އެއީ ކީއްވެ؟
އަހަރެން ރުޅިވެރިކަމާއެކު ޝާހިދު އާއި ދިމާއަށް ބަލަން ފެށީމެވެ.
“އަސްތާ! ކާލާފާނެހެން ހީވާކަހަލަ ބެލުމަކުން އަޅުގަޑާއި ދިމާލަށް ބަލާނެ ކަމެއްނެތް..އަޅުގަނޑު އެހެންބުނީ އަޅުގަނޑާއި ވާހަކަ ނުދެއްކީމާ މަންމަނު ކުއްޖެކޭ ހީކޮށް”
“ޝާހިދު އަހަރެންގެ އެކުވެރިޔާ އަކީ މަންމަނު ކުއްޖެއް ނޫން މާތް ﷲ އޭނާއަށް ވަނީ ރީތި އަޑެއް ދެއްވާފަ އަދި ސުކޫލްގެ ލަވަ މުބާރާތުގައި މުޅި ސުކޫލުން އެއްވަނައަށްވެސް ދިޔައީ ހަމަ އަހަރެންގެ މި އެކުވެރިޔާ،މައުލޫމާތަށްޓަކައި ބުނެލީ
“އެހެންވެއްޖެއްޔާ ބުނެބަލަ ތިޔަ އެކުވެރިޔާ ކާރީ މި ހަފްލާޔާ ގުޅޭ ލަވައެއްކިޔާދީބަލާށޭ”
އަބާ އަހަރެންނަށް އިޝާރާތް ކޮށްލިއެވެ. އަދި ލަވަކިޔާދިނުމަށް އާދޭސް ކުރިއެވެ.
ދުންޏާ އަހަރެންގެ އަތަށް މައިކް ލައި ދިނެވެ. އަހަރެން ގެއްލިފައިވާ މީހެއް ހެން ލަވަކިޔަންފެށީމެވެ.
“ހަވީރުގެ ވަގުތުގައި ދިމާވި އެޒުވާނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ…
ލަދުން އަހަރެން މޯޅިވާގޮތަށް މިއަދު އޭނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ
އުފާވެރި ދުވަސްތަކަކަށް އަހަރެންގެ ހިތް އެދެމުން ދަނީއެވެ.
ހަވީރުގެ ވަގުތުގައި ދިމާވި އެޒުވާނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ.”
އަހަރެންގެ ލަވަނިމުމާއެކު އަތްތިލަބަޑީގެ އަޑުން މުޅި ތަން ގުގުމާލިއެވެ. ހުރިހާ މީހުން އަހަރެންނަށް ތައުރީފް ކުރިއެވެ. އަހަރެމެންނަށް ގެޔަށް އާދެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ.
ޝާހިދުގެ އެކުވެރި ރަމްޒީ ސިޓީ ބޮނޑި ތަކެއް ހިފައިގެން ޝާހިދު ކާރިޔަށް އޭނާގެ ގެޔަށް އައެވެ.
“އެކުވެރިޔާ ނިކަން މިސިޓީ ތަކުގެ ޖަވާބު ދީބަލަ.. މިއީ ހާދަ ބޮޑު ވޭނެކޭ މިކުދިން ކަލެއަށް މަޑުކޮށްގެން އެތިބެނީ އުފަންވީއްސުރެ ތޯއްޗެއް”
ރަމްޒީ ހުރިހާ ކަރުދާހެއް ޝާހިދުގެ ކުރިމައްޗަށް ޖެހިއެވެ
ތިޔައިން އެއްވެސް ސިޓީއަކަށް ޖަވާބުދޭން އަހަރެން ބޭނުމެއް ނޫން.. ބުނަންތަ އެކުވެރިޔާ ވާހަކައެއް ބުނަންތަ އަހަރެން ބޭނުމެއް ނޫން އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ރަޝިއާ، ޖަރުމަނު، ނޫނީ ވިލާތު ކުއްޖެއް އަހަރެން ބޭނުމީ ހަމަ ހަތަރު ކަށިމަތި ދިވެހި އަންހެން ކުއްޖެއް ކަޅަސް ދޮނަސް ފަލަސް ހިއްކަސް”
“ނާހަމަ ރަނގަޅަށްތަ މިހިރީ ފައްކާ ދިވެއްސެއްތާދޯ؟ ދެން ބުނެބަލަ ކަލޭ ދެކޮނޑަށް ސެންޓު ބުރުވައިގެން މޫނުގައި ފެއަރ އިން ލަވްލީ ފުށް ޖަހައިގެން ނަލަވެގެން ތިޔަ ހަރީ ކޮންހަގުރާމަޔަކަށޯ؟”
ރަމްޒީ ޝާހިދު އާއި ދިމާކޮށްލިއެވެ.
