Skip to content
އެސްފިޔަ

ވަންހަނާ (10)

އިމާރާތުން ބޭރަށް ނިކުއިން އިރު އެކި މީޑިއާ ތަކުގެ ރިޕޯޓަރުން އެތަނަށް އެއްވެފައި އޮތެވެ. ބޯ ކުރަމުން ދިޔަ ކަޅު ވިލާތަކުން ހޯސްލާގައި ކެރިގަނޑު އޮއްސާލިއެވެ. އެވަގުތު ރިޕޯޓަރުންތައް އޭނާ ކައިރިއަށް ޖެހި ޖަވާބަކަށް އެދި އެއްފަހަރާ ސުވާލު ކުރަން ފެށިއެވެ. ބޯ ވާރޭ ތެރޭ ތެމެމުން ދިޔައިރު ރިއުމާންގެ ސިކުނޑި ސުމަކަށް ދިޔައެވެ.

“މި ރިޕޯޓަކީ ކިހާވަރެއްގެ ހަޤީޤާތެއްތޯ؟” ރިއުމާންއަށް އެސުވާލު އަމާޒު ވުމުން އޭނާ ހިންދިރުވާލިއެވެ. “އެއީ ހަމަ ތެދު ހަޤީޤަތް.. ބާރުގެ ބޭނުން ކޮށްގެން ވަންހަނާ ކުރި ހަޤީޤަތް.” ރިއުމާން ނިކަން ކެރުހުރެ މިހެން ބުނިއިރު އޭނާއާއި އަރާ ހަމަ ކުރި އައްޔާދް ދެބުމަ ގޮށްޖެހުނެވެ.

“މިނިސްޓަރާ ދެކެވުނީ ކޮން ވާހަކައެއް ތޯ؟” އިތުރު އެހެން ރިޕޯޓަރަކު ސުވާލު ކުރުމުން އައްޔާދް އެތަނުގައި ތިބި އެހެން ފުލުހުންނަށް ރިޕޯޓަރުން ދުރުކުރުމަށް އިޝާރާތް ކުރިއެވެ.

“ޑިފެންސް މިނިސްޓަރ ވިދާޅުވީ އަޅުގަނޑު ލިޔުން ކަންތަކަށް އިންކާރު ކޮށް އެއީ ފައިސާގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ބުނަން. އެހެން ނޫންނަމަ އަޅުގަނޑުގެ އާއިލާއަށާއި ރައްޓެހިންނަށް އަނިޔާއެއް ވެދާނެ ކަމަށް އިންޒާރު ދިން.. ނަމަވެސް ޑިފެންސް މިނިސްޓަރަށް ބުނެލަން އޮތް ވާހަކައަކީ އަޅުގަނޑަކީ ތިބޭފުޅާ ޖަހާހައި ބެރަކަށް ނަށާނެ މީހެއް ނޫނޭ!” ރިއުމާން މިހެން ބުނެފައި އެތަނުން ދާން ހިނގައި ގަތުމުން ރިޕޯޓަރުން އޭނާގެ ފަހަތުން ދާން އުޅުނެވެ.

ނަމަވެސް ވިއްސާރަ ބޯކޮށް ވިދާ ގުގުރަން ފެށުމުން އެމީހުން ހިޔާ ވުމަށް އެތަނުން ދިޔައެވެ. އޭރު ރިއުމާން އަވަސް ފިޔަވަޅުތަކެއްގައި ޖެހިގެން ހުރި ގޯޅިން މަޑު ކުރި ކާރަކަށް އަރައި އެހިސާބުން ދިޔައެވެ. އޭރު އައްޔާދް ބޯވާރޭ ތެރޭ ރިއުމާން ދިޔަ މަންޒަރު ބަލަން ހުއްޓެވެ. އޭނާ ފަހަރެއްގައި ވެސް ރިއުމާން އެގޮތަށް އެންމެން ކުރިމަތީ އެހެން ބުނާނެ ކަމަކަށް ހިއެއް ނުކުރެއެވެ.

****

ގޭތެރެއަށް ވަދެގެން އައި ރިއުމާން ހުރީ ތެމިފޯވެފައެވެ. ލައިގެން ހުރި ހެދުން ގައިގައި ތަތް ލަވާފައި ވީއިރު ފިނިވެގެން ގޮސް މުޅި މީހާ ރޫރޫ އަޅަމުން ދިޔައެވެ. “އަސްތާ މަގޭ ދަރި… ހަމްނާ. ހަމްނާ ނިކަން އަވަހަށް ތުވާއްޔެއް ހިފައިގެން އާދެބަލަ..” ރިއުމާން ފެނުމާއި އެކު ފާތުމަ ގޮވާލިއެވެ.

