ސަލަފްއަށް އިރުކޮޅަކަށް ހުރެވުނީ ޙަރަކާތެއް ގެންނަން ހަނދާންނެތިފައެވެ. ސަލަފްގެ ގަމީހުގައި ހިފަހައްޓާލި ގޮތަށް ޝާޔާ އިރުކޮޅަކު ހުރެފައި ކުއްލިއަކަށް ސޮހިގެން ތިރިއަށް ދާން ފެށުމުން ސަލަފް ޝާޔާ ނަގައި އަތްދަނޑި މައްޗަށް އުފުލާލީ ވަރަށް ލުއިކޮށެވެ. އެއްވެސް ބާރެއް ނެތް ހިކި ފަންގަނޑެއް އުފުލާލާހާ ފަސޭހައިން ޝާޔާ ނަގައިގެން ސަލަފް ހިނގައިގަތީ އޭނާގެ ކެބިންއަށެވެ. އެތަނުގައި ހުންނަ ސޯފާތަކުގައި ޝާޔާ ބޭއްވުމަށްފަހު ސަލަފް ކާރު ޑްރައިވަރަށް ގުޅާ އެތަނަށް އައުމަށް އެދުނެވެ. އިރުކޮޅަކުން ފެނުނީ ޝާޔާ […]
“މިޝްކާ” އަކީ އަނދިރިވުމުން ބައްތިއެއް ބެހެއްޓުމަށްޓަކައި ގެތަކުގެ ފާރުތަކުގައި އަޑިކޮށް ހަދާފައި ހުންނަ އެއްޗެކެވެ. އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓުމުން އޭގެ ސަބަބުން މުޅި ގެއަށް އަލިކަން ފެތުރިގެން ދާނެއެވެ. މިއަދު ވިސާމްގެ ޙަޔާތަށްވަނީ އަނދިރިކަން ވެރިވެފައެވެ. މި ދަރިފުޅު މެދުވެރިވެގެން އޭނަގެ ޙަޔާތް އަލިވެގެން ދާނެކަމަށް އޭނައަށް އުއްމީދުކުރެވުނެވެ. މިފަހަރު ވިސާމް އުއްމީދު ކުރި ގޮތަށް ކަންތައްވިއެވެ. މިޝްކާ ހަމަ ވެގެން ދިޔައީ އޭނަގެ ޙަޔާތަށް އައި ފަނޑުނުވާފަދަ އައްޔެއް ފަތުރައިދިން ފަރާތަކަށެވެ. މިޝްކާއާއެކީގައި […]
ހަމްނާ ކައިރިން ހުއްދައެއް ހޯދުމަށްފަހު އަޔާން ކިއާރާ ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ކިއާރާ މައިޝާ އަށް ގުޅާލީ އަޔާން ކާރު ސްޓާރޓްކޮށްލުމުންނެވެ. “މައި……” އެކޮޅުން ފޯނު ނެގުމުން ކިއާރާ ގޮޮޮވާލިއެވެ.. “ކީކޭ ކީޓީ؟ ހުރިހާ ކަމެއް އޯކޭތަ؟ ޒާން ބުނި މިއަދު ބަލިވެގެން އޮފީހަށްވެސް ނާދޭ.. އަދި ގުޅައިނުލެވިގެން މިއުޅެނީ…” މައިޝާ އެކޮޅުން ބުނި އަޑުއިވުނެވެ.. ވާނީވެސް އެހެނެއް ނޫންހެއްޔެވެ. އޭނާ އުޅެނީ 5 މަހުގެ ބަނޑަކާއި އެކުގައެވެ.. އޭނާވެސް އަރާމު ކުރުން ނޫންކަމެއް ޒާއިންގެ […]
ފަތުހީ ދުރަށްދިޔައީ ކިއާރާމެން ކެއުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދެމުންނެވެ. ކިއާރާ ހިނިތުންވެލައިގެން އިނެއްކަމަކު އިނީ ހިތްއަވަސްވެފައެވެ. އިރު އިރުކޮޅާ އަޔާން އާއި ދިމާ ބަލައިލެވެއެއެވެ. ހަޤީޤަތަށްވެސް އޭނާ ދެން އުޅެން ޖެހޭނީ އަޔާންއާއި އެކު ހެއްޔެވެ؟ އެހާ ފަސޭހައިން އެކަން ވީހެއްޔެވެ؟ އޭނާގެ ދިރިއުޅުމަށް ހަމަ އަޔާން އައީބާއެވެ؟ ކިއާރާ ބަލަން އިނުމުން އަޔާން އެއް ލޯ މަރާލަމުން ލޯބީގެ ދެތިން ބަސް ކިއާރާއަށް އިވޭވަރަށް ބުނެލީ އޭނާ ލަދުގަންނާނެކަން އިނގޭތީއެވެ. ކަންވީވެސް އެހެންނެވެ. ކިއާރާ […]
