Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކީގާ… (02)

June Level 1
December 31, 2016 6 Mins Read
25 Comments

 

ސަލީމް އާއި އަތާއަތް ޖޯޑު ކޮށްލުމަށްފަހު އެތެރެއަށް ވަންނަން އެދުމުގެ ކުރިން ލީލާއަށް  ބޭރު ބަލާލެވުނީ، ސަލީމް އާއި އެކު އިތުރު މީހަކު އަންނަ ވާހަކަ ބުނެފައި އޮތުމުންނެވެ.

 

ސަލީމް: ” އާނ. މިފަހަރު ލުތުފީއަށް އާދެވޭ ގޮތެއް ނުވި، އޭނަ ކުޑަކޮށް ބަލިވެ އުޅެނީ.. އެކަމަކު ލުތުފީގެ ދަރިފުޅު ބޭބެ އާއި އެއްކޮށް އައި.”

އެވަގުތު ދޮރާށިން އެތެރެއަށް ވަދެގެން އައި ފަންސަވީހަކަށް އަހަރުގެ ޒުވާން ފިރެހެން ކުއްޖެއް ލީލާއަށް ފެނުނެވެ.

” މިއަންނަނީ ދޯ އެސޮރު…؟ ” ހިނިތުން ވުމަކާއި އެކު ލީލާ އެހެން ބުނީ ދޮރާށިން އެތެރެއަށް ވަދެގެން އައި ލިއަމް އަށްވެސް އަޑު އިވޭނެ ވަރަށެވެ. ފޯނާއި ކުޅެމުން އައި ލިއަމް ދޮރު ކައިރީގައި މަޑުކޮށްލުމުން ލީލާ އެ ދެމީހުން ގާތު އެތެރެއަށް ވަދުމަށް އެދުނެވެ. އަމީނާ ދަބަސްތައްް ހިފައިގެން އެތެރެއަށް ވަންނަން އުޅުމުން ލިއަމް އެކަމުން މަނާވެގަތެވެ. ދެ ދަބަސް އެކުގައި އަމީނާއަށް ނުގެންދެވޭނެ ކަމަށް ބުނެ އަމީނާގެ ފަހަތުން ދަބަސްތައްް ހިފައިގެން ލިއަމް ހިނގައިގަތީ އަމީނާއަށް އިޙުތިރާމް ކުރުމުގެ ގޮތުންނެވެ.

ލިއަމް އަށް ހާއްސަަ ކުރެވިފައިވާ ކޮޓަރިއަށް ދެވުމުން އޭނާ ބޭނުންވީ ފާޚާނާއަށް ވަދެ ކުޑަކޮށް ތާޒާވެލައިގެން ބޭރަށް ނިކުތުމަށެވެ.

 

” ތި ދޭ ހިތްވެސް، މަ ފޮރުވާނަން…. ކަނެއް މިހިތައްޓަކާ ދޭ ތޯ ”

” އެދޭ ލޯތްބެއް…ހިތުން ދޭ ތޯ، ހިތުން ދޭ ތޯ…. ހިތުންންން ދޭ ތޯ….. ”

އެނދުމައްޗަށްް އުއްޑުން ވެއްޓިގަނެގެން އޮތް ލުޔޫން ފޯނު ކަންފަތުގައި ޖަހައިގެން އޮވެ ރާގުގައި ކިޔާލިއެވެ. އެ ތުންފަތް މައްޗަށް ވެރިވެފައިވާ ހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުން ދިޔައީ އެ ލޯބި ކޮލަށް އެޅިފައިފައިވާ އަޑި ކޮޅުންނެވެ. ހަމުގެ ކުލަ އަދަޔާ ޚިލާފަށް އަލި ލުޔޫން އަކީ އުމުރުން އެންމެ ވިހި އަހަރުގެ ޒުވާނެކެވެ. މަޑުމަޑު ފަން އިސްތަށިގަނޑެއް ލިބިފައިވާއިރު އެ އިސްތަށިގަނޑުގައި ޤުދުރަތުން ވެސް ރަތްކަމެއް އެކުލެވިގެން ވެއެވެ. ގިނަ މީހުނަށް ހީވެފައި އޮންނަނީ މުއްސަނދި މަންމަ އެއްގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް ވާތީ، ޒަމާނާއި އެއްގޮތަށް ބޮލުގައި ކުލަ ޖައްސާލާފައި އޮންނަނީހެނެވެ.

