Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (26)

layaal
February 3, 2017
7 Mins Read
73 Views
32 Comments

“ރިއުމާން.. ބުނޭ އެއީ ދޮގެކޭ. ޕްލީޒް ސޭ އިޓް..” ލިބުނު ސިހުމުން ރިއުމާންއަށް ޖަވާބެއް ދޭން ވެސް އުނދަގޫ ވިއެވެ. އައްޔާދް ދައްކަމުން ދިޔަ ވާހަކަތައް ރަނގަޅަށް އަޑު ވެސް ނީވޭއިރު އޭނާ ހުރީ އާޒިމަށް އެފަދަ މަންޒަރެއް ފެނުނުކަން އިނގުމުން ލަދުގަނެ އައްޔާދާއި ކުރިމަތިލާން ވެސް ޖެހިލުން ވެފައެވެ. ރިއުމާން އެއްޗެކޭ ނުބުނެ ފަސް އެނބުރި ދުރަށް ދިޔައެވެ. އޭރު އޮލޮލުން ނިރާލި ކަރުނަތިކި ކޯތާފަތަށް ރޮނގެހެން ފޭބިއެވެ. “ރިއުމާން.. ޖަވާބު ދީބަލަ.” އައްޔާދްގެ އަޑު އިވުނު ނަމަވެސް ރިއުމާންގެ ދޫ ހަރަކާތެއް ނުކުރިއެވެ.

“ރިއު ހެޔޮނުވާނެ.. ލުކް އެޓް މީ.” ރިއުމާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އައްޔާދް ގޮސް އޭނާގެ ކޮނޑުގައި ހިފައި މޫނާއި ދިމާއަށް އަނބުރާލިއެވެ. އޭރު އެލޮލުގައި ކަރުނަ ގިނަވެފައި ވާއިރު އިސްޖެހިފައި އައްޔާދާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައި ރިއުމާން ހުއްޓެވެ. އެ ދަތްދޮޅީގައި ހިފައި އުފުލާލުމުން އައްޔާދްގެ މޫނަށް ނުބަލާން އޭނާ ލޯ މަރާލުމާއިއެކު އެސްފިޔަތަށް ފޫދުއްވާލާފައި ފޭބި ކަރުނައިގެ ލޮނު ރަހަ އެތުންފަތުގައި ލިއެވެ.

“ލުކް އެޓް މީ!” އައްޔާދް ހަރުކަށިކޮން މިހެން ބުނުމާއި އެކު ރިއުމާންގެ ދެލޯ ސިހިފައި ހުޅުވުނެވެ. އެލޮލުގައިވީ ހިތާމައާއި ވޭނުގެ އަސަރު ފެނި އައްޔާދަށް ކަމުގެ ހަޤީޤަތް ފަހުމްވިއެވެ. އެލޮލުން ފޭބި ކޮންމެ ކަރުނަ ތިއްކަކާއި އެކު އެހިތުގައި ފަސްއަޅައި ފޮރުވިފައިވާ ސިއްރުތަކުން ވެލި ފޮޅެމުން ދިޔަކަހަލައެވެ. “ނޫން.. ރިއުމާން.. ޑިޑް ހީ؟” އައްޔާދް ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔަ އިރު އެ ހަޤީޤަތާއި އޭނާ ކުރިމަތިލާން ބޭނުން ނުވާ ކަހަލައެވެ.

ރިއުމާންގެ ދުލުން ބަހެއް ބޭރުނުވި ނަމަވެސް ކުއްލިއަކަށް ނުހިފެއްޓުގެން ރޮއެގަނެވުމުން އައްޔާދަށް އޭނާ ބޭނުންވި ޖަވާބު ލިބުނެވެ. އޭނާ ރިއުމާންގެ ގެނެސް އެމޭގައި ފޮރުވާލިއިރު އެވޭނީ ރުއިމުގެ އަޑު ކަންފަތުގައި ޖެހޭ ކޮންމެ ފަހަރަކު ހިތް ފުނޑުފުނޑު ވެގެން ދިޔައެވެ. “ބައްޕަ.. ބައްޕަ އަހަރެން.. ކުޑައިރުން ސުރެ..” ރިއުމާންއަށް ރޮވޭވަރުން ވާހަކަދައްކަން ވެސް އުނދަގޫވިއެވެ.

“ކޮންމެ ދުވަހަކު.. އައްޔާދް. ހާދަ ތަދެއް ވިއޭ.. ހާދަ ރުއިމެއް ރުއީމޭ.” ރިއުމާންގެ އަޑު ކުރެހި އިތުރަށް އެވާހަކަ ދައްކާނެހައި ހިތްވަރެއް ނުލިބުނެވެ. އޭރު އައްޔާދް ހިމޭނުން ބުނާނެ އެއްޗެއް ނޭނގިފައި ހުރިއިރު އެލޮލަށް ކަރުނައިގެ ދިލަ ހޫނު އިހުސާސްވިއެވެ. ރިއުމާން ރޯނެ ރުއިމާއި އާދޭސް ކުރާނެ ވަރު ހިތަށް އެރުމުން ލޮލުގައި ގިނަވި ކަރުނަތަށް ކޯތާފަތަށް ފޭބިއެވެ.

