Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (9ވަނަ ބައި)

Ifaau
January 9, 2017
5 Mins Read
39 Views
21 Comments

ހޮނިހިރު ދުވަހެވެ. އައުސް އުޅުނީ މިއަދު އައްޑުއަށް ފުރަން ދަތުރަށް ތައްޔާރުވާށެވެ. ޒީޝާ އައުސްގެ ދަބަހަށް އެއްޗެހި އަޅައިދޭން އުޅުނެވެ.

“ދެން އަންނާކީ ކޮން ދުވަހަކުން؟” ދެރަވެލާފައި ޒީޝާ އަހައިލިއެވެ. އައުސް މާލެއިން ބޭރަށް ދިއުމަކީ ޒީޝާގެ ހިތަކަށް އެއްގޮތަކަށްވެސް ކެތްވާވަރު ކަމެއް ނޫނެވެ.

“ދެން ނާންނާނަށް… އެކޮޅުން މީހަކާ އިނދެގެން އުޅޭނީ!” ޒީޝާގެ ނިތްކުރީގައި އަތުން ޖަހައިލަމުން އައުސް ބުނެލިއެވެ.

“ހުއް… އަދި ފޮނިވެޔެއްނު އެބަ!!” ތުން ދަމައިލަމުން ޒީޝާ ބުނެލިއެވެ. ފާޑަަކަށް ބަލަހައްޓައިގެން އާލިމްވެސް އެތާންގައި އިނެވެ.

“ޒީ އާދެބަލަ….” ބޭރުން އަމީރާ ގޮވައިލުމުން ޒީޝާ އެވަގުތު ނިކުމެގެން ދިޔައެވެ.

“ދާހިތުންތަ ތި ދަނީ؟” އައުސް ކައިރިޔަށް ޖެހިލަމުން އާލިމް އަހައިލިއެވެ. އައުސް ބޯ ހޫރައިލިއެވެ.

“އޯކޭ ވާނެ… ޕާސްޓް އިސް ޕާސްޓް!” އައުސްގެ ބުރަކަަށީގައި ފިރުމައިލަމުން އާލިމް ބުނެލިއެވެ. އައުސް ކުޑަކޮށް ހިނިތުންވެލިއެވެ. އައުސް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މާލެއިން ބޭރަށް ދާތީ އާލިމް ހުރީ ވަރަށް އުފާވެފައެވެ. އާލިމްއާއި ޒީޝާގެ ދެމެދަށް އެޅޭނެ ހުރަހެއް ނެތުމުންނެވެ.

“ދެން ތި ދަނީތަ؟” އައުސް ދާންވެގެން ގެއިން ނިކުތުމުން ޒީޝާ އަހައިލިއެވެ.

“އާނ އެކޭ ދެން ނާންނާނަށް ދުވަހަކުވެސް….” ހެމުން ހެމުން އައުސް ބުނެލިއެވެ. އައުސް އެހެން ބުނުމުން އެންމެންނަށްވެސް ހެވުނެވެ. އެންމެންނާއި ސަލާމްކޮށްފައި އައުސް ހުޅުލޭ ފެރީޓާމިނަލްއަށް މިސްރާބުޖެހިއެވެ. ޓާމިނަލް ކައިރިން އައިޝާއާއި އައުސްމެންގެ ޓީމުގައި ބައިވެރިވާ ހުރިހާ ކުދިންނާއި ދިމާވިއެވެ. ހުޅުލެއަށް ދިޔައީ އެންމެން އެކީގައެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ފިނި ވައި ރޯޅިތައް ބީހެމުންދިޔައިރު ޓެރެސްމަތީގައި، ރެއިލިންގައި ލެނގިލައިގެން މަގު މައްޗައް ބަލަން ލައިޝާހުރީ ފުން ހިޔާލަކަށް ގެއްލިފައެވެ. ދުރުން ފެންނަ ހިތްގައިމު ވާދީތަކާއި ފަރުބަދަތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ހަލަބޮލިވެފައިވާ މަގުމައްޗައް ބަލަންހުރީ އެކި މީހުންކުރާ އެކި އެކި ކަންތައްތައް ބަލައިލުމުގެ ގޮތުންނެވެ. ހިތުގައި އެތައް ހައިޖާނެއް އުފެދެމުންދިޔައެވެ. ނޭންގެ ހަމަ ޖެހުމެއް ލިބެން އުޅޭހެން ހީވެއެވެ. ބަޔެއްފަަހަރު ހިނިތުންވެލައެވެ. އަނެއްބައި ފަހަރު ފެންކަޅިވެއެވެ. އެކިއެކި އިހުސާސްތައް އުތުރި އަރަމުންދިޔައެވެ. މިވާން އުޅޭ ގޮތެއް ޚުދު ލައިޝާއަށް ވެސް ނޭންގޭ ކަހަލައެވެ. ކޮންމެވެސް މީހެއްގެ ބާރުން ހިތާ ކުޅެމުންދާހެންވެސް ހީވެއެވެ.

