Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ… 30

Ushaali
December 11, 2016
10 Mins Read
140 Views
35 Comments

އަލްޔާ ބޮލަށް އެނބުރުންއަރާ ކަހަލަ ގޮތެއްވެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވެ ބިިރުގަތީ އެ އަންހެންކުއްޖާެ މޫނު ފެނުނު ވަގުތުގައެވެ. ލޫކަށް ބަލާލެވުނު ވަގުތުު ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެ އަންހެނާ އަށް ލޫކް ހީލައިގެން ހުރިތަން ފެނުމުން އަލްޔާ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދި ކައިރީގައި ހުރި ގޮނޑީގައި ހިފަހައްޓާލެވުނެވެ.

އެމޫނަކީ އެދުވަހަކު އަލްޔާގެ ހިތްހަލާކު ކޮށްލުމުގައި ލޫކާއި އެކުގައި ބައިވެރިވި މޫނެވެ. އެމޫނު އަލްޔާ އަށް އޮޅޭނީ ކިހިނެއް ހެއްޔެވެ؟ ތަފާތަކީ އެ ހަށިގަނޑުގައި މަސްޖަހާފައި ހުރި ކަމެވެ. އަދި ހަށިގަނޑުން ނިކުމެފައިވާ ބޮޑު ބަނޑެވެ. މިއީ ލޫކް ގެ ފުރަތަމަ އަންހެނުން ނޫން އިތުރު އެއްވެސް މީހެއް ނޫނެވެ. އެކަމަކު މި އަންހެނާ ލޫކަށް އެހާ ހާއްސަ ވީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ އަންބަށްވީތީ ހެއްޔެވެ؟ އަނެއްކާ ވަރިކޮށްފީމޭ ބުނެ ލޫކް ވެސް އޮޅުވާލީ ހެއްޔެވެ؟ އެހެން ކަންތައް ނުވުމަށް އެދި އަލްޔާ އަށް ހިތާއި ހިތުން ދުއާ ކޮށްލެވުނެވެ.

“މިކް! އަދިވެސް ނުވޭތަ ފަޅާލަން” މިކްހާ ގެ ބަނޑަށް އިޝާރާތް ކުރަމުން ލޫކް އަހާލިއެވެ.

“ނޫނޭ… ވަރަށް ކައިރިވެއްޖެ” މިކްހާ ލޫކަށް ބަލާލަމުން ބުންޏެވެ. މިކްހާ އާއި ލޫކް ދައްކާ ވާހަކަތައް އަޑުއަހަން ފަހަތުގައި އަލްޔާ ހުރީ ގަބުވެފައެވެ. ވިސްނަންވީ ކޯއްޗެއް ކަމެއް ނޭނގިފައެވެ.

“ކޮބާ ލައި” އަލްޔާ އަށް މިކްހާ އަށް ބަލާލެވުނީ އޭނަ އަލްޔާ ކޮބާތޯ ލޫކް ކައިރީގައި ސުވާލު ކުރުމުންނެވެ.

“މިހިރީ… މިއީ އެލޯތްބަށްޓަކައި އަހަރެން މިހުރިހާ ދުވަހު އިންތިޒާރުކުރި ކުއްޖާ…. އަހަރެންގެ އަންބަކަށް ވުމަށް ދެން ސައުވީސް ގަޑީރު ވެސް ނެތް. އަހަރެންގެ މުޅި ދުނިޔެ” އަލްޔާގެ އަތްތިލައިގެ އިނގިލި ތަކުގެ ތެރެއަށް ލޫކް ގެ އިނގިލިތައް މަހާލުމަށްފަހު އަލްޔާގެ އަތް ގެނެސް ލޫކް ގެ ތުންފަތުގައި ޖައްސާލަމުން ބުންޏެވެ. ލޫކް ގެ އެ އަމަލުން އަލްޔާ އަށް ލޫކަށް ބަލާލެވުނެވެ.

“އޯވް…. ލަކީ ލައި ދޯ…. ލައި ކިހިނެއްތަ؟ ސަލާމަށް އަތް ދިއްކޮށްލަމުން މިކްހާ އަލްޔާ އަށް ހިނިތުންވެލިއެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވާ އަލްޔާ މިކްހާ އާއި ސަލާން ކޮށްލިއެވެ. އަދިވެސް މިކްހާ އާއި ދޭތެރޭ އަލްޔާގެ ހިތް އެއްކޮށް ސާފެއް ނުވޭއެވެ. އަލްޔާ ގެ ހިތަށް އުނދަގުކުރާ ސުވާލަކީ މިކްހާ ލޫކަށް ހާއްސަވީ ސަބަބެވެ.

“އާދޭ އިށީންނަން…..” އަލްޔާގެ އަތުގައި ހިފާލަމުން މިކްހާ އޭނާ ކައިރީގައި އަލްޔާ ބޭންދިއެވެ.

“ލޫކް! ލޫކްގެ ޓު ބީ ވައިފް ވަރަށް ލޯބި…. ތިދެމީހުން ވަރަށް ގުޅޭ…..” މިކްހާ ބުންޏެވެ. އަލްޔާ ލޫކަށް ބަލާލި ވަގުތު ލޫކް ވެސް އަލްޔާ އަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ބަދަލުކޮށްލީ މާނަފުން ހިނިތުންވުމެކެވެ.

“ވަރަށް ދެރަވޭ ތިދެކުދިންގެ ކައިވެންނާއި ހަމައަށް ވެސް މަޑުކުރެވެން ނެތީމަ… އެކަމަކު ހަމަ ބުނެލަން ބޭނުމީ ވަރަށް ވަރަށް އުފާވެރި ބާއްޖަވެރި ކައިވެންޏަކަށް އެދެމޭ… ލައި!…. ލޫކް ލައި ދެކެ ވަރަށް ލޯބިވޭ…. ލައި އަށް ލޫކް ކަހަލަ ކުއްޖަކު ހިއެއް ނުވޭ ދެން ލިބިދާނެހެނެއް…. ލައި އަށް އަހަރެން އެނގޭ ދޯ… އެކަމަކު އަހަރެމެން ދެމީހުންގެ ކައިވެންޏަކީ ހަމަ ކުޅިވަރެއް ކަހަލަ ކަމެއް… ދެފަރާތުން ވެސް ހާމަކޮށްދިނީ އެކައްޗެއް. މައިންބަފައިން ދެކެ ވީ ލޯބި. އަހަރެމެން ކުޑަކުއްޖެއްކަމުގައި ވީ ދުވަހު އެމީހުންގެ ނިދި ގުރުބާންކޮށް އެމީހުންގެ މުޅި ދުވަސް އެއްކޮށް އަހަރެމެންނަށް ހިދުމަތްކުރީ…. އޭގެ ބަދަލުގައި އަހަރެމެންނަށް ކޮށްދެވޭނީ ކޮންކަމެއް؟ އެގޮތުން ލޫކް ކައިރީގައި ވެސް އަދި އަހަރެން ކައިރީގަވެސް މަންމަމެން އެދުނު ކަމެއް އެމީހުންގެ ބޮލާލާ ނުޖަހަން ވެގެން ކައިވެނިކުރީ…. ނަތިންގް އެލްސް….. ވީ އާރ ޖަސް ފްރެންޑްސް…. ލޫކް އަބަދުވެސް މިހާރު ވެސް ލޯބިވި ކުއްޖަކީ ތީ…… ލޫކް ގެ ލަކީ ލައި…..” އަލްޔާ އަތުގައި ހިފާލައިގެން އިނދެ މިކްހާ ވާހަކަދައްކަމުން ދިޔައެވެ. އަލްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން ސިކުންތެއް ވެސް ނުނެގިއެވެ. މިހުރިހާ އިރު އޭނާގެ ހިތުގައިވި ހުރިހާ ވަހުމް ތަކެއް ފިލާ ހިނގައްޖެއެވެ. މިކްހާ އާއި މެދު އެހިތް ސާފު ވެއްޖެއެވެ. ކަންތައްމިވީ އަލްޔާ ހީކުރި ގޮތަކަށް ނޫނެވެ. ނަމަވެސް އަލްޔާ އަށް ނުވިސްނުނު އެއްޗެެއް އެބައޮތެވެ. ލޫކް ގެ މަންމަ އާއި ބައްޕަ އޭނަ އަށް އެކައިވެންޏަށް މަޖުބޫރުކުރި ސަބަބެވެ. ނަމަވެސް ހިތްހަމަޖައްސާލީ ވަގުތު ޖެހުމުން އެސުވާލުގެ ޖަވާބު ވެސް ލިބިދާނެއޭ ހިތަށް އެރީމައެވެ.