އެންމެ ފުރަތަމަ ރިއުމާން ފެނުނު ދުވަސް ކޮޅު ވެސް އެމޫނުމަތިން ފެނުނު އުދާހާއި މިލާފައިވާ އެމޫނު ލޯމަތިން ސިފަވުމުން އެހިތަށް ކެތެއް ނުވިއެވެ. އަތުތެރޭގައި ހުރެ ރިއުމާން ރޮމުން ދިޔައިރު އެހަށިގަނޑުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. ހަމްދަރުދީވެ ބުނާނެ ބަހެއް އައްޔާދްގެ ދުލަށް ނައި ނަމަވެސް ރިއުމާންގެ ބޮލުގައި ފިރުމާލާ އިތުރަށް އޭނާ ގަޔާއި ކައިރި ކޮށްލިއެވެ. އެ ލިބުނު އިހާނެތި ކަމާއި އަނިޔާތަކުން ރިއުމާން ސަލާމަތް ކޮށްދިނުމުގެ ބާރު އޭރު އޭނާ ކިބައިގައި ނެތް ނަމަވެސް މިއަދަށްފަހު އޭނާގެ ރިއުމާން ގައިގައި އެހެން އެކަކު ވެސް އިނގިލި ކުރި ޖައްސާލިއަ ނުދޭނެއެވެ.

****

ހުޅިވިފައި ހުރި ކުޑަދޮރުން ޖެހެމުންދިޔަ ފިނި ވައިރޯޅިން ލައިބާގެ ދޫކޮށްލެވިފައި އޮތް އިސްތަށި ކޮޅަށް ގޯނާ ކުރަމުން ދިޔައެވެ. އުނގުމަތީގައި އޮތް ލެޕްޓޮޕުން އޮފީހުގެ ބައެއް މަސައްކަތް ކުރަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލާއެވެ. ދުރުދުރަށް ފެންނަށް މާސިންގާ ކަނޑު އޮތް އިރު މަގުމަތީގައި ދުއްވަމުން ދިޔަ އެއްޗެހީގެ ބަރުގަނޑުގެ އަޑު ކަނޑައިގެން ނުދެއެވެ. “ލައިބާ..” ޒުލްފާގެ އަޑަށް ލައިބާ ހިނިތުންވެލިއެވެ.

“ކީކޭ މަންމާ..” ލައިބާގެ ނަޒަރު ލެޕްޓޮޕަށް ހުއްޓާލަމުން ވާހަކަދެއްކިއެވެ. އޭރު ޒުލްފާ ޖޫސްތައްޓެއް ހިފައިގެން އައިސް ލައިބާ ކައިރީގައި ހުއްޓެލިއެވެ. “އަން.. ޖޫސް ބޯލަ.. މިއަދު އޮފީހަށް ނުގޮސް ގޭގައި ތިއިންނަނީ ވެސް އޮފީސް މަސައްކަތް ކުރަން. ކޮންއިރަކުންތަ ކައިވެނީގެ ކަންތަކާއި އުޅެނީ..” ޒުލްފާ ދިއްކޮށްލި ޖޫސްތަށީގައި ލައިބާ ހިފާލިއެވެ. ޒުލްފާގެ ސުވާލަށް ވަކި ޖަވާބެއް ނުދީ އޭނާ އެއްނޭވާއިން އެ ޖޫސްތަށި ހުސްކޮށްލިއެވެ.

ލައިބާގެ މިޒާޖު ހުރިގޮތުން ކޮންމެސް ކަމެއް ރަނގަޅު ނޫންކަން ޒުލްފާއަށް ނަގައިގަނެވުނެވެ. އޭނާ ކައިރީގައި ހުރި ގޮނޑީގައި އިށީނދެ ލައިބާގެ އުނގުގައި އޮތް ލެޕްޓޮޕް ނެގިއެވެ. “މަންމާ.. ކީއްތިކުރަނީ؟” ލެޕްޓޮޕް ނެގުމުން ލައިބާ ބުނެލިއެވެ. “ދަރިފުޅު ކަމަކާއި ހިތްހަމަނުޖެހިފައިތަ ތިއިންނަނީ؟” ލެޕްޓޮޕް ދުރަށް ލަމުން ޒުލްފާ އަހާލިއެވެ. “ނޫނެކޭ.. ދެން ލެޕްޓޮޕް ދީބަ.” ލައިބާ ވާހަކަ އޮޅުވާލަމުން ބުނެލިއެވެ.

“ދޮގު ނަހަދާ.. މަންމައަށް އިނގޭ ކޮންމެސް ކަމެއް އުޅޭކަން. ބުނެބަލަ. އެހެން ނޫނަސް މަންމައާއި ކަންތައްތައް ކިޔާ ދެމެއްނުން.” ޒުލްފާގެ އަޑުން އޭނާ މިވާހަކަ ނުހުއްޓާނެކަން އިނގުމުން ލައިބާ ފުންނޭވާއެއް ލިއެވެ. “ކަމެއް ނުވެޔޭ މަންމާ. ދެން ނެތް ކަމެއްގެ ވާހަކަ ކިހިނެތްތަ ކިޔާދޭނީ؟” ލައިބާ ހަޤީޤަތް ފޮރުވިއެވެ.

