Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ… 3

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 9, 2016 7 Mins Read
26 Comments

“ސަ..ސަރގެ ބަ..ބައްޕައަކީ… އަ.އަނީލް ސަރ؟” މައިޝާ އަށް އަހާލެވުނީ އާލިޔާ ކައިރިއެވެ. އެއަޑުގައިވަނީ ހައިރާންކަމެވެ. އެ ސިހުމުގައި މައިޝާއަށް ބުނެލެވުނީވެސް ތަންކޮޅެއް ބާރަށްކަމުން އަޔާންއަށް އެއަޑުއިވުނެވެ. “ޔެސް ޔެސް ސަރ ގެ ބައްޕައަކީ އަނީލް ސަރ. ދެން ވައްތަރު ނުވެދާނެ.. އެކަމްވެސް ބައްޕަ ވާނީ ބައްޕައަށް ދޯ” އަޔާން މައިޝާއަށް ޖަވާބުދިނެވެ. އެއާއި އެކު މައިޝާއަށް އޭނާ ބުނިއެތި އަޔާންއަށް އަޑުއިވުނުކަން އިނގި ލަދުގަތެވެ.

އާލިޔާ އަޔާންއާއި ދިމާ ބަލަން އިނުމަށްފަހު އިސްޖަހާލިއެވެ. އޭނާއަށް އެ ކުރެވުނީ އަޔާންގެ ބައްޕައަށް މަލާމަތެކެވެ. ހުރިހާ ކުދިން އެކީ ހިމޭންވިފަދައެވެ. އެމީހުން މިހުރިހާ ދުވަހު މަލާމާތްކުރަމުން އައީ އަޔާންގެ ބައްޕައަށެވެ. “ސޯ ދެން އިތުރަށް ނެތްތަ ސުވާލެއް.. ނެތިއްޔާ ލެޓްސް ޓޯކް އަބައުޓް އެކައުންޓިން..” އަޔާން ބުނެލިއެވެ. އެއަށްފަހު ކޮންމެ ކުއްޖަކާއި ތަފާތު ސުވާލުކުރަންފެށިއެވެ. އާލިޔާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހުސްއެކަމެވެ. ސިކުނޑީ ފަޅައިގެން ދާވަރުވެފައި އިން އާލިޔާ ގެ މޫނުމަތީ ދަާތިކިތަށް ހިލުނެވެ. “ގޯޑް… އަނީލްލްލް ސަރ އިޒް އަޔާންގެ ބައްޕަ… ނޯ ދެން… އެލީ ދެން ނުވާނެ އެއްވެސް މީހަކަށް މަލާމާތްކޮށްގެން… ޝިޓް. ޑޭމް… ޑޭމް އަނީލް ސަރ އަކީ އަޔާން ގެ ބައްޕަ.. އަނީލް ސަރ އަޔާން ސަރ އަނީލް ސަރ އަޔާން ސަރ..” އާލިޔާ ކިޔަމުން ދިޔައީ މަޑުމަޑުންނެވެ. އާލިޔާ އޭނާގެ އިނގިލިން ޑެސްކުގައި މަޑުމަޑުން ޖަހަމުން ދިޔައިރު ކަނާއަތު ފައި ދިޔައީ އެއްވަރަކަށް ތަޅުވަމުންނެވެ. އެއީ ހާސްވީމާ އާލިޔާއަށް ވާކަމެކެވެ.

“އަމްމް … ޑިފެރެންޓް ޓައިޕްސް އޮފް ޑިޕްރިސިއޭޝަން..” އަޔާން އެ ސުވާލުކޮށްލީ އާލިޔާއަށެވެ. އާލިޔާއަށް އެކަމެއް ރޭކައިވެސްނުލައެވެ. އެ އިންގޮތަށް އިނީ ސިކުނޑީގައި އެނބުރެމުން ދިޔަ ކަންތަކާއި ވިސްނަމުންނެވެ. އަޔާން ހުރިހާ ކުދިންނާއި ދިމާލަށް ބަލައިލުމަށްފަހު އާލިޔާއާއި ދިމާ ބަލައިލިއެވެ. މައިޝާ އާލިޔާގެ ގައިގާ ކޮށްޓާލުމުންވެސް އާލިޔާއަށް އިންގޮތަށް އިނދެވުނީ އޭނާގެ ދުނިޔޭގައެވެ. އަޔާން އާލިޔާއާއި ހަމާއަށް އަރާއޭނާގެ ޑެސްކުގައި ޖަހާލުމަށްފަހު ސުވާލުތަކުރާރުކޮށްލިއެވެ. އާލިޔާ ސިހިފައި އަޔާންއާއި ދިމާލަށް ބަލައިލިއެވެ. “އަނީލްސަރ އަޔާން ސަރ…”އާލިޔާއަށް އެ ސިހުމުގައި އެހެން ބުނެލެވުމުން ވަގުތުން އަނގަމަތީ އަތްއަޅާލެވުނެވެ. ނުވިސްނާ އިނދެ ބުނެވުނު އެއްޗާއި މެދު ލަދުގަތެވެ. ކުލާހުގައި ތިބި ހުރިހާ ކުދިން އެކީ ހޭންފެށިއެވެ. އާލިޔާ އެންމެނާއި ދިމާލަށް ބަލައިލީ ލަދުން ހުރެއެވެ. އިސްއުފުލާ އަޔާންއަށް ބަލައިލަންވެސް އޭނާ ފަސްޖެހުނެވެ. މައިޝާ ނުހޭން އިނެއްކަމަކު އޭނާ އިނީ ހިނިއައިސްގެން ފަޅައިގެން ދާ ވަރުވެފައެވެ. އަޔާން ކައިރިއަށް އައީ ލާނެއް ހިންޏެކެވެ. ނަމަވެސް އޭނާ ހެއުން ހުއްޓާލުމަށްފަހު ސީރިއަސްވެލިއެވެ. “އަނީލް ސަރ އަޔާންސަރ އެއީ ޑިޕްރިޝިއޭޝަންގެ ޓައިޕްއެއްތަ؟؟” އަޔާން އަހާލިއެވެ. އާލިޔާ އިސްޖަހާލައިގެން އިނދެ ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. “ދެން ކޮބާ؟” އަޔާން އަހާލިއެވެ. އާލިޔާ ކުޑަކޮށް ހަމަޖެހިލިއެވެ. އަދި ކޮޅަށް ތެދުވެލިއެވެ. އޭނާގެ ދާދި ކައިރި އެއްފަޅިއެއްގައި އަޔާން ހުރުމުން އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ. އަޔާން އާއި އެހާ ކައިރި ހުރެވުމުން ކުރެވުނީ ތަފާތު އިހްސާސްއެކެވެ. އެންމެފަހަރަކުވެސް އިސްއުފުލާ އަޔާންއަށް ބަލައިނުލާ އާލިޔާ ޖަވާބު ދިނެވެ.

