Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ތޭވީސްވަނަ ބައި)

Jana
December 27, 2016
8 Mins Read
54 Views
29 Comments

އެ ލިބުނު ޔަޤީންކަމާއެކީ ވިސާމް މެހެނާޒަށް “ލޯބި” ހުށަހެޅިއެވެ. އޭނަ އުއްމީދު ކުރި ފަދައިން މެހެނާޒް ވަގުތުން އެ “ލޯބި” ޤަބޫލުކޮށް ވިސާމާއި ރައްޓެހިވިއެވެ.

 

އެދުވަހަށްފަހު ވިސާމްގެ ޙަޔާތް ފުރިގެން ދިޔައީ ހިނިތުންވުންތަކުންނެވެ. އޭނައާއި މެހެނާޒް އެކީގައި އުޅޭތަން މާލޭގެ އެކި މަގުތަކުން ފެންނަން ފެށިއެވެ. މެހެނާޒާއެކީ ވަގުތު ހޭދަކުރަމުން ދިޔަވަރަކަށް ވިސާމް އެ ވަގުތުތަކަށް ދެވިހިފަން ފެށިއެވެ. މެހެނާޒްގެ ސޫރަ ގިނަގިނައިން ފެނުމަށް އޭނަގެ ހިތް އެދި ގޮވަމުން ދިޔައެވެ. މެހެނާޒްގެ ހުނުމުގެ އަޑު އަބަދުމެ އޭނަގެ ކަންފަތުގައި ހަރުލާފައި ހުންނަން އޭނައަށް އެދެވުނެވެ. ވިސާމަށް މެހެނާޒް އެކަނި އުޅޭ އެޕާޓްމެންޓަށް ވެސް ދޭތެރެ ދޭތެރެއިން ޒިޔާރަތް ކުރެވެން ފެށީ އެހެންވެއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އޭނައަށް މެހެނާޒާއި އާދަޔާ ޚިލާފަށް ގާތްވެވެން ފެށިއެވެ. ދުވަހަކުވެސް އެއްވެސް އަންހެނަކާއި ގާތް ނުވާވަރަށް މެހެނާޒާއި ގާތްވެވުނު ރޭ މި ކުރެވެނީ ގޯސްކަމެއްކަމަށް ވިސާމްގެ ހިތް ހިނދުކޮޅަކަށް ބުންޏެވެ. އެހެނަސް މިކަން ގޯސްކަމަކަށްވާނީ ހަމައެކަނި މަންމައާއި މަންސޫރުގެ ނަޒަރުން ކަމަށް އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ސިކުނޑި ބުނެލައިފިއެވެ. ހަމަ ޔަޤީނުންވެސް އޭނަ މާލެއަށް އައުމަށް އެހީވެދިން ޚާލިދުބެމެންނަށް މިއީ ގޯހަކަށް ނުވާނެކަން ޔަޤީންކުރެވުމާއެކު ވިސާމްގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިދިޔައެވެ.

 

އޭގެ އަނެއްދުވަހު މެހެނާޒް ވެސް އެ ކުރެވުނު ކަމަކާމެދު ހިތާމަ ނުކުރާކަން އެނގުންވުމުން ވިސާމަށް މެހެނާޒް އިތުރަށް ކަމުދިޔައެވެ. މެހެނާޒަކީ އޭނަގެ “ސޯލްމޭޓް”ކަމަށް ނިންމުނެވެ. މި ކުއްޖާ އޭނައާއި އެއްގޮތީ ހާދަ ގިނަ ގޮތްގޮތުންނޭ ވިސާމްގެ ހިތަށްއަރަމުން ދިޔައެވެ. އެކި ޝޯތަކަށް ދެމުން ދިޔަ އިންޓަވިއުތަކުގައި ވެސް އެ ވާހަކަތައް އޭނައަށް ދެކެވެމުން ދިޔަ ގޮތުން އޭނަ އުޅެނީ މެހެނާޒާއި ރައްޓެހިވެގެންކަން ޢާއްމުންނަކަށް ސިއްރެއްނުވިއެވެ. ވިސާމް އެއީ މާ ބޮޑު މައްސަލައެއް ކަމުގައި ނުދެކުނެވެ. އަދި ބަދަލުގައި ފަޚުރުވެރިކަމާއެކީ އޭނައާއި މެހެނާޒްގެ ގުޅުން ސޯޝަލް މީޑިޔާގައި އިޝްތިހާރު ކުރަން ފެށިއެވެ. ފަޚުރުވެރިވީ އަމިއްލަ ނަފްސުދެކެއެވެ. އޭނައަށް މިއަދު ފައިސާއާއި މަޝްހޫރުކަމާއި ރީތި އަންހެން ކުއްޖަކު ލިބިފައިވަނީ އޭނަގެ މޮޅުކަމުން ކަމަށް އޭނައަށް ހީކުރެވުނެވެ.

 

