Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ… 29

Ushaali Level 810 Stories100 Comments100 Stories500 Comments
December 10, 2016 9 Mins Read
19 Comments

ސްކޫލުގައި އޮތް އިސްވެރިންގެ ބައްދަލުވުމެއް ނިންމާލުމަށްފަހު އަލްޔާ އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ފޯނު ނަގާ ލޫކަށް މެސެޖެއް ކޮށްލީ ނިމުނު ކަމަށާއި އޭނާ ބަލާ އައުމަށް އެދިފައެވެ. އެއަށްފަހު އަލްޔާ މަސައްކަތްކުރީ ލޫކް އައުމުގެ ކުރިން ފާހާނާއަށް ވަދެލުމަށެވެ.

ކޮޓަރި ތަޅުލުމަށްފަހު އަތް ދަބަސް ހިފައިގެން އަލްޔާ ސްކޫލުން ބޭރަށް ނިކުތް އިރު ލޫކް ހުރީ ދޮރުމަތީގައެވެ. އަލްޔާ އައިސް ކައިރިއަށް ހުއްޓިލުމާއެކު ލޫކް ހީލިއެވެ. އަލްޔާ ވެސް ހީލަމުން ލޫކް ގެ ފަހަތަށް އެރިއެވެ.

“އަދި ތި ނިމުނީ… މިހާރު ޓެން ވަނީ…..” ލޫކް އޭނާގެ އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ބުންޏެވެ. އަލްޔާ ހީލިއެވެ.

“ކީއްކުރާނީ… މުބާރާތާއި ބެހޭ ހުރިހާ ކަމެއް ނިންމާލީ މި. ދެން ލައި ކުރަން ޖެހޭ ކަންތައް މަދުވާނެ. ދެން ލައި ޖެހޭނީ ލީޑީންގް ޓީޗަރ ތައްޔާރުކުރާ ލިޔުންތައް ޗެކް ކޮށް އޭގައި ސޮއި ކުރަން. އެހެންނޫނަސް މާދަމާ ނޫން އަނެއް ދުވަހުން ފެށިގެން ޗުއްޓީއެއްނު. އެހެންވީމަ ނުކުރެވި ހުރި ބައެއް ކަންތައްކުރަން ނިންމައިގެން މިހުރީ… މާދަމާ އާއި މާދަމާ ރޭ ވަރަށް ބިޒީ ވާނެ” މަޖީދީމަގު ހުރި ގޮތަށް ހެންވޭރާއި ވީ ކޮޅަށް ދުއްވަމުން ދިޔަ ލޫކް ފޫހިކަމެއް ނެތި އަލްޔާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އިނެވެ.

“ހޫމްމ… ދެން ކޮންތާކަށް ދާނީ… ގެއަށްތަ ގެންގޮސްދޭންވީ” ލޫކް އަލްޔާގެ ހިޔާލެއް ހޯދާލިއެވެ.

“ނޫނޭ… ގެއަށްދާން ބޭނުމީ ފަހުން… ލޫކް! ހިނގާ ކޮންމެސް ތަނަކަށް ދާން…. ހިނގާބާ ލައި އާއެކު މި ކާރޑްތައް ހިފައިގެން. އެބަޖެހޭ ދެ ގެއަކަށް ދާން… އެއީ ލައިގެ ވަރަށް ހާއްސަ ފަރާތެއް.. އެމީހުންނަށް ކާރޑް ދޭން ބޭނުމީ ލައި އަތުން” އަލްޔާ ބުނި ބުނުމަށް ލޫކް އޭމާގެ ސައިކަލް އަލްޔާ ބުނި ގެތައް ކައިރިއަށް މަޑުކުރަމުން ދިޔައެވެ. އަލްޔާ އާއި އެކުގައި ކިޔެވި ދެ އަންހެންކުއްޖަކަށް ކާރޑްދީ ނިންމާލުމުން ލޫކް އަނެއްކާ ވެސް އަލްޔާ ގޮވައިގެން ވަކި މިސްރާބެއް ނެތި ދުއްވަމުން ދިޔައެވެ.

“ލައި ކުރުނބާ ބޯނަންތަ” ލޫކް އޭނާ އަށް މޮޅު ހިޔާލެއް އައުމުން އަލްޔާ ކުރެން އަހާލިއެވެ.

“ހޫމްމ… ރަނގަޅު ހިޔާލެއްތީ” އަލްޔާގެ ޖަވާބު ލިބުމުން ލޫކް ސައިކަލުގެ މިސްރާބު ބަދަލުކުރީ ގާޑިޔާތަކާއި ދިމާލަށެވެ. ދެމީހުން އެކުގައި ކުރުނބާ ބޮއެގެން މުޅި މާލޭގައި ދުއްވާ ވަރުބަލި ވުމުން އެންމެފަހުން މަޑުކޮށްލީ ރަސްފަންނު ކައިރިއަށެވެ. ސައިކަލް ޕާރކް ކުރުމަށްފަހު ލޫކް އަލްޔާ ގޮވައިގެން ތަންކޮޅެއް މީހުން މަދު ހިސާބެއްގައި އިށީނދެލިއެވެ.

މޫދަށް ކުރިމަތިލައިގެން ތިބެ އެކަކު ވެސް ބަހެއް ނުކިޔާ ހިމޭނުން އިރުކޮޅަކު ތިއްބެވެ. އެކަން ދެމީހުންނަށް އިހުސާސް ވުމާއެކު ދެމީހުންނަށް އެއްކޮށް ހެވުނެވެ. ކުރިމަތީގައި އޮތް މޫދަށް އަލްޔާގެ ނަޒަރު ސީދާކޮށްލުމާއެކު ލޫކް ބަލަންފެށީ އަލްޔާގެ މޫނަށެވެ.

“ވާހަކައެއް އަހާލަންތަ” ލޫކަށް ބަލާލަމުން އަލްޔާ އަހާލިއެވެ.

“ރީތި އެއްޗެއްސަށް މީހުން ބަލާނީ. އެހެންނޫނަސް އަހަރެން ބަލާނެ އިތުރު މޫނެއް ނެތް ތި ނޫން” ލޫކް ބުނި އެއްޗަކުން އަލްޔާ ކައިރިއަށް ވަރަށް ހިނިއައެވެ. އަލްޔާ ހޭތަން ފެނުމުން ލޫކް ކައިރިއަށް ވެސް ހިނިއައެވެ.