“ރަމްޒީ އަކަށް ނޭނގޭތަ އަހަރެން މިހާވަރަށް ރީތިވެގެން މިހިރީ އިންނަން މިއުޅޭ ގޮއްޔެގެ ގެޔަށް އާނ ބަސް ބުނޭތޯ އަހަންދާން”
“ސަހާދެއް މަވެސް ދަންތަ ތިޔަ ކުޅިވަރު ދެކި އަތުން ހިފާ އަޖުމަ ބަލާލަން”
“ހިނގާ އެކަމަކު ބުނަން ކަލޭގެ ތިޔަ ކަށިނެތްދޫ ހިމޭނުން ބާއްވާތި.. ބުނަންނުވާ އެއްޗިހި ނުބުނާތި.. ބުނަންވާ އެއްޗިހި ބުނާތި.. މަގޭ ކޮނޑުން ތިންފަށް އަރުވާލަދޭތި.. ކަލޭގެ ތިޔަ ބުއްދީގެ ބޭނުންކޮށްގެން” ރަމްޒީގެ ބޮލުގައި ޖަހާލަމުން ޝާހިދު ބުނެލިއެވެ.
“ހޫނ ކުރިހުރިހާ ހުކުމެއް ލޮލާއި ބޮލުން ގަބޫލް.. ދެން އެއީ ކޮންގެއެއްގެ ފަންމިންޏެއްތަ ފަހެ ބައްދަލު ކުރަން އަހަރުމެން މިދަނީ.. ފަހަރުގައި އެގޭގެ ގެންގުޅޭ ކުއްޖާ މަށާއިވެސް ހިތާވެދާނެނު”
“ރަމްޒީ އަށް އެނގޭނެ ރޭގަ ޕާޓީގަ ލަވަކިޔާލި އަންހެން ކުއްޖާ”
“އަސްތާ ރަނގަޅަށް ނުވެސް އެނގެނީސް ގޮސް އިންނަން އަހަން ކެރިދާނެތަ ގޭގެ ފައިވާން ހަރުގަޑުން ތޯއްޗެއް ވެލްކަމް ވެސްލިބޭނީ މިހިރަ މޮޔަ އާޝިގް”
“އަހަރެން މިއޮއްރީތި މީހާ ތިހާ ބޮޑަކަށް ކަޑަ ނުވާނެ ރަމްޒީ ކަލޭތީ އަދި ކުޑަކުއްޖެއް މަޑުކުރޭ އިނގޭ އަނެއްކާ ކަލޭ ފޮތްހިފައިގެން ފިލާވަޅުނަގަން ހުރޭ މަގޭ ހިޔަނީގަ” ޝާހިދު ކޮނޑު އަރުވާލަމުން ބުނެލިއެވެ.
“ރަމްޒީ ކަލޭ ކާރީ ބުނަންތަ އަދި ރަނގަޅު ފިލާވަޅެއް ހަޔާތުގައި ހޯދަންޖެހޭނީ ވަކި ވައްތަރެއްގެ އަނބިން ތިމާފަހަތުގައި ވިއްދާފަ ތިބޭ އަނބިންނެއް ނޫން.. ތިމާޔާ ގެއަށް އައިސް ވަންނަ އިރަށް ސަތެކަ ސުވާލު ކުރާމީހުންނެއްނޫން. ފިރިންގެ މިނިވަންކަން ފިރިންނަށްދޭ އަޅުވެތި އަނބިން އެއީ ދިވެހި އަންހެންކުދިން”
“އޮއްހޯ އެހެންވީއިރު ކަލޭ ބޭނުންތިވަނީ އަންބެއްނޫން ޖާރިޔާއެއް އެވެސް އަޅުވަތި ޖާރިޔާއެއް” ރަމްޒީ އޭނާ ގެނައި ކަރުދާސް ޑަސްބިންއަށް އަޅާލިއެވެ.
