އޭގެ 2 ހަފްތާ ފަހެވެ. ކިއާރާ އޮފީހުން ޒާއިން އާއި އެކު ނިކުތީ އަޔާން ކައިރިއަށް ދާންވެގެންނެވެ. ނަމަވެސް ހަމަ އެވަގުތު ލޮލުގައި އަޅައިގަތީ ބުލޫސް އާއި ކުރިމައްޗަށް ވާގޮތަށް ތިބި ސައީދާމެންނެވެ. ކިއާރާގެ ފިޔަވަޅުތަށް މަޑުޖެހުނެވެ. އޭނާ ޒާއިންގެ ފަހަތަށް ފިލިއެއެވެ. އޭނާ ބިރުގަތީ ސައީދާ އޭނާ ގެންދާނޭ ހިތަށްއަރާފައެވެ.. ޒާއިން އެމީހުންނާއި ދިމާލަށް ލޯ އަޅާލުމަށްފަހު ހިނގައިގަތީ ޖޫލިއަންއާއި ދިމާލަށެވެ. ސައީދާ މަގުހުރަސްކޮށްފައި އަންނަތަން ފެނި ކިއާރާ ޒާއިންގެ އަތަށް ބާރުކުރިއެވެ. ސައީދާ އައި ގޮތަށް އައިސް ކިއާރާ ގެ އަތުގައި ހިފަހައްޓާފައި ޒާއިންއާއި ވަކި ކުރުވީ ކުއްލިއަކަށެވެ. ކިއާރާ ގޮސް ސައީދާގެ ގައިގާވެސް ނުޖެހުނީ ކިރިޔާއެވެ. “ހިނގާ މިހާރު ގެއަށް ދާން!!!” ސައީދާ ބުނެލީ ވަރަށް ބާރަށެވެ. މަގުމަތީ ހިނގާފައި ދިޔަ ބައެއް ވިއްޔާ އެ މީހުންނާއި ދިމާލަށް ބަލާލައެވެ. ސައީދާ ކިއާރާ އަށް ގުޅީމަވެސް ކިއާރާއާއި ދިމާ ނުވެއެވެ. އެއްވެސް ގޮތަކުން އަދި މިހާތަނަށް ކިއާރާގެ ހަބަރެއް އޭނާއަށް ލިބިފައި ނެތުމުން އެންމެ ފަހުން މިއަދު އޭނާ ނިންމީ ކިއާރާ އާއި ކުރިމަތިލާށެވެ. “އޭތް! ކިއާރާ ގެ އަތުން ދޫކުރޭ!..” ޒާއިން ކިއާރާ ދަމައިގަނެފައި އޭނާގެ ފަހަތަށް ލަމުން ބުންޏެވެ. އެތާ ހިނގާފައި ދިޔަ ބައެއް މަޑުކޮށްލައިގެން އެ މަންޒަރު ބަލަން ތިއްބެވެ.
“ބަލަ މީ އޭނާގެ މަންމައޭ…!” ސައީދާ ވަގުތުގެ ބޭނުންހިފާ ބުނެލިއެވެ. “މަންމައޭ…! މަންމަ ނަމަ އަހަރެން ކިއާރާ ހެޔޮހިތުން ދޫކޮށްލިސް… މި މޮޔަ މީހާއާއި ހެދި ނުކުމެވެންވެސް ނޯވޭ މިހާރު ކިއާރާއަށް… އާނ ގަބޫލުކުރަން ކިއާރާ ވައްތަރުކަން ދައްތަގެ ދަރިފުޅާ އެކަމް މީ ކިއާރާ ފަތުހީ… ފަތުހީގެ ދަރިފުޅު… އެކަން ޔަޤީންނުވަންޏާ އައި ޑީ ކާޑް އެބައޮތް… އެހެން އެއްޗެހިވެސް އެބައޮތް.. މި ތިބަ މީހުންވެސް ވާނެ ހެއްކަކަށް… މި މާލޭގެ އެންމެންނަށްވެސް މިހާރު އިނގޭނެ ކިއާރާ އަކީ ފަތުހީގެ ދަރިފުޅުކަން.. ބުލޫސް ގެ ވެރިއެއްކަން..” ޒާއިން އެވަގުތު އެހެން ބުނެލީ ސައީދާއާއި އިދިކޮޅަށް އެމީހުން އެއްޗެއް ބުނާނެކަން އިނގޭތީއެވެ.
“ކަލޭ އޮޅުވާލަން ނޫޅޭ… ތީ މަގޭ ދަރިއެއް… އެބަ ދޮގު ހަދައެއްނު….” ސައީދާ އެހެން ބުނީ މުޅިތަނަށް ބަލާލަމުންނެވެ. “ތެދެއް.. އޭނާ އެއީ ފަތުހީގެ ދަރިފުޅު….. ތިއުޅެނީ އޮޅިގެން…” މަގުމަތީ ހުރި މީހަކު ސައީދާއަށް ގާތުބުންޏެވެ. އިތުރު ދެތިން މީހަކުވެސް އެހެން ބުނުމުން ސައީދާ ރުޅި އައިސް ރަތްވިއެވެ. “ހަނދާން ބަހައްޓާތި…” ސައީދާ އެހެން ބުނެފައި ހިނގައިގަތުމުން ޒާއިން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއްވެ ތިބި މީހުންވެސް ހިނގައިގަތެވެ.
