Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް (8 ވަަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
February 3, 2017 6 Mins Read
22 Comments

“ޝްޝްޝް.. އައި ނޯ ދެޓް ޔޫ ލަވް މީ..” ޝާކިން އެބުނި އެއްޗަކުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަޑުމަޑުން އަހަރެންގެ ތުންފަތުގައި ޖައްސާފައިވާ އޭނާގެ އިނގިލި ދުރުކޮށްލަމުން އޭނާ އަހަންނަށް ހަދިޔާކޮށްލީ ފުރިހަމަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ދެފައި ވިރިގެން ދިޔަ ފަދައެވެ. ދެތިން ފަހަރަކު ހިންދިރުވާލަމުން އަހަރެން އިސްޖަހާލީމެވެ. ޝާކިންއަށް އަހަރެން އޭނާ ދެކެ ލޯބިވާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޢަމަލުތަކުން ހެއްޔެވެ؟

“ވަޓް؟ އަހަރެން؟ ހަހަހަ.. އަހަރެން ނުވޭ…” އަހަރެން ވަރަށް ނޫން ކަމަށް ހަދައި ދެއަތް އުރާލަމުން ބުނެލީ ގަދަކަމުން ހީލަމުންނެވެ. އަހަރެންގެ މޫނުމަތީގައިވި ނުތަނަވަސްކަން އޭނާއަށް ނުދައްކައިވޭތޯ އަހަރެން މަސައްކަތްކުރީމެވެ. އަހަރެން އެހެން ބުނުމުން އޭނާ އިތުރު އެއްޗެކޭ ބުނާކަށް ނުއުޅުނެވެ. ސީދާ އަހަރެންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން އޭނާ ހުރީއެވެ. އެތާ ހުންނަން އުނދަގޫވެގެން އެންމެފަހުން އަހަރެން އެތަނުން ދުރަށް ދިއުމަށް ހިނގައިގަތީމެވެ. އެވަގުތު ޝާކިން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެން އެނބުރި އޭނާއާ ދިމާއަށް ބަލާލަމުން ނުރުހުމުގެ ކުލަވަރު މޫނަށް އެރުވޭތޯ މަސައްކަތްކުރީމެވެ.

“ލީވް މީ ޝާކިން.. އަހަރެން ދާން ވެއްޖެ..” ހަރުކަށި ގޮތަކަށް އަހަރެން އެހެން ބުނެލުމަށްފަހު އޭނާގެ އަތް ފޮޅުވާލީމެވެ. އޭނާ އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

“ގަބޫލުކުރާނަންތަ އަހަރެންވެސް ލޯބިވެޔޭ ބުނެފިއްޔާ؟” ޝާކިން އެހެން އަހާލުމުން އަހަރެންގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ޤަބޫލުކުރަން ދަތިވެފައި އަހަރެން އޭނާއާ ދިމާއަށް ބަލާލީމެވެ.

“އެނގޭ ޝުބާ ކުރިންސުރެ އަހަރެން ދެކެ ލައިކްވާކަން.. ޝުބާ އަހަންނަށް ބަލާ ގޮތުން.. ތި ދެލޮލުން ބުނެދެނީ އަހަރެން ދެކެ ލޯބިވާ ވާހަކަ..” ވަރަށް ޔަޤީންކަމާއެކު ޝާކިން ބުނެލިއެވެ. ހަދާނެގޮތެއް ނުވިސްނިފައި އަހަރެން އެ ހުރި ގޮތަށް ހުރީމެވެ.

“ވިލް ޔޫ ބީ މައި ގާރލް ފްރެންޑް؟” ޝާކިން އެހެން އަހާލުމާއެކު އަހަރެންގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެލިއެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އެވަގުތު އަހަންނަކަށް ނުވިސްނުނެވެ. ކޮންމެ ގޮތެއްވިޔަސް ޝާކިން އަކީ އަހަރެންގެ ލޯތްބެވެ. އަދި އޭނާއަކީ އަހަރެންގެ ދުޝްމިނެއްވެސް މެއެވެ. އަހަރެން ވަކި ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާއާ ލޯބީގެ ގޮތުން އަހަންނަކަށް ގުޅެވޭކަށް ނެތެވެ.

