“އާދެބަލަ.” ޒުބޭރު މިހެން ބުނެފައި ރިއުމާން ގެނެސް އެ އުނގުގައި ބޭންދިއެވެ. އިސްޖަހައިގެން އިން ރިއުމާން އިނީ ޒުބޭރުގެ އުނގުގައި އިންނަން ޖެހުމުން އުނދަގޫވެފައެވެ. ދޭތެރެ ދޭތެރެއަކުން އެއަތުގައި ފިރުމާލާ ކޮންމެ ފަހަރަކު އެހިތަށް އިތުރު ވޭނެއް ލިބެއެވެ.
“ފައްކާ ދޯ.” ޒުބޭރު ބުނެލި ބަހުން ރިއުމާންއަށް ބޭއިޚްތިޔާރުގައި އޭނާއަށް ނަޒަރު ހުއްޓާލެވުނެވެ. އެލޮލުން ބިރުވެރިކަން ހާމަ ވީއުރު ރިއުމާން އިނީ ޒުބޭރު ކުރަން މިއުޅޭ ކަމެއް ނޭނގި ހާސްވެފައެވެ. “ފަސް ހާސް.” ދުރުގައި އިން މީހާ މިހެން ބުނެލުމުން ޒުބޭރު ޗޮކެއް ކަނޑާލިއެވެ.
“ދިހައެއް؟” އެމީހާ އެހެން ބުނުމާއިއެކު ޒުބޭރުގެ ތުންފަތަށް ވިހަ ހިނިތުން ވުމެއް ވެރިވިއެވެ. “ބައްޕާ..؟” ރިއުމާން ސުވާލުގެ ނަޒަރަކުން ޒުބޭރުއަށް ބަލާލިއެވެ. އޭރު ސޯފާގައި އިން މީހާ ތެދުވެ ޖީބުން ވޮލެޓު ނަގައި ފަސް ހާސް ރުފިޔާ ޒުބޭރުއަށް ދިއްކޮށްލަނީއެވެ. “ބާކީ ދޭނަން ނިމުނީމަ.” އެމީހާ ރިއުމާންއަށް ކަޅި އަޅާލަމުން ބުނެލިއެވެ. “ކިހިނެތް މިވަނީ؟” ރިއުމާން ހާސްވެފައި ތެދުވަން އުޅުމުން ޒުބޭރު އޭނާ ގައިގައި ހިފެއްޓިއެވެ. “މާ ބޮޑު ކަމެއް ނޫން.. ހާސް ނުވޭ. ދަރިފުޅު ވިއްކާލީ މި.” ޒުބޭރު އެ ބުނެލި ބަސްތައް އިވިފައި މުޅި މީހާ ފިނިވެގެން ދިޔައެވެ.
“ރިއުމާން.. ރިއުމާން.” ކޮޓަރީގެ ދޮރުގައި ތަޅައިގެން އަޑަށް ނިދިފައި އޮތް ރިއުމާން ސިހިފައި ހޭލިއެވެ. ހޭވިފައި އޮތް އިސްތަށިގަނޑު ވޫލު ކޮޅަކުން އައްސާލަމުން ފާރުގައި ހަރުކޮށްފައި އިން ގަޑިއަށް ނަޒަރު ހުއްޓާލިއިރު ދަންވަރު ދޭއް ޖަހަނީއެވެ. އައްޔާދްމެން ފުރިތާ ދެ ދުވަސް ވީ އިރު ވެސް ބައްޕަގެ ފަރާތުން އެއްވެސް އަނިޔާއެއް ނުލިބެއެވެ. އަނެއްކާ އޭނާ ވިއްކާލި ފަހުން ބައްޕަ އިތުރަށް އޭނާއާއި ނުބެހޭނީ ބާއޭ ރިއުމާން ހިތަށް އެރިއެވެ.
ނަމަވެސް އެމީހެއްގެ ހަބަރެއް ވެސް އަދި ނުވާތީ ރިއުމާން ހުރީ ކުރިއަށް އޮތީ ކޮންކަހަލަ ތޫފާނެއް އަންދާޒާ ކޮއްލަން ނޭނގިފައެވެ. އަނެއްކާ ވެސް ދޮރުގައި ޓަކި ޖަހަން ފެށުމުން ރިއުމާން ދެ ވިސްނުމެއްގައި ހުރެފައި އެނދުން ފޭބިއެވެ. ބޭރުގައި ހުރެގެން އެ ދޮރުގައި ތަޅަނީ ޒުބޭރުކަން އޭނާއަށް އިނގެއެވެ.
ދަންވަރުގެ ހިމޭން ކަމުގެ ތެރެއިން ކުދި ސޫފީގެ އަޑުތައް އިވެމުން ދިޔައެވެ. ދިއްލާފައި ހުރި ފަނޑު ބޮކީގެ އަލިން ކޮޓަރިތެރެއަށް އަލިވެފައި ވީއިރު ރިއުމާން މަޑުމަޑުން ގޮސް ތަޅު އަނބުރާލަމުން ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުނު ކަމެއް ނޭނގެއެވެ. ޒުބޭރުއާއި އިތުރު މީހަކު ކޮޓަރި ތެރެއަށް ދެމިގަތެވެ.
