ވާލޯބި އެނގޭނަމަ… 28
ގަސްތަކާއި ދާދިި ކައިރީގައި ގިޓާ ހިފައިގެން އިށިން ލޫކްގެ ތުންފަތްމަތީގައި ވަނީ ލާނެއް ހިނިތުންވުމެެވެ. ލޯމަރާލައިގެން ގުޑިވެސް ނުލާ އިން އަލްޔާ އަށް އޭނާ ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ލޫކާއި އަލްޔާ އަށް ބަލާލަމުން ބޮޑުުވާ އިނގިިލި ލޫކަށް އިޝާރާތްކޮށް ދިއްކޮށްލުމަށްފަހު އެތަނުގައި ތިބި ޕޮލިސް ކުދިން ދުރުގައި ހުރި ގޮނޑިތަކުގައި އިށީނެވެ. އެމީހުން އަދި ތިބީ ލޫކް ކޮށްލާނެ އިޝާރާތެއްގެ އިންތިޒާރުގައެވެ.
ގިޓާގެ ނަރުތަކާއި ކުޅެލަމުން ލޫކް ‘ވާލޯބި އެނގޭނަމަ’ ލަވަ ފެށުމާއެކު އަލްޔާ އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. އަދި ލޯމަތީގައި އިން ފޮތިކޮޅު ނައްޓާލާފައި ތަންތަން ހޯދާލިއެވެ. ކުރިމަތީގައި އިން ލޫކް ހެވިިފައި އަލްޔާ އަށް އެއްލޯ މަރާލަމުން ލަވަ ކުރިއަށް ގެންދިޔައެވެ. އަލްޔާ އޭނާގެ ވަށައިގެންވީ މާހައުލަށް ބަލާލުމަށްފަހު އަނގަމަތީގައި ދެއަތް އަޅާލީ ގަބޫލުނުުރެވި ގެންނެވެ.
ލޫކް އަލްޔާ އާއި ދިމާލަށް އެއް އަތް ދިއްކޮށްލުމާ އެކު އަލްޔާ ތެދުވެގެން ގޮސް ލޫކް އަތުތެރެއަށް އޭނާގެ އަތްތިލަ ލިއެވެ. ގިޓާ އެއްފަރާތް ކޮށްލުމަށްފަހު ލޫކް އަލްޔާ ގެނެސްލީ އޭނާގެ އުނގުތެރެއަށެވެ. އަދި ގިޓާނަގާ އަލްޔާގެ އުނގުތެރޭގައި ބެހެއްޓުމަށްފަހު އަލްޔާގެ ހަށިގަނޑު ވަށާލާ ލޫކް ގެ އަތް ގެންގޮސް ގިޓާގައި ހިފަހައްޓާލިއެވެ. އަދި ކިޔަންފެށިި ލަވައަކުން އަލްޔާ އޭނާގެ މޫނުގައި އަތް އެޅިއެވެ.
“ނާދޭމިރޭ ނިންޖެއް އިނގޭ
ލޯތްބާ އުފާ އެބަ ލިބެޔޭ
ތިޔަ ލޯބީގާ ހިތް ބަނދެވުމުން
މިވަނީ ދުރަށް ނުދެވިފައޭ…..
ހިނިތުންވުމުން ހުންނަ މަސްތީ ގޮތުން މޮޔަ ވެދާނޭ…..ހާދަ ފަރިޔޭ…..
ލޯބީގެ ފަރުދާ ކަހާލީމަ ހިތް ހުއްޓިދާނޭ….. ހާދަ ނަލައޭ….
ތިޔަ ދައްކުވާ ހަރަކާތްތަކުން ލޯބިން މިހިތް މަރުވާނޭ….
ނާދޭ މިރޭ ނިންޖެއް އެނގޭ………
އަތްލީމަ ތިގޮތަށް ބުނަން ނޭނގެނީޔޭ މިވާ ގޮތް…. ހައިރާންވެޔޭ….
ލިބިދޭ ތި ނޭވާގެ ހޫނުން އެނގޭހޭ މިވާ ގޮތް….. ނޭނގޭނެޔޭ…..
ގައިގޯޅިވާން ވީމާ ހިތަށް އިހުސާސްވޭހޭ ވާނޭ ގޮތް….
ނާދޭ މިރޭ ނިންޖެއް އެނގޭ…..
އިންސާނަކަށް ކެތްނުވާނޭ މިވަރުވީމަ ގައިމޭ… ކެތްވާނެހޭ….
ލޯބިން ތިއުނގުގާ މަ ބާއްާލަ ދޭށޭ ބުނީމޭ…. ބާއްވާނުހޭ…..
މޫނާ ތި ދޮން މޫނާ މަގޭ ގާތްކޮށްލުމަށް އެދުނީމޭ….
ނާދޭ މިރޭ ނިންޖެއް އެނގޭ…..
ލަވަ ކިޔާ ނިންމާލިއިރު ލޫކް ހުރީ މޫދާ ދާދި ކައިރީގައި އަލްޔާގެ ހަށިގަނޑުގައި ފަހަތުން ބައްދާލައިގެންނެވެ. ގިޓާ ލޫކް ގެ ފައި ކައިރީގައި ބިންމަތީގައި ބާއްވާލާފައި އޮތެވެ. ލޫކް ލަވަ ކިޔާ ނިންމާލުމަށްފަހު އަލްޔާ ގެ ކޯތާފަތުގައި ބޮސްދިނެެ. އަލްޔާ އެނބުރިލާ ލޫކްގެ ހަށިގަނޑުގާ ބައްދާލިއެވެ.
“ވާއު… ހައު ރޮމޭންޓިކް…. ލޫކް ތިވާ ލޯބީގެ ބަދަލުގާ ލައި ކޯއްޗެއް ދޭންވީ.. ބުނޭ….” އަލްޔާ ލޫކްގެ މޭގައި އޭނާގެ މޫނު ޖައްސާލައިގެން ހުރެ ބުންޏެވެ. އެހިނދު ލޫކް ގެ މަޑުމަޑު ހީލުމުގެ އަޑުު އިވިގެން ދިޔައެވެ.
“ބުނަންވީތަ؟ ޔަގީންތަ ލައި ދޭނަންކަން” އަލްޔާގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ލޫކް އަހާލިއެވެ.
“ހޫމްމް… ބުނޭ…. މިވަގުތު ލައި އަށް ދެވެން އޮތީ ސާފު ތޯހިރު ހިތެއް. އެވަނީ މާކުރިން ލޫކްގެ އެއްޗެއް ކަމުގައި ވެ ނިމިފައި. ދެން ދެވެން އޮތީ ލައި ގެ މި ތޯހިރު ހަށިގަނޑު. ލޫކް ބޭނުންވާ ކަމުގައި ވާނަމަ……..” އަލްޔާގެ ތުންފަތުގައި ލޫކް އޭނާގެ ޝަހާދަތް އިނގިލި ހުރަސް ކޮށްލިއެވެ.
“ޝްޝްޝް…. ތިހެން ނުބުނޭ….. ލައި ގެ ތިހަށިގަނޑަށް އެފަދަ ނަޒަރަކުން ބަލާލަން ވެސް އަހަރެން ބޭނުންވަނީ ލައި އަހަރެންގެ މިލްކަކަށް ވުމަށް ފަހު. އެއްފަހަރު ކުށެއް ކުރެވެން އުޅުނު. އެަފަހަރު ވެސް އެންމެފަހު ވަގުތު ލައި ހުއްޓުވީމެއްނު….ހަގީގަތުގައި ވެސް ލައި އެއްޗެއް ދޭން ބޭނުންވާނަމަ ނިކަން ވަރަށް ލޯބިކޮށް ސްމައިލް އެއް ދީބަލަ” ލޫކް އަލްޔާގެ ދެލޮލަށް ބަލާލަމުން ބުންޏެވެ.
