Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…46

Ryn
December 27, 2016
7 Mins Read
149 Views
71 Comments

އަޔާންއާއި ފަތުހީ ތިބީ ރެޝިޕްޝަން ކައިރީގައެވެ. ދެމީހުންވެސް ތިބީ ބިރުގަނެފައެވެ. ކުއްލިއަކަށް ލިފްޓް ހުއްޓި ނިކުމެގެން އައި ސައީދާ ފެނި ފަތުހީ އިތުރަށް ބިރުގަަތެވެ.. ކިއާރާ ނެތުމުން ކަމެއް ކުރީކަމަށް ހީވިއެވެ. “ކޮބާ ކިއާރާ؟” ފަތުހީ ސައީދާގެ ކުރިމައްޗަށް އަރާފާ ބުންޏެވެ. “ކިހާ ދެރަކަމެއް.. އޭނާ ނަމަކީ އާލިޔާ.. ކަލެއެއް ނޫނޭ އޭނާ ކުޑައިރު ބޮޑު ކެއްކުމެއް ކައްކާފައި އެންމެންނަށް ބަހާ ހަރަދުކުރީކީ އެ ނަން ބަދަލުކުރާކަށް.. ކޮން ކިއާރާއެއް ކިޔާކަށް… މަށަކަށް ނޭނގެ އޭނާ ވީތަނެއް.. ބުނާތި މިއަދު އެ ކުރި ކަމުގެ ބަދަލު ހިފާނަމޭ.. މިއަދު ފަސްއެނބުރި ދާންޖެހުނަސް އަދި އަންނާނަމޭ…”  ސައީދާ އެހެން ބުނެފައި ފަތުހީ ދުރަށްޖައްސާލުމަށްފަހު ހިނގައިގަތެވެ. “ސަރ އެ ކާކު؟ މޭމް…. ކޮބާ؟” ރެޝިޕްޝަނުގައި އިން ކުއްޖަކު އެހީ ކަންބޮޑުވެގެންނެވެ. ކިއާރާ އެމީހަކު ގޮވައިގެން ދިޔަގޮތްވެސް އޭނާއަށް ފެނުނެވެ. އޭނާ ބޭރުގައި ހަޅޭލެވިކަންވެސް އިނގެއެވެ. . “އޭނާއަށް ކިއާރާ އޭނާ ދަރިއެއްކަމަށް ހީކުރަނީ…. އެހެންވެ… ވަރަށް ނުބައި މީހެއް އެއީ… ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހެއް.. އެނާ ހީކުރަނީ ކިއާ އަކީ އޭނާ ދަރިކަމަށް އެހެންވެ ބަލައި އެ އަންނަނީ އަބަދު… ސެކިއުރިޓީ ގާޑް ކައިރި ބުނާތި އޭނާ ދެން އޮފީސް ދޮށުން ފެނިގެން ނުވާނޭ.. އެން ނުދަންނަ މީހަކު ސަރ އޯރ އެހެން މީހެއް ކައިރި ނާހާ އޮފީސްތެރެއަށް ނުވައްދައްޗޭ.. ހާއްސަކޮށް ކިއާ ހޯދާށޭ ބުނެފިއްޔާ…. އެޑްރެސް ދޭށޭ ބުންޏަސް… ސަރ ކައިރި އަހާފަ ނޫނީ އެކަން ނުކުރާތި..” ފަތުހީ ދޮގުހެދަން މަޖުބޫރުވީއެވެ. އެއަށްފަހު އަޔާން އާއި ފަތުހީ ހިނގައިގަތީ ލިފްޓާއި ދިމާލަށެވެ.

ފަތުހީ މެން 6 ވަނަ ފްލޯރއަށް ދިޔައިރު ލިފްޓް ކުރިމަތީ ރޯން އިން ކިއާރާ ފެނި ދެމީހުންގެވެސް ލޯބޮޑުވިއެވެ. ފަތުހި އައިގޮތަށް އައިސް ކިއާރާ ނެގިއެވެ. އަޔާން ލިފްޓް ކައިރި މަޑުކޮށްލައިގެން ހުރި އިރު  އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. “ކިހިނެއްވީ.. ކިއާ ހުއްޓާލާފަ ބުނެބަލަ… ކިހިނެއްވީ؟ އޭނާ ކަމެއް ކުރީތަ؟؟ ކިއާ… ހުއްޓާލާފައި ބުނެބަލަ..” ފަތުހީ ކިއާރާ ތަޅުވާލަމުން އެހެން ބުނިވަގުތު ކިއާރާ ވަރަށް ބާރަށް ފަތުހީގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.. “ޑޭޑް…. އަޅުގަނޑު ބޭނުމެއް ނޫން އެ މީހަކަށް މަންމަ ކިޔާކަށް… އެއީ މުޑުދާރު އަންހެނެއް.. ނޫން އަންހެނެއްވެސް ނޫން…. ޑޭޑް… އިނގޭތަ މަންމަ ބުނި އެއްޗެއް..” ކިއާރާ އަށް އުނދަގުލަކުން ވާހަކަދެއްކުނެވެ. “ޑޭޑް… އަދު…އަދުނާން… ހީ އިޒް ނޮޓް މައި ޑޭޑް….. އަޅުގަނޑަކީ ނަހަލާލު ދަރިއެއް…. އޭނާ ބައްޕަގެ ބޮލަށްޖަހަން ބައްޕަ ދަރިއެކޭ ކިޔައިގެން ޑި އެން އޭ މެޗް ކުރުވީ އެކަމް އަޅުގަނޑަކީ އަދުނާން ދަރިއެއް ނޫނޭ.. އެ މީހާއަށް ނޭނގެޔޯ ކާކު ދަރިއެއްކަމެއްވެސް މީ..ޑޭޑް…. އަޅުގަނޑު މި ހުރިހާ އަހަރު ބައްޕައެއްގެ ގޮތުގައި ދެކުނު މީހަކީ ހިލޭ ފިރިހެނެއް.. އަނެއްކާ ބައްޕަ 13 އަހަރު އަޅުގަނޑަކީ ބައްޕަ ދަރިއެއްކަމަށް ދެކިގެން އުޅުނުއިރު އެ ބައްޕަ ނިޔާވީ ތެދު ނުވެސް އިނގި.. އެ ކޮންކަހަލަ އިންސާނެއްތަ؟ ފުރަތަމަ ފިރިމީހާއަށް ބޭވަފާތެރިވީ.. އެހެން މީހަކާއި އިނދެ އެ މީހާ އަށް އަމިއްލަ ދަރި ހަދިޔާކޮށް އެހެން މީހުންނަށް ވިއްކާ…….” ކިއާރާއަށް އިތުރަށް ނުބުނެވި އިތުރަށް ރޮއެގަނެވުނެވެ. ފަތުހީއަށްވެސް ލިބުނީ ސިހުމެކެވެ. ކިއާރާ އަދުނާންދެކެ ވާ ލޯބި އޭނާއަށްވެސް އިނގެއެވެ.

އަޔާންއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ހަނދާނަށް އައީ ކިއާރާ ފަހުރުވެރިކަމާއި އެކު “އާލިޔާ އަދުނާން” އޭ ބުނާ ދުވަސްތަށް މަތިންނެވެ. . “އެލީނާން” މަތިންނެވެ. “މިހުރިހާ ދުވަހު އެ ހާ އުފާވާ ބައްޕަ އަކީ……….. ކުޑައިރުން ފަށައިގެން ވެސް ފަހުރުވެރިވާ އެ ބައްޕަ އެއީ ހިލޭ ފިރިހެނެއް…… ޑޭޑް އަޅުގަނޑު ކިހިނެއް ހަދާނީ؟ އަޅުގަނޑު އާއިލާ އެކަކުވެސް ނެތް…. ޑޭޑްއަކީ ބައްޕައެއް ކަމަކު ލޭގެ ގުޅުމެއްނެތް.. ހަޤީޤަތަކީ މި ދުނިޔޭގައި މިއަދަށްފަހު އަޅުގަނޑާއި ލޭގެ ގުޅުމެއް އޮތް އެކަކުވެސް ނެތްކަން… އެ އިންސާނާއަކީ އަޅުގަނޑު ބަނޑުއަޅާ ވިހޭ މީހެއްކަމަކު އަޅުގަނޑު އޭނާއަށް ނަފްރަތު ކުރަން…. މިއަދަށްފަހު އަޅުގަނޑު ފައިޓް ކުރާނަން… މި ހުރިހާ ދުވަހުވެސް ބިރުގަންނަނީ މަންމަވީމަ.. ހަނދާނަށް އަންނަނީ ބައް…ބައްޕަ….” ކިއާރާ އަނގަމަތީ އަތް އެޅިއެވެ.. “ކިއާ… ދެން ހުއްޓާލާ….. ހުއްޓާލާފައި ހިނގާ ގެއަށް ދާން….!” ފަތުހީ އެހެން ބުނެފައި ކިއާރާ ދުރަށްޖެއްސިއެވެ. އަދި އޭނާ ނެގިއެވެ.

އެވަގުތު ކިއާރާ ލޮލުގައި އަޅައިގަތީ އަޔާންއެވެ. އަޔާންވެސް ހުރީ ފެންކަޅިވެފައެވެ. ކިއާރާ މޫނު ފެނި އޭނާ އިތުރަށް ދެރަވިއެވެ. އެ މޫނުމަތީ ވަނީ ރަތްވެފައެވެ. ބޯވެސް ހުރީ ހޭވިފައެވެ. ދެލޯ ދުޅަވާންކައިރިވެފައެވެ. އަޔާން ދެކޮޅަށް ބޯ ހަރަކާތްކޮށްލީ ނުރޯށޭ ބުނާފަދަ ގޮތަކަށެވެ. ކިއާރާ ފަތުހީގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަދި ހިނގައިގަތެވެ. އަޔާން ލިފްޓް ހުޅުވާލުމާއި އެކު ތިން މީހުން އެތެރެއަށް ވަނެވެ. އަޔާން ކިއާރާގެ ބޮލުގައި ފިރުމާލިއެވެ. ލިފްޓް ތިރިއަށް ފޭބުމުގެ ކުރިން ކިއާރާ އޭނާގެ އިސްތަށިތަށް ބޭލުމަށްފަހު ލޯ ފޮރުވާލައިގެންނެވެ. ލިފްޓް ހުޅުވުމާއި އެކު އެމީހުން ނިކުތެވެ. ރެޝިޕްޝަނުގައި ތިބި ކުދިން އެއްޗެއް ބުނަން އުޅުމުން ފަތުހީ ނޫނެކޭ ބުނެފައި ހިނގައިގަތެވެ. އަޔާންވެސް އެމީހުންނާއި އެއްވަރަށް ހިނގައިގަތެވެ. މަގުމަތީ ދިޔައިރުވެސް ކިއާރާ ހުރީ އެހެންނެވެ. އޭނާއަށް އޭރު ގިސްލެވެއެވެ. ކިއާރާ ގޮސް ކާރަށް އެރުވުމަށްފަހު ފަތުހީ ޑްރައިވިން ސީޓްގައި އިށީނެވެ.. “ކިއާ މިއަދު ދާނަން އިނގޭ ހަވީރު..” އަޔާން އެހެން ބުނެފައި ދޮރު ލެއްޕިއެވެ. އަދި އޭނާގެ ކާރަށް އަރަން ދިޔައެވެ.

“ޑޭޑް….. އަޅުގަނޑު މަމް ގެ މޫނުމަތީ ޖެހީ….” ކިއާރާ ބުނެލީ ވަރަށް މަޑުންނެވެ. އޭނާ އަށް ކުށެއްކުރެވުނުކަހަލަ އިހްސާސްއެއް ވާންފެށީއެވެ. ކާރު ދުއްވަން އިން ފަތުހީ އަށް ކުއްލިއަކަށް ބްރޭކް ޖަހާލެވުނެވެ. “ކީކޭ؟” ފަތުހީއަށް އަހާލެވުނީ ކުޑަކޮށް ސިހިފައެވެ.. “އަޅުގަނޑު ކައިރި އަދުނާން އަކީ ބައްޕައެއް ނޫނޭ ބުނެވުނު ވަގުތު އަޅުގަނޑަށް ޖެހުނީ…” ކިއާރާ ކަރުނަތަށް ފޮހެލަމުން ބުންޏެވެ.. “އަމް ޕްރައުޑް އޮފް ޔޫ.. އަސްލު އެހެން މީހެއްނަމަ އެ ޖެހުން ޖެހިތާ ކިތަށްމެ ދުވަހެއް އެކަމް ކިއާ ކެތްކޮށްލައިގެން ތި ހުރީނު…. ތިކުރީ ރަނގަޅަށް ހަމަ.. އެކަމް ދުވަހަކުވެސް ހިއެއް ނުކުރަން އަދުނާން ކިއާގެ ބައްޕައަށް ނުވެދާނެއެކޭ… ދެން ކާކުކަމެއްވެސް ތިބުނީ ނޭނގޭ… ކިހާ ދެރަ…؟” ފަތުހީ އެހެން ބުނެފައި އަނެއްކާވެސް ކާރު ސްޓާރޓް ކުރިއެވެ.. ކިއާރާ އިތުރަށް އެއްޗެއް ނުބުނެއެވެ.

…..