ރިއުމާންއަށް ބޭއިޚްތިޔާރުގައި ދެފިޔަޅު ފަހަތަށް ޖެހެވުނު އިރު އޭނާ ހުރީ ވާނުވާ ނޭނގިފައެވެ. “ދެގަޑި އިރު. ނިމުނީ..” ޒުބޭރު މިހެން ބުނުމުން ކައިރީގައި ހުރި މީހާ ބޯ ޖަހާލަމުން ރިއުމާންއަށް ކަޅި އަޅާލިއެވެ. “ނޫން..” ވެގެން މިއުޅޭ ގޮތް ރޭކާލުމުން ރިއުމާން ވަގުތުން ދެކޮޅު ހެދިއެވެ. އޭރު ޒުބޭރު އެތަނުން ނިކުންނަން ހިނގައިގަތެވެ.
“ބައްޕާ.. ނޫން ހެޔޮނުވާނެ ތިހެން ނަހަދާ. އަހަރެން ބައްޕަ ބުނި ކަމެއް ކޮށްދޭނަން އެކަމަކު މިކަމެއް ނޫން.. އަހަރެން އޭނައަށް ނުދީ.” ރިއުމާން ރޮއެގައިންފައި ޒުބޭރުގެ ފައިގައި އޮޅުލައިގަތެވެ. “އޭތް! ބަލަ އަހަރެންނަށް ފައިސާ ދީގެންނޭ ތިހިރީ ވިއްކާފައި.. މާ އަޑުގަދަ ކުރާނެ ކަމެއްނެތް މި ދަންވަރު!” ޒުބޭރު މިހެން ބުނެފައި ރިއުމާން ފޮޅާލިއެވެ.
“ނޫން.. ނޫން. އަހަރެން މިހިރީ ބައްޕަ ބުނި ކަމެއް ކޮށްދޭކަށްނުން.. ކީއްކުރަން އެހެން މީހަކަށް. ނޫން.. ބަލާ.. މިހިރީއެއްނުން.” ރިއުމާން ރޮވިފައި ހުރެ ލައިގެން ހުރި ޓީޝާޓު ބާލައި ޓައިލްސްތަކު މައްޗަށް ވައްޓާލިއެވެ. ގައިންފައި ހުރި ބިރުން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ހުރެ ރިއުމާން ޒުބޭރުގެ އަތުގައި ހިފައި ކައިރިވިއެވެ.
“އޭނަ ފޮނުވާލާ..” ރިއުމާން ހީކުރީ އެގޮތަށް އުޅުމުން ޒުބޭރުގެ ޚިޔާލު ބަދަލުވެދާނެ ކަމަށެވެ. “އައްދެ.. މީ އެހެން ނޫނިއްޔާ ނުވާކަމެއް. ދޫކުރޭ.. އަހަރެން ހައްދަންތަ ތި އުޅެނީ. އޭނ” ޒުބޭރުއައި ރުޅީގައި ރިއުމާންގެ އައްސާފައި އޮތް އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލިއެވެ. އޭރު ރިއުމާން ދޫކުރުމަށް އާދޭސް ކުރަމުން ދިޔައެވެ.
“އަހަރެން ބުނިގޮތަކަށް ބުނިކަމެއް ކޮއްގެން އުޅެން ޖެހޭނީ.. މާ ވަރު ދައްކަންޏާ އަހަރެން އަތުން ބޮނޑިއެއް ބޯނީ ދެން.” ޒުބޭރު މިހެން ބުނެފައި އެތަނުގައި ހުރި މީހާއާއި ދިމާއަށް ރިއުމާން ހޫރުވާލިއެވެ. އެމީހާ ގައިގައި ޖެހުމާއި އެކު ރިއުމާން ދެއަތުން މޭމަތި ފޮރުވަމުން ދުރަށްދާން ގަދަހެދިއެވެ.
“ކޮންތާކަށް ދާން ތިއުޅެނީ.. އާދެބަލަ..” އެމީހާ މިހެން ބުނެފައި ރިއުމާން ގެނެސް މޭގައި ބޮނޑުކޮށްލަމުން އެ މޫނުގައި އަތް ހާކަން ފެށިއެވެ. “ނޫން… ދޫކުރޭ.. ދޫކުރާށޭ!” ރިއުމާންގެ އަޑު ބާރު ވަމުން ދިޔަ ވަރަކަށް ޒުބޭރި ހާސްވަމުން ދިޔައެވެ. “މިރޭ މީނާ މަތަކޮށްގެން ނޫނީ މިކަމެއް ނުވާނެ!” ޒުބޭރު އައި ރުޅީގައި ދޮރު ކަނީގައި ލައްކޮށްފައި ހުރި ފިހިގަނޑު ހިފައިގެން އައިސް އަތަށް ހެޔޮ ވަރުކޮށްލަމުން އޭގެން ރިއުމާންގެ ބޮލުގައި ނިކަން ބާރަށް ޖެހިއެވެ.
ވަގުތުން ޚަބަރު ހުސްވެގެން ރިއުމާން އެމީހާގެ އަތްމައްޗަށް ދެމުނެވެ. މިތަން ބަލަން ހުރި ޒުބޭރު ހަމަޖެހުމުގެ ނޭވާއެއް ލަމުން ފިހިގަނޑު ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގެތެވެ. “ދެ ގަޑިއިރު. ލަސް ނުކުރާތި!” ޒުބޭރު މިހެން ބުނެފައި ދޮރު ޖެހުމުން އެމީހާ ރިއުމާން އަތް ދަނޑިމައްޗަށް ލައިގެން ގެންގޮސް އެނދުމައްޗަށް ހޫރާލިއެވެ.