“އަހަންނަށް އެނގޭ ޝުބާ ބުނާނީ ޔެސް އޭ ކަން… ރައިޓް؟” އަހަރެން އެއްޗެކޭ ނުބުނުމުން ޝާކިން އަހަންނާ ކައިރިވެލައި އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ނަމަވެސް އަހަރެން ވަގުތުން އޭނާގެ އަތް ފޮޅުވާލީމެވެ.

“ޝާކިންއަށް ހީވެފައި ތިއޮތީ ގޯސްކޮށް.. އަހަރެން އެއްއިރެއްގައިވެސް ޝާކިން ދެކެ ލޯތްބެއް ނުވޭ.. އައި ވޯޒް ޖަސްޓް ކިއުރިޔަސް އެބައުޓް ޔޫ… އެހެންވެ ކަންނޭނގެ މާ ގިނައިން ޝާކިންއާ ދމާއަށް ބެލެނީ.. ވަރަށް ބޮޑަށް މާފުކުރާތި އަހަރެންނަށް އެހާ ވަރަށް ބެލުނީމަ.. އެންޑް ޚަބަރުދާރު މީގެ ފަހުން މަގޭ ގައިގައި އަތް ނުލާތި!” ހަރުކަށިކަމާއެކު އަހަރެން ވާހަކަދައްކަމުން ދިޔައިރު ޝާކިންގެ މޫނުމަތިން ފެނުނީ ހައިރާންކަމާ ހިތްދަތިކަމެވެ. ބުނަންވާ އެއްޗެއް ބުނުމަށްފަހު އަހަރެން އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުނުކޮށް ދުއްވައިގަތީމެވެ. ކުލާހަށްގޮސް އެގަޑީގައި ހުރި ޓީޗަރު ކައިރިން ހުއްދަ ހޯދުމަށްފަހު އަހަރެން އޮފީހުގައި ބުނެލާފައި ގެއަށް ދިޔައީ ބޮލުގައި ރިއްސަނީއޭ ކިޔައި ބަހަނާއެއް ދެއްކުމަށްފަހުގައެވެ. އެދުވަހު އަހަންނަށް އިތުރަށް ޝާކިންއާ ކުރިމަތިލާނެހާ ހިތްވަރު ނުލިބުނީއެވެ.

ގެއަށްގޮސް ކޮޓަރިއަށް ވަތްތަނާ އަހަރެންގެ ދެލޮލުން ހޫނު ކަރުނަތައް ފައިބަންފެށިއެވެ. ގިސްލާ ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އެނދުމައްޗަށް ވެއްޓިގަނެގެން އޮވެ ބާރުބާރަށް ރޮމުން ގެންދިޔައިރު މަންމައަށް އަޑުއިވިދާނެތީ ކަންބޮޑުވެސްވިއެވެ. ނަމަވެސް އެވަގުތު އަހަރެން ބޭނުންވީ ހިތުތެރޭގައި އެނބުރެމުން ދިޔަ ހައިޖާނު ކަރުނަތަކުގެ ސިފައިގައި ހަށިގަނޑުން ބޭރުކޮށްލާށެވެ.

އަހަރެންގެ ހަޔާތުގައި ކަންތައްވަމުން މިދަނީ ކިހިނެއް ހެެއްޔެވެ؟ ފުރަތަމަ ޝާކިން ދެކެ އަހަންނަށް ލޯބިވެވުނީއެވެ. އެއަށްފަހު އޭނާ އަކީ އަހަރެންގެ ދުޝްމިނެއްކަން އެނގުނީއެވެ. އަހަރެން އޭނާ މަތިން ހަނދާން ނައްތާލަން އެހާ މަސައްކަތްކުރީމެވެ. ނަމަވެސް އަނެއްކާ ކަންތައް މިވީ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ޝާކިން އަހަންނަށް ލޯބި ހުށައެޅުމުން އަހަރެން ފަހެ އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރާނީ ކިހިނެއް ހެއްޔެވެ؟ މިހާރުވެސް ޝާކިންއަށް އަހަރެންގެ އިހުސާސްތައް ކޮންމެވެސް ވަރަކަށް އެނގެއެވެ.