ދުވަސް އައިސް ޖެހުނީ ހީވެސްނުކުރާހާ އަވަހަށެވެ. ކިއާރާ ބޭނުންވާގޮތަށް ހުރިހާ ކަންތަށް ނިމިގެން ދިޔައީ ވަގުތުނުވެސް ޖެހެނީހެވެ. އެންމެންނަށްވެސް ކިއާރާގެ އެ ވެޑިން ޕްލޭން ކަމުދިޔައެވެ. ހަމައެހެންމެ ކިއާރާ އަށް ތައުރީފްވެސް ކުރިއެވެ. ދަރުބާރުގޭގައި ތައްޔާރުކުރެވެމުން ދިޔަ ޕާޓީގެ ކަންތަށް ގާތުން ބަލަމުންދިޔައީ ސަމާހްއާއި ދީމާއެވެ. އެކަމުގެ ސަބަބުން އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ކައިރިވެ ހިސާބަކަށް މެދުގައި އޮތް ދުރުކަން ނެތިގެން ދިޔައެވެ. މާލޭގެ ރައްޔިތުން ދިޔައީ އެ ދުވަހަށް އަތުކުރި އޮޅާލައިގެން ތައްޔާރުވަމުންނެވެ. […]
“ޒާމިން..! އާދެވުނީ ދޯ؟ އަވަހަށް އާދޭ އެތެރެއަށް…” ނަޝްފާ ދޮރުމަތީގައި ހުރި ރާހުލްގެ އަތުގައި ހިފައި އެއްފަރާތްކޮށްލަމުން ޒާމިން ވަންނަން ތަން ދެއްކިއެވެ. އޭރުވެސް ރާހުލް އެއްފަހަރު ޒާމިންއަށް އަނެއްފަހަރު ނަޝްފާއަށް ހައިރާންކަމާއެކު ބަލަމުން ގެންދިޔައެވެ. ޒާމިން އެ ބުނާ މަންމައަކީ ނަޝްފާ ހެއްޔެވެ؟ “ނަޝް.. މީ؟” ނަޝްފާއަށް ބަލަހައްޓައިގެން ހުރެ ޒާމިންއަަށް އިޝާރާތްކޮށްލަމުން ރާހުލް އަހާލިއެވެ. ހީލުންނޫން އިތުރު ޖަވާބެއް ނަޝްފާ ނުދިނެވެ. “އާދޭ.. އިށީންދޭ އަވަހަށް..” ޒާމިންގެ އަތުގައި ހިފައިގެން ގޮސް ނަޝްފާ ސޯފާއެއްގައި […]
ވެރސައިއަކީ ފަރަންސޭސްގެ ޝާހީ ޢާއިލާއާއި ނައިޓްތަކާއި،ޑިއުކްސްތަކާއި ޑަޗެސް ތަކާއި ސަރުކާރުގެ އެންމެ އިސް މަޤާމު ތަކުގެ ބޭފުޅުންނަށް ޚާއްސަވެގެންވާ ބޮޑު ސިޓީއެއްފަދަ ތަނެކެވެ. މިސިޓީގައި އުޅެމުން ދިޔައީ ފަރަންސޭސް ވިލާތުގެ ވެރސައިގެ ޖެނެރަލްއެވެ. އެ ޖެނެރަލް އަކީ ހަތަރު އަންހެން ދަރިންގެ ބައްޕައެކެވެ. އެ ޖެނެރަލް ގެ އަނބިކަނބަލުން ފަސްވަނަ ދަރިކަލަކަށް ބަނޑުބޮޑުވެ ވިހަން އޮތީ ވައްދާފައެވެ. އެ ވަގުތާ ދިމާކޮށް ވާރޭވެހެން ފެށިއެވެ. ވިދާ ގުގުރަނީއެވެ. އެދުވަހު ހިނގަން އޮތް ކަމަކީ އެގޭގެ އެކަކަށްވެސަ ހިތައް […]
ވަރަށް އަވަހަށް ނިކުންނަނީ ނާފް އަދި އިފާގެ ހަޔާތުން ސިފްހާއެއް……. އިންތިޒާރު ކޮށްލަވާ.
އައިޝާ” ގެ ކިޔުންތެރިންނަށް މިވާހަކަ އަޕްލޯޑް ކުރަމުންދާ ގޮތާ މެދު ކިޔުންތެރިން ހިތްހަމަނުޖެހުން ފާޅުކުރަމުން ދާތީ އެކަމަށް ވަރަށް ބޮޑަށް މާފަށް އެދެމެވެ. އަސްލު އެހެންވަނީ ހައްޔު ލިޔަމުން އަޕްލޯޑް ކުރަމުން ދާތީ ކަމަށްވުމާއެކު ދެން ވާހަކަ އަޕްލޯޑްކުރަން ފަށާނީ އެއްކޮށް ލިޔެ ނިންމާފައެވެ. އެހެންކަމުން ހައްޔުގެ ސަބަބުން ކިޔުންތެރިންނަށް ދިމާވި ހިތްހަމަނުޖެހުމަށް ނިހާޔަތަށް މާފަށް އެދެމެވެ . -ހައްޔު-