Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ… 4

Ryn
December 10, 2016
7 Mins Read
101 Views
25 Comments

އަޔާން ބެލްކަނީގައި އިން ގޮނޑިއެއްގައި މައިޝާ އަތުން ނެގި އެކައުންޓް ފޮތާއި ސްކީމްއަށް ބަލަހައްޓައިގެން  އިނދެ ކޮފީތަށިބޮމުންދިޔައެވެ. ފަހަތުން އޭނާގެ ކަރުގައި މީހަކު އަތްއޮޅާލުމުން އަޔާން ފަހަތް ބަލައިލީ ސިހިފައެވެ. އެއީ ޝާހީނާކަމުން ފުން ނޭވައެއް ދޫކޮށްލާ އަނެއްކާވެސް ކުރަން ހުރި ކަންތަކަށް ރުޖޫއަ ވިއެވެ. “ބޭބީ މިދަނީ ފިހާރައަކަށް ދާން އިނގޭ. ތަރުކާރި ހުސްވެފައި ހުރީ….” ޝާހީނާ ބުނެލިއެވެ. “އެހެންތަ އޯކޭ ހުންނާނެ ކަބަޑުގައި ލާރި ނަގައިގެން ދޭ… އެކަނިންތަ ދަނީ… ދާންވީތަ ގޮވައިގެން؟” އަޔާން ޝާހީނާގެ އަތުގައި ހިފައިފާ ކުރިމައްޗަށް ގެންނަމުން ބުނެލިއެވެ. އޯގާތެރިކަމާއި ލޯތްބާއި އެކުގައެވެ. “ބޭބީ މީ ގޭގެ ހަރަދެކޭ.. އެހެންވީމަ ނުޖެހޭނެ ބޭބީގެ ލާރިން އެއްޗެހި ގަންނާކަށް… އެންމެން ކަންޏާ ޖެހޭނީ އެހެންމީހުންވެސް ލާރިދޭން… ކުރިންވެސް ގަތީ ބޭބީގެ ލާރިން..ބައްޕަ އެހާ މުއްސަނދި… ބޮޑު ކުންފުންޏެއް.. އެކަމު ގޭގެ ހަރަދެއް އެހެން އެއްޗެއް ނުބަލަ… ކަރަންޓް ބިލާ ފެން ބިލާ ކާބޯތަކެއްޗާ ހުރިހާ އެއްޗެއް ވެސް އޮންނަނީ ބެބީގެ ބޮލުގައި…” ޝާހީނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. އަޔާން އަމިއްލަ ނިތްކުރިމަތީ އަތްއަޅާލީއެވެ. “ޝާހީ…. ސީ… މިވަރުވަންދެން މަންމައާއި ބައްޕައޭ ހަރަދުކޮށްދިނީ.. ކިޔަވައިދިނީ.. އެމީހުންނެއް ނުބުނޭ އަޔާން އަމިއްލަ ދިރިއުޅުމެއްނޫންހޭ އަމިއްލަ ކަމެއްނޫންހޭ އަމިއްލައަށް ކިޔަވަން ބޭނުންވާ ދާއިރާއެއްނޫންހޭ އެމީހުން ނުޖެހޭނޭ ހަރަދުކުރާކަށް…. ސޯ ވަޓްސް ދަ ޕްރޮބްލަމް…؟؟ ދުނިޔެމަތީ ލާރިން ލިބޭނެ އެއްޗެއް ނޯންނާނެ… ހަޤީޤީ އުފާވެރިކަން ލިބޭނީ މަންމައާއި ބައްޕައާއި ލޯބިވާ މީހުން ކައިރި އުޅުނީމަ.. ނޯޓްތަށް ގުނީމައެއްނޫން…” އަޔާން ބުނެލީ ހިތްހަމަނުޖެހިފައެވެ. ޝާހީނާ ތުންއަނބުރާލުމަށްފަހު ކޮޓަރިތެރެއަށް ވަދެގެން ދިޔައެވެ. “މިހެން ގޮސް މީނަ ފަޤީރުވާނީ.. ދެން އަހަރެން ކިހިނެއްތަ ހަދާނީ..” އަޔާންއާއި ދިމާލަށް ސިއްރުން ލޯ އަޅަމުން ޝާހީނާ ބުނެލިއެވެ. އެއަށްފަހު ކަބަޑުން ލާރި ނަގައިގެން ދަބަސް އަޅުވާލުމަށްފަހު ހިނގައިގަތެވެ.

ޝާހީނާ ސިޑިން ފައިބައިގެން އައީވެސް މޫނު ހަދައިގެން ހުރެގެންނެވެ. ކުރިމަތިން ހުރަސްކެނޑި އަޔާންގެ މަންމަ ހަމްނާ އަށް އެ މަންޒަރު ފެނި ހުއްޓުނެވެ. “ދަރިފުޅާ ކިހިނެއްވެފަ؟ ހާދަ ރުޅިއައިއްސަ؟” އޯގާތެރިކަމާއި އެކު ހަމްނާ ބުނެލިއެވެ. “ހުރިހާ ކަމެއް އަޔާން ކުރަންޖެހެނީ މި ބޮޑުގޭގައި އުޅޭ އެންމެންވެސް އެހާ މުއްސަނދި އެކަމު ހަރަދު ކުރަންޖެހެނީ އަޔާން.. ކުންފުނި ބަލަނީ އަޔާން… އަޔާން އެންމެ ކުރާހިތްވާ ކަންތަށްވެސް ކުރަމުން.. މިހެން ގޮސް އަޔާން ހުލިވާނީ.. ދެން ފައިސާ ފޮއްޗަކަށް އެދޭއިރަށްވެސް އެ ދޭނެމީހެއް މިގެއަކު ނުހުންނާނެ…” ޝާހީނާ ބުނެލިއެވެ. “ކިހިނެއްވީތަ ދަރިފުޅާ؟ ލާރި ބޭނުންވީތަ؟” ހަމްނާ އަހާލިއެވެ. “ލާރި އެބަހުއްޓޭ މަންމާ.. މައްސަލައަކީ އެ އަބަދު އަތުގައި ނޯންނާނެތީ.. ބައްޕަވެސް ނަމުގައި އޮންނަ ބިޒްނަސްއެއް.. ދޮންބެވެސް ނަމުގައި ބައްޕައަށް އެހީވަނީ… މަންމަވެސް ނަމުގައި ދާ ސުކޫލެއް… ގެއަށް ލާރި ވަދޭ ހުރިހާ ފަރާތަކުން އެކަމު މިގޭގައި ބޯ ހިޔާކޮށްގެން އުޅެވެނީ އަޔާންގެ ލާރިން… ލާރި ބޭނުންވިޔަސް އަޔާންއެއް ނާހާނެ މިއިން މީހެއްކައިރިއަކު.. ވަރުގަދަ ކަމެއް..” ޝާހީނާ އެހެން ބުނެލުމަށްފަހު ހަރުކޮށް ހިނގައިފާ ނިކުމެގެން ދިޔައެވެ.