އެރޭ އެޖެންސީއަށް ދިޔައިރުވެސް އަހަންނަށް ހުރެވުނީ ނެގިމަޑުވެފައެވެ. ރިޒާމް އާއި މާޒް ވެސް އަހަރެން ގާތު އެތައް ފަހަރަކު ކިހިނެއްވީތޯ އެހިއެވެ. ނަމަވެސް އަހަރެން ބުނަނީ ކަމެއްނުވާ ކަމަށެވެ. އަހަރެން ވަކި ބުނާނީވެސް ކީކޭ ހެއްޔެވެ؟

ބައްދަލުވުމަށްފަހު އަހަރެން ރިޒާމްއާއި މާޒްއާއެކު ދިޔައީ އަރޫންގެ ކޮޓަރިއަށެވެ. ޑޮކްޓަރު އަރާމުކުރަން ބުނެފައި އޮތުމުން އަރޫން މިރޭ ބައްދަލުވުމަކަށް ނާދެއެވެ. އެޖެންސީތެރޭގެ ކޮޓަރިއަށް އަހަންނަށް ފެނުނީ އަލަށެވެ.

އަރޫންގެ ކޮޓަރި އަހަރެންގެ ގެއާ އެއްވަރުވެއެވެ. ފާރުތަކުގައި ސަންގުމަރުމަރު ހިލަ ޖަހާފައިވީއިރު ކޮޓަރިތެރޭގައި ހިފާލާފައިވަނީ އޭސީގެ ފިނިކަމެވެ. ތަޅުންގަނޑުގައި ކަޅުކުލައިގެ ކާޕެޓް އަޅާފައިވިއެވެ. މުޅި ކޮޓަރިތެރެއިން ފެންނަނީ ސާދާ ކަމާއި ތަރުތީބުކަމެވެ. ކޮޓަރީގެ އެއްފަރާތެއްގައި ހުރި ކިންގް ސައިޒް އެނދުގައި އަރޫން އޮށޯވެލައިގެން އޮތެވެ. އެނދުގެ ބޯލާ ކޮޅުގައި ކަބަޑު ސެޓެއް ހަރުކޮށްފައިވީއިރު އެތަނުގެ މަތީގައި ތަރުތީބުކަމާއެކު ފޮތްތައް އަތުރާލެވިފައިވިއެވެ.

ހިނިތުންވުމެއްގައި ހުރެ އެކޮޓަރިތެރެއަށް ބަލަމުން ގޮސް އަހަރެން އިށީނީ އަރޫންގެ އެނދާއި ދާދި ކައިރީގައި ހުރި ކަޅުކުލައިގެ ސޯފާސެޓުގައެވެ. މާޒްއާއި ރިޒާމްވެސް އައި ގޮތަށް އައިސް ސޯފާ މައްޗަށް ވެއްޓިގަތެވެ.

“ހާދަ ރީއްޗޭ ދޯ މި ރޫމް.. އަހަންނަށް ވެސް މިތަނުން ރޫމެއް ލިބޭނަމަ ދޯ؟” އަހަރެން ވަށައިގެން ނަޒަރު ހިންގާލަމުން ބުނީމެވެ. އަރޫންގެ ކޮޓަރި ފެނުމުން ކޮންމެވެސް ވަރަކަށް އަހަރެން ޝާކިންގެ ޚިޔާލުތަކާ ދުރުވިއެވެ.

“ސްކޫލު ނިމުނީމަ އެއްކޮށް މިތަނާ ޖޮއިންވާން އުޅޭ.. އޭރަށް ރޫމެއް ލިބޭނެއްނު؟” އަރޫން ތެދުވެ އެނދުގެ ފަޑީގައި ލެނގިލަމުން ބުނެލިއެވެ.

“ވަރަށް ޖޮއިން ކުރަން ބޭނުން އަސްލު.. އެކަމަކު މަންމަމެންނަށް އަހަރެން މިތަނުގަ ވޯކް ކުރާކަން އެނގެއްޖިއްޔާ ވަރަށް ރުޅިއަންނާނެ… ދޮގު ހަަދައިގެން ވޯކް ކުރަން ޖެހޭނީ..” އަހަރެން އަރޫންއަށް ފަނޑު ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލީމެވެ.

“މިހާރު ކިހިނެއް އަރޫން؟” އަހަންނަށްވުރެ ކުރިން މާޒް އަހާލިއެވެ. އަހަރެންވެސް ހުރީ އޭނާގެ ހާލަތު އޮޅުން ފިލުވަން ބޭނުންވެފައެވެ.

