ފުލައިޓްގަ އިން އިރުވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ޔާނުއާ ދޭތެރޭގައެވެ. ހައިކަލްއާ ޔާނުވެސް އެހާވަރަށް ވާހަކަ ނުދައްކާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ޔާނު އަނެއްކާ އަހަރެން ފެނުނީމަ މޫޑްއޮފް ވީ ބާއޭ ހިތަށްއެރިއެވެ. އަހަރެން ފެނުމުން އޭނަ ހިތަށް އެއްވެސް އަސަރެއް ނުކުރާނޭ ހިތް ބުނަމުން ދިޔައެެވެ. އެހާވަރަށް މަސައްކަތް ކޮށްގެން އަހަރެންނަށް ޔާނުގެ ހަނދާންތަކާ ދުރަށް ދެވުނު އިރަށް މިޖެހުނީ އަނެއްކާ އޭނަ އާ ކުރިމަތި ލާންށެވެ. އެ ހިތްދަތި ދުވަސްތަށް ހަނދާންވިޔަށް އަހަރެން ފެންކަޅިވެއެވެ. އެ ކަޅު މާޒީ އެއްވެސް ވަރަކަށް އަހަރެން ހަނދާން ކުރާކަށް ބޭނުމެއްނުވެއެވެ.
” ޔަލް ވަރަށް ނިދިއައިސްފި ދާ” ހައިކަލް އެއާޕޯޓްއިން ނިކުންނަމުން އަހަރެެންނާ ސުވާލް ކޮށްލިއެވެ.
” ނޫން.. މިހާރު ގަޑިން ކިހާ ވަރެއް” އަހަރެންނަށް ގަޑިން ވީ ވަރު ނޭންގޭތީ ސުވާލް ކޮށްލީމެވެ.
” މިހާރު އެގާރަ ޖަހަނީ.. އޭ ޔާނު ކޮބާ ކާރު.. ބުނީމެއްނު ބަލާއަންނާނޭ” އަހަރެންނަށް ޖަވާބު ދެމުން ހައިކަލް ޔާނުއާ ސުވާލް ކޮށްލިއެވެ.
” މި ގުޅަނީ.. ފޯނެއް ނުނަގާ އެކަމް” ޔާނު ބުނެލިއެވެ.
މާ ގިނައިރަކު މަޑު ކުރާކަށް ނުޖެހުނެވެެ. ކާރުއައިސް މަޑުކޮށްލުމުން ހައިކަލް އަހަރެންގެ އަތުގަ ހިފައިގެން ކާރަށް އެރިއެވެ. އެއްގަޑިއިރުގެ ދަތުރަކަށްފަހު ޔާނުމެނގެޔަށް ދެވުނުއިރު ޔާނު މަންމަވެސް ހައިކަލްގެ އިނތިޒާރުގަ ސިޓިންރޫމްގަ އިނެވެ.
” ދަރިފުޅާ ހައިކަލް.. މިހާރު ނައީމާއްތައަށް ނުވެސް ގުޅަމެއްނު” ހައިކަލް ފެނުމުން ނައީމާއްތަފެށީ ޝަކުވާ ކުރާކަށެވެ.
” މަންމައަށް ހަމަ ސާބަސް.. ތިއްތި އައީމަވެސް ޝަކުވާދޯ ކުރަނީ” ކައިރިން ޔާޝާގެ އަޑުުއިވުނެވެ. ކޮންމެސް ވަރަކަށް ޔާޝާ ދަންނާތީ އޭނަގެ އަޑު ވަކި ކުރަން އިނގުނީއެވެ.
” ތިއްތިދައްތަތަ؟.. މެރީ ކުރީތަ.. ނުވެސް ބުނަމެއްނު” ޔާޝާ އެހެން އެބުނީ އަހަރެން ވަކި ކުރަން ނޭންގުނީމަތާއޭ ހިތަށް އެރިއެވެ.
ހައިކަލް ޖަވާބެއްނުދީ ގިނައިރުވީ އޭނައަށް ދޭނެ ޖަވާބެއް ނޭންގުނީމަކަން އަހަރެންނަށް ނަގައިގަނެވުނެވެ.
” ނޯ ނަތިން ލައިކް ދެޓް.. މީ ތިއްތިގެ ޕޭޝަންޓެއް. ޔަލްވީ..” ހައިކަލް ޔާޝާއަށް އަހަރެން ތައާރަފް ކޮށްދިނެވެ.
“ހޭއި ޔަލްވީ.. ކޮންމެސް ތާކުން ފެނުނު ވައްތަރުޖަހާ” ޔާޝާ އަހަރެން ކައިރީ ސޯފާގަ އިށީންނަމުން ބުނެލިއެވެެ.
” ޔާއްކޮ ދޭބަ ޔަލްވީގޮވައިގެން ރޫމަށް.. ޓަޔަޑްވެސް ވެފައެއްނު ހުންނާނީ.. ތިއްތި އޮންނަން ޖެހޭނީ އަހަރެންގެ ރޫމްގަ.. މިފަހަރު ގެސްޓް ރޫމަކަށް ނުދެވޭނެ އިނގޭ” ޔާނުގެ ވާހަކަ ހުރިގޮތުން އޭނަ ޔާޝާއަށް އަހަރެން އިނގެން ބޭނުން ނުވާކަން އިނގުނެވެ. އެހެންވެ އަވަހަށް ވާހަަކަ ބަދަލުކޮށްލީއެވެ.