“ހޫން ދެން މިހާރު މިގަަރުނަށް ވާވަރަށް ފިލާވަޅު ލިބިއްޖެއެއްނު ދެން ހިނގާ އެގޭދޮށަށް މުގޯލި އަޅަން ދާން”
ދެވެރިން އެއްކޮށް ގެއިން ނިކުންނަކޮށް އެގޭގޯތީގައި ހުރެފަ ފަރީދާ އެމީހުން ހުއްޓުވިއެވެ. ފަރީދާ އަކީ މަންމަމެންގެ ޒަމާނުއްސުރެ ގޭގައި އުޅޭ ހާދިމާއެކެވެ. މަންމަޔާ ބައްޕަ ނިޔާވުމުންވެސް ޝާހިދު ދޫކޮށްފަ ނުގޮސް އޭނާ ގޭގައި މަސައްކަތް ކުރަމުން ދަނީއެވެ. ޝާހިދު ދެކެ އަމިއްލަ ދަރިއެއްފަދައިން އޭނާ ލޯބިވާތީއެވެ.
“ކޮންތާކަށް ދެވެރިން ނައްޓާލީ މިއޮއްފަދަ ރޭގަނޑު”
“މަންމާ މިދަނީ ބޭރަށް ދާން ރައްޓިހި ކުއްޖަކާ ބައްދަލު ކޮށްލަން” ޝާހިދު ފަރީދާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ދެންމިރޭގެ ކެއުމޯ” ފަރީދާ ދެރަވެފަ އަހާލިއެވެ. ފަރީދާ ވަރަށްބޮޑަށް ޝާހިދުގެ ކަންތަކަށް ހާއްސަ ކަންދެއެވެ.
“ބޮޑުދައިތަޔަކަށް ނޭނގޭތަ އޭނާ ދާގެތަކުން އޭނާއަށް ރަނގަޅު ފަރިއްކޮޅު ތައްޔާރު ކުރާނެކަމެއް” ރަމްޒީ ޖީބައް އަތްޖަހާލައިގެން ވަރަށް މަޖާވެފަ ބުނެލިއެވެ.
ޝާހިދު އާއި ރަމްޒީ ދިޔަގޮތަށް ދިޔައީ ނިޝާމެންގެޔަށެވެ. އެގޭގެ އެޑްރެސް އަބާއަތުން ހޯދާފަ އޮތުމުން މާއުނދަގުލެއް ނުވިއެވެ.
ދުންޔާ ގޭގެ ބެލްކަނީގައި ގަހަށް ފެންދޭން ހުއްޓެވެ. ޝާހިދުގެ ކާރު ގޭޓުން ވަދެގެން އައިތަން ފެނިގެން ދުންޔާާ ދުވަމުން ގޭތެރެއަށް ވަނެވެ. އަދި އުފަލުން ޝާހިދު އައިކަމުގެ އުފަލުގައި މަންމަޔަށް ގޮވަމުންދިޔައެވެ. ޝާހިދު އާއި ރަމްޒީ މިމަންޒަރު ފެނިގެން ކާމިޔާބުވީ ކަމުގައި ބުނެ ދެމީހުން ދެމީހުންނަށް ބަލާލާފަ ހީލަމުން ގޭގެ ދޮރުކާރީ ގެޔަށް ނުވަގެ މަޑުކޮށްލިއެވެ.
“މަންމާ ނިކަން އަވަހަށް އައިސް ބަލަ އަހަރުމެންގެ ޖިފްޓި ގަޑަށް ރަސްކަލަކު ވަޑައިގެންފި”
“ކާކޭ…ކީކޭ ތިޔަ ކިޔަނީ؟” ދުންޔާގެ މަންމަ ބަދިގޭގައި ހުރެފަ ކުޑަތުވާލިން އަތް ފޮހެމުން ނިކުމެ ޝާހިދު މެންނާ ސަލާމް ކުރިއެވެ.