ފެންވަރައިގެން އައިސް ނަމާދުކޮށްލައިގެން ކިއާރާ އެނދުމަތީ އޮށޯތެވެ.. ކާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އަދިވެސް ކަންފަތަށް އިވެމުން ދިޔައީ އެ މަންމަގެ ހިތި ބަސްތަކެވެ. އަދުނާންއަކީ ކިއާރާގެ ބައްޕަ ނޫންކަމަށް ބުނި ވާހަކައެވެ. ކިއާރާ ތަންކޮޅެއް ބޮޑަށް ބާލިހުގައި ބައްދާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. އެވަގުތު ކަރުނަތަށް ފައިބައިގެން ދިޔައެވެ. “ކީއްވެތަ މިހެން މިވީ..؟ ކީއްވެތަ ބައްޕައަށް އޭނާ ނުވީ؟ ބައްޕައަށް އެ ހަޤީޤަތް ނޭނގި ބައްޕަ ނިޔާވީ؟ ބައްޕަ މި ނަހަލާލު ދަރިއަށް ނުކޮށްދެނީ ކޮންކަމެއް…؟ ކީއްވެތަ މަންމަ އެހާ އަނިޔާވެރިތިވީ. ކިތަށް މީހުންނަށް… އެ ބައްޕަގެ ކުށަކީ ކޮބާތަ… އެ ބައްޕަ މަންމަގެ ނަހަލާލު ދަރިއެއް ބެލުމުގެ ޒިންމާ ބޮލުގައި އަޅުވައިގެން އެ އުޅުނީ… މިއަދު މި ފައިޓް ކުރަނީކީ އަމިއްލަ ނަފްސަކަށް ނޫން.. އެ މަރުވި ބައްޕައަށް…. އެ ބައްޕައަށް ލިބުނު ބޭއިންސާފަށް……” ކިއާރާ އަމިއްލަ އަމިއްލައަށް އެހެން ކިޔަމުން ދިޔައިރުވެސް ކަރުނަތަށް ދެލޮލުން އައުމެއްނުހުއްޓެއެވެ.

ކިއާރާ އޭނާގެ ބައްޕަމަތިން ހަނދާންކޮށްފައި އިތުރަށް ރޮވުނެވެ. އެ ބައްޕަ ކޮށްދިންކަންތަށް ހަނދާންވިއެވެ. “އެލީނާން” އޭ ކިޔައިފައި ލޯބިން ގޮވާލާ ދުވަސްތަށް ހަނދާންވިއެވެ. ފަހުރުވެރިކަމާއި އެކު “އާލިޔާ އަދުނާން… އަދުނާންގެ ހުރި ހަމައެކަނި ދަރިފުޅު” އޭ ބުނާ ދުވަސް ހަނދާންވިއެވެ. ރަނގަޅު ނަތީޖާއެއް ލިބޭއިރު ސްޓޭޖް މަތިން “އާލިޔާ އަދުނާން” ގޮވާލާއިރު އެ ބައްޕަ ކިއާރާއަށް ބަލާލާ ފަހުރުވެރި ނަޒަރުމަތިން ކިއާރާ ހަނދާންވިއެވެ. އެ ގުޅިފައި އިން ނަމަކީ އެއްވެސް އެއްޗެއް ނޫންކަން ކިއާރާ އަށް އިނގުނެވެ. އެ ފަހުރުވެރި ކަމާއި އެކު ދަރިފުޅާ އޭ ގޮވާލާ ބައްޕައަކީ ހިލޭފިރިހެނެކެވެ. ކިއާރާއާއި އެއްވެސް ގުޅުމެއްހުރި މީހެއްނޫނެވެ. ކޮންމެ ހަނދާނެއް އާވާއިރު ދެލޮލުން ކަރުނަ ފައިބަނީ އެޔެއް މިއެއް ބަލާފައެއްނޫނެވެ.

ކިއާރާ ކުއްލިއަކަށް ސިހިފައި ބާލިސް މޫނާއި ދުރަށްލީ މީހަކު އެނދުގައި އިށީނދެލިހެން ހީވެގެންނެވެ. އޭނާއަށް ފެނުނީ އަޔާންއެވެ. ކިއާރާ އަނެއްކާވެސް މޫނު މަތީ ބާލިސް އަޅާލީ އަޔާންއަށް އޭނާ ރޯކަން އަންގަން ބޭނުންނުވާތީއެވެ. “ކިއާ!….ތެދުވެބަ” އަޔާން އެހެން ބުނެފައި ބާލިސް ނަގަންއުޅުނެވެ.. ނަމަވެސް ކިއާރާ އިތުރަށް ބާލިހުގައި ބައްދާލިއެވެ. “ދެން… މައި ބޭބީ ޑޯލް… ކަމޯން ގެޓް އަޕް…” އަޔާން އެހެން ބުނެފައި ކިއާރާގެ އިސްތަށިގަނޑާއި ކުޅުނެވެ.. ކިއާރާ ބާލިސް ދުރަށްލުމަށްފަހު އިށީނދެ އިން އަޔާންގެ ގައިގާ ބައްދާލިއެވެ. އަދި މަޑުން އިނދެ ކަރުނަތަށް އަޔާންގެ ޓީޝާޓަށް ބާލަމުންދިޔައެވެ. އަޔާން ކިއާރާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ.

“އަދިވެސް ހިތް ނުފުރޭތަ؟” ކިއާރާ ކައިރި އަޔާން އަހާލީ އެތަށްއިރެއްވީއިރުވެސް ރުއިން ހުއްޓައިނުލުމުންނެވެ. ކިއާރާގެ ޖަވާބެއް ނައުމުން އަޔާން ގަދަކަމުން ކިއާރާ ދުރުކުރިއެެވެ. އަދި ރަނގަޅަށް އެ މޫނަށް ބަލައިލިއެވެ. “ބަލާބަލަ…. މިވަރަށް ރޯނެކަމަށް ނޫނޭ ޗާންސް ދިނީކީ…” ކިއާރާގެ ކަރުނަތަށް ފޮހެލަމުން އަޔާން އެހެން ބުންޏެވެ. ކިއާރާ އިސްޖަހާލިއެވެ. ނަމަވެސް އަޔާން އަނެއްކާވެސް ކިއާރާގެ މޫނުގައި ހިފަހައްޓާލަމުން އިސްއުފުލިއެވެ. އަޔާން މަޑު މަޑުން ކިއާރާގެ ނިތުގައި ބޮސްދިނެވެ. “ވާހަކައެއް ބުނަންތަ؟” އަޔާން ބުނެލުމުން ކިއާރާ ބޯޖަހާލިއެވެ. “ޕޮލިހުންނަށް ކިއާ މަންމަގެ ގޭންގް ގެ މައުލޫމާތި ލިބިއްޖެ.. ވަރަށް އަވަހަށް ކޯޓަށް ދާން ޖެހޭނެ..” އަޔާން ބުނީ ކިއާރާ އުފާކޮށްލަންވެގެންނެވެ. “އެއީ މަންމައެއް ނޫން..!” ކިއާރާ ބުންޏެވެ. “އެ މީހާއާއި އެމީހާގެ ފިރިމީހާއާއި ހެދި މުޅި ދިރިއުޅުން ބަރުބާދުވީ…. އުފާކޮށްލަން ހަނދާންކޮށްލާނެ އެންމެ އުފާވެރި ހަނދާނެއްވެސް ނެތް…. އުފާވެރި ހަނދާންތަކުގެ ބަދަލުގައި ސިފަވަނީ އެމީހާ ގަނޑު އެހެން މީހުންގެ ފައިބުނޑަށް އެއް….އެއްލާލާފައި ދާ ތަންތަން… އެމީހާގެ ފިރިމީހާއަށް މި ހަށިގަނ..ހަށިގަނޑު ދޭތަން….އެމީހުން … ގަދަކަމުން….” ކިއާރާ އަވަސް ނޭވާތަކެއް ލަމުންދިޔައެވެ. އިތުރަށް ފުރިހަމަނުކުރެވެނިސް އޭނާއަށް ރޮވުނީއެވެ. އަޔާން ކިއާރާ ގެނެސް މޭގައި ލައްކޮށްލިއެވެ.