 

” ޔޫން…. ދަރިފުޅާ، އަދިވެސް ނުނިމެނީތަ؟ ”

އަމީނާ ލުޔޫންގެ ކޮޓަރިއާއި އަރާ ހަމަވުމުން ދޮރުގައި ޓަކި ޖަހާލާފައި ބުންޏެވެ. އެވަގުތު ޚިޔާލީ ދުނިޔެއެއްގެ ތެރޭގައި އުދުހެމުން ދިޔަ ލުޔޫން ސިއްސައިގެން ގޮސް އަވަސް އަވަހަށް ޖަވާބުދިނެވެ.

” އަންމީ… މި ނިކުންނަނީއޭ.. އިނގޭ.. ”

އަމީނާ ދިޔަހެން ހީވުމާއި އެކު ލުޔޫން އަށް ބަލައިލެވުނީ އޭނަގެ އަތުގައި އޮތް ފޯނަށެވެ. އެއިރު ކޮންމެވެސް މީހަކު ވާހަކަ ދައްކާ އަޑު މަޑުމަޑުން އެ ފޯނުން އިވިއިވި ހުއްޓެވެ.

 

” ކީކޭ ބޭބީ…… ހޫމމ… ނެތޭ ދެން މަޑުކުރެވޭކަށް. އަންމި އެ އައީ ޔޫން ލަސްވެގެން ކަންނޭނގެ… ދެން ދަނީ އިނގޭ.. ވިލް މިސް ޔޫ އަ ލޮޓް ” އެކީ އެކައްޗަކަށް ލުޔޫން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދައްްކާފައި ފޯނު ކަނޑާލަން އުޅެނިކޮށް އެކޮޅުން ގުޅައިގެން އުޅުނު މީހަކުވެސް ރާގުގައި ވަރަށް އަސަރާއި އެކު ކިޔާލި އަޑުއިވުނެވެ.

” މިރޭ ހޭލާ، މަ ހުންނާނަން…. މަށާއެކުގާ………… ”

އެ އަޑު އިވިފައި އަނެއްކާވެސް ލުޔޫން އަށް މަޑުކޮށްލެވުނީ ކިތަންމެ އިރަކު އޭނާ އެ އަޑުއަން ހުއްޓަސް ފޫހިވާނެފަދަ ރާގެއް އެ އަޑުގައި ނުވާތީއެވެ. އެ އަޑަކަށްޓަކައި އޭނާވަނީ ކިތަންމެ ރެއެއްގެ ނިދި ޤުރުބާން ކޮށްފައެވެ. އެ ޖަޒުބާތީ މަސްތުން ފުރިގެންވީ އަޑު އަހާލަން އޮންނަން އަދިވެސް ލުޔޫން ބޭނުންވިއެވެ. އެ ފިރެހެންވަންތަ ބަރު އަޑު އިވޭ ކޮންމެ ހިނދަކު ލުޔޫންގެ ޙިިއްސުތަކާއި ކުޅެލައެވެ. ނޭނގި ނަމަވެސް ލުޔޫންގެ ތުންފަތް މައްޗަށްް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެ ކޯތާފަތުގެ ކުލަވަރު ބަދަލު ވެގެން ދިއުމާއިއެކު އިޚުތިޔާރަކާއި ނުލާ ލުޔޫ ން އަށް އޭނާގެ ތުންފަތުގައި ދަތް އަޅާލެވުނެވެ.

 

” ހެހެ…. އެހެންތަ…..! ދެން އެހެންވިއްޔާ މިރޭ ވަންދެން މަޑުކުރޭ….. ލަވް ޔޫ. ބާއި ”

އިތުރަށް އެ ގުޅައިގެން އުޅުނު މީހަކަށް ވާހަކަ  ދައްކަން ފުރުޞަތެއް ނުދީ ލުޔޫން ފޯނު ކަނޑާލީ ލީލާ އޭނާއަށް ގޮވާލި އަޑު އިވުމުންނެވެ. ބާރު ބާރަށް ސިޑިން ފައިބަން ދަނިކޮށް ކުއްލިއަކަށް އެއްޗެއް ހަނދާން ވެގެން އެބުރިލާ ފަދައަކުން ލުޔޫން އެބުރި ކޮޓަރިއާއި ދިމާލަށް ދުއްވައި ގަތެވެ.