“ލައި….” ލައިޝާ ސިއްސައިގެން ދިޔައީ ދާދި ކައިރިން ނިކް ގޮވައިލުމުންނެވެ. ލައިޝާ ފަހަތް ބަލައިލިއިރު ކޮފީ ޖޯޑެއް ހިފައިގެން ނިކް އަންނަނީއެވެ. ނިކް ދިއްކޮށްލި ކޮފީ ޖޯޑުގައި ހިފުމަށްފަހު އަނެއްކާވެސް ލައިޝާ ތިރިޔަށް ބަލަމުން ދިޔައެވެ.

“ކޮންމެ ދުވަހަކު މަގުމައްޗައް ބަލަން ހުރެ ކޯންޗެއް ވިސްނަނީ؟” އިނގިރޭސިން ނިކް އަހައިލިއެވެ.

“މީހުން އުފަލާ މަޖަލުގަ އުޅޭއިރު އަހަރެން ކިހާ އެކަނިވެރިހޭ!” ލައިޝާ ބުނެލިއެވެ.

“ކާކު ބުނީ ލައި ތީ އެކަނިވެރިޔެކޭ؟ އަހަރެންވެސް މިހުރީނު….” ލައިޝާގެ މޫނަށް ބަލައިލަމުން ނިކް ބުނެލިއެވެ.

“ކައިރީ ކިތަންމެ ވަރަކަށް ދުނިޔޭގެ އެންމެން އެނބުރުނަސް ހިތުގަ ހުސްވެފަހުރި ޖާގަ ފުރިހަމައެއް ނުވާނެ…” މިހެން ބުނުމަށްފަހު ލައިޝާ އެތަނުން ދާން ހިނގައިގަތެވެ. ލައިޝާ ދިއުމުން ނިކް ފުން ނޭވައެއް ދޫކޮށްލިއެވެ. އެއީ އެއްގޮތަކަށް ކުރިޔަށްދާ މައުޟޫއެއް ނުނެވެ. ކޮންމެ ފަހަރަކުވެސް ލައިޝާގެ ފަރާތުން އަންނަނީ އެފަދަ ޖަވާބެެކެވެ.

އައްޑޫ ފަސްގަނޑުގައި ފައި ޖެހުމާއި އެކީ އައުސްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ކާރުގައި ދުއްވާފައި ހުރިހާ އެންމެންވެސް ދިޔައީ ހިތަދޫއަށެވެ. ހަފްތާއެއް ވަންދެން ހުރިހާ އެންމެން އުޅެން ވަކިން ގެޔެއް ހުރީ ހިފާފައެވެ. ފަސް ދުވަސް ވަންދެން ތައްޔާރުވުމަށްފަހު ހަވަނަވަނަ ދުވަހުގެ ރޭ އޮތީ ފެޝަން ޝޯވ އެކެވެ.