ކިބުރުވެރިކަމުން ފުރެމުން ދިޔަ ހިތަކާއެކީ ދުވަސްތައް ހޭދަކުރަމުން ދިޔަ ވިސާމަށް ނޭނގުނު ކަމަކީ އެތައް ޙަސަދަވެރި ލޯތަކެއް އޭނައަށް އަމާޒުވަމުން ދިޔަކަމެވެ. އަދި އެ ލޯތަކުގެ ވެރިން އޭނައާއި ދެކޮޅަށް ރޭވުންތައް ރާވަން ފެށިކަމެވެ. އެކަން އެންމެ ފުރަތަމަ ވިސާމަށް އެނގުންވީ އޭނައާއި މެހެނާޒްގެ ގުޅުން ހުތުރުވާ ވާހަކަތައް ސޯޝަލް މީޑިޔާގައި ފެތުރެން ފެށުމުންނެވެ. އޭނައާއި މެހެނާޒް އެއް އެޕާޓްމެންޓެއްގައި ރޭތައް ހޭދަކުރާ ވާހަކަ ޢާއްމުންގެ ދޫތަކުން އިވެން ފެށުމުންނެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އޭނައާއި މެހެނާޒް ގައިގޯޅިވެގެން ތިބެ މެހެނާޒްގެ އެޕާޓްމެންޓަށް ދެވޭ ލިފްޓަށް އަރާ މަންޒަރުގެ ކުރު ވީޑިޔޯއެއްވެސް ފޭސްބުކްގައި ދައުރުވާން ފެށިއެވެ. އެ ވީޑިޔޯގެ މަތީގައި ވެސް ވިސާމަށް ހުތުރު ބަސްބުނެ އެއްޗެހި ގޮވާފައިވިއެވެ. ވިސާމް އޭތި ފެނުނު ދުވަހު އޭނަގެ އަމިއްލަ ފޭސްބުކް ޕޭޖްގައި ވަގުތުން އެކަމާއި ގުޅިގެން ސްޓޭޓަސްއެއް އަޕްޑޭޓް ކުރިއެވެ. އެ ސްޓޭޓަސްގައި އޭނައާއި މެހެނާޒްގެ ދެމެދުގައި އެފަދަ ގުޅުމެއް ނުހިންގާކަމަށްބުނެ ދޮގު ހަދާފައިވިއެވެ. އަދި އެރޭ ހިނގި ކަންތައް ސިއްރުކޮށްލީ އެރޭ މެހެނާޒްގެ އެޕާޓްމެންޓަށް ދިޔައީ މެހެނާޒާއިއެކީ ރެކޯޑް ކުރަމުންދާ އާ ލަވަ ޕްރެކްޓިސް ކުރުމަށްޓަކައި ކަމަށް ބުނަމުންނެވެ. އޭނަ އެ ސްޓޭޓަސް ނިންމާފައިވަނީ އޭނައަށް އޭނަގެ ހައްދުތައް އެނގޭކަމަށް ބުނަމުންނެވެ. ސްޓޭޓަސް އަޕްޑޭޓް ކުރި ވަގުތު އޭނައަށް އެ ވާހަކައާއި މެދު ވިސްނާލެވުނެވެ. ނޭނގޭ ސަބަބަކާހުރެ އަސްލު އެ ހައްދުތަކަކީ ކޮބައިހެއްޔޭ އޭނަގެ ހިތަށް އެވަގުތު އެރިއެވެ. ޢާއްމުންނަށް އޭނައާއި މެހެނާޒްގެ ގުޅުން ގޯސްވެގެން މި އުޅެނީ އެދެމީހުން އެއްކޮޓަރިއަކަށް ދާހެން ހީވުމުންނެވެ. އޭގެ ކުރިން އޭނައާއި މެހެނާޒް ނުހަނު ގާތްކޮށް ހުއްޓިގެން ތިބި ފޮޓޯތައް އޭނަ ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވެއެވެ. އެހެނަސް މީހުންނަކަށް އެ ފޮޓޯތައް ނުބައެއް ނުވިއެވެ. އެހެންވީމަ އޭނަ ޙަޤީޤަތުގައި މެހެނާޒާއެކީ އުޅެންޖެހޭ ހައްދަކީ ކޮޓަރިން ބޭރު ހެއްޔެވެ؟ އެ ސުވާލާއިމެދު ވިސާމަށް ހިނދުކޮޅަކަށް ވިސްނުނެވެ. ނަމަވެސް އިރުކޮޅެއް ނުވަނީސް މީހުން ކޮންމެ އެއްޗެކޭ ބުންޏަސް އޭނައަށް ކޮންކަމެއްހެއްޔޭ ހިތައި އެ ސުވާލު މަތިން ހަނދާން ނައްތާލިއެވެ.

 

ކިތަންމެ ނޫންކަމަށް ހަދަން އުޅުނެއްކަމަކު އޭނަގެ ބައެއް ސަޕޯޓަރުން އޭނަގެ އެ ސްޓޭޓަސްވެސް ޤަބޫލުނުކޮށް އޭނައާއި ދިމާލަށް އެއްޗެހި ކިޔާފައި ވިގޮތުން އޭނަ ނުތަނަވަސްވެ ބިރުގަތެވެ. މިއީ އޭނަގެ މަޝްހޫރުކަމުގެ ނިމުމޭ ހިތަށްއަރަން ފެށުމުން ވިސާމަށް ވަގުތުން ފިޔަވަޅެއް އެޅުނެވެ.

 

“ނާޒް ލެޓްސް ގެޓް މެރީޑް.” ވިސާމް އެއްރެއަކު މެހެނާޒާއެކީ ރެސްޓޯރެންޓަކަށް ކާންގޮސް ބުނެލިއެވެ. ހަމަ އެއާއެކު ފެންބޯން އިން މެހެނާޒް ކޮށިއަރާ ގޮތްވިއެވެ. ވިސާމަށް ދެބުމަ ކައިރިކޮށްގެން މަންޒަރު ބަލަން އިނދެފައި ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ.

 

“އާ ޔޫ ސީރިޔަސް، ސޭމް؟ އަދި އަހަރުމެން ރިލޭޝަންޝިޕަށް އެންމެ 2 މަންތްސް! އެހެންނޫނަސް ކީއްކުރަންތަ މެރީ ކުރަނީ؟ އަހަރުމެން ބޭނުންކަމެއް އަހަރުމެން އެބަކުރަމެއްނު؟” މެހެނާޒް އަހާލިއެވެ. މެހެނާޒްގެ ފަހު ދެ ސުވާލުން ވިސާމްގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ އަބަދުވެސް ހުރީ ވަކި ހިސާބަކުން މެހެނާޒާއި އިންނަން ޚިޔާލުކޮށްގެނެވެ. ނަމަވެސް މެހެނާޒް އެފަދަ ޚިޔާލެއް ނުގެންގުޅޭކަން އެނގުންވުމުން އޭނަ ދެރަވެ ހިސާބަކަށް ނުތަނަވަސްވެސްވިއެވެ. އެފަދަ ޚިޔާލެއް ގެންގުޅެން މެހެނާޒަކީ ކޮންކަހަލަ ކުއްޖެއްހޭ ހިތަށްއެރިއެވެ. ނަމަވެސް ނޭނގޭ ސަބަބަކާހުރެ މެހެނާޒް ބުނި ވާހަކައާމެދު ކޮންމެވެސް ވަރަކަށް އެއްބަސްވެސްވެވުނެވެ.

 

“ބުނެބަލަ ސޭމް.” ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުން މެހެނާޒް ބުނެލިއެވެ. އެއާއެކު ހަމަ ހޭވެރިކަމެއް ލިބިގެން ދިޔަ ވިސާމަށް ވާހަކަ ދެކެވުނެވެ.

 

“ނާޒް ތިބުނީ ތެދެއް. އެކަމަކު އަހަރުމެން މިއުޅެނީ އަޖާއިބެއްފަދަ ސޮސައިޓީއެއްގަ. މިހާރު ކަންތައްވެފަ އޮތްގޮތުން އަހަރުމެންގެ ކެރިއާރއަށް ވެސް އޭގެ އަސަރުކޮށްފާނެ. ސޯ ޕްލީޒް……އަހަރުމެންގެ ގުޅުމަށްވީ އެންމެ 2 މަސް. އެކަމަކު ނާޒްއަށް ހިއެއްނުވޭތަ އަހަރުމެންނަށް މުޅި ޢުމުރަށް އެކަކު އަނެކަކާއެކީ އުޅެވިދާނެހެން؟” ވިސާމް އެންމެ ފަހުން ކޮށްލީ ޚުދު އޭނަ ވެސް އޭގެ ޖަވާބާއިމެދު ޔަޤީންނުވާ ސުވާލެކެވެ. މެހެނާޒް ސާބިތުކަމާއެކީ އާނއެކޭ ބުނާނެކަމަށް އޭނައަށް އުއްމީދު ކުރެވުނެވެ. އެހެނަސް އޭނަގެ މޫނުމަތިން ދެންވެސް ކަންބޮޑުވުމެއް ފެންނަމުން ދިޔަ ގޮތުން އެ ކައިވެންޏާއިމެދު ވިސާމްގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އެހެނަސް އޭނައަށް މި ކައިވެނިނުކޮށް ވެވޭކަށްނެތެވެ. އޭނަގެ ސަޕޯޓަރުން އޭނައަށް ކުރާ ޤަދަރު އޭނައަށް އެހެން އެއްވެސް ކަމަކަށްވުރެ މުހިއްމެވެ.

