ލަޔާލީ ވަގުތުން ސިޓީއުރަ ކަނޑައި އަދި އޭގެ ތެރޭގައި އޮތް ކަރުދާސް ކޮޅު ނަގައި ކިޔަންފެށިއެވެ.
” ވަރަށް ދުވަސް ވެއްޖެ ވާހަކައެއް ބުނަން އުޅޭތާ ރޭގަވެސް ވަރަށް ޓްރައި ކުރިން އެކަމަކު ބުނެވޭނެ ގޮތެއްނުވި…… ޒޭން ކެބިންގައި އިންތިޒާރު ކުރާނަން .. ޕްލީޒް ކަމް …”
މިހެން ޖަހާފައި އޮތް ކަރުދާސް ކޮޅުގައި ކާކަށް ފޮނުވި ސިޓީއެއްކަމެއް ލިޔެފައެއްނުވެއެވެ. ނަމަވެސް ސިޓީ އުރައިގެ ބޭރުގައި ”ޒޭން” ޖަހައިފައި އޮތުމުން އެއިން ދޭހަވަނީ ޒޭން ދިން އެއްޗެއްކަމެވެ. ލަޔާލީ ސިޓީ ކިޔައިނިމުމާއި އެކު އީމާ ލަޔާލީ އަތުން ސިޓީ ޖަހައިގަތެވެ. ” އަހަރެންގެ މޭޒުމަތީގައި އޮންނާނީ އަހަންނައް ފޮނުވިއެއްޗަކަށް ވާތީވެ… ފައިނަލީ ޒޭން ވެސް އަހަރެންދެކެ ލޯބި ވޭތާ…” އީމާ މިހެން ބުނުމަށްފަހު ޒޭންގެ ކެބިންނާ ދިމާއަށް ހިނގައިގަތް އިރު އޭނާ ހުރީ އުފަލުން ފޮޅިފައެވެ. އެވަގުތު ލަޔާލީގެ ދެލޮލުން ކަރުނަ ހިލިގަތެވެ. މީހަކަށް ފެނިދާނެތީ ދުވެފައިކަހަލަ ގޮތަކަށް ގޮސް ފާހާނާއަށް ވަނެވެ. އީމާ ޒޭންގެ ކެބިންއަށް ވަންއިރު ޒޭން ހުރީ އޭނާއަށް ފުރަގަސްދީގެންނެވެ. މަޑުމަޑުން ގޮސް އިީމާ ޒޭން ގައިގައި ފުރަގަހުން ބައްދާލިއެވެ.. އަދިބުންޏެވެ. ” ޒޭން އަހަރެން ޒޭން ދެކެ ވަރަށް ބޮޑަށް ލޯބިވޭ… އަހަރެންވެސް ވަރަށް ގިނަދުވަސް ވެއްޖެ ޒޭން ގާތު މިވާހަކަ ނުބުނެވިގެން އުޅެތާ……” އީމާ މިހެން ބުނުމާއި އެކު ޒޭން ވަގުތުން އީމާ އަށް އެނބުރި ބަލާލިއެވެ. ”’ އި…އި..އި ޢީމާ؟؟ ” ޒޭން ހީކުރީ ފުރަތަމަ އޭނާގެ ގައިގައި އައިސްް ބައްދާލީ ލަޔާލީ ކަމަށެވެ. ނަމަވެސް އީމާ ކަން އެނގުމުން ވަރަށް ހައިރާންވެ ކަންބޮޑުވިއެވެ. ދެލޯ ބޮޑުކޮށްގެން އީމާއަށް ބަލަހަންފެށުމުން ” އޭ… ޒޭން… ކިހިނެއްވެފަ… އަހަންނަށް އިނގޭ އަހަރެން ކުއްލިއަކަށް ލޯބިވެއޭ ބުނުމުން ޒޭން އަށް ގަބޫލުނުކުރެވޭނެކަންވެސް އެކަމަކު އަހަންނަށް ކެއްނުވީ… އަހަރެން ލަޔާ ގާތުވެސް ބުނިން ޒޭން ދެކެ ވަރަށް ލައިކް ވާ ވާހަކަ…. އިނގޭތަ އަހަންނަށް ޒޭން ފުރަތަމަ ފެނުނު ދުވަހުންފެށިގެން