****
ބޯ އެސްފިޔަތަށް ދުރުކޮށްލަމުން ލޯ ހުޅުވާ މާހައުލަށް ނަޒަރު ހިންގާލިއިރު ކުޑަދޮރުން އިރުގެ އަލި ކޮޓަރި ތެރެއަށް ފޭދިފައިވިއެވެ. ތެދުވެ އިށީނދެލިއިރު ބޮލަށް ބަރުވެގެން ދިޔުމާއިއެކު ރިއުމާން އަނެއްކާވެސް އެނދުމައްޗަށް ވެއްޓުނެވެ. އިރުގަނޑަކު މިހެން އޮތުމަށްފަހު ހިތްވަރު ކޮށްފައި ތެދުވެ ހިނގައިގެން އިރު ގައިގައި ނުރިއްސާ އެންމެ ތަންކޮޅެއް ވެސް ނެތެވެ.
ރޭގެ ހާދިސާތަށް ހަނދާނަށް އައުމުން އެލޯ ކަރުނުން ފުސްވިއެވެ. ބާލާފައި ވައްޓާލި ޓީޝާޓު ޓައިލްސް ތަކުމަތީގައި އޮތްއިރު އެނދުގެ ކަނެއްގައި އޭނާ ލައިގެން އުޅުނު ހަރުވާޅު އޮތެވެ. ރޭގެ ވަކި ހިސާބަކުން ވީ އެއްވެސް ގޮތެއް ހަނދާނަށް ނައި ނަމަވެސް ބޮލުގެ އެއްފަޅީގައި އެއްޗަކުން ޖެހިކަން ހަނދާނުގައި ހުއްޓެވެ.
އޭގެފަހުން ވީ ގޮތް ނޭނގުނު ނަމަވެސް މިހާރު މިވަނީ ވީކަމެއް ވެނިމިފައެވެ. މިހާރު އޭނާގެ ހަށިގަނޑުން ނުވެސް ދަންނަ ފިރިހެނަކު އެވަނީ އުފާ ހޯދާފައެވެ. ހިތުގައި ޖެހުނު ވަރުން އޭނާ އަޑުގެ ކޮޅަށް ރޮއެ ގަތެވެ.
ބަދިގެ ފަރާތުގައި ހުނި ގާނަން ހުރި ހާޖަރާގެ ކަންފަތުގައި ރިއުމާންގެ އަޑު ޖެހުމާއިއެކު އަތުގައި އޮތް ކާށިކިބަ ދޫވިއެވެ. އޭނާ އަވަސް ފިޔަވަޅު ތަކެއްގައި އެދިޔަ ގޮތަށް ގޮސް ގޭތެރެއަށް ވައިން ކަމެއް ނޭނގެއެވެ. ޒުބޭރު އޭނާ ކުރިބެއްދިއެވެ. އެބެލުމުގައި އިންޒާރެއް ވީއިރު ހާޖަރާ ހިންދިރު ވާލިއެވެ. އޭރުވެސް ރިއުމާންގެ ރުއިމުގެ އަޑު އެތަނުގައި ހިފާލާފައި ވިއެވެ.
“ކީއްކުރީ އޭނައަށް؟ ބުނޭ. މަގޭ ދަރި.” ހާޖަރާ މިހެން ބުނެފައި ކުރިއަށް ދާން އުޅުމުން ޒުބޭރު އޭނާގެ އަތުގައި ހިފެއްޓިއެވެ. “ޒުބޭރު ހެޔޮނުވާނެ. ކިހިނެތް ހަދައިގެން ތިއުޅެނީ..” ހާޖަރާ ލޮލަށް ކަރުނަ ޖަމާވިއެވެ.
“ކަލެއަށް ކީއް އަހަރެން ކޮންމެ ކަމެއް ކުރިޔަސް.. ދޭ ބަދިގެއަށް.” ޒުބޭރު ހަރުކަށި ކަމާއިއެކު ބުނެލި ނަމަވެސް ހާޖަރާ ގުޑާ ވެސް ނުލިއެވެ. ” ބަލަ ދާށޭ!” ޒުބޭރު އަތް މަޅާލަމުން މިހެން ބުނުމާއިއެކު ހާޖަރާ ބިރެއްފެނިގެން ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުތެވެ. އޭރުވެސް ރިއުމާން މެދުކެނޑުމެއްނެތި ރޮމުން ދިޔައިރު އެ ޒުބޭރުގެ މޫނުމަތިން ހަމްދަރުދީގެ ކަންފުޅެއް ވެސް ނުފެނެއެވެ.