“ތިހެން ވީއިރު ކައިވެނީގެ ކަންތަކާއި އުޅެބަލަ. މަންމަމެންނެއް ނޫންދޯ އަބަދު މިކަމުގައި އުޅެން ވީކީ. އައްޔާދް ވެސް ބުނީމަ އައިސްލާނީ. ލައިބާ ވެސް ކިޔާގެން ނޫނީ އެކަމުގައި ނޫޅޭނެ. އައްޔާދް ފޯމާއި އެއްޗެހި ލައިފިތަ މިހާރު؟” ޒުލްފާ ސުވާލު ކުރިއެވެ. “ނޭނގެ.. ނާހަން އެވާހަކައެއް.” ލައިބާ ބޭރަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.

“ދަރިފުޅާ.. ކައިވެންޏާއި ދޭތެރޭ ހިތްހަމަނުޖެހެނީތަ؟” ޒުލްފާގެ ސުވާލުން ލައިބާ ހިތުގައި ޖެހުނެވެ. ހިންދިރުވާލަން އުނދަގޫ ވީއިރު ރޮވޭގޮތް ވިއެވެ. ކިތަންމެ ބޭނުން ވިޔަސް އެހަޤީޤަތް ހާމަ ކުރާކަށް ލައިބާއަށް ނުކެރުނެވެ. އޭނާ އިންނާ އުޅޭ ފަރާތް އެހެން މީހެއްގެ ލޯބީގައި ޖެހިފައި ވާއިރު މިކައިވެނިން އޭނާއަށް އެއްވެސް އުފަލެއްނެތް ވާހަކަ ބުނާނީ ކިހިނަކުން ބާއޭ އަމިއްލަ ޒަމީރު ބުނަމުން ދިޔައެވެ.

“ނޫނޭ.. މިދެން އޮފީހުގައި މިދުވަސްކަޅު މާ ބުރަ ވީމަ. އަޅުގަނޑު ދާނަން އައްޔާދާއި ވާހަކަ ދައްކާލަން. އޯކޭ ނުން..” ލައިބާ ހިތާއި ދެކޮޅަށް ހިނިތުން ވެލުމުން ޒުލްފާ އެންމެ ރަނގަޅު ކަމަށް ބުނެ އޭނާގެ ބޮލުގައި ފިރުމާލުމަށްފަހު ހުސްކޮށްފައި ހުރި ޖޫސްތަށި ހިފައިގެން ދިޔައެވެ. ޚިޔާލުތަކަށް ގެއްލިފައި އިން ލައިބާ ވިސްނަމުން ދިޔައީ އައްޔާދްގެ ހިތުގައި އޭނާ ނޫނިއްޔާ އެވަނީ ކާކު ކަމުގައެވެ. އެފަރާތެއް ހޯދުމަށް އޭނާ ޒަމީރު އެދެމުން ދިޔައެވެ.

****

ގޮނޑީގައި ލެނގިލައިގެން އިން ރިއުމާންގެ ދެލޯ ރަތްވެފައި ވީއިރު އެސްފިޔަތަކުގައި ކަރުނައިގެ ތެތްކަން ވިއެވެ. އޭރު އައްޔާދް ކައިރީގައި އޭނާގެ އަތުގައި ހިފައްޓާލައިގެން އިންއިރު އެދެމެދަށް ހިމޭންކަން ވެރިވެފައި ވިއެވެ. “ރިއުމާން..” އައްޔާދް ދުލުން އެނަން ކިޔާލުމުން ވެސް ހިތްހަމަޖެހުމެއް ލިބެއެވެ. ރިއުމާން އިސް އުފުލާ އައްޔާދާއި ހަތަރު ކަޅި ހަމަ ކުރިއިރު އެލޮލުން އިތުރަށް އެކަންތައް އޮޅުން ފިލުވާދޭން އެދެމުން ދިޔައެވެ. “ވަރަށް ކުޑައިރު ފުރަތަމަ އެކަން ކުރީ.. އެހައި ހަނދާނެއް ނުހުރޭ. އެކަމު ބޮޑުވަމުން އައިފަހުން އެކަން ނުހިނގާ އިރެއް ހަނދާނަކު ނުވޭ.” ރިއުމާން ހިތްވަރުކޮށްފައި ކިޔާދިނެވެ.

“މަންމައަކަށް ނޭނގޭތަ؟” އައްޔާދް ހައިރާންވީ އެހައި ދުވަސް ވަންދެން އެކަމެއް ހިނގިއިރު އެކަން އެކަކަށް ވެސް ނޭނގޭތީއެވެ. “ނޫން.. އިނގޭ. މަންމައަށް އެންމެ ކުޑައިރުންސުރެ ވެސް އިނގޭ އެކަން. އެކަމު އެއްވެސް އެއްޗެކޭ ނުބުނެ ހުރީ ބިރުން. އަހަރެން އަދިވެސް ހަނދާން އެބަހުރި އެރޭ މަތިން. މަންމަ އެންމެ ފުރަތަމަ ފަހަރަށް އަހަރެންގެ ދިފާޢުގައި ބައްޕައާއި ކުރިމަތިލީ..” މަޒީގެ ސޮފްހާތަށް ލޯމައްޗަށް ފާޅުވުމުން ރިއުމާންގެ ހިތުގައި ރިއްސާލިއެވެ.

