Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެވިއްސާރަ ރޭ… ދެވަނަބައި

nizam Level 110 Stories
January 8, 2017 3 Mins Read
10 Comments

ޝާހިރުގެ މަތިން ހަންދާން ވުމުން ޝާނީގެ ލޮލުން ކަރުނަ ނިރާލިއެވެ. ކީއްވެ ކަމެއްވެސް ނޭނގެއެވެ. ހިތުތެރޭ ޝަކުވާ ގިނަވެ ފުރަތަމަ ފަހަރަށް ޝާހިރުއާ ދޭތެރޭ އޭނަޔަށް ވިސްނައި ލެވުނެވެ. އަނެއްކާ ޝާހިރުވެސް އަތުން ބީވެދާން އުޅެނީ ހެއްޔެވެ؟ އަހަރެންނަށް އަބަދު މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް ދިރިއުޅުމުގައި އުފަލެއް ލިބުން ނެތީ ހެއްޔެވެ؟

ދަންވި ދަންވި ހެން ތަފާތު ވަސްވާސް ތަކުން ޝާނީގެ ހިތް އައީ ނުތަނަވަސް ވަމުންނެވެ. ހިތަށް ލިބިފައިވާ ނުތަނަވަސް ކަމާއި ވަގުތުގެ ނާޒުކު ކަމުން ގަޑިތަށް ފާއިތު ވެގެން ދިޔަގޮތް ވެސް ޝާނީ އަކަށް ނޭނގުނެވެ. ގަޑިން ބާރާ ޖަހާވެސް ބޮޑު ވީއެވެ. ދުވަސް ނިމި އާ ދުވަހަކަށް ތަން ދިނީއެވެ.

އޭރުވެސް ޝާހިރުގެ ޚަބަރެއް ނުވެއެވެ. ޝާހިރުގެ ޚަބަރެއް ވޭތޯ އެކި ގޮތް ގޮތުން ޝާނީ މަސައްކަތް ވެސް ކޮށްފިއެވެ. ދެތިން ފަހަރަކު ޝާހިރުގެ ފޯނަށް ވެސް މިހާރު ގުޅައި ފިއެވެ. އެހެނަސް އެކަމުގައި ވެސް އޭނަ އަށް ކުރި އެރުމެއް ނުލިބުނެވެ. ފޯނުވެސް އޮތީ ނިއްވާ ލައިފައެވެ.

ހިތުގެ ވިންދު އަވަސް ވެ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝާނީއަށް ވަނީ ހަދާނެ ގޮތް ހުސް ވެފައެވެ. މޫނު މަތިން ކަން ބޮޑުވުމާއި ހާސްކަން އިންތިހާ އަށް ފެންނަން ހުރިއިރު އެ ފިނި ރޭ ވެސް މުޅި މީހާ ވަނީ ދާހިއްލާ ފޯ ވެފައެވެ.

ގަޑި އަކަށް ފަހު ގަޑި އެއް އޭގެ ޒާތުގައި ފާއިތު ވަމުން ދިޔައެވެ. އެގޮތުގައި ފާއިތު ވަމުންދާ ކޮށްމެ ގަޑި އަކުން ޝާނީގެ ކެތް ތެރިކަން ވެސް އައީ ކުޑަ ވަމުންނެވެ. ހިތައް ބިރުވެރިކަން ވެރިވެފައި ވަނީ ވެސް އިންތިހާ އަށެވެ. އެއް ފަހަރު ގޮސް އެނދުގައި އިށީން ނާނެއެވެ. އަނެއް ފަހަރު އެނދުން ތެދު ވާނެއެވެ.

*** *** ***

މިހާރު ދޭއް ޖަހާ ވެސް ދިޔައީ އެވެ. ހީވަނީ އާދައިގެ ރޭ ރެޔަށް ވުރެ މި ރޭ އަދި މާ އަވަހަށް ގަޑި ވެސް ހިނގައި ހެންނެވެ. އެހެން ހިތައް އަރާ ދެރަވެ ޝާނީ އަށް ހިން ދިރުވާ ވެސް ލެވުނެއެވެ. ހިތް އަވަސް ވެ ބިރު ގަނެފައި ހުރިވަރުން ދެން ވާނީ ވެސް އެހެން ތާއެވެ.