އެނދުމަތީގައި އޮތް އަތުކުރީގަޑި ނަގައި އަތަށް ހެޔޮވަރު ކޮށްލަމުން ލިއަމް ދޮރާއި ދިމާލަށް ހިނގައި ގަތީ ފޯނު ނަގައި އޭނަގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ކިޔާން އަށް  ގުޅަމުންނެވެ. ދެތިން ފަހަރު ގުޅުމުން ވެސް ކިޔާން ފޯނަކަށް ޖަވާބެއް ނުދިނެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ޖަހާ ބޭރަށް ދެމިގަތް ލުޔޫން އޭނަގެ އަތްދަބަހަށް ލޯ ދިއްކޮށްގެން ސިޑިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ހަމަ އެވަގުތު މެހެމާނުނަށް ހާއްސަކުރެވިފައިވާ ދިމާލުން ހިނގާފައި ސިޑިއާއި ދިމާލަށް ދިޔަ ލިއަމްގެ ގައިގައި ޖެހި، ލުޔޫން އަރިއަޅާލިއެެވެ. ވަގުތުން ލުޔޫންގެ އަތުން އޭނަގެ ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެ އަޑާއި އެކު ސޯފާގައި އިށީނދެލައިގެން ތިބި ލީލާ އަށާއި ސަލީމް އަށް އެކުއެކީގައި ސިޑިން މައްޗައް ބަލާލެވުނެވެ. ހުޝިޔާރު ކަމާއިއެކު ލިއަމް، ވެއްޓެންދިޔަ ލުޔޫން ގެ އުނަގަނޑުގައި އޭނަގެ އަތް އަޅުވާލައި ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެވަގުތު ލިއަމް އަށް ލުޔޫން ގެ މޫނު ވަރަށް ގާތުން ފެނުނެވެ. މޫނު މައްޗަށް އެޅިފައިވާ އިސްތަށި ތަކުގެ ތެރެއިން ލުޔޫން ގެ ބޮޑު ދެ ލޯ ފެންނަމުން ދިޔައީ ވިދާ ބަބުޅަމުން ދިޔަ މުތެއްގެ ސިފައިގައެވެ. އެ ދެ ލޮލުގެ ފުންކަމުގެ ތެރެއަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލިއަމް ގެނބިގެން ދިޔައެވެ. ލިއަމް އަށް ހުރީ ގުޑިލަންވެސް ނެނގިފައެވެ. އެފަދަ ރީތި ކުއްޖަކު ލިއަމް އަށް މީގެ ކުރިން ދުވަހަކު  ވެސް ފެނިފައެއް ނުވެއެވެ. ފެނުނުއިރު، ފެންނަން މި މެދުވެރިކުރެއްވީ ވެސް ކޮންފަދަ ގޮތަކަށްބާއޭ ލިއަމްގެ ހިތަށް އަރަމުންދިޔައެވެ. އެސްފިޔައެއް ޖަހާލާފަދަ މަދު ހިނދު ކޮޅެއްގެ ތެރޭގައި ހިނގައިދިޔަ މި ހާދިސާ ވަރަށް ރީތިކޮށް ތިރީގައި ތިބި ލީލާ އަށާއި ސަލީމް އަށް ފެނުނެވެ.

” އޭތް….. ދޫކުރޭ! ”

ލުޔޫންގެ ހަރުކަށި ބަސްތައް ސީދާ ލިއަމް އަށް އަމާޒުވެގެން ދިޔައެވެ. އެހެނަސް ލިއަމް އަށް އެ އަޑު އިވޭހެން ހީވެސް ނުވެއެވެ. ލުޔޫންގެ މޫނަށް ބަލަންހުރި ލިއަމް އަށް ހުރެވުނީ ކޮންމެވެސް އެހެން ދުނިޔެއެއްގައެވެ. ހިތްހަމަ ނުޖެހިފައި ލުޔޫން ލިއަމްގެ އަތުތެރޭގައި އޮވެފައި ތެޅިތެޅި ގަންނަމުން އަނެއްކާވެސް ބުނެލިއެވެ.