“ކިހިނެތްވީ ދެން؟” އައްޔާދް އަދިވެސް އިނީ ރިއުމާންގެ އަތުގައި ހިފައްޓާލައިގެންނެވެ. “ބައްޕަ.. ބައްޕަ ހެދި ގޮތަކީ ރޮށި ފިހޭ ތަވައިން މަންމަގެ މޫނުގައި ޖެހީ.. ވަރަށް ލޭއައި. އެއަށްފަހު.. ހީ.. ހީ ރޭޕްޑް މީ އިންފްރަންޓް އޮފް ހާ.” ރިއުމާންގެ އަޑު ކުރެހި އޭނާއަށް ރޮވެން ފެށުނެވެ. އައްޔާދަށް އެއިވުނު ވާހަކަ ޤަބޫލު ކުރަން ދަތިވެފައި ހުރެ ރިއުމާން ގެނެސް އޭނާގެ ކޮނޑުގައި އެބޯ އަޅާލިއެވެ. “ޝޫޝް..” އައްޔާދްގެ ހިތަށް ވެސް ތަދުވިއެވެ. މީހަކު އެހައި އިހާނެތި ވެދާނެބާއޭ އަމިއްލަ ޒަމީރު ސުވާލު ކުރަމުން ދިޔައެވެ.

“އޭގެފަހުން މަންމައަށް ނުކެރުން އަހަރެންގެ ދިފާޢުގައި އެއްޗެކޭ ބުނާކަށް.. ނުކެރޭނެދޯ ދެން އެވަރު ކޮށްލީމަ.” ރިއުމާން ގިސްލަމުން ކިޔާދިނެވެ. “ދެން ހަމަ އެހެން މީހަކަށް ވެސް ނޭނގޭ؟ ކޮބާ ތިމައިގެ މީހުން އޭރު؟” އައްޔާދަށް އެވާހަކަތައް ޤަބޫލުކުރަން ދަތިވިއެވެ. “އިނގޭ.. މަންމަގެ އެއްބަޑު އެއްބަފައި ކޮއްކޮއަށް އިނގޭ.. ބައްޕަ އަނިޔާ ކުރިފަހުން މަންމައަށް އެހީވެދިނީ އޭނަ.. ކައްސާލިޔޭ ކިޔާފައި ދޮގު ހަދައިގެން ބައްޕަ އުޅުނީ.. ފަހުން ދައްތަ ބުނީ އެކަމުގައި އެހީއެއް ނުވެވޭނެޔޭ. އެކަހަލަ ފިރިހެނުން ކުރިމަތީގައި އަހަރެންކަހަލަ އަންހެން ކުއްޖަކަށް ދެއްކޭނީ ކޮން ބާރެއް؟ މީހުން ކިޔާނެ އެއްޗެއްސާއި ބޭޒާރު ވެދާނެތީ އެދުނީ އެކަންތައް ފޮރުވަން. އޭރު ހާލު ހުރިގޮތުން އެކަން ސިއްރު ކުރީ..” ރިއުމާން ލޯ ފޮހެލަމުން ބުނެލިއެވެ.

“އައްޔާދްގެ ބައްޕައަށް އެފެނުނީ އަދި ހަޤީޤަތެއްނޫން..” ރިއުމާން ހިންދިރުވާލަމުން ބުނެލިއެވެ. “ކިހާ ދުވަހެއް ވަންދެއް ތިކަމެއް ހިނގީ؟” އައްޔާދްގެ އަޑުގައި މިހާރުވަނީ ރުޅިވެރިކަމެވެ. “އަހަރެން މިކޮޅަށް އަންނަން ދެން. ވަރަށް ފަހުން ބައްޕަމެން އައިސްފައި އެދިޔާއީ..” ރިއުމާންގެ ޖުމްލައިން އައްޔާދްގެ ނަޒަރު އޭނައަށް ހުއްޓުނެވެ. “ޑިޑް ހީ؟” އައްޔާދްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. “ނޫން.. ހި ޓަރައިޑް.. އެކަމު އަހަރެން މިއީ މިހާރު ކުޑައިރުގެ ރިއުމާންއެއް ނޫން. ދިމާލަށް ބުނިން ކައިރި ނުވާށޭ.” ރިއުމާން މިހެން ބުނި ނަމަވެސް އައްޔާދްގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.