އަޔާން އެންމެ ރަނގަޅޭ ބުނެ މައިޝާއަށް ސުވާލުކޮށްލިއެވެ. އަޔާން އެމީހުންނާއި ދުރުވެލުމުން މައިޝާ ހޭންފެށިއެވެ. އާލިޔާ އަނެއްކާވެސް ލަދުގަތެވެ. “މާއި ޕްލީސް.. ދެން ވަރަށް ފޫހިވޭ ނުވެސް ވިސްނާ ހުއްޓާ އަހާލީމަ އަނގައިން ބޭރުވީއޭ….” އާލިޔާ މައިޝާގެ ގައިގާ ޖަހާލަމުން ބުނެލިއެވެ. “ހުމްމް ހުމްމް އޯކޭ އޭ.. އެހެންވީމަ ސަރ  އަނީލްސަރ ގެ ބިޒްނަސްގަ ދޯ މި އުޅެނީ… ވާއު ޖޫލިއަން ކޮމްޕެނީ…. ލަކީ ދޯ ސަރ ވަރަށް…….. ނޮޓް ބޭޑް ދޯ..” މައިޝާ ބުނެލިއެވެ. އާލިޔާ ބޯ ޖަހާލިއެވެ. “ސޮރީ ބުނަން ޖެހޭނެ ދޯ… ” އާލިޔާ ބުނެލީ އަޔާންއާއި ދިމާލަށް އެއްލިކަޅިއަކުން ބަލައިލާފައެވެ. “ހުމްމް އޭރުން ރަނގަޅުވާނީ…” މައިޝާ ބުނެލިއެވެ.

އަޔާން އެގޮތުގައި ސުވާލުކުރަމުން ގޮސް ގަޑިއެކީ ނިމިގެން ދިޔައެވެ. އަޔާން ހުރިހާ ކުދިންނަށް ބާއްޖަވެރި ދުވަހަކަށް އެދެމުން ކުލާސް ދޮރުކައިރި ހުރީ ކުދިން ނިކުންނަންދެންނެވެ. އާލިޔާ އާއި މައިޝާ އެއްވަރަކަށް ހިނގާލާފައި ދޮރާއި ދިމާލަށް ދިޔައެވެ. އާލިޔާ އަޔާންއާއި ދާދި ކައިރި ހުއްޓިލިއެވެ. ނަމަވެސް އަޔާންއާއި ދިމާ ބަލައެއްނުލައެވެ. “ސަރ.. ސޮރީ އިއްޔެގެ ކަންތަކަށްވެސް އެން ދެންމެ…….” އާލިޔާ ހުއްޓާލިއެވެ. އަދި ލޯ މަރާލީ އަޔާންގެ ޖަވާބަކަށް އިންތިޒާރުކުރުމުގެ ގޮތުންނެވެ. “އިޓްސް އޯކޭ.. ސަރ އަކަށް ދުވަހަކުވެސް ނޭނގެ ސަރ ގެ ބައްޕަ އެހާ ކޫލްކަމެއް… ގޮނޑިގައި އެހެންއިންނަ ކަމެއް…. އެހެން ވާހަކަވެސް ދައްކާކަމެއް ސުކޫލުގައި … ހެހެހެ… ތެންކިޔު ފޯރ ޝޯވިން މީ ދެޓް..” އަޔާން ބުނެލީ މަޖާވެލާފައެވެ. އާލިޔާ އިތުރަށް ލަދުގަތެވެ. އެހެންކަމުން އަވަސް އަވަހަށް މައިޝާގެ އަތުގައި ހިފާލަމުން ހިނގައިގަތީ ލެވުނުހާ ބޮޑު ފިޔަވަޅުތަކެއް ލައިގެންނެވެ.

“ޝީ އިޒް ޖަސްޓް ސަމްތިން ސަމްތިން…” އާލިޔާ ދިޔަ ދިމާލަށް ބަލަންހުރެފައި އަޔާން އެހެން ބުނެލީ ރަކި ހިނިތުންވުމަކާއި އެކުއެވެ. އެއަށްފަހު އޭނާވެސް ކުލާހުން ނިކުމެލިއެވެ.