އަލްޔާ ލޯބިކޮށް ލޫކަށް ހިނިތުންވުމެއް ދިނުމަށްފަހު އެސފިޔަތަށް ތިރިކޮށްލިއެވެ. ލޫކް އަލްޔާގެ ނޭފަތުގެ ކޮޅަށް ބޮސްދިނުމަށްފަހު ލޯބިން ބައްދާލިއެވެ.
“ލައި! އެތާ ގަސްތައް ކައިރީގައި މި ގިޓާ ބަހައްޓާލާފައި އާދެބަލަ… އަދި އެބަޖެހޭ ވަރަށް ވާހަކަދައްކަން. ހުރިހާ ވާހަކައެއް މިތަނުގައި ނުދެއްކޭނެއްނު. ގެއަށް ދާންވެސް ވާނެއްނު އަވަހަށް” ލޫކް ގެ ބަސްގަބޫލުކޮށް ތިރީގައި އޮތް ގިޓާ ނަގައިގެން އަނެއް އަތުން ހެދުުން ކޮށި ކޮށްލައިގެން ހުރެ ހިނގާފައި ދިޔައެވެ. އެވަގުތު އަލްޔާ އަށް ނޭގޭނެހެން ލޫކް އެތާ ދުރުގައި ތިބި ޕޮލިސް ކުދިންނަށް އިޝާރާތެއް ކޮށްލިއެވެ.
ކުއްލިއަކަށް ކުރިއަށް ހިނގާފައި ދިޔަ އަލްޔާ އަށް ފަހަތަށް ޖެހިލެވުނީ ގަސްތަކު ތެރެއިން ނިވިިދިއްލެން ފެށުމުންނެވެ. ފަހަރަކު ބަހެއް ނިވިދިއްލެމުން ދިޔަ ޖުމްލަ އެއްކޮށް ހިތުން އަލްޔާ ކިޔާލިއެވެ.
“ވިިލް ޔޫ މެރީ މީ ޕްރިންސަސް” މޭގައި އަތް އަޅާލައިގެން ހުރެ އަލްޔާ އެ ޖުމްލަ ތަކުރާރު ކޮށްލިއެވެ. އަލްޔާ އެނބުރި ބަލާލީ ލޫކަށެވެ. ލޫކް ހެވިފައި އަލްޔާ އަށް ބަލަން ހުއްޓެވެ. އެވަގުތު އަލްޔާ ސިހުނީ ދުރުގައި ތިބި ފުލުހުން ވެސް އައިސް އަލްޔާ ކައިރިއަށް ހުއްޓުމުންނެވެ. ޕޮލިސް ސްޓޭޝަނުގައި އެވަގުތު ޑިއުޓީގައި ތިބި ކުދިންނާއި އެއްކޮށް ޖުމްލަ ދިހަ ވަރަކަށް ފުލުހުން އެތަނުގައި ތިއްެބެވެ.
“ލައި ނިކަން ތިއެންމެންގެ ހާޒިރުގައި ބުނެބަލަ ޔެސް އޭ” ލޫކް އޭނާ އަށް ބަލަހައްޓައިގެން ހުރި އަލްޔާ އަށް ބުންޏެވެ.
“ލައި ދެން ބުނޭ ޔެސްއޭ” އެތަނުގައި ތިބި ހުރިހާ ފުލުހުން އެއްކޮށް އެއް އަޑުން އެހެން ބުނުމުން އަލްޔާ ސިހުންވިިއެވެ. އޭނާ ލަދުގަތީ ދެނެވެ. އެއްޗެއް ބުނާކަށް ވެސް ނުކެރުނެވެ. ދުވެފައި ގޮޮސް އޮޅުލައިގަތީ ދުރުގައި ހުރި ލޫކްގެ ހަށިގަނޑުގައެވެ. އެވަގުތު ލޫކް ފަހަތަށް އަރިވެސް އަޅާލިއެވެ. ނަމަވެސް ފަހަތުން އެއްފައި ވިއްދާ ފަރުވާތެރިކަމާއެކު ލޫކް އޭނާގެ ހަށިގަނޑު ބެލެންސް ކުރިއެވެ.
“އޯލް ދަ ބެސްޓް” ޕޮލިސް ކުދިން ލޫކަށް ހަނާއަޅާލަމުން އެތަނުން ދިޔައީ އެމީހުންގެ ސަބަބުން އަލްޔާ ލަދުގަތީކަން އެނގުމުންނެވެ.
“ހޭއި..ލައި….” އަލްޔާގެ މޫނުގައި ހިފާ އުފުުލާލަމުން ލޫްކް ގޮވާލިއެވެ.
“އަނހަ… ކީއްވެ ރޮވެނީ…. ލައި” ލޫކް އަލްޔާ އަށް ގޮވާލީ އަލްޔާ ރޮމުންދާކަން އިހުސާސް ވުމުންނެވެ. ލޫކް އަލްޔާގެ ކަރުނަ ފޮހެދިނެވެ.
“ލައި ހިތްހަމަނުޖެހޭ ކަމެއް ކުރެވުނިއްޔާ ސޮރީ… އެކަމު ނުވާނެ ދެން ރޮއެގެނެއް” ލޫކް ބުންޏެވެ. އަލްޔާ އަމިއްލަ އަށް ވެސް ކަރުނަ ފޮހެލިއެވެ.
“ތޭންކްސް” އަލްޔާ މަޑުމަޑުން ބުންޏެވެ.
“ހެހެހެ…. ކޮންކަމަކަށް….. ތިހެން ބުނާ އަޑު އަހާކަށް ބޭނުމެއް ނޫން. ބޭނުމީ ޔެސް. ބުނެބަލަ. މަށާ އިންނާނަންތަ…. މުޅި އުމުރު އަހަރެންގެ މި ހިތު ތެރޭގައި އަހަރެންގެ އަންބަކަށް ވެގެން ހުރެދޭނަންތަ” ލޫކް އަލްޔާގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ ބުންޏެވެ.
“ހޫމްްމްމްމްމ…..” އަލްޔާ ބޯޖަހާލިއެވެ. ލޫކަށް ލިބިގެންދިޔަ އުފަލުގައި އަލްޔާ އުރާނުލީ ކިރިޔާއެވެ. ނަމަވެސް އެގޮތަށް ކަންތައްނުކުރީ އިތުރަށް އަލްޔާ ލަދުގަންނަވަން ބޭނުންނުވާތިއެވެ.
“ދެން ހިނގާ ދަމާ ގެއަށް. މިހާރުު އެކެއްޖަހަނީ އެ” ލޫކް އަލްޔާ އާއި އެކު އެއްގަމަށް އަރަން ހިނގައިގަތެވެ. އެވަގުތު އަލްޔާ އަށް ފޯނެއް އަންނަން ފެށުމުން އެތަނުގައި މަޑުކޮށްލީ މަންމަ ގުޅާތީ ވާހަކަދެއްކުމަށެވެ. ލޫކް ދުރުގައި ހުރި އޭނާގެ ރައްޓެހިން ކައިރިއަށް ހިނގައިގަތެވެ.
“މަށަށް ފެންނަނީ މޯލްޑިވިިއަން އައިޑަލްގަ ޔޫ ބައިވެރިވާން. އިއުލާން ކޮށްފިއެއްނު” އެތަނުން ކުއްޖަކު ލޫކަށް ބުންޏެވެ. ލޫކް ހީލިއެވެ.
