އެތެރެއަށް ވަދެގެންގޮސް ކައުންޓަރު ކައިރީގައި އިން ކުއްޖާ ގާތު ޤާދިރުބެ ވާހަކަތަކެއް ދެއްކިއެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައިކަމުން އެދެއްކީ ކޮން ވާހަކައެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އިރުކޮޅަކުން ޤާދިރުބެ އައިއިރު އަތުގައި ތަޅުދަނޑިއެއް އޮތެވެ. އަހަރެން ގާތު ހިނގާށޭ ބުނެފައި ޤާދިރުބެ ހިނގައިގަތެވެ. ކުރިމަތިން ފެންނަންހުރި ސިޑިން މައްޗަށް އަރަމުން ދިޔައީމެވެ. އޭރު ހިތް ތެޅޭވަރުން ހީވަނީ އެތެރެހަށިން ފުންމާލަން އުޅޭހެންނެވެ. އަތްފައި ފިނިވެ ތުރުތުރުލަމުން ދިޔައެވެ. ވަރަށް މައްޗަށް އެރުމުން ހިނގާފައި ގޮސް ކޮޓަރިއެއް ހުޅުވާލާފައި ވަންނަން ބުންޏެވެ. މިވާން އުޅެނީ ކީއްބާއޭ ހިތާ ބިރުންހުރެ އެތެރެއަށް ބޯދިއްކޮށްލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން އެތެރެއަށް ވަނުމުން ޤާދިރުބެވެސް އެތެރެއަށްވަދެ ދޮރު ލައްޕާ ތަޅުލިއެވެ.

އަހަރެން ބިރުން ތުރުތުރުލާ އަޑަކުން ޤާދިރުބެ ގާތުގައި މިއީ ކޮންތަނެއްތޯ އަހާލީމެވެ. އަދި އަހަރެން މިތަނަށް ގެނައީ ކީއްކުރަންތޯއާ ކޮއްކޮ ކޮބައިތާ އެހީމެވެ. ޤާދިރުބެ ބުނީ އިހަށް މަޑުން ހުރުމަށާއި އިރުކޮޅަކުން ހުރިހާ ކަމެއްވެސް އެނގިގެން ދާނެކަމަށެވެ. އަހަރެން ހިތާހިތުން ދުޢާކޮށްކޮށް ހުއްޓާ ދޮރުގައި ޓަކިދޭ އަޑުއިވުނެވެ. އަހަރެންނަށް ސިހިފައި ބަލާލެވުނީ ދޮރުގެ އެފަރާތުގައި ހުރީ ކާކުކަން އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. ޤާދިރުބެ ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު އަހަރެންނަށް ހީވީ މީހަކު އަހަރެންގެ ގަޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ.

**********

ކުއްލިއަކަށް ފޯނު ރިންގުވާން ފެށި އަޑަށް އިޒްޔާން ސިހުނެވެ. ހައެއްކަ ފަހަރު ރިންގުވީ ފަހުން އިޒްޔާން ފޮތް ލައްޕާލާފައި ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ގުޅަނީ ލޫތުކަން އެނގުމުން އިޒްޔާން އަވަސްއަވަހަށް ފޯނު ނެގިއެވެ.

“އިޒް! ބިޒީތަ؟” ލޫތު އަހާލިއެވެ.

“ނޫން. ކިހިނެއްވީ؟” ލޫތުގެ ސުވާލަށް ޖަވާބުދެމުން އިޒްޔާން އަހާލިއެވެ.

“ވަރަށް އަވަހަށް މިކޮޅަށް އައިސްދެވިދާނެތަ؟” ލޫތު މިހެން ބުނިއިރު އެއަޑުން އޭނާ ހާސްވެފައި ހުރިކަން އެނގެއެވެ.

“މިގަޑީ!!؟” އިޒްޔާން ގަޑި ބަލާލަމުން އަހާލިއެވެ. އޭރު ގަޑިން ތިނެއް ޖަހަނީއެވެ.

“އޭ ލޫއްޕޭ! އަދި މިއުޅެނީ ނަމާދުވެސް ނުކޮށް. އަޞްރު ކޮށްލައިގެން ދިޔައިއްޔާ ލަސްވާނެތަ؟” އިޒްޔާން ވިސްނާލާފައި އަހާލިއެވެ. ލޫތު “އޯކޭ”އޭ ބުނެފައި ފޯނު ބޭއްވިއެވެ. އިޒްޔާންވެސް ފޯނު ބާއްވާފައި ނުކުތީ މިސްކިތަށް ދާށެވެ.

ހެނދުނު، ލޫތު ކޮފީ ބޮއިގެން ދިއުމުން ފޮތްކިޔަން އިންގޮތަށް މެންދުރު ފަސްވެ ދިޔައިރުވެސް އިޒްޔާންއަށް ރޭކާނުލިއެވެ. ހެނދުނު ސައިނުބޮއި ހުރިއިރުވެސް ބަނޑުހައިހޫނުކަމުގެ އެއްވެސް އިހުސާސެއް ނުވީތީ އިޒްޔާން ހައިރާންވިއެވެ. އެހެންނޫނީ އޭނާއަކީ ކާގަޑި ޖެހުމުން އެހެން ހުރިހާ ކަމެއް ބަހައްޓާފައިވެސް ކައިގެން އުޅޭ މީހެކެވެ.

އިޒްޔާން އެފޮތުގެ ތެރެއަށް ގެއްލިފައި އިނީ ހަމައެކަނި ބަނޑުހައިހޫނުކަން އިހުސާސްނުވާ ވަރަކަށް ނޫނެވެ. ދުނިޔޭގެ އެއްވެސް ކަމެއް މަތިން ހަނދާންނުވާ ވަރަށެވެ. އޭނާގެ ހިތުގެ މަލިކާއަށް އެންމެ ތުއްތުއިރުއްސުރެ ފެށިގެން ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ ކިޔަމުންދާއިރު، ރުޅިއައިސްގެން އިޒްޔާންގެ ލޭ ކެކިގެންދާ ކިތަންމެ ފަހަރެއް އައެވެ. އަންނަ ރުޅީގައި އަތް މުށްކަވާފައި އެނދުގައި ޖަހާލެވެއެވެ. މިއަދު އެއިން މީހަކު އޭނާގެ ކުރިމަތީގައި ހުރިނަމަ އޭނާގެ އަތުން އެމީހަކު މަރުވީސްކަން ޔަޤީނެވެ. މިހާރު އިޒްޔާން ބޭނުންވަނީ އެފޮތުގައި ދެން އޮތްބައި ކިޔާލާށެވެ. ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް މަލަކާއަށް ދެވުނީ ކީއްވެގެންކަން ބަލާށެވެ. މިއަދު އިޒްޔާންގެ އަތުގައި ކުޑަވެސް ބާރެއް އޮތްނަމަ އެއެންމެންނަށް އެކަމުގެ ޙައްޤު އަދަބުދޭށެވެ.

ނަމާދުން ފޭބިއިރު އިޒްޔާން ހުރީ ވަރަށް ބޮޑަށް ހައިވެފައެވެ. އެހެންކަމުން އޭނާ ބޭނުންވީ ލޫތުގެ ގެއަށް ދިއުމުގެ ބަދަލުގައި ރެސްޓޯރެންޓަށް ގޮސް އެއްޗެއް ކާލާށެވެ. އެހެންކަމުން އޭނާ ލޫތުއަށް ގުޅިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ރެސްޓޯރެންޓަށް އައުމަށް ބުނެފައި ލޫތު އެއްޗެއް ބުނާނެ ފުރުސަތެއްނުދީ ފޯނު ކަނޑާލިއެވެ.

ލޫތު އައިސް ވަތްތަން ފެނިފައި އިޒްޔާން އަތް ހިއްލާލިއެވެ. ލޫތު އައިސް އިޒްޔާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ. އިޒްޔާން ވީކީއްތޯ އަހާލިއެވެ. ލޫތު ތުންފިއްތާލަމުން ގޮނޑީގައި ލެނގިލިއެވެ. ލޫތުގެ މޫޑް މާރަނގަޅު ނޫންކަން އިޒްޔާންއަށް އެނގުނެވެ. އިޒްޔާން ވެއިޓަރަށް ގޮވާލާފައި ކޮފީއެއް ގެނެސްދޭން ބުންޏެވެ. އެއީ މިވަގުތު ލޫތުއަށް ކޮފީއެއް ބޭނުންވާނެތީއެވެ.