ކިއާރާ ގިސްލާންފެށިއެވެ. “އަޔާން!… އެވަރު އަނިޔާވެސް އޯކޭ…. އެކަމް ކީއްވެތަ ބައްޕަ…. އަދުނާން.. އަދުނާންއަށް އެހާ އަނިޔާވެރިވީ.. އޭނާގެ ކުށަކީ ކޮބާތަ.. އެން ވަޓްސް މައި ފޯލްޓް؟ ބައްޕަ އިނގުމުގެ ހައްޤެއް ހަމަ ނެތީތަ.. މި ހުރިހާ ދުވަހު ހަޤީޤީ ބައްޕަކަމަށް ދެކުނު މީހަކީވެސް ހިލޭ ފިރިހެނެއް.. ލޭގެ ގުޅުމެއް އެހެން ގުޅުމެއް އޮތް މީހެއްނޫން…. ކުޑައިރުގެ ކުދި ކުދި އުފާވެރި ކަންތަށް ހަނދާންވާއިރު އެއިން ކޮންމެ ކަމެއްގައި ހުންނަނީ ބައްޕަ…. އެ ބައްޕަ އުފާވެރި ކުރީ އެހާ ހިތި ދިރިއުޅުމެއްވެސް… އެކަމް މިހާރު އެ ދުވަސްތަށް ހަނދާންވީމަ ވާ އުފަލަށްވުރެ ބޮޑަށް ދެރަވަނީ… އެ ބައްޕަ ނުކޮށްދެނީ ކޮންކަމެއް…. އެއްވެސް… އެއްވެސް ރަހުމެއް ހަމަ މަންމަގެ ނެތީތަ… އެ ބައްޕަ މަންމަ ކައިރިން މިނިވަން ވީއިރުވެސް ޖެހުނީ 13 އަހަރު އެ މަންމަގެ ނަހަލާލު ދަރިއެއް ބަލަން… ހަރަދުކުރަން… މަންމަ އަށް ނުދެވޭ ލޯބި ދޭން.. އެވަރުންވެސް އެ ބައްޕަ ޖެހެނީ އާދޭސްކޮށްގެން ބައްދަލުވެސް ކުރަން… ވަގުވަގަށް…  އެ ދުވަހު އަމިއްލައަށް މަރުވިނަމަވެސް…….” ކިއާރާ ގެ ވާހަކަ ހުއްޓުނީ އަޔާން ކުއްލިއަކަށް ކިއާރާ ދުރަށްލާފައި ތުންފަތުގައި އަތް އަޅާލުމުންނެވެ. “ކިއާ! މައި ބޭބީ ޑޯލް…. ހިތް ފުރޭވަރަށް ޝަކުވާކުރަން މި މަޑުން އިންނަނީ ތި ހިތަށް ހަމަޖެހުމެއް ލިބެންދެންނޭ.. މަރުވާ ވާހަކަ ދައްކާކަށްނޫނޭ…” އަޔާން މަޑު މަޑުން ބުންޏެވެ. ކިއާރާގެ އަނގައިން އެ ނިކުންނަ ކޮންމެ ބަހަކުންވެސް އެ ހިތަށް ތަދުވެއެވެ. އިތުރަށް ކިއާރާގެ ގައިގާ ބައްދާލެވެއެވެ. ކިއާރާއާއި އެއްވަރަށް އޭނާވެސް އިނީ ދެރަވެފައެވެ. ކިއާރާއަށް ވާނެވަރު އޭނާއަށް އިހްސާސްކުރެވެއެވެ.

“މަރުވާ ވާހަކައެއްނު ދެއްކޭނީ.. އަޔާން… އޭރު އެ އުމުރުގައި.. ކިތަށްފަހަރު ކިތަށް ދުވަހު އެތަށްމަރަކުން މަރުވީ… އެކަކަށްވެސް ނޭނގޭނެ.. ހިތަށް އެރި ހަމަ އެއްކޮށް މި ދުނިޔެއިންވެސް ސަލާމަތްވާންވީއޭ…..” ކިއާރާ އަޔާންގެ އަތް ދުރަށްލަމުން ތުންފަތުގައި ދަތްއަޅާލާފައި ބުންޏެވެ. ” ކިހިނެއް ދިރިއުޅޭނީ.. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވެސް އެ މަންމަ މަތިން ހަނދާންވާނެ.. މި ހިތި ތެދުމަތިން ހަނދާންވާނެ…. އަދުނާން… އާލިޔަ އަދުނާން އޭ ބުނާއިރު އެ ހިލޭ ފިރިހެނެއްކަން އިނގުނީމަ އަދި އިތުރަށް ދެރަވާނެ…. މަންމަ މިއަދު ހީވަނީ އެއްފަހަރާ ހުރިހާ މަރަކުން މަރާލިހެން… ހިތަށް އަރާ މިހާރުވެސް މަރުވާންވ………” ކިއާރާ ވާހަކަ އަނެއްކާވެސް ހުއްޓުނީ އަޔާން ކިއާރާގެ މޫނުމަތީ ހިފަހައްޓާލާފައި ކިއާރާގެ ތުންފަތަށް ބޮސްދިނުމާއި އެކުއެވެ. ކިއާރާގެ ކަރުނައިން ފުރިފައިވާ ލޯ މަރާލެވުނެވެ. އަދި އަޔާންގެ ގައިގާ އިތުރަށް ބައްދާލެވުނެވެ. ކިއާރާ ގެ ހިތުގައި އަޔާން ބޭސްއަޅައިދިންފަދައެވެ. ދުވަހަކުވެސް ލިބިފައި ނުވާ ހިތްހަމަޖެހުމެއް އެވަގުތު ކިއާރާއަށް ލިބެމުންދިޔައެވެ.

އިރުކޮޅަކަށް ދެމިގެންދިޔަ އެ ހިނދުކޮޅު މެދުކަނޑާލަމުން އަޔާން ކިއާރާ އާއި ދުރަށް ޖެހުނެވެ.. “ދެން ނުދައްކާތި މަރުވާވާހަކަ… ޕްލީސް… އޭންޖަލް…. ޔޫ އާރ މައި ލައިފް… އެން އިތުރަށް މައި ޑޯލް ގެއްލޭކަހަލަ ދުވަހެއް ދެކޭކަށް ބޭނުމެއްނޫން… ކުރިންވެސް ގެއްލުނީމަ އިނގޭ ވީ ވަރު… ސޯ ޕްލީސް… އިނގޭ..!” އަޔާން ބުނެލީ ކިއާރާގެ ދެލޮލާއި އޭނާގެ ދެލޯ ސީދާކޮށްލަމުންނެވެ. ކިއާރާ ލޯ މަރާލަމުން އާއެކޭ ބުންޏެވެ.