“އަނހާ… މިހެރީނު ކުޑަ މިކީ……” އެވަގުތު އެތަނަށް ފިރިހެނަކާއި އެކު އައިސް ހުއްޓުނު ކުޑަ އަންހެންކުއްޖާގެ ކޮލުގައި ކޮށްޓާލަމުން ލޫކް ބުންޏެވެ. އަލްޔާ ވެސް އެކުއްޖާއަށް ބަލާލިއެވެ. އެކުއްޖާ ފެނުމާއެކު އަލްޔާ އަށް އެއި މިކްހާގެ ދަރިއެއް ކަން އެނގިގެން ދިޔައެވެ.

“ފަރާން!…. ނިޔާމަ ދަތުރަކަށް އެދެން….” ލޫކް މިކްހާ ގެ ފިރިމީހާ ފަރާނާއި ސަލާން ކޮށްލަމުން ބުންޏެވެ. އަލްޔާ ވެސް ފަރާން އަށް ހިނިތުންވުމެއް ދިނެވެ.

“މި މޭޒު ދެކުދިންނަށް… އަހަރެމެން ދަނީ…. ބާއި… ގުޑްލަކް ދެކުދިންނަށް… ދެކުދިން ވެސް ބަސް އަހައިގެން އުޅެއްޗެ….” މިކްހާ އާއި ފަރާން އެކުގައި ދިޔުމުން އަލްުޔާ ބަލާލީ ލޫކަށެވެ.  ލޫކް ހީލުމުން އަލްޔާ ވެސް ހީލިއެވެ. ނަމަވެސް މިވަގުތު ލޫކަށް އެނގުނު އެއްޗަކީ ނޭހިޔަސް އަލްޔާ ގެ ހިތުގައި އެތަކެއް ސުވާލެއް ފުނިޖެހިފައިވާނެ ކަމެވެ. އަލްޔާގެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލޫކް ދޭނެއެވެ. ނަމަވެސް އެންމެ ފުރަތަމަ ކާއެއްޗަކަށް އެދި ގޮވާ އޭނާގެ ގޮހޮރުގެ އެދުމަށް އިޖާބަ ދޭން ނިންމިއެވެ.

“ލައި ކޯއްޗެއް ކާނީ…. ވަރަށް ބަނޑުހައި….” ލޫކް މޭޒުގެ އެއްފަރާތުގައި އޮތް މެނޫ ނަގާ އަލްޔާ އަށް ވީ ފަރާތުގައި ބާއްވަމުން ބުންޏެވެ.

“ބީފް ސަބްމެރިން އެއް” ކާހިތްނުވެފައި އިނަސް ލޫކް ދެރަވާނެތީ އަލްޔާ އޭނާ އެންމެ ގަޔާވާ ކާއެއްޗެއްގެ ނަން ބުންޏެވެ. ވެއިޓަރ އޯޑަރ ނަގައިގެން ދިޔުމުން ލޫކް އަލްޔާ އަށް ބަލާލިއެވެ. އަދި މޭޒުމަތީގައި އޮތް އަލްޔާގެ ދެއަތް ތިލައިގާ ހިފާލިއެވެ. އަލްޔާ ސިހިފައި ލޫކަށް ބަލާލުމުން ލޫކް އަލްޔާގެ އަތް ތިލައަށް ފިތާލިއެވެ.

“ލައި ބޭނުން ސުވާލެއް ކުރޭ….” އަލްޔާގެ ހިތުގައި ވާ އެއްޗެއް ލޫކަށް އެނގޭ ކަހަލައެވެ.

“ލޫކަށް ކިހިނެއް އެނގެނީ ލައި އެއްޗެއް އަހަން އުޅޭ ކަމެއް…” ހީލަމުން އަލްޔާ އަހާލިއެވެ.

“ބުނީމެއްނު ލައި ގެ ސިކުނޑި ކިޔަވައިފީމޭ….. ހެހެހެ…..” ލޫކް ހީލާފައި ޖަވާބުދިނެވެ.

“ހިތަށް މިއަރަނީ ކީއްވެބާއޭ ލޫކް ގެ މަންމަ އެންޑް ބައްޕަ ލޫކް ގެ ފަސްޓް ކައިވެންޏަށް ފޯސް ކުރީ…” ވެއިޓަރ އައިސް އަލްޔާ ކައިރީގައި ވެނީލާ މިލްކް ޝޭކް ތަށި ބެހެއްޓުމުން އެތަށި އޭނާގެ ގާތަށް ދަމާލަމުން އަހާލިއެވެ.

“އައްދެ… އެންމެ ސުވާލެއްތަ…. އޯކޭ… އަހަރެން ޖަވާބުދޭނަން ލައި ގެ ހުރިހާ ސުވާލަކަށް…” ލޫކް މަޖާވެއި ބުންޏެވެ.