އިރު އޮއްސި އަނދިރިވީ ވަގުތު އައުސް ނިކުތީ ކުޑަކޮށް ހިނގައިލާށެވެ. ހިނގަމުން ހިނގަމުން އައުސްއަށް ފޭބުނީ ގޮނޑު ދޮށަށެވެ. ފޯނުން އިރު އޮއްސޭ މަންޒަރު ފޮޓޯ ނަގަން ހުއްޓައި ލޮލުގައި އަޅައިގަތީ ގަލެއްގެ މަތީގައި ފުރަގަހަށް އިށީންދެލައިގެން ހުދު ހެދުމެއްގައި އިން އަންހެން ކުއްޖެކެވެ. އައުސްގެ މޭގަނޑު އަތައް ނައީ ކިރިޔާއެވެ. އެވަގުތު އައުސް ވަށައިގެން މުޅި މާހައުލަށް ބަލައިލިއެވެ. މިއީ ހަމަ އެތަނެވެ. މިއީ ހަމަ އެވަގުތެވެ. އެކަމަކު މިއީ އެދުވަހެއް ނޫނެވެ. ކުރިމަތީ ފެންނަން އިން އަންހެން ކުއްޖާއާއި ދިމާއަށް އައުސްއަށް އިހްތިޔާރަކާއި ނުލައި ހިނގައިގަނެވުނެވެ. ނަމަވެސް ހުއްޓުންއެރީ އެކުއްޖާ ތެދުވުމަށްފަހު ފަހަތައް އެނބުރެލުމުންނެވެ. ކުރިމަތީ ހުރި އައިޝާ ފެނުމުން އައުސް އެކީ ގަނޑުވިއެވެ.

“އައުސް…” ގަނޑުވެފައި ހުރި އައުސް ސިހުނީ އައިޝާ ގޮވައިލިމުންނެވެ.

“ކީއްކުރަނީ؟” އައިޝާ އަހައިލިއެވެ. ހާސްވެފައި ހުރި ވަރުން ބުނާނެ އެއްޗެއްވެސް ނޭންގިފައި އައިޝާގެ މޫނަށް ބަލަން އައުސް ހުރީއެވެ.

“އައުސް!!!” އައުސް އަނގައިން ނުބުނުމުން އަނެއްކާވެސް އައިޝާ ގޮވައިލިއެވެ.

“ސޮރީ……” އައުސް ބުނެލިއެވެ. އައުސް ހުރިގޮތުން އައިޝާ ލޯހަނިކޮށްލާފައި އައުސްގެ މޫނަށް ބަލައިލިއެވެ. އައުސް އެހެން ހުންނަން ފެށުމުން އައިޝާ އެތަނުންދާން ހިނގައިގަތެވެ. އައުސް ފަހަތަށް އެނބުރިފައި އައިޝާ ދިޔަ ދިމާއަށް ބަލައިލިއެވެ. އޭރު މުޅި މާހައުލު އެކީ އަނދިރިވެފައި ހުރުމުން އައުސްވެސް އަވަަހަށް ދިޔައީ ގެޔަށް ދާށެވެ.

ގެޔަށް އައި އިރު ހުރިހާ އެންމެން ސިޓިން ރޫމުގައި މަޖާ ކުރަމުން ދިޔައެވެ. ނަމަވެސް އެއްވެސް ކަމަކާ އަޅައިނުލާ އައުސް ކޮޓަރިޔަށްވަދެ އެނދުމަތީ އޮށޯވެލިއެވެ. އެވަގުތު އެދުވަސް އައުސްގެ ލޯމަތީ ސިފަވަމުން ދިޔައެވެ.

އެއީ ގްރޭޑް 10 ނިމުން އަހަރެވެ. އާލިމްގެ ރައްޓެހި ކުއްޖެއްގެ ކައިވެނި ޕާޓީއަށް އައްޑޫއަށް ދިޔައީ އައުސްވެސް ގޮވައިގެންނެވެ. އޭރުގައިވެސް ފޮޓޯ ނެގުމަކީ އައުސް ވަރަށް ކުރާހިތްވާ ކަމެކެވެ. އައްޑުއަށް ފޭބުމަށްފަހު އެއާރޕޯޓު ތެރޭގައިވެސް އައުސް އައީ އެތައް ފޮޓޯއެއް ނަގައިފައެވެ. އައި މަގުމަތީގައި ނެގި ފޮޓޯތަކަށް އައުސްއަށް ބަލައިލެވުނީ އެރޭ ނިދަން އަރާފައެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދަނިކޮށް އައުސް ހުއްޓުންއެރީ އާލިމްއަށް ފޯކަސް ކޮށްގެން ނަގަން އުޅެފައި ހުރި ފޮޓޯއެއް ހުދު ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖަކަށް ފޯކަސް ވެފައި ހުރުމުންނެވެ. އައުސް އެކުއްޖާއަށް ވަރަށް ރަގަޅަށް ބަލައިލިއެވެ. އެކުއްޖާ ހުރި ގޮތުން ހީވަނީ ހަމަ ފޮޓޯއަކަށް ހުއްޓިލައިގެން ހުރިހެންނެެވެ. ދޫކޮށްލެވިފައިވާ ބުޅި އިސްތަށިގަނޑު އަތުގެ އުޅަނބޮއްޓާއި ހިސާބަށް އަރައެވެ. ހުރިހާ ދަތެއް ފެންނަގޮތައް ހިނިތުންވެލައިގެން ހުރި އިރު ހީވަނީ ބޭރުގެ މޮޑެލްއެއް ހެންނެވެ. ހަށިގަނޑުގެ ކުލައިންވެސް އެއީ ބޭރު ކުއްޖެންހެން ހީވެއެވެ. ފޮޓޯއަށް ގެއްލިފައި އިންދައި އައުސް ސިހުނީ އާލިމް ބޮލުގައި އަތްއަޅައި ކޮށްޕައިލުމުނެވެ.