ހަމްނާ އަށް ވާނުވާ ނޭނގޭ ހާލު ޝާހީނާ ދިޔަ ދިމާލަށް ބަލަންހުރެވުނެވެ. ކުއްލިއަކަށް ސިހިފައި ބަލައިލެވުނީ ފަހަތުން މީހަކު އައިސް ބައްދާލުމުންނެވެ. އެއީ އަޔާންއެވެ. އަޔާންގެ އަތުގައި އޮތް ކޮފީ ހުސްކުރި މަގުގައި ހިފާލަމުން ހަމްނާ އަޔާންއާއި ކުރިމަތިލިއެވެ. “ދަރިފުޅާ ކި….” “މަންމަ އެއްޗެއް އެހުމުގެ ކުރިން ބުނަން ބޭނުމީ ޝާހީ އެހެރީ ކުޑަކޮށް މޮޔަވެފައި.. ލާރީގެ ކަމެއްވެއްޖެއްޔާ ވަރަށް ހާސްވާނެކަން މަންމައަސް އިނގެއެއްނު.. އެއީ އަޅުގަނޑާއި ކުޑަ ހިތްހަމަނުޖެހުމެއް ހިނގައިގެން ރުޅިއައިސް މަންމައަށް އެ ރުޅީ ބޭލީ.. މަންމަ ހާސްނުވައްޗޭ ބުނާނަން ދެން މަންމައަށް އެހެން އެއްޗެހި ނުކިޔާށޭ..” އަޔާން ހަމްނާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަމުން އެހެން ބުނެލީ ހަމްނާގެ ކޮލުގައި ހިފާލަމުންނެވެ. ހަމްނާ ހޭންފެށިއެވެ. “އަނބިމީހާއާއި މާ ގިނައިން ދެބަސްނުވައްޗޭ.. އެއީނު ހުރި ހަމައެކަނި ކުއްޖަކީވެސް…” ހަމްނާ އަޔާންއަށް ނަސޭހަތްތެރިވާގޮތަކަށް ބުނެލިއެވެ. “ތިބުނީ ތެދެއް..  އެކަމް އޭނާގެ ވެސް ފޫހިވާ ކަމަކީ އަބަދު ލާރި ލާރި ވާތީ.. އެއްބައި ފަހަރު ހިތަށް އަރާ ހަމަ ލޯބިވޭ ބާއޭ އަޅުގަނޑު ވާވަރަށް..” އަޔާން ހަމްނާ ގެ ކޮނޑަށް އަތް ވައްޓާލައިގެން ބަދިގެއާއި ދިމާލަށް ދަމުން ބުނެލިއެވެ.

“އޭހް.. އެހެން ނުބުނާނެ… އަންހެންކުއްޖަކު ކީއްކުރަން ލާރީގެ ބޭނުމުގައި އޭނާގެ ދިރިއުޅުން ހަރާބުކުރަންވީކީ ލޯބިނުވާމީހެއްގެ ފަހަތުން ދުވެގެން.. އިނގެންޖެހޭނެ ދޯ ލާރިއަކީ ދާއިމަށް ލިބޭނެއެއްޗެއްނޫންކަން ހުސްވެސް ވާނެކަން އެކަމް ލޯބި އެއީ ދާއިމަށް އޮންނަ އެއްޗެއް… އެހެންވީމަ ޝާހީނާ ކަހަލަ ވިސްނުންތޫނު ކުއްޖަކު ކީއްކުރަން މިކަހަލަ ކަމެއްގައި އުޅޭނީވެސް އޭނާއަކީވެސް ވިސްނޭވަރު ކުއްޖެއްނު.. ގިނައިން ތިކަހަލަ ގޮތަށް ވިސްނަންޏާ ވަރަށް މައްސަލަ ޖެހޭނެ… މިބުނީ ޝައްކުވުމާއި ހުރިހާ ކަމެއް.. އެހެންވީމަ ދެން ތިހެން ނުވިސްނައްޗޭ… ޝާހީނާ ވެސް ވާނެ ލޯބި ހަމަ އަޔާން ވާވަރަށް…” ހަމްނާ ބުނެލިއެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ އުފާވެރި ދިރިއުޅުމަށް އެއްވެސް ހުރަހެއް އެޅޭކަން ހަމްނާ ބޭނުމެއްނުވެއެވެ. އަޔާން ހޭންފެށިއެވެ.

