ޖުލައި 26 ވަަަނަވީ ދުވައެވެ. ކުދިބޮޑު އެންމެން މަގުތަންމައްޗައް ނުކުމެ އެކި އެކި ކުޅިވަރުތަށް ކުޅެހަދަނީއެވެ. ހަމައެކަނި ޖުލައި 26 ވީމައެއްނޫނެވެ. އީދެއްއަޔަސް ހަމަމިހާ ފޯރިގަދައެވެ. ރަށުގެ ޒުވާން ފިރިހެންކުދިން ބޮޑުބެރު ޖަހާއިރު އަނެއްކޮޅުން އަންހެންކުދިން އެއްބާރުލުން ދިނުމުގެ ގޮތުން ނަށާ، އަތްތިލަބަޑިޖަހައިހަދަައެވެ. ފެންޖެހުމާއި ކުލަޖެހުމަކީ މިރަށުގައި ކާބަފައިން ޒަމާނުއްސުރެން އޮންނަ ކަމެކެވެ. ދުރުގައި ކުޅިވަރުތަށް ބަލަންހުރި ރާޔާގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް އޮހެންފަށައިގަތެވެ. މިއަދު މީ މިރަށުގައި އޭނާގެ އެންމެ ފަހު ދުވަހަށް ވުންވެސް އެކަށީވެގެންވެއެވެ. އެހެންކުދިންނެކޭ ހަމަ އެއްގޮތަށް […]
“އިކާން… އިކާން.. ފޯނު ކަނޑާ ނުލާތި.. އޭ.. ބަލަ އަހަރެން ކޮށްދިން ކަންތައް ހަނދާން ނެތުނީތަ.. އިކާން… އިކާން މީހަކަށް ހެދީ އަހަރެން.. އަހަރެމެންނާ ނުލާ އިކާނަކީ އެއްވެސް މީހެއް ނޫން…” އިކާން ފޯނު ކަނޑާލިކަން އެނގުމުން ޒުމްރާގެ އަތުގައިވާ ފޯނު އަތުކޮޅަށް ހޫރާލިއެވެ. “އިކާން.. ޔޫ ކާންޓް ޑޫ ދިސް ޓުމީ… އަހަރެން ބޭނުން އެއްޗެއް އަހަރެން ހޯދާނަން… ހާސިލް ކުރާނަން…” ޒުމްރާ މިހެން ބުނުމަށްފަހު ކައިރީ ހުރި ޕޫލްގެ ތެރެއަށް ފުންމާލިއެވެ. ފެންގަނޑުގެ ތެރެއިން […]
މެހެކް ހިތްބިރުގަންނަން ފެށިއެވެ. އޭނާ ބާރުބާރަށް އަތްދަބަހުގައި ހިފައްޓާލައިގެން ހަމަ އެހާމެ ހިނގުންވެސް ބާރުކޮއްލިއެވެ. “މަޑުކޮށްލެވިދާނެތަ؟” ފަހަތުން ކައިރިކުރަމުން ދިޔައީ ފިރިހެނެއްކަން އެނގުނެވެ. މެހެކް ހާސްވާން ފެށިއެވެ. ނަމަވެސް ހިނގުމަށް ބަދަލެއް ނުގެެނެއެވެ. “މެހެކް” އަނެއްކާވެސް އެއަޑުން ގޮވާލިއެވެ. ވަރަށް މަޑުމަޑުންނެވެ. ހަދާނެ ގޮތަކާއިމެދު މެހެކް ވިސްނާލިއެވެ. އޭނާ ހުއްޓުނެވެ. ފަސް އެނބުރި ބަލާލީ އެމީހަކު އޭނާގެ ނަމުން ގޮވާލީމައެވެ. ނޫންނަމަ އެބާރު ހިނގުމުގައި އޭނާ އެދިޔަގޮތަށް ދިޔައީހީއެވެ. މެހެކް ހުއްޓި ފަހަތަށް އެނބުރި ބަލާލި އިރު […]
“މައި ދެން ތިބުނަނީ މައި އަށްވެސް ހީވަނީއޭތަ އަޔާން………….” ޒާއިން ފުރިހަމަ ނުކުރަނިސް މައިޝާ ބޯ ޖަހާލުމުން ޒާއިން ފުން ނޭވައެއް ދޫކޮށްލިއެވެ. “އުޅެބަ ނިކަން ޓްރައި ކޮށްލަން ޒާން.. އަޔާން އަކީވެސް އެކަނިވެރި މީހެއް… އޭނާ އަދި އެހާ ޒުވާން… ހީ ނީޑްސް އަ ސަޕޯޓް ޓޫ އެން އޭނާ ކިއާރާ އަށް ކިތަންމެ ގޯސްކޮށް ކަންތަށް ކުރެވުނަސް އޭގެ ސަބަބު ވޭލިޑް އޭ.. އޭނާ އަކީ އޭނާގެ އަމިއްލަ ވައިފް ގެ ފަރާތުން ބޭވަފާތެރިކަން […]