“އޯ ގޯޑް ކިޓީ.. ބުނީމެއްނު ފައިޓް ކުރާށޭ އޭ… ތިހެން ބިރުގަތީމަ ކޯޗަކަށް ވާނީ؟؟؟… ހިނގާ އަވަހަށް އަޔާން ކައިރިއަށް..” ޒާއިން އެހެން ބުނެފައި ހިނގައިގަތެވެ. ޖޫލިއަން ގެ ދޮރާއި ހަމާއަށް އެރިއިރު އަޔާން ނިކުންނަނީއެވެ. ކިއާރާ ގެ މޫނު ފެނި އަޔާންއަށް ކަމެއް ގޯސްވެއްޖެކަން ވަގުތުން އިނގުނެވެ. ޒާއިން އަށް އަޔާން ބަލައިލީ ވީ ގޮތް އޮޅުންފިލުވާށެވެ. ނަމަވެސް ޒާއިން އެއްޗެއް ނުބުނެ ހުރުމުން އަޔާން އަށް ހިސާބަކަށް އިނގުނެވެ.
“އޭ ދަނީއޭ… ކާރު ވެސް ވީ ގަރާޖުގައި ހަދަން ދީފަ.. އެ ހިފައިގެން ޖެހޭ މައި ބަލައި ދާން މިއަދު މާ އަވަހަކަށް ނިމެނީއޭ ބުނެފި..” ޒާއިން އެހެން ބުނެފައި ހިނގައިގަތެވެ. އަޔާން ކިއާރަ ގެ އަތުގައި ހިފަހައްޓާލައިގެން ހިނގަމުންދިޔައެވެ. ކިއާރާ އެއްޗެއް ނުބުނެ ހިނގަމުން ދިޔައީ އިސްޖަހާލައިގެންނެވެ. “ކަމެއް ވީތަ ޕްރިންސަސް؟” އަޔާން އަހާލީ ދެރަވެލާފައެވެ. ކިއާރާ ޖަވާބު ދިނުމެއްނެތި އިސްއުފުލާލީ އަދިވެސް ސައީދާ ހުރިތޯ ބަލާލަންވެގެންނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޕާކްކޮށްފައި އިން ސައިކަލު މަތީ ސައީދާ އިންތަނެވެ. އޭނާ އިނީވެސް ކިއާރަ އަށް ބަލަހައްޓައިގެންނެވެ. ކިއާރާ އަޔާންއަށް ސައީދާ ހުރިތަން ދައްކާލުމުން އަޔާން ގެ ލޭ ކެކޭގޮތްވިއެވެ. އޭނާ ކިއާރާގެ އަތަށް ބާރުކޮށްލަމުން ހިނގުން އަވަސްކުރިއެވެ. “އަޔާން މިގަޑީގައި ގެއަށް ނުދާނަން… ފަހަރެއްގައި ފަހަތުން އައިސްދާނެ… އޭރުން ގެ އިނގިއްޖެއްޔާ ގެއާއި ހަމާއަށް އަންނަންވެސް ފަސްނުޖެހޭނެ…” ކިއާރާ އެހެން ބުނުމުން އަޔާން އާއެކޭ ބުންޏެވެ.
“ހަޔާތްކުޑަކަން ބަލާބަލަ މަގޭ މިބުނީނު މީ މަގޭ ދަރިއެކޭ…..!” ސައީދާ އައި ގޮތަށް އައިސް އެމީހުންގެ ކުރިމައްޗަށް އަރާފައި ބުންޏެވެ. ކިއާރާ އަޔާންގެ ފަހަތަށް ފިލިއެވެ. “އެހެންތަ؟؟ ކޮބާ ހެކި؟” އަޔާން އެހީ ނުރުހިފައެވެ. އޭނާއަށް ވާނަމަ ސައީދާ ކަރުގައި ހިފައި މިހާރު މަރައިވެސްލީހެވެ. ނަމަވެސް އެ މީހާއެއްދެކެ ކިއަރާ އެ ވަނީ ވަރުގަދަ ލޮތްބެކެވެ. “އަހަރެން ﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ ތީ އަހަރެންގެ ދަރިއެއް… އަހަރެންނަށް ގެނޭ ހަމަ މިހާރު.. އާލިޔާ ހަމަ މިހާރު ގެއަށް ދާން ހިނގާ..!” ސައީދާ އަނެއްކާވެސް އަޑުގަދަ ކުރަންފެށިއެވެ. ބުލޫސްއިން ނިކުތް މުވައްޒަފުންތަށްވެސް އެދިމާ ބަލަން މަޑުކޮށްލިއެވެ. ފަތުހީއަށްވެސް ނިކުމެވުނީ އެވަގުތުއެވެ. ކިއާރާ ފަތުހީއަށް ބަލައިލީ ފެންކަޅިވެފައި ހުރެއެވެ. ފަތުހީ ކިއާރާއަށް އިޝާރާތުން ހިތްވަރުކޮށްލަން ބުންޏެވެ. އެއާއި އެކު ކިއާރާ އަޔާން ގެ ކުރިމަައްޗަށް އަރާފައި ސައީދާއާއި ކުރިމަތިލިއެވެ..