“މަށަށް ފެންނަނީ ތި ޖޮބް ދޫކޮށްލާފައި ލަވަކިޔުންތެރިއަކަށް ވާން” އެތަނުން ކުއްޖަކު އަނެއްކާ ބުނެލިއެވެ.
“ބުނާނެއްނު މިހެން. އޭރުގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ވިްޔާ ބަނޑަށްޖައްސާލީ ތި” ހުރިހާ ކުދިން ލޫކާއި ދިމާކުރަމުން ދިޔައިރު އޭނާ ހަމަ ހީލަހީލަ ހުއްޓެވެ.
“ނޫނޭ… މަގޭ ގާރލް އަށް ކަމުދާނެ ދޯ މަ ކޮންމެ ގޮތަކަށް ލަވަ ކިޔަސް. ގައިމު ވެސް ހަޑިވެގެން މީހަކު ފިލާކަށް ނުދުވާނެ” ލޫކް ހީލަމުން ބުންޏެވެ.
އަލްޔާ ފޯނު ނިންމާލިކަން ލޫކަށް އެނގުމާއެކު އެތަނުގައި ލޫކަށް އެހީވެދިން ހުރިހާ ކުދިންނަށް ޝުކުރު އަދާކުރުމަށްފަހު ދާން ހިނގައިގަތެވެ. ވިލިމާލޭ ފެރީއަށް އެރުމަށްފަހު އަލްޔާ ލޫކްގެ މޫނަށް ބަލާލިއެވެ. އަލްޔާ ބަލާކަން އެނގުމުން ލޫކް ވެސް ބަލާލިއެވެ.
“ކިހިނެއްވީ” ލޫކް އަހާލިއެވެ.
“ހިތަށް މިއަރަނީ ލޫކް ކޮންއިރަކު ބާއޭ ގިޓާ ކުޅޭން ދަސްކުރީ…. ލަވަ ވެސް ދަސްކޮށްފަ ދޯ އެއީ” އަލްޔާ އަހާލިއެވެ.
“އަސްލު ގިޓާ ކުޅުނީ ކުޅެން އެނގިގެނެއްނޫން. އެއީ ހަމަލައި އިމްޕްރެސް ކުރީ…. ދޮންބެ ވަރަށް ކުޅޭނެ ގިޓާ… ދޮންބެ ވެސް ދޮންބެދައްތަ ސެޓް ކުރީ ގިޓާ ކުޅެގެއްނޯ” ލޫކް ހީލަމުން އަލްޔާގެ ސުވާލަށް ޖަވާބުދިނެވެ.
ދެމީހުން ވާހަކައިގާ ތިއްބާ ފެރީ މާލޭ ފަޅުން ވަދެއްޖެއެވެ. ފެރީން ފޭބުމާއެކު އަލްޔާ ގޮވައިގެން ލޫކް މިސްރާބުޖެހީ އަލްޔާގެ ގެއާއި ދިމާލަށެވެ. ގޭދޮަށަށް ސައިކަލް މަޑުކޮށްލުމާއެކު ލޫކް އަލްޔާ އަށް ބަލާލީ ދެރަވެފައެވެ.
“ނުވޭ ވަކިވެގެން ދާހިތެއް. އަބަދު ކައިރީގައި ހުންނަން ބޭނުމީ” ލޫކް އަލްޔާ އަތުގައި ހިފާލިއެވެ.
“މީ ވަކިވުމެއް ނޫނެއްނު. މީ އަދި ހަމަ ފަށައިގަތުމެއް…. ދެން ލޫކް ވެސް އަވަހަށް ގެއަށްދޭ… މާދަން ދެމީހުން ވެސް ހެނދުނު ވަޒީފާ އަށް ދާންޖެހެއެއްނު” އަލްޔާ ބުންޏެވެ.
“ހޫމްމްމްމ… ދެން ދާނީ ދޯ.. ގުޑްނައިޓް ލަވް… ނިދުމުގެ ކުރިން އަދި ގުޅާނަން އެނގޭ” އަލްޔާގެ އަތްތިލަ ތުންފަތުގައި ޖައްސާލަމުން ލޫކް ބުންޏެވެ. ލޫކް ސައިކަލް ދުއްވާލީ އަލްޔާ ގޭތެރެއަށް ވަދެ ދޮރު ލޮކް ކޮށްލި އަޑު އިވުމުންނެވެ.
އަލްޔާ އާއި ލޫކްގެ ލޯބީގެ ހަޔާތުގައި ކުލަޖައްސަމުން ދުވަސްތައް މާޒީގެ ސޮފްހާތަކާއި އެކުވަމުން ދޭއެވެ. އެގޮތުން ދެހަފްތާ ފަހެވެ. މ.ލދިލްކޮކާ ގޭގައި މިރޭ އޮތް އަލްޔާގެ ރަންކިޔުމުގެ ހަފްލާ އާއި ބެހޭ މަޝްވަރާއެއް ކުރިއަށް ދަނީއެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެއް ކަމުން އިޝާނަމާދަށް ފަހު ލޫކްގެ އާއިލާ އެގެއަށް ރޭގަނޑުގެ ކެއުމާއި ރަންކިޔުމުގެ ހަފްލާ އަށް އައުމަށް ހަމަޖެހިފައިވާތީ މިޔާނާ އާއި ޝަރީފާ ހޭބޯނާރާ ކެއްކުމާއިގެން ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދޭއެވެ.
އަލަށް ކައިވެނިކޮށްގެން ޒިލާލްގެ ރަށުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ސަޖޫލް ވެސް އަނބުރާ މާލެ އައިސް އެގޭގައި ވަގުތީ ގޮތުން އުޅެމުން އައި ދުވަސްވަރެކެވެ. ރިސޯޓުން ޒިލާލަށް އާދެވެނީ މަހަކު ދެ ފަހަރުއެވެ. ސަޖޫލް ގެ ކަމަކީ އަލްޔާ އާއި ދިމާކޮށް އަބަދު އަނގަތެޅުމެވެ.
“ކުރިިން ނުދެކެން ލައި ތިހާ އުފާވެފައި ހުއްޓާ. އެހެންވެގެންނޭ މީހުން ބުނަނީ އިންތިޒާރުގެ ނިމުން ފޮނިވާނޭ” ސަޖޫލް އަލްޔާ އާއި ވާހަކަދައްކަން އިނީ އަލްޔާގެ ކޮޓަރީ އެނދުމަތީގައެވެ. އަލްޔާ ހެވިިލާފައި ލޫކް ގެ އެކި ހިޔާލުތަކުގައި ވަގުތުތައް ގުނަން އިނެވެ.
“ނަމާދެއް ނުކުރެވޭ ދޯ… އެކަމު އެންމެ ހަފްތާއަކަށް ވީ…. އެރެއަށް ވާނެ އެނގޭ ކޮންމެސް ނަމާދު ޗުއްޓީ ކަނޑަން” ސަޖޫލް އަލްޔާ އާއި ދިމާލަށް ބުންޏެވެ. އަލްޔާ ސަޖޫލް ގައިގާ ކުޝަން އަކުން ޖަހާލިއެވެ. ސަޖޫލް ވާހަކަދައްކަން އުޅޭ މައުލޫ އެނގުމުން އަލްޔާ ލަދުގަތީއެވެ.
“ލައި… އަލަށްދޯ….ވަރަށް ތަދުވާނެ އެނގޭ….” ސަޖޫލް އިނީ ފަސޭހައިން އަލްޔާ އަށް ދޫ ދޭ ގޮޮތަކަށް ނޫނެވެ.