“ދެން އޮތީ ވީކެންޑްސް ގޯޑް މުޅި ދުވަހު ޓިއުޝަން ދިނުމުގަ.. މާއި މިހާރު އެބަ ވިސްނަން ހަމައެކަނި ސޮޕްގައި އިނުމަށް.. އަނެއްހެން އެ ބޭބެއޮތީ ހުރިހާ ކަމަކަށް ހުއްދަ ދީފަ.. ބޭނުންއިރަކު ޗުއްޓީ އެކަމް އެއީ ރަނގަޅު ގޮތެއްނޫންދޯ… ދެން ބޭބެ ބުނަނީ މައްސަލައެއްނެތޭ ފޮތް ހިފައިގެން އިނަސް… އަބަދު އަބަދު ވިޔަފާރިއެއްނުވާނެތާ ދޯ ދެން އެގަޑީގައި ހީ ޓޯލްޑް މީ ޓު ސްޓަޑީ.. އޯކޭ ވާނެއްނު އެގޮތް؟” އާލިޔާ އަހާލިއެވެ. މައިޝާ އެކަމާއި އެއްބަސްވެލިއެވެ. “އޭ މިރޭ ގުރޫޕް ހަދަންވާނެ… އޭރުން މަޖާ ވާނީ..” މައިޝާ ބުނެލުމުން އާލިޔާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

ދެމީހުން ވަކިވެގެން ދިޔައީ މިރޭ ވާހަކަދައްކާނެކަމަށް ބުނެފައެވެ. އާލިޔާވެސް ގެއާއި ދިމާލަށް މިޝްރާބް ހުރިއިރު ވިސްނަމުން ދިޔައީ އަޔާންއާއި ދޭތެރޭއެވެ. އެ މާނަފުން ބެލުމެވެ. އެ ރީތި ހިނިތުންވުމެވެ. އެ ކަސްރަތީ ހަށިގަނޑެވެ. އެ ފިރިހެންވަންތަ އަޑެވެ. ކޮންމެއަކަސް އަޔާން ވަނީ އާލިޔާގެ ހިތްރަނގަޅަށް ކަތިލާފައެވެ.

“އޭ ސާހިބާގެ ތިޔަ ބެލުމާ…

ހިތްކަތިލާ ހާ އެ ނަޒަރާ…”

އާލިޔާ ގެއަށް ގޮސް ފުރަތަމަވެސް ފެންވަރާލާ ނަމާދުކޮށްލިއެވެ. އެއަށްފަހު ބަދިގެއަށްވަދެ ކައްކާލުމަށްފަހު ކައިގެން ކޮޓަރިއަށް ވަދެލިއެވެ. ހިތަށް އެރި ހިޔާލެއްގެ ސަބަބުން އާލިޔާ އަނެއްކާވެސް ކޮޓަރިން ނިކުމެލިއެވެ. އެއަށްފަހު ކުރިމަތީ ހުރި މަންމަގެ ކޮޓަރިއަށް ވަދެލިއެވެ. އެތަން އަދިވެސް އޮތީ އިއްޔެ އޮތްހެންނެވެ. މަންމައާއި ދޮންބައްޕައެއްނެތެވެ. އާލިޔާ އަނގަމަތީ އަތްއަޅައިގެން ހުރެ ކޮޓަރި ސާފުކޮށްލިއެވެ. އެއަށްފަހު ވަރުބަލިކަމާއި އެކު އޭނާގެ ކޮޓަރިއަށްވަދެ އެނދުމަތީ އޮށޯވެލިއެވެ. ފޯނު ފެނުމާއި އެކު އޭނާ އަށް ހަނދާންވީ އަޔާންއެވެ. އަވަސް އަވަހަށް ދަބަހުން ފޮތްނަގައި އަޔާންގެ ނަމްބަރ ފޯނަށް ސޭވްކޮށްލިއެވެ. “ޔާން” ނަމުގައި ސޭވްކުރި އެނަމްބަރަށް އާލިޔާ ބަލަން އިނީ ލަދުވެތިކަމާއި އެކުގައެވެ.