“ﷲ ގަންދީ ހުވާކުރާއިރު ލަދެއް ނުގަނޭތަ….. އެ ކަލާނގެ ނަހީ ކުރެއްވިހާ ކަމެއްގައި ބައިވެރިވާއިރު އެކަލާނގެ ވޮޑިގެންވާކަމެއް ނުދެނެހުރި އިރު މިއަދު ދަރިއެއްކަމަށް ތި ބުނަނީ އެ ކަލާނގެ ގަންދީ ހުވާކޮށްފަ…. ތިކަހަލަ މީހުންނަށް ކާކު އިތުބާރުކުރާނީ.. ތިކަހަލަ ހުވާތަކެއް މާތް ﷲ ވެސް ގަބޫލުނުކުރައްވާނެ.. އެކަލާނގެ ދެނެވޮޑިގެންވާނީ… މަން….” ކިއާރާ މަޑު މަޑުން އެހެން ބުނެފައި ވަގުތުން ހުއްޓުނެވެ. އަޔާން ކިއާރާގެ ކޮނޑުގައި ހިފަހައްޓާލީ ހިތްވަރެއްގެ ގޮތުންނެވެ.. “އެކަލާނގެ ދެނެވޮޑިގެންވާނީ ތިކަހަލަ މީހުންގެ ހަޤީޤީ ސިފަ އެހެންނު ކިއާ…!” އަޔާން ކިއާރާ ގެ ޖުމްލަ ފުރިހަމަކޮށްލުމުން ކިއާރާ ހަމަޖެހެވުނެވެ. އަދި ބޯ ޖަހާލިއެވެ. ސައީދާ އިރުކޮޅަކު ގަނޑުވެފައި ހުއްޓެވެ. އެއަށްފަހު ފަތުހީއަށް ބަލައިލިއެވެ. “މީ ކަލޭ ތިކިޔާ ބައްޕައަކީ އޭ! ކާކުބުނާނީ؟؟ ވައްތަރުކަމެއް އެހެން ކަމެއް ހުރީކީ ނޫން… މި މިހާ އަހަރެންގެ ދަރި ވަގަށް ގެންދިޔައީ… އެއަށްފަހު މަގޭ ނުލަފައޭ ކިޔައިގެން މަގޭ ދެކެ ނަފުރަތު ކުރުވީ.. މަށަށް ޔަޤީން.. މުއްސަނދިވެފައި އަހަރެން ނިކަމެތިވީމާތަ އެއީ؟… މި އިންސާނާ އާއި ހެދި މަގޭ ދަރި މަށާއި ދިމާލަށް ކިޔައި އެއްޗެހި ބަލާބަލަ..” ސައީދާ ދިޔައީ ފަތުހީ އާއި ދިމާލަށެވެ. ކިއާރާ ވަގުތުން އެ ދެމީހުންގެ މެދަށް ވަނެވެ. އޭނާއާއި ދިމާލަށް ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ފަތުހީއާއި ދިމާލަށް ކިޔަންޏާ ކިއާރާއަށް މަޑަކުން ނުހުރެވޭނެއެވެ. އޭނާ މަގުމަތީ އެއްވެފައި ތިބި މީހުންނަށް ނަޒަރެއްދިނެވެ. އެއަށްފަހު ސައީދާގެ އަތުގައި ހިފަހައްޓާލީ ސައީދާއަށްވެސް އަތް ނުނައްޓުވާލެވޭނެހާ ބާރަށެވެ. “އާދޭ ހަމަ މިހާރު!.. މި ބުނަނީކީ ނޫން.. މި ކުރަނީ އަމުރެއް..” ކިއާރާ އެހެން ބުނެލިއިރު ހުރީ ރުޅިއައިސް ރަތްވެފައެވެ.. އެހެން ބުނެފައި ކިއާރާ ހިނގައިގަތީ ސައީދާގެ އަތުގައި ހިފަހައްޓައިގެންގެނެވެ. އޭނާ ދިޔަ ގޮތަށް ގޮސް ވަނީ ބުލޫސްގެ ތެރެއަށެވެ. “ނުވާނެ އެކަކުވެސް އައިސްގެން މިއަދު ކުރިމަތި ލާންޖެހޭނީ އަހަރެންނާއި އެކަނި..” ކިއާރާ ދޮރުމަތީ މަޑުކުރުމަށްފަހު އެހެން ބުނެފައި އެތެރެއަށް ވަނެވެ. ސައީދާ އޭރު މަޑުން ހުރީ ވަކި ކިއާރާއަށް ވާނެކަމެއް ނޯންނާނެކަން އިނގޭތީއެވެ. އޭނާއަށް ނޭނގޭ ކަމީ މިއަދު އެއީ އެ އާލިޔާއެއް ނޫންކަމެވެ. މަންމައަށް ޓަކައި ޖާނުދޭ އެ އާލިޔާއެއް ނޫންކަމެވެ.
ކިއާރާ ފެނިފައި ރެޝިޕްޝަނުގައި ތިބި ކުދިން ކޮއްޅަށް ތެދުވިއެވެ.. ކިއާރާ އެމީހުންނާއި ދިމާ ބަލައިނުލާ ގޮސް ވަނީ ލިފްޓަށެވެ. އަދި އެންމެ މަތީ ފުލޯރއަށް ދާން މިޝްރާބުޖެހިއެވެ… ސައީދާ އަތުން އެންމެ ފަހަރަކުވެސް އޭނާ ދުލެއް ނުކުރެއެވެ. ސައީދާ ލިފްޓަށް އެރުމަށްފަހު އަނގަޔަށް އައިހާ އެއްޗެއް ގޮވަމުން ދިޔައިރު ކިއާރާ ހުރީ މަޑުންނެވެ.