“ހުވާ މިބުނީ ތި ޒުބޭރު އަހަރެންގެ ކުރިމައްޗަށް އަރައިފިއްޔާ އަތުން ފައިން ގޯހެއް ހެދޭނީ!” އައްޔާދް ގޮށް މުއްކަވާފައި މޭޒުމަތީގައި ޖެހިއެވެ. ރިއުމާން ސިހިފައި އިންތަނުން ތެދުވެގެން ގޮސް އައްޔާދްގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން އަތުން އައްޔާދްގެ މުއްކެވިފައިވާ އަތުގައި ހިފާލިއެވެ. “މިވާހަކަތައް ކުރިން ކިޔާ ނުދިނީ އެހިތްވަރު ނެތީމަ.. އަހަރެން ދިރިއުޅުމުގެ އެދުވަސްތަކަކީ ހަނދާން ކުރަން ބޭނުންވާ ދުވަސްތަކެއް ނޫން. އަހަރެން ޖެހިލުންވީ އައްޔާދަށް މިކަން އެނގުނީމަ އަހަރެންނާއި ދޭތެރޭ ދެކޭގޮތް ބަދަލު ވެދާނެތީ.. އައި މީން ހޫ ވުޑް ވޯންޓް މީ.” ރިއުމާން މާޔޫސްވެފައި ހުރެ މިހެން ބުނުމުން އައްޔާދް އެނބުރި ރިއުމާންގެ މޫނުގައި ދެއަތުން ހިފާލިއެވެ.

“އަހަރެން ބޭނުން.. އައި ވޯންޓް ޔޫ.. އައި ވުޑުންޓް ޗޭންޖް އަ ތިންގް އެބައުޓް ޔޫ. މިހާރު އަދި މާ ބޮޑަށް ލޯބިވޭ..” އައްޔާދް މިހެން ބުނެފައި ރިއުމާންގެ ނިތުގައި ބޮސްދިނެވެ. “ދޫކޮށެއް ނުލާނަން؟” ރިއުމާން ކަރުނުން ފުސްވެފައިވާ ލޮލަކުން އައްޔާދަށް ބަލައިލަމުން ބުނެލިއެވެ. “ނޫން.. ދުވަހަކުވެސް ނުކުރާނަން.” އައްޔާދް މިހެން ބުނެފައި ކައިރީގައި ހުރި މޭޒުމައްޗަށް ނަޒަރު ހިންގާލަމުން ލޮލުގައި އަޅައިގެން  ތަޅުދަނޑު ފަތިނެގިއެވެ. އެއަށްފަހު އެއްކަކޫ މައްޗަށް ތިރިވެ އޭގައި އިން ބޮޑު ބޮޅު ރިއުމާންގެ ކަށި އިނގިއްޔަށް ހޭވަރު ކޮށްލަމުން ހިނިތުންވެލިއެވެ.

“ވިލް ޔޫ މީ މައިން؟” އައްޔާދްގެ ސުވާލު ކޮށްލުމުން ރިއުމާން ގާތަށް ހިނިއައެވެ. ތެމިފައިވާ ލޮލުގެ ތެރެއިން އުފާވެރި ކަމުގެ ކަރުނަ ނިރާލިއިރު އޭނާ އާނއެކޭ ބުނެ ބޯޖަހާލިއެވެ. އައްޔާދް އުފަލުން ރިއުމާން ނަގައި އުރާލުމުން އޭނާގެ ހުނުމުގެ އަޑު އެކެބިން ތެރޭގައި ހިފާލިއެވެ. “އަސްލު ރިންގެއް އަދި ދޭނަން އިނގޭ..” އައްޔާދް ހެމުން ބުނެލިއެވެ. “ނޫނޭ.. މި ކީޗެއިން ވެސް ހަމަ އޯކޭ.” ރިއުމާން އޭނާގެ ކަށި އިނގިލީގައި އަޅުވާފައި އޮތް ތަޅުދަނޑިފަތި ދައްކާލަމުން ހެވިފައި ބުނެލިއެވެ. “ވަރަށް ލޯބިވޭ.. ދެން ދުވަހަކު ވެސް މި ލޮލުން ކަރުނަ އަޔަކަ ނުދޭނަން.” ރިއުމާންގެ ކޯތާފަތް ފޮހެލަމުން ދެމުން އައްޔާދް ބުނެލިއެވެ.

****

ސިޓިން ރޫމުގައި ދެކޮޅަށް ކުރި ކަނޑާލަ ކަނޑާލަ ހުރި މާރިއާ ދިޔައީ އައްޔާދް ގެއަށް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ކަމުގެ ހަޤީޤަތް ސިއްރުކޮށްގެން ހުރެ މާރިއާއަށް އޮޅުވާލުމުން އޭނާ ހުރީ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ. ހެނދުނު އަވަސް އަވަހަށް ޑިއުޓީއަށް ދިޔުމުން ދިމާ ނުވިއިރު މެންދުރުން އެނބުރިއިރު އަދި ވެސް ގެއަކަށް ނާދެއެވެ. އެވާހަކަ ދަންކަން ރަނގަޅު ފުރުސަތެއް ވެސް ލިބޭނީ އައްޔާދް ގޭގައި މަޑުކޮށްގެންނެއް ނޫންހެއްޔެވެ. އެޚިޔާލު ތަކުގައި ހުއްޓައި ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވައިން އައްޔާދް ފެނި މާރިއާ އަވަހަށް ކައިރިއަށް ޖެހިލިއެވެ.