“ދަރުފުޅު މެން ބޭރުގައި ތިތިބީ ކީއްވެ އާދޭ ވަދޭ އެތެރެއަށް”
“އަހަރެންގެ ނަމަކީ ޝާހިދު…”
“އެނގެޔޭ ތިޔައީ ޝާހިދު ކަން.. އަހަރެންގެ އަންހެން ދަރިންކޮޅު ދުވާލު ދާހަތަރު ދައްކަނީ ޝާހިދުގެ ވާހަކަ އެހެންވީމާ އެނގެގޭނެނު”
“އަސްލުވެސްތަ އަޅުގަނޑުގެ ގޯސްވާހަކަބާ ދައްކަނީ މީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރި ޜަމްޒީ” ޝާހިދު އެމީހުންނަށް ރަމްޒީ ތަޢާރަފް ކޮށްދިނެވެ.
“އުހުން އަހަރެން ތަޢާރަފް ވާނީ އަހަރެން އަމިއްލަޔަށް.. ޝާހިދުގެ ތައާރަފް ޝާހިދުދީ” ރަމްޒީ ކުރިޔަށް ޖެހި މަންމަގެ އަތުގައި ހިފާ ސަލާމް ކޮށްލަމުން ބުނެލިއެވެ
“އަހަރެންގެ ނަމަކީ ރަމްޒީ.. ދުންޔާ އަށް އެގޭނެ ރަމްޒީ ގެ މާނަ ދޯ ދުޏްޔާ”
“އުނހު އަހަރެންނަށް ނޭނގޭ “
“އައްދެ ދައްތަޔަށް އެނގޭނ ދޯ ދައްތާ ރަމްޒު ގެ މާނަ ނޫން މަ ބުނެދޭނީ ރަމްޒުގެ މާނަ. ރަމްޒަކީ މަގޭ މަންމަޔާ ބައްޕަގެ ލޯބީގެ ނިޝާން މިހާރު ތިދެމީހުންނަށް ވެސް އެނގިއްޖެތަ ރަމްޒުގެ މާނަ އަދި އަހަރެންނަކީ އަހަރެންގެ މީނދަ އެކުވެރިޔާގެވެސް ރަމްޒު. އަދި އިރުކޮޅަކުން އަހަރެން ވާނީ އަހަރެންގެ މީނދަ އެކުވެރިޔާ ކުރާ ކައިވެނީގެވެސް ރަމްޒަކަށް” ރަމްޒީ މިހެން ބުނުމުން ހުރިހާ މީހުން ހޭން ފެށިއެވެ.
“ލައްބަ މިހާރު އެނގިއްޖެ ރަމްޒުގެ މާނަ މީގެ ކުރިން އަހަރުމެން ހީކޮށްގެން ތިބީ މުޅިން އެހެން އެއްޗެއް ދެން ބުނެބަލަ ތިޔަ ދެކުދިން މިގެޔަށް ތިޔައައީ ކޮންބޭނުމަކުތޯ؟” ޖަމީލާވެސް މަޖާވެފަ ބުނެލިއެވެ.
“ދައްތާ މިވަގުތު އަޅުގަނޑަކީ އެކަނިވެރިއެއް.. އެހެންވެ ބޮޑެތި މީހުން ދައްކަން ޖެހޭ ވާހަކަ ދައްކަން މިއައީ ދައްތަ ގެ އިއުތިރާޒެއް ނެތީއްޔާ އަޅުގަނޑުގެ އެކަނިވެރިކަން ފިލުވާދެވިދާނެ ދައްތަގެ ދަރިފުޅު އަޅުގަޑާއި އެކު އަޅުގަނޑުގެ ކުޑަކުޑަ ގެޔަށް ފޮނުވައިގެން އަޅުގަނޑުގެ ގެޔަށް ބަހާރު މޫސުމް ގެނެވިދާނެ އަދި އަޅުގަނޑުގެ އެކަނިވެރިކަންވެސް ފިލާ ހިނގައިދާނެ”
ޝާހިދު މިހެން ބުނުމާއެކު ދުންޔާާ ލަދުން މޯޅިވެލިއެވެ. އޭނާ ހީކުރީ ޝާހިދު އެއިޝާރާތް ކުރަނީ އޭނާއަށް ކަމަށެވެ.