ލިފްޓު ހުޅުވުމާއި ސައީދާ ގޮވައިގެން އައިސް ބެލްކަނީގައި މަޑުކޮށް ސައީދާގެ އަތުން ދޫކޮށްލިއެވެ.. “ކީކޭ ހިތަށް އެރީ.. އެކަހަލަ މާތް މީހަކަށް މަންމަ ކަހަލަ މުޑުދާރު މީހެއްގެ އަނގައިން އެންމެ ލަފްޒެއް ނުކުތަސް އެއީ މަންމައަށް ލިބޭ ހަޑި ނަމެއް… ބުނަން އެންމެ ފަހަރަކުވެސް އަޅުގަނޑު ލޯބިވާ މީހަކާއި ދިމާލަށް ނުވާނެ ތި ދެލޮލުން ބަލައިލައިގެންވެސް…ދެން ބޭނުން އެއްޗެއް ކިޔާބަލަ… މިދޭތެރެއަކު މިހާރު ނެތް އެކަކުވެސް… މަންމަ ބުނާކަހަލަ ފޯޖެއް ނެތް… މިހިރީ މަންމަގެ ދަރި މަންމަ ކުރިމަތީ އެކަނި މާ އެކަނި..ދެން ކިޔާބަލަ…” ކިއާރާ ބުންޏެވެ. އޭނާގެ އަޑު ކުޑަކޮށްހުރީ ގަދަވެފައެވެ.
“ކަލޭ ހަނދާން ނެތުނީތަ އަހަރެން މީ ކަލޭ މަންމައޭ…. މަށާއި ދިމާލަށް ބޭނުންހާ އެއްޗެއް ކިޔައިރު ހަނދާން ބަހައްޓާތި މަގޭ ރުހުން ލިބިގެން ނޫނީ ކަލެއަށް ސުވަރުގެއަށްވެސް ނުވަދެވޭނެ…….” ސައީދާ ބުނަން އުޅުނު އެތި ހުއްޓުނީ ކިއާރާ އަތުގެ އިޝާރާތުން މަޑުކުރުމަށް އެދެމުންނެވެ. “ހަނދާނެއް ނުނެތެ.. ތީ މަންމަ.. މި އާލިޔާ މި ދުނިޔެއަށް ގެނައި މަންމަ.. އެކަމް ބުނަން.. މަންމަގެ ލޮތްބާއި އަޅާލުމުގެ ބަދަލުގައި ހަނދާންވަނީ އެ އަނިޔާ.. މަންމަ ދިން އަނިޔާ… އެންމެ ފަހަރަކުވެސް ހިތަށް އެރިތަ ކީއްވެހޭ މަންމައަށް ޓަކައި އަމިއްލަ ހަށިގަނޑަށް އެހާ ވޭނެއް އަޅުވަނީ؟ މަންމާ.. އަޅުގަނޑު މަންމަދެކެ ވަރަށް ލޯބިވޭ.. އަދިވެސް ވަން…. އެކަމް ދެނެއް ނޫޅެން ތި މަންމައެއް ކައިރިއަށް ދާކަށެއް… މުޑުދާރު ކަމުންނާއި އަމިއްލަ އެދުމުން ފުރިފައި….. މަންމަ ދުވަހަކުވެސް ވިސްނާލިންތަ މީ މަންމަގެ ދަރިކަމެއް…. މަންމައަށް ހީވާފަދަ މީ މަންމަ ވިއްކާ އަދި އެ ނުލަފާ ނިމާލް ބީހޭ މުދާގަނޑެކޭ… އޯކޭ.. އެހެން މީހުން މިހަށިގަނޑުބޭނުން ހިފިޔަ ދިނީ މަންމަ ހުއްދައާއި އެކު.. އެކަމް މަންމަ އަމިއްލަ ފިރިމީހާ ދޫކޮށްލީ ކީކެ ހިތަށް އަރައިގެން؟ ކީކޭ ހިތާ އޭނައަށް ހުއްދަދިނީ މި ހަށިގަނޑުގައި ބީހެން.. ބުނަބަލަ މަންމާ!.. އެއީ މަންމަގެ ފިރިމީހާއޭ.. އަޅުގަނޑުގެ ބައްޕައެއް ގެ މަގާމަށް ހުންނަންޖެހޭ މީހާއޭ…މީ މަންމަގެ ބަނޑުގައި 9 މަސް ދުވަހު ހޭދަކޮށް މަންމަގެ ބަނޑުން ނިކުތް މަންމަގެ ދަރިއޭ…
މަންމަ ފިރިމީހާއޭ ކިޔާ މީހާ މި ހަށިގަނޑުގައި ނުބީހޭ ތަނެއް ނެތޭ…. މަންމަ ކައިވެނީގެ އެ ގުޅުމަށްވެސް ތިދިނީ ކޮންކަހަލަ ހަޑި މުޑުދާރު ނަމެއް….. ދެން ސުވަރުގެއަސް ވަދެވޭނީ މަންމަގެ ފައިތިލަދަށުން…. ތިކަހަލަ މަންމައެއްގެ…؟ އަޅުގަނޑު މައްސަލައެއް ނެތޭ މަންމަގެ ރުހުން ނުލިބުނަސް.. ހަޤީޤަތުގައި މިހާރު ބޭނުމެއްވެސް ނޫން މަންމަގެ ރުހުމެއް…. މަންމައިންނަކީ މާތްބައެއް.. އެހެންވެ ފައިތިލަ ދަށުގައި ސުވަރުގެ ވާނޭ ބުނަނީ.. މަންމަ އެއްވެސް މާތްކަމެއް ކުރީތަ؟ ދެން މަންމަ މިއަދާއި ޖެހެންދެންވެސް ތިބުނަނީ މަންމަ ނުކިޔާށޭ މީ މަންމައެއް ނޫނޭ… ދެން މިއަދު ކޮން ހައްޤަކުން މަންމަ ރުހުން ހޯދަންވީ؟ މަންމައަށް ނުވިސްނުނަސް މަންމަ ގަބޫލުނުކުރިޔަސް މާތް ﷲ ވޮޑިގެންވާނެ.. އައްސަވާ ބައްލަވާ ވޮޑިގެންވާނެ.. އެ ކަލާނގެ އަށް ވަންހަނާއެއް ނުވާނެ މަންމަގެ އަމަލުތަކެއް…. ދެން އެހެންވީމަ އަޅުގަނޑު ނުޖެހޭނެ ތި މަންމައެއްގެ ރުހުމެއް ހޯދާކަށް ސުވަރުގެ ވަންނާކަށް…. ދުނިޔޭގައި ތީ ފުރަތަމަ މަންމަ ކަންނޭގެ ދަރިއަކަށް އަނިޔާދީ އެކަހަލަ މުޑުދާރު އަމަލުކުރާއިރުވެސް މިނިވަނެއްގެ ގޮތުގައި އުޅެނީ…އަޅުގަނޑު މީހަކަށް ވައުދުވިން މަންމަ ބެލުމަށް.. އެއީ މަންމަ ދެކެ ލޯބިވި އަޅުގަނޑުގެ ބައްޕަ އަދުނާން…. އަޅުގަނޑު އެ ބައްޕައަށް ވައުދުވިން މަންމަ ރަނގަޅަށް ބަލާނެކަމާއި މަންމަ ހެޔޮ މަގަށް އަޅަން މަސައްކަތްކުރާނެކަމަށް… ހިތަށް އެރިތަ ކީއްވެހޭ އަދިވެސް ޖަލަށް ނުލާ ހުރީ؟ އަޅުގަނޑަށް ލެވުނީސް އެއްނު… އަޅުގަނޑު ދިޔައީކީ އަމިއްލަ ފައިދާއަކަށް ނޫނޭ.. ހަމަ މަންމައަށް ޓަކައި ތި މަންމަ ޖަލުގެ ހަތަރު ފަރުތެރޭ ބަންދުވިޔަ ނުދިނުމަށް……..” ކިއާރާ ހުރިތަނަށް ތިރިވެވުނުއިރު އޭނާ ދިޔައީ ފުންނޭވާތަކެއް ލަމުންނެވެ. އޭނާއަށް އިތުރަށް ފުރިހަމަ ނުކުރެވުނީ އަޑުބެދިގެންނެވެ. ސައީދާ ހުރީ ގަނޑުވެފައެވެ. ކުރާނެކަމެއް ނޭނގި ހަމަ އެ ހުރިގޮތަށް އޭނާއަށް ހުރެވުނުއިރު ކިއާރާގެ ކޮންމެ ވާހަކައެއް ބޮލުތެރޭ އެނބުރެމުން ދިޔައެވެ. އާލިޔާގެ އެ ޅަ ދުވަސްތަކެވެ.
“އެކަމް ދެން ނޫޅެން…. މަންމަ އަކީ އަޅުގަނޑަށް އެއްވެސް ރަހުމެއް ކުރި މީހެއްނުން.. މަންމައަކަށްނުވިޔަސް އަންހެނަކަށްވެ ހުރެ ކޮންފަދަ އަނިޔާއެއް.. މަންމަ ވިސްނާލަބަލަ…. އެ އުމުރުގައި އެހާ ގިނަ މީހުން….. އެ އުމުރުގައި އަޅާނެ ވޭން…. އެހެން ކުދިންނާ ހިލާފަށް އަޅުގަނޑު އުޅެންޖެހުނީ ކިހިނެއް…؟ ……” ކިއާރާ ސިހުނީ ސައީދާ ކިއާރާ ގެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ. އޭނާ އިސްއުފުލާލުމާއި އެކު ސައީދާ ކިއާރާ ދުރަށް ކޮށްޕާލިއެވެ. “ބަލަ މާ މޮޅުވެގަނެގެން ތި އުޅެނީ ކީއްވެތަ އޭނ!؟ ކަލޭ ހީކުރީ ކަލޭ އެހާ ހިތްވަރުގަދަ ކަމަށްތަ އަހަރެން ޖަލަށްލާން.. ބަލަ އަހަރެން ޖަލަށްލިޔަސް ކަލެއަކަށް ސަލާމަތެއް ނުވެވޭނެ….” ސައީދާ އެހެން ބުނެފައި ކިއާރާ ގެ އިސްތަށިގަނޑުގައި ހިފައިފާ ކޮއްޅަށް ނެގިއެވެ. “މަށަސް ވިސްނައިދެނީތަ؟ އޭ؟ އަހަރެންނަށް ކޮންމަކެއް… އަހަރެން ކަލޭ ދަރިއެއްގެ ގޮތަކަށް ގަބޫލެއްނުކުރަމޭ.. އަދި އެހާ ބަފާގެ ތައުރީފް ކުރާއިރު ބުނަން.. އަދުނާން އެއީ ކަލޭ ބައްޕައެއްވެސް ނޫން……” ސައީދާ އެހެން ބުނުމާއި އެކު ކިއާރާ ދެލޯ ބޮޑުވިއެވެ. އޭނާ ވަގުތުން ސައީދާ ގެ އަތުން ސަލާމަތްވިއެވެ. “ކީކޭ…. ބައް…ބައްޕަ އެއީ……….” ކިއާރާއަށް ފުރިހަމަވެސް ނުކުރެވުނެވެ.
“އާނ! ކަލޭ ތީ ނަހަލާލު ދަރިއެއް… މަގޭ ވަރިކުރަން އުޅުނީމަ… އެކަން ވިޔަ ނުދޭން..ކަލޭ ގެ ޑީ އެން އޭ އާއި އަދުނާންގެ ޑީ އެއް އޭ މެޗް ކުރުވީ… ކަލޭ ބައްޕައަކީ ކާކުކަމެއްވެސް މަށަކަށް ނޭނގެ…. ހަމަގައިމުވެސް އަދުނާންއެއް ނޫން….” ސައީދާ ނުލަފާ ފާޑަކަށް އެހެން ބުނެލިއެވެ. އޭނާ ބޭނުންވަނީ ހުރިހާ ގޮތަކުންވެސް ކިއާރާ އެ ހިތްވަރު ފުނޑު ފުނޑުކޮށްލާށެވެ. އެ ކެރޭ ކިއާރާ އެއްކޮށް ނެތިކޮށްލާށެވެ. އެހާ ދުވަހު ސިއްރު ކުރި ވާހަކަވެސް ބުނީ އެ ބޭނުމުގައެވެ. ކިއާރާ ދިޔަގޮތަށް ގޮސް ސައީދާގެ މޫނުމަތީ ޖެހިއެވެ. އޭނާއަށް އެކަންވެސް ކުރެވުނީ އިހްތިޔާރަކާއި ނުލައެވެ. ބައްޕައެއް ގޮތުގައި މިހާތަނަށް ދެކުނު މީހަކީ ހިލޭ ފިރިހެނެއްކަން އިނގުމުން ވާނީ ކިހިނެއްހެއްޔެވެ.؟
ކިއާރާ ސައީދާގެ އަތުގައި ހިފައިފާ ނެގިއެވެ. ސައީދާ ހީކުރިގޮތާއި ހިލާފަށް ވުމުން އޭނާ ހައިރާންވިއެވެ. “މިޖެހީކީ ދަރިއެއް ގެ މަގާމުގައި ހުރެފައެއްނޫން… މި ޖެހީ މިދުނިޔެއިން އަލްވަދާއު ކީ އަދުނާންގެ ބަދަލަށް…. ކޮންފަދަ ބޭވަފާތެރިކަމެއް.. މަންމަ އެ ބައްޕަ 13 އަހަރު މި ނަހަލާލު ދަރިއަށް ހަރަދުކޮށް ހުރިހާ ކަމެއް އެ ކުރީ….. މި ދުނިޔޭގައިވެސް އެ ހުރީ މި ދަރިއެއްކަމަށް ގަބޫލުކުރާ ނަހަލާލު ދަރިއަށް ޓަކައި… ކޮންފަދަ އަނިޔާއެއް އެ ލިބުނީ…..ދެން ބޭނުމެއް ނޫން ތި އިންސާނާއަށް މަންމަ ކިޔަންވެސް… އެއަށްވުރެ ދަށުދަރަޖައިގައި ހުރިމީހެއް ތީ…. އަހަރެންނަށް ހެޔޮ ކަލޭ މުޅި މާލޭގައި އޮތް މީހުން އެއްކޮށްފައި ބުންޏަސް މީ ކަލޭ ދަރިއެކޭ…. އަހަރެން އަނބުރާ ނުދާނަން.. އަދި ބުނަން ތި އެހާ ފަހުރުވެރިވާ ގޭންގް ގެ މީހުންނާއި ކަލޭ އަދި ކަލޭގެ ފިރިމީހާވެސް ތައްޔާރުވޭ ކަލޭމެންނަސް ހައްޤުވާ ތަނަށް ދާން.. އަދި އެއްވާހަކަ! ތި ފަހުރުވެރިވާ ގޭންގްގެ އެންމެން ބަލާނަން ކަލޭ މަރުވާދުވަހު ކަލޭ އާއި އެކު ކައްވަޅުގައި ތޯ އޮންނަނީ ނޫނީ ކަލެއަށް ލިބޭ ފާފަތަކުން އެމީހުން ކަލޭ ސަލާމަތްކުރޭތޯ..ދުނިޔެވީ އުފާތަކަށް އެހާ ހެއްލޭކަށް ނުވާނެ ގިޔާމަތްދުވަހުގެ މަތިން ހަނދާންނެތޭކަށް.. އަހަރެން ބިރެއް ނުގަނޭ ކަލޭ ދެކެއެއް…… އެ ހެޔޮ 100 މީހުން ގޮވައިގެން އަޔަސް ދެން ބިރެއް ނުވެސް ގަންނާނެ.. ފަތުހީއޭ އެ ކިޔާ އަހަރެންގެ ބައްޕައާއި ދިމާލަށް ކަލޭ ނުވާނެ ލޯވެސް އަޅާލައިގެން…އެހެންނޫނީ………! ނިކުމޭ މިތަނުން… ހަމަ މިހާރު ނިކުމޭ…” ކިއާރާ އެހެން ބުނެފައި ސައީދާ ލިފްޓާއި ދިމާލަށް ގެންގޮސް ލިފްޓް ހުޅުވާލަދީފައި އޭނާ އެތެރެއަށް ވެއްދިއެވެ. ސައީދާ ދިޔުމާއި އެކު ކިއާރާ ހުރިތަނަށް ތިރިވެވުނެވެ.