“ކިހިނެއްތަ ލޫކަށް އެނގުނީ ލައި އަހަން އުޅުނީ އެސުވާލު ކަމެއް” އަލްޔާ މަޖާވެލާފައި ސުވާލު ކުރިއެވެ.

“ދެން އެނގިދާނެއްނު. މި ވޭތުވެދިޔަ ދުވަސްތަކުގައި އަހަރެން ލައި ގެ ސިކުނޑި ވަރަށް މޮޅަށް ކިޔަވައިފިން” ލޫކް ބުންޏެވެ.

“ލައި ދާނަންތަ އަހަރެމެންގެ ކައިވެނީގެ ފަހުން ރަށަށް… މިބުނީ އަހަރެމެންގެ ރަށަށް” ލޫކް ސީރިޔަސް ވެފައި އަހާލިއެވެ.

“ލޫކް އަހަރެން ގެންދިޔަ ކޮންމެ ތަނަކަށް ދާނަން…. މިހާރު ރަށު ގޭގައި ކާކު އުޅެނީ…” އަލްޔާ އޭނާގެ ހިތުގައި އުފެދުނު ސުވާލެއް ކޮށްލިއެވެ.

“ހެހެހެ… ހުސް ޖިންނި” ލޫކް އަލްޔާ އާއި ސަމާސާ ކޮށްލިއެވެ. އަލްޔާގެ ދެލޯ ބޮޑުވިތަން ލޫކަށް ފެނުމުން ލޫކް މަޖާވިިއެވެ.

“ދެން….އަސްލުތަ؟….. ތީ ޖޯކެއް ދޯ…..” އަލްޔާ ލޫކަށް ބަލާލަމުން ބުންޏެވެ.

“ދެން ލައި ވެސް ދޯ… ޖިންނިން ވެސް އުޅޭނެ ދޯ… އެކަމަކު އަލުވިމާގެ އަކަށް ނުވަދެވޭނެ. ވަން ޖިންނިއެއް ފަހުން ބިޑި އަޅުވައިގެން ނެރޭނީ” ލޫކް މަޖާ މޫޑެއްގައި އެގޮތަށް ވާހަކަދައްކަން ފެށުމުން އަލްޔާ އަށް ވެސް މަޖާވިއެވެ.

“އަސްލު ބުނެބަލަ އެގޭގައި އުޅެނީ ކޮންބައެއް” އަލްޔާ އަހާލިއެވެ.

“ގެ ހުންނާނީ ވަރަށް ރަނގަޅަށް ހަދާފައި އަހަރެމެންގެ ފެންވަރުން. އެއްފަރާތް ހުރި ގޮތަށް ހުންނާނީ ބަޔަކަށް ކުށްޔަށް ދީފައި. އެމީހުން އެތަނުގައި ފިހާރައެއް ހަދައިގެން އުޅެނީ…ދެން އަނެއް ފަރާތް ހުންނާނީ އަހަރެމެންނަށް… މިދުވަސްކޮޅު މަންމަގެ ގާތް ބައެއް ގޭގައި އުޅޭ ކަމަށް ވަނީ. އިރާދަކުރެއްވިއްޔާ މިހާރު އަހަރެމެންނަށް ލިބޭ. އަތްމަތި ދައްޗެއް ނޫން. ދޮންބެ ވެސް ސެކިއުރިޓީ ގާރޑެއްގެ ވަޒީފާގައި އެ ހުންނަނީ.. ދުވާލަކު ބާރަ ގަޑީރު ޑިއުޓީކޮށްގެން ގާތްގަނޑަކަށް މަށާ އެއްވަރަށް ލާރި ހޯދާ… ދެން އަދި އިތުރުން ހިސާބުގަނޑު މީހުންނަށް ކަރަންޓް މަސައްކަތް ވެސް ކޮށްދޭނެ. އެގޮތަށް ވެސް ބައެއް ދުވަސް ދުވަހު ގެންނާނެ ފުދޭ ވަރަކަށް ރުފިޔާ…. ދެން ދޮންބެދައްތަ ގޭގައި އިނދެ ފަހާފަހާ މިހާރު ނިދަން އޮވެ ވެސް ފެހެމުގެ ހަރަކާތްތައް ކުރާކަމަށް ދޮންބެ ކުރިން ދުވަހަކު ބުނި……ބައްޕަ ވެސް ބާޒާރުމަތީ ގޮޅިއެއްގައި އިންނަނީ…މަންމަ ވެސް ހެދިކާ ހަދާފައި ކައިރި ފިހާރަތަކަށް ގެންދާނެ…..ދެން ނައުފާން ކޮއްކޮ ނުލާހިކު ރަނގަޅަށް ފާސްވީ.. ކިޔަވަން އެހުންނަނީ މެލޭގައި” ލޫކްގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނީ އެއީ އޭނާގެ އާއިލާ އަށް ވެސް ވީތީއެވެ.

“އަސްލު ލައި އަށް އެނގޭތަ…. މިގެއަށް އަހަރެމެން ކުށްޔެއް ނުދައްކަން… މިއީ މަންމަގެ ދެބެންގެ ދެދަރި މީހަކު މަންމަ އަށް ކޮށްދިން ކަމެއް. އެމީހުން މީގެ އަހަރެއް ކުރިން ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލުކުރީ ކޮންމެސް ބޮޑު ކަމެއް ވެގެންނޭ މަންމަ ބުނީ…. މަންމަ ކައިރީ އާދޭސްކުރީ އެގެ ބަލަހައްޓަދޭން އަންނަން. ދެން އެދުވަސްކޮޅު އެއީ ބައްޕަ މަހަށް ނިކުމެ އުޅެނިކޮށް ދޯނީގެ ވަތު ތެރެއަށް ވެއްޓި ބޮޑު އަނިޔާއެއް ލިބިގެން އުޅުނު ދުވަސްކޮޅެއް ވީމަ އައީ…. އެކަމަކު އިރާދަކުރެއްވިއްޔާ މިގެ އެގްރިމެންޓް ހަދައިގެން ކުށްޔަށް ނަގަން މިއުޅެނީ…  އަބަދު އަބަދު ބައްޕަ މާލެ ގެނެސްގެން ޑޮކްޓަރަށް ދައްކަން އުނދަގުވާނެތީ…” މިއަދު ލޫކް އަލްޔާ އަށް އޮޅުންފިލުވާ އެދިނީ އޭނާ އެނގެން ބޭނުންވެފައި ހުރި ސުވާލުތަކެއްގެ ޖަވާބެވެ. ލޫކް ގެ ދިރިއުޅުން މާލެއަށް ބަދަލުކުރި ގޮތް އޭނާ އެހުންނަނީ ލޫކް ކައިރީ އަހަން ކަމަށެވެ.