ލުޔޫން: ” އޭތް….. މިހެރަ މީހާ ގަނޑާ…. ދޫކޮށްްބަލަ. ”

ސިހިފައި ކުއްލިއަކަށް ލިއަމް އަށް ލުޔޫންގެ އުނަގަނޑުން ދޫކޮށްލެވުނެވެ. އެވަގުތު ލުޔޫން އަށް ލިއަމްގެ މޫނަށް ބަލައިލެވުނެވެ. އެއާއި އެކު ލުޔޫންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ދެ ލޯ ކުޑަކޮށްްލުމަށް ފަހު އެއްބުމަ މައްޗަށް އަރުވައިލުމާއި އެކު ލުޔޫންގެ އިނގިލި އަމާޒު ކޮށްލީ ލިއަމްގެ މޫނަށެވެ.

ލުޔޫން: ” ޔޫ……..، މި ގޭގަ ކީތްތިކުރަނީ؟ އެއްފަހަރު ފިހާރަ ކައިރިން، އަނެއް ފަހަރު މިތަނުން. ކާކުތަ ތީ؟ ކިހިނެތް ވެގެންތަ ތި އުޅެނީ؟ ”

ކުރީގެ ހަނދާންތަކެއް އާކުރަމުން ރުޅިގަދަވެ ގަދަވެފައި ލުޔޫން ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު ލުޔޫންގެ މޫނަށް ޖައްސަމުން ދިޔަ ވައްތަރުތަށް ފެނިފައި ލިއަމްގެ ގާތަށް ހިނިއައެވެ. އެކަންތައް ވެސް ވީ ލުޔޫން  އިތުރަށް ހިތްހަމަނުޖެހުނު ކަމަކަށެވެ.

ލުޔޫން: ” މާ މަޖާ އެއްޗެކޭތަ މި ކިޔެނީ…. މޮޔައެއްހެން ތި ހެނީ. އަދި ފާޑަކަށް…… ”

ލީލާ: ” ދަރިފުޅާ…… ލުޔޫން، އާދެބަލަ ތިރިއަށް…. މިހާރު ކޮންއިރެއް ބޮޑުބޭބެ ދަރިފުޅު ނުފެނިގެން އެވާހަކަ ދައްކާތާ.. ”

ލުޔޫންގެ ވާހަކަ މެދުތެރެއިން ލީލާ ވާހަކަ ދައްްކަންފެށީ ލުޔޫން ކުރުނުކުރާނެކަން އެނގުމުންނެވެ. ލީލާގެ އަޑަށް ލުޔޫން އަށާއި ލިއަމްއަށް ތިރިއަށް ބަލައިލެވުނެވެ. ލީލާ އާއި ޖެހިގެންހުރި ސޯފާގައި އިށީނދެލައިގެން އިން ސަލީމް ފެނިފައި ލުޔޫން އަށް އުފަލުން ފުންމައި ގަނެވުނެވެ. އެވަގުތު ކައިރީގައި ލިއަމް ހުރިކަން ހަނދާންވެ، ތުންކޮޅު އަނބުރާލަމުން ވެއްޓިފައި އޮތް ފޯނު ނަގައި ސިޑިން ތިރިއަށް ފޭބުމަށް ލުޔޫން ހިނގައިގަތެވެ.

“ހުއް… ބިސްގަނޑު” ފޫހި ރާގަކަށް ހިތާއި ހިތުން ލުޔޫން އެހެން ކިޔާލީ ފަހަތުން ލިއަމް ވެސް އަންނަކަން އެނގުމުންނެވެ.

” ލުޔޫން……… ވާއު….. ” ލުޔޫންގެ ފަސްފަހަތުން ސިޑިން ފައިބަމުން ދިޔަ ލިއަމް އަށް މަޑުމަޑުން އެހެން ބުނެލެވުނީ އެ ނަމަށް ތަޢުރީފު ކޮށްލުމުގެ ގޮތުންނެވެ.