“އޯކޭ ހަމަ.. މާދަމާ ރޭ މީޓިންގް އަށް ދެވޭވަރު ވާނެހެން ހީވަނީ..” އަރޫން ހީލަމުން ބުނެލިއެވެ.

“ހީވަނީ އެއްނު؟ ޔަގީނެއް ނޫނެއްނު ދޯ! މިފަހަރު އަަންނަންވާނީ ރަނގަޅުވީކަން ޔަގީންވީމަ އިނގޭ.. އެހެންނޫނީ މީޓިންގ ރޫމަކަށް ނުވައްދާނަން…” އަހަރެން ދެއަތް އުރާލަމުން ބުނެލީމެވެ. އެއާއެކު މާޒް އާއި އަރޫންގެ އިތުރުން ރިޒާމްވެސް ހިނިގަނޑެެއް ޖަހާލިއެވެ.

އިރުކޮޅަކު ވާހަކަދައްކަން އިނދެފައި މާޒްއާއި ރިޒާމް ދިޔައީ އެމީހުން ނިންމަންޖެހޭ ބައިވަރު މަސައްކަތް ހުރި ކަމަށް ބުނެފައެވެ. އެމީހުން ދިއުމުން އަަހަންނާ އަރޫން އެކަނިވިއެވެ. އެވަގުތު އަރޫން ވަރަށް ފުންކޮށް އަހަންނާ ދިމާއަށް ބަލާލިކަން އަހަންނަށް އެނގުނެވެ.

“އާރ ޔޫ އޯކޭ؟” އިރުކޮޅަކު ބަލަން އިނުމަށްފަހު އަރޫން ސުވާލުކޮށްލިއެވެ. އަހަރެންނަށް ކޮންމެވެސް ކަމެއް ވެފައި އިންކަން އޭނާއަށް ފާހަގަވީއެވެ.

“ނޫން..” އަހަރެން އާދައިގެ ގޮތަކަށް ބުނެލީމެވެ. ނަމަވެސް އޭނާ ކުރިންވެސް ބަލަމުން ދިޔަ ގޮތަށް އަހަންނަށް ބަލަމުން ގެންދިޔައެވެ.

“އެހެން ނުވާނެ.. ހަމަ ކޮންމެވެސް ކަމެއް ވެއްޖެ… ޔޫ ކާންޓް ފޫލް މީ އިނގޭ..” ދެއަތް އުރާލަމުން އަރޫން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. އަރޫންއަށް ކަންކަން ފޮރުވުމަކީ އަހަންނަށް ނުވާނެކަމެއްކަން މާ ކުރިންވެސް އެނގެއެވެ. ނަމަވެސް އަހަރެން ބުނަންވީވެސް ކީކޭ ހެއްޔެވެ؟ ކުރީ ރޭ އަރޫންއަށް ހަމަލާދިން މީހާއާއެކީ އުޅޭ މީހަކު ދެކެ ލޯބިވެޔޭ ހެއްޔެވެ؟ އިސްޖަހައިގެން އިނދެ އަހަރެން ދެއަތް ދެއަތާ މޮޑެމުން ގެންދިޔައީމެވެ.

“ޝުބް..” އަރޫން މަޑުމަޑުން އަހަންނަށް ގޮވާލިއެވެ. އަދި އެނދުން ތެދުވެގެން އައިސް އަހަރެން ކައިރީގައި އިށީނެވެ. އެއަށްފަހު އަހަރެންގެ ދެއަތުގައި ހިފާލިއެވެ.

“އަހަންނަށް އެނގެއޭ ކަމެއް ވެއްޖެކަން.. އެހެންނޫނީ ތިއޮއް މަޖާ މީހާ ތިހާ ހިމޭނުން އިންނާނެތަ؟ ބުނެބަލަ ދެން…” އަރޫން އަހަރެންގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. އެއާއެކު އަހަރެންގެ ދެލޮލަށް ކަރުނަތައް ޖަމާވީ އިޚްތިޔާރަކާ ނުލައެވެ. އިސްޖަހައިގެން އިނދެ އަހަރެން ނޭފަތް ދަމާ އަޑު އިވުމުން އަރޫން ބޯ އަރިކޮށްލުމަށްފަހު އަހަންނަށް ބަލާލިއެވެ.

“ހޭ.. ރޮނީތަ؟” އަރޫން އޯގާތެރިކަމާއެކު އަހާލިއެވެ. އެއާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަގިސްލާފައި ރޮވެން ފެށުނެވެ.