“ދެން ކައިވެނީގެ ފަހުން ލޫކް ރަށަށް މުޅިން ބަދަލުވާނީތަ” އަލްޔާ އަހާލިއެވެ.

“ނޫނޭ… ލައި ކަނޑާލައިގެން ގެންދަން އަހަރެން ހިތަށް ވެސް ނާރުވާނަން. ލައި ގެ ލައިފް ގެ ކޮންމެ ކަމެއް ނިންމުމުގެ ހުރިހާ އިހުތިޔާރެއް އަހަރެން ލައި އަށް ދޭނަން…. ދެން އަނެއްކާ މަށަކަށް މާލެ ދޫކޮށްފައި ނުދެވޭނެ… ސަރ މެން މަށެއް ދުލެއް ވެސް ނުކުރާނެ” ލޫކް ގެ ވާހަކަތަކުން އަލްޔާ  ހިތްހަމަޖެހުނެވެ. ހަގީގަތުގައި އޭނާ ވެސް ވަޒީފާ ގެއްލުވާލަން އަދި ބޭނުމެއް ނުވޭއެވެ. ސަބަބަކީ އޭނާގެ ބައްޕަގެ ވަޒީފާ މާލެއަށް ބަދަލުވާން އަދި ފުދޭ ވަރަކަށް ދުވަސް ނަގާނެތީ އޭނާ ވިސްނަންޖެހޭ ކިތަންމެ ކަމެއް އަދި ހުރީއެވެ.

“ލައި ނުވިސްނަންތަ ލައި ގެ ރަށަށް ދާން” ލޫކް އަހާލިއެވެ.

“ނުވޭ ރަށަށް ދާހިތެއް… އެހެންނޫނަސް މިހާރު ގޮސް ހުންނާނެ ތަނެއް ވެސް ނެތް. ބޮއްތިމެން ރަށަށް ބަދަލުވި ދުވަހަކުން ނޫން ގޮތަކަށް ޗުއްޓީއަކަށް ވެސް ނެތިން ރަށަށް ދާކަށް….” އަލްޔާ ފޫހިކަމާއެކު ބުންޏެވެ.

“އެއީ ކީއްވެޔޯ… ކޮބާ ލައިމެންގެ” ލޫކް ހައިރާންވެފައި އަހާލިއެވެ.

“ލައި ބަލިކޮށް ލަންކާގައި ބޭސްފަރުވާ ކުރަމުން ދިޔަ ދުވަސްކޮޅު ގެ ވިއްކާލީ…. މިޒަމާނު ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ގެެއެއް ގަންނާނެ ފަރާތެއް ނުވެއެއް ނުދާނެއްނު. ވިއްކާލީ ވެސް ރާއްޖޭން ބޭރު އާއިލާ އަކަށް. ޑޮލަރުން ފައިސާ ދޭގޮތަށް” އަލްޔާ ލޫކަށް އޮޅުން ފިލުވާ ދެމުން ދިޔައެވެ.

“އެހެންނޫނަސް އެރަށުން ލައި އަށް ވޭނާއި ހިތްދަތިކަމާއި ދޯކާ ނޫން އެއްޗެއް ނުލިބޭ… އެރަށުގައި ފަސްގަނޑުގައި ފައިޖައްސާ ހިތެއް ނުވޭ…. އަނެއްކާ އެހެން ޝައްޔަމް އެއް ފާޅުވިއްޔާ ކިހިނެއްވާނީ” އަލްޔާ މަޖާވެލާފައި ބުންޏެވެ. އަލްޔާގެ އެ ސަމާސާ އިން ލޫކް ކައިރިއަށް ހިނިއައެވެ.

ދެމީހުން އެތަނުގައި ތިބުމަށްފަހު ގެއަށް ދާން ހިނގައިގަތީ އަލްޔާ ލަސްވެގެން މިޔާނާ އަލްޔާގެ ފޯނަށް ގުޅަން ފެށުމުންނެވެ. ލޫކް އަލްޔާ އަތުގައި ހިފާލައިގެން ރަސްފަންނުން ނިކުމެގެން ގޮސް ސައިކަލަށް އަރާ ދުއްވާލުމާއެކު ގޯޅި ތެރެއިން ނިކުތް އެއްކަލަ ތިންވަނަ ލޯ ލޫކްމެންގެ ސައިކަލާއި ދިމާލަން ބަލަން ހުއްޓެވެ. ސައިކަލް ގެ ލޯގަނޑުން އެމީހުންނަށް ބަލަން އެމީހަކު ހުރިތަން ފެނުމުން ލޫކް ދުވެލި މަޑުކޮށްލުމަށްފަހު އެމީހާގެ މޫނު ރަނގަޅަށް ބަލާލުމަށް އެނބުރުނު އިރު އެމީހަކު ފެންނާކަށް ނެތެވެ.

“ކިިނެއްވީ ލޫކް؟ ތިހެން ހެދީމަ ލައި ވަރަށް ބިރުގަނޭ….” ލޫކް ކުއްލިއަކަށް ބުރެކި ޖެއްސުމުން މޭގައި އަތް އަޅާލައިގެން އިނީ ހިތަށް ވަން ބިރުވެރި ކަމަކުންނެވެ.

“ސޮރީ ޕްރިންސަސް…… ކަމެއް ނުވޭ… ހިނގާ ދާން ދޯ…” މިވަގުތު ލޫކް ގެ ހިތަށް އަރަމުންދާ އެއްޗެއް އަލްޔާ އަށް ކިޔާދީގެން އަލްޔާގެ ހިތް ނުތަނަވަސް ކުރުވަން ބޭނުންނުވާތީ ލޫކަށް މަޖުބޫރުވީ އަލްޔާ އަށް އޮޅުވާލާށެވެ. ނަމަވެސް އެއީ ކާކު ހެއްޔެވެ؟ އޭނާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެމީހަކު ފާރަ އެލަނީ އަހަންނަކަށް ކަން ޔަގީނެވެ. ކުރީ ރޭގައި ގޭ ކައިރިން ވެސް އެފެނުނީ ގައިމުން އަހަރެންނަށް ފާރަލާތީ ނޫން ހެއްޔެވެ؟ ހިތުގައި އެތަކެއް ސުވާލުތަކެއް ފުނި ޖަހައިގެން އިނދެ މަޑުމައިތިރި ކަމާއެކު ލޫކް ދުއްވަމުން ދިޔައެވެ.

