Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 17…

kamana
December 10, 2016
3 Mins Read
57 Views
5 Comments

“މަންމާ…. ބައްޕާ….” ޝީރީންއަށް އިނދެވުނީ ފިޔަވަޅެއްވެސް ގުޑާލަން ނޭނގިފައެވެ. “ޝީރީން ހަމަ މިހާރު ދޭ ތިލައިގެން އިން އެއްޗެއް ބަދަލުކުރަން…” ސަމްސިއްޔަގެ މޫނުމަތިން ކިތައްމެހާވެސް ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުން ޝީރީންއަށް ފާހަގަވިއެވެ. ސަމްސިއްޔަ އެހެން ބުނުމާއެކު ފިޔަވަޅުތަކަށް ބާރުލުމައްފަހު ޝީރީން ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

“އަފީފް…” ގޭތެރެއަށް ވަދެ އަތުރާފައި ހުރި ގޮނޑިބަރިތަކުން ގޮނޑިއެއްގައި އިށިންނަމުން ސަމްސިއްޔަ ގޮވާލީ ލަދުވެތި ކަމާއެކީގައެވެ. އެވަގުތު ސަމްސިއްޔަ ދުވަހަކުވެސް ދެރަނުވާވަރަށް އަފީފު ކުރިމަތީގައި ދެރަވެއްޖެއެވެ. ޝީރީންއަށް ދަސްކޮއްދީފައިވާ ރިވެތި އަހްލާގާއިމެދު މިއަދު ސަމްސިއްޔަ ޝައްކު ކުރެއެވެ. ” ސަމްސިއްޔަ ހިނގާދެން ހޮސްޕިޓަލްއަށް ދާން…” އަފީފް އޭނަގެ ހުރި ހަމަ އެކަނި ދަރި އެފަދަ ގޮތަކަށް ފެނުމުން ކިތައްމެ ހިތްހަމަ ނުޖެހުނަސް އެކަމާ އެއްޗެކޭ ބުނަން އެވަގުތު ބޭނުންނުވީއެވެ. ޝީރީން އަންހެން ކުއްޖަކަށްވެ ހުރެ ބައްޕަގެ ފަރާތުން އެކަހަލަ ވާހަކައެއް އަޑުއަހަން ލަދުގަންނާނެކަން އަފީފްއަށް އެނގެއެވެ.

…………

“މަނިކު… މިއީ ހިއްވަރު ކުރަންވީ ވަގުތު… ބޭނުމިއްޔާ އަޔާނާ ބޭރަށްވެސް ގެންދަންވީ…. އަޅުގަނޑަށްވެސް ވެވުނު ވަރަކުން އެހީވާނަން… ” އަދިވެސް މަނިކު އެ އިންގޮތަށް އިސްޖަހައިގެން ހުރުމުން ޑރ އިޔާޒު މަނިކުގެ ބުރަކަށީގައި ކުޑަކޮށް ޖަހާލިއެވެ. “ޑރ އަޅުގަނޑުގެ ދަރިފުޅަށް ދެންވާނީ ކިހިނެއް… އެ ދަރިފުޅު ނިމި….. ނިމިދާނީ އެހެންތަ…” މަނިކަށް ހިން ދިރުވާލެވުނެވެ.