މިއަދާއި ހަމައަށްވެސް ޒޭން ދެކެ ވަރަށް ލޯބިވޭ… އެކަމަކު ބުނަން ނުކެރިފައި ހުރީ ޒޭން މާދުރު ދުރުން އުޅޭތީ… އެކަމަކު މިއަދު ޒޭން އަހަންނަށް ސިޓީ ފޮނުވާފައި އިންތިޒާރު ކުރާނަމޭ ބުނީމަ ޒޭންގެ ހިތުގައިވެސް އަހަންނާ ދޭތެރޭ ފީލިން އެއް ވާކަން އެނގުނު… އައިއެމް ވެރީ ހެޕީ ޓުޑޭ” މިހެން ބުނެފައި އަނެއްކާވެސް އީމާ ޒޭން ގައިގައި ބައްދާލިއެވެ. އެވަގުތު ޒޭން ހިތްބިރުގަންނަންފެށިއެވެ. އޭސީ ފުލް ކޮށް ޖައްސާފައި ހުރިއިރުވެސް މުޅި މީހާ ހުރީ ދާހިލިން ފޯވެފައެވެ.. ނުވާންވީ ސަބަބެއްނެތެވެ. ޒޭން އެއްވެސް ވަރަކަށް އީމާދެކެ ލޯތްބެއް ނުވެއެވެ. ޒޭން އަބަދުވެސް ލޯބިވަނީ ލަޔާލީ ދެކެއެވެ. އެންމެ ފުރަތަމަ ލަޔާލީ ފެނުނު ދުވަހުން ފެށިގެންވެސް ޒޭންގެ ހިތް އޮންނަނީ ލަޔާލީއަށް ހިބަކޮށް ދީފައެވެ. ނަމަވެސް ލަޔާލީ ދެކެ ލޯބިވާކަން ދުވަހަކުވެސް ލަޔާލީ ކުރިމަތީގައި ޒޭން ހާމައެއް ނުކުރައެވެ. ރުޅި އައިސް އޭނާ އާ ވާހަކަ ދެއްކުން ހުއްޓާލަފާނެތީއެވެ. އަތެއް ފައެއް ގުޑުވާލަން ނުކެރިފައިހުރި ޒޭންގެ ނަޒަރު ހުއްޓުނީ… ދޮރުހުޅުވާފައި އެތެރެއަށް ވަން ލަޔާލީ އަށެވެ.. އެވަގު ލަޔާލީއާ ޒޭންގެ ހަތަރުކަޅި ހަމަވިއެވެ. އީމާ ޒޭން ގައިގަ ބައްދާއިގެން ހުރިތަން ލަޔާލީ އަށް ފެނުމާއި އެކު އޭނާގެ ދެފައި ތުރުތުރު އަޅަންފެށިނެވެ. ލަޔާލީ އަށް ހީވީ އޭނާގެ ގައިން ތަންކޮޅެއް މީހަކު ވަކިކޮށްގެން ގެންދިޔަހެންނެވެ. ފުންނޭވާ އެއްލާފައި ނިކަން ހަމަޖެހިލާފައި ހުރިކަން ދައްކަމުން ލަޔާލީ ބުންޏެވެ. ” ޒޭން… އަހަރެންގެ ފޯން ރޭގަ ތިގޭގައި ބާއްވާފައި އާދެވުނީ… ” ލަޔާލީ މިހެން ބުނުމާއި އެކު އީމާ ޒޭން ގައިން ދޫކޮށް އެނބުރި ލަޔާލީ އަށް ބަލައިލިއެވެ. ” އޯ ލަޔާ….. ތެންކިއޫ … ތެންކިޔޫ.. ސޯމަޗް” މިހެން ބުނަމުން ހިނިތުންވެފައި ހުރި އީމާ ގޮސް ލަޔާލީ ގައިގައި އޮޅުލައިގަތެވެ. އޭރުވެސް ލަޔާލީ އަދި ޒޭން ތިބީ އެކަކު އަނެކަކަށް ގެއްލިފައެވެ. އީމާ ވާހަކަދައްކަމުން ދިޔައިރުވެސް ލަޔާލީ އާ ޒޭން އަށް އަޑުވެސް ނުއިވޭކަހަލެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުުން ދިޔައީ ނުތަނަވަސް ކަމެވެ. ”’ އޭ.. ލަޔާ ކޮންމެވެސް އެއްޗެކޭ ކިޔާބަލަ އަހަރެން ބުނެފިން ޒޭންގާތު އަހަރެން ލޯބިވާ ވާހަކަ ” ” އެހެންތަ ވަރަށް އުފާވެއްޖެ ދެން ޒޭންބުނީ ކީކޭ؟” ލަޔާލީ ޒޭން އަށް ބަލައިލަމުން އީމާކުރެން އެހިއެވެ. ” ޒޭން… ޒޭންދޯ ”’ މިހެން ބުނެފައި އީމާ ޒޭން ކުރެން އަހާލިއެވެ ” ޒޭން.. ޒޭން އެއްވެސް އެއްޗެކޭ ނުބުނަމެއްނުން އަދި ” އީމާ މިހެން ބުނުމާއެކު ޒޭން އޭނާވެސް އީމާ ދެކެ ލޯބިވާ ކަމަށް ބުނެލިއެވެ. ޒޭން ހުރީ ލަޔާލީ ދެކެ ރުޅިއައިސްފައެވެ.. އޭނާ ހީކުރީ ލަޔާލީ ގަސްތުގައި ސިޓީ އީމާ އަށް ދިނީ ކަމަށެވެ. ” އޭ ލަޔާ އަހަރެން އެބައޮތް ކުޑަ މަސައްކަތެއް މިއަދަށް ނިންމަންޖެހޭ އަދި އެހެން ނޫނަސް މިރެއަށް ފްރީވެސް ވާންޖެހޭނެ އެއްނުން ދޯ ޒޭން” އީމާ ރަކިވެ ހުރެ މިހެން ބުނެ ޒޭންގެ ކޮލަށް ބޮސް ދިނުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. ހަމައެވަގުތު ލަޔާލީވެސް ނުކުންނަން ދިޔަތަނާ ޒޭން މަޑުކުރަން އެދުނެވެ. އަދި ގޮސް ލަޔާލީގެ އަތުގައި ހިފުމުން ހިންހަމަނުޖެހިފައި ހުރެ ލަޔާލީ އަތް ފޮޅާލިއެވެ.. ” ޒޭން.. މިހާރު ދެން ތިގޮތްގަނޑު ދޫކޮށްލާ!! ކިހިނެއްވީ ކަމެއްއޮތީތަ؟” ” ނޫން.. ކަމެއްނެތް އެކަމަކު އީމާ…..” ޒޭން … އީމާ ޒޭން ދެކެ އިންތިހާއަށް ލޯބިވޭ އަދި ޒޭންވެސް …” ލަޔާލީ މިހެން ބުނުމުން ޒޭން ގާތައް އައީ ރުޅިއެވެ. ” އޯކޭ ފޯނު މިރޭ ގެންގޮސް ދޭނަން” ޒޭން މިހެން ބުނުމުން ލަޔާލީ ނުކުމެގެން ދިޔައެވެ. ބޮލުގައި ދެއަތް ވިއްދައިގެން ގޮނޑީގައި އިށިނދެގެން އިން ޒޭންގެ ލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ.. އެވަގުތު އޭނާއަށް ހިތާހިތުން ބުނެލެވުނެވެ. ކިހިނެއް މިވީ… ދެންކިހިނެއް ހަދާނީ….. ލަޔާ އަހަރެން ދައްކާވާހަކައެއްދެން ގަބޫލެއްވެސް ނުކުރާނެ.. އިރުކޮޅެއްވަންދެން މިހެން އިނުމަށްފަހު ޒޭން ފާހާނައަށް ވަދެ މޫނު ރީތިކުރުމަށްފަހު އެޑްމިން އޭރިއާއަށް ނުކުމެ އެކި ދިމަ ދިމާލަށް ނަޒަރު ހިންގައިލިއެވެ.