“އެކަމް މަންމާ މިސާލަކަށް ދިރިއުޅުމުގައި އެންމެ ފަހަރަކު ލޯބި ވެފައި ދެން އަނެއްކާވެސް ލޯބި ވެވިދާނެތަ؟؟ މީހުން ބުނޭނު އެންމެފަހަރަކު އޭ ވާނީ..” އަޔާން ހަމްނާ ދޮންނަން ހުރި ތަށިތަށް ތަށި ބަހައްޓާ ހަރުގަނޑަށް ލައިދެން ހުރެގެން ބުނެލިއެވެ. “ވާނެ.. ދެފަހަރުވެސް ތިންފަހަރުވެސް ވާނެ.. މީހުންބުނަނީ ހަޤީޤީ ލޯބިވާނީ އެންމެ ފަހަރަކުއޭ.. ހަޤީޤީ ލޯބިނުވާހާ ހިނދަކު އެލޯބި ދާއިމަކަށް ނުހުންނާނެ.. ހަޤީޤީ ލޯބި ވެވުނީމަ އަމިއްލައަށް އިހްސާސްވާނެ މި ވާނޭ ދާއިމަށް… މިހިތް ދާއިމަށް އެ ކުއްޖެއް އަތުގައި އޮންނާނޭ… މި ހިތުން އެނަން ފިލައިގެން ނުދާނޭ… އޭގެ ކުރިންވެސް ވާނެ ލޯބި އެކަމް އެކަން ކުރިއަށް ނުގޮސްދާނެ.. ކުރިން ލޯބިވިޔަސް ފަހުން ނުވެވިދާނެ.. އެއަށް ކިޔާނީ ހަމައެކަނި ލޯބި.. އަނެއްކާ އަޔާން އިތުރު އަނބިއެއް ގެންނަންވީތަ؟” ހަމްނާ ވާހަކަދައްކަމުން ދިޔައީ އަޔާންއަށް ވިސްނޭގޮތަކަށެވެ. ހަމްނާ ފަހުން ކޮށްލި ސުވާލަކުން އަޔާން ހޭންފެށިއެވެ. “އެހެންނެއްނޫނޭ މަންމާ ދެން އަހާލީ… އެކަމް މަންމައަށް ޔަޤީންތަ ތިކަހަލަ އިހްސާސްތަކެއް ވާނެކަން ހަޤީޤީ ލޯބިވެވުނީމަ؟” އަޔާން އަހާލީ “ލޯބި” އެ ސުރުހީ އޭނާއަށް އަދިވެސް މާ ބޮޑަށް ނޭނގޭތީއެވެ. ޝާހީނާ ދެކެ ލޯބިވިޔަސް އޭނާ ލޯބި އެ މައުލޫއަށް ވަރަށް ބޮޑަށް ވަންނަން ބޭނުންވެއެވެ.

“އަޔާން ދެން މާ ގިނަ ސުވާލުނުކުރޭ.. އަމިއްލައަށް އިހްސާސްވީމަ އިނގޭނެ.. ދެން މާ ގިނައިން ލޯބި ލޯބި ކިޔާކަށް ނުވާނެ މަންމައަށް އޮޅުމަކުންވެސް ދެވޭ މާނައަކުން ދިރިއުޅުން ހަލާކުވާނެ އެކަމާ ވިސްނާ ވިސްނާ…. ޝާހީނާ އާއި އިނީ ލޯބިވާތީނު ދެން ދަރިފުޅު ބުނީމެއްނު ވަރަށް ކައިވެނި ކުރާ ހިތްވެޔޭ ލޯބިވެޔޭ.. ދެން އެ ނިމުނީ އިތުރަށް ނުވިސްނާ… ލޯބީގެ މައުލޫއަށް ވަންނަން މިހާރު ދަރިފުޅުގެ ޝަރުތު ހަމައެއްނޫން… ކައިވެނި ނުކޮށް ހުރިނަމަ ކިޔައިދިނިސް” ހަމްނާ އަޔާން އިތުރަށް ސުވާލުކުރަން ފެށުމުން އެ މައުލޫއަށް ނުދާންނިންމީ އޭނާގެ ވެސް މާޒީގެ ބޮޑުބައި އެ މައުލޫއާއި ގުޅިފައިވާތީއެވެ. އެ ހިތި މާޒީ ހަނދާންކޮށްގެން މި އުފާވެރި ދިރިއުޅުން ހަލާކުވެދާނެތީއެވެ.

“މަންމައަށް ހަޤީޤީ ލޯބި ވެވުނީ ބައްޕަ ދެކެ ދޯ؟” ހަމްނާ ހެނދުނަށް ސޭންޑްވިޗް ހަދަން އެއްޗެހި ރެޑީ ކުރަމުން ދަނިކޮށް އަޔާން އަހާލީ އެކަމުގައި ވެސް ހަމްނާއަށް އަތްގާތްކޮށްދެމުންނެވެ. ހަމްނާ އަޔާންއަށް ބަލައިލިއެވެ. އަދި ބޯ ޖަހާލިއެވެ. “ދެން އަނީލް ބައްޕަ ދެކެ؟” އަޔާން އަހާލިއެވެ. ހަމްނާ ހުއްޓުނެވެ. އަޔާންއަށް ބަލައިލިއެވެ. “އަޔާން ދެން މާ ގިނަ ސުވާލުތަށް ނުކުރެ ދޭ ކޮޓަރިއަށް..މަންމަ ގޮވާލާނަން ކާންވީމަ” ހަމްނާ ބުނެލީ އަޔާންގެ އެ ސުވާލަށް ޖަވާބު ނުދޭންވެގެންނެވެ. “މަންމާ.. އަޅުގަނޑު ކައިރި ބުންޏަސް މައްސަލައަކަށް ނުވާނޭ.. މަންމަ ބުނެބަ ވީ ގޮތް؟ ބައްޕަ ދިޔައީ ކީއްވެތަ؟ ބައްޕަ އެއީ ކާކުތަ؟” އަޔާން އަހާލިއެވެ. ހަމްނާ ފުން ނޭވައެއް ދޫކޮށްލިއެވެ.