“ކައިފިންތަ؟” އަޔާން އެހިއެވެ.. ކިއާރާ ދެކޮޅަށް ބޯ ހަރަކާތްކޮށްލީ ނޫނެކޭ ބުނެފައެވެ. “ހިނގާ ކާން ދޯ..” ކިއާރާ ދެންވެސް ދެކޮޅަށް ބޯ ހަރަކާތްކޮށްލީއެވެ. “ނުކައި ނުވާނެ އިނގޭ އިންނާކަށް.. އެބަ އަންނަން ހިފައިގެން ކާ އެއްޗެއް… އޯކޭ…” އަޔާން ބުނެފައި ނުތެދުވަނިސް ކިއާރާ އޭނާ ހިފެހެއްޓިއެވެ. އަދި އޭނާއާއި އެއްވަރަށް އެނދުން ފޭބިއެވެ.. “ހިނގާ ދާން..” އެހެން ބުނެފައި ކިއާރާ ހިނގައިގަތީ ބޮލުގައި ޖަހާފައި ހުރި ދަތިތަށް ނައްޓުވާލަމުންނެވެ. ރީތިގޮތަކަށް އިސްތަށިތަށް ކިއާރާގެ ލޯމަތި ފޮރުވާލިއެވެ. “އުނދަގޫވާނޭނު…” އަޔާން ބުންޏެވެ. “ޑޭޑް އަށް ދައްކާކަށް ބޭނުމެއްނުވޭ ރޮއެފާ ކަމެއް..” ކިއާރާ އެހެން ބުނެފައި ދޮރު ހުޅުވިއެވެ. އަޔާން އާއި އެކު ތިރިއަށް ގޮސް ކިއާރާ ރަނގަޅަށް ކެއެވެ. ސިޓިންގް ރޫމްގައި އިން ފަތުހީއަށް އެ މަންޒަރު ފެނި ހިނިތުންވެވުނީ އަޔާން ކިއާރާ އަށް އަޅާލާވަރުންނެވެ.

……………

ކައި ނިންމާފައި ކިއާރާ އާއި އަޔާން އަނެއްކާވެސް ދިޔައީ ކޮޓަރިއަށެވެ. ކިއާރާ ހިތްހަމަޖެއްސުމަށްޓަކައި އަޔާން އެކި އެކި ވާހަކަތަށް ދައްކަންފެށިއެވެ. “ކޮންއިރަކުން ދެން މެރީ ކުރާނީ….؟” އަޔާން އެހިއެވެ.. “ހާދަ އަވަހަކަށް…” ކިއާރާ ބުނެލީ އެއްލޯމަރާލާފައެވެ. “ލަސްކުރުމުގެ ބޭނުމަކީ ކޮބާ؟ މިހާރުވެސް އެންމެން އުޅެނީ ކިއާ ގެއަށް ނުގެނެސްގެން…. މި ކަންތަށްގަނޑު ނިންމާލުމަށްފަހު އެކަމާ ދޯ އުޅޭނީ…” އަޔާން ކިއާރާގެ ރަތްވަމުންދިޔަ މޫނަށް ބަލަން އިނދެ ބުންޏެވެ.. ކިއާރާ އެއްޗެއް ނުބުނެ ހޭންފެށިއެވެ. ދެމީހުންވެސް ސިހުނީ ކުއްލިއަކަށް ދޮރުގައި ޓަކި ޖެހުމުންނެވެ. ކިއާރާ މަޑު މަޑުން ގޮސް ދޮރު ހުޅުވިއިރު ކުރިމަތީ ހުރީ ޒާއިން އާއި މައިޝާ އެވެ. ކިއާރާ ފުޅާ ހިނިތުންވުމަކާއި އެކު ދޮރު ބޮޑަށް ހުޅުވާލީ އެމީހުން ވެއްދުމުގެ ބޭނުމުގައެވެ.

ޒާއިން ވަންނަމުން ކިއާރާއަށް އޭނާ ގެނެސްދިން ގެލެކްސީ ޗޮކްލެޓް ދިނެވެ. “ތެންކިޔޫ..” ކިއާރާ އެހެން ބުނެފައި އައިސް އެނދުމަތީ އިށީނދެލީ މައިޝާއާއި ދާދި ކައިރީގައެވެ. “ދެން ސަރ ހޯދަންވިއްޔާ އަންނަން ޖެހޭނީ މިތަނަށް ދޯ.. އެހެންތާކުން ނުވެސް ފެނޭ…. އަބަދު މިތާ…” މައިޝާ މަޖާ ރާގަކަށް އެހެން ބުނުމާއި އެކު ކިއާރާ އޭނާގެ އަތުގައި ޖެހިއެވެ.. “ސަރ ނުކިޔާށޭ މައި ކައިރި ބުނީމެއްނު… އަޔާން ކިޔަސް އޯކޭ އޭ…” އަޔާން އެހެން ބުނެލުމުން މައިޝާ ހޭންފެށިއެވެ.

“މައި ވާހަކައެއް ބުނަންތަ..؟” ކިއާރާ މައިޝާގެ އަތުގައި ހިފަހައްޓާލާފައި ބުންޏެވެ.. އެވަގުތު ޒާއިންއާއި އަޔާން ސޯފާގައި އިށީނެވެ.. “އަދުނާން…. އެއީ އަސްލު ބައްޕައެއް ނޫން..” ކިއާރާ މައިޝާގެ މޫނަށް ބަލަން އިނދެ އެހެން ބުނެލުމާއި އެކު މައިޝާ ގެ އަނގަ ހުޅުވި ދެލޯ ބޮޑުވިއެވެ. މަޑުމަޑުން ކިއާރާގެ އަތުން އޭނާގެ އަތް ނައްޓުވާލާ އަނގަމަތީ އަތް އެޅިއެވެ.. “ތިބުނީ…… ދެން ކާކު އެއީ؟ އެން ކާކު ބުނީ؟” މައިޝާ ސިހިފައި އެހިއެވެ. “އެ މީހާ ބުނީ… ސައީދާ… އެން އޭނާއަށްވެސް ނޭނގެޔޯ މީ ކާކު ދަރިއެއް ކަމެއް… ހޫ ކެއަރސް…. މިހާރު އެމީހާގެ ބަދަލަށް އެ އުޅެނީ މަންމައެއްވެސް ލިބެން… ހެޔޮ ހަޤީޤީ ބައްޕަ ނޭނގުނަސް… ބޭނުމެއް ނޫން ހޯދަންވެސް… ބައްޕައެއް އެބަހުރި…” ކިއާރާ ތުން އަނބުރާލާފައި އެހެން ބުންޏެވެ.. ނަމަވެސް އޭނާ ހަޤީޤަތުގައި އިނީ ދެރަވެފައެވެ. ކޮންމެޔަކަސް މަންމަ ވާނީ މަންމައަކަށް ނޫންހެއްޔެވެ؟