އެއަށްފަހު ވައިބާރ ހުޅުވާލާ އަޔާންގެ ކޮންޓެކްޓް ހުޅުވާލީ އަޔާންގެ ފޮޓޯ ބަލާލާށެވެ. އަޔާން ލާފައި އިނީ ބުރުގާ އަޅައިފައި ހުރި  އަންހެނަކާއި އޭނާގެ ފޮޓޮއެކެވެ. ދެމީހުން ވައްތަރު ގޮތެއްހުރުމުން އެއީ އަޔާންގެ މަންމަކަމަށް އާލިޔާ އަންދާލާކޮށްލިއެވެ. އެ ފޮޓޯގައި އަޔާން ފެންނަލެއް ހިތްގައިމެވެ. އާލިޔާގެ ހިތުގެ ވިންދުއަވަސްކުރާ އެ ރީތި ހިނިތުންވުން ފާޅުވާންހުރިއެވެ. އަންހެންމީހާގެ ކޮނޑަށް އަތް ލާފައި ދެމޫނު ޖައްސާލާފައި ހުރުމުން ވަރަށް ލޯބިގޮތެއް ހުރެއެވެ. އާލިޔާ އެތަށްއިރަކު އެ ފޮޓޮއަށް ބަލަން އޮތެވެ. އެއަށްފަހު ފޯނުން ނަމްބަރަކަށް ގުޅާލިއެވެ. “ހަލޯ… ދައްތާ.. ލައްބަ.. އަޅުގަނޑު މިހާރު ޓިއުޝަން ދިނުން ހުއްޓާލަން ނިންމައިފިން.. މާބޮޑަށް ބިޒީ ވަނީ ކުލާހުގައިވެސް.. ލައްބަ ލައްބަ އިން ޝާ ﷲ ދެންވެސް ޓިއުޝަންދޭން ނިންމައިފިއްޔާ ދައްތައަށް ގުޅާލާނަން.. ލައްބަ.. ނޫނޭ ދެން މި މަހުގެ ލާރި ބާއްވާ.. ލައްބަ ޝުކުރިއްޔާ” އާލިޔާ އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލާ ފުން ނޭވައެއްދޫކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް އިތުރު ދެ ނަމްބަރަކަށް ގުޅާލާ އެވާހަކަ ބުނެލިއެވެ. އެއަށްފަހު އާލިޔާ ނިންމީ ވަޒީފާ އަދާކުރާ ފިހާރާގައި އުޅޭ ބޭބެއަށް ގުޅާލާށެވެ. މި ހުރިހާ ކަމެއްއެއްފަހަރާ ނިންމާލުމުން އޭނާއަށް ފަސޭހަވާނޭ ހިތާހިތުން ކިޔަމުންނެވެ. “ހަލޯ ބޭބޭ… އަޅުގަނޑު މާދަމައިން ފަށައިގެން ފިހާރައަށް ދާންފަށާނަން.. ލައްބަ.. ބޭބޭ އަޅުގަނޑު ޗުއްޓީއެއްބޭނުމިއްޔާ އެދޭނަން. ބޭބެ ހާސްނުވޭ…. ލައްބަ… އޯކޭ..” އާލިޔާ ހިނިތުންވެލުމަށްފަހު ފޯނު ބާއްވާލިއެވެ. ފަސޭހައިން އެކަންތަށް ވެގެން ދިޔައީތީ އޭނާ އުފާވިއެވެ.އިރުކޮޅަކު އެހެން އޮއްވާ އާލިޔާ ފުން ނިންޖަކަށް ގެނބުނެވެ.

“އާލިޔާ؟ އާލިޔާ؟؟ އާލިޔާ؟؟” އާލިޔާ ސިހިފައި ތެދުވެވުނީ އޭނާގެ ދޮންބައްޕަ ނިމާލް  އޭނާއަށް ގޮވަންފެށުމުންނެވެ. ބިރުން އާލިޔާ ގޮސް ދޮރު ހުޅުވިއިރު ކުރިމަތީ ރުޅިއައިސް ރަތްވެފައި ހުރި ނިމާލް  ފެނި އާލިޔާ ތުރު ތުރުއަޅައިގަތެވެ. އާލިޔާ ދޮރު ހުޅުވުމާއި އެކު ނިމާލް  އެތެރެއަށް ދެމިގަތެވެ. އެއަށްފަހު ދޮރު ބަންކިޔާފައި ޖެހިއެވެ. އާލިޔާ އަވަސް ނޭވާތަކެއް ލަމުން ފަހަތަށް ޖެހެމުން ދިޔައެވެ. “ކީއްވެ؟؟ ކީއްވެ ކޮޓަރި ސާފްކުރީ؟” އާލިޔާގެ ގައިގާ ޖަހާލަމުން ނިމާލް  ބުނެލިއެވެ. އާލިޔާ ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. ކަރުނަތަށް ދެލޮލުން ފައިބަންފެށިއެވެ. “ކޮބާ ތަޅުންގަނޑުމަތީ ހުރި ލާރިތަށް؟؟؟ ކޮބާ އޭއްޗެހި؟؟” އާލިޔާ ގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނަގަމުން ނިމާލް  ބުނެލިއެވެ. “އާހް.. ކަ..ކަބަޑު ތެރޭ ރީއްޗަށް…. ރީއްޗަށް ބެހެއްޓިން…” އާލިޔާ ބުނެލިއެވެ.  “ހިނގާ ދައްކަން…” ނިމާލް  ބުނެލީ އަލީޒަގެ އިސްތަށީގަނޑުގައި ހިފައިގެން ހުރެ ހިނގައިގަންނަމުންނެވެ. އާލިޔާ ނިމާލް ގެ ފަހަތުން ދިޔައެވެ. އެއަށްފަހު ކަބަޑުތެރެއަށް އޭނާ ލީ ފައިސާތަށް ނަގައި ނިމާލް އާއި ހަވާލްކުރިއެވެ. “ދެން ނުވާނެ މި ކޮޓަރި ސާފްކޮށްގެންނެއް..” އާލިޔާ ދުރަށް ކޮށްޕާލަމުން ނިމާލް  އެހެން ބުނެލިއެވެ. އާލިޔާ ވިއްސައިގެން ގޮސް ބޯ ޖެހުނީ ފާރުގައެވެ. ބޯ ޖެހުނުގޮތުން އޭނާއަށް ތަދުވެ އެނބުރުން އަރައިގެން ނަމަވެސް ފާރުގައި ހިފަހައްޓާލައިގެން އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވަމުން އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

އާލިޔާ ދޮރު ތަޅުލުމަށްފަހު ލޯގަނޑުން ފެނުނު ސޫރައަށް ބަލައިލިއެވެ. ކޯމައްޗަށް އަރައިފައި އިން ނިމާލް ގެ އަތް ތިލައިގެ ނިޝާނުގައި އާލިޔާ އަތްހާކާލިއެވެ. އެއާއި އެކު އޭނާއަށް ރޮވެންފެށުނެވެ.

