ރާގު: މިތުރާގެ ލޯބި ރަން ހަނދާން (އަލީ ރަމީޒު) ހިތުގާވި ހާއުފާތަކާ، މިފުރާނަ ވަކިވެދާނީ މިތުރާތި ބޭވަފާ ވުމުން، ކަރުނުން ދެލޯ ފުރޭނީ ބުނެފާ ދުލުން މިތާ ވަނީ، ނުމެވާނެޔޭ ދެގޮތް އަލުން ނުނެތޭނެޔޭ ވައުދުވިހާ، ކުރިހާ ފިލާ ނުދާނީ ފެށިފާ މިހެން ކުރަން އޮތީ، ފަރިޔާދެކޭ މިހާލަތުން މެށިފާ ހިތާ މެޔާ ވަނީ، މިހިތަށް ކެތެއް ނުވާނީ ޞަފުހާތަކަށް ނިމުން އައީ، ބިކަހާލުގާ ފަނާވަމުން ފަހު ނޭވަޔާއެކީ ބުނަން، އިތުރަށް […]
އޮއްސުނު އިރާއެކު އުދަރަސް ފުރާލީ ފުސްވިލާތަކުންނެވެ. ހަނދާއި ތަރިތަކުން ވިދުން ފަނޑުކޮށްލާ ވިއްސާރައިގެ ކުލަ ގަދަކޮށްލައިފި އެވެ. ޖެހިލާ ފިނި ވައިރޯޅީގެ ބާރުކަމުން ހީވަނީ ތޫފާނެއް ބޯމަތިކުރަން އުޅޭހެންނެވެ. ހިމަފޮދު ވާރޭއަށް ވެހެންފެށި ވާރޭ ބޯކޮށްލީ ކުއްލިއަކަށެވެ. މަގުތައް އޮތީ ހިމޭންވެފަ އެވެ. ދުއްވާ އެއްޗެހީގައި އުޅޭ މަދު ބަޔަކު މެނުވީ މަގުމަތިން ފެންނާކަށް ނެތެވެ. ވިލާތައް ވާރޭއިން ފުރި ދުނިޔޭގެ ބިމަށް އޮހެންފެށިއެވެ. މަގުތަކުގައި ފެންހެދެމުން ދިޔަ އެވެ. ވިދާލާ ވިދުވަރާއެކު ދުވާލުގެ އަލިފަދައިން ބިންމަތި […]
ރާގު: ޖާޒުބި އަސަރުގަދަ (ދޮހޮއްކޮ) ލޯބިވި ތިރަސްރަނަ ގާތުގާ މަގޭ ވާތީ ހޯބަވި ތަސައްލީއޭ ދެނީ އުފާ ވާތީ މިތުރާ ތިޔައީއޭ އެދޭ ދެހަޔާތުގާ، އެކުގާ އުޅުމަށް ރޯޝަނީވި މަގާމުގާ މިތުރުގެ ނިޔަނެތި ލޯތްބަށޭ މިހިތް އެދެނީ، ހޯބަވި ތަސައްލީއޭ ދެނީ އުފާ ވާތީ ކުރުމަށް ތިޔަ ހިތް އުފާ ވައުދޭ ވަނީ، ހުރުމަށް މިގޮތަށް ގާތުގާ އަހުދޭ ވަނީ ކުރުމުގެ އިގުރާރު ފުއްދަދޭން މަހުންނާނީ، ހޯބަވި ތަސައްލީއޭ ދެނީ އުފާ ވާތީ
ރާގު: އިޝްގުގައި ވޭނީ އުދާހުން (އަލީ ރަމީޒު) / ލޯފަން ކުއްޖެއްގެ އާދޭސް ވޭނުގާ މިތުރާ ހަނދާނުން ފާރުވެއްޖޭ ރޮއެ ދެލޯ ވިންދު ހިތުގާ ވަކިވެދާހާ ހާދަ ދެރައޭ ހާލް މަލާ ކުރި އުފާ ދާންތައް މަތީގާ ހަނދުމަނެތުނީ ކީއްވެހޭ ހުރި އެތައް ލައްޒަތުގެ ފޮނިކަން ނޭދެނީ ފަހެ ކާކުހޭ ފުރި ނުދާތީހޭ ކަލާ ހިތް ބޭވަފާވީ އަދު ކަލާ ކަތިލުމުން ލޯބީގެ އަސަރާ ވީހުވާ ދަފަރާވުމުން ދަތި އެތައް ހާލެއްގަ ވީމޭ […]
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން، ވަލުތެރޭގައި ކަތި ކައްޗަށް ހެދިފައިވާ މަގުތަކުން ދުވަމުން ދިޔަ ޒުވާން އަންހެން ކުއްޖާގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ހުދު އެ އަންހެން ކުއްޖާއަށް ވެސް ނޭނގޭ ކަހަލައެވެ. ގައިގެ އެތަން މިތާނގައި ޗަކަ ހޭކިފައި ވާއިރު، އަތުގެ ދެތިން ތަނަކުން ލޭ ހިލިފައި ހުއްޓެވެ. ބަލާބެލުމަށް ހީވަނީ އެއްޗެއްގައި އަޅައިގަނެ މަށައިގެން ގޮސްފައި ވާހެނެވެ. “ލުޔޫން……..” ފިރެހެނެއްގެ ބާރު އަޑު މުޅި ސަރަހައްދަށް ވެރިވެގެން ދިޔައެވެ. ހުސްފަޔާއި […]