“ހޫމް. ދެން ބުނެބަލަ. ކިހިނެއްތަ ވީ؟ މޫނު ހަދައިގެން އިންގޮތުން ހީވަނީ ޖީއެފްގެ ކަމެއްހެން.” އިޒްޔާން އެހެން ބުނެލުމުން ގޮނޑީގައި ލެނގިލައިގެން އިން ލޫތު މޭޒާއި ގާތްވެލިއެވެ. އަދި މޫނު ފޮހެލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.

“ނަސީބެއް އިޒްގެ ޖީއެފްއެއް ނުހުންނަކަން. އެހެންނޫންނަމަ ނޭނގެ ތިބޮލުގަ އެންމެ ފަތެއްވެސް އިންނާނެހެނެއް. މަށަށްވާ މިހާލުގަވެސް އެބަ އުޅެވޭތާ.” ލޫތު ބުނިގޮތުން އިޒްޔާން ގާތަށް ވަރަށް ހިނިއައެވެ.

“އިޒް ހޭނީއޭ. އިޒްވެސް ޖީއެފްއެއް ނެގީމަ އެނގޭނީ. މި އަންހެންކުދިންނަކީ ހަމަ އަރަތެއް ކަހަލަ ބައެއް. އެމީހުން ދަސްކުރަން އުޅެއުޅެ ހުއްޓާ އުމުރު ހުސްވާނީ.” ލޫތު ބުނެލިއެވެ.

“ދެން ތި އަރަތެއްހެން ވާހަކަނުދައްކާ ތި ވެގެންއުޅޭ ގޮތެއް ބުނެބަލަ.” ލޫތުގެ އެމިޒާޖަކީ އިޒްޔާންއަށް އަބަދުވެސް ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. އޭނާ ބުނަންއުޅޭ ވާހަކައެއް ބުނެވޭނީ އެތައް ގޮތަކަށް އެވާހަކައެއް ދެއްކުމަށްފަހުއެވެ.

“މަގޭ ވާހަކައެއް ނޫނޭ އަރަތަކީ. މިއުޅޭ އަންހެންކުދިންގެ ވާހަކަ އަރަތަކީ. ދެފަހަރު ހަމައަށް އެކައްޗެކޭ ނުކިޔާނެ. އިޒްއަށް އެނގޭތަ؟ މިލީ މިއަދު ގުޅާފަ އެބުނީ ކައިވެނި ފަސްކުރަން. ކުރިން ބުނީ އަވަސްކުރަން. މިހާރު އަނެއްހެން ހުރިހާ ކަމެއް ރެޑީ. ވެޑިންގ ޑްރެސް ފަހަންދީ ހުރިހާ ކަމެއް ނިމުނީމަ ކައިވެނި ލަސްކުރަންވީ. އަޅެ މިދެން އަރަތެއް ނޫންތަ؟” ލޫތު ހިތްހަމަނުޖެހިފައި ހުރިވަރު އޭނާގެ އަޑުންވެސް ހާމަވެއެވެ.

ކައިވެންޏަށް ތައްޔާރުވަމުންދާއިރު އެތައްކަމެއް ކުރަންޖެހެއެވެ. އެހުރިހާ ކަމަކީ އެކަނި ކުރެވޭނެ ކަންކަމެއް ނޫނެވެ. ލޫތު އެންމެ ކަންބޮޑުވީ އާއިލާގެ ހުރިހާ އެންމެން ތައްޔާރުވެފައިވާއިރު ކައިވެނި ލަސްކުރާ ވާހަކަ ބުނާނެ ގޮތެއް ނުވިސްނޭތީއެވެ.

“އިހަށް ހަމަޖެހިބަލަ. ކައިވެނި ކުރެވޭނެ. އަހަރެން މިހުރީއެއްނު. ލޫއްޕެ ހާސްނުވޭ. ލޫއްޕެގެ ޖީއެފްއާ އަހަރެން ބައްދަލުކޮށްލީމަ ހުރިހާ ކަމެއް ހަމަޖެހޭނެ.” އިޒްޔާން ވަރަށް ހަމަޖެހިލާފައި އެހެން ބުނުމުން ލޫތު ހީލިއެވެ.

“އަސްލު މައްސަލައަކީ މިލީގެ ކޯސް ނުނިމޭތީ. ކުރިން ނިންމީ ކައިވެނިކޮށްފަ ކޯސް ނިންމަން ދާގޮތަށް. ދެން ނޭނގެ. މިއަދު ގުޅާފަ އެބުނީ ކޯސް ނިންމާފަ އައިހޯ ކައިވެނިކުރާނީ. އަހަރެން ރުޅި ގަދަވިވަރުން ފޯނު ބޭއްވީ. އެއްޗެއް ބުނެވިއްޖެއްޔާ އަހަރެންވިއްޔަ ދެރަވާނީ.” ލޫތު ކަރު އެލުވާލަމުން ބުނެލިއެވެ. އެމީހުން އޯޑަރކުރި އެއްޗެހި ހިފައިގެން ވެއިޓަރ އައީ އެވަގުތުއެވެ. ހަމަ އެވަގުތު ލޫތުގެ ފޯނު ރިންގުވިއެވެ. ލޫތު ފޯނަށް ބަލާލިއިރު ގުޅަނީ މިލީއެވެ. ލޫތު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“މިގަޑީ؟ ހޫމް. މިދަނީ.” ލޫތު ކޮފީތަށިގައި ހުރި އެންމެ ފަހު އެތިފޮދު ބޯލާފައި ތަށި ބެހެއްޓިއެވެ.

“އެގުޅީ މިލީ. އައިސްބަލާށޯ.” ލޫތު އެހެން ބުނެފއި ތެދުވިއެވެ.

އިޒްޔާން ކައި ނިމުނުއިރު އިރުއޮއްސެނީއެވެ. އެހެންކަމުން އިޒްޔާން ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ބޭރަށް ނުކުމެ ސައިކަލު ދުއްވާލިއެވެ. ސައިކަލު ދުއްވާލުމުން އިޒްޔާންއަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އިޒްޔާން ކޮޓަރިއަށް ދިޔައީ އިޝާ ނަމާދުކޮށްގެންނެވެ. ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލަމުން ބާލީސް ދަށުގައި އޮތް ފޮތް ނަގާ ހުޅުވާލިއެވެ. އަދިވެސް އެފޮތުގައި ނުކިޔާ އެތައް ޞަފުހާއެއް އެބައޮތެވެ.

**********

ކޮޓަރިއަށް ވަނީ ކޮއްކޮއެއް ނޫނެވެ. އެއީ ދެބައި އުމުރުން މައްޗަށް ގޮސްފައިހުރި ބިޔަ ފިރިހެނެކެވެ. އޭނާ ފެނުމުން އަހަރެންނަށް ބިރުން ޤާދިރުބެގެ އަތުގައި ހިފާލެވުނެވެ. ޤާދިރުބެ ހީލަމުން އަހަރެން ގާތު ބިރުނުގަތުމަށް ބުންޏެވެ. އެވަގުތު އެއައި ފިރިހެންމީހާ ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލާފައި އަހަރެންނަށް ތަޢުރީފުކުރަން ފެށިއެވެ. އަދި އަހަރެންގެ އަތުގައި ހިފާލަމުން އެނދުގައި އިށީނުމަށް ބުންޏެވެ. ޤާދިރުބެގެ އަތުގައި ހިފަހައްޓާފައި ހުރި އަހަރެންގެ އަތް ޤާދިރުބެ ނައްޓާލިއެވެ. މިއުޅެނީ ގޯހެއް ވާންކަން އެވަގުތު އަހަރެންނަށް އެނގުނެވެ. ފިލަން ދާނެ ތަނެއް ނެތެވެ. އެހީއަށް އެދޭނެ މީހަކު ނެތެވެ. އަހަރެންނަށް އެންމެ އެހީތެރިވީ ޤާދިރުބެވެސް އެންމެފަހުން އަހަރެންނަށް މިދިނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟

އަހަރެންނަށް އެހެން ނުހަދާ އަހަރެންނަށް ރަހުމުކުރުމަށް ޤާދިރުބެ ގާތު އާދޭސްކުރީމެވެ. ޖަވާބުގައި ޤާދިރުބެ ބުނި ޖުމްލަތައް އަހަރެންގެ މުޅި ދުނިޔެ ބަދަލުކޮށްލިއެވެ. ޤާދިރުބެ އެ އައިސްހުރި މީހާ ދައްކާފައި ބުނީ އެމީހާ އެއެދޭ ކަންތައް ކޮށްދިނުމަށެވެ.