ހިތްފުރޭވަރަށް ރޯލުމަށްފަހު އާލިޔާ އެނދުމަތީ އޮށޯވެލިއެވެ. އަމިއްލައަށް ކޮންޓްރޯލްކުރަން އޭނާއަށް މިހާރު އިނގެއެވެ. ތުރު ތުރުއަޅަމުން ދިޔަ އޭނާގެ ތުންފަތް ކިޔަމުން ދިޔައީ އެންމެ ނަމެކެވެ. “އަޔާން”އެވެ. އާލިޔާ އެހެންއޮއްވާ ފޯނަށް މެސެޖްއެއް އައެވެ. އެއީ ގުރޫޕް ހެދިކަމުގެ މެސެޖްއެވެ. އާލިޔާގެ މޫނުމައްޗަށް އުޖާލާކަން ވެރިވީ އެހެންވެއެވެ. އާލިޔާ ގުރޫޕްގެ ބައިވެރިންތެރެއިން ފެންނަމުން ދިޔަ އަޔާންގެ ނަމްބަރަށް އެތަކެއް ފަހަރަކު ބަލަން އިނެވެ. ކުއްލިއަކަށް ސިހުނީ ގުރޫޕަށް އައި މެސެޖްގެ ސަބަބުންނެވެ. “ސަރ އެޑްމިންއަށް ލިއްޔާ ދޯ ރަނގަޅުވާނީ” ކުއްޖަކު އެހެން ބުނެލުމާއި އެކު ދެތިން ކުއްޖަކު އާއެކޭ ބުނެލިއެވެ. އެރު އަޔާން އިނީ އޮންލައިންގައި ކަމަކު އޭނާގެ މެސެޖެއްނާދެއެވެ. “ސަރ ގެ އިތުރުން ޕްރިފެކްޓްސް ލާންވީނު..” އެހެންކުއްޖަކު އޭނާގެ ހިޔާލު ފާޅުކޮށްލިއެވެ. ގުރޫޕް ހެދި ކުއްޖާ އާލިޔާއާއި އަޔާންގެ އިތުރުން ދެތިން ޕްރިފެކްޓަކު އެޑްމިންއަށް ހަދައިލިއެވެ. އާލިޔާ އެއްޗެއްނުބުނެ އެ ކުދިން ކުރަމުން ދިޔަ މެސެޖްތަށް ކިޔަމުންދިޔައެވެ.

އިރުކޮޅެއްނުވެ އަޔާންވެސް މެސެޖްއެއްކޮށްލިއެވެ. “ގާލްސް ވެލްކަމް ވެލްކަމް.. ހެހެ އަނހަ ސަރ ނުވެސް ބުނަނިސް އެޑްމިންއަށް ލައިފިން ދޯ.. ގްރޭޓް… ދެން މިތާނގަ ޗެޓް ކުރާނީކީ ނޫން އިނގޭ (؛ މި ގުރޫޕްއަކީ ހަމައެކަނި ޑައުޓްސްތަކަށާއި އިތުރު މައުލޫމާތުތަށް ހިއްސާކުރާ ގުރޫޕްއެއް..ދެން ސަރ އަށް އިނގޭ މިހެންބުންޏަސް ސަރ އަށްވެސް ނުހުރެވޭނެކަން… އައި ލަވް ޗެޓިން ބަޓް ލިމިޓްއެއް އޮންނަންވާނެ..  މި ގުރޫޕް ޗެޓިންތަށް އޮންނަންޖެހޭނީ ހަމައެކަނި ގޭގައި.. ސުކޫލުގައި ނަތިންގް އަބައުޓް ދިސް އޯކޭ؟” އަޔާން ޖަހާލައިފައި އިނެވެ. ކުދިންތަށް އެކަމާއި އެއްބަސްވެލި އިރު އާލިޔާ އިނީ މެސެޖެއްވެސް ކޮށްނުލައެވެ. އޭނާއަކީ ގުރޫޕް ޗެޓްތަކުގައި އެންމެ ފޯރި އަރުވާ ކުއްޖާއެވެ. މީގެ ކުރިންވެސް ދެތިން މުދައްރިސުންތަކަކާއި އެކު އެގޮތަށް ގުރޫޕްހަދައިގެން ކުދިން ވަނީ ޑައުޓުތަށް އޮޅުން ފިލުވާފައެވެ. އެއިންކޮންމެ ގުރޫޕެއްގައިވެސް ރަސްކަން ކުރަނީ އާލިޔާއެވެ. ނަމަވެސް އެއީ ހަމައެކަނި ގޭގައި އޮންނަކަމެކެވެ.

“ކޮބާ އެލީ؟ އެހެންޏާ ގުރޫޕެއް ހެދުން ލަސްވެފައި ހުންނަނީ ދޯ..” ކުއްޖަކު ޖަހާލިއެވެ. އާލިޔާ ތުންފަތުގައި ދަތްއަޅާލިއެވެ. ކުދިންތަށް އާލިޔާ އޮންލައިންގައި އިނީމައި ވަކިން މެސެޖްތަށްވެސް ކުރަންފެށިއެވެ. އަޔާންގެ ފުރަތަމަ މެސެޖަށްފަހު މެސެޖެއްނާދެއެވެ. “ހަނާ.. އެހެން ޓީޗަރސް އާއި އެކެ ގުރޫޕްޗެޓް ކުރަނީ އެމީހުން އިނގޭތީ ދޯ.. އެކަމް މި ސަރ…” ހަނާ ވަކިން ކޮށްފައި އިން މެސެޖަކަށް ރިޕްލައި ކުރަމުން އާލިޔާ ބުނެލިއެވެ. “އޯކޭ ވާނެ އެލީ… އެލީ ނެތިއްޔާ ގުރޫޕް ވަރަށް ވައިވާނެ.. މި ސަރ އަދި މީ ވަރަށް ކޫލް ސަރ އެއް..” ހަނާ ބުނެލިއެވެ. އާލިޔާ އެކަމާއި އެއްބަސްވެލިއެވެ. “ހުމް އެކަމް އައި ނީޑް ޓައިމް ޓު އެޑްޖަސްޓް ވިދް ދިސް ގުރޫޕް އެން ސްޕެޝަލީ އަޔާން ސަރ.. ދެން އިނގޭނު އަޔާން ސަރ އައި ފަހުން އެލީއަށް ލިބޭ ލަނޑުތަށް.. ވަރަށް ލަދުގަނެ ކުރިމައްޗަށް އަރަންވެސް އެގޮތަށް ކަންތަށް ވީމަ” އާލިޔާ ބުނެލިއެވެ. ހަނާ އެންމެރަނގަޅޭ ބުނެލިއެވެ. އިރުކޮޅެއްނުވެ މައިޝާވެސް އާލިޔާއަށް މެސެޖްކުރިއެވެ. އާލިޔާ އޭނާގެ އެންމެ ގާތްއެކުވެރިއާ ކައިރި މިއަދު ހިނގި ހާދިސަ ފޮރުވިއެވެ. .