އެންމެ ފަހުން ޝާހިރުގެ ޚަބަރެއް ނުވެ ގިނަ އިރުވާން ފެށުމުން ޝާނީއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ޝާނީ އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ. އަދި ޖެހިގެން ހުރި މަންމަ މެންގެ ކޮޓަރި ދޮރުގައި ޓަކި ޖަހައި ލަމުން މަންމާ އޭ ކިޔައި ދެ ފަހަރަކަށް ގޮވައިލީ މަންމަމެން ހޭލައި އުޅެފާނެ ކަމަށް ހީކޮށެވެ.

އެހެނަސް އެކަމުން ވެސް ލިބުނީ އިތުރު މާޔޫސް ކަމަކާއި ހިތްދަތި ކަމެކެވެ. އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެން ކަމުން ދެވަނަ ފަހަރަށް މަންމަ މެންނަށް ގޮވާކަށް ވެސް ޝާނީ އަކަށް ނުކެރުނެވެ. ދިއްލައިފަ ހުރި ފާނޫޒުގެ ސަބަބުން ގޭތެރެއިން ވެސް ފެންނަމުން ދިޔައީ ފަޅުކަމެވެ. ވީ ދެރައިން ޝާނީ އަށް ރޮވުނެވެ. މި ވިއްސާރަ ތޫފާނީރޭ ޝާހިރު ނެތި އެކަނި ކޮޓަރީގައި އޮންނަން ޖެހިދާނެތީ ޝާހިރު ހިތަށް އެރުމުން މާބޮޑަށް ދެރަވީއެވެ.

ނަމަވެސް ދެއަތް ދެއަތާލައި މޮޑެލަ މޮޑެލަ ހުރި ޝާނީ ދެލޯ ފުހެލަމުން ޖެހިލުންވެ ހުރެ ކުރިޔަށް ހިނގައި ގަތެވެ. އެވަގުތު އޭނަގެ މޫނަށް އަނދިރި ވާހެން ހީވުމުން ދެއަތުން ބޮލުގައި ހިފަހައްޓައި ލަމުން ހުރި ތަނަށް ތިރިވިއެވެ. ކުއްލި އަކަށް ބޮލަށް އެރި ތަދަކުން ތިރިވި ވަގުތު ތެދުވާނެ ހިއްވަރު ގައިގަ ނެތުނީ ވެސް ކަން ނޭންގެއެވެ. މަޑު މަޑުން ޝާނީ ތަށިމުށި ތައް މަތީ ދެފައި ދަމާލަމުން އިށީނެވެ.

އެހެނަސް އެގޮތުގައި އިރު ކޮޅަކު އިނުމަށް ފަހު ހިއްވަރު ކޮށްލައިފަ ތެދުވެ ދެވަނަ ފަހަރަށް  މަޑުމަޑު ހިނގު މެއްގައި ގޮސް ގޭ މައިދޮރު ހުޅުވައި ލުމަށްފަހު މަގުގެ ދެކޮޅަށް ނަޒަރު ހިންގައި ލިއެވެ. މަގުމަތި ހަމަހިމޭން ވެފައި އަމާނެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ދުރުދުރަށް ދާންދެން މަގުގެ ދެކޮޅުވެސް އޮތީ ފުސް ވެފައެވެ. މަގުމަތީގައި ރަސްކަން ކުރަމުންދާ ބޯ ވާރޭގެ ފެންތި ކިތަށް ފިޔަވައި އިތުރު އެއްޗެއް އަދި މީހެއްވެސް މަގުގެ ކޮޅުންވެސް ޝާނީ އަކަށް ނުފެނުނެވެ.