“އަޔާން…! އެމީހުން ހައްޔަރުކޮށްފި…. ތަހުޤީޤު އަދިވެސް ކުރިއަށް އޮތީ.. ކޯޓަށް ހާޒިރުވާން އަންގާނެ…..” ޒާއިން ކިއާރާ އާއި ދިމާ ބަލައިލަމުން ބުނެލީ އެމީހުންނަށް ނީވޭވަރަށެވެ. “އެ އިން އެންމެ މީހަކަށްވެސް ކުޑަ އަދަބެއް ލިބިގެން ނުވާނެ.. ހާއްސަކޮށް އެ ކިއާގެ މަންމައޭ ކިޔާ މީހާއާއި އެމީހާގެ ފިރިމީހާ.. މިހާރުވެސް މެރުން އެއީ ހުއްދަކަމެއްނަމަ އެމީހުން މަރާލިސް….. މި ކިއާގެ މަންމައޭ މި ކިޔާ މީހަކީ ވަރަށް ނުބައި މީހެއް…. އިނގޭތަ ޒާއިން އަށް…” އަޔާން އެހެން ބުނެފައި ކުޑަކޮށް ހުއްޓުނެވެ.. އަދި ގޮށްމުއްކަވާލީ އައިއްސާހުރި ރުޅި ކޮންޓްރޯލްވޭތޯއެވެ. “އެމީހާ މިއަދު ބުންޏޯ ކިއާރާ އަކީ ނަހަލާލު ކުއްޖެކޭ… އަދުނާން.. މި ބުނީ ކިއާރާގެ އަސްލު ބައްޕަ ކަމަށް ހީކޮށްގެން އުޅުނު މީހާ އަކީ އޭނާ ބައްޕައެއް ނޫނޯ.. އެ އަންހެނާއަށްވެސް ނޭނގެ ކިއާރާ އެއީ ކާކު ކުއްޖެއް ކަމެއް… ކިއާ އެހެންވެ އެ އިންނަނީ…. މިއަދު އަދުނާންއަކީ އެއްވެސް މީހެއް ނޫންކަން އިނގުނީމަ ހަޤީޤަތުގައި ދެރަވާނެ.. ހައިރާންވޭ އެމީހާ ކަހަލަ މީހަކަށް ކިއާ ކަހަލަ ހެޔޮ އަހްލާގް ރަނގަޅު ކުއްޖެއް ލިބުނީތީވެސް…”އަޔާން އެހެން ބުނުމާއި އެކު ޒާއިންއަށްވެސް ވީ މައިޝާއަށް ވީވަރެވެ، “ތި މީހަކު ސައިޒް ކޮށްލަންޖެހޭނެ…. މިއަދު ދާންވީ ސްޓޭޝަންއަށް….މިކަން ވާނެގޮތް ބަލާލަންވެސް ޖެހޭނެއެއްނު..” ޒާއިން އެހެން ބުނެލީ ރުޅިއައިއްސައެވެ. މައިޝާ ކައިރި އިން ކިއާރާއަށް ޒާއިން ބަލައިލީ ހަމްދަރުދީއިން ފުރިގެންވާ ބެލުމަކުންނެވެ.

114
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޢަޞްރު (ތޭވީސްވަނަ ބައި)

Next

މާތްﷲގެ ވަލީވެރިންނާއި އެބޭކަލުންގެ ކަރާމާތް

Next
December 28, 2016

މާތްﷲގެ ވަލީވެރިންނާއި އެބޭކަލުންގެ ކަރާމާތް

Previews
December 27, 2016

ޢަޞްރު (ތޭވީސްވަނަ ބައި)

71 Comments

  1. HANDIANS says:
    December 27, 2016 at 9:35 pm

    oww we 1st

    1. Loabeege handi says:
      December 27, 2016 at 9:53 pm

      Yay

    2. Kalhu handi says:
      December 27, 2016 at 10:47 pm

      Nukiya ehah comments thah balaalaafa coment kofa kiyaany

    3. Noo handi says:
      December 27, 2016 at 11:12 pm

      Yeyy.. We firrrssttt..
      Kobr dhonnnn?? ??

    4. ran handi says:
      December 27, 2016 at 11:29 pm

      kobaatha enmen ran fuuhi vegen miulheny

    5. ran handi says:
      December 27, 2016 at 11:29 pm

      kobaatha enmen…. ran fuuhi vegen miulheny

    6. Dhon handi says:
      December 27, 2016 at 11:45 pm

      yayyyyyyy

    7. HANDIANS says:
      December 28, 2016 at 12:39 am

      Alhe kobaa foolhudhigu handi kon thaaakah dhiyaee.??

    8. Foolhu dhigu handi says:
      December 28, 2016 at 6:30 am

      Sry guys. Kahbolah veli furumuga bxy v

    9. Dhon handi says:
      December 28, 2016 at 9:47 am

      hahahah mwlhu excuse eh ingeyyy

    10. Saeedha says:
      December 28, 2016 at 12:28 pm

      Ey ma vahaka dhakka gothah tha anekka thihen thi buny….

  2. mariyam says:
    December 27, 2016 at 9:38 pm

    Me 2nd

  3. Ginaa says:
    December 27, 2016 at 9:44 pm

    Varah kiyaahithun ulhefin mi vahaka.. V hadi ibaaraaiythah… Hadihuthurukoh vahaka dhahkaafa huhnanyves.. Mivaahaka ah hama 0

    1. Maahy says:
      December 27, 2016 at 9:51 pm

      Hadiyyaa nukyma nimunynun… Myhaku force eh nukureyey kiyaakah… Anyways v salhi mi part vx ? hama best

    2. mariyam says:
      December 27, 2016 at 9:53 pm

      So hadi viyyaa vaahaka nukiyaa.. And thikahala comments ves kuraane kameh nethey… ????

    3. ishaa says:
      December 27, 2016 at 9:53 pm

      oh please kaaku tha buny kiyaashey….nukeema v nun…hadi oo…ekamaku gadi jehey irah vahaka kiyan hama ready…aey hadi v ma vaa goi tha

    4. riushan says:
      December 27, 2016 at 10:15 pm

      hadi huthuru koh mi vaahaka ge ehvex dialog eh liyefa vaa kamakah gaimu ves alhugadakah gabool eh nukurevey.

    5. Aishaa says:
      December 27, 2016 at 10:18 pm

      Hadiya nukiyabala dhw… Kaaku tha buny kiyaashey… If u dont like go and sleep

    6. rita says:
      December 27, 2016 at 10:20 pm

      vaahakaige gothhun……mibuny eyge concept inna gothun bad language use kurey ekamaku this story doesn’t encourage bad language

    7. chum chum girl says:
      December 27, 2016 at 10:45 pm

      oh plzz.. bad language o.. huh thimee hun vaahaka eh liyan v nun amila ah enme maai bahun.. and kaakutha bunee ehaavarakun kiyaashey??? and ishaa bunaahen indhevey vaahaka liyaa irah enme kurin kiyan.. mi dhen boduvaru dho.. pis pis.. BTW stry hama habeys ingey sissyy.. waitin 4 the next part… nights.. sweet dreams.. mwahh

    8. Sweetie says:
      December 27, 2016 at 10:48 pm

      Aslu haalathaa veehaaves eggoiy koffa. Aslu varah salhi.

    9. Kalhu handi says:
      December 27, 2016 at 11:14 pm

      15 aharu nuferey kuda kujje tha thee. Ehnviyya mivaahaka nukiyaa..