ކޮޓަރިން ނިކުއިން ހަމްނާ އަވަސް ފިޔަވަޅުތަކެއްގައި ތުވާލި ގެނެސް ރިއުމާން ގައިގައި އޮޅާލަ ދިން އިރު ނަދާ ދުރުގައި މި މަންޒަރު ބަލަން ހުއްޓެވެ. “ދޭ އަވަހަށް ތެތް ހެދުން ބަދަލު ކޮށްލަން ހުން ނާންނަނީސް.. ދައްތަ ހޫނު ސައިތައްޓެއް ހަދާލާނަން އަންނަ ވާއިރަށް.” ފާތުމަ މިހެން ބުނުމުން ރިއުމާން ގޮސް ކޮޓަރިއަށް ވަނެވެ.

“އޭނައަށް ކަމެއް ވާއިރަށް މަންމަ ހީވާނީ ތަނެއްގައި ރޯވެގެން އުޅޭހެން..” ނަދާ ރުންކުރު ގޮތަކަށް މިހެން ބުނެފައި ގޮސް ކުޑަ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. އޭރު ޓީވީ އިން ދައްކަމުން ދަނީ މީގެ އިރުކޮޅެއް ކުރިން ރިއުމާން ރިޕޯޓަރުންނާއި ވާހަކަދައްކަމުން ދިޔަ މަންޒަރެވެ. “ތި އަޑުބާރު ކޮށްލަބަލަ.. ނޭނގޭ އެތަނަށް ގޮއްސަ ވީ ކިހިނެތް ކަމެއް ވެސް.” ސައިފަތް ޕެކެޓު ހޫނުފެން ހުރި ޖޯޑަށް ލަމުން ފާތުމަ ބުނެލިއެވެ.

އެވަގުތު ތުވާލިން އިސްތަށިގަނޑު ހިއްކަމުން ނިކުއިން ރިއުމާން ގޮނޑީގައި އިށީނދެލިއެވެ. ޓީވީއިން ރިއުމާން ވާހަކަ ދައްކަމުން ދިޔަ މަންޒަރު ބަލަން ހަމްނާމެން ތިބި އިރު ރިއުމާން އިސްޖެހިފައި އިނެވެ. އޭނާ ހަޤީޤަތް ހާމަ ކުރަން ނިންމީ ބިރުން ފިލައި އިންނަން ބޭނުން ނުވާތީއެވެ. ކުޑައިރު އަމިއްލަ ދިފާޢުގައި ނުތެދުވެވުނަސް މިއަދު އެކަން ކުރާނެއެވެ.

“ދެން ކިހިނެތް ވާނީ؟” ޓީވީއަށް ގެއްލިފައި އިން ހަމްނާ ބުނެލިއެވެ. “އެކަކުވެސް ކޮންމެހެން ދާން ނުޖެހޭ ތާކަށް ގޮސްގެން ނުވާނެ.. ނަދާ އަމުދުން ބޭރަށް ނިކުމެގެން ނުވާނެ.” ސައިތަށިން ކޯވަރެއް ބޯލަމުން ރިއުމާން ބުނެލިއެވެ. “ދެން އަހަރެމެންވީ ރިއުމާންއާއި ހެދި ގޭގައި ބަންދުވެގެން އިންނަން. ވަރަށް ހެއްވާ.. މަށެއް ނީއްނާނަން.” ނަދާ ރުޅި އައިސްފައި ބުނެލިއެވެ.

“ބަލަ އަހަރެމެންގެ ސަލާމަތަށް ދޯ އެބުނީ. ރިއުމާން ހަމަ ރަނގަޅަށް ތި ހެދީ.. ހުރިހާ ކަމެއް ވެސް ފަޅާ އަރުވާލަންވީ. އެމީހުން ހިތަށް އެރިހާ ގޮތަކަށް ރައްޔިތުންނަކާ ނުބެހެވޭނެ.” ފާތުމަ މިހެން ބުނެފައި ރިއުމާންގެ ބޮލުގައި ފިރުމާލިއެވެ. “ކޮންކަމެއް ފަޅާ އަރުވާކަށް. ކިހިނެތް އިނގެނީ ރިއުމާން އެހަދަނީ ހުސް ދޮގު ނޫން ކަމެއް.. މަޝްހޫރު ވާނެ ގޮތެއް ނޭނގިގެއްނުން ރިއުމާން ތިއުޅެނީ.” ނަދާ އަޑަށް ބާރު ލާފައި މިހެން ބުނެ ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހިއެވެ.

“ރިއުމާން ހާސްނުވޭ. އޭނަ ނުދާނެ ބޭރަކަށް.. އާނ އަދި ހާޖަރާ ގުޅާފައި ބުނި މިއަދު ނުފުރަމޯ ވިއްސާރަ ކަމުން” ފާތުމަ މިހެން ބުނުމުން ރިއުމާން އިތުރު އެއްޗެކޭ ނުބުނެ ސައިތަށި ހިފައިގެން ކޮޓަރިއަށް ވަނެވެ. އެއަށްފަހު ދަބަހުން ފޯނު ނަގައި ނާހިދްއަށް ގުޅާލަމުން އެނދުގައި އިށީނދެލިއެވެ.