ލިބުނު މާޔޫސް ކަމާއެކު ގޭ ދޮރު ލަށްޕާލުމަށް ފަހު ޝާނީ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރިޔަށް ވަދެވުމާ އެކު ދެވަނަ ފަހަރަށް ގޮސް ކުޑަދޮރު ކައިރީ މަޑުކޮށް ލިއެވެ. އަދި ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް ޓަކައި ފުންނޭވާ އެއް ދޫކޮށް ލަމުން ހަމަޖެހި ލެވޭތޯ މަސައްކަތް ކުރިއެވެ.

އެހެނަސް އެކަން ވާގޮތެއް ނުވިއެވެ. މަޑުމަޑުން އޭނަގެ ކުރިމަތީ ސިފަވަމުން ދާންފެށީ މީގެ ހަތަރު އަހަރު ކުރީގެ ހިތި ހަނދާން ތަކެކެވެ.  އޭނަގެ އުފާވެރި ހަޔާތް ނިމިގެން ދިޔަ ހިތާމަވެރި ހާދިސާއެވެ.

އަހަރެން ނީޝާމު އާ އިނީ މަންމަ މެންނާ ދެކޮޅަށެއެވެ. ފަހަރެއްގައި ވެސް މަންމަ މެންގެ އެދުމަށް ފުރަގަސް ދިނުމުގެ މަގުސަދުގަ އެއް ނޫނެވެ. ސަބަބަކަށް ވީ ނީޝާމު އަކީ ރާއްޖެ ތެރެޔަށް އުފަން އާދައިގެ އާއިލާ އެއްގެ ކުއްޖަކަށް ވެފައި މަންމަމެން އެދޭފަދަ މުއްސަންޖެއްގެ ދަރިއަކަށް ނީޝާމު ނުވިކަމެވެ. މަންމަމެން އަބަދުވެސް އެދެނީ އަހަރެން، މާލޭގަ ގެދޮރު ހުރި މީހުން ޤަދަރު ކުރާ މުއްސަނދި މީހެއްގެ ދަރިއަކާ ގުޅުމަށެވެ.

މަންމަމެން ޤަބޫލުކުރާ ގޮތުގައި ނިކަމެތި ފަޤީރުންނަކީ އެއްވެސް އަގެއް ނެތް ދުނިޔެ މަތީ އުޅޭ ބޭކާރު ބައެކެވެ. އަމިއްލަ ހާލައިގެން ނޫޅެވޭއިރު އެހެން މީހެއް ގޮވައިގެން އަމުދުން ނޫޅެވޭނެއެވެ. އަދި އެފަދަ މީހުންނަކީ ހިހޫ ތަނުން ކާލައިގެން އަރާމާއި އުފަލުގަ އުޅެން ބޭނުންވާ މީހުންނެވެ. ހަމަ އެހެންމެ އެ ފަދަ މީހުން ނަކީ މުޖުތަމަޢު ބަލައިގަންނާނެ ބައެއްވެސް ނޫނެވެ. އަނެއް ކޮޅުން އަހަރެންނާ ނީޝާމު އާ އަރާ އަރަ ފޯދިގެން ވެސް ނުވެއެވެ.

އެހެންކަމުން ނީޝާމުއާ އަހަރެން އިންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައެވެ. ނަމަވެސް ހިތާމަ އަކީ ދުނިޔެ މަތީ އުޅެނީ އެކި ފަންތީގެ އެކި ފެންވަރުގެ މީހުންކަން މަންމަ މެންނަށް ނުވިސްނުނު ކަމެވެ. އަދި ނިކަމެތި ފަޤީރުން ވެސް އުޅޭނެކަމެވެ. ދުނިޔެމަތީ އުޅޭނީ ހަމައެކަނި ފޯރާ މުއްސަނދިން ނޫން ކަމެއެވެ.

ކަން މިހެން އޮތް ނަމަވެސް އަބަދުވެސް މުއްސަނދި ތަނަވަސް ދިރިއުޅުމަށް ލޯބި ކުރާތީ އެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ޓަކައި މާކުރީއްސުރެ މަންމަމެން ވަނީ އަހަރެންގެ ކައިވެނި މާލޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ހަމީދުގެ ދަރި އާދިލް އާ ކުރުމަށް ނިންމައިފައެވެ. އާދިލްގެ މާބޮޑު ހަޤީޤަތެއް ނޭނގުނު ކަމުގައި ވިއަސް އާދިލް އަކީ މުއްސަނދި މީހެއްގެ ދަރިއަކަށް ވީތީއެވެ.