****
ދުވަސްތައް ހަފްތާއަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް ހަލުވިކަމާއި އެކު މާޒީގެ ސޮފްހާއަށް އެދުވަސްތައް އެކުވަމުން ދިޔައެވެ. ޒުބޭރުގެ ގެ ކުރިއަށް ވުރެ ބޮޑަށް ހަދައި ބޭރު ދޮރޯށި އަލުން ރާނާ ވަށާފާރު ވެސް އާ ކޮށްލިއެވެ. ކޮންމެ ކޮޓަރިއެއް ސީލިންކޮށް އޭސީއާއި އެއްޗެހި ހަރުކޮށް ބަނބުކެޔޮ ގަސް ކަނޑާލާ އެބައިވެސް ގެއާއި އެއްކޮށްލައި ޓައިލްސް ޖަހައި ނިންމާލިއެވެ.
ޒުބޭރުމެންގެ ގެ ތަނަވެސްވެފައި އަގު ބޮޑު ޓީވީއާއި އެއްޗެހި ގަނެލިއިރު ރަށު ތެރޭގައި މީހުން ދިޔައީ ޒުބޭރުއަށް މިހައި ލާރި މި ލިބެނީ ކިހިނެތް ކަމެއް ނޭނގި ސުވާލު ކުރަމުންނެވެ. އާދައިގެ ފިހާރައެއް ވިއްކާ މީހަކަށް ކުއްލިއަކަށް މިހައި ބޮޑު އާމްދަނީއެއް ލިބުމާއިމެދު އެމީހުން ޝައްކު ކުރެއެވެ.
“މި ހަމަ ވިޔަފާރި ކުރި އެރީމަ އާމްދަނީ ވެސް ބޮޑުވީ..” ސޯފާގައި ދުފާ ރަތްކޮށްގެން އިން ޒުބޭރު ހާޖަރާއަށް ޖަވާބު ދިނެވެ. “އެކަމަކު އައިމިނާ ބުނި.” ހާޖަރާ މިހިސާބަށް ބުނިތަނާ ޒުބޭރު އަތުގައި އޮތް ތަބަށް މޭޒު މަތީގައި ނިކަން ބާރަށް ބެހެއްޓިއެވެ.
“އައިމިނައަކަސް މޫސައަކަސް ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ހާޖަރާ ނުޖެހޭ އެވާހަކަތައް އަޑު އަހާކަށް. ލާރި ލިބެއެއްނުން އެބަ. އެނިމުނީ. އެކިހިނެތް ކޮންތާކުން ކީއްކޮށްގެން ލިބުން އެއްޗެއްތޯ ތަހުޤީގު ކުރާކަށް ނުޖެހޭ!” ޒުބޭރު ދުފައިގެން އިނދެ ދެއްކި ވާހަކަ ރަނގަޅަށް ރޭކާވެސް ނުލައެވެ.
“ކޮބާ އަދިވެސް ރިއުމާން އަންނާކަށް ނޫޅޭ؟ ގައިމު ހަތަރެއް ޖަހާއިރު ޓެސްޓު ނިމެޔޯ.” ޒުބޭރު މަޢުލޫއު ބަދަލު ކޮށްލަމުން ބުނެލިއެވެ. “އަންނަން އުޅޭނީ މިހާރު. މިދެން އޯ ލެވެލް ފަހު އިމްތިހާނެއްނުން. ނަތީޖާ ރަނގަޅު ވެއްޖެއްޔާ ކިތަންމެ ހާވެސް އުފާވާނެ.” ހާޖަރާ ވިސްނާލަން އިނދެފައި ބުނެލިއެވެ.
“މި ވިސްނަނީ މި އިމްތިހާނު ނިމުނީމަ އޭނަ މާލެ ފޮނުވާލަން.” ޒުބޭރު މިހެން ބުނުމުން ހާޖަރާ ހާސްވިއެވެ. “އެ..އެ ކީއްކުރަން؟” ހާޖަރާ އަހާލިއެވެ. “ވަޒީފާއަކަށްނުން. މިހާރުދެން ކިޔަވާ ވަރަކަށް ކިޔެވިފައި ހުންނާނީ. ދެން ވަޒީފާއަށް ގޮސް ފައިސާ ހޯދަންވީ..” ޒުބޭރުގެ ބުނުމަށް އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ގޭގެ މައިދޮރާށި ހުޅުވުނު އަޑަށް ހަޖަރާ ވާހަކަ މެދުކަނޑާލިއެވެ.
ގޭތެރެއަށް ވައިން ރިއުމާން ފެނުމުން ހާޖަރާ އަވަހަށް އިންތަނުން ތެދުވިއެވެ. “އަހާ ދަރިފުޅާ.. ޓެސްޓު ކިހިނެތް؟ ފަސޭހަތަ؟” ހާޖަރާގެ ސުވާލަށް ވަކި ޖަވާބެއް ދިނުމެއްނެތި ބޭލި ބޫޓު ހަރުގަނޑަށް ލުމަށްފަހު ރިއުމާން ކޮޓަރިއަށް ވަންނަން ހިނގައިގެތެވެ. “މަންމަ ހުންނާނެ ސައި ހަދާފައި. ޔުނީފޯމް ބަދަލު ކޮށްލައިގެން އާދޭ އިނގޭ..” ހާޖަރާ ހިނިތުން ވެލަމުން މިހެން ބުނި ނަމަވެސް ރިއުމާން އިސްއުފުލާ ބަލައި ވެސް ނުލިއެވެ.
ރިއުމާންގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބުމުން ހާޖަރާ ދެރަވިއެވެ. އެދެމެދުގައި ގިނަ ފަހަރަށް ވާހަކަ ނުދެކެވޭ އިރު ރިއުމާން އޭނާއަށް ކުރާ ނަފްރަތު ހާޖަރާއަކަށް ނޯޅެއެވެ. އެކަމަކު އެކަމާ އޭނާ ރިއުމާން ކުށްވެރި ކުރާކަށް ނެތެވެ. ކޮޓަރި ތެރެއަށް ވަދެ ރިއުމާން އެދިޔަ ގޮތަށް ގޮސް އެނދު މައްޗަށް ވެއްޓިގަތެވެ. އިރުކޮޅަކު މިހެން އޮތުމަށްފަހު ތެދުވެ އެނދުގެ ކަނުން ކުޑަކޮން ހިއްލާލަމުން އަޑީގައި އޮތް ފޯނު ނަގައި ކުޅެން ފެށިއެވެ.
ކުއްލިއަކަށް ދޮރުގައި ޓަކި ޖަހައިލި އަޑަށް އޭނާ ސިހިފައި ފޯނު ބާލިސް އަޑިއަށް ލިއެވެ. “އާދެ ސައިބޯން.. އާނ ދެން މިރޭ ބާރަ ޖަހާއިރު އަންނާނެ. ތައްޔާރު ވެގެން ހުންނާނީ.” ޒުބޭރު މިހެން ބުނެފައި ކޮޓަރިން ނިކުތުމުން ރިއުމާން އެނދުން ތެދުވެގެން ގޮސް އަލަމަރީ ހުޅުވާލިއެވެ. އޭނާ ކޮނޑުގައި އަޅުވާފައި އިން ކުރު ނިދާ ހެދުމެއް ނަގައި އެއަށް ބަލާލިއިރު އެލޮލުން ފާޅުވީ ފޫހިކަމެވެ. އަނެއްކާ ވެސް އާރެއެކެވެ. އާ މެހެމާނެކެވެ.
****
މެންދަމުން އަލިވެ ބާރަ ޖެހިއިރު ރިއުމާން އޭނާ ލައިގެން އިން ކުރު ނައިޓީގައި އެނދުމަތީގައި އިނެވެ. އެފަން އިސްތަށިގަނޑު ދޫކޮށްލެވިފައި ވީއިރު އޭނާ ދެއަތް ދެއަތާއި މޮޑެމުން ދިޔައެވެ. ދޮރުގައި ޓަކި ޖަހާލުމާއި އެކު ރިއުމާން ލަސް ފިޔަވަޅު ތަކެއްގައި ގޮސް ދޮރު ހުޅޫވާލިއިރު މިރޭ ވެސް މުޅިން އާ މޫނަކާއި ބައްދަލު ވިއެވެ. މެދު އުމުރުގެ މި މީހާ ރިއުމާން ލައިގެން ހުރި އެއްޗަށް ނަޒަރު ހިންގާލަމުން ފަހަތުގައި ހުރި ޒުބޭރަށް ނިއްއަރުވާލިއެވެ.
ރިއުމާން އޭނާ ވަންނަން ތަން ދެއްކުމުން އެމީހާ އެތެރެއަށް ވަނުމާއިއެކު އެ ދޮރު ލެއްޕި ތަންޑު އެޅުވުނު އަޑު އިވުނެވެ. އޭރު ސޯފާގައި އިށީނދެލި ޒުބޭރު އިނީ ހިތްހަމަޖެހިފައެވެ. އާދައިގެ މަތިން ހާޖަރާގެ ސައިތައްޓަށް ނިދާ ބޭސް އަޅާފައި ދިނުމުން އޭނާ ނިކަން ފަސޭހައިން ނިދައިފިއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒަށް ދެފައި އަރުވާލައިގެން އިންއިރު އޭނާ ސޯފާގައި ލެނގިލަމުން ދެލޯ މަރާލިއެވެ.
ބަރާބަރު ދެގަޑިއިރު ފަހުން އަތުގައި އޮތް ފޯނު އެލާމު ވުމުން ޒުބޭރު ވަގުތުން ހޭލައި ގަޑިއަށް ނަޒަރު ހުއްޓާލިއެވެ. ދެއަތުން މޫނުގައި އަތް ހާކާލަމުން ޒުބޭރު ތެދުވެ ރިއުމާންގެ ކޮޓަރީގައި ޓަކި ޖަހާލަމުން އެތަނުގައި މަޑުކޮށްލިއެވެ. މާގިނަ އިރެއްނުވެ އެދޮރު ހުޅުވާލާފައި އެތެރެއަށް ވައިން މީހާ ނިކަން އުފަލުން ހުރެ ނިކުތެވެ. އޭރު އެނދުގައި ބެޑްޝީޓު ގައިގައި އޮޅާލާގައިގެން އޮތް ރިއުމާންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
ނިދީގައި ދެފަރާތަށް ފުރޮޅެމުން ދިޔަ ހާޖަރާއަށް ހޭލެވި އެނދުގައި އިށީނދެލިއެވެ. މިރޭ ރަނގަޅަށް ނުކެވުނު އިރު ސައިތަށި ވެސް ހުސް ނުވީތީ އޭނާ ހުރީ ހައިވެފައެވެ. ދޮންކެޔޮލެއް ކާލަން ހިތު ލައިގެން ހުރެ ހާޖަރާ އެނދުން ތެދުވިއިރު އެނދުގެ އަނެއްފަޅި ހުހަށް އޮތްތަން ފެނުމުން އޭނާ ހައިރާންވިއެވެ.