“އަރޫން… އަހަރެން ކިހިނެއް ހަދާނީ؟ ހާދަ އުނދަގޫވެޔޭ..” ގިސްލުމުގެ ތެރެއިން އަހަރެންނަށް ބުނެލެވުނީ އެހެންނެވެ. އަރޫން ކަންބޮޑުވެހުރެ އަހަރެން މަސަލަސްކުރެވޭތޯ ބަލަމުން ގެންދިޔައެވެ.

“ޝުބް.. ކިހިނެއްތަވީ؟ ބުނެބަލަ ޝުބް..” އަރޫން އަހަރެންގެ ކަރުނަތައް ފުހެދެމުން ބުނެލިއެވެ.

“ނުކެރޭނެ ބުނާކަށް… ބުނެފިއްޔާ އަރޫންވެސް އަހަރެން ދެކެ ރުޅިއަންނާނެ… އާރިފް ސާރ ވެސް ރުޅިއަންނާނެ.. އެންމެންވެސް ރުޅިއަންނާނެ..” އަހަރެން އަރޫންގެ އަތް ފޮޅުވާލަމުން ބުނެލީމެވެ. އޭރު އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވަމުން ދިޔައީ ޝާކިންއެވެ. ޝާކިން އަހަރެން ދެކެ ލޯބިވެޔޭ ބުނިއިރު އޭނާގެ މޫނު ހުރިގޮތެވެ.

“ޝުބް.. އަހަރެން ނާންނާނަމޭ ރުޅިއެއް… ޕްލީސް ބުނެބަލަ…” އަރޫން އާދޭހުގެ ރާގަަކަށް އަހަމުން ދިޔައެވެ. އެންމެފަހުން އަރޫން ކުރުނުކުރުމުން ކޮންމެ ގޮތެއް ވިޔަސް އަހަރެން ގަސްތުކުރީ އެވާހަކަ އަރޫންއާ ހިއްސާކުރުމަށެވެ. ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ.

“އަރޫން.. މީ…އަނެއް.. އެރޭ އެރޭ އަހަރެން ދެކުނިން އެއްކަލަ މީހާގެ ފޭސް… އަހަރެން އެމީހާގެ މާސްކު ދަމައިގަތީ… އައި ސޯ ހިޒް ފޭސް…” އަހަރެން ޖެހިލުންވެ އިނދެ ބުނެލީމެވެ. އެއާއެކު އަރޫންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެވަރުގެ ބޮޑުކަމެއް އަހަރެން އެންމެންނަށް ސިއްރުކުރީތީއެވެ.

“އަހަންނަށް އެރޭ ވެސް ހީވިޔޭ ޝުބްއަށް އޭނަގެ ފޭސް ފެންނާނޭ.. އެހެންވެ ފަހުންވެސް އަހަރެން ސުވާލުކުރީ… އެއީ ޝުބްއާ އެއްކުލާހުގަ އުޅޭ ކުއްޖެެއްނު ދޯ؟ ކޮންނަމެއްތަ ކިޔަނީ؟.. އަމްމް… އާނ… ޝާކިން… ރައިޓް؟” އަރޫން އެހެން ބުނެލުމުން އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

“އަސްލު އޭނަގެ މޫނު އޭރު ފެނުނީމަ އެވާހަކަ އާރިފް ސާރ ގާތު ނުބުނުން އެއީ ޝުބްގެ ކުށެއް… ބަޓް ދެން އެކަން މިހާރު ވެނިމުނީ… އެކަމާތަ ތި ރޮނީ؟ އެއީ އެވަރުކަމެއް ނޫނޭ…” އަރޫން ހީލަމުން އަހަރެންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. ނަމަވެސް އަހަރެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އަހަރެން މިބުނީ އަދި ވާހަކައިގެ އެއްބައިކަމެއް އަރޫންއަކަށް ނޭނގެއެވެ.