އާއެކެވެ. އާދިލްގެ ބައްޕަ އަކީ މާލޭގަ ނަން ހިނގައި މުއްސަނދިންގެ ލިސްޓުގައި ނުފޫޒު ގަދަ އާރާއި ބާރުހުރި މީހުންގެ ލޯތްބާ އިޚުތިރާމު ލިބިގެން ހުރި މާލޭގެ ޤަދަރުވެރި އެކެވެ. އެ އާއިލާ އަށް ބަލައި ލުމުންވެސް އެކަން ވަރަށް ރަނގަޅަށް ހާމަ ވެގެން ދެއެވެ. މުދަލުގެ ގޮތުން ބެލިޔަސް އެކަމާ ދެކޮޅު ހަދާނެ އެއްވެސް މީހަކު ނުހުން ނާނެއެވެ.

އެމީހުންގެ އަތުގައި މަންމަމެން ބޭނުންވާ ހުރިހާ އެއްޗެއްވެސް އެބަހުއްޓެވެ. ދެ ރިސޯޓާއި ފިހާރަ އެއްގެ އިތުރުން އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މިޒަމާނަށް ފެތޭ ގޮތައް ހަދާފަ ހުރި ގަނޑުވަރެއް ފަދަ ބޮޑު ގެއެކެވެ. ހިތަށް އެރި ގަޑި އެއްގައި ޚަރަދު ކުރަން ބޭނުން ވަރަކަށް ފައިސާއެވެ.

މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މި ދުނިޔެ މަތީ ކަމެއް ކުރަންޏާ ފައިސާ އިން ވިއަސް އެކަމެއް ނުވާނެ ހަމަ އެއްވެސް ކަމެއް ނޯން ނާނެއެވެ. މަންމަމެން ބުނި ގޮތުގައި އަހަރެން ގުޅެން އެންމެ އެކަށޭނަ މީހަކީ އެއީއެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

މަލަކާ (11ވަނަ ބައި)

Next

އެއީ ކީއްވެ؟

Next
January 9, 2017

އެއީ ކީއްވެ؟

Previews
January 8, 2017

މަލަކާ (11ވަނަ ބައި)

10 Comments!

  1. Hawwoo.... says:
    January 9, 2017 at 12:02 am

    Vvv reethi ma sha allaah. Kiyaalan v faseyha.

  2. cindrella says:
    January 9, 2017 at 12:17 am

    Haadha kurey miahvure digu kohlabalaaa plx……….

  3. Inu says:
    January 9, 2017 at 1:10 am

    Haadha kuru Konney thi genai vaahaka

  4. III says:
    January 9, 2017 at 7:09 am

    ހާދަކުރޭ ، ތަންކޮޅެއް ދިގުކޮއް ގެނެސް ދީބަލަ

  5. warah vaahaka says:
    January 9, 2017 at 8:45 am

    huss beykaaru wahaka. ehwahaka eh thakuraarukohfa.

  6. Shanna says:
    January 9, 2017 at 9:17 am

    Nice story.. sukun kurumugayaa word break kurumuga kudhikudhi massala hurinamaves vaahaka v reethi… keep going

  7. Maree says:
    January 9, 2017 at 2:32 pm

    vv reethi

  8. އައިރަމް says:
    January 10, 2017 at 8:52 am

    mee dhen koncheh

  9. Shahufaan says:
    January 10, 2017 at 3:45 pm

    Varah reethi vaahaka eh.. Kiyaa hithun kiyaa levey..

  10. nizam says:
    January 10, 2017 at 11:14 pm

    thanks all lovely coments….

Comments are closed.

Next Episodeއެވިއްސާރަ ރޭ… ތިންވަނަބައި←


All Right Reserved!