“ހަލޯ. ނާހިދް.. އަހަރެން މިގުޅީ މުވައްޒަފެއްގެ ހައިސިއްޔަތަކުން ނޫން.. ރަޚްމަތްތެރިއެއްގެ ގޮތުން. އާނ ދިޔައިން ބައްދަލު ކުރަން.. ޚަބަރު ބެލީ ދޯ.. އާނ.. އޭނަ އިންޒާރު ދިން.. ނާހިދްގެ ކަންތައް ވެސް އޭނައަށް އިނގޭ.. ލާރާގެ ވާހަކަ ވެސް ބުނި. ސޯ ޕްލީޒް ބަލައިގެން އުޅޭތި. އައި އެމް ސޮރީ.. އެކަމަކު ނާހިދް ހިތްހަމަނުޖެހުނަސް މިކަމުގެ ހަޤީޤަތް ހާމަކޮށް ޤާތިލަށް އަދަބު ލިބުމުން ނޫނީ މިކަން ހުއްޓައެއް ނުލާނަން.” ރިއުމާން މިހެން ބުނެފައި ފޯނު ކަނޑާލިއެވެ.

އެނދު ފަޑީގައި ލެނގިލަމުން އޭނާ އަތުން ނިއްކުރީގައި ފިރުމާލިއެވެ. އޭނާގެ މި ނިންމުމުގެ ސަބަބުން މީހަކަށް ގެއްލުން ވެދާނެތީ ކަންބޮޑު ވިއެވެ. އެކަމަކު ރިއުމާން އޭނާގެ މަޤްސަދް ހާސިލް ނުވަނީސް ފަސްޖެހޭކަށް ނޭދެއެވެ. ކުރިން ވެސް މިކަހަލަ ކިތަންމެ އިންޒާރެއް އަންނާނެ ކަން އިނގެއެވެ. ނޫސްވެރިން ގެއްލެނީކީ ވެސް އެހެން ހުރެފައެއް ނޫނެވެ. ނަމަވެސް އޭނާ މިހާބޮޑު ކަމަކާ ކުރިމަތިލާން ނިންމި އިރު އޭނާގެ ފުރާނައަށް ވެސް ގެއްލުން ވެދާނެކަން އިނގެއެވެ.

****

“ދެރަވެއްޖެ ކަމެއްނުން! އޭނައަށް ހަމަ އަނގަމަޑުން ލައިގެންނެއް ނުހުރެވުން ދޯ.. މިހާރު ފޯނަށް ހުއްޓާ ނުލައި އެކި މީސްމީހުން ގުޅަނީ. އެންމެފަހުން އަދި ރައީސް ވެސް ގުޅާނެ. ތި އެންމެން ކީއްތަކުރީ؟ އޭނާ އެހުރިހާ ވާހަކައެއް ދެއްކި އިރު ހަމަ އަނގަ މައްޗަށް ޖަހައިގެން ތިބީ!” މަހުދީ އައިސްފައި ހުރި ރުޅީގައި ދަތްކުނޑީ ވިކާލިއެވެ.

“ސާރ އަޅުގަނޑުމެން ރިޕޯޓަރުން ދުރުކުރެވޭތޯ ބެލިން.. ހިއެއް ނުކުރަން ސާރ ދިން އިންޒާރަށްފަހު އޭނަ އެހެން ބުނެފާނެ ކަމަކަށް.” އިސްޖެހިފައި ހުރެ އައްޔާދް ބުނެލިއެވެ. އޭނާއަށް ލަދުން އިސް އުފުލާ މަހުދީއާއި ހަތަރުކަޅި ހަމަކުރަން ވެސް ޖެހިލުންވިއެވެ.

“އެ ބުނީނުން.. އަދި ބުނެފިއެއް ނުން އަހަރެން ޖަހާހައި ބެރަކަށް ނުނަށާނަމޭ! ހުރޭ ކުޅި ދައްކާލާނަން މިފަހަރު.. އަދި މި މަހުދީގެ ހުރި ވަރެއް ނޭނގިގެން އެއުޅެނީ.” މަހުދީ މިހެން ބުނެފައި އޭނާ ފޯނު ނަގައި ކަންފަތުގައި ޖަހަމުން ދުރަށް ޖެހިލިއެވެ. އެވަގުތު އައްޔާދް ފޯނަށް މެސެޖެއް އައުމުން އޭނާ އެ ހުޅުވާލިއެވެ.

