“އަ.. އަހަރެން ދެކެ ރުޅިއެއް ނާދޭތަ؟” ޒުލޭހާ ހައިރާންވެހުރެ ރާހުލްގެ މޫނަށް ބަލައިލަމުން އަހާލިއެވެ. މާޒީގައި ކަންތައްވެދިޔަ ގޮތުން ރާހުލް އޭނާ ދެކެ ރުޅިއައުން ހައްޤުކަމުގައި ޒުލޭހާ ޤަބޫލުކުރިއެވެ. “އެވާހަކަ އިހަށް ބަހައްޓާ… ކީއްވެހޭ ޒުލޭހާ ދައްތަ މިތަނުގައި ތި އިނީ؟؟” ރާހުލް ތަންކޮޅެއް ބާރަށް އަހާލިއެވެ. އެވަގުތު ޒުލޭހާ ރާހުލްގެ މޫނަށް ބަލާލީ މާޔޫސްވެފައިވާ ނަޒަރަކުންނެވެ. “އެ.. ރާހުލްއަށް އިނގޭ ދޯ އަހަރެން ޖަލަން ލިކަން..؟” އިސްޖަހައިގެން ހުރެ ޒުލޭހާ އަހާލިއެވެ. ރާހުލް އެއްޗެއް ވިސްނާލަމުން […]
. އިރުކޮޅަކު އެހެން ހުރެލުމަށްފަހު އަޔާން ކިއާރާ ދުރަށް ޖެއްސިއެވެ.. “ދެން ކިޔައިދީބަލަ ކިހިނެއް ކިހިނެއް ފެށުނު ކަމެއްތަ މީކީ؟” އަޔާން އެހިއެވެ. “ކޮންކަމެއް؟” ކިއާރާ އަށް އެ ބުނި އެއްޗެއް ނޭނގުނެވެ. “ތި ކިޔާ އަޔާންއެއް ދެކެ ލޯބި ވެވުނީ ކިހިނެއްހޭ..؟” އަޔާން ހެމުން ހެމުން ބުންޏެވެ. ހަޤީޤަތުގައި މައިޝާ އެވާހަކަތަށް ކިޔައިދީފައި ހުއްޓަސް ކިއާރާގެ އަނގައިން އަޑުއަހާލަން ބޭނުންވީއެވެ.. އަޔާން ކިއާރާގެ އަތުގައި ހިފަހައްޓައިގެން ގޮސް އެނދުމަތީ އިށީނެވެ. “ދެން ކިޔައިދީބަލަ އަސްލު ވީ ގޮތް… ކިއާ […]
ސިއްސައިގެންގޮސް ނިދިން ހޭލެވުނީ ގަޑި ސޯނާ ވީ އަޑަށެވެ. އެދުން ތެދުވެ ގަޑިބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ގަޑިން އޭރު 7.30 ވަނީއެވެ. ނޭނގެ 8.00 އަށް އޮފީސް އަށް ދެވޭނެ ކަމެއްވެސް ލަޔާލީއަށް ހިތާއި ހިތުން ކިޔައިލެވުނެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ފާހާނައަށް ވެދެ ފެންވަރައިގެން ނުކުމެ ރީތިވެލިއެވެ. އަދި އެ ރީތި ތުންފަތުގައި މަޑު މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކް ޖައްސާލިއެވެ. އިސްތަށިގަނޑު އަތުން އޮޅާލައި ހުޅިއެއްޖަހާލައި ސެންޓް ގަޔަށް ބުރުވައިލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި […]
އަޔާން ދެއަތުން ކިއާރާގެ ހަށިގަނޑު ވަށާލީ ވަރަށް ލޯބިންނެވެ.. ހިމާޔަތްކަން ދޭންވެގެންނެވެ. “ކިއާ!! ދެން ނުކެރޭނެ އެކަކަށްވެސް އެއްކަމެއްވެސް ކުރާކަށް..” އަޔާން އެހެން ބުނެފައި ކިއާރާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. “… އަޔާން… ވާ..ވާހަކައެއް ބުނަންތަ…؟” ކިއާރާ ބުނެލިއިރު ބަހެއްވެސް ނިކުންނަނީ އުނދަގުލަކުންނެވެ. ދެންމެ އިވިގެންދިޔަ ނިމާލްގެ އަޑާއި އެކު ކިއާރާ އަށް މާޒީގެ ދުވަހެއް ހަނދާންވީއެވެ. އަޔާން ބުނާށޭ ބުނުމުން ކިއާރާ ހަމަޔަކަށް އެޅެންދެން އިނުމަށްފަހު އަޔާން އާއި ދުރަށް ޖެހުނެވެ. އަދި އަޔާންގެ މޫނަށް ބަލަން އިނީ […]