 

ހިމޭންކަމުގެ ވަގުތުކޮޅަކަށް ވިސާމަށް ބަލަން އިނދެފައި މެހެނާޒް ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.

 

“ދެން……އެހާވެސް ގޯހެއްނުވާނެ ކަންނޭނގެ. އައި މީން…..އައި ލަވް ޔޫ.” މެހެނާޒް އެހެން ބުނެލީ ލުއި ހިނިތުންވުމަކާއެކީގައެވެ. އޭނަގެ ފަހު ބަސްތައް އިވިފައި ވިސާމަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. މެހެނާޒް ބުނިހެން މި ކައިވެނި ދެންމެ އޭނައަށް ހީވިހާ ގޯސްނުވެދާނެކަމުގެ ޔަޤީންކަމެއް އެވަގުތު ލިބުނެވެ.

 

ވިސާމް އޭގެ އަނެއްދުވަހު ވިސާމް ޚާލިދާއި ހަފްސާއަށް ވަކިވަކިން ގުޅާފައި އޭނަގެ ކައިވެނީގެ ޚަބަރު ދިނެވެ. އެއަށްފަހު ހުރިހާ ގާތް އެކުވެރިންނަށް ވެސް ވަކިވަކިން ގުޅުމަށްފަހު އޭނަ ރަޝީދާގެ ނަންބަރު ފޯނުގައި ޖެހީ ޖަހާ ހިތުންނެއްނޫނެވެ. މީގެ މަސްތަކެއް ކުރިން މަންމަ ވަނީ އޭނައަށް ގުޅުން ހުއްޓާލާފައެވެ. އެކަމާމެދު ވިސާމްގެ ހިތަށް އުނދަގޫވިއެއްކަމަކު އޭނަ މެހެނާޒް ކައިރިއަށް ގޮސް އެކަމުގެ މަތިން ހަނދާން ނައްތާލައެވެ. އެހެންކަމުން މި ހުރިހާ ދުވަހު އޭނަ ވެސް މަންމައަކަށް ނުގުޅައެވެ. ނަމަވެސް މިއަދު އޭނަ އެ ނަންބަރަށް ގުޅަން ނިންމީ މިހާ ބޮޑު ވާހަކައެއް ބުނަންވާނެތާއޭ ހިތް ބުނަމުން ދިޔަ ވަރުންނެވެ. ފޯނު އަނެއްކޮޅުން ރިންގުވަމުން ދިޔައިރު ވިސާމަށް ފޯނުގެ ސްކްރީނަށް ބަލަން ހުރެވުނީ ނޭނގޭ ސަބަބަކާހެދި ކެތްމަދުވެފައިވި ހިތަކާއި އެކީގައެވެ. ސްކްރީނަށް ފެހި ކުލަ އެރުމާއެކު އޭނައަށް ދެލޯ މަރާލަމުން އޭތި ކަންފަތުގައި ޖައްސާލެވުނެވެ.

 

“އައްސަލާމުޢަލައިކުމް.” ރަޝީދާ އާދައިގެ އަޑަކުން ބުނެލި އަޑު އިވިފައި ވިސާމްގެ ދެލޯ ހުޅުވުނެވެ. މަންމަގެ އަޑުން ގުޅީ އޭނަކަން މަންމައަށް ނޭނގުނީބާއޭ ވިސާމްގެ ހިތަށްއެރިއެވެ.

 

“މަންމާ.” ވިސާމް ގޮވާލީ އެއީ އޭނަކަން އެންގުމަށެވެ. އެ ފަރާތުން ރަޝީދާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.

 

“ކީކޭ؟” ރަޝީދާ ފަރުވާކުޑަ ގޮތަކަށް އެހެން އަހާލުމުން ވިސާމްގެ ހިތަށް އުނދަގޫވިއެވެ. އޭނަގެ މަންމަ އޭނައާއި ދިމާލަށް އެއްޗެހިވެސް ނުގޮވާވަރަށް ދުރުވީހޭ ހިތަށްއެރުމުންނެވެ. އެހެނަސް އޭނަ ހިތްވަރު ކުރެވޭތޯ ބެލިއެވެ.

 

“މަންމާ އަހަރެން މި އުޅެނީ މީހަކާ އިންނަން.” ވިސާމް ފުން ނޭވައެއް އެތެރެއަށް ލާފައި ބުނެލިއެވެ. އެއަށްފަހު ބާރަށް ތެޅިގަތް ހިތަކާއެކީ މަންމަގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ. މަންމަ އޭނައަށްޓަކައި އުފާކޮށް މަރުޙަބާ ކިޔާ އަޑު އަހަން އޭނަ ކެތްމަދުވިއެވެ. އެހެނަސް އިރުކޮޅެއްވީއިރު ވެސް އެއްވެސް ޖަވާބެއް ނުލިބުމުން ވިސާމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“މެހެނާޒް އެކުއްޖާގެ ނަމަކީ.” ވިސާމް ބުނެލިއެވެ. މިފަހަރުވެސް އެ ކޮޅުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ނަމަވެސް ފޯނުގެ އަނެއްކޮޅުގައި މަންމަ އެބަހުރިކަން ޔަޤީން ކުރެވުނެވެ. އެހެންކަމުން އޭނަ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“މަންމަ އެއްޗެކޭ ނުބުނާނަންތަ؟” ވިސާމަށް އަހާލެވުނެވެ. އެއާއެކު އޭނައަށް މަންމަގެ އަޑު އިވެން ފެށިއެވެ.

 

“މަންމަ އެއްޗެކޭ ބުނިއްޔާ ވިސާމްގެ ހިތަށް އެއިން އަސަރެއްކުރާނީތަ؟” ރަޝީދާ ތުރުތުރު އަޅަމުން ދިޔަ އަޑަކުން އެހެން އަހާލުމުން ވިސާމްގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. އޭނައަށް ދެލޯ މަރާލެވުނު ހިނދު އެއްވެސް އެއްޗެކޭ ބުނަން ނުކުޅެދުނެވެ.