ޒުބޭރު ކޮބާބާއޭ ހިތަށް އެރި ނަމަވެސް ވަގުތުން އޭނާގެ ޚިޔާލަށް ރިއުމާން އައުމުން ބޭރަށް ނިކުންނަން ޖެހިލުން ވިއެވެ. ނަމަވެސް ހައިވެފައި ހުރުމުން އޭނާ ނިދާ ހެދުން ރީތި ކޮށްލަމުން ކޮޓަރިން ނިކުއިން ވަގުތު އެ ފެނުނު މަންޒަރުން ނެގި ފިޔަވަޅު ހުއްޓުނެވެ. ރިއުމާންގެ ކޮޓަރި ބޭރުގައި ޒުބޭރު ހުރިއިރު ނުވެސް ދަންނަ ފިރިހެނަކު އޭނާއަތަށް ފައިސާ ބޮނޑިއެއް ދިނެވެ. އެވަގުތު ހުޅުވިފައި ހުރި ދޮރުން އެކޮޓަރީގެ އެނދުގައި އޮތް ރިއުމާން ފެނި ހާޖަރާ ހަމައިން ނެއްޓިއެވެ.
ޒުބޭރު މިކުރާ މުޑުދާރު ކަންތައް ރޭކާލުމުން އޭނާގެ ރުޅި ކެކިގަތެވެ. “އޭތް!” ހާޖަރާގެ އަޑު އިވުމާއި އެކު ދެމީހުން އެއްފަހަރާ އެދިމާއަށް ބަލައިލި އިރު އެނދުގައި އޮތް ރިއުމާން ވެސް ސިހިފައި ތެދުވިއެވެ. ހާޖަރާ ގުންފައި ޖަހާފައި އެއައި ގޮތަށް އައިސް ޒުބޭރު އަތުން ފައިސާ ބޮނޑި އަތުލިއެވެ.
“މީ.. މީ ދޯ ކަލޭ މިހައި ފައިސާ ހޯދާ ގޮތަކީ.. ޗީ.” ހާޖަރާ މިހެން ބުނެފައި އެފައިސާތައް ބިންމައްޗަށް ހޫރުވާލިއެވެ. “ހާޖަރާ މޮޔަވީތަ އޭނ!” ޒުބޭރު މިހެން ބުނި ވަގުތު އެތަނުގައި ހުރި މީހާ އަވަހަށް ދެމިގެންފައި އެގެއިން ނިކުތެވެ. “މޮޔަވީހޭ؟! އަހަރެންތަ އަދިވެސް މޮޔަވެގެން މިއުޅެނީ. ހުރި މުޑުދާރުކަން.. އަމިއްލަ ދަރި ގަޔަށް އެރުނުލެއް މަދުވެގެންތަ މިހާރު އޭނަ ވިއްކަނީތި؟” ހާޖަރާ ހުރީ ރުޅި އައިސް ރަތްވެފައެވެ.
“އޭ! މާ ހަޅޭ ނުލަވާ.. ހަނދާން ނެތުނީތަ އަހަރެން ކަލެއަށް ހަދާލި ގޮތް.. އަނެއްކާ ވެސް..” ޒުބޭރުގެ ވާހަކަ މެދު ކަނޑާލަމުން ހާޖަރާ އެއަށް ވުރެއް ބާރަށް ހަޅޭ ލަވައިގަތެވެ. “ކީއްކުރާނީ؟ އޭނ.. ބުނެބަލަ ނިކަން.. ހަދާން އެބަ ހުއްޓޭ ކުރި ކަންތައް. މިހިރީ އެއްނުން އަދިވެސް އެ ލަކުނު! އެކަމަކު މިފަހަރު ލާހިކެއްނޫން އެހެން ހަދާކަށް!” ހާޖަރާ ވާހަކަ ދެއްކި އިރު އޭނާއަށް އާ ހިތްވަރެއް ލިބިފައި ވީ ކަހަލައެވެ.
“ކިހައި ދުވަހެއް ވެއްޖެ ތި ކުޅިގަނޑެއް ކުޅޭތާ؟ މިހެންވެތަ މަށަށް މާ އަވަހަކަށް މި ނިދެނީ ކޮންމެ ރެއަކު! ކަލޭ ކޯއްޗެއް ދެނީ.. ޔަޤީނޭ ކޮންމެ ވެސް ކަމެއް ކުރަނީކަން.” ހާޖަރާ އައިސްފައި ހުރި ރުޅީގައި މޭޒުމަތީގައި ހުރި މާޓުކުރި ނަގައި ޒުބޭރު ގައިގައި ތަޅައި ގަތެވެ. “ކިހާ.. ދުވަހަކު.. ތިހެން.. ހަދާނީ.. އޭނ.. ހޭ އަރުވާލަންނަން.. މިރޭ!” ހާޖަރާ ތަޅަމުން ދިޔަ ވަރަކަށް ވާހަކަދެއްކިއެވެ. އޭރު އެދުމަތީގައި އިން ރިއުމާން ތެދުވެ ހެދުމެއް ލައިގެން ސިޓިން ރޫމަށް ނިކުމެ ހުއްޓެވެ.