“ވާއޮ… ލައި އެކަމު ހާދަ ބޮޑޭ މި ޑްރެސް….. މަގޭ ޑްރެސް އަށް ވުރެ ދެ ގުނަ ރީތި… ސަޅި… ލޫކް ގެ ޑްރެސް އެގެއަށް ފޮނުވީތަ…..” އަލްޔާގެ ވެޑިންގް ޑްރެސް ހިފައިގެން އިނދެ ސަޖޫލް އޭގައި ފިރުމަމުން ދިޔައެވެ.

“ލައި ދޭބަލަ ހެދުން ލައިގެން އަންނަން…. އެކަނި ވާނެތަ” ރަފީފާ އަލްޔާ އަށް ގޮވާލާފައި ބުންޏެވެ. ވެޑިންގް ޑްރެސް އާއި އެކު އޭނާ އަރާ ހީލް ހެޔޮވަރުކުރަން އުޅުނު އަލްޔާ އަށް ގޮވާލަމުން ރަފީފާ ބުންޏެވެ.

އާއެނކޭ ބުނުމަށްފަހު އަލްޔާ ހެދުން ހިފައިގެން އޭނާ ނިދާ ކޮޓަރިއަށް ވަނެވެ. ނަމަވެސް އެކަނި ހެދުން ލާން އަލްޔާ އަށް އުނދަގު ވުމުން އަލްޔާ އަށް ޖެހުނީ ރަފީފާ ވައްދާށެވެ. އެކުގައި ޝަރީފާ ވެސް ވަނީ އެކަމަށް ރަފީފާ އެދުމުންނެވެ. ހެދުމުގައި ހަރުކޮށްފައި ހުރި ރަތްކުލައިގެ ފާޑަކަށް ދާ ފަނޑު އެސްތަކަށް ގުޑުމެއް އަރާފާނެތީ އެމީހުން އަލްޔާގެ ހަށިގަނޑަށް އެހެދުން މެހީ ވަރަށް ބަލައިގެންނެވެ.

“މާޝާﷲ…. ވަރަށް ފުރިހަމަ….. ހީވަނީ ހަމަ ލައިއަށްޓަކައި ވަކިން ތައްޔާރުކޮށްފައިވާ ހެދުމެއްހެން…..” ރަފީފާ ބުންޏެވެ. އޭރުވެސް ޝަރީފާ ހެދުމުގެ ކޮންމެސް ތަނަކަށް ދަމަދަމާ ހުއްޓެވެ. އެހެދުން އަލްޔާގެ ލޫޅާފަތި ހަށިގަނޑަށް ހެޔޮ ވަރަށް ހުރިއިރު ހެދުމުގެ ފަހަތުން ގުޅުވާލާފައި އޮތް ހުދާއި ރަންކުލައިން އެއްވެފައި އޮތް ލޭސްގަނޑު މާދުރަށް ފެތުރިފައި އޮތެވެ. އަލްޔާ ދެއަތުން ހިފާލުމުން ވެސް ހެދުމުގެ ތިރިއަށް ބަރުކަމުން ފައިތިލަ ފެންނަ ވަރަށް ވެސް އުފުލާ ނުލެވުނެވެ.

“ލޫކް އަޑުތަ އެއީ” ބޭރުން އިވުނު ފިރިހެން އަޑު އަލްޔާ އަށް ނޯޅުނެވެ. އެއީ ހަމަ ލޫކެވެ. ލޫކް އޭނާގެ ހެދުން ހެޔޮވަރު ކުރުމަށްފަހު ކުޑަތަންކޮޅެއް މައްސަލަ އުޅޭތީ ރަނގަޅު ކުރުމަށް ދިލްކޮކާގެއަށް ހިފައިގެން އައީ ރަފީފާ ބުނުމުންނެވެ.

“ހިނގާ މިޔާނާއްތަ އަށް ދައްކާލަން….” އަލްޔާ އަތުގައި ހިފާލަމުން ރަފީފާ ބުންޏެވެ.

“ނުކެރޭނެ….ލޫކް އެބަހުރި” އަލްޔާ ކޮޓަރިން ބޭރަށް ނިކުންނަން ދެކޮޅު ހެދިއެވެ.

“ސާބަހޭ… ބަލަ އެސޮރަކާއި ނޫންތަ އިންނަން ތިއުޅެނީ… ގެނޭ ބާލާފަ ތިހެދުން ލައިގެން މަނިކުމެފާނަން…… މާ ރަނގަޅެއްނު. ލޫކް އޭރުން އިންނާނީ މަށާއެއްނުން….. އެހެންޏާ ފަހެ……ބަލަ ފިރިހެން މީހާ ތިމާއަށް އިތުރަށް ހިތް ޖައްސަން ބޭނުންނަމަ ބައެއް ކަހަލަ ކަންތައްވާނެ ހިތް ނޭދުނަސް ކުރަން… ނިކަން ތި ހެދުމުގަ ނިކުމެބަލަ. ލޫކް ހުންނާނީ ހަމަ ސޮނި ވެއްޓިފަ…. އޭނަގެ ކުރިމަތިން ނިކަން ފަރި ހިނގުމެއްގައި ހިނގާފައި ގޮސް މަންމަ ކުރިމަތީގައި ހުއްޓޭނީ….” ޝަރީފާގެ ވާހަކަތައް ހުރި ގޮތުން ރަފީފާ ހުރީ ހިނިން ބިނދޭވަރު ވެފައެވެ.

އެންމެފަހަށް އަލްޔާ ހެދުމާއެކު ކޮޓިރިން ބޭރަށް ނިކުތީ އޭނާ ކުރިން ވެސް އަޅައިގެން ހުރި ގޭތެރޭ އަޅާ ކުޑަ ބުރުގާ ކޮޅުގައެވެ. ސޯފާގައި ސަޖޫލް ދިއްކޮށްލި ފެންތަށީގައި އަތްލާން ވެސް ނޭނގިފައި ލޫކް އިނީ އޭނާގެ ލޯބިވާ މައުޝޫގާ ކައިވެނި ހެދުމުގައި ހުރުމުން އެހެންދިމާލަކަށް ނަޒަރު ސީދާކުރަން ނުކުޅެދިފައެވެ. އަލްޔާ ކޮޓަރިން ނިކުތްތާ މާފަހުން ޝަރީފާ ނިކުތީ އެ ހެދުމުގެ ފަސްބައި ހިފައިގެންނެވެ. މިޔާނާ އޭނާގެ ދަރިފުޅު އެސްފީނާ އިން ސަލާމަތްކުރައްވާތޯ ހިތާހިތުން ދުއާ ކޮށްލިއެވެ.