 

“މި ހުރިހާ ދުވަހު މި މަންމަ ދެއްކި ކިތައް ވާހަކައަކަށްތަ ވިސާމް ބީރު ކަންފަތެއްދިނީ؟ މި މަންމަ ދޫކޮށް ތިހާ ދުރަށް ގޮއްސަ ތިހިރީ ވެސް މަންމަ ނުދާށޭ ބުނެބުނެ ހުއްޓާ. އަދި ގޮއްސަވެސް އެހެން ހުރިހާ އެންމެނަށް ގުޅޭއިރު ވިސާމް އަމިއްލައަށް މި މަންމައަށް ގުޅާނެ ވަގުތެއް ނުލިބޭ. ދެން ކޮންކަމަކަށް އުއްމީދުކޮށްގެންތަ މަންމަ ވިސާމްއާ ވާހަކަ ދައްކަންވީ؟ ނިކަން ބުނެލަދީބަލަ މަންމައަށް.” ހަރުކަށިކަމެއް އެކުލެވިގެންވި ރޮވިފައިވާ އަޑުން ރަޝީދާ ވާހަކަ ދައްކައި ނިމުނުއިރު ވިސާމްގެ އެސްފިޔަތައް ތެމިފައިވިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް މަންމައަށް މަޢާފަށް އެދެން ވިސާމްގެ ހިތަށްއެރިއެވެ. އޭނަ މި ކުރަމުން ދިޔަ ހުރިހާ ކަމެއް ދޫކޮށް މަންމަ އުފާކޮށްދިނުމަށްޓަކައި މަންމަ ކައިރިއަށްދާން ހިތް ބުންޏެވެ. އެހެނަސް އެވަގުތު އޭނައަށް ފޯނުގެ އަނެއްކޮޅުން ފިރިހެނެއްގެ އަޑު އިވުނެވެ.

 

“އޭނަ ކައިރި ބުނޭ އެ ޒިނޭކުރާ އަންހެނާއާއި އިނދެގެން އޭނައަށް މިގެއަކަށް ނުވަދެވޭނެއޭ.” އެކޮޅުން އިވުނު ވާހަކައަކުން ވިސާމްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. ނަމަވެސް އެއީ ކާކުކަން ޔަޤީންވީ ވަގުތު ވިސާމްގެ ބުމަގޮށްޖެހުނެވެ. މަންސޫރު ޖަލުން މިނިވަންވީކަން އެނގުންވީ ހިނދު އޭނަގެ ދަތްކުނޑި ވިކުނެވެ. ހަމަ އެއާއެކު ދެންމެ މަންމަ އުފާކޮށްދިނުމަށް އޭނަގެ ހިތަށް ވެރިވި ހުރިހާ ޝުޢޫރެއް ބަދަލު ހިފުމުގެ ޝުޢޫރުތަކަށް ބަދަލުވެގެން ދިޔައެވެ.

 

“ކަލެއަކަށް ދެނެއް ނުހިފެހެއްޓޭނެ މަށެއް. މަ އުޅޭނީ މަ އުޅެން ބޭނުންވާ ގޮތަކަށް.” ވިސާމް އެހެން ބުނެ ނުބައި ބަހެއް ކިޔާލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު މެހެނާޒާއި އޭނަގެ ކައިވެނީގެ ކަންތައް ހަމަޖެއްސުމަށް އަވަސްވެގަތީ، ކޮންމެހެން ވެސް މި ކައިވެންޏަކީ ކާމިޔާބު ކައިވެންޏަކަށް ހެދުމަށް ޢަޒުމް ކަނޑައަޅަމުންނެވެ. އެވެސް މަންސޫރު މޫނުމައްޗަށް ވިއްލާލެވޭނެ އެތިފަހަރަކަށްވާނެ ކަމަށް ޤަބޫލު ކުރެވުނީތީވެއެވެ.

 

މެހެނާޒާއެކީ އޭނަގެ އަލަތު ޒަވާޖީ ޙަޔާތް ފެށިގެން ދިޔައީ ވިސާމް އުއްމީދު ކުރި ގޮތަށެވެ. އޭނަ މެހެނާޒަށް ލޯބިދެމުން ދިޔަ ވަރަކަށް މެހެނާޒްގެ ފަރާތުން ވެސް އޭނައަށް ލޯބި ލިބެމުން ދިޔައެވެ. އޭނަ މެހެނާޒަށް ހަދިޔާއެއް ހޯދައިދިނިއްޔާ މެހެނާޒް އޭނައަށްޓަކައި ސަޕްރައިޒް ޕާޓީއެއް ބާއްވަފާނެއެވެ. އޭނަ މެހެނާޒްގާތު ލޯބީގެ ފަށުވި ޢިބާރާތްތައް ބުނެފިއްޔާ މެހެނާޒް އޭނަގެ ރޭތައް އުފާވެރިކޮށްދޭނެއެވެ. ހުރިހާ ކަމެއްވެސް ހަފްތާތަކެއް ވަންދެން ދެމިދިޔައީ ހީވެސް ނުކުރާހާ ފުރިހަމަކޮށެވެ. މިއީ އޭނަގެ ޙަޔާތުގެ ވާހަކައިގެ އުފާވެރި ނިމުން ކަމުގައި ވިސާމަށް ނިންމުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ.

 