“މާހީ ބޭނުމެއްނުވޭތަ ކޮއްކޮ ކިޔަވާ މޮޅު މީހަކަށްވާކަށް؟ ރަށުގެ އެހެން މީހުންގެ ހުންނަ ކަހަލަ ރީތި ގެއެއް ހުންނާކަށް؟ އެހުރިހާ ކަމެއްވެސްވާނެ. ހަމައެކަނި ޤާދިރުބެ ބުނާގޮތް ހަދާލަން ޖެހޭނީ. މާހީ ބިރުގަންނާކަށް ނުޖެހޭނެ. ޤާދިރުބެ ހުންނާނަމޭ ބޭރުގަ.” ޤާދިރުބެގެ ދެފައިބުޑަށް ވެއްޓި އަހަރެން އާދޭސްކުރަމުން ދިޔައީމެވެ. އެއަސްހުރި މީހާ އަހަރެންގެ ދެކޮނޑުގައި ހިފާ ނެގިއެވެ. އަދި ޤާދިރުބެއާ ދިމާއަށް އެނބުރުނެވެ.

“ޤާދިރު ބުނި ހުރިހާ ކަމެއް އޯކޭ ވާނެއޭ. އެކަމަކު މިކުއްޖާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެއްނު. ކުއްޖާ ކިތަންމެހާވެސް ރީތި. އެކަމަކު އަހަރެން ބޭނުމެއްނުވޭ އެއްވެސް މައްސަލަގަނޑެއްގެ ތެރެއަށް ބޯ ބާނާކަށް. ޤާދިރުއަށް މިކަމެއްވެސް ނުވި. ދެން އެހެންވީމަ އަހަރެންގެ ފަސްލައްކަ ރުފިޔާ ދީ. އެހެންނޫނީ އަހަރެންނަށް ޖެހޭނީ މައްސަލަ ޖައްސަން.” އެމީހާގެ ވާހަކަތަކުން އަހަރެންނަށް އެނގުނީ ޤާދިރުބެ އަހަރެން ގެނައީ އެމީހާގެ އަތުން އެކިފަހަރުމަތިން ނަގާފައިވާ ފަސްލައްކަ ރުފިޔާގެ ބަދަލުގައި އަހަރެންގެ ހަށިގަނޑުން އޭގެ އަގު އަދާކުރަންކަމެވެ. އަހަރެންނަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެ ދެލޯ ބޮޑުކޮށްގެން ޤާދިރުބެއާ ދިމާއަށް ބަލާށެވެ. އިވެމުންދާ އަޑުތަކަކީ ހުވަފެނެއް ނޫންބާއޭ އަހަރެންގެ ހިތަށްއެރިއެވެ.

ޤާދިރުބެ އެމީހާ ގާތު މަޑުކުރަން ބުނެފައި އަހަރެންގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ. އަދި އަހަރެން ގާތު އޭނާ އެކަމުން ސަލާމަތްކޮށްދިނުމަށް އެދުނެވެ. މިހުރިހާ ދުވަހު އޭނާ ވެދިން އެހީތެރިކަމުގެ ބަދަލެއްގެ ގޮތުގައި ނަމަވެސް އެކަންތައް ކޮށްދިނުމަށް އެދުނެވެ. އަދި އެކަން ނުކޮށްދީފިނަމަ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާނެކަމަށް ބުންޏެވެ. ކޮއްކޮއަށްޓަކައި އަހަރެން ވަމުންދާ ޤުރުބާނީގެ ތެރެއަށް އިތުރު ބޮޅެއް އަމުނަން ޤާދިރުބެ އަހަރެންނަށް މަޖުބޫރުކުރަމުން ދިޔައެވެ. އޭނާ ފޯނު ނަގާ އޭނާގެ ރައްޓެހި މީހާއަށް ގުޅާލިއެވެ. އަދި ކޮއްކޮގެ ވާހަކަ އެހިއެވެ.

“އެމަންޖެ ވަރަށް ރަނގަޅުކަމަށް އެގޭ މީހުން ބުނި. ވަފިއްޔާ ހުރީ ވަރަށް އުފާވެފަ. ބުނި އެމަންޖެ ބޭނުމިއްޔާ ރާއްޖޭން ބޭރަށް ފޮނުވައިގެންވެސް ކިޔަވައިދޭނަމޭ. އެއީ މިމާލޭގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެއްބައެއް. ދެން އޮތީ އެމަންޖެގެ ހިތްވަރެއް. އެގޮތުގައި އުޅެންޏާ އެމީހުންވެސް ރަނގަޅުވާނެ.” އެކޮޅުން ވާހަކަދެއްކި މީހާގެ އަޑު އިވުމުން ކޮއްކޮގެ ނަސީބާމެދު އަހަރެންނަށް ޙަމްދުކުރެވުނެވެ. އަހަރެންގެ ސަބަބުން ކޮއްކޮއަށް ލިބިފައިވާ ނަސީބު ގެއްލިދާކަށް އަހަރެން ބޭނުމެއްނޫނެވެ. އޭރުން މަންމަ އަހަރެންނާ ހަވާލުކުރި އަމާނާތަށްވެސް ހިޔާނާތްތެރިވެވުނީއެވެ. އަހަރެން ވިސްނަން ހުއްޓާ ޤާދިރުބެ ފޯނު ބޭއްވިއެވެ. އަދި އަހަރެން ބޭނުންނަމަ ކޮއްކޮ ކިޔަވައިގެން މޮޅު މީހަކަށް ހެދިދާނެކަމުގައި ބުންޏެވެ. ޤާދިރުބެ އެބުނީ ކީކޭކަން ވިސްނުމުން އަހަރެން މަޑުމަޑުން ދޮރު ހުޅުވާލީމެވެ. އަދި މަޑުމަޑުން އެތެރެއަށް ވަދެ ދޮރު ލައްޕާ ތަޅުލީމެވެ. އޭރު އެމީހާ އޮތީ އެނދުގައި ޖައްސާލައިގެންނެވެ. ލައިގެންހުރި އެއްޗެހި ބާލަން ބުނި ވަގުތު އަހަރެންގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ.

“ތީ އަދި އާކުއްޖެއް ދޯ؟ ހާސްނުވޭ. ދުރުގަ ނުހުރެ ކައިރިއަށް އާދެބަލަ.” އަހަރެން ޖެހިލުންވެފައި ހުރިކަން އެނގުމުން އޭނާ ވާހަކަދެއްކީ ވަރަށްވެސް އޯގާތެރިކަމާއެކުގައެވެ. އެއޯގާތެރި އަޑުގައިވާ އަސަރަކުންވެސް އަހަރެންގެ ހިތް ތެޅިގަތެވެ. އަހަރެން ހެދުން ނުބާލާ ހުންނަން ފެށުމުން އޭނާ ތެދުވެގެން އައިސް އަހަރެންގެ އަތުގައި ހިފާ ގެނެސް އެނދުގައި ބޭންދިއެވެ. އެއަށްފަހު އަހަރެންގެ އަތުގައާއި ގައިގެ އެތަންމިތާ ފިރުމަ ފިރުމާފައި އަހަރެންގެ ރީތިކަމަށް ތަޢުރީފުކުރަމުން ދިޔައެވެ. އަހަރެންނަކީ ކަޅު ހަޑި އަންހެންކުއްޖެއްނަމައޭ އެވަގުތު އަހަރެންގެ ހިތަށްއެރިއެވެ. އޭރުން މިއުޅޭ ފިރިހެނުންގެ ކިބައިން އަހަރެން ސަލާމަތްވީހެވެ.

މިހުރިހާ ފިރިހެނުންނަކީވެސް ހަމަ އެއްކަހަލަ ބައެކެވެ. އެމީހުންގެ އަންހެން ކޮއްކޮއިންނާއި ދައްތައިން ނުތިބެނީބާއޭ އަހަރެންގެ ހިތަށްއަރައެވެ. އަހަރެމެން ކަހަލަ ނިކަމެތި އަންހެންކުދިންނާމެދު އެގޮތަށް ކަންތައް ކުރާއިރު، އެންމެ ފަހަރަކުވެސް އެމީހުންގެ ކޮއްކޮ ނުވަތަ ދައްތައަކަށް މިގޮތަށް މީހަކު ކަންތައްކުރަން އެމީހުންނަށް ރުހެވޭނެބާއޭ އަހަރެންގެ ހިތަށްއަރައެވެ. ބައެއްފަހަރު މީހަކު އެފަދަ ނަޒަރަކުން އެމީހުންނަށް ބަލާލަފާނެތީވެސް އެމީހުންގެ ރައްކާތެރިކަމުގައި ފަހަތުން ދާތަން އާދެއެވެ. އަހަރެމެންނަކީވެސް ކޮންމެވެސް މީހެއްގެ ދަރީންނެވެ. އެހެންވީއިރު އެމީހުންގެ ކޮއްކޮއިންނާއި ދައްތައިންނަށްދޭ ޤަދަރާއި ލޯބި އަހަރެމެން ކަހަލަ ނިކަމެތި އަންހެންކުދިންނަށް ނުލިބެނީ ކީއްވެ ހެއްޔެވެ؟ މި މުޅި ދުނިޔޭގައިވެސް އެފަދަ މާތް ފިރިހެނުން ނޫޅެނީ ހެއްޔެވެ؟ އަހަރެމެންފަދަ ހާލުގައި ޖެހިފައިވާ ޔަތީމް ކުދިންނަށް އޮތް ގޮތަކީ މިއީ ހެއްޔެވެ؟