ލޫކަށް ވެސް އަލްޔާ ކައިރިއަށް އާދެވުނީ އޭނާގެ އިހްތިޔާރުގައެއް ނޫނެވެ. ނަމަވެސް އަލްޔާ ލޮލުން ކޮށްލި އިޝާރާތަކަށް ހުރި ހިސާބުގައި ލޫކް މަޑު ޖެހުނެވެ. އެހެނީ ލޫކް އަލްޔާ އާއި ކައިރިވެއްޖިއްޔާ ދެން އޭނަ ކުރާނީ ކޮންކަމެއް ކަން އަލްޔާ އަށް އެނގޭ ކަހަލައެވެ. އެންމެފަހަށް އަލްޔާގެ ސޫރަ ފެންނަން ހިސާބުން ދުރަށް ދާހިތްނުވެފައި ހުއްޓަސް ލޫކަށް މަޖުބޫރުވީ ފޯނަށް އައި މެސެޖަކުން އެވަގުތު އެތަނުން ދިޔުމަށެވެ. އަލްޔާ އަށް ތައުރީފްކޮށް މެސެޖެއް ލިޔަމުން ލޫކް މިޔާނާ ކައިރީގައި ވެސް ދާ ވާހަކަ ބުނެލިއެވެ.

“ސަޖޫ ނިންމާނީ ލައި މޭކަޕް ކަންތައް ހަމަޖައްސާނެ ސެލޫން އެއް. ބުރުގާ އަޅުވާނީ އެތަނުން ކުއްޖަކު. އެކަމު ދޮންބެދައްތަ ދާނަން ލައި އާއެކު” ރަފީފާ އަލްޔގެާ ހެދުން ބަދަލު ކުރުވުމަށް އެކޮޓަރިއަށް ވަންނަމުން ބުންޏެވެ.

“ދޮންދައްތަ އަށް އެނގެއެއްނު އެއްކަލަ ނާހީ… އެތަނަށް ލައި ގެންދާނީ… ނާހީ ކައިރީގައި ބުނެފައި އޮންނާނީ… އެއީ މާލޭގަ މިވަގުތު ހުރި އެންމެމޮޅު މީހާ… ” ސަޖޫލް ކުރިމަތީގައި މަސައްކަތެއްގައި އިން މިޔާނާ އަށް ބުންޏެވެ.

“ކޮބާ މިޔާނާދައްތަގެ ނަމޫނާ….” ޝަރީފާ ފަހާފޮށި ދަށުގައި އިނދެ ބުންޏެވެ. އަލްޔާ ގެ ވެޑިންގް ތީމްއަކީ ރަތާއި ގޯލްޑަށް ވުމުން މިހާރުން ފެށިގެން އެ އާއިލާ މީހުން ހެދުންތައް ފެހުމާއިގެން ކުރިއަށް ދަނީއެވެ.

“މިއޮތީ…… ސަޖޫ ދަރިފުޅު… ރޮށިކޮޅު ފިހެލާނަން ދޯ. ދޮންދައްތަ ކޮންމެހެން ވެސް ވާނެ އެއަރޕޯރޓަށް ދާން. ދޮންދައްތަބެ އަންނާނެ މިހާރު” މިޔާނާ ކޮޓަރިން ނިކުމެ އޭނާގެ ޝޯލް ރީތިކޮށްލަމުން ސަޖޫލަށް ބުންނެވެ. އަލްޔާގެ ކައިވެންޏަށް އެ އާއިލާގައި ބޭރުގައި ތިބި މީހުން އަންނަނީ އެވެ. އެގެއަށް ހީވަނ ކުޑަވަރެއްގެ އީދެއް އައިސްގެންއުޅެނީ ހެންނެވެ. އަލްޔާ ވެސް ސަޖޫލާއި ބައިވެރިވެގެން ބަދިގޭ ތެރޭގައި މަސައްކަތް ކުރަމުން ދޭއެވެ.

ހެދުން ބަދަލުކޮށްގެން ނިކުތް އަލްޔާ ސަޖޫލާއި ބައިވެރިވެގެން ބަދިގޭ ކާއެއްޗެހި ހެދުމުގައި އުޅޭއިރު ޝަރީފާ ހުރިހާ މީހުންގެ ހެދުމާއި ހަވާލުވެގެން މޭޒު ދޮށުގައި އިނެވެ.

“ކީއްކުރާނީ އަހަރެން މާލެ ބަދަލުވާއިރަށް މި ސަޖޫލް ވެއްޖެވިއްޔާ މި ކޯހެެއް މަލައްވާ ހަދުވަން… މަ ވެސް ހީނުކުރާނެއްނު މިހާ ބައިވަރު ހެދުން ފަހަން ޖެހިދާނެ ކަމަކަށް….” އަނގަ ތަޅަމުން ޝަރީފާ ބޮޑު މޭޒުމަތީގައި ބާއްވައިގެން މިޔާނާގެ ހެދުން ކަނޑަން ފެށިއެވެ.

ގަޑިން ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮށް މިޔާނާ އާއި ޢަބްދުއްޝަކޫރު އާއިލާ މީހުން ގޮވައިގެން އައިސް ވަނެވެ. އިސާހިތަކު މުޅިގެ ފުރުނެވެ. އެންމެ ފަހަތުން ވަން ޖުނާލަށް އޭނާގެ ދޮންތަ ފެނުމާއެކު ދުވެފައި ގޮސް އޮޅުލައިގަތެވެ. ކިތަންމެ ބޮޑުވެފައި ހުއްޓަސް އަދިވެސް އެއީ އޭނާގެ ދޮންތައެވެ. ދޮންތަ ބަލި އެނދުގައި މަރާ ހަނގުރާމަ ކުރި ދުވަސްތަކުގައި އޭނާ އޮހޮރި ކަރުނަތައް ދެނެވޮޑިގެންވަނީ އެންމެ ފަރާތަކުންނެވެ. ޔަޒާ އާއި އިކާ އަށް އަލްޔާ ފެނުމުން ދުރަކު ނުހުރެވުނެވެ. ތިންކުދިން އެކަކު އަނެކަކު ގައިގާ އޮޅުލައިގަތްއިރު ހީވަނީ އެކަތި ގަނޑެއްހެންނެވެ. ބަތޫލް މަތިން ހަނދާންވެފައި ހުރި ސަޖޫލް ވެސް އެކުދިންނާއި ބައިވެރިވެގެން އެންމެންނާއިއެކު މަޖަލުގައި ބައިވެރިވިއެވެ. ރަތީބާ ޝަރީފާ އާއި ހިތްހެޔޮ ކަމާއެކު ވާހަކަދައްކާ ހާލުއަހުވާލު އޮޅުން ފިލުވިއެވެ.