އެރޭ ނިދުމުގެ ކުރިން އާލިޔާ ގުރޫޕްތެރޭ ގުޑްނައިޓް ޖަހާލީ އާލިޔާ ފިޔަވާ އެހެން އެންމެންވެސް އެހެން ޖަހާފައިއޮތުމުންނެވެ.  އެއަށްފަހު އާލިޔާ ނިދަން އޮވެލިއެވެ. ހިތާހިތުން އަޔާންގެ ނަން ކިޔާލަމުންނެވެ.

…….

އަޔާން އަށް ހަމަނޭވައި ވެސް ލެވުނީ 11 ވެސް ޖެހިފަހުންނެވެ. ގުރޫޕަށް ކުދިން އެތަށް މެސެޖްތަކެއް ކޮށްފައި އެބަހުއްޓެވެ. އަޔާންއަށް މިފެށުނީ ވަރުގަދަކަމެކޭ ހިތަށް އަރައިފައި އެކުދިންގެ މެސެޖްތަށް ކިޔަންފެށިއެވެ. ގިނަކުދިން ބުނެފައިވާގޮތުން އާލިޔާ އަކީ ގުރޫޕްގެ ކުއީންއެވެ. އަޔާން އާލިޔާ ގެ ނަން ހޯދާލިއެވެ. “އެލީނާން” ގެ ނަމުން ޖަހާފައި އިން ބަޔަށް އަޔާން ވަދެލިއެވެ. އެއާއި އެކު އާލިޔާ ގެ ފޮޓޯ ފެނުނެވެ. އެ ރީތި ހިނިތުންވުމެވެ. އެ ފަން އިސްތަށިގަނޑު ހާވާލާއިފައި އޮތެވެ. އެ ބޮޑު ދެލޯ ފުރިހަމަކޮށްލައިފައިވަނީ އަނދުނުންނެވެ. “މެޑަމް… ޔޫ އަރ ޓޫ ސްމާރޓް އިނގޭ….. ނާން އޭ… ބިޓު ކަންނޭނގެ… ހާދަ ނޯޓީއޭ މަޑުން ހުއްޓަކަސް ދޯ..” އާލިޔާގެ ފޮޓޯގަނޑަށް ބަލަން އިނދެ އަޔާން ބުނެލިއެވެ. ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވެގެން ދިޔައެވެ. އޭނާގެ މޫނު އުޖާލާވިއެވެ. “ޔެސް މައި ޕްރިންސެސް.. މިދަނީ އިނގޭ… ޔާ އައި ނޯ ލޭޓް ވެއްޖެކަން މިރޭ އަވަސްކުރާނަމޭ ބުނެފައިވެސް އެކަމް ބަލާ މި ޕްރޮޖެކްޓް ވަރަށް މުހިންމޭ… ސްޕެޝަލީ ޑޭޑްއަށް.. އެހެންވެ މި ނިމެންދެން އިނީ.. އޯކޭ ކަމިން ކަމިން..” އަޔާން ހިނިތުންވުމަކާއި އެކު ފޯނު ބާއްވާލާފައި އަވަސް އަވަހަށް އޮފީހުން ނިކުންނަން މިޝްރާބްޖެހިއެވެ.

………

އަނެއްދުވަހުގެ އިރުއެރުމާއި އެކު އާލިޔާ އޭނާގެ މަސައްކަތާއިގެން އުޅުނެވެ. އިއްޔެ ހެދުނުންސުރެ ސައީދާގެ މޫނު އާލިޔާއަކަށް ނުފެނުނެވެ. ފެނުނީ ނިމާލް އެކަންޏެވެ. ސައީދާ އުޅޭކޮޓަރިއަށް ބަލަން ހުރުމަށްފަހު އާލިޔާ ބަދިގެއަށް ވަދެ ކަންތަށް ކޮށްނިންމާލާ އޭނާވެސް ކައިގެން ފިހާރައަށް ދާން ތައްޔާރުވެލިއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން މޫނުމަތީ ކުޑަކޮށް ފުއްޖަހާލާ ރީތިވެލައިގެން ނިކުމެލި އާލިޔާ އަނެއްކާވެސް ސައީދާގެ ކޮޓަރިއަށް ބަލައިލިއެވެ. “އޭ.. ކޯޗެއްތި ބަލަނީ؟” އާލިޔާ ސިއްސައިގެން ދިޔައީ ބަދިގެއިން އިވުނު އޭނާގެ މަންމަގެ އަޑުންނެވެ. އާލިޔާ ތެޅިގަނެފައި ސައީދާއަށް ބަލައިލިއެވެ. “މަ..މަންމާ މި.. ދަނީ ފިހާރައަށް…” އާލިޔާ ބުނެލީ އިސްޖަހާލައިގެން އޭނާ އަޅުވާލާފައި ހުރި ހޭންޑް ބޭގައި ކުޅެލަމުންނެވެ. “އަހަރެންނަށް ހެޔޮ ކަށްވަޅަށް ދިޔަޔަސް އެކަމް އަހަރެމެން ކޮޓަރިއަށް ނުވާނެ ވަދެގެން.. އިއްޔެވެސް ކުޅުނު ކުޅިގަނޑު އިނގެޔޭ..” ސައީދާ ދިނީ އިންޒާރެކެވެ. އާލިޔާއަށް އެ ޖުމްލަ ކިތަންމެ ވޭންދެނިވި ވިޔަސް ބޯ ޖަހާލުމަށްފަހު ނިކުމެގެން ދިޔައީ އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.

