“އިއާން.. ޑޭމް އިޓް. ކޯއްޗެއްތަ ތިފޮރުވަނީ މާވަރަކަށް؟” އެނދުގައި އޮށޯވެލި މިރުޝާލް އަތުގައި އޮތް އޮރެންޖް މަށަމުން ވާހަކަދެއްކިއެވެ. އޭރު އުނގަށް ލެޕްޓޮޕް ލައިގެން އިނދެ އިއާން މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ މޫނުމަތިން ފާޅުވަނީ ނުތަނަވަސް ކަމެވެ. “މަޑުކޮށްބަލަ.. ދެނަމޭ ލެޕްޓޮޕް. ބުނެފިން ދޯ އީމެލް ޗެކް ކޮށްލަނީއޭ.” އިއާން ރުން ކުރުގޮތަކަށް ބުނެލިއެވެ. “އީމެއިލް ޗެކް ކުރެވޭނެ ފޯނުން ވެސް. މިހާރު އަހަރެންގެ ލެޕްޓޮޕް ހިފައިގެން އިންނަތާ ވެސް ގަޑިއިރެއް ވެއްޖެ.” އޮރެންޖު ފޮއްޗެއް […]
”އަހަންނާއި ގާތްނުވާތި. އަހަރެން ބޭނުމެއް ނޫނޭ ބުނަންވީ ކިތައް ފަހަރު؟ އަހަންނަށް ނުވެސް އެނގި އަހަރެންގެ ފަރާތުން…” ސުދާ ރުޅި އުތުރުރެމުން ދިޔައެވެ. ސުދާއަށް ބަލަހައްޓައިގެން ޒަވީން ހުރެފައިކުއްލިއަކަށް ސުދާގެ އަތުގައި ހިފާ އޭނަގެ ކައިރިއަށް ދަމައިގަތެވެ. “އަހަރެން އަބަދުވެސް ސުދާގެ ކަންތައްތަކަށް ކެއްތެރިވިން. ގަދަކަމުން އަހަރެން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އަހަންނަކީ ސުދާގެ ފިރިމީހާއަށް ވުމުގެ ޝަރަފު ދުވަހަކުވެސް ނުދޭ. ސުދާއަށް އެނގޭތަ އެކަމުގެ ސަބަބުން ސުދާ ފާފަވެރި ވާނެ ވަރު. އަހަރެން […]
އަޔާންއާއި ފަތުހީ ތިބީ ރެޝިޕްޝަން ކައިރީގައެވެ. ދެމީހުންވެސް ތިބީ ބިރުގަނެފައެވެ. ކުއްލިއަކަށް ލިފްޓް ހުއްޓި ނިކުމެގެން އައި ސައީދާ ފެނި ފަތުހީ އިތުރަށް ބިރުގަަތެވެ.. ކިއާރާ ނެތުމުން ކަމެއް ކުރީކަމަށް ހީވިއެވެ. “ކޮބާ ކިއާރާ؟” ފަތުހީ ސައީދާގެ ކުރިމައްޗަށް އަރާފާ ބުންޏެވެ. “ކިހާ ދެރަކަމެއް.. އޭނާ ނަމަކީ އާލިޔާ.. ކަލެއެއް ނޫނޭ އޭނާ ކުޑައިރު ބޮޑު ކެއްކުމެއް ކައްކާފައި އެންމެންނަށް ބަހާ ހަރަދުކުރީކީ އެ ނަން ބަދަލުކުރާކަށް.. ކޮން ކިއާރާއެއް ކިޔާކަށް… މަށަކަށް ނޭނގެ އޭނާ ވީތަނެއް.. […]
އެ ލިބުނު ޔަޤީންކަމާއެކީ ވިސާމް މެހެނާޒަށް “ލޯބި” ހުށަހެޅިއެވެ. އޭނަ އުއްމީދު ކުރި ފަދައިން މެހެނާޒް ވަގުތުން އެ “ލޯބި” ޤަބޫލުކޮށް ވިސާމާއި ރައްޓެހިވިއެވެ. އެދުވަހަށްފަހު ވިސާމްގެ ޙަޔާތް ފުރިގެން ދިޔައީ ހިނިތުންވުންތަކުންނެވެ. އޭނައާއި މެހެނާޒް އެކީގައި އުޅޭތަން މާލޭގެ އެކި މަގުތަކުން ފެންނަން ފެށިއެވެ. މެހެނާޒާއެކީ ވަގުތު ހޭދަކުރަމުން ދިޔަވަރަކަށް ވިސާމް އެ ވަގުތުތަކަށް ދެވިހިފަން ފެށިއެވެ. މެހެނާޒްގެ ސޫރަ ގިނަގިނައިން ފެނުމަށް އޭނަގެ ހިތް އެދި ގޮވަމުން ދިޔައެވެ. މެހެނާޒްގެ ހުނުމުގެ އަޑު […]
އޭގެ 2 ހަފްތާ ފަހެވެ. ކިއާރާ އޮފީހުން ޒާއިން އާއި އެކު ނިކުތީ އަޔާން ކައިރިއަށް ދާންވެގެންނެވެ. ނަމަވެސް ހަމަ އެވަގުތު ލޮލުގައި އަޅައިގަތީ ބުލޫސް އާއި ކުރިމައްޗަށް ވާގޮތަށް ތިބި ސައީދާމެންނެވެ. ކިއާރާގެ ފިޔަވަޅުތަށް މަޑުޖެހުނެވެ. އޭނާ ޒާއިންގެ ފަހަތަށް ފިލިއެއެވެ. އޭނާ ބިރުގަތީ ސައީދާ އޭނާ ގެންދާނޭ ހިތަށްއަރާފައެވެ.. ޒާއިން އެމީހުންނާއި ދިމާލަށް ލޯ އަޅާލުމަށްފަހު ހިނގައިގަތީ ޖޫލިއަންއާއި ދިމާލަށެވެ. ސައީދާ މަގުހުރަސްކޮށްފައި އަންނަތަން ފެނި ކިއާރާ ޒާއިންގެ އަތަށް ބާރުކުރިއެވެ. ސައީދާ އައި […]