“އައްޔާދް. މަންމަ ބޭނުން ވާހަކައެއް ދައްކާލަން..” މާރިއާ މިހެން ބުނިއިރު އައްޔާދްގެ މޫނުމަތިން އުފާވެރި ކަމުގެ ކުލަވަރު ފާޅުވަމުން ދިޔައެވެ. “އަޅުގަނޑު ވެސް އެބަޖެހޭ މަންމައާއި ވާހަކައެއް ދައްކާލަން..” އައްޔާދް ހުރީ މަންމަގާތު ރިއުމާން އޭނައާއި އިންނަން އެބަސްވި ވާހަކަ ބުނަން ކެތްމަދުވެފައެވެ.

ބޫޓާއި އިސްޓާކީނު ބޭލުމަށްފަހު އައްޔާދް ގޮސް އައިސް އަލަމާރިން ފެންފުޅިއެއް ހިފައިގެން ކަހާލެވިފައި ހުރި ބެލްކަނީގެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ. ދާހިއްލާފައި ހުރުމުން ގަމީހުންގެ ދެތިން ގޮށް ނައްޓާލަމުން އެފިނި ފެންފުޅީގެ ފެނުން ކަރުތެރެ ތެންމާލިއެވެ. އޭރުވެސް އޭނާގެ ޚިޔާލުގައި އެނބުރެމުން ދިޔައީ ރިއުމާން ކިޔާދިން ވާހަކަތަކެވެ. އޭނާގެ އެދުމުގެ މަތިން އެކަން އަދި މަންމައަށް ސިއްރު ކުރި ނަމަވެސް އާޒިމަށް ހަޤީޤަތް އޮޅުން ފިލުވާދޭން އޭނާ ބޭނުންވިއެވެ. ނަމަވެސް އޭނާއަށް އަދި ނޭނގޭ ކަމަކީ މާރިއާއަށް މިހާރު އެކަން އިނގިއްޖެ ކަމެވެ.

“މަންމަ ކީކޭތަ ބުނަން އުޅުނީ؟” އައްޔާދްގެ އަޑަށް މާރިއާ އައިސް އޭނާ ކައިރި މަޑުކޮށްލިއެވެ. “އާދެބަލަ..” މަރިއާ މިހެން ބުނެފައި ބެލްކަންނަށް ނިކުމެލިއެވެ. އޭރު އައްޔާދް ވެސް ގޮސް އޭނާ ފަހަތުން ހުއްޓެލިއެވެ. “މިވާހަކަ ދައްކަން އުޅޭތާ މިހާރު ހަފްތާއެއް ވަރު ވެއްޖެ. އައްޔާދް ގޭގައި މަޑުކޮށްގެންނެއްނުން ކަމެއް ވާނީ..” މާރިއާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. “ކޮންވާހަކައެއްތަ؟” އައްޔާދް ފެން ފުޅި ތުމުގައި ޖަހާލަމުން އަހާލިއެވެ.

“ކައިވެނީގެ ވާހަކަ. މަންމަ ބޭނުންވަނީ ދަރިފުޅު އިތުރަށް މިކަން ލަސްކުރަން ނޫޅެ ލައިބާއާއި އިންނަން.” މާރިއާގެ ވާހަކަ ހުރިގޮތުން އައްޔާދް ހައިރާންވިއެވެ. ކުއްލިއަކަށް ކައިވެނި އަވަސް ކުރަން އެބުނީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. “ކީހިނެތްވީ އަވަސް ކުރަންވީ؟” އައްޔާދް ސުވާލުގެ ނަޒަރަކުން މާރިއާއަށް ބަލާލިއެވެ. “ކީއްވެހޭ؟ ބަލަ އައްޔާދެއްނުން ކައިވެންޏަށް އެއްބަސްވީ ދެން އަވަހަށް ކުރީމަވީއެއްނުން. އަދި ބުނަން އެއްވާހަކަ. ތި ރިއުމާންއެއްގެ މަތިން ހަނދާން ނައްތާލާ..” މާރިއާގެ ޖަވާބުން އައްޔާދް ސިހުނެވެ.

“އެކީއްވެ؟ މޮމް ކީއްވެތަ ތިގޮތަށް ތިވާހަކަ ދައްކަނީ؟” އައްޔާދްއަށް ވާނުވާ އޮޅުމެއް ނުފިލިއެވެ. “އަދިވެސް އަހަރެންތަ ގޮތަކަށް މި ވާހަކަ ދައްކަނީ؟ އެކަހަލަ އަންހެން ކުއްޖަކާއި ގުޅެން އައްޔާދް ލަދެއް ވެސް ނުގަނޭތަ!” މާރިއާ މިހެން ބުނުމުން އައްޔާދްގެ ދެބުމަ ގޮށްޖެހުނެވެ. އާޒިމް ހަޤީޤަތެއް ނެތް އެވާހަކަ މާރިއާ ކައިރި ކީކަން އެނގުމުން އޭނާ ރުޅިއައެވެ. “ބައްޕަ ކީކޭކީ މިހާރު؟ އަޅުގަނޑަށް އޭރުވެސް އިނގޭ ޑޭޑް އެކަހަލަ ކަމެއް ކުރާނެކަން.” އައްޔާދް ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. “ބަލަ އަދިވެސް އަހަރެމެންތަ ގޯހީ.. އެއަންހެންކުއްޖާގެ ހަޤީޤަތް އެނގި ހުރެވެސް.. މިބުނީނުން ނުވާނެޔޭ އޭނައާއި އެއްވެސް ގުޅުމެއް ބާއްވައިގެން..” މާރިއާ ރުޅި އައިސްފައި އަމުރު ކުރިއެވެ.