“ސާބަހޭ ލައި….. ކޮންމެ ގޮތެއް ކޮންމެ ގޮޮތަކަށް ވިޔަސް މަށަށް ހެޔޮ. އެރެއަށް ވަރަށް އިންތިޒާރު އެބަކުރެވޭ….. ހޫން…. މި ސަޖޫ ވަރަށް ވާނެ މީހުން ރަކިކުރާހިތް” އަލްޔާ ސަޖޫލަށް ދެލޯ އަޅާލަމުން ބުންޏެވެ. އެންމެފަހަށް ސަޖޫލް އިންތަނުން ތެދުވީ ބަންގި ގޮވުމުން އިޝާނަމާދު ކުރާށެވެ. އަލްޔާ އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިނީ ކުރެވެން އުޅޭ ކައިވެންޏާއި މެދު ވިސްނާށެވެ. ފޯނު ނަގާ ޑިސްޕްލޭގައި އޭނާ އާއި ލޫކާއި ދެމީހުން ނަގާފައި އިން ސެލްފީއަށް ބަލާލިއެވެ. އަދި ހީލާފައި އިން ލޫކް ގެ މޫނުގައި ވަކިން ފިރުމާލިއެވެ.
ގަޑިން އަށްގަޑި ބައި ނުވަނީސް ލޫކް އޭނާގެ ބައްޕަ ގޮވައިގެން ސައިކަލުގައި އެގެއަށް އައެވެ. އަލްޔާ އާއި ލޫކްގެ ކައިވެނި ހަމަޖެހުނު ފަހުން މީ ޢަބްދުއްޝަކޫރާއި ހަސަންފުތު ބައްދަލުކުރާ ފުރަތަަމަ ފަހަރެވެ. ގިނަ ދުވަސް ތަކަކަށްފަހު އަލްޔާ އާއި ވެސް ބައްދަލުވާ ފުރަތަމަ ފަހަރެވެ.
ލޫކާއި ހަސަންފުތު ފެނުމާއެކު ގޮނޑީގައި އިން ޢަބްދުއްޝަކޫރު ތެދުވެގެން ދޮރާއި ހަމައަށް ގޮސް ހަސަންފުތާއި ސަލާންކުރިއެވެ. ލޫކާއި ވެސް ސަލާންކޮށް ކުޑަކޮށް ބައްދާލުމަށްފަހު އެތެރެއަށް ވަދެ އިށީންނަން ގޮނޑި ދެއްކިއެވެ. މިޔާނާ އާއި ޝަރީފާ ވެސް ނިކުމެ އެމީހުންނާއި ސަލާން ކުރިއެވެ. އާދަނަށް ހަސަންފުތު ފެނުމާއިއެކު ސަލާންކޮށް ބައްދާލިއެވެ. އަދި ހާލު އަހުވާލު އޮޅުންފިލުވިިއެވެ.
“ކޮބާ ލޫކް މަންމަމެން” ލޫކަށް ނިސްބަތްކޮށް މިޔާނާ އަހާލިއެވެ.
“މަންމަމެން މިހާރު ކައިރި ކުރާނެ. އަޅުގަނޑު މިއައީ ސައިކުގަ ބައްޕަ ގޮވައިގެން” ލޫކް ހީލަމުން ގޭ ދެފަރާތަށް ބަލާލީ އޭނާގެ ހިތުގެ ވެރިޔާގެ އެއްވެސް ހިލަމެއް ވޭތޯއެވެ. ސަޖޫލް ހެވިފައި ބޯދިއްކޮށްލުމުން ލޫކް ރަކިވިއެވެ. މިޔާނާ ވެސް ލޫކް އުޅޭގޮތުން ހިނިއައިއްސާ ހުއްޓެވެ.
އިރުކޮޅަކުން ކުޑަމަނިކެ އާއި ރަފީފާގެ އިތުރުން އަފްހަމް އައެވެ. ޔޫޝައު އަފްހަމް އަތުގައި ހިފާލައިގެން ހުރިއރު އާލިޔާ އިނީ ރަފީފާ އަތްމަތީގައެވެ. ރަފީފާ އަތްމަތީގައި އިން ކުޑަކުޑަ އާލިޔާ ފެނުމުން ސަޖޫލަށް ނުހުރެވުނެވެ. ދުވެފައި އައިސް އުރާލާ ލޯބިކުރަން ފެށިއެވެ.
މިޔާނާގެ ބަހަށް ބަދިގޭގައި ހުރި އަލްޔާ ހުރިހާ މީޙުންނަށް ފެން ހިފައިެން އައިސް އެންމެން ކުރިމަތީގައި ހުރި ކުޑަމޭޒު މަތީގައި ބެހެއްޓިއެވެ. އަލްޔާ ލޫކަށް ވަށްކަޅިން ބަލާލިއެވެ. އެވަގުތު އެއީ ލޫކް ވެސް އަލްޔާ އަށް ބަލާލި ވަގުތެވެ. ދެމީހުން ދެމީހުންނަށް މައުނަވީ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ
ޢަބްދުއްޝަކޫރު އޭނާގެ ދަރިފުޅަށް ގޮވާ ކައިރީައި ގެނެސް ބޭންދިއެވެ. އަދި ލޫކަށް ކިޔާދިންހެން ކުޑަމަނިކެ އާއި ހަސަންފުތަށް އަލްޔާ އަކީ އެމީހުންގެ ކާކުކަން ކިޔާދިނެވެ. ކުޑަމަނިކެ އާއި ހަސަންފުތުގެ ވާހަކައިން މިޔާނާ އާއި ޢަބްދުއްޝަކޫރުގެ ހިތަށް ހިތްހަމަޖެހުން ގެނެސްދިނެވެ. އެމީހުންނަށް އަލްޔާ ފެނިފައިވަނީ މިއަދު ނޫންކަމަށާއި މާކުރިން އަލްޔާ ވަނީ އެމީހުންގެ ހިތުން ޖާގައެއް ހޯދާފައި ކަމަށް އެމީހުން ބުންޏެވެ.
މިޔާނާ އާއި ޢަބްދުއްޝަކޫރު އެމީހުންގެ ދަރިފުޅަށް ލެއްވި ނަސީބާއި މެދު ﷲ އަށް ޝުކުރު ދެންނެވިިއެވެ. ކައިވެނީގެ ފޯރމް ލޫކް އާއި އަފްހަމް ވެގެން ފުރުމަށްފަހު އެވަގުތު ރަންވެސް ކިޔެވެ. 777 ރުފިޔާ އަކީ މިޔާނާ ވެސް ރަންކީ އަދަދެވެ. ލޫކް ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އަލްޔާގެ އަތްތިލައިގާ ހިފާ ފިތާލިއެވެ. ލޫކް އޭނާގެ ތުންފަތާއި ހަމައަށް އަލްޔާގެ އަތް ގެންދިޔުމުގެ ކުރިން އަލްޔާ އޭނާގެ އަތް ތިރިކޮށްލިއެވެ.
ރޭގަނޑުގެ ކެއުން ހުރިހާ މީހުން އެކުގައި ނިންމާލިއިރު އެންމެންގެ މެދުގައި ވަނީ ގާތްގުޅުމެއް އުފެދިފައެވެ. ހަސަންފުތުގެ އާއިިލާ އެމީހުންގެ ގެއަށް ދާން ނިކުތުމުގެ ކުރިން ޕާރޓީ ބާއްވާނެ ތަނާއި ކުލަ ވެސް ކަނޑައެޅިގެން ދިޔައެވެ. އަދި އަލްޔާގެ ވެޑިންގް ޑްރެސް ވެސް ފަހައިގެން ގެންނަނީ ރާއްޖޭން ބޭރުން ކަމަށް ބުންޏެވެ. އެކަމުގައި އެންމެ ބޮޑު ރޯލެއް ކުޅެނީ ޝަރީފާ އާއި ރަފީފާއެވެ.