“މަނިކު މި ބަލި ޖެހިފައިވާ ކުދިންނަށް އަލާމަތްތަށް ފެނިގެންދާނެ އެންމެ ބޮނޑުވެގެން ދޮޅުއަހަރު ނުވަނީސް.. މިހެން ބުންޏޭ ކިޔާފަ އޭނގެ މާނައަކީ ބޮޑެތި މީހުންގެ ފަރާތުންވެސް ފެނިގެން ނުދާނޭއެއް ނޫން… މި ބަލީގެ އެކި ވައްތަރު ހުރޭ… އިރާދަ ކުރެއްވީތީ އަޔާނާއަށް ޖެހިފައި އެއިނީ އޭގެ ތެރޭއިން ހަމަށް ޖެހިފައިވާ ބަލި…. ބައެއް މީހުންގެ އެތެރެ ހަށީގެ ގުނަވަންތަށްވެސް ހަލާކުވެދޭ.. އަޔާނާއަށް ބޭސް ވެސް ކުރެވިދާނެ.. އެކަމަކު ފަރުވާއެއް އަދި މިހާތަނަށް މިބައްޔަކަށް ފެނިފައެއް ނުވޭ…. … މަނިކު…. އަޔާނާއަށް ރަނގަޅަށް ހަޖަމު ކުރެވޭ ކަހަލަ ކާތަކެތި ދިނުން އެއީ ވަރަށް މުހިންމުކަމެއް…އެހެން ނޫނީ ފާހަނަ ކުރަން ދަތިތަކެއް ކުރިމަތި ވާނެ… ޗޮކޮލެޓް ދޮންކެޔޮ އެފަދަ ތަކެތިން ދުރުކޮއްގެން ގެންގުޅެންވާނެ…. އަޔާނާ އެއީ ވަރަށް ހިއްވަރު ގަދަ ކުއްޖެއް….” ހިތްހެޔޮކަމާއި އެކު ޑރ އިޔާޒް ދިޔައީ މަނިކަށް ހުރިހާ އެއްޗެއް ކިޔައި ދެމުންނެވެ.

“އަޅުގަނޑުގެ ދަރިފުޅު ޑިސްޗާރޖް ކުރެވޭނެތޯ…. އަޅުގަނޑު ދަރިފުޅު ގޮވައިގެން ބޭރަށް ދާނަން… ” މަނިކު ދެލޯ ފޮހެލަމުން ބުނެލީ އަޔާނާ ރަނގަޅުކުރަން އަޒްމް ކަނޑައަޅައިގެން ކަހަލައެވެ. “މިއަދު ޑިސްޗާރޖް ކުރާނެ… ބޭނުމިއްޔާ ބޭރަށްވެސް ގެންދަންވީ… މިކޮޅުން އާސަންދަ ލިބޭނެ… އަޅުގަނޑު އެކޮޅުން ރަނގަޅު ޑރ އެއް ބަލައިދީފައި އަޔާނާގެ ހުރިހާ ރިޕޯޓުތަކެއް ފޮނުވަދޭނަން،… ހިއްވަރު ކުރަންވާނެ…”

މޫނުމަބަލާ ލޯގަނޑުން އަމިއްލަ ސޫރަ މަނިކު ބަލާލިއެވެ. އަޔާނާ ކުރިމައްޗަށް އަރާއިރު ހިނިތުންވުމެއް އެމޫނުމަތީގައި ހުންނަން މަނިކު ބޭނުންވިއެވެ. އެތަށްފަހަރަކު ލޯގަނޑު ކުރިމަތީގައި ހިނިތުންވާން މަނިކު ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު އެކަން ނާކާމިޔާބު ކޮއްލަނީ ދެލޮލުން ފައިބަމުންދާ ކަރުނައިގެ ސަބަބުންނެވެ. “ބިއްބީ” މަނިކުގެ ކަންފަތް ބުޑުން އިވިގެންދިޔައީ އަޔާނާގެ ލޮބުވެތި އަޑެވެ. ހިނިތުންވެލައިގެން މަނިކުއާއި ދިމާލަށް އަތްދިކޮއްލައިގެން އިން އަޔާނާ މަނިކަށް ސިފަވަމުންދިޔައީ ފާހާނައިގައި އިން ބޮޑު ލޯގަނޑުންނެވެ. އަޔާނާގެ އެ މައުސޫމު މޫނުގައި ފިރުމާލުމަށް މަނިކުގެ އަތް ހަރަކާތްކޮއްލިއެވެ. އެވަގުތު އަޔާނާގެ ތަސްވީރު ފޮހެވިގެން ދިޔައީ މަނިކު ބަލަބަލަ ހުއްޓައެވެ. މަނިކު ހިތްއެވަގުތު ތެޅިލިއެވެ. “އަޔާނާ ބައްޕި މިދަނީ…” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން މަނިކު އަވަސް އަވަސް ކޮއްލުމަށްފަހު ފާހަނައިން ނިކުތީ އަޔާނާ ދެކިލުމަށެވެ.