“އަސްލު މަންމަމެން މަށަކަށް މަޖުބޫރެއް ނުކުރޭ.. އަހަރެން ރުހިގެން ކުރި ކައިވެންޏެއް އެއީ…. ބައްޕަ ދަރާފައިވާ ބޮޑު ދަރަންޏަކުން އަރައިނުގަނެވިފައި ހުރީ….މިކްހާ އަކީ ކުރިން ވެސް މަށާ ކޮންމެސް ގޮތަކަށް ދިމާވެފައި ހުރި ކުއްޖެއް. އޭނާގެ ފެމެލީ އަކީ ވަރަށް ފޯރާ ބައެއް… އޭނާގެ ބައްޕަ އަހަރެން ބައްޕަ ކައިރިން އެދުނީ އޭނާ އަތުން ބައްޕަ ނަގާފައިވާ ނަގުދު ފައިސާތައް ދައްކަން… އެކަމަކު އޭރު އަހަރެމެންގެ ގެ ވިއްކާލިއަސް ދެވޭ ވަރު ނުވާނެވިއްޔާ. އަހަރެންގެ ހަ މަހުގެ މުސާރަ އެއްކުރިޔަސް އެފައިސާ ހަމައެއް ނުވޭ… އެ ބަދަލު ދެވެން ނެތޭ ބައްޕަ ބުނީމަ އެދުނީ އަހަރެންގެ ކައިވެންޏަށް. ދެން އެދުވަސްކޮޅުގަ މިކްހާ ރައްޓެހިވެގެން އުޅުނު ފަރާން އާއި މިކްހާ ބައްޕަ ނުގަބޫލުވީ… ފަރާން އާއި މިކްހާ ދުރުކުރަން އޭނާގެ ބައްޕަ މަޅިއެއް ޖަހާލީ… މިކްހާގެ ރަނގަޅުކަމުން އޭނަ ވެސް މި ކައިވެންޏަށް އެއްބަސްވީ…. ލައި އަށް އެނގޭތަ؟ އަހަރެން ވަރަށް މަސައްކަތް ކުރިން މިކްހާ އާއި އެކުގައި ނޯމަލް ލައިފެއް އުޅެން… އެކަމަކު ހަމަ ކުރިއަކަށް ނުދެވުނު.. ތިކުއްޖާ ހުވަފެނުގަ އާއި ހޭލާ ހުންނަ އިރު ވެސް އައިސް އުނދަގު ކުރަނީ. އެދުވަހު ލައި ރުއިވަރު ހިތަށް އަރާފައި އަމިއްލަ ހިތް ކުށްވެރި ކުރެވެނީ…. ” ލޫކް ގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ އެމީހުން އޯޑަރ ކުރި ކާއެއްޗެހި އައުމުންނެވެ.

“ދެން…. ކީއްވެޔޯ ވަރިކުރީ….” އަލްޔާ އަހާލިއެވެ.

“މަންތެއް ވީތަނާ މިކްހާ ވަރަށް ބޮޑަށް ބަލިވާން ފެށީ… ހޮޑުލާ ބޯއަނބުރާ… އޭނަ އަށް ނުވާ ގޮތެއް ނެތް.. ކަމަކީ އަބަދު ރުއިން… ދެން އަހަރެން ވަރަށް ވާހަކަދައްކައިގެން ކިޔާދިނީ އޭނާ ފަރާން ގެ ދަރިއަކަށް ބަނޑުބޮޑު ވާހަކަ މެރީ ކުރުމުގެ ކުރިން ވެސް… ކުރިން ވެސް އޭނަ ބުނި ފަރާން ދެކެ ލޯބިވާ ވާހަކަ އާއި ދެމެދަށް ބައްޕަ ވަން ވާހަކަ ވެސް…. ދެން އަހަރެން ހުރީ ބޯ ގޮވާފަ. މަންމަމެން ހީކޮށްގެން ހުރީ މިކްހާ އަހަރެންގެ ދަރިއަކަށް ބަނޑުބޮޑު ވީ ކަމަށް. ދެން އެދުވަހު އަހަރެން މަންމަ ކައިރީގައި ބުނިން މިކްހާ ބަނޑުބޮޑުވީއެއް ނޫނޭ..، އެއީ އޭނަ ގެންގުޅޭ ބަލި ގަނޑެކޭ އަބަދުވެސް. އަސްލު އަހަރެން ބޭނުންނުވީ މިކްހާ ބަދުނާމް ކުރަން… ދެން އަހަރެމެން ދެމީހުން ވަރަށް ވާހަކަދައްކާފައި އެންމެ ފަހުން އަހަރެން ބުނީ ބައްޕަ އަށް ގުޅާފައި ތެދަށް ހުރިހާ ވާހަކައެއް ކިޔާދޭށޭ… އެގޮތަށް ކަންތައް ކުރީމަ ރަނގަޅަށް ދެމަސް ނުވަނީސް އަހަރެން މިކްހާ ވަރިކޮށްފިން. އަނެއްހެން ކައިވެނި ސައްހަ އެއް ވެސް ނުވާނެއްނު. މިކްހާ ބޭނުންނަމަ އޭނާ އަށް އަހަރެންގެ ބޮލުގަ އެދަރިފުޅު އެޅުވުނީސް ދޯ… އެ ސަބަބަށްޓަކައި އަހަރެންނަށް މިކްހާ ހާއްސަ ވީ… އެއީ ވަރަށް ރަނގަޅު ކުއްޖެއް. އެއްގޮތަކަށް ވެސް އަހަރެންގެ ފުރަތަމަ އަންބަކަށް ވީމައެއް ނޫން… އަހަރެންގެ ފުރަތަމަ އަންބަކަށް ވާން އުޅެނީ ލައި… އހަރެންގެ ފުރާނަ ފަދައިން ލޯބިވާ ލައި. ފުރަތަމަ ނަޒަރުން ވެސް އަހަރެންގެ ހިތް މޮޔަކޮށްލި ލައި….މިކްހާ އަށް އަހަރެމެންގެ ވެޑިންގްއަށް ނާދެވޭނެތީ އޭނަ އަހަރެން ކައިރިން އެދުނީ މިރޭ ލައި އާއި ބައްދަލުކޮށްދިނުމަށް… އޭނަ ވިހަން އިންޑިއާ އަށް އެދަނީ ފަރާން މަންމަ ކައިރިއަށް… ލައި އަށް އެނގޭތަ! ލައި ގެ ލޯތްބަށްޓަކައި އަހަރެން ތެޅިފޮޅުނު ވަރު އެންމެ ކައިރިން ފެންނާނެ އެކަކު މިކްހާ އެއީ… އޭނަ އަހަރެންނަށް ހިތްވަރުދިނީ… މަންމަ  ނަގާފައި ލައި ހޯދުމަށް އަތުކުރި އޮޅާލުމަށް ހިތްވަރުދިން އެކަކު މިކްހާ އެއީ.. އެދުވަހު ޝައިމް އާއި ޒީޝާންގެ ކަންތައް ވެސް މަށަށް ކިޔާދިނީ މިކްހާ….” ލޫކް އަލްޔާ އަތުގައި ހިފާލިއެވެ. ލޯތްބާއެކު ވާހަކަދެއްކިއެވެ.

އަލްޔާ ޝަކުވާ ކުރިއެވެ. ނަމަވެސް ރުޅިންނެއް ނޫނެވެ. އެވާހަކަތައް ލޫކް އޭރުގައި ކިޔާ ނުދިނީމައެވެ. ލޫކް އަލްޔާ އެހާ ދުރުކޮށްލީމައެވެ.