އަލްޔާ އާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްނުލާ ގެއަށް ދާން ވުމުން ލޫކް ހުރީ މާޔޫސްވެފައެވެ. އެގެއިން ނިކުތް އިރު ވެސް ލޫކް ގެ މޫނުމަތި ފެނުމުން އަލްޔާ އަށް އެކަން އެނގުނެވެ. އަދި އެވާހަކަތައް ދައްކާ ލޫކް އަލްޔާ ގެ ފޯނަށް ފޮނުވާލާ ކޮންމެ މެސެޖަކުން އަލްޔާގެ ތުންފަތަށް ހިނިތުންވުމެއް ގެނުވައެވެ.
ގަޑިން ރޭގަނޑު ބާރަގަޑި ބައިވުމާއި ދާދި ގާތްވެފައި ވަނިކޮށް ލޫކް އޭނާ ދިރިއުޅޭ ގެއިން ނިކުތީ އަލްޔާ ކައިރިއަށް ގޮސްނުލާ އޭނާ އަށް މިރޭ ނުނިދޭނެކަން އެނގުމުންނެވެ. ސައިކަލަށް އަރާ ދުއްވާލުމަށްފަހު މަޑުކޮށްލީ އަލްޔާ ދިރިއުޅޭ ގޭ ދޮށަށެވެ. ސައިކަލް މަތިން ނުފައިބާ މަޑިމަތީގައި އިށީނދެގެން އިނދެ އޭނާ އަލްޔާގެ ފޯނަށް ގުޅާލިއެވެ.
އަލްޔާ ތިންވަނަ ރިންގާއެކު ފޯނު ނެގުމުން ލޫކް ކަންފަތުގައި ފޯނު ޖައްސާލިއެވެ.
“ޕްލީޒް ތިރީގަ މިހުރީ… ލައި ކައިރިއަށް ނައިސް ނުނިދިގެން. ކޮންމެސް ގޮތަކަށް އަހަރެން ތިކޮޓަރިއަށް ވައްދަދީބަލަ” ލޫކް އާދޭހުގެ ރާގެއްގައި ބުންޏެވެ.
“ހޫނނނ…. މީދޯ މިވީ ގޮތަކީ…. ލައި ވެސް މިރޭ ނުނިދާ މިއުޅެނީ ހަމަ ލޫކަށް ތިވާ ގޮތް ވާތީ ކަންނޭނގެ” އެއީ ސަޖޫލް ކަން އެނގުމާއެކު ލޫކް ރަކިވިއެވެ. ދިފާއުގައި ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނާ ދަށްބޮލުގައި އަމިއްލަ އަތުން ޖަހާލުމަށްފަހު ހީލިއެވެ.
“ލޯބިވީމާ މިހެން ވެސް ވާނެ” އަމިއްލަ ހިތާއި މުހާތަބްކޮށް ލޫކް ބުނެލިއެވެ.
“މްމްމް… ކޮބާ ލައި” ލޫކް އަހާލިއެވެ.
“ލައި މީ” އަލްޔާ މަޑުމަޑުުން ބުންޏެވެ.
“އަހަރެން ހުސްއަތާ ފޮނުވާލަނީތަ. އެންމެ ފަހަރަކު ވެސް ތި މޫނު ދައްކާނުލާނަންތަ….. އަހަރެން ސަޖޫ ކުރިމަތީގައި ބޭޒާރުވެއްޖެ. ލައި ކީއްވެ އެހެން ހަދަނީ….. މިދަންވަރު އެހާ ދުރުން މިހިސާބަށް މިއައީ ހަމަ ލައި ކައިރިއަށް އަންނަ ހިތުން” އެހިސާބަށް ލޫކަށް ބުނެވުނުތަނާ ގޭ ދޮރު ތަންޑު ހުޅުވާލި އަޑު އިވުނެވެ. އަލްޔާ ފޯނު ކަންފަތުގައި ޖައްސާލައިގެން ހުއްޓާ ފެނުމުން ލޫކް ހީލިއެވެ. އަދި ސައިކަލް ތަޅުދަނޑި ނަގާ ޖީބަށް ލުމަށްފަހު އަލްޔާ ފަހަތުން ގޭތެރެއަށް ވަދެގެން ދިޔައެވެ.
ލޫކް ހީކުރި ގޮތަށް ލޫކާއި ދިމާކުރުމަށްޓަކައި ސަޖޫލް ސިޓިންގްރޫމް މެދުގައި ހުއްޓެވެ. ސަޖޫލް އެއްޗެއް ކިޔާފާނެތީ ލޫކް ހުރީ ދެކަންފަތުގައި އަތް އަޅައިގެންނެވެ. ނަމަވެސް ސަޖޫލް ކިޔަމުންދިޔަ އެއްޗެހި ލޫކަށް އިވިއިވި ހުއްޓެވެ. އަލްޔާ ހުރީ ލޫކް އުޅޭ ގޮޮތުން ހިނިއައިސްއެެވެ.
“މަބުނީ ވަންވީކް އޮތީ…. ކޮންމެސް ކޮންޓްރޯލް ކުރައްޗެ” ލޫކާއި އަލްޔާ ކޮޓަރިއަށް ވަން ގަޑީގައި ސަޖޫލް ބުނި އަޑު އިިވިގެން ދިޔައެވެ. ކޮޓަރި ލޮކް ކޮށްލުމަށްފަހު އަލްޔާ ދޮރު ކައިރީގައި ހުއްޓިގެން ހުރީ ފިނިވެފައެވެ. ލޫކް ވަދެގެން ގޮޮސް އެނދުުގައި އިށީނެވެ.
“އިށީންނަން ބުނީމަ މިއަދުު ވެސް ރަކި ކޮށްލާނީތަ. ބުނާނީތަ ތިމަންނަ ފިރިމީީހާ ތިމަންނަ ހޯދާނޭ….” ލޫކް އަލްޔާ އަށް މާޒީގެ ދުވަހެއް ހަނދާން ކޮށްދިނެވެ. އަލްޔާ ލޫކަށް ބަލާލިއެވެ. އެދުވަސް ހަނދާންވުމުން އަލްޔާގެ ހަނދާނަށް އައީ އޭނާ އަށް އެހެން ބުނެވުނު ހަނދާނެއްނޫނެވެ. ބަންދު ކޮޓަރިއެއްގެ ތެރޭގައި އޭނާ އާއި ލޫކާއި ދެމެދު ހިނގާދިޔަ ލޯބިިވެތި ވަގުތު ކޮޅެވެ.
“އާދެބަލަ ދޫނީ ކައިރިއަށް” މަޑު ހިނގުމެއްގައި އަލްޔާ އައިސް ލޫކް ކައިރިއަށް ހުއްޓުމުން ލޫކް އަލްޔާ އެނދުގައި ބޭންދުމަށްފަހު އޭނާ ވެސް އެނދަށް އަރާ އޮށޯވެލީ އަލްޔާ ގެ އުނގަށް ބޯ އަރުވަމުންނެވެ.
“މިކަހަލަ ވަގުތު ކޮޅަކަށް އަހަރެން އިންތިޒާރު ކުރާތާ ކޮން ދުވަހެއް” ލޫކް އަލްޔާގެ މޫނަށް ބަލާލަމުން އަލްޔާގެ އަތްތިލަ ތެރެއަށް އޭނާގެ އަތަތިލަ މަހާލިއެވެ.