“މާމާގެ ރަންގަނޑު…. އައްދޯއި ވޭތަ…” ސަމްސިއްޔަ އައިސް އަޔާނާގެ ގައިގަ ބައްދާލިއެވެ. އޭރު އެތާގައި ޝީޔާމާގެ އިތުރުން ނަދީމް އަދި ލައިލާވެސް އިނެވެ. “މާމާ…. ކާކާ…” ހިނުތުންވެލަމުން އަޔާނާ ސަމްސިއްޔައަށާއި އަފީފްއަށް ގޮވާލިއެވެ. ” ކާފަގެ ދޫންޏަށް އޮންނާނެ ގޭގަ ޕްރާސަލްއެއް…” އަޔާނާގެ ބަހުން އަފީފް ޕްރާސަލް ކިޔާލުމުން އެންމެން ފެށީ ހޭންށެވެ. އަޔާނާވެސް ހަދިޔާއެއް ލިބޭތީ އިނީ އުފަލުން ފޮޅިފައެވެ. ހެމުން ދިޔަ އަޔާނާއަށް ބަލަން މަނިކަށް ހުރެވުނީ ދެލޯ ފެންކަޅިވާ ހާލުގައެވެ.

“ބިއްބީ….” އަޔާނާއަށް ދުރުގައި ހުރި މަނިކު ފެނި ދެއަށް ފުޅާ ކޮއްލަމުން ގޮވާލިއެވެ. އެވަގުތު މަނިކުގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނެވެ. ބާރު ހިނގުމެއްގައި ގޮސް އަޔާނާގެ އެ ކުޑަ ހަށިގަނޑުގައި ބައްދާލިއެވެ. “ބައްޕިގެ ރަންދޫނި… ބައްޕިގެ ބޭބީއަށް ކަމެއް ވިޔަ ބައްޕި ނުދޭނަން އެނގޭ…” އޭރުވެސް މަނިކު ހުރީ އަޔާނާގެ ގައިގަ ބައްދައި ގަނެގެންނެވެ. މަނިކު ކިޔަމުން ދިޔަ އެއްޗެހިންނާއި އެ ދެލޮލުން ފެންނަ ހުރި ކަރުނައިގެ އަސަރުން އެންމެންނަށް ކޮންމެވެސް ނުބައެއް އުޅޭކަން އެނގުނެވެ. އެހެން ނަމަވެސް އެވަގުތު ސުވާލު ކުރާކަށް އެކަކަށްވެސް ނުކެރުނެވެ.

“ބިއްބީ… ކޮބާ މިންމި… ބިއްބި ބުނީމެއްނު މިންމި އަންނާނޭ… އަދިވެސް ނާދޭ… ޔާޔާ މިންމި ކައިރިއަށް ދާން…” ތުންކޮޅު ދަމާލަމުން އަޔާނާ މަނިކުއާއި ޝަކުވާ ކޮއްލިއެވެ. “ޝީރީން ހޮސްޕިޓަލްއަށް ނާންނަނީތަ…” ސަމްސިއްޔަގެ އަޑުގައި ނުރުހުންވުން ފާޅުވިއެވެ. އެކަކުވެސް އެއަށް ޖަވާބެއް ނުދިނުމުން ސަމްސިއްޔައަށް ޖަވާބު ލިބުނު ކަހަލައެވެ.