    10. Inu says:
      December 27, 2016 at 11:24 pm

      Vaahaka hadiyas kee dhaane dhw. Kae mennah neygeyne vaki inge kiyan viyas nukiyan viyas. Teacherun vx hadi mazumoonu and hadi vaahaka kiyaafa eah marks dheny. E usoolun hama mikan vx gendhevi dhaane. Magey bas. Magey life. Magey rules. Non of others business.

    11. Saeedha says:
      December 28, 2016 at 12:29 pm

      Ey ma vahaka dhakka gothah tha anekka thihen thi buny….

  4. Fafoo says:
    December 27, 2016 at 9:45 pm

    Me 3rd
    Adhi nuves kiyan. .?

  5. Iman says:
    December 27, 2016 at 9:46 pm

    Avahah aneh part vxx upp kureyy…. Mi bai vx v reeethi

  6. aal says:
    December 27, 2016 at 9:49 pm

    Salhi salhi ?

  7. ishaa says:
    December 27, 2016 at 9:51 pm

    seriously esfiya mi site ga up kuraa hurihaa stroy eh ves kiyan …ekamaku mi vareh nei egey…ryn ah bunelan othy kiyunteri mihaaru ves ryn ah v ithubaaru kure ey …aey ryn bunaa bahuga ithubaaru aa yageen kan ovey …so thi gothuga abadhu ves dhemi hunaathi…v ufaa vey ryn thihaa busy koh ulhemun ves up kuraathy…readers disappoint nukuraathy…mihen bunaa iru ves egen vaane enmen beynun vaa gothah story nugen dheveyne kan…ehn v ma gina readers dhey hiyaal thakah story kuriah gendhan try kuraanee…eyrun story spoi nuvaane…

  8. Ryn says:
    December 27, 2016 at 9:53 pm

    Hey guys!!!! Good night tc. ??? aaand sorry late v ma. And also tomorrow in feshign if I didn’t up it morning ga dhn I will do it afternoon ga and yes 15+ is fine mi story kiyan. And also maadhamaa kahneynge I can give u guys the total parts of the story. Was too busy and still am. Tc ily guys. Nights ?????

    1. mariyam says:
      December 27, 2016 at 9:58 pm

      Alheyy afternoon??.. Can’t wait till then.. Seriously Ryn…. ?
      Mi part ves vvvvvv salhi Ingey…up kurey tho balabalaa huttaa fenunyves… Innaane vaahaka Nuves kiyaa comment eh kohfa… And Ryn…. Negative comments aa dheytherey nuvisnahchey..

    2. Mop says:
      December 28, 2016 at 11:12 am

      Ryn dhen aneh vahaka ge 2nd part nuliyanytha??

  9. Maasha says:
    December 27, 2016 at 9:56 pm

    Thi hurihaa comment aky thi ryn eh amihla ah liyaa ehchis & eynage gaaiy myhun… Lol.. Hadi hadi…

    1. rimmy says:
      December 27, 2016 at 10:17 pm

      why r u so sure

    2. chum chum girl says:
      December 27, 2016 at 10:51 pm

      buro ma nuves dhannan Ryn eh.. vaahaka hama rythi v ma Ryn aa eh kolhah vaahaka dhahkanee.. huh.. I’m from eydhafushi.. and mashah heevanee Ryn akee beyru gaumeh ga ulhey meeheh hen.. I don’t know her.. but as i love her story + as i don’t have a sister I call her sissyy.. hmm.. dhen lalalaa

    3. Kalhu handi says:
      December 27, 2016 at 11:17 pm

      Ohh. Really. Masheh nuves dhannan ryn eh.. Ryn aee kaakuge kon dharieh kameh neyngey.. Ryn aee magey frnd eh relative eh noon… N aharen hama ekani kiyany mivaahaka eh noon.. Ehn vaahaka thah kiyaafa comment ves kuran.. N vaahak hama rythi..

    4. Dhon handi says:
      December 27, 2016 at 11:50 pm

      yo maasha.. thnku fr da comment dude.. ryn r jealous vaa myhun gina ey dhw heskiyaaha..?? btw kuraane rangalhu comment eh nethiyya comment nukh hurelaba.. luv u ingey ??

    5. HANDIANS says:
      December 28, 2016 at 12:30 am

      thyy mulhin kunhee eh Maasha… j vy dhw gina comment libeythy??? U jay viyas nuviyas mihaa reethi vaahakaeh adhi nukiyan.. Ryn aky hama no1.. keep it up ryn… Maasha??????

    6. Mine says:
      December 28, 2016 at 1:54 am

      J viyas boduvaru thy…baeh meehunah varah undagoo vaaane ehn meehakah molheh libey tahn balan..ryn is one of da best story writer.. She cares abt her readers..and this story is awesome.

    7. Mop says:
      December 28, 2016 at 11:06 am

      Mashaky ryn dhanna myheh vx noon.. Ryn dhannany hama ekani esfiya ge writer eh gothuga… Ekm masheh nuvey thaku ulheyha writer akah comment kura hitheh.. Story kiyas e part eh reethiyya e vahaka bunan ma comment kurany vaguthu othiyya… Ehnve ginain kureveny vx mi story ge part thakah.. Ein vx e dhakkuvaidheny mi story reethi kan

  10. Faathee says:
    December 27, 2016 at 9:59 pm

    Hello ryn.. vaahaka dhaa goi vara reethi. Twist tha ves hama salhi. Ekamku mi part ga thankolhe gina hen heevanee beykaaru vaahaaka. hama ekahche kiyaafa kiyaa roathee Kiyamun dhaa iru maa boda beykaaru baa gina hen heevanee. Noonee ve dhaane ibaarai kohfa huri gothun kama ves. I love ur stories. So don’t mind mi gotha kuraa comments. In sha Allah future ga vara molhu liyun theriyakah vaane. Keep going. Waiting for next part

    1. Yaanu says:
      December 28, 2016 at 12:40 pm

      Thibuneee aslu rangalhu vaahakaeh… feshigen mihaathanah mivaahaka keeiru alhugadah ginaee repeat dhen maabodah koosani kanthah ves hurey. Aslu ryn ge vaahakathah v reethi. Ryn ge hurihaa vaahakaehves kiyan.