ނަމަވެސް ކަންތައް އެފުށްމިފުށަށް ޖެހެންފެށީ ވިސާމަށް ފާހަގަނުވާނެ ގޮތަށް ލަސްލަހުންނެވެ. ވިސާމާއި މެހެނާޒްގެ ކައިވެންޏަށް މާ ގިނަ ދުވަސް ނުވަނީސް އެމީހުންނަށް ވީޑިޔޯ ލަވަތަކެއް ކުޅުމުގެ ފުރުޞަތު ލިބުމުންނެވެ. ދެމީހުންނަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭފަދަ ސޫރަތަކެއްގެ ވެރިން ކަމަށްވެފައި ގިނަ ބައެއްގެ ނަޒަރުން އެ ދެމީހުންނަކީ ގުޅޭ ދެމީހުންނަށް ވުމުންނެވެ. އަބަދުވެސް އާ ކަންތައްތައް ތަޖުރިބާ ކޮށްލަން ބޭނުންވާ މެހެނާޒާއި ވިސާމް މާ ބޮޑު ޖެހިލުމެއްނެތި ދެމީހުން ކިޔާފައި އޮތް ލަވައެއްގެ ވީޑިޔޯވެސް ކުޅުނެވެ. އެއަށް ލިބުނު ތަރުޙީބުގެ ސަބަބުން އިތުރު ލަވަތައް ކުޅުމުގެ ފުރުޞަތުތައް އެ ދެމީހުންނަށް ވަކިވަކިން ލިބެން ފެށިއެވެ. މިގޮތުން އެންމެ ފުރަތަމަ މެހެނާޒާއި ވަކިން ލަވައެއް ކުޅުމުގެ ފުރުޞަތު ލިބުނީ ވިސާމަށެވެ. އެ ލަވައިގައި ވިސާމް ކޮންމެވެސް އަންހެން ކުއްޖަކާއެކީ ނަށަން ޖެހުނެވެ. އެކަމާމެދު ވިސާމް ހިނދުކޮޅަކަށް ޖެހިލުންވިއެއްކަމަކު މެހެނާޒް އެއްވެސް މައްސަލައެއް ނުޖެއްސުމުން އެއީ މައްސަލައެއް ނޫންކަމުގައި ދެކި ވިސާމް އެ ލަވަ ކުޅެ ނިންމާލިއެވެ. މެހެނާޒަށް އެހެން ލަވައެއް ކުޅުމުގެ ފުރުޞަތު ލިބުނީ އޭގެ ދުވަސްތަކެއް ފަހުންނެވެ. މެހެނާޒް ލަވަ ކުޅެންޖެހުނީ އޭރުގެ ވަރަށް މަޝްހޫރު ތަރިއެއް ކަމަށްވާ މާޒިނާއި އެކީގައެވެ. މާޒިނަކީ ބިޔަ ހަށިގަނޑެއްގެ ވެރި އަންހެން ކުދިންގެ ހިތްތައް ކަތިލާ ޒާތެއްގެ ސޫރައެއް ލިބިފައިވާ ޒުވާނެކެވެ. އެއީ ޙަޤީޤަތެއް ނޫންކަމަށް ދެކޭ މީހުން ތިއްބަސް އޭނަ މަޝްހޫރުވެފައިވަނީ އެހެންނެވެ. މާޒިނާއެކީ މެހެނާޒް ލަވައެއް ކުޅެންޖެހޭ ވާހަކަ އިވުމުން ވިސާމް ހިސާބަކަށް ކަންބޮޑުވިއެވެ.

 

“އޯންވް……ސޭމް ޖެލަސްވީތަ؟ ކަމޯން ޑާރލިންގް. އެނގެއެއްނު އަހަރެން ސޭމްއަށް ބޭވަފާތެރި ނުވާނެކަން؟” އެދުވަހު ވިސާމްގެ މޫނުމައްޗަށް ވެރިވީ ކުލަވަރު ފެނިފައި މެހެނާޒް ވިސާމްގެ ކަރުގައި ދެއަތް އަޅުވާލަމުން ބުނެލިއެވެ. އެއަށްފަހު ޙާލަތާއި ގުޅޭ ލަވައެއް ކިޔަން ފެށުމުން ވިސާމް އެވަގުތު ހީލީ އޭނަ ހިސާބަށްވުރެ ކަންބޮޑުވަނީކަމަށް ނިންމަމުންނެވެ. ނަމަވެސް ކީއްވެކަމެއް ނޭނގެއެވެ. އޭގެ އަނެއްދުވަހު ލަވަކުޅޭ ސެޓަށް ގޮސް މާޒިން މެހެނާޒަށް ބަލަމުން ދިޔަގޮތުން ވިސާމަށް އުނދަގޫވަމުން ދިޔައެވެ. ޑިރެކްޓަރުގެ އިރުޝާދާއި އެއްގޮތަށް މާޒިން އޭނަގެ އަނބިމީހާގެ އަތުގައި ހިފައި ކައިރިއަށް ގެނެސް ބައްދަމުން ދިޔަ ގޮތުން ވިސާމްގެ ގޮށްމުއްކެވެމުން ދިޔައެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ޝޫޓިންގް ނިންމާލާފައި މެހެނާޒް ހެމުންހެމުން އައިސް އޭނަގެ ގައިގައި ބައްދާލާ ގޮތުން އޭނަ ބޭކާރު ގޮތުގައި ބިރުގަންނަނީކަމަށް ވިސާމަށް ނިންމެއެވެ. މެހެނާޒް މާޒިންއާއެކީ އެހެން އުޅެނީ ވަކި ލޯބިވެގެންނެއްނޫނެވެ. މަސައްކަތުގެ ގޮތުންނެވެ. ވީއިރު އޭނަ ބިރުގަންނަންވީ ކީއްވެގެން ހެއްޔެވެ؟

 

ކޮންމެ ގޮތެއްވިޔަސް ވިސާމް ކޮންމެ ދުވަހަކު ޝޫޓިންގް ފެށިގެން ގޮސް ނިމެންދެން ވެސް ސެޓްގައި އިންނަނީ އޭނަގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެ ބިރުވެރިކަން ދެގުނަވެގެން ދިޔައީ މާޒިން އޭނަ މެހެނާޒާއެކީ ޙިއްސާކުރާ އެޕާޓްމެންޓަށް ވެސް އަންނަން ފެށުމުންނެވެ. އެޕާޓްމެންޓަށް އައި ފުރަތަމަ ދުވަހުވެސް މެހެނާޒް ސަލާމަށް އަތް ދިއްކޮށްލުމުން މާޒިން އެ އަތް އުފުލާލަމުން ބޮސްދިން ގޮތުން ވިސާމްގެ ބުމަގޮށްޖެހިގެން ދިޔައެވެ. މާޒިން އޭނައަށް ކުޑަކޮށް ގޮވާލާފައި ސިޓިންގް ރޫމުގެ ސޯފާއެއްގައި އިށީނުމުން މެހެނާޒް އޭނަގެ ކައިރީގައި އިށީން ގޮތުން ވިސާމްގެ ހިތުގައި ރުޅިވެރިކަމުގެ ރާޅު ބާންޏެއް ނެގިއެވެ. އެރޭ އޭނަގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ.

 

“ނާޒް އައި ޑޯންޓް ލައިކް ދިސް.” މާޒިން އެޕާޓްމެންޓުން ނިކުތުމުން މެހެނާޒް ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ވިސާމް މަޑުމައިތިރި އަޑަކުން ބުނެލިއެވެ.

 

“ވަޓް؟” މެހެނާޒް ފަސްއެނބުރި ވިސާމަށް ބަލާލަމުން ބުނެލިއެވެ.

 

“މާޒިންއާ ނާޒް އެހާ ކައިރިވީމަ.” ވިސާމް ސީދަލަށް ބުނެލިއެވެ. އެވަގުތު މެހެނާޒް ކުއްލިއަކަށް ކޮންޓްރޯލް ކުރެވިފައިވި ހިނިތުންވުމަކާއެކީ ވިސާމާއި ދިމާލަށް މުޅިން އެނބުރިލިއެވެ. އެއަށްފަހު ބާރަށް ހޭންފެށުމުން ވިސާމްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

 

“ހެހެހެހެ…….ސް..ސޭމް. އޯ މައި ގޯޑް! އަހަރެން އިނދެގެން މިއުޅެނީ ނަވާރަ ސަތޭކަ ހަތްދިހައިގެ ފިރިއަކާ. ކިރިޔާ އެހެން ފިރިހެނަކާ ކައިރިވިޔަސް އެއީ ބޭވަފާތެރިވެވުނީ. ހެހެހެހެ…….ސޯ…ސޯ ޑްރެމެޓިކް. ހެހެހެ…..” މެހެނާޒް ދެންވެސް ހެމުން ދިޔައީ ވިސާމަށް މަލާމާތް ކުރާފަދަ ރާގަކަށެވެ. އެހެނަސް އެއިން އޭނަގެ ނުރުހުންތެރިކަމަކަށް ބަދަލެއްނައެވެ. ވިސާމް އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓާ މެހެނާޒް އޭނަގެ ހުނުން ހުއްޓާލަމުން ވިސާމްގެ ކައިރިއަށްއައެވެ.