“ތިއްތި ބަލާބަ… މި ދުނިޔެމަތީ ކަމެއްތަ؟ ޕިއޯ ބިއުޓީ…” އާލިމްއަށް އެފޮޓޯ ދައްކައިލަމުން އައުސް ބުނެލިއެވެ. އާލިމްއަށްވެސް އެ ފޮޓޯ ފެނިފައި ވީ ހަމަ އެވަރެވެ. ދެން ދެމީހުން ހަނދާން ކުރަމުން ދިޔައީ އެފޮޓޯ ނެގުނު ވަގުތެކެވެ. ހަމަލޮލުން އެކުއްޖާ ފެނުން ހަނދާނެއް އެކަކުވެސް ނުވިއެވެ.

“ޖިންނިއެއް ކަންނޭންގެ ދޯ!” ބޯކަހައިލަމުން އައުސް އެންމެ ފަހުން ބުނެލިއެވެ. އާލިމްވެސް ވެދާނެއޭ ބުނެ އެވާހަކަ ބޭއްވީއެވެ. ނަމަވެސް އައުސްއަކަށް އެކަމާ ނުވިސްނައެއް ނުހުރެވުނެވެ. އަބަދުވެސް އިނދެވެނީ އެފޮޓޯއަށް ބަލާށެވެ.

ކައިވެނި ޕާޓީ އޮތީ ހުކުރު ދުވަހުގެ ހަވީރުއެވެ. ގޮނޑުދޮށުގައި އޮތް މި ޕާޓީއަށް ހިތަދޫގެ ގިނަ ރައްޔިތުން ތަކެއް އަންނަމުން ދިޔައެވެ. އާލިމް ރައްޓެހިންނާއި އެކު މަޖާކުރަމުން ދިޔައިރު، އައުސް އުޅުނީ ކެމެރާއިން މޮޅެތި ފޮޓޯ ނެގޭތޯއެވެ. މިގޮތައް ފޮޓޯ ނެގުމުގައި އުޅެނިކޮށް ޕާޓީ ގަޑި ހަމަވެ މީހުން މަދުވަމުން ދިޔައެވެ. އޭރު އިރު އޮއްސެމުން ދިޔައެވެ. އިރުއޮއްސޭ މަންޒަރު ފޮޓޯއެއް ނަގައިލަން ކެމެރޭ ހިފައިގެން ގޮނޑު ދޮށަށް ފޭބި ވަގުތު އައުސްގެ ލޮލުގައި އަޅައިގަތީ އެކަނި ފަރި ހިނގުމެއްގައި ހިނގާލައިފައި އަންނަމުންދިޔަ އަންހެން ކުއްޖާއެވެ. ވަގުތުން އައުސްއަށް ސިފަވެގެން ދިޔައީ ރޭގައި ފެނުން ފޮޓޯއެވެ. އެއީ ހަމަ އެކުއްޖާއެވެ. އެއިސްތަށިގަނޑެވެ. އެދެލޮލެވެ. އެތުންފަތެވެ. ހަމަލޮލުން އެ އަންހެން ކުއްޖާ ފެނުމުން އައުސް ހުރީ ގަބުވެފައެވެ. ހިތް ކީވަރުން ހިތް ނުހުއްޓިހުރީ ކިރިޔާއެވެ. އެކުއްޖާ އައުސްގެ ކުރިންމަތިން ލާފައި ގޮސް އޮބައިލަންދެން އައުސްއަށް ހުރެވުނީ ހަމަ އެހެންނެވެ.