“އަރޫން.. ނޫނެކޭ.. އަރޫންއަށް އެނގޭތަ އަހަރެން އޭނަގެ މޫނު ފެނުނު ވާހަކަ ސަރ ގާތު ނުބުނީ ކީއްވެކަން؟ އެންމެނަށް އެކަން ސިއްރުކުރީ ކީއްވެކަން އެނގޭތަ؟ ބިކޯޒް އައި ލަވް ހިމް…” ރޮވިފައިވާ އަޑަކުން އަހަރެން ވާހަކަދެއްކީމެވެ. އަހަރެންގެ ވާހަކަ ނިމުމާއެކު އަރޫން ސިހިފައި ކޮޅަށް ތެދުވިއެވެ. އެ މޫނުމަތިން އޭރު ފެންނަމުން ދިޔަ އަސަރުތައް ދެނެގަންނާކަށް އަހަންނަކަށް ނޭނގުނެވެ. އެއްޗެކޭ ނުބުނެ އެތައް އިރަކު އޭނާ ދުރު ބަލަހައްޓައިގެން ހުއްޓެވެ.

“ބުނެބަލަ އެއްޗެކޭ… އަހަންނަށް އޭނަ ދެކެ ލޯބިވެވުނުއިރަކު ނޭނގެއޭ އެއީ އެކަހަލަ މީހެއްކަމެއް.. އެނގޭނަމަ އަހަރެން އެހެން ނުހެދީސް… އޭނަގެ އަސްލު އެނގުނު ފަހުން އަބަދު އަބަދު އިހުސާސްކުރެވޭ މިކުރެވޭނީ ކުށެއް ކަމަށް… އަބަދު އަބަދު.. އޭގެ ފަހުން ބެލިން އެ އިހުސާސްތައް ހިތުން ފިލުވޭތޯ… އެކަމަކު މިޔަދު ވީކަމެއްގެ ސަބަބުން އަހަންނަށް އެކަން ކުރަން ވަރަށް އުނދަގޫވެއްޖެ.. އަރޫން.. ވަޓް ޝުޑް އައި ޑޫ..؟” އަހަރެން ގިސްލަމުން އަރޫންއަށް ހުރިހާ އެއްޗެއް ކިޔައިދިނީމެވެ. އޭނާ ކޮޅަށް އެހުރިގޮތަށް ހުރެ ދެތިން ފުން ނޭވާ ދޫކޮށްލުމަށްފަހު އެނބުރި އައިސް އަހަރެން ގާތު އިށީނެވެ. އޭރު އެމޫނުމަތީގައިވީ އޯގާތެރިކަމެވެ.

“ޝުބް.. ހުއްޓާލާ.. ބުނަންތަ ވާހަކައެއް؟ ލޯބިވެވުމަކީ ކުށެއް ނޫން.. ކޮންމެ މީހަކު ދެކެ ވެސް ލޯބިވެވިދާނެ.. އަނެއްކާ ޝުބްއަށް ލޯބިވެވުނީ އޭނާގެ އަސްލު ނޭނގިއެއްނު ދޯ؟ އޭނަ ދެކެ ކިތަންމެ ލޯބިވިޔަސް އަހަންނަށް އެނގޭ ޝުބް މި އެޖެންސީއަށް ލޯޔަލް ވާނެކަން..” އަރޫން އަހަންނަށް ހިތްވަރުދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަ އަޑުއަހާފައި އަހަރެން ކަރުނަތައް ފުހެލުމަށްފަހު ހިނިތުންވެވޭތޯ މަސައްކަތްކުރީމެވެ.

“ދެން ބުނެބަލަ.. މިޔަދު ކިހިނެއްވީ؟” އަރޫން އަހާލިއެވެ. އެއާއެކު އަހަރެން މިޔަދު ހިނގި ކަންތައް އަލިފުން ޔާއަށް އޭނާއަށް ކިޔައިދިނީމެވެ. ޝާކިން އަހަންނަށް ލޯބި ހުށައެޅި ގޮތެވެ. އެއާއެކު އަރޫންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

“ޝުބް.. ތީ ސްޓްރޯންގް ކުއްޖެއްނު؟ އަހަންނަށް އެނގޭ ޝުބްއަށް މިކަމާ ކުރިމަތިލެވޭނެކަން.. ޝުބްގެ އެހާ ހިތްވަރު ހުންނާނެ.. އައި ނޯ ދެޓް..” އަރޫން ސާބިތުކަމާއެކު ބުނެލިއެވެ. އަހަރެން އިރުކޮޅެއް ވަންދެން އެ މޫނަށް ބަލަން ހުރީމެވެ. ތެދެކެވެ. އަހަންނަކީ އެހާ ފިނޑި މީހެއް ނޫނެވެ. އަހަރެން މިހާ ފިނޑިވެގެން މިއުޅެނީ އެ ޝާކިންގެ ކަންތައްތަކާ ހެދިއެވެ. ދެއަތުން މޫނު ފުހެލަމުން އަހަރެން ހިނިތުންވެލީމެވެ. ފިނޑިވާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

