އޮފީހުގައި އެއްވެސް މަސައްކަތެއް ނުކޮށް އަހަރެން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ބަދަރު މަތީގައި ހުރި އޮފީހަކަށް ވުމުން އަހަންނަށް ބޭރުން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރެކެވެ. ނޫކުލައިން ޖަރީކުރެވިފައިވާ އެ އުޑާއި މޫދަށް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ކޮންއިރެއް ކަމެއްވެސް ނޭނގެއެވެ. އޮޔެ ގަދަ ކަމުން ކަނޑިންމައިގައި ހުރި ދޯނިފަހަރުތައް ދެފަރާތަށް ހެލިލަ ހެލިލަ އޮތް އިރު އަހަރެންގެ ހިޔާލުތައްވެސް އޯޔާގޮސް ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. […]
އިރުއޮއްސި ހަތެއް ޖަހައިފިއެވެ. އަހަރެން އިނީ އާޓިފިޝަލް ބީޗުގެ ވެލިގަނޑުގައި އިށީދެގެންނެވެ. އަހަރެންގެ ގާތުގައި ޝިނާހު އިނެވެ. ދެމީހުނެ ކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ. ދައްކަންޖެހޭ ވާހަކަ ގިނަކަމުން ފުރަތަމަ ދައްކަންވީ ކޮންވާހަކައެއް ކަން ނޭނގިގެން ދެމީހުންނަށްވެސް ހުރެވުނީ ކަންނޭގެއެވެ. ނޫނީ ދައްކަން ޖެހޭ ވާހަކައިގެ ޒާތުން އެވާހަކަ ދައްކަން ލަދުން ދެމީހުންވެސް ހުރީކަމަށް ވެދާނެއެވެ. “ލިއު. ލިއު ކުރަން ތިއުޅެނީ ވަރަށް ބޮޑުކަމެއް. އުނދަގޫކަމެއް. އަދި މީހުންގެ މެދުގަ ލިއު ބަދުނާމުވެގެން ދާނެ ކަމެއް” އެންމެ […]