‘އައި މެޓް ހިމް. ދެކުނިންތަ އިންޓަވިއު؟’ އެކޮޅުން ކޮށްފައި އޮތް މެސެޖު ފެނުމުން އެތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ. އައްޔާދް އެއަށް ރިޕްލައި ކުރަން ކީބޯޑް ހުޅުވާލިއެވެ. ‘ޔެސް.. އައި ސޯ. ޔޫ ނެވާ ފެއިލް ޓު އިޕްރެސް މީ.’ އައްޔާދް މިހެން ޖަހާލުމަށްފަހު މެސެޖު ފޮނުވާލިއެވެ. އިރުކޮޅެއް ފަހުން އަނެއްކާ ވެސް މެސެޖެއް އައެވެ. ‘އެނީ ނިއުސް ފޯ މީ؟’ އެކޮޅުން ކުރި މެސެޖުގައި ލިޔެފައި ވިއެވެ. ‘ވައި؟ ޑިޑް ޔޫ މިސް މީ؟’ އައްޔާދް ހިނި އައިސްފައި ހުރެ ރިޕްލައި ކޮށްލިއެވެ.

‘އިން ޔު އާ ޑްރީމްސް..’ ޖަވާބުގައި އެ ނަމްބަރުން ލިބުނު މެސެޖުން އައްޔާދް އެއްބުމަ އަރުވާލަމުން ހިނިތުންވެލިއެވެ. “ސާޖެންޓް އައްޔާދް..” މަހުދީގެ އަޑަށް އައްޔާދް ސިހިފައި ފޯނު ޖީބަށް ލީއިރު އެ ހިނިތުންވުން ފިލައިގެން ގޮސް މޫނުމަތިން ސީރިއަސްކަން ފާޅުވިއެވެ. “ޔެސް ސާރ.” އައްޔާދް ބުނެލިއެވެ.

****

މެންދަމުގެ ހަމަހިމޭން ވަގުތު އައްޔާދް އޭނާގެ ކޮޓަރީގައި ލައިޓުތައް ނިއްވާލައިގެން އޮތެވެ. ހުޅުވާފައި ހުރި ލެޕްޓޮޕްގެ އަލިކަން އެތަނަށް ވެރިވެފައި ވީއިރު ބޭރު ބެލްކަނީގައި އައްޔާދް ސިނގިރޭޓެއް ތުމުގައި ޖަހައިގެން ހުއްޓެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހެއެވެ.

ހަށިފުރައި އެތެރެއަށް ދަމާލި ދުންތައް އޭނާ މަޑު މަޑުން ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. މާލޭގެ މަގުތައް ހިމޭވެފައި އަނދިރިއެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު އޭނާ ކޮޓަރިއަށް ވަދެ ބެލްކަނި ދޮރު ލައްޕާ ފަރުދާ ކަހާލުމަށްފަހު އެނދަށް އެރިއެވެ. ލެޕްޓޮޕުން ހުޅުވާފައި އިން ރިއުމާންގެ ރިޕޯޓަށް ނަޒަރު ހުއްޓާލުމަށްފަހު އޭތި ނިއްވާލިއެވެ.

އެނދުގައި އޮށޯވެލަމުން މަރާލި އެލޮލަށް ސިފަވީ މަސިންގާ ކަނޑެވެ. އެ ކަނޑުގައި އޮޔާ ދަމުން ދިޔަ ގޯނީގެ އެއްބައި ފެންމަތީގައި އޮތެވެ. އެ ގޯނި ކިލާވެފައި ވީނަމަވެސް އޭގެ ގަދަ ރީނދޫ ކުލަ ދަޅައަޅަމުން ދިޔަ ކަހަލައެވެ. ދެން ފެންނަނީ އޭނާއެވެ. ރަށެއްގެ އައްސޭރި ކައިރީ ދޮންވެލިގަނޑު މަތީ އޭނާ ހުއްޓިލައިގެން ހުރި މަންޒަރެވެ. މުޅި މާހައުލަށް އަނދިރިކަށް ވަށާލެވިފައި ވީއިރު ހަނދުގެ ފަނޑު އަލިކަށް އެތަނަށް އެޅެމުން ދިޔައެވެ.

ކަނޑުގެ ރާޅު ބާނީތައް އެ ގޯނި ގެންނަމުން ދިޔައީ އޭނައާއި ދިމާއަށްށެވެ. އޭނާ ފުލުސް ޔުނީފޯމުގައި ހުރިއިރު އެ ނަޒަރު އެގޯނިން ވަތްކެއް ނުވެއެވެ. މާއިރެއް ނުވެ ފޮނު އަރުވަމުން އައި ރާޅުތަކާއި އެކު އެ ގޯނި އޭނާގެ ފައި ކައިރިއަށް ބީއްސާލިއެވެ. އިރުކޮޅަކު އެއަށް ބަލަން ހުރުމަށްފަހު ތިރިވެ ގޯނީގެ ތުމުގައި އައްސާފައި އޮތް ވާގަނޑު މޮހާލުމާއި އެކު އޭގެތެރެއިން ފަރުހަކިވަހާއި އެކުވެ ކުނިވަހެއް ދުވަން ފެށިއެވެ. ނަމަވެސް އެވަހުން އޭނާއަށް އުނދަގޫ ނުވާ ކަހަލައެވެ.