“އަޔާން.. މިހާރު ދުވަސްކޮޅެއް ވެއްޖެ ތިހެން އަހާތާ…. އެހެންވެ މިބުނަނީ މިއަދު.. ޖެހޭނެ އަމިއްލަ ބައްޕަގެ ހަޤީޤަތް އިނގެންވެސް… އަޔާން! ބައްޕަ އަކީ ވަރަށް ނުބައި މީހެއް.. މަންމައަކަށް ނޭނގެ މިހާރު އުޅޭ ތަނެއްވެސް… އުޅޭ ގޮތެއްވެސް… މަންމަ އަޔާންއަށް ބަނޑުބޮޑުވިތަނުން ބައްޕަ އެކީ ބަދަލުވި…  ވަޒީފާއިން ކެނޑުނު މަންމަގެ ހަރަދުގައި އެ ދުވަސްކޮޅު އުޅެވުނީވެސް.. ދެން ބަނޑަށް 8 މަސް ވީތަނުން ވަޒީފާއިން ކެނޑެން މަޖުބޫރުވީ… ބައްޕަ އުޅުން އެކީ ބަދަލުވި އެހިސާބުން…އަނިޔާ ކުރަން ފެށި.. މަންމަ ކުރިމަތީ އަންހެނުން ވެއްދި…. ދެން ބަނޑުގައިވެސް އެތަކެއް ފަހަރު….. ދޮންބެ.. ދޮންބެ އަށް ވެސް އަނިޔާ ކުރުން ނޫންކަމެއް ނުކުރެ… ބަނޑަށް 9 މަހުގައި ދޮންބެއާއި މަންމަ ގެއިން ނެރެލީ ވަރިކޮށްފަ. އޭރު ދޮންބެއަށް އެންމެ 3 އަހަރު… އަނީލްއަށް މަގުމަތިން ފެނުނީ މަންމަމެން.. ވަގުތުން އެހީވެދިން…. އެއީ މާތް ހެޔޮ އިންސާނެއް… ދަރިފުޅަށް އަހަރެއްވާން އުޅެނިކޮށް މަންމެން ކައިވެނި ކުރީ….. “ހަމްނާ ފުންނޭވައެއް ދޫކޮށްލިއެވެ. އޭރުވެސް އޭނާ ދިޔައީ މަސައްކަތްކުރަމުންނެވެ.

“މަންމަ އެހެންވީމަ އަނީލް ބައްޕަ ދެކެ ލޯބިއެއްނުވޭ ދޯ؟” އަޔާން އަހާލިއެވެ. “މުހިންމެއްނޫން ލޯބިވާ މީހަކާއި އެކު އުޅުމެއް.. އަނެކާ ލޯބިވާހާ ހިނދަކު ދިރިއުޅުން ބާއްޖަވެރިވާނެ…” ހަމްނާ ބުނެލިއެވެ. އަޔާން ހަމްނާގެ ގައިގާ ބައްދާލިއެވެ. “މަންމާ… އެ ބައްޕަ މަތިން ހަނދާންކޮށްގެން އެންމެ ކަރުނަތިއްކެއްވެސް ވައްޓާލިޔަސް އަޅުގަނޑު އޭނަ ހުރިތާކުން ހޯދައިގެން މަންމަގެ ކުރިމައްޗަށް ގެނެސް މާފަށް އެދުވާނަން..” އަޔާން ބުނެލިއެވެ. ހަމްނާ ހިނިތުންވެލުމަކުން ފުއްދާލިއެވެ. “މަންމައަށް ހީވޭތަ އަޅުގަނޑު މާ އަވަހަށްހެން މި މެރީ ކުރީ؟” އަޔާން އަހާލީ ވިސްނުމެއްގައި ހުރެފައެވެ. “ދަރިފުޅު ތީ މަންމަ ކައިރި އަހަންޖެހޭ ސުވާލެއް ނޫނެއްނު… އަމިއްލަ ހިތާއި ސުވާލުކުރަންޖެހޭނީ.. އެހެންނޫނަސް މިހާރު މާ ލަސްވެއްޖެ ތި ހުރިހާ ކަމަކާ ވިސްނަން..” ހަމްނާ ބުނެލިއެވެ. އަޔާންގެ މައުސޫމްކަމާއި މެދު އޭނާ ހިތާ ހިތުން ޝަކުވާކުރަމުންނެވެ.

“މަންމާ…!!” ބަދިގެއަށް ވަންނަމުން އަނާން ގޮވާލިއެވެ. “މޯރނިން ޕްރިންސެސް… ކުޑޭ މިއުޅެނީ ސޭންޑްވިޗް ހަދަން… ބޭނުން؟” އަޔާން ބުނެލިއެވެ. އަނާން ދެލޯ ބޮޑުކޮށްލާފައި އަޔާން އާއި ކައިރިވެލިއެވެ. އަނާން އަކި އަޔާންގެ “ސްޓެޕް” ކޮއްކޮއެއް ކަމަކު އޭނާ ދެކެނީ އަބަދުވެސް އޭނާގެ ކޮއްކޮއެއް ގޮތުގައެވެ. އަޔާންގެ ދޮންބެ އިޝާންވެސް ދެކެނީ އަނާން އަކީ އޭނާގެ ކޮއްކޮއެއްކަމުގައެވެ.