ހެނދުނު ސަޔަށް ބައިބަޔަށް މުވައްޒަފުންތައް ތެދުވެގެން ލިފްޓާ ދިމާއަށް ދާތަން ޒޭން އަށް ފެނުނެވެ. އެހެންނަމަވެސް އީމާ އަދި ލަޔާލީ އެއް ފެންނާކަށް ނެތެވެ. ވެރިޔާ ކޮޓަރިން ޝަރީފް ނުކުމެގެން އައިގޮތަށް އައިސް ލިފްޓް ކައިރި މަޑުކުރަމުން ޒޭން އަށް ގޮވާލާފައި އޭނާ ގާތަށް އައުމަށް އިޝާރާތް ކޮށްލިއެވެ. ” މިއަދު ހެނދުނު ސައި އޮތީ ހަތަރުވަނަ ފަންގިފިލާގައި” ޝަރީފް މިހެން ބުނުމުން ލަޔާލީ ވާނީ އެތާނގައިކަން ޒޭން ހީވިއެވެ. ލިފަޓައް އެރުމާއި އެކު އަވަސް އަވަހަށް ހަތަރަކަށް ޒޭން އޮބާލުމުން ޝަރީފް ބުނެލިއެވެ.. ” ޒޭން.. މިއަދު ބަލީތަ… ؟ ހާދަ ފާޑަކަށް ތިހުންނަނީ ކަމަކާ މާބޮޑަށް ވިސްނަނީތަ؟ ” ” ނޫން އެއްވެސް ކަމެއް ނުވޭ!!” ހަމަޖެހިފައި ހުރެ ޒޭން ބުނެލިއެވެ.
ހަތަރުވަނަ ފަންގިފިލާއަށް ލިފްޓް މަޑުކުރުމާއި އެކު އަވަސް އަވަހަށް ޒޭން ގޮސް ސައިކޮޓަރި އަށް ވަނެވެ. ނަމަވެސް ލަޔާލީ ފެންނާކަށް ނެތެވެ. ” ޒޭން ކާކު ތިހޯދަނީ؟” ” ލަޔާ” ޝަރިފް އަހާލުމުން ބޭއިޙްތިޔާރުގައި ޒޭން އަށް ބުނެވުނެވެ.. ” ލަޔާލީ ދޯ އޭނަ ގޮއްސި ގެއަށް ބޮލުގައި ރިއްސާތީ.. އަދި ދިހަ ދުވަހުގެ ޗުއްޓީވެސް ނަގައިގެން ދިޔައީ…” ޒޭން ވަގުތުން ލަޔާލީ ކަރިއަށް ދާން ހިނގައިގައްތަނާ ޝަރީފް ޒޭން ހުއްޓުވިއެވެ ” މިތަނަށް އައިސްފައި ދެން ސައިނުބޮއި ދިއުމުގެ ބޭނުމެއްނެތް ހިނގާ ސައިބޯން” މިހެން ބުނެ ޒޭންގެ އަތުގައި ހިފައި ދަމަމުން ކަހަލަގޮތަކަށް ގެންދިއެވެ.