ގޯނި ދުރުކޮށްލަމުން އޭނާ އެތެރެ ބަލާލި އިރު ހަމުގެ ކުލަ ހުދުވެފައި އޮތް ބަރަހަނާ އަންހެން ކުއްޖެއް އެތެރޭގައި އޮތެވެ. ތެތްވެފައި އޮތް ކަޅު އިސްތަށިގަނޑު ގައިގައި އޮޅިފައި ވީއިރު ބޮލާއި މޫނާ އެއްކޮން ޕްލާސްޓިކް ކޮތަޅެއް އައްސާފައި އޮތެވެ. އޭނާ ގޯނި ތެރެއަށް އިތުރަށް ތިރިވެލި ވަގުތު އެއްވެސް ހަރާކާތެއް ނެތި އޮތް އެ އަންހެން ކުއްޖާ ކުއްލިއަކަށް އޭނާގެ އަތުގައި ހިފައި ގޯނި ތެރެއަށް ދަމައިގަތެވެ.

ދެން ފެނުނީ އޭނާ ކަނޑުގެ ތެރެއަށް ގެނބިގެން ދިޔަ މަންޒަރެވެ. މައްޗަށް އަރަން އަތް ފުނާ އަޅާލި ކަމަކު ނުފެންނަ އެއްޗެއްގެ ބާރުގައި އޭނާ އަޑިއަށް ދިޔައެވެ. ލޮނުގަނޑު އަނގަތެރެއަށް ވަނުމާއި އެކު ފުއްޕާމޭ ފުރިގެން ދިޔައެވެ. އެވަގުތު ދުރުގައި އެއްކަލަ ރީނދޫ ގޯނި އޮތެވެ. އޭގެ ތެރެއިން އަންހެން ކުއްޖެއްގެ އިސްތަށިގަނޑު ލޮނުގަނޑު ތެރޭ ވިހުރެމުން ދިޔައެވެ.

އޭނާ ނޭވާ ނުލެވި ލޮނުފެނުން އެތެރެ ހަށި ފުރެމުން ދިޔައިރު އެ ގޯނި ތެރެއިން އަންހެން ކުއްޖާ ފީނާފައި އޭނައާއި ދިމާއަށް އަންނަން ފެށިއެވެ. ބޮލުގައި އަޅައިފައި އޮތް ޕްލާސްޓިކް ކޮތަޅު އެ މޫނުގައި ތަތްލަވާފައި ވީއިރު އަނގަ ވަނީ ހުޅިވިފައެވެ. ހީވަނީ ނޭވާ ނުލެވިގެން އުޅޭހެންނެވެ. އެ އަންހެން ކުއްޖާ އައިސް އޭނާގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރެ އެ ދެއަތުން އޭނާގެ ލޮލަށް ފިއްތާލުމާއި އެކު ނިދިފައި އޮތް އައްޔާދް ތެޅިގެންފައި ހޭލިއެވެ.

މައިނޭވާ ލެވެމުން ދިޔައިރު މުޅި މީހާ ވަނީ ދާހިއްލާފައިއެވެ. އަނެއްކާވެސް ހަމަ އެހުވަފެނެވެ. އޭނާ ތެދުވެ އެނދުގައި އިށީނދެލަމުން ނޭވާ ހަމައަކަށް އަޅުވާލިއެވެ. އެއީ ޖަނާނީއެވެ. އޭނާ ގޯނިތެރޭ މަރާލާފައި އޮތީ އެހެންނެވެ. އެ މަރުގެ ހަޤީޤަތް ފޮރުވީ ޚުދު އޭނާއެވެ. އެހައި އަނިޔާވެރިކޮން މަރާލެވިފައި ވީ އިރު އެކަން ސިއްރުކޮށް ހުރިހާ ހެއްކެތް ފޮހެލީ އެދެއަތުންނެވެ. އެއަށްފަހު އެ ހުވެފެން ނުފެންނަ ރެއެއް މަދުވާނެއެވެ. ހީވަނީ އިންސާފް ހޯދާ ނުދިނުމުން އޭނާއަށް ފެންނަ ކަމެއް ހެންނެވެ.

ނަމަވެސް އޭނާ އެކަމުގެ ހަޤީޤަތް ހާމަ ކުރާނެއެވެ. ފޯނުން މެސެޖުތައް ހުޅުވާލަމުން އޭނާ ރިއުމާންއަށް ކޮށްފައި ހުރި މެސެޖުތައް ބަލާލިއެވެ. ހަޤީޤަތް ހާމަ ކުރުމަށް އޭނާގެ ދޫ ބަންދުވެފައި ވީ ނަމަވެސް ރިއުމާންއަށް އެކަން ވާނެއެވެ. އައްޔާދް އެވަރުން ރިއުމާން ހޯދީ ވެސް އެ ބޭނުމުގައެވެ.