“އައުސް….” އައުސްއަށް ހޭވެރިކަންވީ އާލިމް އައިސް ކޮނޑުގައި ޖަހައިލުމުންނެވެ.

“އެ ކުއްޖާ!!” އެކުއްޖާ ދިޔަ ދިމާއަށް އިނގިލި ދިއްކޮށްލަމުން އައުސްއަށް ބުނެވުނީ އެހެންނެވެ. އޭރުވެސް އައުސްގެ ނަޒަރު ހުރީ އެއަންހެން ކުއްޖާ ހިނގާފައި ދިޔަ ދިމާއަށެވެ.

“ކޮން ކުއްޖާ؟؟” އައުސް ބަލަމުން ދިޔަ ދިމާއަށް ބަލައިލަމުން އާލިމް ސުވާލުން ފުރިގެންވާ ރާގަކަށް ބުނެލިއެވެ.

“އެކުއްޖާ އެބަ އުޅޭ މިތާ….” މިހެން ބުނުމަށްފަހު އައުސް ދުވެލާފައި އެކުއްޖާ ދިޔަ ދިމާއަށް ދުއްވައިގަތެވެ. އާލިމްހުރީ އައުސް އުޅެމުންދިޔަ ގޮތް ފެނިފައި ވާނުވާގައެވެ.

ޕާޓީ އޮތް ސަރަހައްދަށް ގޮސް އައުސް ކޮޅުކޮޅު ހޯދަމުން ދިޔައެވެ.

“އައުސް ކިހިނެއް ވެގެން ތިއުޅެނީ؟” ހިންޏެއް އަރައިގެން އުޅޭ މީހެއް ފަދައިން އައުސް އުޅެމުން ދަނިކޮށް އާލިމް އަހައިލިއެވެ. އައުސް އާލިމްއަށް ބަލައިލި ވަގުތު ފަހަތުން ދުވަމުން އައި އަންހެން ކުއްޖެއް އައުސްގެ ގައިގައި ޖެހިފައި ވެއްޓުނެވެ. ސިހިފައި އައުސްއަށް ފަހަތް ބަލައިލެވުނެވެ. އެވަގުތު ބިންމަތީގައި ވެއްޓިފައި އޮތް އަންހެން ކުއްޖާ ފެނުމުން އައުސްގެ މޭގަނޑު އަތައް ނައީ ކިރިޔާއެވެ. އަނގައިންވެސް ނުބުނެވިފައި އައުސް އެކުއްޖާއަށް ބަލަން ހުރީއެވެ. އެކުއްޖާ އައުސްއަށް ބަލައިލުމަށްފަހު ތުންދަމައިލުމަށްފަހު ތެދުވިއެވެ.

“އައުސް….” އަނެއްކާވެސް އައުސް ސިހުނީ އާލިމް ގޮވައިލުމުންނެވެ.

“ސޮރީ!” މިއުޒިކެއްފަދަ ރީތި އަޑުން އެހެން ބުނެލުމަށްފަހު އެކުއްޖާ އައިކޮޅަށް ދާން ހިނގައިގަތެވެ.

“އެ އޭ… ކޮން ނަމެއް ކިޔަނީ؟” އެކުއްޖާ ދާން ހިނގައިގަތުމުން އާލިމް ގޮވައިލިއެވެ. އާލިމްގެ އަޑަށް އެކުއްޖާ ފަހަތައް އެނބުރެލިއެވެ.

“އަހަރެންގެ ކޮއްކޮއަށް ތިކުއްޖާ ރީތިވެގެން އުޅޭތީ އެހެން މި އަހާލީ… ރޭގަ ނުވެސް ނިދާ އުޅުނީ!” އައުސްގެ ކޮނޑަށް އަތް ވައްޓައިލަމުން ބުނެލިއެވެ. ހެމުން ހެމުން އެކުއްޖާ ދާން ހިނގައިގަތެވެ.

“ދެން މޮޔަވޭ!! ބަލައިގެން ސެޓުވާނެ ނަމަ މިހާރު ވެފަ ހުންނާނީ! ދެން ތި ހުވަފެން ބެލުން ހުއްޓާލަ…” ހެމުން ހެމުން އާލިމް ބުނެލިއެވެ. އާލިމް މިހެން ބުނުމުން ލަދުން ހުރެ އައުސް ބޯ ކަަހައިލިއެވެ.