އެމީހާ ކުރަން ބޭނުންވި ހުރިހާ ކަމެއް ކޮށް ނިންމާފައި ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. އަހަރެންނަށް އޮވެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. މިރޭ އަހަރެންގެ ހިތުގައި ބާކީ އޮތް އުންމީދުކޮޅުވެސް ގެއްލިއްޖެއެވެ. އެހެން އޮއްވާ އޭނާ ފާޚާނާއިން ނުކުމެފައި އަހަރެން ގާތު ފާޚާނާއަށް ވަންނަން ބުންޏެވެ. އަހަރެން އޮތީ އެނދުމަތީ އޮތް ބެޑްޝީޓެއް ގައިގައި އަޅައިގެންނެވެ. އޭނާ ހީލަމުން އަހަރެން އަތަށް އެއްހާސް ރުފިޔާ ދިއްކޮށްލިއެވެ.

“އަހަރެން އާންމުކޮށް ދެނީ ފަސްސަތޭކަ ރުފިޔާ. އެކަމަކު ތިކުއްޖާ ރީތިވެފަ އަހަރެންނަށް ވަރަށް ކަމުދޭ. އެހެންވެ އެއްހާސް ރުފިޔާ މިދިނީ. އަދިވެސް ދިމާވާނެކަމަށް އުންމީދުކުރަން.” އެހެން ބުނެފައި އެމީހާ ނުކުމެގެން ދިޔައީއެވެ. އެވަގުތު ޤާދިރުބެ ދޮރު ހުޅުވާލާފައި ފެންވަރާ ރީތިވެގެން ތިރިއަށް އައުމަށް ބުންޏެވެ.

އެރޭ އަހަރެން ވަރަށް ރުއީމެވެ. ޤާދިރުބެވެސް އަހަރެން ހީކުރިފަދަ ރަނގަޅު މީހަކަށް ނުވިއެވެ. އަހަރެން ރޯން އޮއްވާ ޤާދިރުބެ ތެދުވިއެވެ. އަދި އަހަރެން ގާތުގައި ޤާދިރުބެއަށް ތިކޮށްދިނީ ވަރަށް ބޮޑު ކަމެއްކަމަށާއި އަދި ފަސް މީހަކު އެބަތިބިކަމަށް ބުންޏެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ ހަމަ އެ ޤާދިރުބެބާއޭވެސް އަހަރެންގެ ހިތަށްއެރިއެވެ. އޯގާތެރިކަމަކީވެސް ހީލަތްތެރިކަމެއްކަން އެނގުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. މިއަދު އަހަރެން މިވަނީ އެއަނިޔާވެރިޔާގެ އަތްދަށުވެ ރަނގަޅަށް ހައްޔަރުވެފައެވެ. މިހާރު އަހަރެންގެ އަތުގައި އެއްވެސް އެއްޗެއްނެތި މިބޮޑު ދުނިޔެއަށް ބަދުނާމުވީއެވެ. ރޮއިރޮއި ގޮސް އަހަރެން ވަރުބަލިވިޔަސް އޯގާތެރި އަތެއްގެ ފިރުމުމެއް ނުލިބޭތާނގައި ހެޔޮ ބަހެއްވެސް ބުނެލާނެ މީހަކު ނެތެވެ.

މާލޭގައި ދެހަފްތާވެފައި ފުރަންވީއިރު އަހަރެންގެ ޖިސްމު ވަނީ އެތައް ފަހަރަކު ވިކިފައެވެ. އެކި ފަހަރު އެކި މީހުންނަށެވެ. އެއްވެސް ރަހުމެއްނެތި އެމީހުން ދިޔައީ އަހަރެންގެ ޖިސްމުން އުފާ ހޯދަމުންނެވެ. މިއަދު އެ ވޭނާއިއެކު ދިރިއުޅެން އަހަރެންނަށް މަޖުބޫރެވެ. މިއަދު އަހަރެން ފުރައިގެން ރަށަށްދާއިރު އަހަރެންގެ ހިތުގައި އެތައް ޝަކުވާތަކެއްވެއެވެ. ކޮއްކޮއަށް ހަދައިގެން ގެނައި ހަދިޔާތައް ޤާދިރުބެގެ ރައްޓެއްސަކާ ހަވާލުކުރިއެވެ. އަހަރެން އެންމެ ދެރަވީ އަމިއްލަ ނަފްސު ވިކިގެން ދިޔައިރު އެންމެ ފަހަރަކުވެސް ކޮއްކޮއާ ދިމާނުވީމައެވެ. މިއަދުން ފެށިގެން އަހަރެންގެ ހަޔާތަކީ މިއީކަމުގައި ވެ ނިމިއްޖެއެވެ. މި ފާފަވެރި ދުނިޔޭގައި އަހަރެންނަކީވެސް ހިއްސާދާރަކަށްވީއެވެ. ރާއްޖޭގައި ހަށިވިއްކަމުންދާ ކުދިންގެ ލިސްޓަށް އަހަރެންގެ ނަން އިތުރުވީއެވެ.

މިދަތުރުގައި އަހަރެން ކުރި ފޮނި އުންމީދުތައް ގެއްލިގެންދިޔައީ ސައިބޯނި ބޮތްކެއް ފަޅައިގެންދާހާ ފަސޭހައިންނެވެ. ކޮންމެ ފަހަރަކުވެސް އާ އުންމީދުތަކެއް ކުރަމެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެއުންމީދުތައް ގެއްލިދަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހަމަ އެހާ ބަދުނަސީބީ ހެއްޔެވެ؟ އަހަރެންނަށް އުންމީދުކުރުމުގެ ޙައްޤު ނެތީހެއްޔެވެ؟ އާހް…

އަހަރެންގެ ދިރިއުޅުން މިހާރު ބިނާވެފައިވަނީ ޤާދިރުބެ ބޭނުންވާ ގޮތެއްގެ މައްޗަށެވެ. ރަށާއި މާލެއާ ދޭތެރޭ ދަތުރުކުރުން އާންމުވެއްޖެއެވެ. މިހާރު އަހަރެންނަކީ އެންމެންގެ ހިތްތަކުގެ ރާނީއަކަށް ވެއްޖެއެވެ. މިހާރު އަހަރެން ފެންނަ އެއްވެސް މީހަކު މިއީ ކުރީގެ މާހީއެކޭ ނުބުނާނެއެވެ. ފޭޝަލް ހައްދާ ބޯ ފަންކޮށްލާފައި ހުންނައިރު ހީވަނީ އެހެން ކުއްޖެއްހެންނެވެ. ލައިގެން އުޅެނީވެސް ޓޮޕާއި ޖީންސެވެ.

މިހާރު އަހަރެންގެ އުމުރުން ފަންސަވީސް އަހަރުވީއެވެ. ހަށިވިއްކުމުގެ ވިޔަފާރިއަކީ މިހާރު ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރިއަށްދާ ވިޔަފާރިއެކެވެ. މިވީ ދުވަސްތަކުގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރެއިން އަހަރެންގެ ހަށިގަނޑުން އުފާ ނުހޯދާ މީހަކު ހުންނާނެކަމާމެދު އަހަރެންނަށް ޝައްކެވެ. މިގޮތުން އަހަރެންނާ ދިމާވާ ގިނަ މީހުންނަކީ މީހުންގެ ފިރިންނެވެ. އެމީހުންގެ ހަލާލު އަނބިން ދޫކޮށް އަހަރެމެން ގާތަށް އުފާ ހޯދަން އަންނައިރު އެއިން އެއްވެސް މީހެއްގެ ހިތުގައި އެމީހުންގެ އަނބިންނާމެދު ލޯތްބޭ މިކިޔާ ޖަޒުބާތު ހަމަ ނުވަނީބާއޭ އަހަރެންގެ ހިތަށްއަރައެވެ.