“ވާއު ކުޑޭ…. އަވަސް… އަވަސް ވަރަށް ހަންގްރީ” އަނާން ބުނެލިއެވެ. ކެތްމަދުވެފައި ހުރެއެވެ. އަޔާން އާއެކޭ ބުނެލުމަށްފަހު ހަމްނާއެކޭ އެއްވަރަށް ސޭންޑްވިޗް ހެދުމައިގެން އުޅުނެވެ. އަނާން ކާ މޭޒުކައިރިއަށް ގޮސް އިށީނދެލިއެވެ. ހަމްނާ އަޔާންއާއި ފަހު ސޭންޑްވިޗްކޮޅު ހަދަން ޖެއްސުމަށްފަހު އޭނާ ދިޔައީ އަނާންއަށާއި އަޔާން ގެ އިތުރުން އަނީލް އަދި އިޝާންއަށް ވެސް ސައިހެދަންށެވެ.

“އަނާ ދަރިފުޅާ ދޭ ދޮންބެއަށާއި ބައްޕައަށް ގޮވަން އަވަހަށް…” ހަމްނާ ގޮވާލިއެވެ. އަނާން ދުއްވައިގަތް އަޑުއިވުމާއި އެކު އަޔާން ހޭންފެށިއެވެ. “ހިތަށް އަރާ އަނާ އުޅޭނީ ކިހިނެއްބާއޭ ބޮޑު ވީމަ..މިހާރުވެސް އެހެރީ އަނގަ ގަދަކަން.. އެންމެ 7 އަހަރު..”އަޔާން ބުނެލިއެވެ. “އަޔާންވެސް ވަކި އުޅެނީ 22 އަހަރުގެ ޒުވާނުން އުޅޭހެނެއްނޫނޭ…” ހަމްނާ ސައިތަށިތަށް ރެޑީ ކުރަމުން ބުނެލިއެވެ. “ދަރިފުޅާ ދެން ބުނެބަލަ ސުކޫލްގައި އުޅެމުން ބިޒްނަސް ފަސޭހަތަ؟ މަޖާތަ ދެން ސުކޫލް؟” ހަމްނާ ބުނެލިއެވެ. އަޔާން އޭރު ސޭންޑްވިޗްތަށް ތަށްޓަށް އަޅާ ރެޑީކޮށްލިއެވެ. “މަންމާ ހަމަ ބަރާބަރު.. ސުކޫލުގައި އުޅެމުން ވިޔަސް ބިޒްނަސް ގެކަންތަށް ކުރަން ފަސޭހައޭ… ސުކޫލު މަޖާ ؟؟ ހީވަނީ ކުޑަކުދިންގެ ތެރެއަކަށް ވަދެވުނުހެން.. އެތިބަ ގުރޭޑް 9 ގަ ތިބޭ ކުދިންވެސް ވަރަށް ބޭބިޝް ދެން އެކަމް ވަރަށް މަޖާ އެކުދިން ތެރޭ އުޅެން.. މަންމައަށް އިނގޭތަ އުޅޭނެ ވަރަށް މަޖާ ކުއްޖެއް އެ ކުލާހުގައި.. އަ..އާލިޔާ ކިޔާނީ.. އާނ.. އޭނާ އެންމެ ފުރަތަމަ ކުރިކަންތަށް އިނގޭތަ؟ އަޅުގަނޑު ސުކޫލްއަށް ދެވުނީ ލަހުންނެއްނު ދޯ ފުރަތަމަ ދުވަހު.. އަނާ ލާފަ ދާންޖެހުނީމަ… އެދުވަހު ބޮޑު ޑްރާމާގަނޑެއް ކުޅެލީ އޭ ކުލާހުގައި މިބުނާ އާލިޔާ..” އަޔާން ހެމުން ހެމުން ބުނެލިއެވެ. އޭނާގެ ހަނދާނަށް އެއިން ކޮންމެ ކަމެއް ސިފަވަމުން ދިޔައެވެ. “އަނެއްކާ ކޮން ޑްރާމާއެއް ކުޅެގެންތަ ތިވަރު ވެފައި ތިހުރީ” ހަމްނާ ބުނެލިއެވެ.

“އަނެއްހެން އެއްވެސް ކުއްޖަކަށް ނޭނގެ އަޅުގަނޑަކީ އެމީހުން އެ ކިޔާ ގޮތުން އަނީލްސަރ ގެ ދަރިއެއްކަމެއް… ދެން އެދުވަހު ދިޔަތަނުން ފެނިއްޖެ މީނަ ގޮނޑިމަތީ އޮވެގެން ޓީޗާރސްގެ ޓޭބަލް މައްޗަށް ފައިލައިގެން އޮތްތަން.. ދެން މިހުންނަނީ ބަލަން.. ހުއްޓާ އިވެނީ ކިޔާ އަޑު އެ ސަރ އަކު ހާދަ ލަހޭ ފައިންޕުޅުވެސް ޖައްސާލިކަމެއް ނޭނގޭ.. ދެން އެކަހަލަ އެއްޗެހި މި ކިޔަނީ ރާގަކަށް.. ދެން ފަހުން މި އިނގުނީ މި ޖައްސަނީ ބައްޕަގެ އެކްޓް ކަން.. މަންމައަށް އިނގޭތަ ހަމަ ބައްޕަގެ ރާގް.. ހަމަ ސީދާ ބައްޕަ… ދެން ކުލާސްކުދިންތަކަށް އަޅުގަނޑު ފެނިގެން އޭނާ ކައިރި ބުނެފި އެހެން ބުނާއިރަށް ތެދުވީ ހަމަ ކުއްލިއަކަށް.. މަންމާ.. އޭނާގެ މޫނު ފެނިފަ ހަމަ ކީކޭ ބުނާނީވެސް… ހަހަހަހަ” އަޔާން އެ ދުވަސް ހަނދާންކުރަމުން ހޭންފެށިއެވެ. އާލިޔާގެ އެ މޫނު އަދިވެސް އޭނާއަށް ސިފަވިއެވެ. “ހަހަހަހަ ސުބުހާނައްﷲ ތިޖެހިނީ ކަންތަކާއި.. ދެން ބުނިންތަ އަނީލް ސަރ އަކީ ބައްޕައޭ…” ހަމްނާ ހެމުން ހެމުން ބުނެލިއެވެ.