މިދަތުރަަކީ މުނާ އާއި ޝީރީންގެ ފިރިން ވެސް ބައިވެރިވި ދަތުރެކެވެ. ޝީރީންގެ ފިރިމީހާ އަކީ މާލޭ މީހަކަށް ވާތީ އާއިލާ ކައިގެން ޝީރީން ޔަޒާ ގޮވައިގެން ދިޔައި ފިރިމީހާގެ ގެއަށެވެ. ބާކީ ތިބި މީހުން ކައި ނިމިގެން ސޯފާ ގޮނޑީގައި އިށީނީ ވާހަކަދައްކާލުމަށެވެ. ގޮނޑި ހަމަނުވުމުން ބައެއް މީހުން ތިރީގައި ޓައިލްސް މަތީގައި ވެސް އިނެވެ.

އެޕާރޓްމަންޓްގައި ހުންނަނީ ތިން ކޮޓަރިއަށް ވާތީ މިޔާނާ އާއި ޢަބްދުއްޝަކޫރު ނިދާ އެންމެ ބޮޑު ކޮޓަރި ހުރިހާ އަންހެންވެރިންނަށް ދިނުމަށްފަހު ހުރިހާ ފިރިހެންވެރިން ނިދަން ހަމަޖެއްސީ ސިޓިންގް ރޫމެވެ. އަލްޔާގެ ކޮޓަރި ދިނީ ތިއްތަ މުނާ އަށާއި އޭނާގެ ފިރިމީހާ އަށެވެ.

ސިންގަޕޯރގައި ޢަބްދުއްޝަކޫރަށް މުނާގެ ފިރިމީހާ މާލިކް ވެދިން އެހީއަށްޓަކައި އޭނާ އަށް ކުރެވުނު އިހުތިރާމަކާއި ގަދަރެއްގެ ސަބަބުން އެގޭ ތެރޭގައި އޭނާ އަށް ވެރިމީހާގެ ލަގަބު ދޭން ވެސް ޢަބްދުއްޝަކޫރު ހުރީ ތައްޔާރަށެވެ. އަލްޔާ ކިޔެވުމުގައި މާލިކް ހަރަދުކޮށްފައިވަނީ އަތުންދާ ހަރަދަކަށް ވެސް ނުބަލައެވެ. ނަމަވެސް ޢަބްދުއްޝަކޫރުގެ އަޒުމަކީ އެރުފިޔާ އަނބުރާ މާލިކަށް ދެއްކުމެވެ. އަދި ޖުނާލްގެ ބޭހަށްޓަކައި ވެސް މާލިކް ހުރީ އޭނާ އަށް ކުރެވުނު އެންމެ މަތީ ދަރަޖައަކަށް ހޭދަ ކުރުމަށް ތައްޔާރަށެވެ. އެފަދަ ހުލްޤު ހެޔޮ އިންސާނެއް އެއާއިލާ އަށް ލިބުނީތީ ވެސް ޢަބްދުއްޝަކޫރާއި ރަތީބާ ﷲ އަށް ޝުކުރުވެރިވެއެވެ.

އިރު އޮށްސުނު ވަގުތު ލޫކް އަލްޔާ އަށް މެސެޖަކުން މިރޭ ވަރަށް ހާއްސަ ފަރާތަކާއި ބައްދަލުކުރަން އަލްޔާ ގޮވައިގެން ދާން ބޭނުން ވާހަކަ ބުނެފައި އޮތުމުން އަލްޔާ ތައްޔާރު އެވަނީ ލޫކާއި އެކު ބޭރަށް ދިޔުމަށެވެ. އަލްޔާގެ އެނދުގައި ސަޖޫލާއި ޔަޒާ އިނދެގެން އޭނާ އާއި ދިމާކުރަނީ އޭނާ ލަދުގަންނާނޭ ވަރަކަށެވެ.

“ސަޖޫ ރެޑީ ނުވަނީތަ…. ބޭކާރު ވާހަކަ ނުދައްކާ ދޭބަލަ މަގޭ ބާތު ގޮވައިގެން އަންނަން….” މޫނުގައި ފުށްމާގަނޑު ހާކާލަމުން އަލްޔާ ސަޖޫލަށް ދެލޯ އަޅާލިއެވެ. ހަގީގަތުގައި ވެސް ސަޖޫލް އިނީ ބަތޫލް މަތިން ހަނދާން ނެތިފައެވެ. މިރޭމީ ބަތޫލް އަންނަ ރެއަށްވާތީ ޝަރީފާ ވަނީ އޭނާ ކައިރީގައި އެއަރޕޯރޓަށް އެކުގައި ދާން އެދިފައެވެ.

“އޯކޭ ބައި…. މިރޭ މަންމައާއި އެކުގައި ހުޅުލެއަށް ނުދިޔައިއްޔާ މަރުވެގެން މަ ކަށްވަޅުގައި އޮތަވެސް ނުދޭނެ…. ބާއި…. މަ ދަނީ…” ސަޖޫލް އަވަސް އަވަހަށް އެކޮޓަރިން ނިކުތެވެ. ޔަޒާ އޭނާގެ ލައިދައްތަ ރީތިވާތަން ބަލަން އިނީ ހެވިފައެވެ.

“ލައިދައްތަގެ ބޯއީ ނުވެސް ދެކެން އަދި. މިފަހަރު ވެސް އެކަހަލަ ކުއްޖެއްތަ. މިބުނީ އެކްސް ހަޒްބަންޑް” ޔަޒާ އިނދެފައި އަލްޔާ ކުރެން އަހާލިއެވެ.