ލޯބިވާ ފިރިމީހާ ހިލޭ އަންހެނުން ގާތުން އުފާ ހޯދާކަން އެނގިހުރެ ކެތްތެރިކަމާއެކު ފިރިންނަށް ވަފާތެރިވާ އަނބިންވެސް އުޅެއެވެ. އެއިން ކިތަންމެ އަނތްބެއް ޚުދު އަހަރެންގެ ގާތަށް އައިސް އެމީހުންގެ ފިރިން ދޫކޮށްލުމަށް އެދުނެވެ. އެފަދަ ވަގުތުތަކުގައި އަހަރެން ވަރަށް ދެރަވެ ހިތުގައި ޖެހެއެވެ. އަހަރެން އެމީހުންނަށް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ މިއަދު އެމީހުންގެ ފިރިން އެގޮތަށް އަމަލުނުކުރާނަމަ އަހަރެމެން ކަހަލަ ހަށިވިއްކާ ކުދިންނެއް ނުއުފެދުނީހެވެ. އެމީހުންނަށް ލިބޭ ބޮޑު މުސާރަ އެއްވެސް އަގެއްނެތި ފާފައިގެ ތެރެއަށް އުކާލަނީ ކީއްވެ ހެއްޔެވެ؟

ކޮއްކޮއާ ވަކިވިފަހުން މިހާރު ދިހަ އަހަރު ވެއްޖެއެވެ. އަހަރެންގެ ކޮއްކޮ ނުދެކޭތާނގައި އުޅޭ ތަނެއްވެސް ނޭނގެއެވެ. ނުވެސް ގުޅެއެވެ. ޤާދިރުބެ ގާތު ކިތަންމެ ވަރަކަށްވެސް ކޮއްކޮއާ ބައްދަލުކޮށްދޭން ކިޔުނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޤާދިރުބެ ކޮންމެވެސް ބަހަނާއެއް ދައްކައެވެ. މިހާރު ކޮއްކޮ ހުންނާނެ ސިފައެއްވެސް ނޭނގެއެވެ. ބައެއްފަހަރު މާލެ ގޮސް އުޅޭއިރު މަގުމަތިން ކޮއްކޮ ފެނޭތޯ ބެލެއެވެ. ކިތަންމެ ވަރަކަށް ބެލިއަސް އަހަރެންނަށް ކޮއްކޮ ވަކިކުރަން އެނގޭނީއެއްވެސް ނޫނެވެ. މަގުން ހިނގަމުން ދަނިކޮށް ކޮއްކޮ ގައިގައި އަޅައިގެންފައި ވެއްޓުނަސް އެއީ ކޮއްކޮކަމެއް ނޭނގޭނެކަން ގައިމެވެ.

ހިތާމައަކަށްފަހު އުފަލެއް ލިބޭނެއޭ މީހުން ބުނެ އުޅެއެއްނޫން ހެއްޔެވެ؟ އަހަރެން އިންތިޒާރުކުރަމުން އައީ އެދުވަހަކަށެވެ. ނަމަވެސް މިހާރު އުފަލެއް ލިބެން އުޅުނަސް އަހަރެންގެ ހިތަށް ބިރުވެރިކަން ވަދެއެވެ. އެހެންވެސް ވާނެ ނޫން ހެއްޔެވެ؟ މަންމަ ނިޔާވިފަހުން ފާއިތުވި ކޮންމެ ދުވަހަކީ ހިތާމައާއި ވޭނުން ފުރިފައިވާ ދުވަހެކެވެ. ރަށުގައި ހުރިއްޔާ ގެއާއި ދިމާލުން އޮންނަ ތުނޑިއަށް ދިއުމަކީ އަހަރެންގެ އާދައެކެވެ. މިހިތަށް ހަމަޖެހުމެއް ލިބެނީ އެވަގުތުކޮޅުގައެވެ. އެކަނިމާއެކަނި އެތުނޑީގައި ހޭދަކުރެވޭ ވަގުތުތަކަކީ އަހަރެންގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި ވަގުތުތަކެވެ.

މިރޭ އިރާކޮޅު އަހަރެން ހިނގަމުން ގޮސްގޮސް ހުއްޓާ މީހެއްގެ ގައިގައި ލައިގެންފައި ދެމީހުން ވެއްޓުނެވެ. އަހަރެން ޅޯހުޅުވާލިއިރު އޮވެވުނީ އެޒުވާނާގެ ތަނަވަސް މޭމަތީގައެވެ. އޭނާގެ ގައިން ދުވި މީރުވަހުން ހިތް ފުރިގެންދިޔައެވެ. އަހަރެންނަށް ބަލާލެވުނީ އެއީ ކާކުތޯއެވެ. އެއީ އަހަރެން ދުވަހަކުވެސް ދެކުނު ޒުވާނެއް ނޫނެވެ. އެޒުވާނާއާ ހަތަރުކަޅި ހަމަވި ވަގުތު އަހަރެންގެ ހިތުގައި ހަލަބޮލިކަމެއް އުފެދިގެން ދިޔައެވެ. އަހަރެން އަވަސްއަވަހަށް ތެދުވެގެން ދާން އުޅެނިކޮށް ކުއްލިއަކަށް އެޒުވާނާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެންނަށް ހީވީ ފިނިފެނުގެ ތެރެއަށް ގެނބިގެން ދެވުނުހެންނެވެ. އެހާވެސް އަތްފައި ފިނިވިއެވެ. އަހަރެން އެއްޗެއް ބުނަން އުޅެނިކޮށް އެޒުވާނާ ވާހަކަދައްކަން ފެށިއެވެ. އެޒުވާނާ ބުނެބުނެ ހުރި ޖުމްލަ ހުއްޓުނީ ފަހަތުން އައި ބަޔަކު ގޮވާލުމުންނެވެ. އެވަގުތު ސިހިފައި އޭނާ އަހަރެންގެ އަތުން ދޫކޮށްލިއެވެ. އަހަރެން ފޫހި ގޮތެއް އަނގައަށް ހަދާލާފައި ގެއަށް އަންނަން ހިނގައިގަތީމެވެ.

މިރޭ އަހަރެންގެ ހިތުހައި އާ ވިންދެއް ޖަހާހެން ހީވާންފެށިއެވެ. އެތަނަވަސް މޭމަތީވީ ވަގުތުތައް ދިގުދެމިގެން ދިޔަނަމައޭ ހިތަށްއެރިއެވެ. އެއަތުގެ ހިމާޔަތުގައިވީ ވަގުތުކޮޅަކީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވުނު ވަގުތުކޮޅެކެވެ. އެއީ ކާކުބާއެވެ. އެއީ ގައިމުވެސް މިރަށު މީހެއް ނޫނެވެ. އެއީ ކޮންމެ މީހަކަސް އެންމެ ބައްދަލުވުމަކުން މިހިތުގައި އެތަސްވީރު ކުރެހިއްޖެއެވެ. ދެން އެތަސްވީރު މިހިތުން ފިލާނެހެނެއް ހިއެއްނުވެއެވެ. އެތަސްވީރު ދެވަނަ ފަހަރަށްވެސް ދުށުމަށް ހިތް އެދެނީއެވެ. މިރޭ މިދެލޮލަކަށް ނިންޖެއްވެސް ނައެވެ. އެޒުވާނާ އަހަރެންނަށް މިހެދީ ކޮންކަހަލަ ޖާދޫއެއް ހެއްޔެވެ؟ އަނެއްކާ މިއީ އެބުނާ ލޯބި ހެއްޔެވެ؟ އެންމެ ފެނިލުމަކުން އެޒުވާނާއަށް މިހިތުގައި ޚާއްސަކަމެއް ދެވުނީ ކީއްވެ ހެއްޔެވެ؟ އެތައް ފިރިހެނުންނަކާ ދިމާވިއިރުވެސް މިކަހަލަ އިހުސާސެއް ނުކުރެވެއެވެ. އަނެއްކޮޅުން މާދަމާ އަހަރެން ފުރަންވެސް ޖެހެއެވެ. ދެން އެޒުވާނާ ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟

މިހާރު އަހަރެންގެ ހަމަޖެހުމާއި އަރާމު ވަނީ ގެއްލިފައެވެ. އެޒުވާނާ އަހަރެންގެ ހިތަށް ވެރިވެފައިވަނީ އެހެން ހުރިހާ އެއްޗަކާއި ކަމަކަށްވުރެ ބޮޑަށެވެ. ބައެއްފަހަރު ސިހިފައި ބަލާލެވެނީ އެޒުވާނާ ހުންނަހެން ހީވާތީއެވެ. ނަމަވެސް އޭނާއެއް ނުހުރެއެވެ. އަހަރެންގެ މިހިތަށް މިކަމުން ވަރަށް އުނދަގޫވެއެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އިންތިޒާރު ކުރުމެވެ. ތަޤުދީރުގައި އެޒުވާނާއާ ދިމާވާން ހުރިއްޔާ އެދުވަހެއްވެސް އަންނާނެތާއެވެ.