 

އެންމެން އެކުގައި ހަވީރުގެ ސަޔަށް އިންސާފު ކުރަމުން ދިޔައިރު، ލުޔޫން އިނީ އޭނަގެ ބޮޑުބޭބެ ސަލީމް އާއި ޖެހިގެން އިން ގޮނޑީގައެވެ. ލުޔޫން ގެ ހުސްނުވާ ވާހަކަ ތަކުން ސަލީމް އާއި ލީލާ ތިބީ އުފަލުން ފޮޅިފައެވެ. ކުޑަ ކުއްޖެއް ފަދައިން ލުޔޫން ސަލީމް އާއި އެކިއެކި ވާހަކަ ޙިއްސާ ކުރަމުން ގެންދިޔައެވެ. ކުއްލިއަކަށް ލުޔޫންގެ ވާހަކަތައް މެދު ކަނޑާލީ ކުރިމަތީގައި އިން ލިއަމް ފެނިފައެވެ. ކަޅި ޖާހާނުލައި ލުޔޫންގެ ހަރަކާތްތަކަށް ބަލަން އިން ލިއަމް ފެނިފައި ލުޔޫން ލަދުގަންނަ ގޮތް ވިއެވެ. އެހެން މީހުން ލުޔޫންގެ ވާހަކަތައް އަޑުއަހައި ހީ  ސަމާސަކޮށް ހަދަމުން ދިޔައިރުވެސް ލިއަމް އަށް އިނދެވުނީ، ލުޔޫން ގެ އެ ފަރި ހަރަކާތްތަކަށް ބަލާށެވެ. ވާހަކަ ދައްކަމުން ދާއިރު ލުޔޫންގެ ތުންފަތަށް އެ ޖައްސަމުން ގެންދާ ވައްތަރު ތަކުން ލިއަމްގެ ހިތަށް ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ގެނުވަމުން ދިޔައެވެ.

ސީދާ ލުޔޫންގެ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެން އިން ލިއަމް އަށް އިނދެވުނީ ސައި ޖޯޑު ނެގި ގޮތަށް އޭގައި ތުންފަތް ޖައްސާލަންވެސް ހަނދާން ނެތިފައެވެ. ލިއަމް އަށް ނޭނގިނަމަވެސް އޭނަގެ ހިތުން ލުޔޫން އަށްޓަކައި ދިޔައީ ޙާއްސަ ޖާގައެއް ހުސްކުރެވެމުންނެވެ. އަމިއްލަ ދުނިޔެއެއްގެ ތެރެއަށް ގެއްލިފައި އިން ލިއަމް އަށް ސިހުން ލިބުނީ ކުއްލިއަކަށް ލުޔޫން ލިއަމް އާއި ހަތަރުކަޅި ހަމަކޮށްލާ ލޯ އަޅާލުމުންނެވެ.  އެވަތުގު އޭނާ އަތުގައި އޮތް ސައި ޖޯޑު އަރިވެ އޭގެން ކުޑަ މިންވަރެއް އަތަށް އޮހުނެވެ. އަތަށް ވީ ހޫނުން ސައި ޖޯޑު މޭޒުމަތީގައި ބަހައްޓައި، އަތް ދަމައިގަނެވުނީ އަނގައިން އަޑެއް ލައްވައި ލަމުންނެވެ. މަންޒަރު ބަލަން އިން ލުޔޫން އެވަގުތު ވަގު ގޮތަކަށް ހީލިއެވެ.

 

އިރު އޮއްސުނުތަނާ ވެހެންފެށި ވާރޭ ހުއްޓާލިއިރު ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ. އޭރުވެސް އަލިގަދަކޮށް ވިދަމުން ދިޔައެވެ. ލުޔޫން މާ ނަލަވެ ތައްޔާރު ވެލައިގެން ގޭ ބޭރު ދޮރު ކައިރީގައި ހުއްޓިލައިގެން މީހެއްގެ އިންތިޒާރުގައި ހުންނަފަދަ ގޮތަކަށް ހުއްޓެވެ.

ސަލީމް: ” ލުޔޫން… ދަރިފުޅާ ”

ސަލީމް ގެ އަޑަށް ލުޔޫން ފަސްއެނބުރި ބަލާލިއެވެ. އޭރު ސިޓިންގ ރޫމްގައި ލީލާ އާއި ލިއަމް ވެސް ތިއްބެވެ.