****

ހަފްތާއެއް ވޭތުވެގެން ދިޔައިރު ގިނަ ބަޔަކު ދިޔައީ ޑިފެންސް މިނިސްޓަރަށް ފާޑު ކިޔަމުންނެވެ. އެއްބަޔަކު އޭނާ މަޤާމުން ވަކިކޮށް އޭނާގެ ދަރިފުޅަށް ހައްޤު އަދަބު ދިނުމަށް ގޮވާލަމުން ދިޔައިރު ސަރުކާރުގެ ބައެއް ވެރިން މަހުދީ ކޮޅަށް ވާހަކަ ދައްކަމުން ދިޔައެވެ. ރިއުމާން އޭނާގެ ބައްދަލު ވުމާއި ގުޅޭގޮތުން އިތުރު ރިޕޯޓެއް ލިޔެ އެހެން ވެބް ސައިޓެއްގައި ޝާއިއު ކުރުމާއި އެކު ޚަބަރުތަކުގެ ފަލަ ސުރުހީއަށް އެކަން އެރިއެވެ.

“ރިއުމާން.. އައި ތިންކް މިކަން ނިމޭނީ ހަމަ އޭނާ ޖަލަށް ލާފަހެން.” އާދިލް އޭނާގެ ޗިޕްސް ޕެކެޓުން އެތިކޮޅެއް އަނގައަށް ލަމުން ބުނެލިއެވެ. “އައި ހޯޕް ސޯ… ވަރަށް ގިނަ މީޑިއާތަކުން އިންޓައިވިއު ދޭން އެކި ޕްރޮގްރާމްތަކަށް އަރަން ވެސް އެދެފި.. އެކަމަކު އަހަރެން ބޭނުމެއް ނޫން.” ލެޕްޓޮޕް އުނގަށް ލައިގެން އިން ރިއުމާން ބުނެލިއެވެ.

“އެކީއްވެ؟” އާދިލް އަހާލިއެވެ. “އަހަރެން މިއީ ނޫސްވެރިއެއް. އައި ރައިޓް ރިޕޯޓްސް.. އެހެންވީމަ ޓީވީއަށް އަރައި އިންޓަވިއު ދިނުމުގެ ބޭނުމެއް ނެތް.. އެހެން ނޫނަސް މިހާރު ވެސް އެމީހުން އެތިބެނީ އަހަރެން ކުރާ ކަންކަމަށް ފާރަލާން. ޓީވީއަކަށް އަރައި ބުނެވޭ އެއްޗަކުން އެހެން މައްސަލައެއް އުފެދި ދާނެ. އެންޑް އައި އެމް ނޮޓް ދެޓް ޕްރްޓީ.. ވަރަށް ހަޑި ވާނެ ޓިވީއިން ފެންނަ އިރު.. ހެހެ.” ރިއުމާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ކޮންތާކުން.. ޔޫ އާ ބިއުޓިފުލް.” އާދިލް އެއް ލޯ މަރާލަމުން ބުނެލިއެވެ. “ޔޫ އާ ސަޗް އަ ފްލާޓް..” ރިއުމާން މޫނު ކުނިކޮށްލަމުން ބުނެލިއެވެ. “ކިހިނެތްވީ؟ ނުކުރާންވީތަ.. އަހަންނަށް އިނގޭ ގޮތުން ނަމަ އަދި ރިއުމާންގެ ހިތް އޮތީ ހުސްކޮން.” އާދިލް މިހެން ބުނި ތަނާ ރިއުމާންގެ ފޯނަށް މެސެޖެއް އައެވެ.

“އަހަރެން ދަނީ އިނގޭ.. ތޭންކްސް ޕިއްޒާއަށް.” ރިއުމާން ފޯނުން މެސެޖު ކުރަމުން އަވަސް އަވަހަށް މިހެން ބުނެފައި ލެޕްޓޮޕް ފަހުން ބަލާ އަންނާނެ ކަމަށް ބުނެ ދަބަސް ހިފައިގެން ތެދުވިއެވެ. “ވިއްސާރަ ނަގާފައެއްނުން އެއޮތީ.. ކުޑައެއް ހިފައިގެން ދޭ.” އާދިލް އެތަނުން ކުޑައެއް ދިއްކޮށްލަމުން ބުނެލިއެވެ.

****

އުޑުމަތީގައި ބޯ ކުރަމުން ދިޔަ ވިލާތަކުން ވާރޭ ކަނިޖަހަމުން ދިޔައެވެ. ކުޑައެއް އަޅައިގެން ހުރި ރިއުމާން އަވަސް ފިޔަވަޅުތަކެއްގައި ޖުމްހޫރީ މައިދާން ކައިރިން ހުރަސް ކުރިއިރު އޮއްސުނު އިރާއިކު އަނދިރިކަން މުޅި މާހައުލު ވަށާލިއެވެ. ދެކޮޅު ބަލާލުމަށްފަހު އޭނާ ދުރުގައި ހުރި ގަހެއް ކައިރީ ހުރި ބެންޗުގައި އިށީނދެލިއެވެ.