ފިހާރަ ހުޅުވާލުމަށްފަހު އާލިޔާ ފޮތް ނަގައިގެން ކައުންޓަރ ދޮށުގައި އިނީ މީހަކު ވިޔަފާރި ކުރަންވެސް ނާންނާތީއެވެ. ކުއްލިއަކަށް ފޯނަށް އައި މެސެޖް އަކުން އާލިޔާ ފޯނަށް ނަޒަރު ހިންގާލިއެވެ. އެއީ ގުރޫޕްއަށް އަޔާން ކޮށްފައި އިން މެސެޖްއެކެވެ. “ގާލްސް… އެކައުންޓިން ސްޓޭންޑާރޑްސް ކިޔެވިތަ؟ ފޮތަކު ނެތް އެއްވެސް އިންފޯރ އެއް އެކަމު ސްކީމްގައި އެބައިން ކިޔަވައިދިން ކަމަށް….” އަޔާން ބުނެލިއެވެ. އާލިޔާ އެއްވެސް ކުއްޖަކު އޮންލައިންގަތޯ ބަލައިލިއެވެ. އޭނާ ފިޔަވާ އެއްވެސް ކުއްޖެއް  އޮންލައިންއަކު ނެތެވެ. ވާނީވެސް އެހެންތާއެވެ. ދުވަހަކީ ހުކުރު ދުވަހަކަށްވެފައި މިހާ ހެނދުނު އެކުދިން ނުވެސް ހޭލާނެއެވެ. އާލިޔާ އެ މެސެޖްއަށް ރިޕްލައި ކުރަން ގަސްތު ކުރީ އަޔާން މިވަގުތު އެހެން އެ އެހީ މުހިންމު ވީމާކަމަށް ހިތާއެވެ.  “ސަރ ސްޓޭންޑާރޑްސް އެއް ނުކިޔަވައިދެ… މޭމް ބުނީ ދެން އިނީ އެ ޓޮޕިކް އޭ އެކަމް މޭމް އެއަށްފަހު ލީވްކުރީ..” އާލިޔާ ބުނެލިއެވެ. “އޯހ.. އޯކޭ ތެންކްސް ޑޯލް…”އަޔާން ޖަހާލިއެވެ. އާލިޔާ އިރުކޮޅަކު އެ މެސެޖަށް ބަލަން އިނދެވުނެވެ. “ޑޯލް؟؟؟” ހިތާ ހިތުން އެ ސުވާލު އަމިއްލަ ނަފްސަށް ކޮށްލިއެވެ. “އެލީނާން*” އަޔާންގެ އިތުރު މެސެޖެއްއައެވެ. އާލިޔާ ދެލޯ ހަނިކޮށްލައިގެން އެ މެސެޖަށް ބަލަން އިނުމަށްފަހު އޭނާވެސް މެސެޖެއް ފޮނުވައިލިއެވެ.

“އެލީ*” އާލިޔާ ތުންފަތުގައި ދަތް އަޅައިލިއެވެ.

“އެލީނާން އެއްނު ޖަހާފައި އިނީ ސޯ /:” އަޔާން ޖަހައިލިއެވެ.

“އެކަމް އެއީ އޭ ނަމަކީ.. އެލީ! އިފް ޔޫ ކާންޓް ސޭ އެލީ ދެން އާލިޔާ.. އާލިޔާވެސް ނުކިޔެންޏާ އާލިޔާ އަދުނާން..” އާލިޔާ ބުނެލިއެވެ. އޭނާގެ އެ ނަމަކީ ލޯބިވާ ބައްޕަ އަދުނާން ކިޔާ ނަމެކެވެ. އެއީ އަދުނާންގެ ނަމާއި އާލިޔާގެ ވަ ނަން އެއްކޮށްލައިގެންނެވެ. އެނަން އަޔާންއަކަށްވެސް އެހެން މީހަކަށްވެސް ނުކިޔޭނެއެވެ. އާލިޔާ ހިތްހަމަނުޖެހުނީ އެހެންވެއެވެ.

“އޯ އެއްކަލަ މެޑަމް ދޯ މީ… ހީވެއްޖޭ ކުރިންވެސް.. އެކަހަލަ މެސެޖެއް އެހެންމީހަކު ނުކުރާނެ މިތާކު..” އަޔާންއަށް އާލިޔާ އިނގުނެއްކަމަކު އިތުރަށް ރުޅިއަރުވާލާ ހިތުން އެހެން ޖަހާލިއެވެ.