“ޔޫ ނޯ ވަޓް؟ ތި ބުނީ ތެދެއް.. އަހަރެންމީ އެހާ ފިނޑި މީހެއް ނޫން.. އަހަންނަށް ޝާކިންއާ ކުރިމަތި ލެވޭނެ..” އަހަރެން ވަރަށް ޔަޤީންކަމާއެކު ބުނެލީމެވެ. އަރޫންގެ ވާހަކަތަކުން އަހަންނަށް އިތުރު ހިތްވަރެއް ލިބުނު ފަދައެވެ. އެހެން މީހަކާ އެވާހަކަތައް ހިއްސާކޮށްލުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

“ޝުބް.. ބުނަންތަ ވާހަކައެއް؟ އެމީހުން އަތުލައިގަތުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދިދާނެ އަހަރެމެންނަށް ޝުބްގެ އެހީ ލިބިއްޖިއްޔާ.. ޝުބް ކުޑަ ހިތްވަރެއްކޮށްލަން ޖެހޭނީ…” އަރޫން މާނަވީ ގޮތަކަށް އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ސުވާލުގެ ނަޒަރުން އޭނާގެ މޫނަށް ބަލާލީމެވެ.

“އޯކޭ.. އަހަރެން ކިހިނެއް ހަދަން ޖެހޭނީ؟” އަހަރެން މާބޮޑު ވިސްނުމަކާ ނުލާ އަހާލީމެވެ.

“ޝުބް އޭނައާ ރައްޓެހިވާންވީ.. ޔޫ ހޭވް ޓު ބީ ހިޒް ގާލްފްރެންޑް..” އަރޫން އެހެން ބުނެލުމުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“އަރޫން.. ކީކޭ ތި ކިޔަނީ؟” ނުވިސްނޭފަދަ ގޮތަކަށް އަހަރެން އަހާލީމެވެ.

“ޑޯންޓް ޔޫ ގެޓް އިޓް؟ ޝުބް އޭނަގެ ގާލްފްރެންޑަށްވީމަ މާ ފަސޭހަވާނެއްނު އޭނަގެ ކަންތައްތައް ހޯދަން.. އާރިފް ސާރ އަށްވެސް މި ޕްލޭން ވަރަށް ކަމުދާނެކަން ޔަގީން.. އެކަމަކު އެއީ ޝުބް އޯކޭ ވިއްޔާ..” އަރޫން އުންމީދުން ފުރިގެންވާ ރާގަކަށް ބުނެލިއެވެ. އޭނާ އެހުރީ އެމީހުން އަތުލައިގަންނަން ވަރަށް ބޭނުންވެފައިކަން އޭނާގެ ވާހަކަތަކުން ދޭހަވެއެވެ. އަނެއްކޮޅުން އާރިފް ސާރ މެންނަށްވެސް މިހާރު އެމީހުންގެ އެއްވެސް ޕްލޭންއެއް ނޭނގޭކަމަށް މިރޭގެ މީޓިންގްގައި ވަނީ ބުނެފައެވެ. އެމީހުން ކުއްލި ގޮތަކަށްވެސް ރާއްޖެއަށް ހަމަލާ ދީފާނެކަމަށްވެސް ބުނެފައިވިއެވެ. އަހަރެންވެސް މި ޤައުމު އެމީހުންގެ ހަމަލާއިން ދިފާޢުކޮށްދޭން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އަހަރެން ޝާކިންއާ ރައްޓެހިވެގެން މިހިތަށް ލިބޭނީ އިތުރު ސަޒާއެއް ނޫން ހެއްޔެވެ؟