ހިތްގައިމު ހަވީރެކެވެ. ޖެހޭ މަޑު ވައިރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވައިދެއެވެ. މިފަދަ ހިތްގައިމު ހަވީރެއްގައި ފުވައްމުލަކުގެ އަތިރިމަތިންވެސް ފެންނަނީ ހިތްގައިމު މަންޒަރުތަކެކެވެ. ދުރުގައި ސައިކަލުގައި އިން ޒުވާނާ އިނީ އެކުދިންގެ ހަރަކާތްތަކަށް ގެއްލިފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރަށަށް ނާންނަތާ އެތައް އަހަރެއް ފަހުން އިޒްޔާން ރަށަށް އައިއިރު މުޅި ރަށް ވަނީ ބަދަލުވެފައެވެ. ކުޑައިރުގެ ރައްޓެހިންވެސް ވަނީ ބަދަލުވެފައެވެ. މިހާރު ރަށުގައި އުޅެނީވެސް އޭގެ ތެރެއިން މަދު ކުދިންކޮޅެކެވެ. ރަށަށް އައިފަހުން ހަފްތާއެއް ފާއިތުވެދިޔައިރުވެސް […]
ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (8) ”އިހަށް މަޑުކުރޭ. ޒަވީން ހުރިހާ ކަމެއް މަތިން ހަނދާންނެތޭހާ ކޮށްފައި ނޫނީ އެހެން ފިޔަވަޅެއް އަޅާނެ ކަމެއް ނެތް. ޝާޔާއަށްވެސް އަހަރެމެންގެ މޮޅުގައި އުޅުނަ ދީ. ހަނާ ކުރަންވީ ކަމަކީ ޝާޔާ އާއި އެކުވެރިކަން ބަދަހިކުރުން.” ސުދާ ހަނާއަށް އިރުޝާދު ދެމުން ގޮސް ޝާޔާ އާއި އެކުވެރިކަން ބަދަހިކުރާ ވާހަކަ ބުނުމުން މޫނު ހަދާލެވުނެވެ. އޭނަގެ ކަންފަތާއި ހަމަޔަށް ފޯރި އަޑަކީ ރަނގަޅު އަޑެއް ބާއޭ ހިތަށް އެރިއެވެ. ”މަ. […]
ޒާއިން މޭޒުމަތީ ބޯ އަޅާލިއެވެ. އޭނާގެ ހަނދާނަށް އަންނަންފެށީ ކުރީގެ އެ މަޖާ ކިއާރާއެވެ. މިހާރުގެ އެ މަޑުމައިތިރި ސީރިއަސް ގޮތެއް ހުންނަ ކިއާރާއެވެ. އެ ހިތުގައި އޮންނައެއްޗެއް ދުވަހަކުވެސް ޒާއިންއަށް ނޭނގުނަސް އެ ހިތުގައި އޮތް އެއްޗެއް ގުޅިފައިވަނީ އެންމެ މީހަކާއެވެ. އަޔާންއާއެވެ. އަޔާން ފެނުނަސް މިހާރު ޒާއިން އެހާ އަޅައެއް ނުލެވެއެވެ. އަޔާންވެސް މަޑުމައިތިރިކަމާއި އެކު ދުރަށް ނަޒަރު ހިންގާލައިގެން ދަނީއެވެ. ޒާއިން ހަނދާނަށް އައީ އަޔާންއާއި މުހާތަބުކޮށް ޒާއިން ވަރަށް ގޯސްކޮށް […]
އުޑުމަތީ ބޯކުރަމުން ދިޔަ ކަޅު ވިލާތަކުން ވާރޭ ކަނި ޖަހަމުން ދިޔައެވެ. ޖެހެމުންދިޔަ ބާރު ވައިން ޒޫން އަޑު ކިޔަމުން ދިޔައިރު މުޅި މާހައުލު ވަނީ އަނދިރިވެފައެވެ. ޕޭވްމަންޓު މަތީ ކުޑައެއް އަޅައިގެން ހުރި އެ އަންހެންކުއްޖާ އަތުގައި އޮތް ދަބަސް މެޔާލައި ބޮނޑި ކޮށްލައިގެން ހުރީ މަގުމަތިން ކާރެއް ލިބޭ ތޯއެވެ. އެތަށް އިރަކު މިހެން ހުރި ނަމަވެސް މިގަޑީގައި އެތަނަށް ކާރެއް ހުއްޓާނެ ކަމާއި މެދު ޝައްކެވެ. ވާރޭ ކަނިތަށް ބޯ ކުރަމުން ދިޔަވަރަކަށް […]
” މިއީ އަޅުގަނޑު ‘ އެސްފިޔަ ‘ ސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އަދި މިފަދަ ސައިޓެއްގައި އާއްމުކުރާ ފުރަތަމަ ވާހަކަވެސް މެއެވެ. މިއީ ކުރު ވާހަކައެކެވެ. މިވާހަކައަކީ އަޅުގަނޑު ސުކޫލު ދައުރުގައި ލިޔުނު ކުރު ވާހަކައެކެވެ. ފެށުމެއްގެ ގޮތުން މިވާހަކަ މިސައިޓުގައި އާއްމު ކޮށްލީއެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. “ ޝިހާމަކީ ނޫސް ރިޕޯޓުކުރުމުގެ ތަޖުރިބާއާއެކު އަމިއްލަ ނޫހަކާއި މަޖައްލާއެއްގެ އެޑިޓަރެކެވެ. މިއީ އޭނާ ހިތްވަރު އެލުވައިނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. […]