“މަންމާ ކީކޭ ބުނާނީ…. އެދުވަހަކު ނުބުނަމޭ އަނެއްދުވަހު ކޮންމެވެސް އެއްޗެކޭ ކިޔަމުން ގޮސް މި ބުނެލީ އަނީލްސަރ އަކީ ބައްޕައޭ ބުނާއިރަށް މީނާ ހަމަ ރަތްވި.. ހާދަ މަޖާވިޔޭ އެކަމް ނުހޭން ވެސް އިނިން ދެން ނޭނގޭ އޭނާ ކައިރި އެކައުންޓުގެ ސުވާލެއްކޮށްލައިރަށްވެސް ބުނެވުނީ އަނީލް ސަރ އަޔާން ސަރ އޭ… މަންމާ އަޅުގަނޑު ސުކޫލުގައި ނޫންނަމަ ހަމަ އަސްލުވެސް ހީހީ ހަލާކުވިސް ސުކޫލްވީމަ މަޑުން ހުރީ.. އަނެއްކާ ދެންމެ ގުރޫޕްތެރޭވެސް ހަނގުރާމައެއް ހިންގާފަ މިއައީ” އަޔާން ބުނެލިއެވެ. އޭނާގެ މޫނުމަތީ ވަނީ އެހެންޏާ ނުފެންނަ ކަހަލަ އުޖާލާކަމެކެވެ. ހަމްނާ ހޭންފެށިއެވެ. “އެކުއްޖާ ފަކީރު.. ނުބައި މީހަކާ ތި ޖެހުނީ އެކުއްޖާވެސް.. ހުސް ކުޑަކުދިން ވިއްޔަ.” ހަމްނާ ބުނެލިއެވެ.

އެއަށްފަހު ދެމީހުން އެކީ މޭޒުމައްޗަށް ތަށިތަށް އަތުރާލިއެވެ. އިރުކޮޅެއްނުވެ އަނާންގެ ފަހަތުން އަނީލްއާއި އިޝާން އައެވެ. އެންމެން ސައި ބޯން އަރައިލިއެވެ. “އިޝާން ކޮން އިރަކުން ރިޝްމާ އަންނަނީ؟؟ ހާދަ ހަނދާންވޭ އެކުއްޖާ ފުޅުމަތިން” ސައިބޯން އިށީނދެލަމުން ހަމްނާ ބުނެލީ އިޝާންގެ އަންހެނުން ރިޝްމާގެ ވާހަކައެވެ. “އިރާދަކުރެއްވިއްޔާ އަންނާނެ މި ހަފްތާތެރޭ… އޭނާގެ ދައްތަގެ އޮޕެރޭޝަން އިން ޝާ ﷲ ސަކްސެސްފުލް ވި..” އިޝާން ބުނެލިއެވެ. “އަލްހަމްދުލިއްﷲ” ހަމްނާ ބުނެލިއެވެ. “ކޮބާ ކުޑޭއްތަ މިއަދު؟” އަނާން ބުނެލިއެވެ. “ކުޑޭއްތަ ވީ ތަރުކާރީ ކޮޅެއް ގަންނަން ގޮސް…” ހަމްނާ ޖަވާބު ދިނެވެ.

“ދަރިފުޅާ އަޔާން ކިހިނެއްތަ ސުކޫލް؟؟ ދަރިފުޅަށް އުނދަގޫވަންޏާ ބުނައްޗޭ ބައްޕަ ބޭނުމެއްނުވޭ ދަރިފުޅު ކުރާ ހިތްވާ ކަމަކަށް އެއްވެސް އުނދަގުލެއް ފޯރާކަށް ބިޒްނަސްގަ އުޅެމުން..” އަނީލް ބުނެލީ ޕާންފޮތި އަނގަޔަށް ލަމުންނެވެ. އަޔާން ސުކޫލަށް ދާންޖެހުމުގެ ސަބަބުން ރަނގަޅަށް އެންމެންނާއި އެކީ ވަގުތުވެސް ހޭދަނުކުރެވެއެވެ. ސުކޫލުން އަންނަގޮތަށް އޭނާ އުޅޭނީ އޮފީހުގެ ކޮންމެވެސް މަސައްކަތެއްގައެވެ. އަޔާން ހަމްނާއާއި ދިމާ ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. “ބައްޕާ އެއްވެސް އުނދަގުލެއްނޫނޭ.. އެން ސުކޫލް ހަމަ ބަރާބަރު… ބައްޕަ ވާހަކައެއް ބުނެލަންތަ؟” އަޔާން ބުނެލިއެވެ. އޭނާގެ ހިފަހައްޓައިގެން އުޅޭ ހިނިގަނޑު ރަނގަޅަށްވެސް ހަމްނާއަށް ފާހަގަވެ ދައްކަން އުޅެނީ ކޮންވާހަކައެއްކަން އިނގުނެވެ. އަނީލް އޭނާގެ ސަމާލުކަން އަޔާންއަށް ދިނީ ބުނާށޭ ބުނާފަދަގޮތަކަށެވެ. “އަޅުގަނޑު ދުވަހަކުވެސް ހިއެއްނުކުރަން ބައްޕަ ކިޔަވައިދެނީ ގޮނޑީގައި އޮވެގެން ޓޭބަލް މަތީ ފައި ބާއްވައިގެން ކަމެއް.. އަދި ރާގްވެސް ތަފާތުކަމެއް އަޅުގަނޑަށް ބައްޕަ ވާހަކަދައްކާ ރަށު ރާގު އިނގުނަސް ސުކޫލުގައި އެހެން ވާހަކަދައްކަފާނެކަމަށް އަޅުގަނޑު ހިއެއްނުކުރަން..” އަޔާން ބުނެލިއެވެ. އަނީލް ކައި ކައި އިން އެތިކޮޅުވެސް ނުދިރުނެވެ. އޭނާ ދެލޯ ބޮޑުވިއެވެ. ހަމްނާ ހޭންފެށިއެވެ.