“އޭތް!!” ޒުބޭރު ކުއްލިއަކަށް ހާޖަރާ ފޮޅުވާލާފައި އެދިޔަ ގޮތަށް ގޮސް ޓީވީ ރެކު މަތީގައި އޮތް ކަޓަރު ހިފައިގެން ހާޖަރާއާއި ދިމާއަށް ތިރިވިއެވެ. ވެއްޓިފައި އޮތް ހާޖަރާ އިތުރު ކަމެއް ކުރުމުގެ ކުރިން ކަޓަރުގެ ތިލަ އޭނާގެ ކަރަށް ހެރި ލޭތަށް ދުނި ޖަހާފައި ނިކުތެވެ. “ކަލޭ.. ހީކުރީ.. ބޭނުން.. ގޮތެއް.. ހެދޭނެ.. ކަމެއްތަ!.. މަރާލާނީ ހަމަ!” ޒުބޭރު މިހެން ކިޔަމުން ހުއްޓުމެއްނެތި ހާޖަރާގެ މެޔަށް އެތިލަ ހަރަމުން ދިޔައެވެ.
އޭނާގެ މޫނަށް ލޭތަށް ބުރުއްސައިގެން ދިޔައިރު ދުރުގައި ހުރި ރިއުމާން އަނގަމަތީގައި އަތް އަޅައިގެން ހުރެ ބިންމައްޗަށް ތިރިވިއެވެ. ޒުބޭރު ހިތްފުރޭ ވަރުވުމުން ކަޓަރު ދުރަށް އެއްލާފައި ހިންދެމިލަމުން، ކުރިމަތީގައި ލެއިން ތަތްތެޅިފައި އޮތް ހާޖަރާއަށް ނަޒަރު ހުއްޓާލިއެވެ. “ބޮޑު އުނދަގުލެއް ކަހަލަ މީހެކޭ!” ޒުބޭރު މިހެން ބުނެފައި މޫނުމަތީގައި ވީ ލޭތަށް އެއަތުން ފޮހެލިއެވެ.
-ނުނިމޭ-
3934 Comments
Comments are closed.
hamna
December 9, 2016 at 9:00 pmwhat the what?!! kihine mi v ?? i’m in shock. nice come back igey layaa. hama shock eh thi dhini as usual
faathi
December 9, 2016 at 9:03 pmhama layaa special e jahsaali nimun than kolhun. kuli akah readers sihsuvaa laani. welldone ?
rose
December 9, 2016 at 9:18 pmhaha! yes hama layaa special eh ✌?️
Shaa xee
December 9, 2016 at 9:05 pmAlhey kihineh tha eh v….. hama rovihj. Haadha lahun ney story ti up kohlee…. next part avahah up koh dhehchey please please please. V reethi mi part vx. V asaru kohfi ?
Your's
December 9, 2016 at 9:12 pmV reethi, ibaarayy kurun habeys and v intence ninmaalumeh ?
Faathee
December 9, 2016 at 9:13 pmVara reethi story. Ekamku haadha foohi ey e zubeyru ulhey gothun. Haajaraa ves maruvee kan neynge dhw alhe e. Riumaan ah ethanun salaamai ve new life eh libey dhuwahe ge inthizaaru ga faathee mi iny..
Anonymous
December 9, 2016 at 9:13 pmhaadha lahey up kuraaleh varah foohi dhen
Shiyaa
December 9, 2016 at 9:22 pmnext part tuesday ga dhw. varah nice. foohivaa kudhin ulhunas kiyaa kudhin baivaru ulheyne igey layaa ?
usha
December 9, 2016 at 9:27 pmlayaa finally. haadha inthizaare kohfeeme. dhen up kurachey regular kon. and hama varah salhi mi baives. as faathi said hama layaa special akun this ninmaali ?
Hooooo.
December 9, 2016 at 9:28 pmWhat kihiney mi vie.
Birun gos halaaku vejje.
Pls update sooooooon.
Nafys
December 9, 2016 at 9:30 pmRashuthereyga adhe vx naaraatha hama???
Ruhi
January 10, 2017 at 1:08 amRashu thereyge myhun thiby nidhaafa.. Ehn rashehga mikahala kulhi eh bayaku kulheynama enme furathamaves adu araanee. But mi vaahakaaga ehves bayakah shahkehves nuvey…
Anonymous
December 9, 2016 at 9:34 pmDhen konirakun up kuranee vv reethi
Minna
December 9, 2016 at 9:36 pmwow. varah furihima sifakurun thake hama. varah dhera ves vejje. nimunu thank kolhu gave me goosebumps. ????
jool
December 9, 2016 at 9:54 pmvarah salhi igey
Sweety
December 9, 2016 at 10:07 pmLayaa! Plz avahah upkohdheythi next part.
kuka
December 9, 2016 at 10:16 pmv. hama nujehey vaahaka eh.
Thaany
December 9, 2016 at 10:30 pmOh!! Kihiney e v riumaange mom vx marAlaneetha tha thi …….laya haadha lahuney up kurany v v inthixaar kuraafahun mi up wany bt story is v v v v v nice…lurv…??????