 

“ކަމޯން ސޭމް……މާޒިންއަކީ ހަމައެކަނި އަހަރެންގެ އެކުވެރިއެކޭ. އަހަރެން ލޯތްބެއް ނުވޭ އޭނަދެކެ. ލޯބިވަނީ ސޭމްދެކެ. ތިހާ ޕޮޒެސިވްވާކަށް ނުވާނެއޭ ލޯބި. ތިހާވަރު ނުވިޔަސް އަހަރެން އަބަދުވެސް ހުންނާނަން ސޭމް ކައިރި. ނައު ސްމައިލް!” މެހެނާޒް އެހެން ބުނެ ވިސާމްގެ ދެކޮލުގައި ހިފައި ދެކޮޅަށް ދަމާލިއެވެ. ވިސާމް ދެންވެސް ހިނިތުންވެނުލުމުން މެހެނާޒް އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިކުރުވިއެވެ.

 

“ސޭމް އަހަންނަށް އިތުބާރު ނުކުރަނީތަ؟” މެހެނާޒް އަހާލިއެވެ. އެއާއެކު ވިސާމަށް ވަގުތުން ކުރުވެގެން ދިޔަ ނޭވާއަކާއެކީ ބޯހޫރުވާލެވުނެވެ. އޭނަ ދެންވެސް މާޒިނާއި ދުރުގަ އުޅުމަށް މެހެނާޒް ގާތު ބުނަން އުޅެފައިވެސް ޖެހިލުންވީ  މެހެނާޒް އަނެއްކާވެސް ދެރަ ކުރެވިދާނެތީވެއެވެ. އޭނަ އެފަދަ ކަމަކާމެދު ދެން ވާހަކައެއް ނުދައްކަން ނިންމީ މެހެނާޒަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ.

 

ނަމަވެސް އެ އިތުބާރު ވިސާމްގެ ހިތަށް ހަމަޖެހުމެއް ގެނެސްދިނުމުގައި ނާކާމިޔާބުވިއެވެ. ޖެހިގެން އައި ދުވަހުވެސް ޝޫޓިންގްގައި އޭނައަށް ކުރިއެކޭ އެއްގޮތަށް އުނދަގޫތައް ވަމުން ދިޔައެވެ. މާޒިން މެހެނާޒާއި ކައިރިވާ ކޮންމެ ފަހަރަކު އޭނައަށް އަމިއްލަ ޚިޔާލުތަކުން ސެޓްގެ މެދަށް ގޮސް މާޒިންގެ މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް ވީއްލާލެވެއެވެ. އެހެނަސް ރޭ މެހެނާޒަށް ވީ ވަޢުދާއި އެ ސެޓްގައި ތިބި މީހުންގެ “ޒަމާނީ ވިސްނުމުގެ” ސަބަބުން އޭނައަށް ހީވަމުން ދިޔައީ އޭނަގެ އަތުގައި ޗެންޗޭނު އެޅުވިފައިވީހެންނެވެ.

 

ދުވަސްތައް މިފަދަ ގޮތަކަށް ފާއިތުވަމުން ގޮސް ލަވައިގެ ޝޫޓިންގް ނިމުމުން ވިސާމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ލިބުނު ހަމަޖެހުމުގައި އޭނަ ނޭވައެއްލާން އުޅުނުތަނާހެން މެހެނާޒަށް ފިލްމެއް ކުޅުމުގެ ފުރުޞަތު ލިބުނެވެ. މިފަހަރުވެސް އެ މާޒިނާއި އެކީގައެވެ. މިފަހަރު ވިސާމަށް ވަގުތުން އިންކާރު ކުރެވުނެވެ.

 

“ކަމޯން ސޭމް! މިއީ ކޮންމެކޮންމެ ދުވަހަކު ލިބޭނެ ފުރުޞަތެއްނޫނޭ. އަހަރެން ބޭނުން މި ފިލްމް ކުޅެން.” މެހެނާޒް އެމީހުންގެ ކޮޓަރީގައި ހުރެ ވިސާމާއި ވާހަކަ ދެއްކިއެވެ.

 

“އަހަރެން ބޭނުމެއްނޫން ނާޒް އެ މާޒިންއާއެކީ އުޅޭތަން ދެކޭކަށް….އައި ލަވް ޔޫ ނާޒް.” ވިސާމް މެހެނާޒްގެ ކޮނޑުގައި އޯގާތެރިކަމާއެކީ ދެއަތުން ހިފަހައްޓާލަމުން ވިސްނައިދެވޭތޯ ބެލިއެވެ.

 

“އައި ލަވް ޔޫ ޓޫ. އެކަމަކު އަހަރެން މައްސަލައެއް ނުޖައްސަން ސޭމް އެ ޒައިނަބަކާއެކީ ލަވަ ކުޅުނުއިރު. ދެން ކީއްވެ ސޭމްއަށް އަހަންނަށް އެގޮތަށް ޓްރަސްޓް ނުކުރެވެންވީ. އަހް! ދިސް އިޒް…..އަރްރްރްރްރްގް!” މެހެނާޒްގެ މޫނުމައްޗަށް ރުޅިވެރިކަމާއި ހިތާމަވެރިކަން ވެރިވުމުން ވިސާމް ވަގުތުން އޭނަ ހިތްހަމަޖައްސާލަދޭން ބޭނުންވިއެވެ. އެކަމަށްޓަކައި ދެއްކި ވާހަކަތަކުގެ ތެރެއިން އޭނައަށް ފިލްމު ކުޅުމުގެ ހުއްދަ ދެވުނީ ބޭ އިޚްތިޔާރުގައެވެ.

