ނިދިފައި އޮތް ލޫޝާއަށް ބަނޑަށް އެރި ތަދާ އެކު ކުއްލިއަކަށް ހޭލެވުނެވެ. ތަދުވާވަރުން ބަނޑުގައި ހިފަހައްޓައިގެން ކުރުގެޅިގެން ލޫޝާއޮތެވެ. އަނގަމަތީގައި އަނެއް އަތް އަޅާލީ އަޑު ނިކުމެ ދާނެތީއެވެ. ފެންބޯންވެގެން ސައިޑު ކަބަޑު މަތީގައި ހުރި ފެންފުޅިއާ ދިމާއަށް އަތް ދިއްކޮށްލިވަގުތު އަތުގައި ޖެހިގފައި ފުަޅި ވެއްޓުނީ ތިރިއަށެވެ. އިރުކޮޅަކުން ތަދު މަޑުވާހެން ހީވުމުން ގަދަކަމުން ކަހަލަ ގޮތަކަށް ފައި ސީދާކޮށްލިއެވެ. މާބޮޑަށް ހީސްލަވައިގަނެފައި ހުރިކަން އެނގުނީ އެވަގުތުއެެވެ. ވަރަށް ވަރުން ތެދުވެގެން ފާހާނާއާއި ދިމާއަށް ދިޔައީ […]
ލޫކަށް އޭނާގެ ކަރުނަތައް ހިފަހައްޓާލެވުނަސް އަލްޔާ އަށް ނުހިފެހެއްޓުނެވެ. މިޔާނާގެ ގައިގާ ބައްދައިގަނެގެން ހުރެ އަލްޔާ އަށް ރޮވެނީއެވެ. އަލްޔާ އަށް ބަލަހައްޓައިގެން ހުރި ލޫކް ވެސް އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ބޮޑުވާ އިނގިލި ފޮހެލު މަންޒަރު ވެސް ކޮންމެސް އެކެއްގެ ކެމެރާގައި ރައްކާކުރެވިފައި ވާނެކަން ކަށަވަރެވެ. “ދަރިފުޅާ! ކީއްވެ ރޮވެނީ. މިއަދު މީ ދަރިފުޅު އުފާ ކުރަންވީ ދުވަހެއްނު… ދަރިފުޅު ހަޔާތުގައި އެންމެ ފުރަތަމަ ފަހަރަށް ލޯބިވި އިންސާނާ ދުނިޔަ އުމުރު ދެން ހުންނާނީ […]
7 އަހަރު ފަސް…. “ކިއާ ދަރިފުޅާ….. ބައްޕަ ވަރަށް އުފާވެއްޖެ.. ވަރަށް ވަރަށް އުފާވެއްޖެ… ރަނގަޅު ނަތީޖާއަކާއި އެކު ދަރިފުޅު މި ކޮލެޖްއިންވެސް އެއްވަނަ ލިބުމަކީ މި ބައްޕަ ކިހާ އުފާވާނެކަމެއް ކަން ދަރިފުޅަށް އަންދާޒާވެސް ކޮށްނުލެވޭނެ… ހެއްދެވި ފަރާތަށް ހަމްދުހުރި ” ފަތުހީ ކުރިމަތީ ހުރި ކިއާރާ ގައިގާ ބައްދާލަމުން ބުނެލީ ކަރުނުން ފުރިފައިހުރިހާލުގައެވެ. އެ ކަރުނަތަށް ރަމްޒުކޮށްދެނީ އެ ބައްޕަގެ އުފާވެރިކަމެވެ. ދަރިފުޅާއި މެދު ވެވުނު ފަހުރެވެ. ކިއާރާ އޭނާގެ ކޮލެޖް ގެ […]
“އަހަރެން ރިޒާނާ މަރާލާނަން!” އައިސްފައި ހުރި ރުޅިން އަހަރެންނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އަހަރެންނަށް ވެފައިހުރި ގޮތުން އެންމެންވެސް ތިބީ ވާނުވާ ނޭންގި ހައިރާންވެފައެވެ. “ކިހިނެއްވީ؟” އިޔާޒް އަހަރެން ކައިރިޔަށް ޖެހިލާފައި އަހައިލިއެވެ. އަހަރެން ވީގޮތް ކިޔާދިނުމުން އެންމެންވެސް ތިބީ ހަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. “އެހެންވެތަ ތާޝާ ވަޅިއެއް ހިފައިގެން ތިހުރީ؟ މަންމަ މަރާލަން؟” އިޝާން މިހެން ބުނެލުމުން އަހަރެން ތާޝާއަށް ބަލައިލީމެވެ. ތާޝާ ހުރީ ވަޅިއެއް ހިފައިގެންނެވެ. އިޝާން މިހެން ބުނުމުން އެންމެންނަށް އެކީ […]