ލުޔޫން: ” ލައްބަ ބޮޑުބޭ… ”

ސަލީމް: ” ދަރިފުޅާ މިގަޑީ…. ތާކަށް ދާންތަ މާ ރީތި ވެލައިގެން އައިސް މިތާގަ ތިހުރީ؟ ”

ލުޔޫން: ” އަމްމްމް.. އަޅުގަނޑު މަމް ގާތުގަ ވެސް ބުނިން މިރޭ ފުރެންޑަކާއި އެކު ޝޮޕިން ކޮށްލަން ދާން ބޭނުން ވާހަކަ. މަމް އޯކޭ ވެސް ދީފަ އޮތީ…. ”

ސޯފާގައި އިށީނދެލައިގެން އިން ލީލާއަށް ބަލާލަމުން ލުޔޫން އަވަސް އަވަހަށް ޖަވާބު ދިނީ ސަލީމް އޭނާ ހުއްޓުވައިފާނެ ކަމުގެ ބިރަށެވެ.

ސަލީމް: “އެހެންތަ! އެކަމަކު ވަރަށް ވިއްސާރަކޮން  ދޯ މި އޮތީ… ލަސް ނުވެ ގެއަށް އަންނަންވާނެ އިނގޭ.. ”

ސަލީމް އިތުރަށް އެއްޗެކޭ ނުބުނީ އެކަމަކީ މާ ކުރިންވެސް ލީލާގެ ރުހުން ލިބިފަައިވާ ކަމެއްކަން އެނގުމުންނެވެ. އަދީ ވާރޭ ވެސް ހުއްޓާލާފައި ވުމުން ލުޔޫންގެ ހިތުގައި ޖެހޭފަދަ އެއްޗެކޭ ބުނަން ސަލީމް ބޭނުން ނުވީއެވެ.

 

ގޭގެ ހުޅުވިފައިވާ ދޮރާށި ކައިރިއަށް މަޑުކޮށްލި ކާރެއް ބަރުގޮނު އަޅާލި އަޑަށް ލުޔޫން ހެވިފައި އެދިމާއަށް ބަލާލިއެވެ. އަދި ދަނީ ކަމުގައި އަތުން ލީލާއަށް އިޝާރާތް ކޮއްލަމުން ދުވެފައި ގޮސް ކާރަށް އެރިއެވެ. ފަރުވާތެރިކަމާއި އެކުގައި ކާރާއި ދިމާލަށް ބަލަހައްޓައިގެން ހުރި ސަލީމް އަށް އެ ކާރު ތެރޭގައި އިނީ ކާކު ކަމެއް ވަކިވާވަރެއް ނުވިއެވެ.

ދުއްވަމުން ދިޔަ ކާރުގެ ދުވެލި މަޑުކޮއްލީ ރަށުގައި މީހުން އާބާދު ނުވެ އޮތް ފަޅު ހިސާބަކަށެވެ. ދިރޭ އެއްޗެއްގެ ނިޝާން ވެސް ފެންނަން ނެތް އެ ފަޅު ހިސާބުގައި ކާރުގެ ހެޑް ލައިޓުން މަގަށް އެޅިފައިވާ އަލި ނޫން އިތުރު އެއްވެސް އަލި ކަމެއްވެސް ފެންނާކަށް ނެތެވެ. ކާރުގެ ހެޑް ލައިޓު ނިއްވާލުމާއި އެކު މުޅިތަނަށް އަނދިރިކަން ވެރިވެގެން ދިޔައެވެ.

ލުޔޫން: ” އަޅޭ…. މިތަން ހާދަ ބިރުވެރިއޭ. ހިނގާބަ ކޮންމެވެސް އެހެން ތާކަށް ދާން ”

ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާ ލެވުމާއި އެކު ހިތުގައި އުފެދުނު ބިރުވެރި ކަމުގެ އިޙްސާސްތަށް ލުޔޫންގެ މޫނުމަތިން ހާމަވަމުން ދިޔައެވެ.

