coppy akas sifa koh dhinumaa, dialog thah genes dheefa hurileh furihakan faahaga kolkan.

    1. Saandy says:
      December 2, 2016 at 2:50 am

      ޝުކުރިއްޔާ ނެއިން

  21. azuha says:
    December 2, 2016 at 2:19 pm

    Vaahaka vara nice I love this story

    1. Saandy says:
      December 2, 2016 at 5:15 pm

      ޝުކުރިއްޔާ އަޒުހާ! ވަރަށް އުފާވެއްޖެ އަޒުހާއަށް މިވާހަކަ ކަމުދިޔައިމަ

  22. Marix says:
    December 2, 2016 at 8:34 pm

    Sandy koba part 32? Waiting ingey. Mihaaru bunaa dhuvahakah ehfaharuves uploadeh nukohdhey. V dhera ehenve.

    1. Saandy says:
      December 2, 2016 at 10:55 pm

      ސޮރީ މަރީޒް… އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު އަޕްކޮށްލާނަން… މިއަދު ކުއްލިއަކަށް ބިޒީވެގެން ސްޓޯރީ ލިޔެލާނެ ވަގުތެއްނުވި

  23. Kiyaa Meehaa says:
    December 2, 2016 at 8:56 pm

    WOW!! amazing!! you’re great Riyaashaa!! Jailer ah thihedhy hama rangalhah… Adhi Arjun Singh aissiyehnu maa fuppaafa… v foohivey… Saandy!! Mirey story up kollahchey…

    1. Saandy says:
      December 2, 2016 at 10:56 pm

      ޝުކުރިއްޔާ ކިޔާމީހާ! އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު އަޕްކޮށްލަދޭނަން

  24. Lyn says:
    December 2, 2016 at 10:51 pm

    Saandy kobr story??
    cant wait to read the next part!!

    1. Saandy says:
      December 2, 2016 at 10:56 pm

      ޝުކުރިއްޔާ ލީން! އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު އަޕްކޮށްލަދޭނަން

  25. raf says:
    December 9, 2016 at 11:36 am

    Saandy mee v tafaathu vaahaka e v furihama

    1. Saandy says:
      December 9, 2016 at 10:57 pm

      ޝުކުރިއްޔާ ރަފް

Comments are closed.

All Right Reserved!