“ގޯ ޓު ހެލް މިލްނާ!” ކާރުގެ ކުރީ ސީޓުގައި އިން އައިމަން ފޯނު ހިފަހައްޓައިގެން ހުރެ ރުޅިވެރި އަޑަކުން ބުނެލި އަޑަށް އަޒާންގެ ދެބުމަ ކައިރިވިއެވެ. އެވަގުތު ކާރުގެ ޑްރައިވާރސް ސީޓުގައި އިން އިނގިރޭސި އަދި ދިވެހިވެސް ރަނގަޅަށް ނޭނގޭ ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. އަޒާން ސުވާލެއް ކުރަން އުޅުނުތަނާހެން އައިމަން އޭނައަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “އެ ފޮޓޯތައް ހެދި މީހަކީ އެ މިލްނާ ޒުހެއިރު! ފޮޓޯތައް ޢާއްމުކޮށްފަ އޭނަ މާލެއަށް ގޮސް ފިލައިފި. […]
އާލިޔާ ކުއްލިއަކަށް އޭނާގެ ދެލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާއަށް ފެނުނީ އަނދިރިގަނޑެކެވެ. އޭނާއަށް އޭނާ ހުރިކަންވެސް ނޭނގޭކަހަލައެވެ. ކުއްލިއަކަށް އަލިވެގެން ދިޔުމާއި އެކު އޭނައަށް ފެނުނީ ބަޔަކު އޭނާގެ އެނދު ވަށައިގެން އެނބުރޭތަނެވެ. އާލިޔާގެ ހަތަރެސްފައި އޮތީ އައްސާލެވިފައެވެ. އެ ހަށިގަނޑު ގުޑައިވެސް ނުލެވޭނެހާ ބާރަށެވެ. ކުއްލިއަކަށް މީހަކު އާލިޔާގެ ގައިމައްޗަށް ފުންމާލިއެވެ. އާލިޔަ ހަޅޭލަވައިގަތެވެ. ދެން ތިބި އެންމެންވެސް ފުންމާލިއެވެ. އަދި އާލިޔަގެ ހަށިގަނޑުގެ އެތަން މިތާ ފިރުމަމުން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ […]
ޔުސްރާ އޭނާގެ ޝިފްޓު ނިމުމުން ދަބަސް ހިފައިގެން ގެޔަށްދާން ހޮސްޕިޓަލުން ނިކުތްއިރު އުދަރެސްމަތިން ރަތްވިލާތައް ދަޅަޖަހަމުންދެޔެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތަރުޖަމާނެއްގެ ވަޒީފާ އަދާކުރަމުންދާއިރު ޔުސްރާ އުޅެނީ އޭނާގެ ބޮޑުބޭބެ، ޝަފީގުގެ ގޭގައެވެ. ޔުސްރާ ތުއްތުއިރު އޭނާގެ މައިންބަފައިން ނިޔާވުމުން، ޔުސްރާ ބެލުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވީ ޝަފީގުއެވެ. އެއްވެސް ޝަކުވާއެއް ނެތި، ޔުސްރާ ބަލާ ބޮޑުކުރީ ވަރަށް ލޯބިންނެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ. ގެޔަށް ވަދެގެން ދިޔައިރު، ހިންދީ ލަވައެއްގެ އަޑުއިވެއެވެ. ޗަންދާ އޮތީ ރޭޑިޔޯއިން […]
އަލިޔާ ފިހާރަ ލައްޕާލައިފާ ތަޅުދަނޑު ބޭބެއަތަށް ދީފައި ދިޔައީ މަޤްރިބް ނަމާދަށް ބަންގިގޮވުމާއި ގުޅިގެންނެވެ. އޭނާގެ ހިތުގަޔާއި ސިކުނޑީގައި އޭރު ރަސްކަން ކުރަމުން ދިޔައީ އަޔާންއެވެ. މިރޭގައި ވާނެކަންތަށް އޭނާ ހަނދާނެއްވެސް ނެތެވެ. އާލިޔާ ގެއަށް ވަތްއިރު އެކަކުވެސް ނެތެވެ. އިސްޖަހާލަފައި ކޮޓަރިއަށް ވަނެވެ. އަދި ވުޟޫކޮށްލައިގެން ނަމާދުކޮށް އަވަދިވެލިއެވެ. މައިޝާއަށް ގުޅާފައި ހުރިހާ އެއްޗެއް ކިޔައިދެން ބޭނުންވިއެވެ. ނަމަވެސް ކުރާނީ ކިހިނެއްހެއްޔެވެ؟ ހަޤީޤަތުގައި މައިޝާ އަކީ އޭނާގެ ކިތަންމެ ގާތްއެކުވެރިޔަކަސް އާލިޔާގެ ވާހަކައިން މައިޝާއަށް އުނދަގޫވާނޭ […]