 

ފިލްމުގެ ޝޫޓިންގް ފެށިގެން ދިޔަތާ މާ ގިނަ ދުވަހެއްނުވެ މެހެނާޒް ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. ބަލިވެގެން ވެސް 2 ދުވަސްވަންދެން އޭނަ ގަދަކަމުން ވެސް ސެޓަށް ހާޒިރުވިއެވެ. 2 ވަނަ ދުވަހުގެ ރޭ ވިސާމް މެހެނާޒް ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އުފާވެރިކަން ވެރިވަމުން ދިޔަ ހިތަކާއެކީގައެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ކާރުތެރޭގައި އިނދެ ވިސާމް ކުރި ސުވާލުތަކަށް މެހެނާޒް ދިން ޖަވާބުތަކުން އޭނައަށް އިނދެވުނީ ނުފިލާ ހިނިތުންވުމެއްގައެވެ. ލިބެން އުޅޭ އުފާވެރި ޚަބަރު އޭނައަށް މާ ކުރިން ވެސް އެނގުނެވެ. ނަމަވެސް އެރޭ މެހެނާޒް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު އޭގެ އަނެއްދުވަހު އެ ޚަބަރު ޑޮކްޓަރުގެ ދުލުން އިވުމުން އޭނައަށް ހީވީ އެއީ މުޅިން އާ ޚަބަރެއް ހެންނެވެ.

 

“ޝީޒް ޕްރެގްނެންޓް.” މެހެނާޒް ނިދިފައި އޮތް ވަގުތެއްގައި ޑޮކްޓަރު އައިސް އެހެން ބުނެލުމުން ވިސާމްގެ އަނގައިން ނިކުތް ލުއި އާހަކާއެކީ އޭނައަށް ހިނިތުންވެލެވުނެވެ. ހަމަ އެ ހިނދުކޮޅު މި ހުރިހާ ދުވަހު އޭނަ ތަޙައްމަލު ކުރަމުން އައި ނޭދެވޭ އިޙްޞާޞްތަކެއްގެ މަތިން އޭނަ ހަނދާން ނެތުނެވެ. މެހެނާޒަށްޓަކައި ވެސް ކުރިން ނުވާފަދަ ލޯތްބެއް އުފެދިގެން ދިޔައީ ކުއްލިއަކަށެވެ. އެ ހިނދުކޮޅުން ފެށިގެން އޭނައަށް ބައްޕައޭ ކިޔައި ގޮވާލާނެ ތުއްތު ދަރިފުޅަށްޓަކައި ވިސާމްގެ އިންތިޒާރު ފެށުނެވެ. މެހެނާޒަށް މި ޚަބަރު ލިބުމުން އޭނަ ކިހާ އުފާވާނެހޭ ވިސާމްގެ ހިތް ބުނި ހިނދު އޭނައަށް އަނެއްކާވެސް ހެވުނެވެ.

 

ނުނިމޭ

31
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Jana

Other Articles

Previous

ހިތް އެކީ ދެވިއްޖޭ..45

Next

ހިތް އެކީ ދެވިއްޖޭ…46

Next
December 27, 2016

ހިތް އެކީ ދެވިއްޖޭ…46

Previews
December 27, 2016

ހިތް އެކީ ދެވިއްޖޭ..45

29 Comments

  1. Jana says:
    December 27, 2016 at 8:15 pm

    Assalam’alaikum. maazy jana heekuri varah vure dhigu. heevany adhi dhe bain hen maazy nimeyny In Sha Allah. Shauquverikan gelley kamahvanya sababaa eky buneladhinun edhen. Eyrun jana e comment thah consider koffa shauquveri vaa gothakah genesdheveytho balaanan In Sha Allah. 🙂

  2. Hemdhey says:
    December 27, 2016 at 8:19 pm

    yey me first

    1. Jana says:
      December 28, 2016 at 6:49 pm

      😀

  3. Hemdhey says:
    December 27, 2016 at 8:22 pm

    aiman men goase magah nugen dhah chey visaam dhiyahen!!!

    1. Jana says:
      December 28, 2016 at 6:50 pm

      mansoor egeah anburaa aima dho thihaa kanboduvy Hemdhey? hehe….dhen balamaa emeehunnah vaa gotheh In Sha Allah 😀

  4. Sam says:
    December 27, 2016 at 8:41 pm

    Ey Jana mehenaaz amazin nugulhuvqqthi eyna thankolheh nulafa kollabala adhi kudakoh vaahaka hot kollabala

    1. Jana says:
      December 28, 2016 at 6:51 pm

      Mehenaaz mihaaruves nulafaeh noontha Sam? 🙂 hehe…dhen balamaa vaagotheh In Sha Allah.

  5. ainth says:
    December 27, 2016 at 8:54 pm

    Vvv salhi

    1. Jana says:
      December 28, 2016 at 6:52 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  6. Kudakamana says:
    December 27, 2016 at 9:01 pm

    Al hamdh lillah, varah reethi ingey miadhuge mi part, masha allah, maazy dhigu kolliyas migothah salhi koh genaima shafag menge bai adhi nayas maabodakah miss eh nuvey, aslu hama hageegathuga ves ma hithah araa e meesmeehunge hithuge hama jehumeh noannaane ey e zaathuge masahkathah husvegen ulhenyaa, dhen mashah heevanee mehenaaz e ulhey mazin aa hithaa vegen massala boduvaanee thoahche, eyrah kanneynge dhen salhi vaanee, hmm mihaaru maa gina anga thelhijje dho, dhen varah Salaam hurihaa kudhinnah!?

    1. Jana says:
      December 28, 2016 at 7:02 pm

      hama asluves e mashhooru meehun ulheyny ehaa ufalugaeh nooney kudakamana. hama ekani emeehunneh noon. Allah ge handhumain dhurugaivi komme meehaku ulheyny varah hiydhathi dhiriulhumeh. Ey aharumen dhuniye ah aee vaki maqsadhakattakai kamavvaathy. E haqeeqee maqsad olhi aharumen ehenihen ehchehin hiy furaalan ulhuniyya dhuvahakuves nufureyne. kithamme gina lava eh adu ahaafa, kithamme gina filmakaai series eh beliyas e huskan nufureyne. kuda hindhukolhakah hithah hamajehun libeyhen heeviyas Allah handhuma koggen libey fadha hiy hama jehumeh ein nulibeyne. Ekan engeyny kuda hindhu kolhakavviyas e ehchehin dhuruve dhe aiy ufulai ikhlaastheri hithakaa eky hidhaayaiy dhekkevumah edhi Allah ge hazratun edhumun. Adhi eahfahu ves ekalaange russavaa gothah ulhen masakkaiy kurumun. Eyah fahu libeyne hiyhama jehumun hithah araane thimanna kurin hidhaayathah neydhuny keevvehey….hehe…jana ahves baivaru vaahaka dhekevijje mifaharuves 😀 dhen kudakamana ge khiyaaluves consider kuraanan ingey In Sha Allah. Alhamdhulillah! Salaam. 🙂

  7. Someone says:
    December 27, 2016 at 9:15 pm

    Story reehchey jana.. maazeege bai ayas varah reethi… ekm mihaaru genesdhey part thah kuru vefa dhedhuvahun eh hduvahu genas dheythy varah dhera.. alhe konme dhuvahaku genesdheveyne gotheh nuvaanetha?? Konme dhuvahaku wait kohgen ves kiyan libeny varah kuda thankolheh ??