“ނޫނޭ ޔަޒް…. މިފަހަރު ވަރަށް ސްޕެޝަލް މީހެއް އެއީ… ލައިދައްތަގެ ފަސްޓްލަވް… އަދި ލާސްޓް ވެސް… މިރޭ އޭނަ އައިމަ ގޭ އެންމެންނަށް ދައްކާލާފައި ދާނީ… މިއަދު އޭނާގެ ކޮއްކޮ ވެސް ބޭރުން އަންނާތީ ހަވީރުގަ މިގެއަށް އަންނަން އުޅެފަ ނާދެވުނީ” ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޮސްއެއް ހާކާލަމުން އަލްޔާ ބުންޏެވެ.

“އޯވް…. ތި ނިމުނީ ދޯ…. ހިނގާ ދާން…” އަލްޔާ އޭނާގެ ހޭންޑްބޭގް ކޮނޑުގައި އަޅުވާލިތަން ފެނުމުން ޔަޒާ ވެސް އެކުގައި ކޮޓަރިން ބޭރަށް ނިކުތެވެ. ރަތީބާ ހަބަރު ބަލަން ބޭރު ސޯފާގައި އިން އިރު މިޔާނާ ބަދިގެ ތެރޭގައި ހަރަކާތްތެރިވާތަން ފެނޭއެވެ. އިކާ ލެޕްޓޮޕް ހިފައިގެން ގޮނޑިއަށް އަރާ އިންއިރު މިޔާނާގެ ކޮޓަރިން ޖުނާލް އާއި ކާވިން ޕީއެސް ކުޅޭ އަޑު އިވިއވި ހުއްޓެވެ. އެވަގުތު ގޭ އެއްވެސް ފިރިހެނަކު ފެންނާކަށް ނެތެވެ.

އަލްޔާ ފޯނެއްގައި ހުރެފައި ގޭ ދޮރު ހުޅުވާލުމާއެކު ފޯނު ކަންފަތުގައި ޖަހާލައިގެން ހުރި ލޫކް އެތެރެއަށް ވަނެވެ. އަލްޔާގެ އާއިލާ މީހުން ފުރަތަމަ ފަހަރަށް ލޫކަށް ފެނުމާއެކު ކުޑަކޮށް ޖެހިލުންވިއެވެ. ރަތީބާ ލޫކް ގެނެސް ކައިރީގައި ބޭންދުމަށްފަހު ބުރަކަށީގައި ފިރުމަން ފެށިއެވެ. އެވަގުތު ލޫކް އޭނާގެ މާމަ މަތިން ހަނދާންވެ ލޮލުން ކަރުނަ ހިލުނެވެ. މިޔާނާ އާއި އެކީގައި ބަދިގެއިން ނިކުތް ޝީރީނާއި މުނާ ވެސް ލޫކަށް ބަލާލަމުން ހިނިތުންވެލިއެވެ. އަލްޔާގެ ހޮވުމާއި މެދު އެމީހުން ފަހްރުވެރިވިއެވެ. އެ ފިރިހެންކުއްޖާ އަލްޔާ ދެކެ ވަރަށް ލޯބިވާނޭ އެމީހުންގެ ހިތަށް އެވަގުތު އެރީ ކީއްވެކަމެއް ނޭނގެއެވެ.

އެތެރޭގައި ތިބި ޖުނާލާއި ކާވިން ވެސް އެމީހުންގެ ޅިޔަންބޭބެ ބަލާ ހިތުން ބޭރަށް ނިކުތީ ޔަޒާ ގޮސް ބުނީމައެވެ. ޖުނާލަކީ އަލްޔާގެ ކޮއްކޮ ކަން އެނގުނު ހިނދު އެކުއްޖާ އަށްޓަކައި ލޫކް ގެ ހިތުގައި ހާއްސަ މަގާމެއް ހުސްވެގެން ދިޔައެވެ. ޖުނާލަށް ލޫކާއި ވާހަކަދައްކަން ނުކެރުމުން އަލްޔާ ހިނިއައެވެ. އެއީ އޭނާގެ ދޮންތަބެ ކަމުގައި ބުނެ ގަދަކަމުން ލޫކް ކައިރިއަށް ގެނުވިއެވެ. “ދަރިފުޅު އަންނަންދެން މަންމަ މަޑުކުރަންވީތަ ނުކައި” މިޔާނާ އަލްޔާ ނުކައި ބޭރަށްދާން އުޅޭތީ އަހާލިއެވެ.

“ނޫނޭ މަންމަ ކައި. އަޅުގަނޑު ބޭރުން ކާނަން” އަލްޔާ އަވަހަށް މިޔާނާ އަށް ޖަވާބު ދެމުން ލޫކާއި އެކު ގެއއިން ބޭރަށް ނިކުމެލިއެވެ. އަލްޔާ އާއި ލޫކް އެކަނިވުމާއެކު ލޫކް އަލްޔާ ގެ އަތުގައި ހިފާ މަޑުކުރުވުމަށްފަހު އަލްޔާގެ އުނގަނޑުގެ ދެފަރާތުގައި އަތް އަޅާލުމަށްފަހު ލޫކާއި ގާތަށް ދަމާލިއެވެ. އަލްޔާގެ މޫނަށް ގާތުން ބަލާލުމަށްފަހު އެ ދޮން ކޮލުގައި ލޯތްބާއެކު ބޮސްދިނެވެ.

އަލްޔާ ލޫކަށް ލަދުރަކި ހިނިތުންވުމެއް ދެމުން މަގުމައްޗަށް ނިކުންނަން ހުންނަ ދޮރު ހުޅުވާލިއެވެ. ލޫކަށް ޖެހުނީ އެވަގުތަށް އަލްޔާގެ ހަށިގަނޑުން ދޫކޮށްލާށެވެ.

“ކޮންތާކަށް މިދަނީ” ލޫކާއި އެކު ސައިކަލް ފަހަތަށް އަރާ އިށީންނަމުން އަލްޔާ އަހާލިއެވެ.

“ބުނީމެއްނު ހާއްސަ މީހަކާއި ބައްދަލުކުރުވާށޭ…” ލޫކް ޖަވާބު ދިނެވެ.

“ހަމަ ވަރަށް ހާއްސަ މީހެއްތަ؟ އަނެއްކާ ކާކު ބާ؟….” އަލްޔާ އަހާލިއެވެ.