“ދައްތަގެ އަންހެންދަރިފުޅު ވަރަށް ނަސީބު ރަނގަޅު ގެގަ އިންދާ އެއްވެސް އުނދަގުލަކާ ނުލާ ޝާހިދު ކަހަލަ ބައިވެރިޔަކު ލިބުނު ކަން ޝާހިދުގެ އަތުގައި މަދު އެކައްޗެއްވެސް ނެތް ވިޔަފާރި ފުޅާދާއިރާއެެއްގަ މާލޭގައި ކުރަމުން ދަނީ ﷲ ވަނީ ޝާހިދުއަށް ހުރިހާ ފުރިހަމަ ކަމެއް ދެއްވާފަ ދެން އޮތީ ދައްތަގެ އަންހެންދަރިފުޅު ފޮނުވައިގެން ޝާހިދުގެ ގޭގައި އާކުލައެއްޖެއްސުން” ރަމްޒީ ޖަމީލާ ކުރިމަތީ އިށީނދެ އިނދެގެން ޝާހިދުއަށް ތައުރީފް ކުރަމުން އެކި އެކި މަޖާ ވާހަކަ ދައްކަމުން ދިޔައެވެ. ދުންޔާާ މިކަމުން މަޖާކަމެއް ލިބިގަންނަމުން ދިޔައެވެ.
“އަޅުގަޑުގެ ގޭގައި މަދީ ގެވެހި ވަފާތެރި އަންހެންކުއްޖެއް.. އަޅުގަނޑުގެ މިއެދުން ދައްތައަށް ފުރިހަމަ ކޮށްދެވިދާނެ”
“ދައްތާ އަޅުގަޑާއި ޝާހިދު މިއީ ކުޑައިރުއްސުރެގާތް އެކުވެރިން ޝާހިދުގެ ކަހަލަ ބައިވެރިޔަކު ދައްތަގެ ދަރިފުޅުގެ އަތުގައި ހިފާކަން އެއީ ދައްތަމެންގެ ހެޔޮނަސީބު ދައްތަގެ މިދަރިފުޅު އެގޭގެ މަލިކާއަކަށް…..”
“ރަމްޒީ މާނގަގަދަވެގެން ތިޔައުޅެނީ ދައްތަމެންނަށްވެސް ވާހަކަ ދައްކަން ފުރުސަތު ދީބަލަ.”
އެވަގުތު ސައިހިފައިގެން ނިޝާއައިސް ސައިތަބައްބަހައްޓާފަ ދާން ހިގައިގަތެވެ. ޝާހިދު ތެދުވެފަ ނިޝާ ހުއްޓުވިއެވެ.
“ނިޝާ ދަނީ ކީއްވެތަ؟”
“އަޅުގަނޑަށް ބަދިގޭގައި ވަރަށް ބައިވަރު މަސައްކަތް އެބައޮތް އެހެންވެ ދަނީ”
“ބަދިގޭ މަސައްކަތްތަށް ވުރެ މުހިންމު މަސައްކަތެއް މިވަގުތު މިތަނުގައި އެބައޮތް އިއުތިރާޒެއް ނެތިއްޔާ މަޑުކޮށްލަ ފާނަންތަ؟”
ޝާހިދު މިހެން ބުނެލަމުން ޖަމީލާއާއި ދިމާލަށް އެނބުރުނެވެ. އޭރު ޖަމީލާއާއި ދުންޔާހައިރާންވެފަ ޝާހިދުގެ ހަރަކާތަށް ބަލަންތިއްބެވެެ.