ސައިބޮއި ނިމުމަށްފަހު އަވަސް އަރުވާފައި ޒޭން ލަޔާލީ ކައިރިއަށްދާން އޮފީހުން ނުކުމެގެން ސައިކަލަަށް އަރައި ދުއްވާލިއެވެ. އަދި ވަކިހިސާބަކަށް ނުދެވެނީސް އޭނާއަށް އަންހެން ކުއްޖަކު ގޮވާލިއެވެ. ސައިކަލު މަޑުކުރުމަށްފަހު ފަހަތް ބަލާލިއިރު އީމާއެވެ. ” ޒޭން ކޮންތާކަށް މާ ބާރަށް ؟” ” ލަޔާ އުޅެނީ ބަލިވެ އެއްނު.. އީމާ ނުދަންތަ؟ ގޮވާލާކަށްވެސް ޝަރީފް ބުނި ދިހަ ދުވަހުގެ ޗުއްޓީވެސް ނަގައިގެންނޯ ދިޔައީ….” ” އެހެންތަ ނުބުނޭ އަހަރެން ކައިރިއަކު… މިގަޑީގައި ނެތޭ ދެވޭކަށް ބައްޕަ ބަލިވެގެން ހޮސްޕިޓަލަށް ގެންގޮށްސި ޒޭން އަހަރެން ހޮސްޕިޓަލަށް ލައިދީބަ..” ” ކާރެއްގަ ދާން ވީނުން…” ޒޭން މިހެންބުނެ މަގުމަތިން ޓެކްސީއެއް ނެގުމަށްފަހު ކާރަށް އަރާށޭބުނުމުން ވަރަށް ހިންހަމަނުޖެހި ހުރެ އީމާ ކާރަށް އެރިއެވެ.. ޒޭން ސައިކަލުގައި ގޮސް މަޑުކޮށްލީ ލަޔާލީ ގޭގެ ދޮރުމަށްޗަށެވެ. އަވަސް އަވަހަށް ސައިކަލުން ފޭބުމަށްފަހު ގެއަށްވަދެ ލަޔާލީ ދިރިއުޅޭ އެޕާރޓްމަންޓް ދޮރުގައި ޖަހާލިއެވެ. އެވަގުތު ކޮޓަރިތެރެއިން މީހަކު ވާހަކަ ދައްކާ އަޑު ޒޭން އަށް އިވުނެވެ.. އަނެއްކާވެސް ދޮރުގައި ދެތިންފަހަރަކު ޖަހާލިއެވެ. ދޮރުހުޅުވާލީ ލޫކަސްއެވެ. ” ލޫކަސް ކީއްކުރަނީ މިގޭގަ؟ ” ހައިރާންކަމާއިއެކު ޒޭން އަހާލިއެވެ. އަދި އެތެރެއަށް ވަނެވެ. އޭރު ސޯފާގައި އިށީނދެގެން ލަޔާލީ އިނެވެ.. ” ލަޔާ ޝަރީފް ބުނީ ލަޔާ ބަލިވެޔޯ އުޅެނީ… ތެދެއްތަ؟ ކީއްވެ ނުބުނީ.. މިހާރު އަހަރެން ހާދަ ދުރުކޮށްލީ..” ” ބޮލުގައި ރިއްސާތީވެ ގެއަށް އައީ އެކަން ލޫކަސް ބޭސްދިނީމަ މިހާރު ރަނގަޅު” ލަޔާލީ ޒޭން އަށް ޖަވާބުދެމުން އިސްޖަހާލިއެވެ…
” ލޫކަސް އަށް ކިހިނެއް އެނގުނީ؟ ލަޔާ ބަލިވެ އުޅޭކަން … ” ” ޒޭން ހަމަޖެހިބަލަ.. ހާދަ އަވަސް އަރުވާލައިގެން ތިއުޅެނީ ލަޔާ ގުޅީމަ އައީ..” ”އެހެންތަ.. ލަޔާ އަކަށް އަހަންނަށް ނުގުޅުނު ދޯ އެންމެ ރަނގަޅު … އަހަންނަށް ހީވަނީ ލަޔާ އަހަންނާ ވާހަކަވެސް ދައްކަން ބޭނުން ނުވާނެހެން ދުވަސްކޮޅަކުން..” ޒޭން މިހެން ބުނުމުން ލަޔާލީ އެއްވެސް އެއްޗެކޭ ނުބުނުމުން ޒޭން ގޮސް ލަޔާލީ އަތުގައި ހިފައި ތެދުކުރިއެވެ. އެވަގުތު ލޫކަސް ޒޭން އަތުގައި ހިފާފައި ލަޔާލީ އަތުން ދޫކޮށްލާށޭ ބުނުމުން ޒޭން ވަރަށް ރުޅިއައިސްފައި ލަޔާލީގެ އަތުން ދޫކޮށް ލޫކަސް ލައިގެން ހުރި ގަމީހު ލަފުގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ. ” ލޫކަސް ކަލޭތީ މަގޭ ރަޙްމަތްތެރިއެއްކަމަކު އަހަންނާ ލަޔާ ދެމެދަށް ވަންނަން ނޫޅޭ….. ” ލަޔާލީ ރުޅިއައިސް ޒޭންގެ ކަންކަށިމަތީގައި ގޮށްމުށުން ވަރަށް ބާރަށް ޖެހިއެވެ. އަދިބުންޏެވެ.. ” ޒޭން ތީ ކާކު އަހަންނަށް އަމުރުކުރަން؟ ޒޭން އަށް ކީއްތަ މަ ކޮންމެ މީހަކާ ވާހަކަދެއްކިޔަސް އަދި މިގެއަށް އަޔަސް … ” މިހެން ބުނަމުން ލަޔާލީށް ރޮވެން ފެށުނެވެ.. އެވަގުތު ލޫކަސް ލަޔާލީގެ ކޮނޑުގައި އަތްއަޅާ ހުއްޓާލާށޭ ބުނުމުން ޒޭން ގާތަށް ރުޅިއައެވެ. ” ކަލޭ ލަޔާ ގައިގަ އަތްތިލަނީ ކީއްވެތަ؟” ”ޒޭން ހަމަޖެހިބަލަ ތިހާ ރުޅިއިސްކުރާކަށް ނުވާނެ..” ލޫކަސް ޒޭން އަށް ބުނެލިއެވެ.. ހަމައެވަގުތު ޒޭން ލޫކަސް އަށް އެގެއިން ނުކުތުމަށް ބުނުމުން ލަޔާލީ ގާތަށް އައީ ހަމަށަކު ރުޅިއެއްނޫނެވެ.. އެއައި ރުޅީގައި ޒޭން އާ ދިމާއަށް ބުނެލިއެވެ. ” ލޫކަސް ގޮސްގެން ނުވާނެ! ޒޭން ދިޔަސް ހެޔޮ މިގެއަށް އަންނަ އެއްވެސް މީހަކަށް އަމުރެއް ނުކުރެވޭނެ ޒޭން އަކަށް ” މިހެން ލަޔާލީ ބުނުމުން ޒޭންގެ ހިތުގައި ސުވާލުތަކެއް އުފެދިއްޖެއެވެ. ” ސަބަބަކީ ކޮބައިކަން ބުނެދީފާނަންތަ؟ ” ސަބަބަކީ ލޫކަސް އާއި އަހަރެން އުޅެނީ ރައްޓެހި ވެގެން… ވަރަށް އަވަހަށް ކައިވެނިވެސް ކުރާނަން” މިހެން ލަޔާލީ ބުނުމުން ޒޭން ލޫކަސް އަށް ބަލާލިއެވެ. އެވަގުތު ލޫކަސް ވެސް ޒޭން އަށް ބަލާލިއެވެ.
– ނުނިމޭ-
17
11 Comments
Comments are closed.
Wow haadha asarugadhaey shiyaaa…. asluves look as with laya tha … v v v reethi mibaives pls avahah up kohlahchey next part keep it up
Varahh salhi…..
Dhenn vaanee kihinehh baaeyy hama hithahh aranee 3 part vxx hesskiyaafa chill
Thanks husna….. dhen vaanegoi dhw?
salhi
Ma sha allaah vvvv nice obi….
Masha allah v v v nice
4 vana part konirakunn nikunnanee
Vvvv salhi… Adhivx kiyaahiy veyy!!! ?????
Aysha u can read 4,5,6,7 part is there…
And must say shiyaa this story is wonderful I loved it… keep going
Thanks shyness