“ކިހިނެއްދާނީ. ހިތް މިކޮޅުގައި ބާއްވާފައި އެކޮޅުގައި އަހަރެން ކިހިނެއް ހުންނާނީ. ލޫކް އަލްޔާ އަށް ބަލާލީ ކަތިނަޒަރަކުންނެވެ. އެހިނދު އަލްޔާ ތެޅިގަނެފައި ލޫކަށް ބަލާލިއެވެ. ހަމަ ބަލާލުމާއެކު ލޫކް އަލްޔާ އަށް އެއްލޯ މަރާލިއެވެ. “ހޫނ… ހާދަ ހީވެޔޭ ތަފޫގެ ކަންތައް އަލުން ކުރަން އުޅޭހެން. ރަނގަޅަށްތަ މިހީވީ” ޒީޝާން ލޫކްގެ ބަނޑުގައި ވިކާލަމުން އަހާލިއެވެ. “ވެދާނެ” ލޫކް ހީލަމުން ޖަވާބުދިން އިރު އެދެލޯ އަމާޒުވެއިވަނީ ސީދާ ލޫކް ގެ ދެލޮލަށް ބަލަން ހުރި އަލްޔާ […]
ފަން އިސްތަށިގަނޑު މައްޗަށް ކަހާފައި ހުރި އެ ޒުވާނާ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލީ މިޝްކާގާތު ވާހަކަ ނުދެއްކުމަށް ޢިޝާރާތް ކުރަމުންނެވެ. އެއަށްފަހު އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ އޭނަ ފަހަތުން އައުމަށް ހަނާއަޅަމުން މިޝްކާއަށް ފަސްދީފައި ހިނގައިގަތެވެ. މިޝްކާވެސް އުޖާލާވި ހިނިތުންވުމަކާއެކީ ކުޑަކޮށް ދުވެފައި ގޮސް އެތާ ބިންމަތީގައި އޮތް މެޓާ ނަގައިގެން އެ ޒުވާނާ ދިޔަ ދިމާލަށް ހިނގައިގަތެވެ. ފިރިހެނުންގެ ހެދުންތަކާއި ޓީޝާޓުތައް އެޅުވިފައި ހުރި ހަރުތަކުން ހެދިފައިވި ގޯޅިން ލަންބާލެވުނު ވަގުތު މިޝްކާއަށް ފަހަތް ބަލާލެވުނީ […]
ސާދަފަނަރައިގެ ބުރުހަމަ ހަނދާއެކު ކަޅު ސާލެއްފަދަ އުޑުމަތީގައި ވިދުންގަދަ ތަރިތަކެއްވެއެވެ. މިމަންޒަރު ބަލާ މީހުންގެ ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުންގައިމެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅި ބީހެމުންދާއިރުއެކަންވަނީ ވިލިމާލޭގެ ބަނދަރުގައި ހިނގާލަމުން ދިޔަ ލޯބިވެރިންނަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމަކަށެވެ. ނަމަވެސް މި ހުރިހާ އުފާތަކަކުން ބޮނދަރުގައިވާ ހިލަމަތީ އިން ރީނާ ބާތިލްވެގެންވާފަދައެވެ. އެ މައުސޫމް ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ދިޔައީ އޭނާގެ ޖަމްބުކުލަ އަރާފައިވާ ކޯތާފަތުގައި ބޮސްދެމުންނެވެ. ވަޔާވިހުރެން ދޫކޮއްލާފައިވާ އެފަން އިސްތަށިކޮޅަށް ޖެހެމުންދިޔަ ތެއްފިނި ވައިރޯޅި ތަށް […]
****** މާލެއާދެވުމާއެކު އަނެއްކާވެސް ކިޔެވުމާއިގެން ކުރިޔަށްދާން ޖެހިއްޖެއެވެ. އަލަމްގެ މަތިން ހަނދާންވެ ދެރަވީނަމަވެސް، އަލަމްގެ ނަސޭހަތް ހަނދުމަ ބަހައްޓައިގެން ހިތްވަރާއެކު ކިޔަވަން މަސައްކަތް ކުރީމެވެ. ބޭބެއާއި ދައްތަވެސް އެމީހުންގެ “ބިޒީޝެޑިއުލް” ގައި ދިރިއުޅުން ކުރިޔަށް ގެންދެއެވެ. ރިޒޯޓަށް ދެވުމާއެކީ އަލަމް އަހަރެންނަށް ގުޅިއެވެ. އަދި ރަނގަޅަށް ކިޔެވުމަށްއެދި ވަރަށް ނަސޭހަތް ދިނެވެ. އަލަމްއަށް ދެން ޗުއްޓީ ލިބޭނީ އެއްއަހަރު ފަހުން ކަމުގައިވެސް ބުންޏެވެ. އަހަރެން ދެރަވިއެވެ. ނަމަވެސް އަލަމްއަށްޓަކައި ކިތަންމެ ދިގުއިންތިޒާރެއްވެސް އަހަރެން ކުރާނަން ކަމުގައި ބުނެ، […]
ޕާސަނަލް ރީސަންތަކަކާހުރެ މި ވާހަކަ އިތުރައް ޕަބްލިޝަ ނުކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ކިޔުންތެރިން އަޅުގަނޑައް ދެއްވި ތަރުހީބައް ވަރައް ބޮޑައް ޝުކުރިއްޔާ.