“ބައްޕިގެ ރަންދޫނި ގެއަށް ދާނަންތަ….” މަނިކު އަޔާނާގެ ބުޅި އިސްތަށިގަނޑުގައި ފިރުމާލަމުން އަހާލިއެވެ. އަޔާނާ އަވަސް އަވަހަށް ބޯ ޖަހާލުމުން މަނިކު އެ މަޑު ކޮލުގައި ބޮސްދިނެވެ. ” ޑރ އައިސް ދަރިފުޅު އަތުގައި ހުރި އެއްޗެހި ނެއްޓީމަ ގެއަށް ދާނީ ދޯ….” މަނިކު އަޔާނާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

އޭގެ ދެގަޑިއިރު ފަހުން ނަރުހުން އައިސް އަޔާނާގެ އަތަށް ގުޅާފައިވާ ހުރިހާ އެއްޗެއް ނެއްޓުމަށްފަހު ނޭފަތަށް ގުޅާފައި އިން ދެހޮޅިވެސް ނައްޓާލިއެވެ. އަދި ބިލްގެ ކަންތަށް ހަމަޖެއްސުމަށް ކައުންޓަރަށް ދިޔުމަށް މަނިކު ކައިރިން އެދުނެވެ.

…………………

ގެއަށް ވަދެވުމާއެކު އަޔާނާ ދުވެލައިފައި ދިޔައީ ޝީރީން ހޯދުމަށެވެ. އެހެން ނަމަވެސް އެއްވެސް ތަނަކުން ޝީރީން ނުފެނުމުން އަޔާނާ މަނިކު ކުރެން ސުވާލު ކުރަން ފެށިއެވެ.

“މަންމާ ޝީރީން އެއް ނެއްތަ… ލައީ ދޭބަލަ ބަލާލަން….” ޝީޔާމާ ކޮޓަރިއަށް ވަނުމުން މަނިކު ގޮވާލީ ތަންކޮޅެއް ބާރަށެވެ. “ނެތް.. ބޭރަށް ދިޔައީ ކަންނޭނގެ…” ލައިލާ ދެކޮޓަރި ބެލުމައްފަހު އައިސް މަނިކަށް ޖަވާބުދިނެވެ. “ދަރިފުޅާ މަންމި ވީ ބޭރަށް ގޮސް ކަންނޭނގެ.. މިހާރު އަންނާނެ…. ” އަޔާނާ އުރާލަމުން މަނިކު ބުންޏެވެ.

“ދަރިފުޅާ ބައްޕަމެން ދެން ދަނީ… މާލެ އެރި ގޮތަށް މިދިޔައީ ހޮސްޕިޓަލްއަށް… ދަރިފުޅު ކަމެއް ޖެހުނަސް ގުޅާތި އެނގޭ ބައްޕައަށް….” އަފީފް މަނިކުއާއި ވާހަކަ ދެއްކީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެހާ އަވަހަށް އަފީފް ދާން އުޅުމުން ސަމްސިއްޔައަށް އަފީފް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން އެނގުނެވެ. އެހެންވެ އިތުރު ސުވާލު ތަކަކާއި ނުލާ ސަމްސިއްޔަވެސް އަފީފްއާއި އެކު ނިކުތީ ގެއަށް ދިޔުމަށެވެ.

“ސަމްސިއްޔަ…. ޝީރީން އެ އުޅެނީ ކޮންފާޑަކަށް….” ކޮޓަރީގެ ހަތަރުފާރުން އެތެރެވުމާއެކު އަފީފްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

ނުނިމޭ….

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ހިތް އެކީ ދެވިއްޖޭ… 4

Next

ވާލޯބި އެނގޭނަމަ… 30

Next
December 11, 2016

ވާލޯބި އެނގޭނަމަ… 30

Previews
December 10, 2016

ހިތް އެކީ ދެވިއްޖޭ… 4

5 Comments

  1. Thaathi says:
    December 10, 2016 at 8:19 pm

    Haadha kurey ayana ge age mihaaru kihaa varehtha kamanaa

    1. kamana says:
      December 10, 2016 at 8:24 pm

      Ayana ah 2yrs vy. I knw insha allha maadhan vx part eh genes dheynan. ?

  2. ?mixoo says:
    December 10, 2016 at 8:28 pm

    avaskohlahchey dhen oii bai ves❤

  3. Booooo says:
    December 10, 2016 at 9:36 pm

    Salhi.

  4. raina says:
    December 10, 2016 at 10:11 pm

    kuru ekam reethi

Comments are closed.

All Right Reserved!