މާލޭގައި އުޅެފައި އަހަރެން ރަށަށްއައީ މިއަދުއެވެ. އާދައިގެ މަތިން މިއަދުވެސް އަހަރެން ތުނޑިއަށް ދިޔައީމެވެ. ތުނޑީގެ ރީތި ދޮންވެލިގަނޑު މަތިން ހިނގާލާފައި ގޮސް އެތާހުރި ރުކެއްގައި ލެނގިލީމެވެ. މާޒީގެ އެކި ހަނދާންތައް ހިތަށް ވެރިވުމުން ރޮވޭގޮތްވިއެވެ. ދެލޯ މަރާލައިގެން ހުއްޓާ މީހެއްގެ ހިލަންވެގެން ލޯހުޅުވާލިއިރު ކުރިމަތީގައި ހުރީ މިހިތުގެ ވެރިޔާއެވެ. އަހަރެންގެ ރޭގަނޑުގެ ނިންޖާ ހިތުގެ ހަމަޖެހުން ގެއްލުވާލި އެހިތްގައިމު ޒުވާނާއެވެ. އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގި ބަލަހައްޓައިގެން ހުރެވުނެވެ.

މިފެންނަނީ ހުވަފެނެއް ނޫންބާއޭ ހިތަށް އަރަމުން ދިޔައެވެ. އޭރު އަހަރެންގެ ލޮލުގައި ގިނަވެފައިހުރި ކަރުނަތައް އޭގެ މަޤާމުން ދޫވެ ކޯތާފަތްމަތިން ފައިބައިގެން ދަނީއެވެ. އެވަގުތު އެޒުވާނާ އަހަރެންގެ ގާތަށް ޖެހިލިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލައިދިނެވެ. އެވަގުތު އަހަރެންނަށް ވީގޮތް ބުނެދޭކަށް ނޭނގެއެވެ. ކުއްލިއަކަށް އެއަތުގައި ޖަހާ ވިއްސާލެވުނީ ކޮން ޚިޔާލެއްގައިކަމެއް ނޭނގެއެވެ. އަދި އެތަނުން ދިއުމަށް ދުއްވައިގަތީމެވެ. ނަމަވެސް އެޒުވާނާ ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފާ އޭނާއާ ގާތަށް ދަމައިގަތެވެ. އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ވަގުތުކޮޅެވެ.

އެޒުވާނާގެ ތަނަވަސް މޭމަތީގައި އަހަރެން ގޮސް ލައްވީ އެއްވެސް އިޚްތިޔާރަކާނުލައެވެ. އެވަގުތު ދުވީ އެހިތްގައިމު މީރުވަހެވެ. އަހަރެންގެ ނިދާފައިވާ ހިއްސުތައް ހޭލައްވާލި ހިތްގައިމު ވަހެވެ. އެދެލޮލުގެ ޖާދޫގައި ޖެހިފައި ހުއްޓާ އެޒުވާނާގެ ވަރުގަދަ ދެއަތުން އަހަރެންގެ މޫނުގައި ހިފަހައްޓާލިއެވެ. އަދި އެހިތްގައިމު ފިރިހެންވަންތަ އަޑުން ބުނެލި ދެތިން ޖުމްލައިން އަހަރެންގެ ހިތުގައި މީރުކަމެއް އުފެއްދިއެވެ. އާ އުންމީދުތަކެއް އަށަގެންނުވިއެވެ. އަހަރެންގެ ކަންފަތް އެދެމުންދަނީ އަދިވެސް އެއްފަހަރު އެއޯގާތެރި ބަސްތައް އަޑުއަހާލުމަށެވެ. “އިޒް!” އެޒުވާނާގެ ސިފައާއި އެއްވަރަށް ނަންވެސް ރީއްޗެވެ. އެހާ ފުރިހަމައެވެ. އޭނާގެ ނަމަށްވުރެ އޭނަ އަހަރެންނަށް ކީނަން އަހަރެންނަށް މާބޮޑަށްވެސް ކަމުދިޔައެވެ. އެއީ މަލަކާއެވެ. މިއަދު އަހަރެންނަށް ފިރިހެނުންގެ އޯގާތެރިކަމާއި އަޅާލުމުން ލިބޭ ހިތްހަމަޖެހުން ލިބުނެވެ.

އިޒްގެ މިޒާޖު އަހަރެންނަށް ވަރަށް ކަމުދިޔައެވެ. އިޒްގެ ވާހަކަދެއްކުމުގައި ހުންނަ ގާތްކަމާއި ލާނެތްކަން އަހަރެންގެ ހިއްސުތަކަށް ބާރު ފޯރުވަމުން ދިޔައެވެ. އެކަން ހުއްޓުވަން އަހަރެން ވަރަށް މަސައްކަތްކުރަމެވެ. ނަމަވެސް އެކަން އަހަރެންނަށް ކާމިޔާބުވާގޮތެއް ނުވިއެވެ. އެންމެފަހުން އަހަރެންގެ ނުކިޔަމަންތެރި ހިތް އިޒްއަށް ދެވިއްޖެއެވެ. ހެނދުނު ހޭލައިގެން އެންމެ ފުރަތަމަވެސް ދެވެނީ އިޒް ދެކިލާށެވެ. އެސޫރަ ފެނިލުމުން ހިތަށް ހަމަޖެހުން ލިބޭތީއެވެ. އަހަރެން އެންމެ ބިރުގަންނަނީ އިޒްއަށް އަހަރެންގެ ހަޤީޤަތް އެނގޭ ދުވަހަކުން ވާނެގޮތެއް ނޭނގޭތީއެވެ.

އިޒްގެ ހަރަކާތްތަކުން އިޒްވެސް އަހަރެންދެކެ ލޯބިވާހެން ހީވެއެވެ. ލޯބިވެޔޭ ބުނަން އުޅޭހެންވެސް ހީވެއެވެ. ބައެއްފަހަރު އިޒް ބަލާލާގޮތުން އަތްފައިގެ ލޯލިތައް ކޮޅަށް ޖެހިގެންދެއެވެ. އަހަރެން އެންމެ ހައިރާންވީ އިޒް ކަހަލަ ޒުވާން ފިރިހެންވަންތަ ފިރިހެނަކު ދުވާލު ހަތަރުދަމު އަހަރެންނާ އެކުގައި ހޭދަކުރިއިރުވެސް އެއްފަހަރުވެސް އަހަރެންނާ ގައިގޯޅިވާކަށް ނޫޅެއެވެ. އަތުގައި ހިފާލެވުނަސް ވަގުތުން “ސޮރީ”އޭ ބުނެލައެވެ. މިކަމުން އަހަރެންނަށް ވަރަށް އަސަރުކުރެއެވެ. އިޒް ހީކުރާކަހަލަ އިއްފަތްތެރި އަންހެނަކަށް އަހަރެން ނުވާތީއެވެ. ކިތަންމެ ފަހަރަކު އިޒްއަށް ހަޤީޤަތް ކިޔައިދޭންވެސް އުޅުނީމެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އިޒް ގެއްލިދާނެތީ ބިރުން އެވާހަކަ ބުނާކަށް ނުކެރެއެވެ.

ކުއްލިއަކަށް ވީނުވީއެއް ނޭނގު އިޒް ގެއްލިއްޖެއެވެ. މިހާރު ތިންދުވަސް ފާއިތުވެ ދިޔައީއެވެ. އިޒްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ކޮންމެ ދުވަހަކު ބޭޤަރާރުކަމާއެކު ތުނޑިމަތީގައި ހިނގާލަ ހިނގާލާ ހުއްޓާ އިރުއޮއްސިދެއެވެ. އިޒްގެ އެއްވެސް ހިލަމެއްނުވެއެވެ. ރޭގަނޑުގެ ޑިއުޓީއަށް ދަނީވެސް އިތުރު އެހެންގޮތެއް ނެތިގެންނެވެ. އިޒްގެ ކުއްލި ވަކިވެދިޔުންވީ އަހަރެންގެ ހިތަށް ކެތްކުރެވޭވަރުގެ ކަމަކަށް ނޫނެވެ. ރެއާއި ދުވާލު ރުއިން ނޫންކަމެއް ނުކުރެވެއެވެ. ފެންވަރާހިތެއް ކާހިތެއް ނުވެއެވެ. އަބަދު ދުޢާ ކުރެވެނީ އިޒް އެނބުރި އައިސް އަހަރެން މިކަމުން ސަލާމަތް ކޮށްދޭތޯއެވެ.