އަތުގައި އޮތް ފޯނަށް އިރުއިރު ކޮޅާއި ބަލާލާއިރު އޭނާގެ ނަޒަރު ހޯދަމުން ދިޔަ ފަރާތް ފެންނާކަށް ނެތެވެ. އޭނާ ލައިގެން އިން ސްވެޓަރުގެ އަތް ދަމާލަމުން ފިނިވެފައިވީ އަތް ތިލަ ފޮރުވާލިއެވެ. އޭރު ވެސް ހިމަފޮދު ވާރޭ ވެހެމުން ދިޔައިރު ޖެހެމުންދިޔަ ވައިރޯޅިތަކުން ގައިން ހީބިހި ނަގުވާލައެވެ.

ކުއްލިއަކަށް އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުން ނަގައި ބަލާލި އިރު ގުޅަނީ އެނަންބަރުންނެވެ. “އައި އެމް ހިއާ.. ކޮންތާކު ތިހުރީ؟” ރިއުމާން ދެކޮޅަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. “ތަންކޮޅެއް ދުރުގައި މިހުރީ. ބަޓް އައި ކެން ސީ ޔޫ.” އެކޮޅުން ޖަވާބުގައި ބުނެލިއެވެ. އެވަގުތު ރިއުމާންގެ ލޮލުގައި ފެންއަރުވާ ވަޑާން ކައިރީގައި ރަތް ކޯޓެއް ލައިގެން ފޯނުގައި ހުރި މީހަކު ފެނުނެވެ. އޭނާގެ ބޮލުގައި ކޯރި އަލައިގެން ހުރުމުން މޫނު ސާފެއް ނޫނެވެ.

“ކީއްވެ ފޯނުން ގުޅައިގެން ވާހަކަ ދައްކަންޏާ މިތަނަށް ގެނައީ؟” ރިއުމާން އަހާލިއެވެ. “މިސް ވާތީ ދެކިލާ ހިތުން..” އެކޮޅުން ޖަވާބު އައުމުން ރިއުމާން ޖެއްސުމަށް ހިނިގަނޑެއް ޖަހާލިއެވެ. “އޯ ޕްލީޒް. ކީއްކުރަން މިހާ ވިއްސާރަ އިރު މިތަނަށް އަންނާށޭ ބުނީ؟ ހީވެސް ނުކަރުވާ އިންސާނެއްތަ ތީ؟” ރިއުމާން ފިނިވެފައިވީ އަތް ފޮރުވާލަމުން ބުނެލިއެވެ.

“އައި ހެވް ސުޕާ ޕަވާޒް.. ރިއުމާން މާ ސުވާލު ގިނައީ. އަހަރެން އެބައޮތް ރިއުމާންއަށް ދޭން ވެފައި އޮތް އެއްޗެއް” އެކޮޅުން މިހެން ބުނެފައި ފޯނު ކަނޑާލިއެވެ. ވާނުވައި ނޭނގިފައި އިނދެ ރިއުމާން ދުރުގައި ހުރި ރަތް ކޯޓު ލީ މީހާއަށް ނަޒަރު ހުއްޓާލިއެވެ. އެމީހާ އިޝަރާތުން އަންނާށޭ ބުނުމުން ރިއުމާން ތެދުވެ ހިނގައި ގަތެވެ. ވެހެމުން ދިޔަ ވާރޭ ކަނިތައް އިތުރަށް ބޯކުރަމުން ދިޔައިރު ދުއްވާއެއްޗެހި ގިނަކަމުން ބައެއް ފަހަރަށް ރިއުމާންއަށް އެމީހާ ގެއްލެއެވެ.

ކެރިގަނޑު ބޯކޮށްލުމާއި އެކު ރިއުމާން މަގު ހުރަސް ކުރަން ހިނގައިގެން ވަގުތު ރަތް ކޯޓު ލައިގެން ހުރި އެމިހާ މަގުގެ އަނެއް ކޮޅުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެ ރަތް ކޯޓު ފާހަގަ ކުރަމުން ރިއުމާން ކުޑަ ތިރިކޮށްލުމަށްފަހު ފިޔަވަޅުތައް އަވަސްކޮށްލިއެވެ.