“ބިރު ގަންނަނީ…؟ ޖެހިގެން ހުރި ސީޓުގައި އިން ޒުވާނާ ލުޔޫންގެ އަތްތިލައިގައި ހިފާލައި އޭނަގެ މުށުތެރޭގައި އެ އަތްތިލަ ފޮރުވާލަމުން ސުވާލު ކޮށްލިއެވެ. އެވަގުތު ލުޔޫންއަށް އެ ޒުވާނާގެ  ތޫނު ނަޒަރުން އުނދަގޫ ކުރުވަމުން ދިޔައެވެ. ލުޔޫންއަށް ލަދުން އިސް ޖަހައިލެވުނީ އެ ޒުވާނާއާއި ހަތަރު ކަޅި ހަމަކޮށް ލޮލާއި ލޯ ސީދާކޮށްްލަން ފަސް ޖެހެވުމުންނެވެ. މަސްތީ ގޮތަކަށް ލުޔޫންގެ މޫނަށް ބަލަން އިން އެ ޒުވާނާ އަޅުވާފައިވާ ސީޓުބެލްޓް ނައްޓުވައިލި އަޑަށް ލުޔޫންއަށް ބަލައިލެވުނެވެ. އެ މާނަފުން ބެލުމުން ލުޔޫންގެ ހިތަށް ބުނެދެން ނޭނގޭކަހަލަ އަސަރު ތަކެއްެ ކުރުވަމުން ދިޔައެވެ. ދެ މީހުނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބެވުނީ ތަނެއްގައި ޖަހާފައިވާ ދެ ބުދު ފަދައިންނެވެ. ބަޔާންކޮށް ހާމަކޮށްދޭން ބޭނުންވި ކިތަންމެ ވާހަކައެއް  ދުލު ކުރީގައި ވީ ކަމުގައި ވިޔަސް އެވަގުތުކޮޅު ދެ މީހުންނަށް ވެސް ތިބެވުނީ ފާޑަކަށް ގަނޑުވެފައެވެ.

މަޑުމަޑުން ލުޔޫން އާއި ކައިރިވަމުން ދިޔަ އެ ޒުވާނާގެ، ނޭވާގެ ހޫނުކަން ލުޔޫންއަށް އިޙުސާސް ކުރެވެން ފެށުމުން ބޭއިޚުތިޔާރުގައި އޭނާއަށް ދެ ލޯ މަރާލައި، އިށީނދެެ އިން ސީޓުގައި އެއް އަތުން ބާރަށް ހިފަހައްޓައިލެވުނެވެ. އެވަގުތު ކުޑަކޮށް ތިރިކޮށްލެވުނު ސީޓާއި އެކު އެ ޒުވާނާ ލުޔޫންގެ ގައިގާ ބައްދާލިއެވެ.

ކާރުތެރެއަށް ވެރިވެފައިވާ ތެތްފިނިކަމުގެ ތެރެއިން އެކަކު އަނެކެއްގެ ހޫނުކަން ލިބިގަންނަމުން، އެ އުފާވެރި ކަމުގެ ތެރެއަށް ގެނބެމުން ދިޔަ ދެ ޒުވާނުންނަށް ކުއްލި ސިހުމެއް ލިބުނީ ކާރުގެ ދޮރާއި ދިމާލުން ޓޯޗެއްގެ އަލި ކާރު ތެރެއަށް އެޅުމުންނެވެ…  (ނުނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

June

Level 1

Other Articles

Previous

ކަލާޔާނުލާ ދިރުމެއްނެތެވެ. (12)

Next

އެދެނީ…(1)

Next
December 31, 2016

އެދެނީ…(1)

Previews
December 31, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (12)

25 Comments!

  1. maii says:
    December 31, 2016 at 10:45 pm

    Ooooooopus… Busted vy tha ehaa vagu vagah olhenikoh?? ???

    1. Ella says:
      January 1, 2017 at 12:00 am

      hehehe humm… busted 😀

  2. Nik says:
    December 31, 2016 at 11:18 pm

    Ahdhooooooiii. Hahahaha. Bust veee ????
    Btw v v salhi.

    1. Ella says:
      January 1, 2017 at 12:00 am

      thanks nik.. 🙂

  3. luyoon ge kokko says:
    January 1, 2017 at 12:17 am

    Good one Ella ? Even i want to fall into someone’s hand like that ???