  11. Prettyy says:
    December 27, 2016 at 10:00 pm

    Ginaa u shuld read this story frm d 1st episode.. so tht u wuld understnd y she has used such languages.. i think u r been rude with ryn.. if u dnt like d story bttr not to read…
    Ryn dnt bother abt wot ppl say u jst go d way u r.. u r amazing… n i cnt wait to read this story further… hehehe i cn imagine now kia n yaan ge wedding dhaane goi.. all d best

  12. shaam says:
    December 27, 2016 at 10:02 pm

    Wow nice v v v kiyaahiy vejee dhen inbaiy

  13. Dheylia says:
    December 27, 2016 at 10:03 pm

    Alhe one more part nulibeynetha mirey..cant wait to see what will happen to the evil.. and story is awsome

  14. Axeenalily says:
    December 27, 2016 at 10:04 pm

    Varah reethi

  15. aa8 says:
    December 27, 2016 at 10:17 pm

    Mivaahakaige ibaaraithah v hadi.. pls read the stories of bimmaa and other famous dhivehi story writrs.. eyrun ingeyne story ibaaraaiy kuraane goiy.. pls ryn dont mind kiyun therin ge hiyal balaigahnan vaane.. anyways story daaleh rythi..this comnt is specially for ryn ah ingey

    1. Anonymous says:
      December 27, 2016 at 10:56 pm

      Agreed vv ha
      Di ibaaraah kurrun

  16. Adhu says:
    December 27, 2016 at 10:18 pm

    Salhi salhi.. nd ryn i was wrong.. saeedha kahala meehaku rangalheh nuvaane.. saeedha kahala meehakah fathuhee kahala meeheh haggeh ves noon.. waiting for fathuhee to get married.. kiyaa nd ayaan too

  17. aimin says:
    December 27, 2016 at 10:24 pm

    But I am not ryn cousin . This story is vv nice .masha Allah thigothuga kuriya dhey .story hadiey bunamyhun aslu kadavany …hahaha

  18. Naanijaan says:
    December 27, 2016 at 10:27 pm

    Wow varah reethi mi story. Varah ufaavey avas avahah storyge baithah up kuraathee. Thanks Ryn
    U are one of the best writer

    1. Mop says:
      December 28, 2016 at 11:08 am

      So true

  19. Iman says:
    December 27, 2016 at 10:29 pm

    Ibaaraaih kuran neygey meehunnan ibaaraaih hadi vaane … Ehn vefa einy … Haha

    1. Asluvex says:
      December 27, 2016 at 10:58 pm

      Dhwwwww

  20. Kausar says:
    December 27, 2016 at 11:33 pm

    Dhen kiara vaany zaain ge aslu kohko ah i guess hehe …. vahaka varah reethi… keep it up

  21. Xoxo says:
    December 27, 2016 at 11:34 pm

    This story

    is Full of

    bla bla bla………..???

  22. Anonymous says:
    December 27, 2016 at 11:36 pm

    Kaaakubaaa mi manje ah eherr hadiikoh vaaahaka liyan dhaskoh dhinee

  23. Vaahaka foshi says:
    December 27, 2016 at 11:44 pm

    Afternoon ga up kurandhen kevvanee kihine. Ryn . Waiting for the coming part badly

  24. Meeha says:
    December 27, 2016 at 11:46 pm

    Ehaa goaheh noon. Aslu concept v salhi. Ekamaku husha alhaidhinun reethi noony. Accident ge kurin kiyan undhagoovi isthashikolhu vatta vaahaka annavarun. Evvahaka eh ehaa ginain repeat veema kiyaameehun foohivaane. Dhen dhigu dhanmman nujeheykahala baithahves maabodah dhammalevifa hunnany. Dhiguvaahaka akas ehen hureema foohi vaane kiyaameehun. Dhen vaahaka eh liyaairu jidskoh mikahala kankamaa visnaalasthi.

  25. Saeedha says:
    December 27, 2016 at 11:58 pm

    Ey fathuhee mi dhen kihaa dhera kameh.. eiee kiyaaraa eh nooney aaliyaa.. kale eh nooney bodu keun kahkkaafa eyna ah nan kiyan enmennah kaandhee haradhu kureekee.. mashey.. eyge badhal ey ma eyna athun mi hwdhany.. hashi vihkaigen.. eyna jeheyny ma buni gotheh hedhigen hunnan.. mifaharu dhiya as adhi annaanan

    1. Fathuhee says:
      December 28, 2016 at 12:25 pm

      Aslu vx hama dhany tha,?? Noony nerely tha?? Thihen dhogu hadha hadha Hurebala nikan dhuniye ah saabithvandhen

  26. Hunaa says:
    December 28, 2016 at 12:12 am

    Mi story ah negative cmnt kuraa meehun story eh liyefa Alhe Thimeehu ge hurivareh ahrn ah dhahkkaalabala. Yageeney enme jumlaeh vs hamajehey gothakah nuliyeveynekn. N Ryn this story is vvvvv. Nice. Waiting for other parts

    1. aree says:
      December 28, 2016 at 7:41 am

      Eheviyya fihaara akah gos namavx dhivehi vaahaka fotheh ganegen mi story aa e story aa alhaa kiyaabala.. eyrun dhen thibi myhun vaahaka eh nuliyunas thafaath ingidhaane..

  27. Meeha says:
    December 28, 2016 at 12:14 am

    Hehey. Saeedhaa ah adhives edhuvahu kathili kukulhaa bahaali bondibaiy kolhuge agunulibenytha. Ageh huri ehchehthaa thi kaandhinee 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂

  28. Shaffa says:
    December 28, 2016 at 12:45 am

    Bayaku j viyas mi vaahaka Hama habeys ryn kairee bunan beynunvaanee GO on girl YES u can do it ❤️❤️❤️

  29. Santhi mariyanbu.? says:
    December 28, 2016 at 2:10 am

    Konme meehaku komme ehchekey kiyas mi story hama vv habeys…waiting for the nxt part??..varah varah reethi mi story…

  30. Myn says:
    December 28, 2016 at 5:10 am

    Story v habays bt gobool kuran vaane negetive coment ves annaane kamah evves vaahaka eh perfecteh nuvaane thubuna binma men kahala meehunge vaahakaigaves hunnaane mistakes. Ehen v ma ryn jehayny ekahala kanthah thah ragalhu kuran so ayrun aee ves ryn ah libay kuri erumeh. Myn ah ves varah faahaga kurevay baykaaru vaahaka gina kamah bodah kiya ge isthashi kolha n kiya hithah ara ehchegithah ves ma gina e liyaaleh repeat koh. Mikanathah thah ragalhu kohlyma k vaane. N story v v ves reethi v inthizaaru kurevay dhen part ga vaane gothaka medhu. Ryn all da best n tc

  31. mooshan says:
    December 28, 2016 at 8:39 am

    Maasha …. thihen bunyas comment kuraane. v kada vey dho ginain comment libeytheee?

  32. Shhhhh says:
    December 28, 2016 at 9:00 am

    Negative comments kuran jeheyne. Ekam e vaan jeheynee liyuntheriya ah kuraa jessumakah noon. Mi vaahakaiga hunna negative comments thakaky liyuntheriya vaahaka liyun mathin foohi kuruvafaane fadha comments thah. Binaa kuruvanivi faadu kiyan neygey kamah vanya comment nukurun emme rangalhu vaany. BTW mi vaahakaige fenvaru eh dhuvahun aneh dhuvahah rangalhu vamun anna kan v ufalaa eku bunelan. Varah reethi mihaaru vaahaka gensdhey goi.

  33. shaam says:
    December 28, 2016 at 11:47 am

    Alhe haada inthizaareke mikure venee 47 baya kiyaahiythun ken madu vefa mihuru dhen vaane goyhe neegifa

  34. Mop says:
    December 28, 2016 at 12:22 pm

    Kn irakun next part

  35. HandiGnduvaruDhonkamana says:
    May 28, 2017 at 1:20 pm

    alhe Saeedha keevvetha ehaa goahy??? E e fahe insaanehtha???

Comments are closed.

All Right Reserved!