އަހަރެން ކޮޅަށް ތެދުވެ ދެކޮޅު ދެކޮޅަށް ހިނގަން ފެށީމެވެ. އޭރު ހިތުގައި އުފެދެމުން ދިޔައީ ތަފާތު ޝުޢޫރުތަކެކެވެ. އަރޫން އަހަރެންގެ ޖަވާބެެއްގެ އިންތިޒާރުގައި މަޑުމަޑުން އިނެވެ. އަހަރެން ވިސްނަމުން ގެންދިޔައީމެވެ. ޤައުމަށްޓަކާ އަހަރެންގެ މި ހިތް ފުނޑުފުނޑު ވިޔަ ދޭންވީ ހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ކަލާދެކެ ލޯބިވެވިއްޖެ

Next

ވަންހަނާ (26)

Next
February 3, 2017

ވަންހަނާ (26)

Previews
February 2, 2017

ކަލާދެކެ ލޯބިވެވިއްޖެ

22 Comments!

  1. Liaa says:
    February 3, 2017 at 2:19 pm

    Hii guys.. sorry iyye up nukoh dhevuneema… Internet massala eh jehigen eiy.. mihaaru dhiraagu internet ga varah massala ulhey…
    Anyway hopw u enjoy this part too….
    And kameh dhimaa nuvaa nama Liaa komme dhuvahaku ves up kuraanan.. Next part tomorrow..
    Loves <3

    1. You says:
      February 4, 2017 at 8:45 pm

      Vv foohivey laskuraathy

  2. Boo says:
    February 3, 2017 at 2:28 pm

    Hmmm… Varah salhii

    1. Boo says:
      February 3, 2017 at 2:29 pm

      Ma first dho ????

  3. Aisha says:
    February 3, 2017 at 2:45 pm

    Varah reethi. Mihaaru Im curious Aroon ge feelings ah. ?

  4. KJ says:
    February 3, 2017 at 3:18 pm

    Wow woww liaaa.. vrh reeethi :-* ♡

  5. Same says:
    February 3, 2017 at 3:33 pm

    Finally…. Alhe haadha inthizaah kohfeemey liaa. Story hama v reethi…

  6. Mary says:
    February 3, 2017 at 3:58 pm

    Ahaaaannnn..vaan miulhenee keebaa anehkaa???
    Raj sir bunegen shaakin shub aa rahtehivanee
    Arid sir men bunegen shub shaakin aa gulhun baahvanee emeehun athulaigan nan vegen
    Dhen ehenvyma kahaani mey twist annaanee dhw kudhin ney
    😉 😉

  7. Affe says:
    February 3, 2017 at 4:11 pm

    Awesome hama ! Keep it up liaa ❤

  8. Lovely girl says:
    February 3, 2017 at 8:09 pm

    ?????love this story

  9. Harry says:
    February 3, 2017 at 9:21 pm

    Wow liaa…. its awesome?

  10. Aif says:
    February 3, 2017 at 11:38 pm

    ??????

  11. mifff says:
    February 4, 2017 at 5:02 am

    wow salhi ???????

  12. ❤mixoo says:
    February 4, 2017 at 7:13 am

    varah reethi??

  13. ham says:
    February 4, 2017 at 10:37 am

    Alhey v v nice story..thee beynun vaa gothakeeves komme duvahaku kiyaalan libun

  14. Chum handi says:
    February 4, 2017 at 1:35 pm

    liaaaaaaa???????
    where r u???????

  15. Brainless says:
    February 4, 2017 at 2:43 pm

    Oh my gosh..
    This story is fabulous..
    I just luv this story..
    Liaa thy varah molhu kuhjeh vaahaka liyan..
    Mihaaru mi site ga inn enme salhi and most unique story mee..??
    Really really like this story..???
    Next part avahah genesdhyba…
    Plxxxx..

  16. Binthi says:
    February 4, 2017 at 4:30 pm

    Miyadhuge episode kobaatha liaa?

  17. useless bitch says:
    February 4, 2017 at 6:42 pm

    Haadhahaavaa lahunney mihaaru story up kuranyy..
    Furathama kolhu vrh regular koh gadiah up kurey ..
    BT mihaaru vrh faruvaakuda..
    Thihenn lahunn up kuraathy vaahaka kiyaahiyy kendenn fashaifi.

  18. Ushaa says:
    February 5, 2017 at 2:15 am

    Liaa..kobaa next part?

  19. Redrose says:
    February 5, 2017 at 2:17 am

    Salhi……..

  20. Shubbb says:
    February 5, 2017 at 2:18 pm

    Love it <3

Comments are closed.

Next Episodeއަނދިރިފަރާތް (9 ވަނަ ބައި)←


All Right Reserved!