“ދައްތާ އަޅުގަނޑުމެން މިއަދު މިގެޔަށް އައި ބޭނުމަކީ ދައްތަގެ މިއަންހެން ދަރިފުޅުގެ ކާއިވެންޏަށް އެދި ދައްތަގެ އިއުތިރާޒެއް ނެތިއްޔާ”
ޝާހިދު މިހެން ބުނުމުން ހައިރާންވެފަ ޖަމީލާ އާއި ދުންޔާ އެކަކު އަމެކަކަށް ބަލާލިއެވެ. އަދި ރުޅިވެރިކަމާއެކު ނިޝާއާއި ދިމާލަށް ބަލާލާފަ ދުޏްޔާ ދިޔައީއެވެ.
“ކަލޭ ހަމަ މިހާރު އެތެރެއަށް ދޭނިޝާ..” ޖަމީލާ ރުޅިވެރިކަމާ އެކު ނިޝާ އެތަނުން ފޮނުވާލާފަ ޝާހިދު އާއި ކުރިމަތިލިއެވެ.
“ދަރިފުޅާ ޝާހިދު ނިޝާއަކީ އަހަރެންގެ ދަރިއެއްނޫން ޔަތީމް ކުއްޖެއް އަހަރެން ހީކުރީ ދަރިފުޅު ބޭނުންވަނީ ދުޏްޔާ ކަމަށް.. ކޮންމެ ގޮތެއް ވިޔައަސް ހައިސިއްޔަތުން ތިޔަދެކުދިން މާގުޅޭ”
“ޔަތީމަކަށް ވާނީ ކިހިނެއް..ދައްތަ މެންތިތިބީނު ނިޝާއަށްޓަކައި އަޅުގަނޑުމެން ދެން އަންނަ އާއްދިތަ ދުވަހަކު އަންނާނަން އޭރުން ދައްތަ މެންގެ ޖަވާބަކަށް އިންތިޒާރު ކުރާނަން” ޝާހިދު މިހެން ބުނެލާފަ އަވަހަށް އެތަނުން ނިކުމެންގެން ދިޔައީއެވެ.
“ޝާހިދު ނިޝާއާއި ކާވެނި ކުރީމާ އޭނާގެ ޔަތީމްކަން ފިލާނެ.. އަންނަ އާދީއްތަ ދުވަހަށް ދައްތަގެ އެދަރިފުޅު ގަބޫލީޔާ ތައްޔާރު ކުރުވާ.. ރަންކިޔުއްވަން އަންނާނީ ޙުދު އަހަރެން” ރަމްޒީ ވެސް މިހެން ބުނެލާފަ ޝާދހިދުގެ ފަހަތުން ދިޔައީއެވެ.
ޖަމީލާ ދިޔަގޮތަށް ދިޔައީ ދުންޔާގެ ކޮޓަރިއަށެވެ. މާދުރަށްވެސް އޭނާ ރޯއަޑު އިވެއެވެ.
“އަޅެ ދަރިފުޅާ ހުއްޓާލަބަލަ ތަގްދީރުގައި ވާން އޮތްކަމެއް ވާނެ”
99 Comments
Comments are closed.
Chiii
V reethi
takuntaku jeheyta eba vv foohi vv hadi cheedii mivahaka kiyafa mi site deke ves foohi vejje.
Site deke foohi vakanujehene… hama evahaka nukima bola undagule nuvane…
Thank you
Adhi reethi vaane dho
Musannifa rozy ah hama daabas. Keep up the gd work.
Musannifa rozy ah hama saabas. Keep up the gd work.
Mi vaahaka hama vv reethi
alhugandu rozy ah bunelan oi vaahaka akee…eki eki nazarun vaahaka liyumakee kusheh…vaahaka eh liyan jeheyny furathama meehaage nazarun nuvatha thin vana meehaage nazarun….mix eb nukureveyne….adhi aammukoh ekuverin vaahaka dhakkaa iru maai baheh beynumeh nukuraane….rozy liyaa vaahakaige haadhisaa varah reethi ekamaku vaahaka eh gothah liyaa iru e hiyaalu rangalhah express kurevifa eh nei….and thats your big problem…….hope kuran dhen faharakun mi kanthah rangalhu kuraane kamah….come on… u can do this… hwaitting!!!!
????