    1. Ella says:
      January 1, 2017 at 6:21 pm

      haha will pray for you inge 😀

  4. Malak says:
    January 1, 2017 at 12:23 am

    Subooh bust v…. Hahah dhogu bunefaviyya dhany. Dhen bust vaane dhw. Evy rangalhah…..

    1. Ella says:
      January 1, 2017 at 11:38 am

      Malak dhanee mom kaireegabunrfathoa ekahalakameh kuran …..malak mum malak midhanee mihakaaekee ziney kohlan eirun bust nuvaanedhw thihiree dhen dhakaavaahaka malak

    2. Ella says:
      January 1, 2017 at 6:19 pm

      hahaha dhwww malak 😀

  5. delete says:
    January 1, 2017 at 11:48 am

    Reethi

    1. Ella says:
      January 1, 2017 at 6:15 pm

      thank you 🙂

  6. husna says:
    January 1, 2017 at 2:05 pm

    Liam faara laneekanneyynge haha!!!!!!

    1. Ella says:
      January 1, 2017 at 6:16 pm

      haha… lets seee 😀

  7. Maree says:
    January 1, 2017 at 2:31 pm

    V reethi

    1. Ella says:
      January 1, 2017 at 6:18 pm

      thank you 🙂

  8. Aiman says:
    January 1, 2017 at 4:40 pm

    Ey e malak ah adhi 13 aharu eyna ufan v surre aee bali kujje myhun ge ehyga than thanah dhany…. Xiney kuri kameh engifaeh nuvey muloomaathah takaa dhannavan…. Vvvv bodu vaahaka eh thibune vuny…

  9. Naadhee says:
    January 1, 2017 at 5:22 pm

    V reethi

    1. Ella says:
      January 1, 2017 at 6:16 pm

      Thank you 🙂

  10. Ella says:
    January 1, 2017 at 6:15 pm

    hei all…
    chill inge… its just a story…. and mivaahakaiga “malak” kiyaa ehves character eh noolheyne vaahaka kiyuntheringe mauloomaathahtakaa bunelan 🙂
    enjoy…. HYN to all

  11. Aiman says:
    January 1, 2017 at 7:40 pm

    Alhugandu hykury ulhey kamah. Ella egothr rood koh coment kuryma. Ehen myhun vx coment kuri. Ekam hama ella gelhuny malak aaaa dhi.. aeee ehvx gotheh nun hehehe….

    1. luyoon ge kokko says:
      January 1, 2017 at 8:02 pm

      Varah hithaama huri kameh. Vaahaka liyaa author ge comments e hunnanee fehi kulaiga.
      Dhen Ella ge namuga comment kuri kujjaa ah varah salaan. ????
      Mivaahaka liyun meehaa comment eh kuranya e comment eh innaanee fehi kulaiga kann neygi, vaahaka liyunu myhaa ge name ga comment kuraaneee varah galhi veeema kamah mi balaneee. Wallahi ?????

    2. Ella says:
      January 5, 2017 at 6:37 pm

      Luyoon ge kokko ge namuga hurimeehaa thankolhen hamaiga hurebala vaanuvaatha kaey … Masha. Egeyey neygi eh nooney einee Ella namuga comment kofaaa bolu rojjaa …
      Luyoon ge kokko ge namuga e comment ah reply dhinee maaboda galhi vefaa roajjakah veemaakamah mibalanee ella heevanee thiyaee hamaves nujehey kudakoh sikudi kada golayakaa V vatharu vaanuvaa ehevethaa dhw vaachoa viyas fukeh boduvaru thee dhen wallahi hama vachoaeh thee mihaaru eche visneynekamah mibalanee thikahala buraatginnah

  12. Hawwoo.... says:
    January 1, 2017 at 8:04 pm

    Subhaan allaah aiman thi knkameh. Boduvaru myhaku coment kuriyas. Mihaaru story eh kiyaalan nuvadhevey knmes myhaku myhakaa behilaafa onnaany. Mithan vx fasaadha vejje. Ella story vvv reethi ingey. 🙂

    1. Ella says:
      January 1, 2017 at 8:08 pm

      Thank you ? HPY

  13. Hawwoo.... says:
    January 1, 2017 at 8:11 pm

    Kekekekek dho

Comments are closed.

Next Episodeއަބަދަށް އެކީގާ… (03)←


All Right Reserved!