“އޭރުގައި އަހަރެން ލައި އަށް ކިޔާދީގެން އަހަރެންނަކީ ކުށެއް ނެތް މީހެއް ކަން ސާބިތުކޮށްދޭން ބޭނުންނުވީ… އަހަރެން ބޭނުންވީ ލައި އަހަންނަށް ނަފްރަތު ކުރަން. ލައި ކުރިމަތީގައި އަހަރެން ބޭޑްބޯއީ އަކަށް ވާން ބޭނުންވީ.. އެކަން މަށަށް ކާމިޔާބު ވެސް ވި. ހިތާމައަކީ އަހަރެން ލައި ހޯދަން އެނބުރި އައިރު ވަގުތު ފާއިތުވެފައިވީކަން… އެކަމަކު އެކަމަށް އަހަރެން އެއްވެސް ޝަކުވާ އެއް ނުކުރާނަން. އެދުވަހު އަހަރެންނަށް ލައި ގެއްލުނީމަ މިއަދު މިހާ އުފާވެރިކޮށް މިދައްކަވަނީ… އަހަރެން އޭރު ސަޖޫ އަށް ހުރިހާ ވާހަކައެއް ކިޔާދިނިން… ސަޖޫ ބޭނުންވީ ކަންނޭނގެ ލައި ޝައިމް އާ އެކު އުޅެން. އެހެންވެ ކަންނޭނގެ މިހުރިހާ ދުވަހު ލައި އަށް ކިޔާ ނުދިނީ….” ލޫކް ވާހަކަދައްކާ ނިންމާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

ލޫކް ގެ ވާހަކަތަކާއި މެދު ވިސްނަން އިން އަލްޔާގެ ހަނދާނަށް އެދުވަސްތައް އަންނަން ފެށިއެވެ. އޭނާގެ ކައިވެނި ކުރެވުނު ދުވަހު ލޫކް ކުރި އާދޭހެވެ. އެއްވެސް ކުށަކާއި ނުލާ އޭނާ އަށް ލޫކް ހިތުގައި ޖެއްސުނު ދުވަހެވެ… ހަގީގަތުގައި މިއަދު ކުށްވެރިއަކީ ހުދު އޭނާ ކަން އޭނާ އަށް އިހުސާސް ކުރެވިއްޖެއެވެ.

“ސޮރީ ލޫކް….” އަލްޔާ ތުންފަތުގައި ދަތް އަޅާލިއެވެ.

“ސޮރީ…. ފޯ ވަޓް؟ ލޫކް އަހާލިއެވެ.

“އޭރުގައި ލޫކް ދެރަކުރެވުނީމަ….” އަލްޔާ މަޑުމަޑުން ބުންޏެވެ..

“ހެހެހެހެ… ސޮރީ…. މިވަގުތު ލައި އެހާ ދެރަކޮށްލެވުނީމަ….” ލޫކް ހީލަމުން އަލްޔާ ވެސް ހެއްވާލިއެވެ.

މަޖަލާއި ސަކަރާތުގައި އުފާވެރިކަމުގެ ވަގުތުކޮޅެއް އެކުގައި ހޭދަކުރުމަށްފަހު ލޫކް އަލްޔާ ގެއަށް ގެނެސް ލީއިރު ބާރަވެސް ނުޖަހައެވެ. މާދަމާ އަކީ ދެމީހުންނަށް ވެސް ހާއްސަ ދުވަހަކަށް ވީއރު ދެމީހުންގެ ކައިވެނި މަތިން ހަނދާންވެ ދެ މީހުންނަށް ވެސް ވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައެވެ. މިހާރުން ފެށިގެން ދެމީހުން ވެސް ދިޔައީ ވަގުތު ގުނަމުންނެވެ. ދެ ހިތުގައި ވެސް ދަނީ އެއް ވިންދެއް ޖަހަމުންނެވެ. އެއް ލަވައެއް ކިޔަމުންނެވެ.

 

އަނެއް ދުވަހެވެ. ހެނދުނު އިރު އެރީއްސުރެ ޝަރީފާގެ ކަމަކީ ހުރިހާ މީހުންގެ ހެދުންތަކުގެ އެންމެ ފަހު ތައްޔާރީތައް ވުމެވެ. އެންމެފަހަށް އެމީހުން ގަތް ކަހަލަ ފޮތި ގަނެގެން ފަހު ވަގުތު ބަތޫލް ގެ ހެދުން ވެސް ޝަރީފާ އަށް ޖެހުނީ އެންމެ ތިން ގަޑީރުތެރެ ނިންމާލާށެވެ. ހުރިހާ އަންހެންވެރީން އެއްގޮތަކަށް ހެދުންތައް ފަހާފައި ހުރިއިރު ފިރިހެނުންގެ ގަމީސްތައް ވެސް ހުރީ ރަތްކުލައިގެ އޮފް ފޮތިން ފަހާފައެވެ.

މިޔާނާގެ ކަމަކީ ހުރިހާ އަންހެންވެރީންގެ ޝޯލް މަތިން އަޅާ ވަށް ބޭންޑު ނިންމުމެވެ. މާކޯނި ކޯނި ބޭނުންކޮށްގެން އެ ބޭންޑް ޔައްޔާރުކުރަން ޖެހުން މިޔާނާ އަށް ވީ ބުރަ ކަމަކަށެވެ. ނަމަވެސް އޭނާގެ ދެލޯ ފަދައިން އެދޭ ދަރިފުޅުގެ ކައިވެންޏަށްޓަކައި ކޮންފަދަ ގުރުބާނީ އެއް ވާން ޖެހުނަސް އޭނާ ހުރީ ތައްޔާރަށެވެ.

ހުރިހާ މީހުން އެކި މަސައްކަތުގައި އުޅެން ޖެހުމުން މެންދުރަށް ކައްކާ ވެސް ނުލެވުނެވެ. އެހެންކަމުން ރެސްޓޯރެންޓަކުން އެންމެންގެ ކާއެއްޗެހި ގެނެސްދިނީ މާލިކް އޭނާގެ އަމިއްލަ ހަރަދުގައެވެ. އެންމެފަހު ވަގުތު ސަޖޫލް ގެ ފިރިމީހާ ޒިލާލް ވެސް އައެވެ.

ފާހާނާއިން ބޮލުގައި ތުވާލި އޮޅާލައިގެން ނިކުތް އަލްޔާ ތުވާލި ގެންގޮސް ހަރުގައި އަޅުވާލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. މެއާއި ހަމައިން އޮޅާލާފައި އޮތް ތުވާލި ހަށިގަނޑާއި ވަކިކޮށްލަމުން އޭނާ ލޯޝަންފުޅި ނަގާ މުޅި ހަށިގަނޑުގައި ހާކަން ފެށިއެވެ. އޭރު ވެސް އޭނާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުނުހިނދު އަލްޔާ މޫނުމަތީގައި އަތް އެޅިއެވެ. މިރޭ ލޫކް ކަންތައްކުރާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަނީއެވެ. ލޫކް އޭނާ އާއި ގާތްވާހިނދު ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނަން ފެށިއެވެ.