އެއާއި އެކު އޭނާ އަށް ރޮވުނެވެ. އަޑުން އަޑުނަގާ ރޮވުނެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ އެ ބަސްތަކެވެ. އެއީ ބައްޕަނޫންކަމުގައި ބުނަމުން ދިޔަ އެ ހިތި ބަސްތަކެވެ. ކަރުނަތަށް ފެންކޯރެއްހެން ފައިބައިގެން އަންނަމުން ދިޔަ އެ ދެލޮލަށް ސިފަވަމުން ދިޔައީ އެ ބައްޕައެވެ. ހިލޭ ފިރިހެނެއް ގެ ފަރާތުން ލިބުނު ބައްޕައެއްގެ ލޮތްބާއި އަޅާލުމެވެ. ހިމާޔަތްކަމެވެ. އޭނާއަށް އޮތީ އޭނާއައި ގުޅުމެއްވެސް ނެތް ބައެއްގެ ފަރާތުން ލޮތްބާއި އަޅާލުން ލިބުންހެއްޔެވެ؟ ސައީދާ އެ ދިޔައީ ހަމަ އަސްލަށްވެސް ކިއާރާ ގެ ހިތްކަތިލާފައެވެ. އިރާލާ ކުދިކޮށްލާފައެވެ.. އެ މަންމައަށްޓަކައި އޮތް ލޯބި ހަމަ އެ ހިނދު ނަފްރަތަށް ބަދަލުވެގެން ދިޔައެވެ.
10363 Comments
Comments are closed.
mal
December 27, 2016 at 6:17 pmyee… i m first dhww ryn… adhi nuvx kiyan
Ryn
December 27, 2016 at 6:18 pmHey guys!! Sorry i know its a bit short aaaand sorry for a mistake i did! i actually meant to write 46 and i wrote 47 neyngign and was in a hurry ehnve edit nukurevuny and vrh fahun fenuny vx. So sorry for that.. Anyway tc 😉 c u around 9
Hemdhey
December 27, 2016 at 7:04 pm” Kon makeh ” ?????
Isn’t it ” Kon kameh ” !!!!
Correct it dear sis!!!
Special myha
December 27, 2016 at 6:25 pmWow
shara
December 27, 2016 at 6:28 pmwow. this part is awsome
Noo handi
December 27, 2016 at 6:28 pmGeyaaa.. HANDIANS mi stry ga ulhey chrctr thah ke e kihineii thr?? Still they r alive?? BTW luv you all Handianss :*
Kalhu handi
December 27, 2016 at 7:45 pmDhiruvaalan ulhenikoh gang myhun aee
Kalhu handi
December 27, 2016 at 7:49 pmIm back… V salhi mi part… N v kuru mi part… Kiara rangalhah thi hedhy.. Hama hadhan vaa gothah.. Lakka dhuvahu thi saeedha kiyaa ahcheh kiyan dhookohlaafa thi bahahtany… Ekahala myhun kairy jeheyny nikan anga heluvey myhakah vegen ulhen… Saeedhaa huiy kohlaafa mi part e nimuny.. Luv u ryn
ran handi
December 27, 2016 at 8:05 pmaharamen hurihaa handithah mithiby kiaa aa eku dhw handies
Dhon handi
December 27, 2016 at 8:23 pmehh.. dhon handi heekuree kevunee kamahshehh.. ehen v ma ekaalevunee ehen ehchehthaa? dhen kalhu handi bunee thedheh hama saeedha huiy kohllaafa dhw..haha dhen noo handi luv u mwr inge???
Loabeege handi
December 27, 2016 at 9:24 pmDhen mashah thi hedhy Kihineh dhon handi???
Dhon handi
December 27, 2016 at 9:39 pmkihinehtha hedhy??
Maahy
December 27, 2016 at 6:30 pmWowww… Nice ??
Iman
December 27, 2016 at 6:31 pmBeautiful
~minty~
December 27, 2016 at 6:32 pmSuperb as always…btw why am I thinking that kiyaa ge dad aky zaain ge vx dad ey?..anyways waiting ?
Reader
December 27, 2016 at 7:06 pmYa you are right
I think that too
Faathee
December 27, 2016 at 8:09 pmVara heevey ingey thihen. Shukoor eii aliyaa ge bappa hen
Mai
December 27, 2016 at 6:36 pmVarah reethi mi story..
ASH CHUM
December 27, 2016 at 6:40 pmVarah reethi mi part ves
Nakhlahascern
December 27, 2016 at 6:41 pmNyc story ryn
Varah salhii ❤️
Miya
December 27, 2016 at 6:45 pmOooh god. Dhen kobaiba kiaage real dad???
maiha
December 27, 2016 at 6:53 pmminty…mashahvx eba heevey ekahala ehcheh…ehnviyya v salhi..kia ge aslu dad engunas v salhivaane..ekm rangalhy vaahaka nimey iruvx a saeedha gandu rangalhunuve varugadha landeh libign nimidhaan…????
maiha
December 27, 2016 at 6:56 pmHithah araa hama a Saeedha nolhaalafaanamey…mavx rulhi aisgn kudhi kudhivey eba…huvaat????
Saeedha
December 27, 2016 at 6:59 pmHuh.. adhi mashaa dhimaalah ehchehi govaanu eba. Mashah heyo aaliya akas kaaliyaa akas. Thee magey dhari… kon fathuhee eh heehee eh. .. ma dhaany magey dhari govaigen… nimaal nikam meena hey aruvaalaba.