ބޯ ވާރޭތެރޭ ދެވޭ ތަނެއް ރަނގަޅަށް ސާފު ނުވާއިރު ދުއްވާ އެއްޗެހީގެ ބަރުގަނޑުގެ އަޑު އިވެމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ކުރިމައްޗަށް ވޭނެއް ހުރަސް އެޅުމާއި ރިއުމާން ސިހިފައި ފިޔަވަޅުތައް ހުއްޓުނެވެ. އޭގެން މީހަކު އޭނާގެ އަތުގައި ހިފައި ލުތްކެއް ޖަހާފައި ވޭނަށް ދަމާފައި އެރުވިއެވެ. އެވަގުތު ޖަހާލި ބާރު ގުގުރީގެ އަޑުގެ ތެރެއަށް އޭނާގެ ހަޅޭކުގެ އަޑު ގެނބިގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (39)

  1. layaal

    Enjoy reading 🙂
    Who took riuman? is ayaadh behind this?
    Share your thoughts

  2. ainth

    Wow. ayyaadh ge dream ge sifakurun hama varah furhimaa. that part gave me goosebumps. varah reethi ethan kolhu. “you never fail to impress me layaal” hehe.

  3. inaa

    layaal you are greattt!! hama habeys huvaa mi buny. e huvafen haadha salhiey. horrror vaahaka eh liyan fenani dhen.

  4. Sha

    No ayaadh is not behind those…he loves riumaan so he will definitely rescue her this time n she will know who is behind the red coat…story varah nice…waiting for the nxt prt

  5. angel

    Varah salhi…..

  6. Fat

    Nop defense minister

  7. elli

    alhey riumaan! i don’t think ayaadh hen. ekamu vedhaane hama. eyna dhw riumaan ehi saaba gen dhiyai ves. so it could be him too. ekamu hi eh nuvey. let see. varah interesting mi vaahaka.

  8. naanu

    layaa vaahaka fothe gotha mi neren v nun. aneh vaahaka ves. it will be nice. varah reethi layaa ge stories tha.

  9. maiha

    layaa…haadha molhey vaahakain film dhakkan..hama habeys ingey..??ekm haaaadha kurey..thankolheh dhigukoh up kohdheeba..plx plx plx

  10. Bappa Dhelow

    Rilwaan riumaan

  11. kinley

    wow. vvvvvvv salhi. abadhu mi vaahaka ah inthizaaru kureveny. layaa are you a journalist?

    1. layaal
      kinley

      no i”m not

  12. Hemdhey

    ayaadh dhoa riumaan ah heki dheniy!!!
    OMG this is so excting????

    1. maiha
      Hemdhey

      yeah..mashahvx heevey ehn..

  13. Xoxo

    Mii vaahakaige janaanee part fantacyge insaaf vaahakayrr vrh ehgoiy………..

  14. Saadu

    Layaa…bireh nuganey tha mikahala vaahaka liyakah….

  15. layaal

    Jhanks all. This story is purely fictional and is not related to any real life events.

  16. Mixoo

    varah furihama vaahaka eh mi. to see how a rape victim can evolve and change is something this society needs to see. Just because they are victims of abuse doesn’t mean they are weak. It actually makes them more strong. Welldone to layaal for portraying such a character. And someone has related this to some actual events and someone has said that she should be afraid to write such stories. In my opinion there is nothing to be afraid here. She is doing a wonderful work here and this could help someone going through the same situation. At the end it’s just a story. So Keep going layaal. ?

    1. layaal
      Mixoo

      Thanks dear.

  17. Your's

    The best part.. keep going love the dream it was well described.?❤️

    1. layaal
      Your's

      Thank you ❤️

  18. sully

    Varah reethi mi vaahaka. sifakurun as usual hama best. love you layaa ❤️❤️

  19. Doll?

    Wow… love it… keep it up layaa… itx just wonderful… waiting for the next part..

  20. Anonymous

    woww.. haadha reechey vaahaka.. waiting for another part…

  21. Aik

    Speech less. 2 vana faharu kiyaalaafa mi comment kury. Hyvany mahudhyge kamei hen. Dhn ayyaad dhaany riumaan salaamai kuran. Ehn nuny vedhaane ayyaad riumaan safe thaakah gendhany kamah ves ayyaad ah mahudhyge plane igunyma. Dhn lets see tomorow prt dhw

    1. layaal
      Aik

      Thank you ??

  22. haazi

    speechless..dream ge sifakurun hama superb..

  23. Sheera

    When ix next episode

  24. anth

    when is the next episode

  25. layaal

    Hey. I’ll update evening ga. around 5 ish. And thanks all for the sweet comments ??

    1. Au
      layaal

      layaa kobaatha story

  26. Hawwoo....

    Layaa 5 vx vehjje dho..?

  27. niky

    Koba 6 ves jahaafi mihaaru inthizaaru ga mihiry……

  28. layaal

    hi las vejje dhw. sorry. 20 minutes thereyga up kohlani igey mi.

    1. Yaaa
      layaal

      Stry up kurani konirakun

  29. Kiara

    Avas

  30. Aik

    Alhe story kobatha? Haadha inthizaareh kurevijjey. Avahah up kohdhyba plx plx plx

  31. ...

    can’t wait any more, make it fast dear…

  32. Kalhu handi

    V rythi.. Mirey mi vaahaka kiyan mi feshy… Hama kiyaafa comment kuramun mi dhany.

Comments are closed.