މަޖީދީމަގުގައި ހުރި ޑައިނަމޯ ކައިރީގައި ސައިކަލް ޕާރކް ކޮށްލުމަށްފަހުު ލޫކް އަލްޔާ ގޮވައިގެން މައްޗަށް އަރަން ހުންނަ ސިޑިން އަރަން ފެށިއެވެ. އަދި ކުޑަކޮށް މަޑުކޮށްލުމަށްފަހު ހިނގައިގަތީ މީހަކު އިން މޭޒަކާއި ދިމާލަށެވެ.

އަލްޔާ ވެސް ލޫކް ފަހަތުގައި ހުރެގެން މަޑު ހިނގުމެއްގައި ގޮސް އެމޭޒު ކައިރީގައި ހުއްޓުނެވެ. އެއީ އަންހެނެއްކަން އަލްޔާ އަށް އެނގުނީ އެމީހާގެ ފަންކޮށްފައިވާ ދިގު އިސްތަށިގަނޑު ލޮލުގައި އަޅައިގަތުމުންނެވެ. އަދ އެކުއްޖާގެ ވަރުގަދަ ހަށިގަނޑަށް ހިފާލާފައިވާ ކުރު ޓޮޕް ކޮޅުންނެވެ.

އެކުއްޖާ އަށް ލޫކް ފެނުމާއެކު ތެދުވެ ލޫކް ގެ ކަރުގައި ބައްދާލިއެވެ. އަލްޔާ ހުއްޓުން އެރިއެވެ. މީ އަނެއްކާ ކާކު ހެއްޔެވެ؟ މީނާ އާއި ލޫކާއި ދެމީހުން އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ލޫކް ގެ ހަށިގަނޑަށް އަތް ބީއްސަން އަދި ލަދެއް ވެސް ނުގަނޭ ނޫންހެއްޔެވެ؟

އަލްޔާ ބޮލަށް އެނބުރުންއަރާ ކަހަލަ ގޮތެއްވެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވެ ބިިރުގަތީ އެ އަންހެންކުއްޖާެ މޫނު ފެނުނު ވަގުތުގައެވެ. ލޫކަށް ބަލާލެވުނު ވަގުތުު ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެ އަންހެނާ އަށް ލޫކް ހީލައިގެން ހުރިތަން ފެނުމުން އަލްޔާ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދި ކައިރީގައި ހުރި ގޮނޑީގައި ހިފަހައްޓާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ވަންހަނާ (5)

Next

ހިތް އެކީ ދެވިއްޖޭ… 4

Next
December 10, 2016

ހިތް އެކީ ދެވިއްޖޭ… 4

Previews
December 9, 2016

ވަންހަނާ (5)

19 Comments!

  1. Ushaali says:
    December 10, 2016 at 1:39 am

    Assalam alaikum huriha kudhin. alhamdhulillah… mi bai ves up kurevifa miothy…. mi bai ves huriha kudhinnah kamudhaane kamah heekuran… 🙂 aneh bai v emme avahakah up kureveytho varah masakkai kuraanan…. maybe maadhama rey 🙂 ushaali ah huriha kudhin dhevva supportah varah bodah shukuriyya 🙂 goodnight and lurvv yu emmen 🙂 🙂

  2. Sana says:
    December 10, 2016 at 1:53 am

    Up vey thoa bala bala indha thi up kohly… varah reethi mi part ves.. thank you

  3. Booooo says:
    December 10, 2016 at 1:55 am

    Thank u UshAli. Heylaa indhegenves vaahaka upload kollee thee varah ufaavejje. Aslu vaahaka nikiyaa coment liyunee mi. But I know reethivaanekan as usual. Adhives effaharu thanks.

  4. Reader says:
    December 10, 2016 at 1:59 am

    Adhi nukiyaa comment mi kuree…
    Engeyy reethi vaane kann.. thnksss

  5. Xiee??? says:
    December 10, 2016 at 2:02 am

    Wow. It’s amazing. Waiting for the next part. ??

  6. Petite says:
    December 10, 2016 at 2:16 am

    V v v salhi.. luv this story.. anehkkaa kaakubaa eiy?? Waiting for the next part… luv u too ushaa. ??❤❤❤❤

  7. Shaff says:
    December 10, 2016 at 2:50 am

    Kaakubaa eii. Luk ge 1 wife nugennahche plx. V reethi mi bai vx ???????

  8. Someone says:
    December 10, 2016 at 3:09 am

    Vvvv reethi mi part.. Thanks ingey

  9. he he he says:
    December 10, 2016 at 5:34 am

    Heevanee ayee sana hen nuvatha shaim aai gulhun huri meehey hen. He he he….
    . This story is very nice….. thank you…..

  10. Fathun says:
    December 10, 2016 at 6:12 am

    Dats mikha dho

  11. Musli says:
    December 10, 2016 at 7:27 am

    Vaahaka varah varah reethi… ekam liumuga rangalhu kohlan jehey thankolheh ebain… jumla nimmaairu dhe eve migothah liyan jehey thanthaanga dheyeve .. mikahala gothakah jumla nimmaafa hunnakan varah faahaga kurevey…. aslu vaahaka reethi v ma ekahala massalathah kudhinnah faahaga nukureveny… Ushaaly

  12. Cutee says:
    December 10, 2016 at 8:19 am

    Vhk vvvvv salhi….???❤? e anhenkujja look r alya ge kaiveneege hurahakah nuhadhahjey…plxx look r kaiveni kohdheythi….plxx ehnnoonii alya v dheravaane plxxxx?

  13. Shafu says:
    December 10, 2016 at 10:50 am

    varah Reethi
    waiting for next part?

  14. Pretty says:
    December 10, 2016 at 11:55 am

    Varah rythi avahah next part genesdhehchey

  15. Hunaa says:
    December 10, 2016 at 11:58 am

    I think alya thalhuvaalan vegn hn luk eulheni.. naufaan anhenakah hahdhaign genesgn..avahah up khdhybaa

  16. Eyna says:
    December 10, 2016 at 12:04 pm

    V v v rythi….

  17. ?mixoo says:
    December 10, 2016 at 2:15 pm

    ????

  18. Princess says:
    December 10, 2016 at 9:39 pm

    Warah reethi.i read this story emme reakun ehaa vex furi Hama. But I am very curious. Who could that special person be ? Better not his 1st wife, ?
    And please awahaii up kollahchey next chapter.

  19. haz says:
    December 11, 2016 at 1:04 pm

    I love this story toooomuch.wow

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 30←


All Right Reserved!