މިއަދަކީ އިޒްގެ ޚަބަރެއް ނުވާތާ ހަތަރުވަނަ ދުވަހެވެ. މާލެއަށް ދާން ޖެހިފައި އޮތަސް ދާކަށް ބޭނުމެއްނޫނެވެ. އެއަށްވުރެ އިޒްގެ ޚަބަރެއްވޭތޯ ބެލުން މާ މުހިންމެވެ. މާލެއަށްވެސް ނުގޮސް ވާކަށްނެތެވެ. އަންނަ ހަފްތާގައި މެލޭޝިއާއަށް ފުރަންޖެހޭތީ ޕާސްޕޯޓްވެސް އާކުރަން އެބަޖެހެއެވެ. ހިތާއި ދެކޮޅަށް މާލެ ދާން ފުރީމެވެ. މާލެއިން އެނބުރި ރަށަށް އާދެވުނީ ދެދުވަސް ފަހުންނެވެ. ރަށަށް އާދެވުމާއެކު އަހަރެން ދިޔައީ ތުނޑިއަށެވެ. އިޒް ފެންނާނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ހަވީރު ވީއިރުވެސް އިޒްގެ ޚަބަރެއް ނުވިއެވެ. އިޒް ދިޔައީބާއެވެ. އާނއެކެވެ. އިޒް އަހަރެން ދޫކޮށް ދިޔައީއެވެ. އިޒްއާއެކު ހޭދަވި އުފާވެރި ވަގުތުތައް އަނބުރާ އަންނާނެކަމެއް ނޭނގެއެވެ. އެހެންނޫނަސް އަހަރެންކަހަލަ އަންހެންކުއްޖެއްދެކެ ލޯބިވާނީވެސް ކާކު ހެއްޔެވެ؟ އިޒްއަށް އަހަރެންގެ ހަޤީޤަތް އެނގުނީ ކަންނޭނގެއެވެ.

އަހަރެން އެންމެ ބިރުން އުޅުނު ކަންތައްވީއެވެ. އިޒްއަށް އަހަރެންގެ ހަޤީޤަތް އެނގުނީއެވެ. އެއީވެސް މީހެއްގެ ފަރާތަކުން ނޫނެވެ. އިޒްގެ ކުރިމަތީގައި ހުރިހާ ކަމެއް ހިނގާދިޔައިރު އަހަރެންނަށް ރޭކާވެސްނުލިއެވެ. ކުރިމަތީގައި ހުރި އިޒް ފެނުނު ވަގުތު އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މިއޮއްހާ ދުވަހު ނުފެނި އުޅެފައި ކުއްލިއަކަށް މިފަދަ ގޮތަކަށް ފެނުމުން ބުނެދޭން ނޭނގޭ އިހުސާސެއް ކުރެވުނެވެ. ބޭނުންވީ ދުވެފައި ގޮސް އެއަތުގެ ތެރޭގައި ބޮނޑިވެލާށެވެ. ހިތް ފުރެންދެން ރޯލާށެވެ. މިއޮއްހާ ދުވަހު އަހަރެން އެކަނި ދޫކޮށްލާފައި ދިޔައީ ކޮންތާކަށްތޯ އަހާށެވެ. ކުއްލިއަކަށް އަހަރެންގެ މޫނުމައްޗަށް އަނދިރިވިއެވެ. މިވަގުތު އައުމުގެ ކުރިން އަހަރެން މަރުވިނަމައޭ ހިތަށްއެރިއެވެ. އިޒް އަހަރެންގެ މޫނުމަތީގައި ޖެހުމަކުން އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އަދި ތަދެއްވެސް ނުވެއެވެ. ތަދުވީ އަހަރެންގެ ކުދިކުދިވެފައިވާ ހިތަށެވެ. އަހަރެން އެންމެ ދެރަވީ އެއްމެ ފަހަރަކު ނަމަވެސް އިޒް އަހަރެންގެ ވާހަކަ އަޑު އަހާނުލާ އިޒް ދިޔައީމައެވެ. އަހަރެން ބޭނުންވީ ރޮއިރޮއި އެތަނުގައި އޮވެ މަރުވެދާށެވެ.

އިޒްދެކެ އަހަރެން ވަރަށް ލޯބިވަމެވެ. އެއް އިންސާނަކު އަނެއް އިންސާނަކުދެކެ ލޯބިވާނެ އެންމެ މަތިވެރި ދަރަޖައަށެވެ. އަހަރެން ދުވަހަކުވެސް އިޒް މަތިން ހަނދާނެއް ނުނެތޭނެއެވެ. ތިއީ މިދުނިޔޭން އަހަރެންނަށް ޤަދަރާއި އިޙްތިރާމެއް ދިން ފުރަތަމަ ފިރިހެނާއެވެ. މުޅި އުމުރަށް އިންތިޒާރުކުރަން ޖެހުނަސް އަހަރެން އިޒްއަށް އިންތިޒާރު ކުރާނަމެވެ. ފުރިހަމަ މާނައިގައި ތިޔަ ލޯތްބަށް ވަފާތެރިވާނަމެވެ. ރޭގައި އިޒްގެ ދެލޮލުން އަހަރެންނަށް އެފެނުނު އަސަރަކީ މީގެކުރިން އަހަރެން ދެކެފައިވާ އަސަރެއް ނޫނެވެ. އިޒްވެސް އަހަރެންދެކެ ލޯބިވާކަން ޔަޤީންވެއްޖެއެވެ. ނަމަވެސް ދެރައީ މިދެހިތަށް ދުވަހަކުވެސް އެކުނުވެވޭނެތީއެވެ.

މިހާރު އިޒްއަށް އަހަރެންގެ ހަޤީޤަތް އެނގިއްޖެކަމަށް އުންމީދުކުރަމެވެ. އިޒްދެކެ އަހަރެންވީ ސާފުތާހިރު ލޯތްބެކެވެ. އަހަރެންގެ ޖިސްމު ކިތަންމެ މުޑުދާރަސް އަހަރެންގެ ހިތަކީ ސާފު އެއްޗެކެވެ. އެހިތް ހަމައެކަނި ދިނީ އިޒްއަށެވެ. މީގެކުރިންވެސް އަދި ފަހުންވެސް މިހިތަކީ އިޒްގެ މިލްކެކެވެ. އިޒްއެވެ. އަހަރެން ގާތަށް އަންނާކަށް އަހަރެން އިޒް ގާތަކު ނުބުނާނަމެވެ. ނަމަވެސް އަހަރެން އިޒް ގާތު އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށް މާފްކޮށްދޭށެވެ. އަހަރެން އިޒްއަށް ހަޤީޤަތް ކިޔައިދޭން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އިޒްދެކެ ވާލޯތްބެއްގެ ބޮޑުކަމުން އިޒް ގެއްލިދާނެތީ އެކަން ކުރާހާ ހިތްވަރު އަހަރެންނަށް ނުލިބުނީއެވެ.

އިޒްއެވެ. އަހަރެން އެދެނީ އިޒް އަހަރެން މަތިން ހަނދާން ނައްތާލުމަށެވެ. “މަލަކާ” ކިޔާ ކުއްޖެއް އިޒްގެ ހަޔާތަށް އައިކަން ހިތުން ފޮހެލާށެވެ. މިއަދު އިޒްއަށް އިޒް ބޭނުން ކުއްޖަކު ލިބިދާނެއެވެ. އިޒްއަކީ ވަރަށް ރަނގަޅު ރީތި ޒުވާނެކެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ތޫނު ދެލޮލުގެ ވެރިއެކެވެ. ތި ފިރިހެންވަންތަ ޒުވާނާގެ ހަޔާތުގެ ބައިވެރިއަކަށް ވާން ބޭނުންނުވާނީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ އިޒްއެވެ. އަދިވެސް އެއްފަހަރު އަހަރެންނަށް މާފުކޮށްދިނުމަށް އެދެމެވެ. އަދި އިޒްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަންވެސް ބޭނުމެވެ. އިޒްއާ އެކުގައި ހޭދަވީ ކިތަންމެ މަދު ދުވަސްކޮޅަކަށްވިޔަސް އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. ލޯބި އެއީ ކޮން އެއްޗެއްކަން އަހަރެންނަށް އެނގުނީ އިޒްގެ ފަރާތުންނެވެ. މިދުނިޔެއަކީވެސް ކިހާ ރީތި ތަނެއްކަން އަހަރެންނަށް އަންގައިދިނީ އިޒްއެވެ. މިދުނިޔޭގައި އޯގާތެރި ރަނގަޅު މީހުންވެސް އުޅޭކަން އަހަރެންނަށް އެނގުނީ އިޒްއާ ދިމާވުމުންނެވެ. އަހަރެން ކިތަންމެ ދެރަވެފައި ހުއްޓަސް ހެއްވާލަދެއެވެ. މިހިތުގައިވާ ހުރިހާ ރިހުމެއް ހަނދާންނެތިގެން ދަނީ އިޒްގެ މަޖާ ވާހަކަތަކުންނެވެ. އިޒްއެވެ. އެހުރިހާ ކަމަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އަދި ދެވަނަ ފަހަރަށް އިޒްއާ ދިމާނުވުމަށް ދުޢާވެސް ކުރަމެވެ. އިޒްއަށް ބާއްޖަވެރި އުފާވެރި ދިރިއުޅުމަކަށް އެދެމެވެ.