“އައުސް” ހިޔާލަކަށް ގެއްލިފައި އޮތް އައުސް ސިއްސައިގެން ދިޔައީ ކައިރިން މީހަކު ގޮވައިލުމުންނެވެ. އޭރު އައުސްއާ އެކީ މަސައްކަތްކުރާ ކުއްޖަކު ކޮޓަރިތެރޭގައި ހުއްޓެވެ.

“ހިނގާ ކާން ދާން؟” ކަރަމް އައުސްއަށް ކާން ގޮވުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ.

“ފަރީ! ރީތިކޮށް ބުނެބަލަ ލައިޝާ ވީތަނެއް؟” ރިޔާޒް ފަރީޝާގެ އަތުގައި ހިފައިލަމުން އަހައިލިއެވެ. އޭރު ދެމީހުން ތިބީ ފަރީޝާގެ ކޮޓަރީގައެވެ. ދެމީހުން އެނދުމަތީ އޮށޯވެލައިގެން ތިބިއިރު ރިޔާޒް އޮތީ ސިނގިރޭޓެއް ދަމާށެވެ.

“އެޔެއް ނުބަލާ ދެން!” ފަރީޝާ ބުނެލިއެވެ.

“ފަރީ އޭނަޔަށް ހެދި ގޮތެއް ބުނެބަލަ؟” އަނެއްކާވެސް ރިޔާޒް އަހައިލިއެވެ. އަދި ފަރީޝާ ކައިރިޔަށް ދަމައިލިއެވެ.

“ނުދަންނަ ބަޔަކަށް ވިއްކާލީ!” ރިޔާޒްގެ މޫނަށް ބަލައިލަމުން ފަރީޝާ ބުނެލިއެވެ.

“ފަރީއަށް ކެރުންކަން! އަމިއްލަ ދަރިޔަށްވެސް ކިހާ ބޮޑު އަނިޔާއެއް!!” ރިޔާޒް ބުނެލިއެވެ.

“ރިޔާޒްގެ އަތުން ލައިޝާއަށް ލިބޭނެ އަނިޔާ މާ ބޮޑުވާނެ! ލިބުން އަނިޔާވެސް ކިހާ ބޮޑު؟ އޭގެ ސަބަބުން އަމިއްލަ ދަރިފުޅުގެ ލޯބިންވެސް މަހުރޫމުވީ!” ތަންކޮޅެއް ބާރަށް ފަރީޝާ ބުނެލިއެވެ.

“ހަޅޭތްނުލަވަ ބަލަ!” ރިޔާޒްވެސް މިފަހަރު ވާހަކަ ދެއްކީ ބާރަށެވެ.

“އަހަރެން ބިރު ނުގަންނަވައްޗޭ! އަހަރެން ރިޔާޒް މިގެޔަށް ވެއްދީ ރިޔާޒްދެކެ ލޯބިވާތީ… އަހަރެން ބިރުގަންނަވަން ހިތުވެސް ނުލާތީ!” ފަރީޝާ މިހެން ބުނެލުމުން ރިޔާޒް ހިނިގަނޑެއް ޖަހައިލުމަށްފަހު އެނދުން ތެދުވިއެވެ. އަދި އަތުގައި އޮތް ފޯނު ފަރިޝާއަށް ދައްކައިލިއެވެ. އެފޯނުގައި ވަނީ ދެންމެ ދެމީހުން ދެއްކި ހުރިހާ ވާހަކައެއް ރިކޯޑު ކުރެވިފައެވެ. ވަގުތުން ފަރީޝާގެ މުޅި ގައިން ދާހިއްލައިގަތެވެ.

“ކޮބާ ހީވޭ ކަމެއްހެން؟” ފަރީޝާ ކައިރިޔަށް ޖެހިލަމުން ރިޔާޒް ބުނެލިއެވެ. އެވަގުތު ފަރީޝާ ރިޔާޒްއަތުން ފޯނު އަތުލެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