ކުއްލިއަކަށް އަލްޔާ ސިހުނީ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ. އަލްޔާ ހިޔާލީ ދުނިޔެއިން ނިކުމެ ހެދުންލުމަށްފަހު އަވަސް އަވަހަށް ދޮރު ހުޅުވާލިއިރު ކޮޓަރިއަށް ވަންނަން ކިޔޫގައި ސަޖޫލް ، ބަތޫލް ، ޔަޒާ އަދި އިކާ ހުއްޓެވެ. އަލްޔާ އަށް އެހުރިހާ މީހުން އައި ކީއްކުރަންކަން އެނގިހުރެ ނޭނގޭ ކަމަށް ހަދާފާއި އެތެރެއަށް ވަދެ މުސައްލަ ނަގާފާއި ނަމާދަށް އަރަން ތައްޔާރުވިއެވެ. ހުރިހާ އެންމެން އެއްކޮށް އެނދަށް އަރާ މައިތިރިވެގެން ތިބީ އަލްޔާ ނަމާދުކޮށް ނިމެންދެނެވެ. އެންމެ ކުޑަކޮށް ހުރި އިކާ ފޫހިން ކޮޓަރިން ނިކުތެވެ. ބަތޫލް ވެސް އޭނާ އަށް ފޯނެއް އަންނަން ފެށުމުން އެ ކޮޓަރިން ނިކުމެވެން ހުރި ކުޑަ ބަގީޗާކޮޅަށް ނިކުމެލިއެވެ.

މުސައްލަ އޮޅާލި އަލްޔާ ހެވިފައި ސަޖޫލް އަދި ޔަޒާ އަށް ބަލާލިއެވެ.

“ހޫމް މިފަހަރު ކީކޭ ކިޔަން ތިއައީ…” އަލްޔާ މުސައްލަ އަލަމާރި މަތީގައި ބާއްވަމުން ބުނެލިއެވެ.

“ދެން ނޭނގެ… ވެފަ ހުރި އުފަލެއްގެ ބޮޑުލަމުން ބައެއް ކުދިން ކާން ވެސް ހަނދާނެއް ނެތް ވިއްޔާ…” ސަޖޫލް ބާލީސް އިތުރަށް އޭނާގެ އުނގުގައި ބޮނޑިކޮށްލަމުން ބުނެލިއެވެ.

“ލައިދައްތައަށް ހާދަ ވަރެކޭ ދޯ ވެފަ ތިހުރީ…. އެކަމު ފުރަތަމަ ފަހަރެއް ވެސް ނޫނެއްނު މީ….” ޔަޒާ އިނދެފައި ބުނެލިއެވެ. ސަޖޫލާއި ޔަޒާ ދައްކާ ވާހަކަތަކަށް އަލްޔާ ހިނިއައެވެ. ކިތަންމެ ވަރެއް ކުރިޔަސް އެމީހުން އަނގަ ހުއްޓާ ނުލާނެކަން އަލްޔާ އަށް އެނގޭއެވެ. އެހެންކަމުން ދިފާއުގައި އެއްޗެއް ނުބުނެ އަލްޔާ ހިމޭނުން ހުއްޓެވެ. އެނދުގެ އެއްފަރާތުގައި އަލްޔާގެ ފޮށި ތައްޔާރުކޮށްފައި ހުއްޓެވެ.

“އަސްތާ… ހާދަ އަވަހަށޭ ލައި ގެ ފޮށި ވެސް ތައްޔާރުކޮށްލީ….” ސަޖޫލް އިނދެފައި ބުނެލިއެވެ.

“ސާބަހޭ… މަންމައޭ ތި ރެޑީ ކުރީ….މަންމަ ބޭނުމީ މަންމަ އަތުންނޯ ހުރިހާ ކަމެއް ކުރަން….” އަލްޔާ ލޯގަނޑު ކުރިމަތީގައި ހުރެ އޭނާގެ އިސްތަށިގަނޑުގައި ފުނާ އަޅަމުން ބުންޏެވެ.

“ދައްކަބަލަ… އޯއެމްޖީ… ލައިދައްތަގެ އަތް ވެސް ހާދަ ފިންޏޭ…..” ޔަޒާ އަލްޔާގެ ދެއަތް ތިލައިގާ ހިފާލަމުން ބުންޏެވެ.

“އަސްލުތަ… ދައްކަބަލަ… ހިތް ވެސް ތެޅޭ އެބަ… ފައި ވެސް ތުރުތުރުލާ….” ސަޖޫލް ވެސް ޔަޒާ އާއި އެއްބައިވުމުގެ ގޮތުން އަލްޔާގެ މޭގައި ހިތާއި ދިމާލުން އަތް ޖައްސާލަމުން ބުންޏެވެ.

“ސާބަހޭ ތިދެމީހުންނަށް… އަހަރެން ބިރެއް ނުގަނޭ… ނާވަސް އެއް ނުވޭ… މީކީ އެވަރުގެ ކަމެއް ނޫނެއްނު…. މަށަށް އެއްފަހަރު މިރޭ އަތުވެއްޖެ…” އަލްޔާ އަނގައިން ދެރަވާކަށް ބޭނުމެއް ނުވިއެވެ. ހަގީގަތަކީ އޭނާގެ ހިތް އަވަސްވެ ނޭވާ ކުރުވެފައި ހުރި ކަމެވެ. އަތްފައި ވެސް ފިނިވެފައިވާ ކަމެވެ. ގަޑި ކައިރިވާ ވަރަކަށް އޭނާ އަށް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރަމުންދާ ކަމެވެ.

ހަވީރު ހަތަރެއްޖަހަން ގާތްވެފައި ވަނިކޮށް ރަފީފާ އެގެއަށް އައީ އަލްޔާ ގޮވައިގެން މ.ފަހި އަށް ދިޔުމަށެވެ. އެކުގައި ސަޖޫލް ވެސް ދިޔައީ އަލްޔާ ގެ މޭކަޕް ކުރުމުގެ ހުރިހާ ކަމެއް ކުރަނީ އޭނާގެ ރައްޓެހި ނާހީ ކިޔާ ކުއްޖަކަށް ވާތީ ފަސޭހައަކަށެވެ. އަސުރު ނަމާދުކޮށްގެން ސަޖޫލާއި އަލްޔާ އަދި ރަފީފާ ވެޑިންޑްރެސް ހިފައިގެން ޓެކްސީއަށް އެރީރު މަގުމަތިން ބައެއް މީހުންގެ ނަޒަރު އެމީހުންނަށް ސީދާވެފައި ހުއްޓެވެ.

އަލްޔާގެ މޭކަޕް ކުރުމުގެ ހުރިހާ ކަމެއް ފެށިގެން ދިޔުމުން ރަފީފާ އާއި ސަޖޫލް އެނދުގައި އިށީނދެގެން އިނީ ނާހީ ގެ ހަރަކާތްތަކަށް ބަލާށެވެ. އަލްޔާ ދިގު ގޮނޑިއެއްގައި ބާއްވާލައިގެން ނާހީ އޭނާގެ މޫނުމަތީގައި ފާޑުފާޑުގެ އެއްޗެހި ހާކަމުން ދިޔައެވެ. ރަފީފާ އާއި ސަޖޫލް ދައްކާ ވާހަކައަށް ފެސް އަލްޔާ ކަންފަތްދެއެވެ.