Madhun hurey
December 27, 2016 at 7:36 pmFathuhee akiy kiaaraa bahpa ah vehjeh Yaa saeedh varah kada vaane dhoa??
Adhi maa molhu vaane vegen bunefiehnu adhunaanu dharieh nuney!!
Any vey it is aaliya: the person who every women must respect!!
Mark my words!!!!
Fen Nuwaraa Handi
December 27, 2016 at 7:03 pmHello Handians!!!Where r U all.. Miss yoh My team
ran handi
December 27, 2016 at 8:07 pmI’m here
Dhon handi
December 27, 2016 at 8:20 pmewww dhon handi hates fennuwaraa handinn dheke.. ??? shoo shoo ?
Loabeege handi
December 27, 2016 at 9:21 pmMa vx dhon handi.. Toucheh
Dhon handi
December 27, 2016 at 9:36 pmaw yeah.. touch✋lol i fyl kinda weird when i say touch.. ??
Kiyaa
December 27, 2016 at 7:07 pmOh hhhhhhhhh……. Miadhu aharen vvvvvvvvvvvvvv dheravehjje…… Dhuvahakuves nuvaa Haa varah. Saeedha…….. From now onwards you’re not my mother……… I hate u………….. Ahahnah thi mamma maru vejje miadhun feshigen
ayaan
December 27, 2016 at 7:18 pmHivaru kurey kiaa hurikameh vx vany ragalha aharen mihirynun ..so then plx smile
Saeedha
December 27, 2016 at 7:19 pmEhn vaane kamah tha heekury…huri goi kuda kan… athu jehunu dhuwahakun ragalhu bodi eh dheynan nimaal lahvaa… eyrah thi fathuhee akas foaja akas kureveyne kameh neenaane… huh..madhi maa foni bodu veynu eba
Madhun hurey
December 27, 2016 at 7:39 pmAdives dhevunu bondi kuda it that??
Nikan molhiyaa bunebala!!!
Maafoni vaane Kamehameha ney!!!!
Hemdhey
December 27, 2016 at 7:44 pmSis kill that saeedhaa???
My pressure is very high!!??
I may explode if that witch say any thing from her dirty mouth???
Hemdhey
December 27, 2016 at 7:51 pmwho are you ” Hemdhey ” ?????
Hemdhey
December 27, 2016 at 8:17 pmsis love that way you present each part !!!
And the way you make us thrill!!!!????
Saeedha
December 27, 2016 at 9:32 pmTheethi kada ey… ahannaky eyna ge mamma ey..
My foot
December 30, 2016 at 4:49 pmManma my foot
Faathee
December 27, 2016 at 7:20 pmMaasha Allah.. v furihama ingey mi part. Mulhi story ge one of the best part mee. Loved it. Keep going girl
Noo handi
December 27, 2016 at 7:27 pmEyh kobaa thr ehmn?? Kalhu handi?? Dhon handi?? Ran handi?? Foolhu dhigu handi??
Kalhu handi
December 27, 2016 at 7:56 pmIm here no handhi… Dhn thibi handi thah kobaabaa
ran handi
December 27, 2016 at 8:08 pmim here
Dhon handi
December 27, 2016 at 8:18 pmevn m hereeee
rainbow handi( kula majaa)
December 27, 2016 at 8:36 pmhehe..i am frm the same family.
Loabeege handi
December 27, 2016 at 9:18 pmMa nan vx lai dhen dhw
Noo handi
December 27, 2016 at 11:03 pmWelcum to our family loabeege handi..
-HANDIANS-
ANd Now ThIs Is a CloSed FaMilY..
If AnYOne WaNtEd tO jOin uS fOrM EH fUrAn JeHeYny..
Foolhu dhigu handi
December 28, 2016 at 6:27 amAharen vx mihury. Kahbolah veli furan dhiyaii… Lol
HANDIANS
December 27, 2016 at 7:33 pmVVVVVVVVV FURIHAMA… Kobaa handi thah??????
ran handi
December 27, 2016 at 8:08 pmim here
Dhon handi
December 27, 2016 at 8:28 pmdhon handi mihuree hama ??
Noo handi
December 27, 2016 at 8:44 pmM here too
Kalhu handi
December 27, 2016 at 9:14 pmMi ulheny
Loabeege handi
December 27, 2016 at 9:19 pmMa vx ebaulhen
Cute
December 27, 2016 at 7:34 pmVvvvv salhi mi part.. Waiting 4 the next part … Luv ya ryn ❤?
shaam
December 27, 2016 at 7:54 pmVvvvv salhi 46 bay avaha genes deyba v v kiyaahiy. Dhen vaanee kihine???
chum chum girl
December 27, 2016 at 8:15 pmvrh salhi.. mivaguthu nei dhigu comment eh kureveykah.. so bye.. waitin 4 the next sissyy
Aik
December 27, 2016 at 8:26 pmOmg omg hama bunaane bahei nei. Speechless. Proud of you kiara n thanx ryn
blackangel
December 27, 2016 at 8:34 pmsis pls bunedhyba mii story kiyeyny kon age egge kudhinnah thr?
………………………….PLS REPLY…………
Dhon handi
December 27, 2016 at 8:42 pm15+ ???
Kalhu handi
December 27, 2016 at 9:16 pmDhon handi.. Kaley thi kaku insaanunnah neynge habaru dheyn.
Dhon handi
December 27, 2016 at 9:34 pmno m serious ingey..
Loabeege handi
December 27, 2016 at 9:26 pmKoba tha story ryn?? Handi jehidhane ryn handicap kuran lasvanna.. Ingey