Shaa
December 9, 2016 at 11:30 pmwtf.. e vy kihineh ? riumaan save kuran huri eyna mom ves maru vy ?? ??
ekam story is awesome.. next part dhigu kohlaafa avas kohdhehchey ingeyyy
ali ahamed
December 10, 2016 at 1:38 amReethi igey sifa kohdhemun dhiya goih vaahaka varah furihama adhives nala kohla mi vaahaka liyuntheriya bahdhalu vumah edhen ( kohlan vahaka eh hihsa )
Rixoo
December 10, 2016 at 8:11 amMaasha Allah. Storyy vrh vrh vrh reethi. ekm dhn vaanii kihinei??!!!. riuman mamma maraalii!!!!!!!! alhey eh kushuge adhabu vs libeynii riuman ah kanneyge dhoww. ? ???heyovaanetha mausoom kusheh nei kuhjjakah ehn hadhan. ?
?mixoo
December 10, 2016 at 8:12 amnot bad…
wating 4 de nxt part
adam
December 10, 2016 at 8:21 amdhivehi bahuge adabee bai lacking.. like vain ????
maiha
December 10, 2016 at 9:30 amlayaa…kobaa kihinehtha? vaahaka v v nyc..v ufaavey layaa ge vaahaka eh anekka vx kiyan libunyma..
ladhu
December 10, 2016 at 11:18 ampiss piss dhen hama varah foohivey meega vaagothun , ekuhjaayaa knmeves meeheh behun noonkameh mi vaahakaiga nuve ehnun , chee dhen nuves kiyaanan mivaahaka eh
Hageegai
December 10, 2016 at 11:55 ambunan mi hama aslu hageegathu ga ves mi gaumuge bae kidhinah vaa kan tha tha. hama konme dhuvahaku. eki goi go tha. ekamku ekan haama kurima gos vani liyaa meeha. kiyas nukiyas mi hama kan kan higaa goi. kudhinaa behunukan egi hurr agin nubune thibey meehun ves ulhey. ehaaluga etha dhuvahe ulhey kudhin ves ulhey. ekahala kujje ge ihusaas ai eyna ge life genes dhinima kamu nudhani. konmehen ladhu kiyaafa comment kuraane kame neh. mi ladhun thibegen hallu vaane kan kame noon.
Aagi
December 10, 2016 at 12:01 pmbalaa buneli vaahaka. ladhu kaley ladhu ganeytha? mi hama hageegai. mi kahala vaahaka ehga vaani mi goi dhw. keekurani. mi kahala kitha kudhin ulheyne.
Sad
January 10, 2017 at 1:15 amMiee hama gina faharah vaa goeh.. Konme 3 anhenakun 1 anhenakee dhiriulhumuga konmes hisaabakun mikahala goana libifa vaa myheh.. Gina faharah mi kahala kameh medhuveri vanyves aaila myheh nuvatha geah ginain ais ulhey myhehge faraathun… Mikahala kameh thajuribaaa nukurevey myhakah neyngeyne mi kameh…
?
lai
December 10, 2016 at 12:31 pmhehe. ladhu ah hajam nuvi dhw
nash
December 11, 2016 at 4:06 pmstory goaheh nun mee v gina anhenkudhin kurimathilamun dhaa kanthakeh ,ginain mikan dhimaavaneeves geytherein .ekamaku dhiriulhumuga vaki hihsaabakun eh kuhjaku ehkan konmeves faraathakaa hihsaakohfa huhnaanee .meege miulhey kuhjaa akee schoolun o level aa hamayah dhiya kuhjeh .kyve ragalhaa nubai vakinuvee ? school maa hauluga heyluntheri ethah kameh kuriyah dhey. kyve aga hulhuvaalan neygunee ?? kyve ekamuge dhemihuhree ? mee india eh nun thihaa majbooru vaakah.enme faharakves hihvaraa eku masakah kurinama eynage mahmma ves salaamahvees .mahma nukiyaa myhakah vedhaane ,ekamaku mi kuhjaa mihaaru kuda kuhjeh nun .meehaku comment koh ehmeeheh ge hihyaalu faalhu kurumakee hajam nuvumehnun ,ehen nun nama fas igili ehvaru vaane .mee mizamaanah fehthey story eh nun .mihaa vaanuvaa neygi mulhi umuru hadi haavaane kudhin mihaaru nuthibeyne .thibeynee egoh beynunvegen .mee 0 story eh .
mamee
December 12, 2016 at 3:51 pmi agree with u. mivaahakain kiyuntherin nah enulafaameehaa ekujjaa aa gulhun hingaa vahushee goiythah vrh thafuseelukoh genesdheyne. enoonkameh neiy
Lix
December 11, 2016 at 6:32 pmHaadha lahey update vaaleh
nunnu
December 12, 2016 at 4:57 pmStop with the whining. Adhi vaahaka kuri ah othi dhw. Dhen detail kon ekantha genes dhinun ei masala aki. ekamu mi site ga loabige gulhun egotha detail kon genaama masala eh noon. Varah hevaa dhen.
Hassan
December 13, 2016 at 11:59 pmMivaahakaiga Vaaeh nuvaaeh neyngey. Fashaafa inthanehvess neynge, ehkon nuvess nimey. Thiyahvuren maa rangalhu vaane vaahaka Nuliyunas. Konmess ehen kameh kohbala.