“ލޫކް އަދި ކިރިޔާތަ އެދިޔައީ… އަނެއްކާ ގަޑިއަށް އެސޮރު ގެންނައްޗެ އެތަނަށް. އެހެންނޫނީ މަގޭ ފަހަރި ފެއިންޓް ވާނެ..” އަލްޔާ އަށް ކަޅި އެއް އެއްލަމުން ރަފީފާ ފޯނުން ވާހަކަދެއްކީ އަފްހަމާއެވެ. ލޫކް ގެ ނަން އިވުމުން އަލްޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“އަހަރެން ނަމާދު ކުރަން ބޭނުން… މިހާރު ވުޟޫ ކޮށްލައިފިއްޔާ އިޝާ ވަގުތު ވަންދެން މަށަށް ވުޟޫމަތިގައި ހުރެވޭނެ..” އަލްޔާ ކުއްލިއަކަށް ބުންޏެވެ. ނާހީ އަށް ބުރަ ކަމެއް ކަމުގައި ވިޔަސް އަލްޔާ އެދޭ ގޮތަށް ކަންތައް ކށްދިނެވެ. އަލްޔާ އަށް ނަމާދު ކުރެވޭނެ ގޮތް ފަހި ކޮށްދިނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލްޔާ ނަމާދުކޮށް ނިމުމުން އަލުން މޭކަޕް ކުރަން ފެށިއެވެ.

ވެޑިންގް ޑްރެސް ލުމުގައި އަލްޔާ އަށް ސަޖޫލާއި ރަފީފާ އެހީތެރި ވެދިނެވެ. ނާހީއަށް ވެސް އެހެދުން ރީތިވެގެން ހެދުމުގެ ފޮޓޯ ނަގާ ހެދިއެވެ. ފަހު ކަމަކަށް އަލްޔާ ބުރުގާ އެޅުވުމުގެ މަސައްކަތް ފެށިއެވެ. ނާހީ އަށް ލިބިފައި ހުރި ތަޖުރިބާގެ އަލީގައި އަލްޔާ ގެ ބުރުގާ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޅުވާ ނިންމާލިއެވެ. އަލްޔާ ދުރުގައި ބެހެއްޓުމަށްފަހު ރަފީފާ އާއި ސަޖޫލް ކުރިމަތީގައި ތިބީ ކިޔާނެ އެއްބަހެއް ވެސް ނޭނގިފައެވެ. ކުރިމަތިން ފެންނަން ހުރީ އަލްޔާ ކަން ޔަގީން ނުކުރެވިފައެވެ. ހުދު އަލްޔާ ވެސް ހުރީ އަމިއްލަ ސޫރަ ލޯގަނޑުން ފެނުމުން އަމިއްލަ ނަފްސަށް ލަދުންނެވެ.

“މާޝާﷲ…މާޝާﷲ…. ވަރަށް ފުރިހަމަ…. މާޝﷲ…. މާތްﷲ ގެ ކުޅަދުންވަންތަ ކަމާއެވެ…” ރަފީފާ އަށް ބުނެލެވުނެވެ. އަލްޔާ ހީލިއެވެ. ވަގުތުން އޭނާ އެހެދުމުގައި ހުއްޓާ ފޮޓޯއެއް ލޫކަށް ފޮނުވާލާ ހިތްވިއެވެ. އިރުކޮޅަކާ ލޫކް ގެ މެސެޖެއް ލިބޭއެވެ. އަލްޔާ ފޮޓޯއަކަށް އެދިއެވެ.

ސަޖޫލް އަލްޔާ އަތުން ފޯނު އަތުލީ އަލްޔާ ލޫކަށް ފޮޓޮއެއް ފޮނުވާފާނެތީއެވެ.

“ކުއްލިއަކަށް ލޫކަށް ފެނުނީމަ އޭނާ މާބޮޑަށް ސަޕްރައިޒް ވާނެ…ސޯ… ލެޓްސް ގޯ…. ލައި  ނޫނަސް އަދި އަހަރެމެން ވެސް ރެޑީ ވާން ޖެހޭނެ.. އަށްގަޑި ފަނަރައަށް ވިލިމާލެ އަށް އަރަންވެސް އެބަ ޖެހޭ… މިހާރު ހަތެއް ޖަހާ ބޮޑުއެވީ” އަލްޔާ ބޭލި ހެދުމާއި ބޭނުންކޮށްފައި ހުރި އެހެން އެއްޗެހި އެމީހުން ގެނައި ދަބަހަށް އަޅަމުން އެގެއިން ނިކުންނަން ހިނގައިގަތެވެ.

“ނާހީ… ހަނދާންކޮށް އަންނައްޗެ…”
ސަޖޫލް ޓެކްސީއަށް އަރަމުން ނާހީ އަށް ބުނެލިއެވެ. ކާރަށް އަރަން ވެސް އަލްޔާ އަށް ވީ އުނދަގުލަކަށެވެ. މަގުމަތީގައި ހުންނަން ވެސް އެނާ ވަނީ މާބޮޑު ބުރައަކަށެވެ. މަގުމަތީން ދެފަރާތަށް ހިނގާ މީހުންގެ ދެލޯ ހުރީ އަލްޔާ އަށް އަމާޒުވެފައެވެ. ކާރުގެ ކުރީ ޝީޓަށް ރަފީފާ އެރުމަށްފަހު އަލްޔާ އެކަނި ބޭންދީ ފަހަތު ޝީޓުގައެވެ. އަލްޔާ އާއި އޭނާގެ ފަހަތުން އެލިފައި އޮތް ހެދުމުގެ ބޮޑު ބަޔަށް ޖާގަ ދީފައެވެ.

ގޭ ކައިރިއަށް ޓެކްސީ މަޑުކޮށްލުމުން ރަފީފާ އަލްޔާ އަށް އެންގީ އެތެރޭގައި މަޑު ކުރުމަށެވެ. މިޔާނާ އާއި ޝަރީފާ އަދި ޝީރީނާއި އެކުގައި އަލްޔާ ހަމަ އެޓެކްސީގައި ވިލިމާލެ އަށް އަންނަން ދަތުރު ފެށިއެވެ. އަލްޔާ އާއި އެކު ޓެކްސީގެ ކުރިއަށް މިޔާނާ އެރުމަށްފަހު ޝަރީފާ އާއި ޝީރީން އެރީ މަގުމަތިން ހުއްޓުވި އެހެން ޓެކްސީ އަކަށެވެ. ފެރިޓާމިނަލަށް ކާރު މަޑުކުރުމުން އަލްޔާ ހުރީ ލަދުން މޮޔަވާވަރު ވެފައެވެ. މިވަގުތު ކޮޅު އަލްޔާ އަށް އިހުސާސް ވަމުންދަނީ އޭނާ ވަރަށް މަޝްހޫރު މީހެއްގެ ގޮތުގައެވެ.