ކައިރީގައި އިންމީހާ ފެނި މެހެކްއަށް ލިބުނީ ހައިރާންކަމެވެ. މެހެކްގެ މޫނަށް ބަލަހައްޓައިގެން އިނީ އާހިލްއެވެ. “އަ..އާހިލް މިތާ ކީއްކުރަނީ”؟. “މިއުޅެނީ އަހަރެންގެ ވަރަށް ގާތްމީހަކު މިތާ އެމަރޖެންސީ އަށް ގެނެސްގެން”… “ކާކު؟”. މެހެކް އަހާލިއެވެ. “އެއީދޯ، އެއީ….އޫމްމް…އެއީ އަހަރެން އެންމެ ލޯބިވާ ކުއްޖާގެ މަންމަ”. އާހިލްގެ ނަޒަރު ތޫނެވެ. މެހެކްގެ ލޮލުތެރެއަށް ޖަމާވި ކަރުނައިގެ އަސަރެއް މިހާރަކު ނެތެވެ. އެކަމަކު އާހިލްގެ ޖުމްލައަށް ފަހު،ދެމީހުނަށް ތިބެވުނީ އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. “މަންމަ ކިހިނެއް؟، އަހަރެން ހުރީމޭ […]
މައިޝާ ކައިރި އިން ކިއާރާއަށް ޒާއިން ބަލައިލީ ހަމްދަރުދީއިން ފުރިގެންވާ ބެލުމަކުންނެވެ. ކުއްލިއަކަށް އަޔާންގެ ފޯނު ރިންގްވާންފެށިއެވެ. އޭނާ ކޮޅަށް ތެދުވެލާފައި ފޯނު ނެގިއެވެ. “ހަލޯ.. .. ލައްބަ.. އެބަ ދަން.. ލައްބަ ބައްޕާ..! ފައިލް އޮންނާނެ އޮފީސްތެރޭ… ލައްބަ… އެބަ ދަން ހިފައިގެން…” އަޔާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. “ދާންޖެހިއްޖެޔޭ…. ދެން މިރޭ ނޭނގެ އާދެވޭނެކަމެއް… ފަހުން ގުޅާލާނަން އިނގޭ ކިއާ…. ބައި…” އަޔާން ނިކުންނަމުން އެހެން ބުނެފައި އެންމެންނަށްވެސް ބަަލާލާފައި ހިނގައިގަތެވެ.. ޒާއިން […]
ލަސްލަހުން ދުރުކޮށްލި އެސްފިޔަތަކުގެ ތެރެއިން ކުޑަދޮރު ކައިރީ ހެލިލަހެލިލާ ހުރި ލޭސް ފޮތިގަނޑަށް އެޅިފައިވާ އިރުގެ ފުރަތަމަ ދޯދިތައް ފެނުނެވެ. މަޑުކަމުން ފުށްކަފަކޮޅެއް ފަދަ ތަންމަތީގައި އޮވެފައި ޒާނަ ފުރޮޅިލިއެވެ. އެވަގުތު އެނދާއި ދިމާ މަތީގައި ސީލިންގްގައި ހަރުކޮށްފައިވާ ވިންޑްޗައިމްގެ މިއުޒިކީ އަޑުއިވިފައި އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކަންނެތްގޮތަކަށް ދެލޯމަރާ ތަގުޅިކޮށްލުމަށްފަހު އަނެއްކާވެސް ހުޅުވާލާފައި ޒާނަ ތެދުވިގޮތަށް ތިރީގައި ބަހައްޓާފައި ހުރި މަޑު ފައިވާނަށް ދެފައި ކޮށްޕާލައިގެން ގޮސް އެނދުގެ ބޯ ލާކޮޅުގައި […]
އިޒްޔާންއަށް ފޯނުގެ ސްކްރީނަށް ބަލާލެވުނު ވަގުތު އޭނާއަށް ހީވީ އޭނާގެ އެތެރެހަށީގައި ހިނގަހިނގާހުރި ނޭވާ ހުއްޓުނުހެންނެވެ. ބުދެއްހެން ހުއްޓިފައި އިޒްޔާންއަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. އައި ރުޅިން އޭނާއަށް ފޯނު ހޫރާލެވުނެވެ. “އޭތް. ކީއްވެ ތި ފޯނު ހޫރާލީ؟” އަޝްފާގް ހައިރާންވެފައި އަހާލިއެވެ. ކުއްލިއަކަށް އިޒްޔާން ތެދުވެ އަޝްފާގްގެ ޓީޝާޓުގައި ހިފާ ޖޯލިން ނެގިއެވެ. އޭރު ރުޅިއައިސް ރަތްވެފައި ހުރި އިޒްޔާންގެ ދެއަތް ތުރުތުރުލަމުންދެއެވެ. ވާނުވާ ނޭނގި އަޝްފާގް ދެލޯ ބޮޑުކޮށްގެން ހުރެ ވީ ކީއްތޯ ސުވާލުކުރަމުން ދިޔައެވެ. […]