އާލިޔާ ތުންދަމާލިއެވެ. “ދެން ދޯ..” އާލިޔާ ޖަހާލިއެވެ.

“އޯކޭ އޯކޭ ތެންކިޔު އާލިޔާ އަދުނާން..” އަޔާން އެހެން ޖަހާލިއެވެ. އާލިޔާ އިތުރަށް މެސެޖް ކުރާކަށް ނުހަދާ ފޯނު ބޭއްވިއެވެ. އެއަށްފަހު މުޅި ސަމާލުކަން ފޮތަށް ދިނެވެ. “އެކަމް ޑޯލް އޭ އެބުނީ ކީއްވެ؟” އާލިޔާ އަމިއްލަ ހިތާއި ސުވާލުކޮށްލިއެވެ. “އާރގް ދެން ފޯކަސް އެލީ ފޯކަސް..” އާލިޔާ އަނެއްކާވެސް ފޮތްކިޔަން ފެށިއެވެ. އެހެން އިންދާ މީހަކު ފިހަރާއަށް ވަނުމުން ފޮތް ބައިންދާލައިފައި އާލިޔާ އެމީހާއަށް ސަމާލުކަން ދިނެވެ.

ހުކުރުދުވަސްކަމުން އެމީހަކުވެސް ގަންނަން އައީ ތަރުކާރީ ފަދަ އެއްޗެއްސެވެ. އެމީހާ ދިޔުމާއި އެކު އާލިޔާ އަނެއްކާވެސް އިށީނދެ އިންތަނުގައި އިށީނދެލިއެވެ. ފިހާރައަކީ ކުޑަތަނެއްކަމަކު އެތާނގައި އެކި ވައްތަރުގެ އެއްޗެހި ހުރެއެވެ

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޢަޞްރު (ސާދަވަނަ ބައި)

Next

ވަންހަނާ (5)

Next
December 9, 2016

ވަންހަނާ (5)

Previews
December 9, 2016

ޢަޞްރު (ސާދަވަނަ ބައި)

26 Comments!

  1. Ryn says:
    December 9, 2016 at 7:12 pm

    Enjoy and have a good night and sweet dreams 😉

  2. yax says:
    December 9, 2016 at 7:17 pm

    yeay me first o

  3. yax says:
    December 9, 2016 at 7:19 pm

    love you & your storys Ryn????
    this part also very nice
    goooooood night to you Ryn??

  4. Pop says:
    December 9, 2016 at 7:27 pm

    Wow hadha salhi ey… Can’t wait for next part.

  5. Pop says:
    December 9, 2016 at 7:28 pm

    Me second dhw..

  6. imooo says:
    December 9, 2016 at 7:35 pm

    vvvvvv reethi… nd i love it rynn….

  7. Fin says:
    December 9, 2016 at 7:46 pm

    Vvvv reeeethi mi bai vxxx.. Avahah up kohdheche… :-*

  8. Zee says:
    December 9, 2016 at 7:56 pm

    Vv reethi.. U re my fav author in this site right now.. Love you ryn

    1. lulu86 says:
      May 27, 2017 at 5:37 am

      asluvx dhw…

  9. Sweety says:
    December 9, 2016 at 8:33 pm

    Speachless. Plz upload the next part as soon as possible.

  10. Rizoo says:
    December 9, 2016 at 9:01 pm

    Wow. V salhi. Eagerly waiting for the next part. ?

  11. A girl says:
    December 9, 2016 at 9:19 pm

    Nice….

  12. Faathee says:
    December 9, 2016 at 9:33 pm

    ??keep going….

  13. Thaany says:
    December 9, 2016 at 10:09 pm

    Aww v naice dhn waane gotheh balaa hithun hurevenee kee nun rynuuu awHah up kohllahchey love this storyyy
    Gud nyt…doll hehe

  14. Chapo says:
    December 9, 2016 at 10:27 pm

    vvvv reethi. plx awahah up kohlahche prinesss. :p

  15. Ners says:
    December 9, 2016 at 10:37 pm

    Liyaa konmes ehbahakun liyun rangalhuvaane. Dialogue himanan jehey gothah dialogue himenumun vaahaka rythivaany. Mihaaru vaahakaige baskoshaaraa hushaelhun varah kamunudhey. Mikankamah samaaluvelavvaa. Best of luck.

  16. Ifaa says:
    December 9, 2016 at 10:57 pm

    vvvvvvvvv reethi mi bai vx…waiting 4 nxt prt ryn……………dhen kon irakun nxt prt up koh dheynee?????

  17. ?mixoo says:
    December 10, 2016 at 8:04 am

    vvvvv reethi mibaives

  18. Fin says:
    December 10, 2016 at 9:39 am

    Ry miadhu thnkolheh avahah upkohdheveytho balache

  19. Malaika says:
    December 10, 2016 at 12:30 pm

    V reethi story?
    Maisha ge name maee ah badhal kollyma reethi vaane kanneynge maai eh vure

  20. ReeXa says:
    December 10, 2016 at 2:51 pm

    nice

  21. Maari says:
    December 10, 2016 at 6:28 pm

    V vvvv salhi mi story

  22. cindrella says:
    December 10, 2016 at 11:47 pm

    Ryn where’s next part can’t wait to read this story

  23. Azuna says:
    December 10, 2016 at 11:57 pm

    Ryn alhey avahah up koh dhybala pls

  24. Faxoo says:
    December 13, 2016 at 4:11 pm

    kyyp going Ryyn 😀 Elly is the best 😛

  25. kudee says:
    December 25, 2016 at 3:02 pm

    Nice story?

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ… 4←


All Right Reserved!