ލަސްލަހުން ދުރުކޮށްލި އެސްފިޔަތަކުގެ ތެރެއިން ކުޑަދޮރު ކައިރީ ހެލިލަހެލިލާ ހުރި ލޭސް ފޮތިގަނޑަށް އެޅިފައިވާ އިރުގެ ފުރަތަމަ ދޯދިތައް ފެނުނެވެ. މަޑުކަމުން ފުށްކަފަކޮޅެއް ފަދަ ތަންމަތީގައި އޮވެފައި ޒާނަ ފުރޮޅިލިއެވެ. އެވަގުތު އެނދާއި ދިމާ މަތީގައި ސީލިންގްގައި ހަރުކޮށްފައިވާ ވިންޑްޗައިމްގެ މިއުޒިކީ އަޑުއިވިފައި އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކަންނެތްގޮތަކަށް ދެލޯމަރާ ތަގުޅިކޮށްލުމަށްފަހު އަނެއްކާވެސް ހުޅުވާލާފައި ޒާނަ ތެދުވިގޮތަށް ތިރީގައި ބަހައްޓާފައި ހުރި މަޑު ފައިވާނަށް ދެފައި ކޮށްޕާލައިގެން ގޮސް އެނދުގެ ބޯ ލާކޮޅުގައި […]
“ކޮންގްރޭޓްސް!! ވަރަށް އުފާވެއްޖެ އިޒްގެ ޚިޔާލު ބަދަލުވީތީ. ރައުއަކީ ވަރަށް ރަނގަޅު ކުއްޖެއް. އިޒްގެ ލައިފްއަށް ރައުއަކީ ހަމަ އެންމެ ބެސްޓް ކުއްޖާ.” އާލިމްގެ ވާހަކައަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އެއްވެސް ބަހެއް ނުބުނެ އިޒްޔާން ގޮސް ހުއްޓުނީ އަޒްފާ ގާތަށެވެ. ********** ހެނދުނު އިޒްޔާންއަށް ހޭލެވުނީ އަޒްފާ ގޮވީމައެވެ. މެންދުރުފަހުން ޔާނާމެން ފުރުން އޮތެވެ. އަޒްފާމެން ނިންމީ އަދި ހަފްތާއެއް ކޮށްލާފައި ދާށެވެ. އިޒްޔާން ހޭލިގޮތަށް އެނދުން ތެދުވުމުގެ ބަދަލުގައި ކަންނެތްވެފައި އޮތީއެވެ. “އަދިވެސް ނުތެދުވަންތަ؟” އަޒްފާ […]
ފަތުހީ ފުންނޭވައެއްފަޒާގެ ތެރެއަށް ދޫކޮށްލީ އޭނާ އަށް ވަކި ކުރާނެކަމެއް ނޭނގުނީމައެވެ.. “މީހުން ކީކޭ ކިޔާނީ.. އަނެއްކާ ހަސްނާގެ އާއިލާމީހުން ތިބޭނެ.. ރައްޓެހިން……” ފަތުހީ އެހެން ބުނެފައި ހުއްޓާލީ ކިއާރާ ތުންދަމާލުމުންނެވެ. އެވަގުތު އޭނާ ކައިރިއަށް އައީ ހިންޏެވެ. ކިއާރާ އަނބުރައި އައިއްސިކަމާއި އޭނާގެ ދަރިފުޅު މިހާރު އެ އުޅެނީ އުފަލުގައި ކަން އިނގި އޭނާ އަށް އަނެއްކާވެސް މާތް ﷲ އަށް ހަމްދުކުރެވުނެވެ. “ޑޭޑް ތީ ހަމަ ޑަމްބޯއެއް.. އަޅުގަނޑަށް ވިސްނައިދޭނެ މީހުން ކިޔައިއެއްޗަކަށް ނުވިސްނާށޭ… […]
މެހެކް ހިތްބިރުގަންނަން ފެށިއެވެ. އޭނާ ބާރުބާރަށް އަތްދަބަހުގައި ހިފަހައްޓާލައިގެން ހަމައެހާމެ ހިނގުންވެސް ބާރުކޮއްލިއެވެ. “މަޑުކޮށްލެވިދާނެތަ؟”. ފަހަތުން ކައިރިކުރަމުންދިޔައީ ފިރިހެނެއްކަން އެނގުނެވެ. މެހެކް ހާސްވާންފެށިއެވެ. ނަމަވެސް ހިނގުމަށް ބަދަލެއްނުގެނެއެވެ. “މެހެކް”. އަނެއްކާވެސް އެއަޑުން ގޮވާލިއެވެ. ވަރަށް މަޑުމަޑުންނެވެ. ހަދާނެގޮތަކާމެދު މެހެކް ވިސްނާލިއެވެ. އޭނާ ހުއްޓުނެވެ. ފަސްއެނބުރި ބަލާލާހިތްވީ އެމީހަކު އޭނާގެ ނަމުން ގޮވާލީމައެވެ. ނޫންނަމަ އެބާރުހިނގުމުގައި އޭނާ އެދިޔަގޮތަށް ދިޔައީހީއެވެ. މެހެކް ހުއްޓި ފަހަތަށް އެނބުރި ބަލާލިއިރު ސައިކަލް ހުއްޓާލައިގެން، ހަރަމް ބަނދެލައިގެން ރީތިޒުވާނަކު އިނެވެ. މެހެކް ބަލާލުމާއެކު […]