“ލައި ކިޔާދީބަލަ އެރޭ ޝައިމްގެ ކަންތައް އެނގުނީމަ އޭގެ ފަހުން ދެން ކަންތައް ވީ ގޮތް” ލޫކް އަލްޔާގެ ހަޔާތުގައި ފާއިތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭަގައި ކަންތައް ހިނގާދިޔަ ގޮތް އޮޅުންފިލުވަން ބޭނުންވިއެވެ.
“އޭނާ ހުރީ ވަރަށް ރުޅިއައްސަ. ލައި ގެ އަތުގައި ހިފާ ދަމަމުން ކޮޓަރިއަށް ގޮސް ތަޅުލާފައި އަހަނީ ލޫކް އެއީ ކާކުހޯ ލައިގެ
. ލައި ބުނީ ނުޖެހޭނޭ ލޫކަކީ ކާކުތޯ ބަލާކަށް. ދެން ނުބުނީމަ އޭނަ ވަރަށް ރުޅި އައިއްސާ ބުނަނީ ވަރިއެއް ވެސް ނުުރާނަމޭ. ޖެހޭނީ މިކޮޓަރީގައި އޮންނާށޯ. ދެން އޮތީ އެހެން ގޮތެއް ނެތީމަ. ލޫކް ގެ ފޯނަށް ގުޅާ ޖަވާބެއް ނުލިބުނީމަ ސްޓޭޝަނަށް ވެސް ގުޅިން. ބުނީ ކަނޑުމަތީ ސީނެއްގައޭ ވީ. ދެން ޝައިމް އަށް ވުރެ ދެރަވާން ބޭނުންނުވާތީ ކޮޓަރިން ނިކުންނާނެ ގޮތެއް އޮތްތޯ ބަލަން ވެގެން ވިސްނަނިކޮށް ހަނދަންވީ އެގޭ ހުރިހާ ތަނެއްގެ ޑަބަލް ކީ އޮތް ތަން މަތިން. ދެން އަވަހަށް އެ ތަޅުދަނޑި ހިފައިގެން ކޮޓަރި ހުޅުވައިގެން ދަންވަރު ނިކުމެގެން ދިޔައީ ލައި މެން ގެއަށް. ދެން ގޭގައި އެކަނި އިނދެ ވިސްނޭ ވަރުން ރޮވެން ފެށުނީ. ހިތަށް އެރީ އެ ސީން ނިންމާފައި ލޫކް އަންނަތަނާއި ދިމާކުރަން ދާނީއޭ ބަނދަރަށް. އެތަނުގައި އިނދެ ވެސް އެތައް ފަހަރަށް ލޫކް ފޯނަށް ގުޅަން. ދެވަނަ ފަހަރަށް ސްޓޭޝަނަށް ގުޅީމަ އެނގުނީ ލޫކްމެން އެސީން ނިންމާފައި އެހެން ސީނަކަށް ދިޔަކަން. ފަތިސްވާން އުޅެނިކޮށް ގެއަށް އަންނަން އުޅެނިކޮށް ޕކަޕްގައި ޖެހުނީ. އެނގޭތަ ޖެހިފަ ބުރައިގެން ދިޔަ ވަގުތު ވަރަށް ބިރުގަތް. ހީވީ މަރުވަނީއޭ…..” އަލްޔާ އަށް އިނީ އެދުވަސް މަތިން ހަނދާންވެ ރޮވޭ ގޮތް ވެފައެވެ. އެއީ އޭނަގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ދުވަހެއް ނޫނެވެ.
“ސޮރީ….ދޫނީ…. ހިއެއް ނުކުރަން ލައި އެރެއިން އެރެއަށް ގެއިން ނިކުމެދާނެ ކަމަކަށް. ތިގެއިން ނިކުތް ގަޑީގައި ކަނޑުމަތިން ހާލުގައި ޖެހިފަ ތިބި ބަޔަކަށް އެހީވާން ފުރަން ޖެހުނީ. އެމީހުން ސަލާމަތްކޮށްގެ ނުވިިތާކަށް އެމީހުން ދުއްވި ޑިންގީ ގަނޑު ކަފު ޖަހައިގެން އެންމެ ކައިރީ އޮތް ރަށަށް ދެވުނު ފަހުން އަނެއްކާ އެހެން ސީނަށް ދާން ޖެހުނީ… ލައި އަށް އެނގޭތަ! އަހަރެންގެ ހަޔާތުގައި އެހާ ބިޒީވި ރެއެއް ނާދޭ.. އެސީންގަ އުޅެނިކޮށް އެނގުނީ ރަށުގަ ނުރައްކާތެރި އެކްސިޑެއްޓެއް ހިނގައިގެން އުޅޭކަން. ދެން އެވަގުތު މާ ބިޒީކޮށް އުޅެން ޖެހުނީމަ މާބޮޑު މައުލޫމާތެއް ނުލިބުނު އެކްސިޑެންޓްގެ. ރަށަށް އާދެވުނީ އަނެއްދުވަހު މެންދުރުވާން އުޅެނިކޮށް. އައި ފަހުން އެނގުނީ އެކްސިޑެްނޓްވީ ލައި ކަން. އަޅޭ ލައި…. އެއީ ވަރަށް މަށަށް ވަރަށް ވޭންދެނިވި ވަގުތު ކޮޅެއް. ދުނިޔެ ހީވީ އެނބުރި ގަތްހެން. ކީއްކުރާނީ…. ވަގުތުން ދައްތަގެ ފޯނަށާއި ސަޖޫގެ ފޯނަށް ގުޅަން ފެށީ..ހަބަރެއް ނުވޭ….. ލައި ފުރުވާލަން އޮތް ދުވަހު ސަޖޫއަށް ގުޅުނީ…. އޭގެފަހުން ލައިގެ އެއްވެސް ހަބަރެއް ނުވޭ….އެފްބީ ވެސް ލައި ބޭނުންނުކުރޭ ވިއްޔާ…. ސަޖޫ ވެސް އެފްބީ އަށް ނުވަދޭ…. ދެން އޮތް ގޮތަކީ ލައި އަށް އިންތިޒާރުކުރުމޭ ހިތަށް އެރީ… އަހަރެމެންގެ ލޯތްބަކީ ސާފު ލޯތްބެއް ވިއްޔާ އަދި ތަގުދީރު އަދި އަހަރެމެން ދެމީހުން ދިމާވާން އިރާދައިގަ ހުރިއްޔާ ދިމާވާނޭ ހިތަށް އެރީ…… އަލްހަމްދުލިއްލާހި… މިއޮތީ ދިމާވެފައި. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ އެންމެ ލޯބިވާ ލައި އަހަރެންގެ ޕްރޮޕަޓީއަކަށް ވާނެ… ދޯ ލައި…..” އަލްޔާގެ އަތް ލޫކް ގެ ތުންފަތުގައި ޖައްސާލަމުން ވާހަކަދެއްކިއެވެ.
“އެއީ މާޒީ… އެދުވަސްތައް މަތިން ހަނދާންކޮށްގެން އަހަރެމެންނަކަށް ކުރިއަކަށް ނުދެވޭނެ…. އަހަރެމެން ވިސްނާނީ އަހަރެމެންގެ މުސްތަގްބަލާއި ދޭތެރޭ” އަލްޔާ ބުންޏެވެ.
ލޫކް އަލްޔާގެ އުނގުން ބޯ ހިއްލާލިއެވެ. އަދި އަލްޔާ ކައިރީގައި އެނދުގެ ހެޑްބޯޑުގައި ލެގިލުމަށްފަހު އަލްޔާ ގެނެސް އޭނާގެ އުނގަށް ލިއެވެ.