    1. Jana says:
      December 28, 2016 at 7:11 pm

      Alhey someone, komme dhuvahaku nugenesdheveyne dhe sababeh eba oiy. furathama sababaky egothah gendhiyumun jana mi genesdhey msgs thaka medhu visnumuge furusathu nulibidhaanethy. Aslu meege therein baeh msgs thakaky hurihaa kiyuntherinnah noonas baeh kiyuntherinnah varah heavy vaane msgs thah. ehenvyma vaguthukolheh midheny kudakoh. dhevana sababaky fb posts. E fb post thah liyany ves hama jana amilla ah. fb post thah hadhan ves hama fudheyvarakah vaguthu nagaa. athu jehunu video eh laafa hithah eri gothakah kommeves jumla thakeh liyefa post kollany eh noon. jana amilla ahves e video thah balaafa adhi audience ah visnaafa varah faruvaatheri kamaa eky mi fb post thah mi genesdheny. ehenvyma eyves vaguthu nagaa kameh. Jana ah emme effective koh vaahaka genesdheveyny dhe dhuvahun ehdhuvahu hen heevaathy mihen mi genesdheny. dhen emme kurin jana up kuri baithah dhiguve avas vegen dhiyaee eyru ebaithah liyefa hureethy. adhi e baithakun main msgs nufesheythy. eyge therein baeh baithakuga hunnaane 30 varakah safhaa ves. ehaavarah mihaaru evves varakah nuliyevi huri baithah nugenesdheveyne kanneynge. Ekamaku jana masakkaiy kuraanan veehaaves dhigu kureveytho In Sha Allah 🙂

  8. Fin says:
    December 27, 2016 at 9:42 pm

    V reethi mi bai

    1. Jana says:
      December 28, 2016 at 7:11 pm

      Alhamdhulillah! 🙂

  9. roassy says:
    December 27, 2016 at 11:11 pm

    Maashaa allah v v reethi. Jana u r the best.this is the best story ever

    1. Jana says:
      December 28, 2016 at 7:16 pm

      Whatever talents that i have are only given to me by Allah. So Alhamdhulillah! (All praise and thanks belong to Allah) 🙂 noon roassy. mee eh noon adhi best story. Emme best stories thah hunnaany Quranuga. jana mi vaahaka mi liyany e stories thakun inspire vegen. roassy hithah mi vaahaka reethi viyya adhi e vaahaka thah kihaa reethi vaane ey dho? 😀 alhe balaalahchey. jana emme furathama kiyaalan recommend kuraany Surah Yusuf. Ey fudheyvarakah detailed koh e suratuga Yusuf (AS) ge vaahaka hunnaathy. 😀

      http://tanzil.net/#trans/en.sahih/12:1

      Aduahamun tharujama kiyaalahchey In Sha Allah. Enjoy! 😀

  10. Sugarplum says:
    December 28, 2016 at 7:01 am

    Varah reethi mi story…

    1. Jana says:
      December 28, 2016 at 7:16 pm

      Alhamdhulillah! 😀

  11. Araa says:
    December 28, 2016 at 8:52 am

    Masha Allah?…varah ragalhu nashey haii thakeh and iburah thakeh libey mi story IH..I just loved it..keep it up?..patiently waiting for the next ?

    1. Jana says:
      December 28, 2016 at 7:17 pm

      Alhamdhulillah! Next part thursday ga In Sha Allah 🙂 <3

  12. apple says:
    December 28, 2016 at 10:27 am

    awahah up kohladheebala .maa bodah wes las up kuraaleh .

    1. Jana says:
      December 28, 2016 at 7:19 pm

      mihaaru up kuramun dhaavarah vure kudakoh avas kohleveytho balaanan. ekamaku dhe dhuvahun ehdhuvahavvure avas nukureveyne. sababu eba oiy someone ge commentah kuri reply ga 🙂

  13. READER says:
    December 28, 2016 at 6:30 pm

    JANA GE “THIYA LOABIVAAGE LOABAH” UP KODHEE BALA.

    1. Jana says:
      December 28, 2016 at 7:22 pm

      *sigh* reader, jana ge e vaahaka up nukureveyne sababu ihakah dhuvahu ehen kiyuntheriakah varah tafseelukoh kiyaidhinin. e vaahaka up nukureveyne sababuthah eba huri. e sababuthah balan beynumiyya reader asr ge 20 vana baiga seym ge commentah koffa oiy reply balaalahchey ingey? 🙂 miothy link.

      https://www.esfiya.com/23909/

    2. Jana says:
      December 28, 2016 at 7:24 pm

      FB Post:

      “And Allah wants to lighten for you [your difficulties]; and mankind was created weak.” Surah An-Nisa, ayah 28

      How many times do we listen to the laws of our deen and think to ourselves that these laws are too strict, too difficult and too hard to handle? How many times to we think to ourselves that those laws are overburdening us? And here Allah swt is telling us the complete opposite. He is telling us that He swt wants to LIGHTEN our burden.

      My dear brothers and sisters, as hard as those laws might appear to be, once we take even a single step towards following them, our lives will become so much more easier. If getting away from a sin seems to you like jumping into a fire, then that fire is going to be a peaceful place for you the moment you jump into it. You will realize that the fire was just an illusion that was keeping you from a beautiful place where your heart has finally found rest.

      No one knows us more than Allah swt. He knows that we are weak and hence revealed for us a way of life in which we don’t have to worry about what other people will think. He gifted us with a way of life in which we only have to please One. And that is our Rabb, Allah swt.

    3. Jana says:
      December 28, 2016 at 7:24 pm

      FB Post:

      In Surah Al-A’raf, when describing what Rasool (SAW) does for humanity at large, Allah says:

      “……..who enjoins upon them what is right and forbids them what is wrong and makes lawful for them the good things and prohibits for them the evil and relieves them of their burden and the shackles which were upon them.” Surah Al-A’raf, ayah 157

      As free as we think we are when we do whatever we want by crossing the limits that Allah set for us, we aren’t. According to this ayah it is as though we get tied by shackles when we violate those laws. It is as though we become slaves of the people and things around us. We end up doing whatever we do to please the people around us. The way we talk, walk and behave is completely controlled by their opinions. The way we spend our time is completely dependent on some mobile device. What a sad state of affairs!

      Allah saved us from that depressive state, when He sent a Messenger, who enjoins what is right and forbids what is evil. When he sent a Messenger who freed us from all kinds of humiliating slavery by commanding us to be slaves only to our ultimate Master, Allah!

  14. ukhthi says:
    December 29, 2016 at 2:58 pm

    Masha Allah……dheeny bai ekulevifai vaathy hama varah rythi……jazakillahukhairan for the story ya ukhthi Jana….:-):-):-):-)

  15. Girl says:
    December 29, 2016 at 8:28 pm

    Jana kobaa next part??

Comments are closed.

All Right Reserved!