“ނޫން.. އަޅުގަނޑު ނެތިން ލައިބާއައި ކައިވެނި ކުރާކަށް. ވަރަށް ސާފުކޮން މިބުނީ. ނުވާނެ އެކަމެށް.. ނޫޅެން އޮޅުވާލައިގެން ކައިވެންޏެއް ކުރާކަށް. އެކަމުން އެއްވެސް އުފަލެއް ނުލިބޭނެ.. ލައިބާއަކަށް ވެސް އަޅުގަނޑަކަށް ވެސް.” އައްޔާދްގެ ވާހަކަ އަޑުއިވި މާރިއާ ރުޅި އިތުރަށް ގަދަވިއެވެ. “މިއީ ކުޅޭ ކުޅިވަރެއްތަ؟ އެއްފަހަރު ނީންނަމޭ ދެން އިންނާނަމޭ ކިޔާފައި މިހާރު އަނެއްކާ ވެސް ނީންނާނަމޭ ތި ކިޔަނީ! އައްޔާދް މޮޔަވީތަ. އަހަންނަށް ހެޔޮ. އިންނަށް ޖެހޭނީ ލައިބާއާއި.. ތި ރިއުމާންއާއި ގުޅިގެން މިގެއަކު ވެސް ނުހުރެވޭނެ!” މާރިއާ ހަރުކަށި ކަމާއި އެކު ބުނެލިއެވެ.

އެވަގުތު އެއްޗެއް ވެއްޓުނު އަޑަށް މާރިއާއާއި އައްޔާދް ދެމީހުން އަޑުއައި ދިމާއަށް އެނބުރުނު އިރު ބެލްކަނި ދޮރު ކުރިމަތީގައި ހުރި ލައިބާ ފެނި އައްޔާދް ސިހުނެވެ. އޭރު އޭނާ އަތުން ވެއްޓުނު ފޯނު ބިންމަތީގައި އޮތް އިރު އެނަޒަރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ދެންމެ އެދެކެވުނު ވާހަކަ ލައިބާއަށް އިވުނުކަން ޔަޤީންވި ނަމަވެސް އޭނާ އެތައި ހުންނަތާ ކިހާއިރެއް ވެދާނެބާއޭ އައްޔާދް ހިތަށް އެރިއެވެ. ލައިބާއަށް މިހާރު އައްޔާދް ލޯބިވާ އަނެއްފަރާތަކީ ރިއުމާންކަން އިނގޭނެކަން އިނގުމުން އޭނާ ދެއަތް މުށްކެވުނެވެ. އޭނާ އެކަން ލައިބާއަށް ހާމަކުރަން ބޭނުންވީ މިގޮތަކަށް ނޫނެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. ލައިބާއަށް މިހާރު މިވަނީ ހުރިހާ ކަމެއް އިނގި ފާޅުވެފައެވެ.

-ނުނިމޭ-

33
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

އަނދިރިފަރާތް (8 ވަަނަ ބައި)

Next

ފިރިމީހާގެ ހައްޤުގައި (17)

Next
February 3, 2017

ފިރިމީހާގެ ހައްޤުގައި (17)

Previews
February 3, 2017

އަނދިރިފަރާތް (8 ވަަނަ ބައި)

32 Comments

  1. layaal says:
    February 3, 2017 at 2:29 pm

    Enjoy reading. Next part on Sunday in sha allah 🙂

  2. hanni says:
    February 3, 2017 at 2:40 pm

    Aww. Ayyadh propsed loabikan. Varah salhi igey ❤️ dhen laibaa kihine hadhaani?

  3. riph says:
    February 3, 2017 at 2:42 pm

    Varah reethi.. 🙂

  4. girl :))) says:
    February 3, 2017 at 2:48 pm

    woooww

  5. Mary says:
    February 3, 2017 at 2:49 pm

    Wow v teethi mi part waiting for next part.

  6. Kia says:
    February 3, 2017 at 2:51 pm

    Alheyyy haadha salhi ey mi storyy?