“ލައި ނަމާދުކޮށްފަ ދުއާ ކުރައްޗެ. އަހަރެމެންގެ ލޯބީގެ މި ހަޔާތަށް ތިންވަނަ ލޮލެއްގެ ވިިހަ ނަޒަރު ސީދާ ނުވޭތޯ” ލޫކް ބުންޏެވެ.
“ައިރާދަކުރެއްވިއްޔާ އެހެން ނުވާނެ… އިންޝާﷲ…. އައި ލަވް ޔޫ ލޫކް” އަލްޔާ ލޫކްގެ މޫނުގައި އޭނާގެ އަތުން ބީހިލަމުން ބުންޏެވެ.
“އޯ….. އައި ލަވް ޔޫ ޓޫ ޕްރިންސަސް……” އަލްޔާގެ ނިތަށް ބޮސްދެމުން ލޫކް ބުންޏެވެ. ގަޑިން މެންދަމު ތިނެއް ޖަހަން ގާތްވެފައި ވަނިކޮށް ލޫކް އޭނާގެ ގެއަށް ދާން އެގެއިން ނިކުތީ އަނެއް ދުވަހަކީ އޭނާ ހެނދުނު އޮފީހަށް ދާން ޖެހޭ ދުވަހަކަށް ވާތީ ކުޑަކޮށް ނިދާލުމަށެވެ.
ލޫކް އޭނާ ދިރިއުޅޭ ގޭ ކައިރިއަށް އައިސް ޕާރކިން ޒޯނުގައި ސައިކަލް ޕާރކް ކޮށްލުމަށްފަހު ގެއަށް ވަންނަން ދިޔައިރު އޭނާގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ގޭ ތެރެއަށް ވަދެ ދޮރު ލައްޕާލަން އުޅެނިކޮށް އޭނާގެ ދެލޯ ކުއްލިއަކަށް ހުއްޓުނީ ތަނބަކާއި ނިވާވި މީހެކެވެ. އެމީހަކު ލޫކް ބަލާލުމާއެކު އެފިލީ ކީއްވެ ހެއްޔެވެ؟ އެމީހާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ލޫކް ގެ އަދާވާތްތެރިން އަދިވެސް ތިބީ ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.





alhamdhulilllah… ushaly haadha masakkatheh kuri fahunney mi bai up mi kurevuny….. mi bai ves huriha kudhinnah kamudhaane kamah heekuran…. 🙂 ushaaly ge vahaka’ mi page ga innaane huriha kudhinnah luke and alya ge wedding ah invitation fonuvaafa. huriha kudhin ves balaalache…. party ah vaane huriha kudhin ves dhaan. 🙂 🙂 🙂 dhn in part ushaaly varah masakkai koh dheynan maadhama genesdheveytho. ekamu yagyn kameh nudheveyne…… 🙂
Mi vaahaka ah wait kuraathaa konireh… knme faharu beleni up veythww… ekm nuveyy.. vrh vrh reethi…
Ekm dhn look ah kameh nukurahche plxxx… ushaa keehvetha ekahala than thanah vaahaka stop kurani…..
Kudhin hiyyh thalhuvann…
Waiting fr the nxt part…
My first
u are second hihi
miadhu ves mivaahaka up vefa in thw 50 hakah buru belun
mii mihaaru ennme inthixaaru kurevey vaahaka vaahaka vv reethi hama specheless
Abuahan asluvas vaahaka up vay tho iruiru kolhaa on line verve.
Finally up vahjay dhw.Masha allah obiness ushaali.v intixaaru kuravihjay mi part ah .thanks ushaali.waiting waiting.
usha I beg you plz luke ah gotheh nahadhaathi plz plz plz
any way your story is amazing???
I love you ushaaa????
V reethi ❤❤❤
mihaaru dhen vaahaka dhigukuran ulheyhen heevanee. anehkaa kanthahgandeh hingaalaafa dhigukureema hadivaanee. dhen ninmaalan feney..hama hiyaaleh
V reethi ekam look ah dhera gotheh dhen nuhadhaathi ushaali plx♡
Alhey haadha inthixaareh kuruvaifiyeyy.. Ihyen suren up veythw belun vareh ge adhadhu neynge. ??
Varh reethi mi bai vess.. Party ah dhaan ready vany ingey dhen mi. Kudhinney dhaan vaane ingey. ?☺?.. He he.. Waiting 4 next part.
Oh.. Varah reethi.. Cant wait also.. Who is that…
މިވާހަކައިން ފާހަގަ ކުރެވުނު ބައެއް ބޭކާރުބައިތައް: ލޫކްގެ ފުރަތަމަ ގާރލް ފްރެންޑް- ލައިއަކީ ގާރލްފްރެންޑެއްނޫން. އެކަމް ފެންނަ ކޮންމެތާކުން ކިސްކުރޭ. ލޫކްގެ ފުރަތަމަ ކައިވެނި- އެއްވެސް ރީޒަންއެއްނެތި ވަރިވީ. ކޮބާބާ ބޭނުމެއް އެކައިވެނި ކުރުމުގެ. އަދި ބައެއް ހަމަނުޖެހޭ، ގަބޫލުކުރަންދަތި ކަންތަ: ޝައިމްއާ އެއްރަށުގަ އުޅޭއިރު ޓްވިންސް ހުރެއޭ ކިޔައިގެން ޝައިމް އެހުރިހާ ދުވަހު އޮޅުވާލިއިރު ނޭގުން. އެއްރަށުގަ އުޅެންޏާ ނޭގިއެއް ނުހުންނާނެ ރަށުމީހުންގެ އެކަހަލަ މައުލޫމާތެއް. އަމްދުން އެކީގަ ވޯރކްކުރާމީހެއްގެ. ޝައިމް އިތުރު ކައިވެންޏެއް ކުރިކަންވެސް ނޭނގުން. ލައިގެ އެކްސިޑެންޓަށްފަހު ލައިގެ އާއިލާ ކުއްލިއަކަށް މުއްސަނދިވީބާ 2 އަހަރުވާންދެން ސިންގަޕޫރުގަ ލައިކިޔަވަންހުރީ. ޑޯންނޯ. ގައިމުވެސް ސިންގަޕޫރުގަ ކިޔަވަން ވ ގިނަ ރުފިޔާބޭނުންވާނެ. އެތަނުން އެންމެކުޑަސައިޒްގެ ފެންފުޅިއެއްވެސް ރާއްޖޭގެ 11ވަރަކަށް ރުފިޔާއަށް ގަންނަން ލިބޭނީ. ސޯ ޝީނީޑް ލޮޓްސް އޮފް މަނީ. ކުރިޔަށް އޮތް ތާގައި މިކަހަލަ ކަންތައްތަކަށް ވިސްނާލާނެކަމަށް ހީކުރަން. އޯވަރޯލްކޮށް ވާހަކަ ރީތި.
LOL
Thiothy egifa… eh rashehga ulhunas neygi dhaane dhw…. look kaiveni kuri sababaa hurihaa kameh ves vaahakaiga egen eba oi vari kuri sababu ves… alun vaahaka kiyaalun edhen… vaahakaige ehves thaaku nen alya family fageeri vaahaka eh bunefa eh… shaim ah vure rich nuwiyas fageeru aailaa eh kamah nei bunefa rh… beykaaru vaahaka nudhahkaa madun hurey.. hama jehey gothah vaahaka eh liyeba nikan egey meehaka vegen
ފާޑުކިޔާ މީހާއަށް…… އެންމެ ފުރަތަމަ ބުނެލަން ބޭނުމީ ތި ދެއްވި ކޮމެންޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ…..