“ކީކޭ؟؟ ކިހިނެއް އިނގުނީ؟” އަނީލް ހައިރާންކަމާއި އެކު އަހާލިއެވެ. އަނާންއާއި އިޝާން ހޭންފެށިއެވެ. “އަޅުގަނޑު ކިޔަވައިދެން ދިޔަ ކުލާހުގެ ކުއްޖަކު ބައްޕަގެ އެކްޓް ކުރަނިކޮށް ދެވުނީ… ދެން އެމީހުންނަކަށްނޭނގެ އޭރު އަޅުގަނޑު މީ ބައްޕަގެ ކުއްޖެއްކަމެއް… ދެން ބައްޕަގެ ރާގުގަނޑާއި އެކު އެ ކުއްޖާ ބައްޕަގެ އެކްޓް ކުރިއޭ.. ދެން އިނގުނީ މި ވީގޮތް..” އަޔާން ބުނެލުމަށްފަހު ހޭންފެށިއެވެ. އަނީލްވެސް ހޭންފެށިއެވެ. އެ މަޖާ ދުވަސްކޮޅުތަށް މަތިން ހަނދާންވުމުން އޭނާއަށް އަބަދުވެސް ހިނިތުންވެވެއެވެ. “އެދުވަސްކޮޅު ދެން ބައްޕަ ވަރަށް ކޫލްވެލައިގެން އުޅޭތީ ވީ ގޮތެއް އެއީ. އެކަމް ބައްޕަ އެހާ ގުޅޭ ކުލާހަކަށް އޮންނާނީ އެންމެ ކުލާހެއް އެ ކުލާހުގައި އެކަނި އެހެން އުޅުނީ… އެހެންވީވެސް އެ ކުލާހުގެ ކުދިންނާއި މާ ގާތްވެވުނީމަ… އަނެއްކާ ކާކުތަ އެކްޓް ޖެއްސީ؟” އަޔާންކައިރި އަނީލް އަހާލިއެވެ. “އާލިޔާ ކިޔާ ކުއްޖެއް..” އަޔާން ބުނެލުމާއި އެކު އަނީލް ހިނިގަނޑުމަތަ ނުވެގެން ބާރަކަށް ހޭންފެށިއެވެ. އޭނާގެ އިތުރުން އެންމެންވެސް ހޭންފެށީއެވެ. “އޭނާ އެއީ ކުޅަދާނަ ކުއްޖެއް… އަސްލު ވަރަށް ރަނގަޅު ވާނެ މާ ސަކަރާތްގަދައީ.. ބައްޕަ އަދިވެސް ހަނދާންވޭ.. މިހާރު އެކަން ދޫކޮށްލިތާ އަހަރެއްވިޔަސް ވަރަށް ހަނދާންވޭ ހުރިހާ ކަމެއް.. އެން ސްޕެޝަލީ ތިބުނާ އާލިޔާ.. އެއީ ހަމަ މިލިއަނުން އެކެއް.. ބައްޕަގެ ފޭވްރިޓް ދަރިވަރު އެއީ.. ބުނާ ބަސްއަހާނެ..ކިޔެވުމަށް ރަނގަޅުވާނެ.. މީހުންނަށް ޖެއްސުންކުރަން ހަމަ އެއްވަނަ.. މިހާރު އެމީހުން ތިބޭނީވެސް ބޮޑުވެފައި ވިސްނުން ލިބިފަ އެކަމް ތިބުނީވިއްޔަ އެކްޓެއް ޖައްސާލީއޭ ކީކޭ ބުނާނީ ދެން..” އަނީލް ބުނެލިއެވެ. އަޔާންވެސް ހޭންފެށިއެވެ. އާލިޔާ އަނީލްގެ ވެސް ފޭވްރިޓް ދަރިވަރަކަށް ވަނީ ވެފައެވެ. އޭނާ ހަމައެހެންކުދިންނާއި އަޅާ ނުކިޔެނީހެއްޔެވެ؟ އެއީ ހަމަ އެހާ ތަފާތު ކުއްޖެއްހެއްޔެވެ؟

އަނީލް އޭނާގެ ސުކޫލުގެ ވާހަކަތަށް ކިޔައިދެމުން ދިޔައެވެ. އަޔާންވެސް ވީ ހުރިހާ ކަމެއްކިޔައިދެމުންދިޔައެވެ. “ކުޑޭ ލަސްވީ އަޅުގަނޑާއި ހެދިއޭ ދޯ ސޮރީ އިނގޭ ކުޑޭ..” އަނާން ބުނެލިއެވެ. “ނޫނޭ އެއީ މައްސަލައެއްނޫނޭ.. އެހެންނޫނަސް ކުޑޭ ޓީޗަރެއްގެ ކުރިންމީ ބޭބެއެއް.. އަނާން ލަސްވީވެސް ސަބަބަކާއި ހެދިއެއްނު އެހެންވީމަ އޯކޭ ވާނެ..” އަޔާން ބުނެލިއެވެ. “ކުޑޭ ކީއްވެ އަނާގެ ސުކޫލް ޖޮއިން ނުކުރީ؟” އަނާން އަހާލީ ތުންދަމާލަމުންނެވެ. “ކުޑޭ އެންމެ ފުރަތަމަ ޖޮއިންކުރީވެސް އެ ސުކޫލްއެއްނު.. އެހެންނޫނަސް ބައްޕަވެސް އެ ސުކޫލްގައި އުޅުނީމަ އުޅޭހިތްވީ ބޮޑަށް” އަޔާން ބުނެލިއެވެ. އެ ވާހަކަތަކުގައި ސައިބޮއި ނިމި އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ. އަޔާން އަށް  ވިސްނެމުންދިޔައީ އާލިޔާއާއި މެދުގައެވެ. ކީއްވެކަމެއް ނޭނގެއެވެ. އާލިޔާ އުޅުނުގޮތް ރީއްޗަށް ކުރިމަތިން ފެންނަފަދައެވެ.