– ހަމައެކަނި އިޒްގެ މަލަކާ –

**********

އިޒްޔާންއަށް ލޯމަރާ ފިއްތާލެވުނެވެ. ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތްމަތިން ފައިބައިގެން ދިޔައެވެ. މިހާރު ހަމަ ރަނގަޅަށްވެސް އިޒްޔާންއަށް ރޮވިއްޖެއެވެ. ގިސްލެވެން ފެށުނެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިންއިރު ހިތުގެ ހިނގުން ހުއްޓެން އުޅޭހެން ހީވެއެވެ. މިހެން އިރުގަނޑެއް ވަންދެން އިޒްޔާންއަށް އިނދެވުނެވެ. ހިތުގެ ޝަކުވާތައް ބަންޑުން ޖަހާލާނެ ފަރާތެއް ނެތެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލާފައި ތެދުވެގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ.

“މަލަކާ! މިހިތުން ދުވަހަކުވެސް ތިޔަ ނަމެއް ނުފިލާނެ. އަހަރެންވެސް މަލަކާދެކެ އިންތިހާއަށް ލޯބިވޭ. އަދި މިހާރު އެލޯބި އިތުރުވެސްވެއްޖެ. އަހަރެން ބޭނުންވަނީ މިވަގުތުވެސް މަލަކާ އަހަރެންގެ އަނތްބަކަށް ހަދަން. އަހަރެންގެ ނަސީބުގަ މަލަކާ ލިބެން ހުރިނަމަ އެކަކަށްވެސް އެކަމަކަށް ހުރަހެއް ނޭޅޭނެ. އަހަރެން ދުޢާ ކުރާނަން މަލަކާ ތިކަމުން ސަލާމަތްވެ މަލަކާއަށް އުފާވެރި ދިރިއުޅުމެއް ލިބޭތޯ.” އިޒްޔާން ހިތާހިތާ ކިޔާލިއެވެ.

އިޒްޔާންގެ ހިތް ރޮމުންދަނީއެވެ. އެހިތުގައި ވަނީ ރިހުމާއި ވޭނެވެ. މިއަދު އެހިތް އިތުރަށް ރޮއްވާލީ މަލަކާ އޭނާއާ ބެހޭގޮތުން ލިޔެފައިވާ އިބާރާތްތަކުންނެވެ. މަލަކާ ގައިގައި ޖެހުނީތީ މިހާރު އިޒްޔާން ވަރަށް ދެރަވެއްޖެއެވެ. އަނިޔާ ލިބިފައިވާ ކުއްޖަކަށް އިތުރު އަނިޔާއެއް ދެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެއީ އެވަގުތު ރުޅީގެ މައްޗަށް ބުއްދި އިސްނުކުރެވުމުން ވީގޮތެވެ. ފަތިސްވީވެސް އިޒްޔާން އެހާލުގައި ކުޑަދޮރު ކައިރީގައި ހުއްޓައެވެ. އިރުގެ ދޯދިތައް ލޮލަށް އެޅެން ފެށުމުން އިޒްޔާން ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް އެނދުގައި އިށީނެވެ. އަނެއްކާވެސް ފޮތްނަގާ މަލަކާ އެންމެފަހުން ލިޔެފައިވާ ޞަފުހާ ކިޔަންފެށިއެވެ. މިގޮތަށް ތަކުރާރުކޮށް އިޒްޔާން އެޞަފުހާ ކިޔާފައި ރުޔެވެ. ލޯބީގައި އޭނާއަށް މިކުރެވުނީ ހީވެސް ނުކުރާ ކަހަލަ ތަޖުރިބާއެކެވެ.

(ނުނިމޭ)

16

26 Comments

 1. Hawwoo....

  January 8, 2017 at 2:50 am

  Rovvaalaifi hama kurimathin aifavey… Saandy vvv furihama ma sha allaah…

  • Saandy

   January 8, 2017 at 2:54 pm

   ޝުކުރިއްޔާ ހައްވޫ

 2. sonaalee

  January 8, 2017 at 4:10 am

  Thaashaa mivaahakayaa v ehgoiy…

  • Saandy

   January 8, 2017 at 2:55 pm

   އެހެންތަ؟

 3. Raavi

  January 8, 2017 at 8:42 am

  Varah reethi..waiting 4 next part

  • Saandy

   January 8, 2017 at 2:55 pm

   ޝުކުރިއްޔާ ރާވީ… އިރާދަކުރެއްވިއްޔާ މިރޭ 11ވަނަ ބައި ގެނެސްދޭނަން

 4. Naadhee

  January 8, 2017 at 9:27 am

  V furihama mi vaahaka

  • Saandy

   January 8, 2017 at 2:56 pm

   ޝުކުރިއްޔާ ނާދީ

 5. maree

  January 8, 2017 at 9:41 am

  V reethi

  • Saandy

   January 8, 2017 at 2:56 pm

   ޝުކުރިއްޔާ މަރީ

 6. Anonymous

  January 8, 2017 at 9:47 am

  vaahaka vvv reethi.. v asaru gadha.. waiting for another part

  • Saandy

   January 8, 2017 at 2:57 pm

   ޝުކުރިއްޔާ އެނޮނީމަސް… އިރާދަކުރެއްވިއްޔާ މިރޭ 11ވަނަ ބައި ގެނެސްދޭނަން

 7. Madhy

  January 8, 2017 at 10:15 am

  Taashaa mi story aa v bodah connect vey eba. I mean adhi midhaa gothun v ehgoiyh kameh eba huri. Story salhi

  • Saandy

   January 8, 2017 at 2:58 pm

   އެހެންތަ މަދީ؟ ޝުކުރިއްޔާ

 8. Saadu

  January 8, 2017 at 12:03 pm

  Milee aky tha malaka ge kokko…reethi…

  • Saandy

   January 8, 2017 at 2:59 pm

   ޝުކުރިއްޔާ ސާދު! އެނގިދާނެތާ މިލީއަކީ މަލަކާއާ ގުޅުނހުރި މީހެއްކަންވެސް ނުވަތަ ނޫންކަންވެސް

 9. Mal

  January 8, 2017 at 12:36 pm

  Warah salhi igey ? asarugadha kamun nuves kiyey.

  • Saandy

   January 8, 2017 at 2:59 pm

   ޝުކުރިއްޔާ މަލް

 10. Sammi

  January 8, 2017 at 12:48 pm

  Knmes kuhjaku bunedhyba Lee min ho ge writer.. Evaahakaige ehbai kiyaafa dhn nukiyun.. Search kohgen ves evaahaka nufenun

  • someone

   January 8, 2017 at 1:05 pm

   sammi.. lee min ho ge writer aky SHINE

  • Saandy

   January 8, 2017 at 3:00 pm

   ސަންމި! އެއީ ޝައިންގެ ވާހަކައެއް… ޝައިންގެ ނަމަށް ކްލިކް ކޮށްލީމަ ޝައިން އަޕްކޮށްފަ ހުރި ހުރިހާ ވާހަކައެއް ފެންނާނެ

 11. Anonymous

  January 8, 2017 at 1:29 pm

  Shine ge nama click kohllaa eyrun shine ge hurihaa vaahakaeh fennaane

 12. Shy beauty

  January 8, 2017 at 4:38 pm

  Alhe haadha reethi story ekey mee…v asaru gadha…hama rovijje…waiting 4 next episd??

  • Saandy

   January 8, 2017 at 6:37 pm

   ޝުކުރިއްޔާ ޝައި ބިއުޓީ! މިހާރު އަޕްކޮށްލާފަ އިންނާނެ

 13. Inu

  January 9, 2017 at 1:04 am

  V reethi adhi…I like this story… Izz n malakaa umurah eky vaama awesome .. I mean they meried… Woww

  • Saandy

   January 9, 2017 at 1:51 am

   ޝުކުރިއްޔާ އިނޫ! ބަލަމާ ދޯ އެދެމީހުންނަށް ގުޅެވޭތޯ ނުވަތަ ނޫންތޯ

Comments are closed.