“ދަރިފުޅަށް ހީވޭތަ ކަންތައް ތިކުރެވުނީ ރަނގަޅަށްހެން. ފިޔާޒާއާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލިނަމަ.” “މަންމަ އަބަދުވެސް ވިސްނަންވަނީ ފަޔާޒްގެ މީހުންނާ ދޭތެރޭތަ؟ އަހަރެން މީ އެއްވެސް މީހެއް ނޫންދޯ؟ އެންމެ ފުރަތަމަވެސް ރިޔާޝާ އަހަރެން ބުނި ގޮތް ހެދިނަމަ ނުވީސް ދޯ މިހެންނެއް؟” އަޔާޒް ބުނެލިއެވެ. “ކީކޭ؟ ރިޔާޝާ ކޮންގޮތެއް ހެދީތަ؟” އަޔާޒަށް މިބުނެވުނީ ބުނަން ނުވާވަރުގެ އެއްޗެއްކަން ވިސްނުނީ ރަތީބާގެ އަޑު އިވިފައެވެ. “މި… މިބުނީ އޭނަ އަހަރެންނަށް ހަމަލާ ނުދިންނަމަ މިހެންނެއް ނުވީހެއް ނޫންހޭ؟” އަޔާޒް […]
“ފޮގިވްމީ ތާޝާ” އަހަރެންނަށް ބުނެލެވުނެވެ. އެރޭ ނުނިދާ އެތައް ދަމެއް ވަންދެން އަހަރެން ހޭލާ ހުރީމެވެ. ތާޝާއާއި ދޭތެރޭ އެކި ގޮތްގޮތައް ވިސްނީމެވެ. ބަޔެއް ފަހަރު ލޮލުން ކަރުނަވެސް އާދެއެވެ. މިހެން އޮއްވައި ނިދުންއިރެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އެރެޔަށްފަހު އަހަރެންނަށް ރިޒާނާގެ ފަރާތުން ވަރަށް ގިނައިން ދައުވަތު ލިބެއެވެ. ކޮންމެ ފަހަރަކުވެސް އިންކާރު ކުރުމެއްނެތި އަހަރެން އެގެޔަށް ދަމެވެ. އެގޭ ކުދިން ޑޮކްޓަރަށް ދައްކަން ދިޔަގޮތައް މެލޭޝިޔާއަށް ދިރިއުޅުން ބަދަކުރުމުން މިހާރު އެގޭގައި އުޅެނީ ރިޒާނާއާއި އޭނަގެ […]
ހަނދުގެ އަލިކަން ތަނަށް ފެތުރިގެން ދިޔުމާއެކު ޖޯލީގައި އޮތް ބޭބެގެ މޫނުވެސް އަހަރެންނަށް ރީތިކޮށް ފެނުނެވެ. ބޭބެ އަހަރެންނާ ދިމާބަލާލުމުން ގަތްލަދުން ހުރިތަނަށް ވިރިދާނެހެން އަހަރެންނަށް ހީވިއެވެ. ވަގުތުން އެތަނުން ދުވެފިލަންވެސް ހިތަށް އެރިއެވެ. ނަމަވެސް އެއަށްވުރެ ކުރިން ބޭބެ ޖޯލިންތެދުވެއްޖެއެވެ. ” ނިދާފަ އޮއްވާ މިކުއްޖާގަނޑު ކުރިކަމުން ކިރިޔައްޔޭ ހާޓްއެޓޭކެއް ނުޖެހުނީ……އަހަރެން ހީކުރީ ހަންޑިކުއްޖަކު އައިސް ކާލަނީކަމަށް…..ނޭނގޭނެއްނު މިދަންވަރު ކުޑަކުދިން ހޭލާއުޅޭނެކަމެއް…..އަނެއްކާ ތީހަމަ އަސްލުވެސް ޝެލީންތަ؟…” ބޭބެ އަހަރެންނާ ގާތްވެލަމުން އަހާލިއެވެ. ލަދުން އިސްއޮބާލިގޮތަށް އަހަރެން […]
ސިޓިންގްރޫމުގައި ޒޫނީ އަތްމައްޗަށް ލައިގެން މަޑުމަޑު ނާނާއެއް އަޅުވަމުން ދިޔަ ޒީޝާނަށް ހުއްޓުމެއް އައީ ކުރިމަތީގައި އައިސް ހުއްޓުނު މީހަކު ފެނިފައެވެ. ބިރުގަތް ވަރުން އަތުގައި އޮތް ޒޫނީ ވެސް ދޫވާން އުޅުނު ކަހަލައެވެ. ވާނީވެސް އެހެންތާއެވެ. ޒީޝާންގެ ކުރިމަތީގައި އެހުރީ އޭނާ އަށް އެންމެ ނަފްރަތު ކުރާ ޝެނާ އެވެ. ޝެނާ ވަނީ ޒީޝާނަށް ޒޫނީ ގައިގަ އަތްލުން ވެސް މަނާކޮށްފައެވެ. މިދަނޑިވަޅުގައި ޒީޝާން އެންމެ ކަންބޮޑުވީ ފަހީމާ ކުރިމަތީގައި ޝެނާ އެއްޗެއް ބުނެފާނެތީއެވެ. […]