ބައެއް މީހުން ހުއްޓިގެން ބަލަން ހުރިއިރު މަގުމަތީގައި އަލްޔާ އަށް ނަޒަރު ހުއްޓިފައި ނުވާ އެއްވެސް މީހަކު ނެތެވެ. އުނދަގުލާއެކު މިޔާނާ އާއި ޝަރީފާ އަދި ޝީރީނާއެކު އަލްޔާ ފެރީއަށް އަރާފައި ވެސް އިނީ އަތުގައި އޮތް ފޯނަށް ބަލާށެވެ. މިވަގުތު އޭނާ އަށް ރަހުމް ހުރީ ފޯނު އެކަންޏެވެ.

ވިލިމާލޭ ފެރީޓާމިނަލުން ފެށިގެން ބީޗާއި ހަމައަށް އަލްޔާ އައީ ހިނގާލާފައެވެ. ޝީރީން އޭނާގެ ހެދުމުގައި ފަހަތުން ހިފާލައިގެން ހުރި އިރު މިޔާނާ ހުރީ އަލްޔާގެ އަތުގައި ހިފާލައިގެންނެވެ. ޝަރީފާގެ ކަމަކީ މަގުމަތިން އެމީހުންނަށް ބަލަމުންދާ މީހުންނަށް ކުދި ކިޔުމެވެ.

އަލްޔާ އަށް އޭނާގެ މަންޒިލަށް އާދެވުމާއެކު ހިތްހަމަޖެހުމުގެ ނޭވައެއް ލިއެވެ. މަސައްކަތް ހަވާލުކުރި މީހުން ތަން ތައްޔާރުކޮށްފައި ވަނީ ވަރަށް ވެސް ފުރިހަމަ އަށެވެ. ކައިވެނި ކުރެވޭތަން ވަކިން ތައްޔާރުކޮށްފައި ވީއރު އަލްޔާ އާއި ލޫކް ހުންނަންވީ ތަން ވެސް ހުރީ މޫދާއި ވީ ދިމާލުގައި ވަކިން ހަދާފައެވެ. ސަރަހައްދުގައި މަޑުމަޑު މިޔުޒިކެއްގެ އަޑު ހުރިއިރު އެއްފަރާތުގައި ހުރީ ކެއުމަށް ތައްޔާރުކޮށްފައެވެ.

މަޑުމަޑުން އާއިލާ މީހުން އައިސް ހަމަވާން ފެށިއެވެ. ހުރިހާ މީހުން އެއްކުލައިން ހެދުން އަޅާލައިގެން ތިބިއިރު މިރޭގެ ޕާރޓީ ފުރިހަމަވާނޭ ވަރު ބަލާލި ކޮންމެ މީހަކަށް އެނގޭނެެއެވެ. އެހުރިހާ މީހުންގެ ތެރެއިން ވެސް އަލްޔާގެ ދެލޯ އެހޯދަނީ އެމީހަކު ދުށުމަށް އޭނާ ހިތްއެދި ގޮވާ ފަރާތެވެ. މިއަދު އެއްކޮށް މިދިޔައީ އޭނާ އަށް ލޫކް ނުފެނިއެވެ. ޔަގީނެވެ. ލޫކް ގެ ހާލަކީ ވެސް ހަމަ މިއީއެވެ.

އަލްޔާ އަށް ނޭނގުނީ އަލްޔާ އަށް ލޫކް ، އަދި ލޫކަށް އަލްޔާ ފެންނާނީ ކައިވެނި ކުރުމަށް މޭޒުކައިރީގައި އިށީނަންވީ ވަގުތުގައި ކަމެވެ. އިސާހިތަކު ގާޒީ އާއި އަދި ކަމާއިބެހޭ އެހެނިހެން ބޭފުޅުން އައިސް މޭޒު ކައިރީގައި އިށީނެވެ. ތަންތަން ހޯދަމުން އައި އަލްޔާ ސިހުނީ ކުރިމަތީގައި ހުރި އޭނާގެ ލޯބިވާ ލޫކް ފެނުމުންނެވެ. ހާދަހާ ފުރިހަމައެވެ. އެއީ ހަމަ އޭނާގެ ލޫކް ހެއްޔެވެ؟ ލޫކަށް ވެސް އަލްޔާ ފެނުނު ވަގުތު އިން ގޮނޑިން ތެދުވެވުނީ އިހްތިޔާރަކު ނޫނެވެ. ދެމީހުން ދެމީހުންނަށް ބަލަން ތިބެވުނު އިރު ވަށައިގެންވީ މާހައުލުގައި ހިނގާ އެއްވެސް ކަމެއް އިހުސާސް ނުވާ ކަހަލައެވެ. ކުއްލިއަކަށް ފަހަތުގައި ހުރި އަފްހަމް ލޫކް ގެ ބުރަކަށީގައި ވިކާލުމާއެކު ލޫކް ސިހުނެވެ. އަލްޔާ އަށް އެއްލޯ މަރާލުމަށްފަހު ލޫކް އޭނާގެ ފޯނުނަގާ އަލްޔާ އަށް ތައުރީފްކޮށް މެސެޖެއް ފޮނުވާލިއެވެ. ޖަވާބުގައި ލޫކަށް ލިބުނީ އަލްޔާގެ ރަކި ހިނިތުންވުމެވެ.

އިސާހިތަކު ގާޒީ ކައިވެނީގެ މާލޫދު ލައިދޭން ފެށިއެވެ. އަލްޔާ އާއި ލޫކް އެކަކު އަނެކަކު އަތުގައި ހިފާލައިގެން ތިބިއިރު ލޫކް ގެ  ފަހަތުން ކުޑަމަނިކެ ހުއްޓެވެ. އަދި އަލްޔާގެ ފަހަތުގައި މިޔާނާ ވެސް ހުއްޓެވެ. ބާކީ ތިބި މީހުން ފޯނު ތަކުންނާއި އަދި ކެމެރާ ތަކުން ފޮޓޯ ނަގަމުން ދިޔައެވެ.

“އަނބި ގަބޫލުކޮށްފިން…” ލޫކަށް އެހެންބުނި ވަގުތު ވައިރޯޅި ވެސް ހިމޭންވެފައިވީ ކަހަލައެވެ. ތަނުގެ މިޔުޒިކް ވެސް މަޑުކޮށްލީ ހަމަ އެ ވަގުތުކޮޅަށްޓަކައި ކަހަލައެވެ. އަލްޔާ އާއި ލޫކަށް އެއްކޮށް ރޮވުނެވެ. ފަހަތުގައި ހުރި ކުޑަމަނިކެ އަށް ވެސް ރޮވުމުން ރަފީފާ މަންމަގެ ކަރުނަތައް ފޮހެދިނެވެ. އެހެނީ އޭނާގެ ދަރިފުޅު އެލޯތްބަށްޓަކައި ކުރި ހިތާމަ ތެޅުނު ތެޅުން އެންމެ ކައިރިން ފެނުނީ އޭނަ އަށެވެ. މިވަގުތު އެދަރިފުޅުގެ ލޯބިވާ އެ އަންހެންކުއްޖާ އެވަނީ އެދަރިފުޅަށް ހިބައިން ލިބިފައެވެ. ކުޑަމަނިކެ އަށް އުފަލުން ރޮވުނީ އެހެންވެއެވެ.