ދެން އަލްޔާ އާއި ލޫކް އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން ވެސް ތިބީ އެކަކު އަނެކަކަށް ހިތްކިޔާފަ….. ދެމީހުން ވެސް އެކަކު އަނެކަކުދެކެ ލޯބިވާކަން އަމަލުތަކުން ދޭހަވޭ. ދެން ޝައިމްގެ ބޭބެ ޝައްޔަމްގެ ވާހަކައަކީ ވަރަށް ފަހުން އައި ކަމެއް. އަލްޔާ ވިސްނީ ޝެނާމެން އޭނަގެ ބޮލަށް ވައްދާދިން ގޮތަށް….. ޝައިމް އާއި ޒީޝާންގެ ކައިވެންޏަކީ ރާއްޖޭން ބޭރުގަ ވަރަށް ސިއްރުން ކުރެވުނު ކައިވެންޏެއްކަން ވާހަކައިން އެނގެން އޮންނާނެ…… ދެން އަލްޔާގެ އާއިލާ އަކީ ފަގީރު އާއިލާއެއްގެ ގޮތުގައި ވާހަކައިގެ އެއްވެސް ހިސާބެއްގައި ނީންނާނެ… އަލްޔާގެ އެއް ޅިޔަނަކީ ސިންގަޕޯރގެ ރައްޔިތެއްގެ ގޮތުގައި ވާހަކައިގާ ގެނެސްދީފަ އިންނާނީ…….
އަސްލު އުޝާލީ އަށް އެނގިއްޖެ ވާހަކަ ކިޔާފަ ފާޑުކިޔާ މީހާއަށް ވާހަކއިގެ އެއްވެސް ކަމެއް ނޭނގޭހެން…..
Woww waiting for the next part.
Varah varah reethi ?
Alhe haadha inthixaar eh kohffimay!.
Alhe luke ah gotheh nahadhahchey.plx?.
Ragalhah hurihaa part eh nukiyaaa knme hen faadu faadu comment kuraani kameh nehh…
Ushaa ge vaahaka thakah gina meehun ge comments nd gina meehun nah kamudhaathi j vani dhww…
hama ragalhah kiyaafa comment kuree. kaiveni kuree dharaafa otheemayo.ekam indhefa neyge vgotheh eyoh varivee. huh thaakun thaaku nujehey hama. ehves maanaeh neiy ehenveema. dhen shaimge vaahaka hama ehgothakah ves hamaeh nujehey. alya fageeru noonas thibunaaha veveyneba kokko ah ehurihaa dhuvahu cancer ah beyskohfa. alya accident vma beyskuran goss ehurihaa dhuvahu thibefa.LOL. hama nujeheythee nujeheyey bunee. HAJAM vumaai nuvaathee. thigothah reply thikuranee
faadu kiyaa meeha. thi dhevvi commentah varah bodah shukuriyya…. 🙂 ushaaly ah heevany vahaka hama nujeheythee noon hen thigothah thi kiyany… konmes ehen kameh kannenge miulheny dhw….
ushaaly akee molhah vahaka liyaa meeheh noon… ekamu masakkai kurany ushaali liyaa eh vahaka ah vure aneh vahaka kiyuntherin kiyaahiyvaa gothah genesdheveytho….. ushali ah fahaga kurevey ushaali improve vaakan….. ushaali ge kuriah oi vahakaiga faadu kiyaa meeha thibuni kanthah rangalhu kureveytho varah masakkai kuraanan… insha allah…. 🙂
Kalo gaya faadhu kiyaa meehaa…. hehehe eotheenu look ge anbimeehaavess loabi vaa ehen meehaku hurey e meehun kaiveni kuri iruves dhen anehkaa look loabi vey lai dheke so hama jehey dw e meehun adhi divorce viyas ☺☺☺☺
Aslu eheneh noon vee maa bodah j vee dw heheh
Woww…. vvvvvvvv reethi.. ❤❤? haadha inthixaareh kurevihjjey ….waiting 4 next part? bt look ah dhera gotheh nuhadhahjjey plx plx
Oh plx. Rangalhah get vegen himeyn kamaa eku kiyaabah story eh faharu adhi . Eyrun get vedhaane. Btw ushaaly v v v v teethi mi bai. Waittin 4 the next part????????
huriha kudhin thi dhevva supportah hithuge adin shukuru dhannavan…. 🙂
wlcm ushaali
vaahaka ah faadu kiya meehunnah buneln othyyy vaahaka liyumakee kihaa bura masahkatheh kan ingeynee thi beyfulhun vaahaka liyan feshumunneyyy… emy hunge life in vaguthu kolheh hus kohlaigen e liyaa kudhi kudhi vaahaka ah thi go thah faadukiyan yaa vaahaka liyumah fooohivaane nun…. so plx faadukiyumuge badhal gai plx plx ekan faahaga koh liyun thering kaireega buneladhyy … this could be a better idea… is it ushaali…
ފާޑު ކިޔާމީހާއަށް ވަރަށް ސަލާމާއެކު ބުނެލަން .. ވާހަކައެެއްގަ ވެދާނެ ކޮންމެ ގޮތެއްވެސް.. ކޮންމެހެން އަސްލުކަން އޮންނަ ގޮތަށް ކަންތައްވުން މުހިންމެއް ނޫން..މީ ހަޤީޤީ ވާހަކައެއްް ނޫން ހަޤީޤަތާ އެއްގޮތަށް ގެނެސްދޭކަށް. މީ ހިޔާލީ ވާހަކައެއް.. ވާހަކައާއި ބެހޭގޮތުން ފާޑު ކިޔާ މީޙާއަށް އެނގެނީ ކޯންޗެއް.. ވާހަކަ ރަނގަޅަށް ނުއެސްކިޔާ ތިވައްތަރަށް ކޮމެންޓު ކުރުމަކީ ވަރަށް ކަޑަ ކަމެއް.. ލޮލް.. ކޮންމެ ވާހަކައެއްގަވެސް ކުދި ކުދި ކުށް ހުރެދާނެ.. ކަޒް ނޯވަން އިޒް ޕަރފެކްޓް.. ދުނިޔޭ ވާހަކަ ލިޔުންތެރިން ތަކުގެ ތެރެއިން ހޮވާލެވޭ ވާހަކަ ލިޔުންތެރިއެއް އާރް އެލް ސްޓައިންއަކީ.. އަސްލާ އެއްގޮތަށް ނުހުރޭ އެއްވެސް ވާހަކައެއް.. ބަޓް އޭނަގެ ވާހަކަތަކަށް ވަރަށް ސަޕޯރޓް ލިބޭ.. ތިހެން ކޮމެންޓް ކޮށްލީމަ ހީވަނީ ތީ ފާތުމަތު ނަހުލާއޭ އެހެން ނޫނީ ބިންމާ އިބްރާހިމް ވަހީދޭ.. ފާޑު ކިޔާ މީހާ ތިއުޅެނީ ޖޭވެގެން.. ތިމާއަށްވުރެ މޮޅަށް މީހަކު ކަމެއް ކުރަންޏާ ވަރަށް ދެރައަރާނެ.. ހާދިމަތުކުމް 🙂
aslu faadukee.hamanujeheykameh faahakavma ragalhukuran engeynee buneemadhw. ragalhukanthah ekani faahagakureema liyuntheriyaah kurierumeh nulibeyne.hadibahuruva akun faadeh nukiyan.HAJAM nuveema thankolheh huthurukoh bunevunee.ekam ushaali ekan balaigatheema v ufaavejje. dhen bunelan othee v bodah sorry a hurtvi nama. BTW binma aa nahula akee enmemolhu meehuneh noon miraajjegathibi.ekan engeyne misitege vaahakathah kiyaaliyas. v salaam
Ushaaaaaaliiiii koba vaahaka