ނުނިމޭ

97
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ވާލޯބި އެނގޭނަމަ… 29

Next

އިންތިހާއަށް އާދޭސް 17…

Next
December 10, 2016

އިންތިހާއަށް އާދޭސް 17…

Previews
December 10, 2016

ވާލޯބި އެނގޭނަމަ… 29

25 Comments

  1. Ryn says:
    December 10, 2016 at 6:42 pm

    Hello.. Here is the 4 th part.. Hykuran rythi vaane kamah and thankyou 😉 tc

  2. Boo says:
    December 10, 2016 at 6:45 pm

    Rythi.. Varah reythi…

  3. raina says:
    December 10, 2016 at 7:00 pm

    Ryn.. thanks up koh dhiny ma…story hama habeys..speecheless

  4. Shahina says:
    December 10, 2016 at 7:02 pm

    Masha allah nice.n thank ryn.but haada lahun ti up kuree.next part konirakun.waiting waiting waiting.next part avas kohlahchay ryn.

  5. Almaa says:
    December 10, 2016 at 7:06 pm

    Wowooo salhiey next part ge inthixaaruga

  6. Booooo says:
    December 10, 2016 at 7:14 pm

    Ayaange geythere dhakkaalee dho. Aliyage bai kudaveemaa kudakoh odd.
    And ayan wife saibokah naadheytha?
    ☺☺☺
    Aslu varahreethi.

  7. Jee says:
    December 10, 2016 at 7:14 pm

    Varah reethi mi part ves.. when is the next part?
    Hardly waiting for the next part?

  8. Rizoo says:
    December 10, 2016 at 7:15 pm

    Wow. V salhi. ❤?????

  9. Faathee says:
    December 10, 2016 at 7:27 pm

    Story hama haabeyss. Masha Allah. Ekamku mulhi episode gotha thi dhiyaee diloge baa. Ehenve kuda koh foohi. I mean diloge baa ves vaane genan.. but eyge ithurah ehen kantha ves aa nama aslu episode enme furihama vaani..

  10. Emneez says:
    December 10, 2016 at 7:30 pm

    Hmm aliya ge step dad and ayaan ge dad I’d the same dw varah heevey ehen…. alyaa ge bai madhu kamun ehaa reecheh noon mi prt eh ??
    Dhen inna prt aku ekan rangalhu kohlaane kamah ummeedhu kuran and sifa kurun thah mi prt ga what nei kamah faahaga kurevey like imagine kohlevey kahala sifa kurun thah ekam I like ayaan ge family and his dad is so awesome ekahala teacher eh libeyne nama dw hehehe ☺☺☺
    I hope u will take care of what I said overall koh story is nice

    1. Emneez says:
      December 10, 2016 at 7:55 pm

      Is*

  11. Ifaa says:
    December 10, 2016 at 7:51 pm

    nice mi prt vx dhen kon irakun nxt prt up koh dheynee ryn???

  12. ?mixoo says:
    December 10, 2016 at 8:24 pm

    salhi ingey..
    waiting for the next part

  13. Rehendhi says:
    December 10, 2016 at 8:29 pm

    Anbieh, noone liyaaneekee… Ammbeh. Dhn loabieh, noon loabeh lngey. Egothah liyumeema v odd. And nice this story…

  14. Reexa says:
    December 10, 2016 at 9:20 pm

    Maasha Allah.. varah hahbu… but mihaarah vure vaahaka dhigukohla dhyba.. waiting for the next part

  15. shahu says:
    December 10, 2016 at 9:31 pm

    Reethikan………….. alhe ayan a aaliya gulhuvahchey. Story vvv super.

  16. imoo says:
    December 10, 2016 at 10:00 pm

    vvvvv reethi nd i love it … thank u ryn .. …. u r just a great writer.. wish u all the best 4 future writings

  17. Chapo says:
    December 10, 2016 at 11:38 pm

    ryn ur best writer. I loved this tooo. hope dhen oiybaaves awahah up kohdheyne kamah.

  18. Maari says:
    December 10, 2016 at 11:46 pm

    Nice mi part vxxx.. Ekm eha nice eh nun Aly ge bai nayma mi part ga

  19. Sm 1 says:
    December 11, 2016 at 2:19 am

    Thy alifushi reena tha?

    1. Ryn says:
      December 11, 2016 at 8:15 am

      Lol no darl… If u r talking abt R.Alifushi dhn tbh I’m from an island near alifushi but not alifushi….

  20. Sm 1 says:
    December 11, 2016 at 2:22 am

    V curious vehjje, e rashu kudhin v slhi story liya leh, btw ryn kiyaathy alufushi kuhjjeh buny ryn kiya kuhjjeh hureyo v reethi kh stiry liya, thy reena tha

  21. Ryn says:
    December 11, 2016 at 8:17 am

    Thankyou everyone. ?

  22. Fin says:
    December 11, 2016 at 10:22 am

    Vvvv salhi mi story… Avahah up kohdheche next part vxxx

  23. Faxoo says:
    December 13, 2016 at 4:25 pm

    Ryyn vrh lwbi mi part ves. Aliya vrh lwbi koh dhw ulheny 😀 faxu ahhama sifa vany 😛

Comments are closed.

All Right Reserved!