ނުނިމޭ

94
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaali

Other Articles

Previous

އިންތިހާއަށް އާދޭސް 17…

Next

އިންތިހާއަށް އާދޭސް 18…

Next
December 11, 2016

އިންތިހާއަށް އާދޭސް 18…

Previews
December 10, 2016

އިންތިހާއަށް އާދޭސް 17…

35 Comments

  1. Ushaali says:
    December 11, 2016 at 5:10 am

    assalam alaikum… alhamdhulillah… varah masakkathun mi bai ves miothy up kurevifai… mi bai ves huriha kudhinnah kamudhaane kamah heekuran… ushaali nidhaafa heylaa iru huriha kudhinge loabi comments thah fennaane kamah heekuran… 🙂 🙂 🙂 …. dhn inee emme fahu bai kannenge…. liyevunuhaa avahakah up kohdheynan….. insha allah…. 🙂

  2. someone says:
    December 11, 2016 at 5:13 am

    v furihama..ane bai avahah up kohdhehchey igey.. luv this story.. <3 <3

  3. Inaa says:
    December 11, 2016 at 5:29 am

    V v nice..waiting 4 the next part..

  4. Hooooo. says:
    December 11, 2016 at 6:17 am

    V.reethi.
    And good morning ?

  5. Thaathi says:
    December 11, 2016 at 6:20 am

    Vvvv reethi kobaatha e thinvana loa ushaali avahah up kohdheythi ingey

  6. Thaany says:
    December 11, 2016 at 6:45 am

    Wow haadha haadha reethi ey ushaa alhe haadha hiyy thelhey gothakah thi nimmalee aneh v v awahah up kohllahchey dhn aneh bai kiyaalan libuneema nuny nidhivx naannaane lolah haadha lurvly story e k mi v v loabi ngey..

  7. Thaany says:
    December 11, 2016 at 6:47 am

    Alhe aneh bai vx miadu up kohdhyba
    N GOOD MORNING
    uhaa n all

  8. Anonymous says:
    December 11, 2016 at 7:55 am

    shime ah v kihieitha

  9. sanu says:
    December 11, 2016 at 8:07 am

    V reethi anehbaa avah up kndhehchy

  10. Cutee says:
    December 11, 2016 at 8:10 am

    Wowww haadha furihama ey… ??ushaali thikurahvva bura masahkathah hama saabas next part avahah up kodhehjje… luv u ushaali ?????❤

  11. Anonymous says:
    December 11, 2016 at 8:17 am

    v v v reethi inshaa allaah avahah up kohdheebala

  12. Rose says:
    December 11, 2016 at 8:35 am

    Alheyy next part kiyaa hithun mioh moya vany…plxxxxx v v v avahah upkohdbehcheyy….this is the best story ever…????

  13. sonaalee says:
    December 11, 2016 at 8:35 am

    Wow…vvvvvv reeethi

  14. Look ge Lai says:
    December 11, 2016 at 8:44 am

    Varah varah reethi… Shareefa dhahtha vareh neh hama.. Story nimmaalan ulhey vaahaka inguneema v dhera vess vejje.. Thihaa masaiykathun story up kohdheythi ushaali ah vrh bodah thanks.. waiting 4 next part

  15. Fathun says:
    December 11, 2016 at 9:26 am

    Wow. Next part v.rom kolachey. Aslu.kurin fadege.myhakun luke ah faaralathy i thought luke ah nadheveynekama
    .v.birun hurevuny. Hama.luke fenan dhn neyva ves nulaa hurevuny. Hehe. Vv.salhi. next part avas

  16. Shafu says:
    December 11, 2016 at 9:41 am

    Varah Furihama❤
    Shaim Ah V Khinehtha?
    next part avahah up kolladhehchey?

  17. Shamx says:
    December 11, 2016 at 10:31 am

    Kaivenyge maaloodheh noon rangalhu gothaky kaivenyge khuthuba.. Cmmnt nukuriyas abadhuves mi vaahaka kiyan.. V rythi story..

  18. Addu manje says:
    December 11, 2016 at 11:35 am

    Varah reethi mibai.. Can’t wait to read the nxt part.. Next part in ingeyne dhw shaim ah v goi?

  19. Reader says:
    December 11, 2016 at 12:04 pm

    Vrh vrh reethi..
    Look ge fahathun ulhun meeha kobr tha….

  20. Navya says:
    December 11, 2016 at 12:14 pm

    Vvv reethi mibaives ❤

  21. aal says:
    December 11, 2016 at 12:18 pm

    Vvvvvvvvvvvv salhi … Next part avhah up kh dhy dhn … Cant wait

  22. Anonymous says:
    December 11, 2016 at 3:54 pm

    Vvv reeethi0

  23. Mona says:
    December 11, 2016 at 7:35 pm

    Story v v reethi…hama obiness to max….
    E thin vana lolaky shaim hen v hyvey…
    Plx mirey next part up koh dhy ba….

  24. ?mixoo says:
    December 11, 2016 at 9:10 pm

    salhi…

  25. Flower says:
    December 12, 2016 at 8:19 am

    Koba story

  26. kiyunteriyaa says:
    December 12, 2016 at 9:03 am

    Vvvv reeeti ingeyyy vvv intizaar kureveyy mi storyy ah aleyyy ushaaleee kobaa next part ! HEEKUREE NIDAA HEYLAAIRU INNAANEE UPKOHLAAFA KAMAH

  27. firaa says:
    December 12, 2016 at 1:31 pm

    alhey.. haadha reechey.. :-*

  28. Ushaali says:
    December 12, 2016 at 5:37 pm

    thankyou so much peeps…….dhn in bai liyevemun dhany… thankolheh dhigu v ma adhi vahaka liye nunimigen miulheny… huriha kudhin ves inthizaaruga thibehche engey…. vahaka liye nimumuha avahakah up koh dheynan….. ushaali ehen kanthah ves kuran jeheythee aslu las mi vany…. 🙂 🙂 🙂

  29. Nàkko says:
    December 12, 2016 at 9:44 pm

    Shall thet hama best. Us haali be story varah rest hi ad hi ehaame furihama. Kiyaa hiya vanes ves ushaalj ge stories. Varah Molly kuhjjei thee. Keep it up. Waiting for the next part.

  30. Shile says:
    December 12, 2016 at 11:28 pm

    Nice story engey nimmaalaairu v furihama nimumakah ummeeedh kuran

  31. Flower says:
    December 13, 2016 at 10:49 am

    Ushaalii kobaatha story…plxxx up vaane dhuvaheh buneba….abadhu beleny mi story up veythw….cant wait to read nxt part..?????

  32. Xuher says:
    December 13, 2016 at 7:04 pm

    Ushaali whn nxt part.. avaskollaa dhehchey.. waitin waitin??

  33. Shaa says:
    December 13, 2016 at 7:45 pm

    Next part up kodeebala.. V havah… V reeti vaahaka

  34. Chrersh says:
    December 13, 2016 at 9:33 pm

    Ushaaaleee. Ketheh dhen nuvaaney

  35. Jeniffer says:
    December 13, 2016 at 9:54 pm

    Ushaa vara loabin mibunee avahah upload kodhibala

Comments are closed.

All Right Reserved!