“ހުރި ނުބައިކަން ބަލާބަލަ…. ކަލޭ ދުވަހަކު ރަގަޅެއް ނުވާނެ!” ފަރީޝާ މިހެން ބުނުމަށްފަހު ރިޔާޒްގެ އަތުގައި އޮޅުލައިގަތެވެ. އަދި ފޯނު އަތުލެވޭތޯ އުޅުނެވެ. ރިޔާޒް ކުއްލިއަކަށް ވަރަށް ބާރަށް ފަރީޝާ ފޮޅުވައިލިއެވެ. އެދިޔަ ބާރުމިނުގައި ފަރީޝާ ގޮސް ޖެހުނީ އެނދުގެ ފައިގައެވެ. ވީތަދުން ފަރީޝާ އަނބުރައިގަނެގެން ތަޅުންގަނޑު މައްޗައް ވެއްޓުނެވެ. (ނުނިމޭ)

 

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ލައިފް (2 ވަނަ ބައި)

Next

ވަންހަނާ (11)

Next
January 9, 2017

ވަންހަނާ (11)

Previews
January 9, 2017

ލައިފް (2 ވަނަ ބައި)

21 Comments

  1. cute handi says:
    January 9, 2017 at 6:07 pm

    yay

  2. އުމީ says:
    January 9, 2017 at 6:08 pm

    ފަރީޝާއާ ރިޔާޒް މިކުޅޭ ކުޅިގަނޑު މާ މަޖަލެއްނު ކެކެކެކެ

  3. Miya says:
    January 9, 2017 at 6:09 pm

    MaSha allah bt little bit kury.

  4. Flower says:
    January 9, 2017 at 6:14 pm

    Sirrun furiha oiy vaahaka eh. Very interesting. Waiting waiting waiting.

  5. cute handi says:
    January 9, 2017 at 6:15 pm

    omo m first……. wow…… nice story…. avahah up kurachey……

  6. Aus says:
    January 9, 2017 at 6:22 pm

    Avahah thi recording aisha ah ivvaafa massala ninman ulhey. Alhey haadha loabikoshey aus and laige love story feshunee.. Ebai maa kiyaa hiyvey…. Next past ga thankolheh bodukoh ebai genesdheebala please❤❤

  7. Dhaleyka says:
    January 9, 2017 at 6:26 pm

    Fareesha mi hadhany thedhehtha anekka??

  8. Avy says:
    January 9, 2017 at 6:33 pm

    Neynge mivaan ulhey gotheh Dhaleyka. Kuriyah huri part thah keema ingeynee. Ifaau I request dhiguko upload kuran. Please!!!

  9. Maai says:
    January 9, 2017 at 6:42 pm

    Wow very nice

  10. QueenBee says:
    January 9, 2017 at 6:52 pm

    Masha allah. Story is superb??

  11. Hawwoo.... says:
    January 9, 2017 at 7:22 pm

    Dhaleyka adhi hama alifaanaa fenaa vakivaa vareh nuvey kuria huri part thr keema roafilaany. Ifaa story hub ma sha allaah bt thankolheh kuru ingey…

  12. QueenBee says:
    January 9, 2017 at 7:30 pm

    Mihaaru vahaka Reethi v dhw myhun gandah.. naseebuthaa

  13. AsuruMaa says:
    January 9, 2017 at 7:45 pm

    Habeys vaahaka eh mee. Mi part vs v salhi. Dhen engidhaanethaa vaa gotheh vs.

  14. Amy says:
    January 10, 2017 at 1:40 am

    Mi kihineh vanee mihaaru? Iph konkahala twisteh thi gennanee? Fareesha tha nubai hadhanee mi? Salhi vaane ingey dhen.

  15. Jum says:
    January 10, 2017 at 2:07 am

    Damn maa lahun mikiyaalevunee. Beautiful sory. waiting for next part??

  16. Jum says:
    January 10, 2017 at 2:08 am

    BTW ifaau keevegentha comment thakah reply nukuranee?

    1. Ifaau says:
      January 10, 2017 at 12:15 pm

      Oh dear thank you so much. I’ll make sure to reply you okay?

  17. Anonymous says:
    January 10, 2017 at 9:22 am

    woww vaahaka haadha reechey.. bt kuru dhw.. thankolheh dhiogu kohlaa vaahaka.. vaahaka v reethi

  18. Maree says:
    January 10, 2017 at 10:21 am

    V reethi

  19. Ifaau says:
    January 10, 2017 at 12:14 pm

    Awn thank you all❤❤ Insha allah next part dhigu kohllaanah?

  20. Sm1 says:
    February 11, 2017 at 9:48 pm

    Masha Allah!! 🙂 varah reethi

Comments are closed.

All Right Reserved!