  7. Xeesha says:
    February 3, 2017 at 2:54 pm

    Wowww…Thankolheh avahah up nukoh dheveynetha? Cnt wait

  8. Naxy says:
    February 3, 2017 at 2:57 pm

    Vvvvvv reethi… i like this story

  9. ham says:
    February 3, 2017 at 3:11 pm

    V nice ingey….inthizaruga mi huree ingey.,. I like this story

  10. Kylie says:
    February 3, 2017 at 3:34 pm

    Amazing story.. knmehen ayyaadh n riumaan gulhuvumuge beynumeh neh. Riumaan kahala kujjakah kuriah dhiumattakai ehn myhegge help nulibunas vaane… coz shes a strong girl…

  11. fathun R says:
    February 3, 2017 at 4:32 pm

    V reethi

  12. Rose says:
    February 3, 2017 at 6:45 pm

    Laiba aa Ayyadh neennathi. Riuman aa innani. Mom ah ves kiyadhi hageegaiy

  13. cher says:
    February 3, 2017 at 7:28 pm

    Varah habeys..thankolheh avahah up kohlaba next part..ethedheh ayyadh n riumaan gulhuvaa..not ayyadh n laiba

  14. handu says:
    February 3, 2017 at 7:48 pm

    varah reethi

  15. Anaya says:
    February 3, 2017 at 7:57 pm

    Just read Dheynan Hithaa Jana because my friends told me its very nice. Miadhu ehkon evaahaka mi ki. Wow i loved it ❤️❤️ Layaal you have made a new fan. Gonna read this story now. ??

  16. Faathee says:
    February 3, 2017 at 8:32 pm

    Vara vara reethi. Maasha Allah. Vara furihama. Ibaarai kurumaa sifa kurun ves ehaa furihama. Layaal ge kuree vaahaka ah vure mi vaahaka reethi. Mi vaahaka ehkoh nimuneema avas mustagubaleh ga layaal ge ithuru vaahaka eh ves kiyaalan genesdhechey.

  17. nikko says:
    February 4, 2017 at 12:21 am

    alhey…vaahakaige anehbayah inthixaaru kuranyy…varah reethi vaahaka 🙂 …

  18. ? says:
    February 4, 2017 at 8:02 am

    Ayyadh marrying laibaa my foot!!!

    1. Storybox says:
      February 4, 2017 at 1:18 pm

      Noway……..aharen mivaahaka kiyun huttaalaanan eyrun……..Hurihaa vaahaka ehgaves vanee ehgothes loabivaa noon ehen meehakaa mary kuraanee………….varah foohivey…………But mi story thafaath vaane kamah ummeedhu kuraneeeeee…………..

    2. ? says:
      February 4, 2017 at 2:01 pm

      then stop reading…
      No body will care about that!!!

  19. mifff says:
    February 4, 2017 at 3:46 pm

    woow v reethi ?

  20. Snow flake❄ says:
    February 4, 2017 at 6:27 pm

    Waaau Waaaau.??
    Its Getting More Interesting.????
    Alhe Dhen Kihineh Vaani.? Laiba Dhen Riu Babe Dheke Rulhi annaanee.? Dhen She Will Try To Create Misunderstandings Between Ayaadhoo.? And Riu.??
    Alheyyy.!! Riu And Laibaa And Good friends.?
    Kihaa Sad dhen??
    I Guess Laibss Is gonna Play Villan’s Role Next.???
    Poor Riu Loabss. Zubeyru Kanthah Ingihje Dho finally Ayaadh Ah.??????
    Honestly, This Story Is the Best.
    Love you layaaalooo Okayh.??
    Bye bye Princess.??

  21. Snow flake❄ says:
    February 5, 2017 at 12:39 pm

    Waau Waau.??
    Fab Fab This Vahaka Is Getting Interesting Day By Day?
    Your My fav Layaal.❤❤❤❤?
    Dhen I guess Laibss Is Gonna Play Villan’s Role Next.??
    Dhen Maybe Laibss Will create Misunderstandings Between Ayaadhoo.? And Riu.?
    Alheyyyy This Story Has So much Suspense.?
    Eagerly Waiting For The Next Episode.??
    Love Youh Darla.???

  22. layaal says:
    February 5, 2017 at 3:55 pm

    Thanks all for the lovely comments. ?
    Will update tonight.

  23. Aish says:
    February 5, 2017 at 7:48 pm

    Dhn ahna sundagathr up kurany mihaaru varah foohi lasvaathy

  24. Jeen says:
    February 5, 2017 at 9:07 pm

    Kihaa ireh vaanebaa… Waiting waiting waiting.. Mirey ey buni fahun iru kolhu kolhaa eba beley… Kiyaa hithun hama.. Vahaaka reethi kamun.. Layaal u r super ?

  25. Elsaa says:
    February 5, 2017 at 9:28 pm

    Layaal.. Kihaa iraku tha up vaanii???

  26. Aish says:
    February 5, 2017 at 9:30 pm

    Dhn ahna sundayga dho

  27. Riu says:
    February 5, 2017 at 9:32 pm

    Alhey kobaa tha dhen aneh bai avas kohla baa plz?

  28. Aik says:
    February 5, 2017 at 10:30 pm

    Layaal kobatha story. V inthizaaru kurevey eba. Vaahaka kiyaafa nuny nunidhaanan insha allah

  29. Layaal says:
    February 5, 2017 at 10:41 pm

    hey its me. i’m having issues login into my account. this just might be a glitch. i will update as soon as i can login. sorry for this delay.

  30. RUSH DHAA NNU says:
    February 6, 2017 at 1:33 am

    OHHHH THE BEST STORY EVER…
    VARAH INTHIZAARU KUREVEY EBA …
    STORY VARAH HABEYS….
    LAYAAL THIS IS A GOOD WORK VAAHAKA V V V NICE….

Comments are closed.

All Right Reserved!