އެންމެފަހުން އާލިމްއާ އެންމެންވެގެން ސޯފާގައި ހުރި ކުދި ބާލީސްތަކުން ތަޅަންފެށުމުން އިޒްޔާން ސަލާމަތްވާންވެގެން ތެދުވެ ދުއްވައިގަތެވެ. ދުވެފައި ދިޔަ އިޒްޔާން މަގުމައްޗަށް ނުކުތްތަނާ ކުއްޖެއް ގައިގައި ލައިގަނެފައި ވެއްޓުނެވެ. އެކުއްޖާ “އާހް” އޭ ބުނެލިއެވެ. ފަހަތުން ދުވަމުން އައި އާލިމްމެންވެސް ހުއްޓުނީ ފެނުނު މަންޒަރުންނެވެ. ވެއްޓިފައި އޮތް އިޒްޔާންގެ ގައިމައްޗަށް ވާގޮތަށް އަންހެންކުއްޖަކު އޮތެވެ. އެކުއްޖާގެ ބޮލުގެ އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި އޮތުމުން އެއީ ކޮން ކުއްޖެއްކަމެއް އާލިމްމެންނަކަށް ނޭނގުނެވެ. އެންމެން އަވަސްއަވަހަށް އިޒްޔާންއަށް އެހީވުމަށް ކުރިއަށް […]
ކިއާރާ އަޔާން އާއި މެދު ދެކޭ ގޮތް އެވަގުތަށް ހިތުން ފިލައިގެން ދިޔަފަދައެވެ. އޭނާ އަޔާންގެއަތަށް ބާރުކޮށްލައިގެން އިނދެ ސައީދާ ދެއްކިވާހަކަ އެމީހުންނާއި ހިއްސާކުރިއެވެ.. “މަންމަ… ހޯދާނެ.. ޑޭޑް… ބުލޫސްވެސް އޭނާއަށް ހޯދުނީނު.. މިހާރު ނަމްބަރ ވެސް…ޑޭޑް…. މަންމަ ގެންދާނެ އަޅުގަނޑު…. ޑޭޑް ކައިރިންވެސް..” ކިއާރާ ބުނެލީ ފަތުހީއަށް ބަލަންހުރެފައެވެ. ފަތުހީ ވަގުތުން ކިއާރާ ހުއްޓުވިއެވެ. “އިރާދަކުރެއްވިއްޔާ އެކަކުވެސް ދަރިފުޅު ބައްޕައާއި ވަކިއެއްނުކުރެވޭނެ…..” ފަތުހީ ބުންޏެވެ. އަދި ކިއާރާގެ ބޮލުގައި ފިރުމާލަމުން ބޮސްދިނެވެ. އަޔާން އިނީ […]
އެ ފޮތް އަޔާންއަށް ފެނުނީ ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތިންނެވެ. އެފޮތް ހުޅުވާލަން ބޭނުންވީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ކިއާރާ ކޮޅަށް ތެދުވެފައި ބާރު ހިނގުމެއްގައި އައިސް އަޔާން އަތުން އެ ފޮތް އަތުލަން އުޅުނެވެ. ހުޝިޔާރު ކަމާއި އެކު އަޔާން ކިއާރާގެ އަތް ނުޖެހޭނެހެން އެ ފޮތް މައްޗަށް ނަގާލަމުން ސޯފާއިން ތެދުވިއެވެ. ކިއާރާއަށް ހުރެވުނީ އަޔާންއާއި ދާދި ކައިރީގައެވެ. އެނާއަށް މީގެ ކުރިން ނޭނގޭ ކަމެއް އިނގިގެން ދިޔައީ އެވަގުތުއެވެ. އެއީ […]
“އާދެ….މެހެނާޒް.” ޝޯގެ ހޯސްޓް އެހެން ބުނެލުމާއެކު ޓީވީގެ ސްކްރީނަށް އެރީ ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. އެކުއްޖާ ހިނިތުންވެލީ މަންޒަރު ފެނިފައި ވިސާމް އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތުނެވެ. އެއްވެސް އަންހެން ކުއްޖަކު ރީތި ނުވާވަރަށް އޭނައަށް އެކުއްޖާ ރީތިވީ ކީއްވެކަމެއް ނޭނގެއެވެ. އެ ވަށްމޫނާއި މަޑު ރަތް ކުލައެއް އަރަމުން ދިޔަ އެ އޮމާން ކޮތާފަތާއެކީ ފެންނަމުން ދިޔަ ޖާދުވީ ހިނިތުންވުން އޭނަ އާޝޯޚު ކުރުވިއެވެ. ހޯސްޓް ކުރަމުން ދިޔަ ސުވާލުތަކަށް މެހެނާޒް […]
“އެކަމް…..” އަޔާން އެހެން ބުނެލުމުން އެއްޗެއް ބުނަން އުޅުނު މައިޝާ ހަމަހިމޭންވިއެވެ. ހިތުގެ އުފާތަށް ހިނދުކޮޅަކަށް ހުއްޓުނެވެ. “މިހާރު މާ ލަސްވެއްޖެ….. ސަމާހް ހުއްޓަސް ނެތަސް.. ކިއާރާ ގެ ހިތުގައި މިހާރު ނެތް އެއްވެއް އެއްޗެއް… ލޯބިވިޔަސް މި އިންސާނާ ދެކެ އޭނާ ކުރަނީ ނަފްރަތު…” އަޔާން ބުނެލުމުން މައިޝާ އިސްޖަހާލިއެވެ. އެއީ ތެދެއްކަން އޭނާއަށްވެސް އިނގެއެވެ. “ސަރ… އެންމެ ފަހަރަކުވެސް ޓްރައި ކޮށްލަންވީނުންތޯ….. ސަމާހް ވެސް ހުރީ އެގޮތަށް ކަންކުރަން ނިންމައިގެން.. އަޅުގަނޑުމެން ތިން މީހުންނަށްވެސް […]