” ޔާއްކޮ ޔަލްއަށް ރަނގަޅަށް ބަލައްޗޭ.. ޓޮއިލެޓް ވެސް ކިޔާދެއްޗޭ ރަނގަޅަށް.. އަނިޔާއެއް ލިބިއްޖިއްޔާ މާ ދެރައެއްނު” ހައިކަލް އަހަރެންނާ ދޭތެރޭ ހާދަ ވަރަކަށް ވިސްނައޭ ހިތަށްއެރިއެވެ.
“ސާބަސް ތިއްތިއަށް.. ޔާއްކޮއަށްވެސް އެވަރު ވިސްނެެޔޭ” ޔަޝާ އަހަރެންގެ އަތުގަ ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ.
” ދަރިފުޅާ ދަނީތަ ނިދަން.. މަންމަ މިއައީ ކޮފީ ގިރައިގެން.. އާދޭ ކޮފީ ބޮއެގެން ދާން.” ނައީމާއްތަގެ އަޑު ކައިިރިން އިވުނެވެ. މުޅި ތަނުގަ ހިފާލާފަ ހުރި ކޮފީ ވަހުގެ ސަބަބުން އަހަރެންވެސް ކޮފީ ބޯ ހިތްވިއެވެ. ކޮފީ ބޯން ތިބިއިރު ނައީމާއްތަ ބޮޑަށް ދެއްކީ ހައިކަލް ބައްޕަމެންގެ ވާހަކައެވެ.
“ދަރިފުޅު އަދިވެސް ތި ހުންނަނީ ޝަރީފްބެ ދެކެ ހިތްހަމަ ނުޖެހިފަ ދޯ.. މާމަ ދެއްކިޔޭ އެވާހަކަ.. ބުނި ވަޒީފާއަށް ދާން ފެށި ފަހުން އުޅެނީ ވަކިން އެޕާޓްމެންޓެއް ހިފައިގެންނޭ.. އެކޮއި ތިހެން އުޅޭކަށް ނުވާނެއްނު.. ޝަރީފްބެގެ ހުރި ހަމައެކަނި ދަރިއަކީ ތީ… ކިހާ ދެރަވާނެ ތިހެން ވަކިން އުޅޭތީ” ނައީމާއްތަ ހައިކަލްއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ.
” ދޮންމަންމަ ހުއްޓާ ބައްޕަ ދެރަވާކަށް ނުޖެހޭނެއްނު..” ފަރުވާ ކުޑަގޮތަަށް ހައިކަލް ބުނެލިއެވެ..
“ޕިސް ޕިސް ކީކޭ ދޯ ދެން ބުނާނީ.. އަދިވެސް އެކަމާދޯ ތި ހުރީ ހައިކަލް ބައްޕަ ދެކެ ރުޅިއައިސްފަ” ނައީމާއްތަ ބުނެލިއެވެ.
” ކޮންކަމަކާތަ ތިއްތި ޝަރީފަބެދެކެ ރުޅިއައިސްގެން މިއުޅެނީ” ޔާނުކޮށްލީ އަހަރެން ހިތުގަވެސް އުފެދިފައިން ސުވާލެވެ.
” އެދެން މީހަކު ރުޅިއަންނަވަރު ކަމެއްވެސް ނޫނެއްނު.. ޝަރީފްބެ ނަސްރީނާއާ ކައިވެނި ކުރީމަ ހައިކަލްއެހާ ހިތްހަމަ ނުޖެހުނީ.. އައްޑުއަށް އޮފީސް ދަތުރެގައޭ ކިޔާފަ ގޮސްފަ އައީ ނަސްރީނާ އާ ކައިވެނިކޮށްގެން އެންމެނަށް ސަޕްރައިސްއެށްދޭން.. އޭރު ހައިކަލް މަންމަ މަރުވިތާ ދެ އަހަރުވަނީ.. އެހާ އަވަހަށް ކައިވެނި ކުރީމަ ހައިކަލް ހިތަހަމަ ނުޖެހުނީ.. އެކަމް ތެދަށް ބުނަންޔާ ނަސްރީނާ އެއީ ވަރަށް ހެޔޮ މީހެއް.. ދޮންމަންމަ އަކީ ދޮން ނިޔަދުރެކޭ ކިޔަސް ނަސްރީނާ އެއީ އޭގެ އިދިކޮޅު ހަމަ..’ ނާއީމާއްތަ ހައިކަލްގެ ދިރއުޅުމުގަ އަހަރެންނަށް ނޭންގޭ ބޮޑުބައެއް ކިޔާދިނެވެ.
” އެކަހަލަ ރަނގަޅު ދޮންމަންމައެއް ލިބޭނީ ވަރަށް ނަސީބުވެރިންނަށް..” އަހަރެންނަށް އެހެން ބުނެވުނީ ބޭއިހްތިޔާރުގައެވެ. މަންމައާ ދޭތެރޭ ވިސްނާފަ ދެރަވިއެވެ. މަންމަ އަޅެ އަހަރެން މަތިން އެއްވެސ ްވަރަކަށް ހަނދާން ނުވަނީ ބާއޭ ހިތަށް އެރިއެެެވެ.
” ނައީމާއްތާ ދެން ތިވާހަކަ ބާއްވަބަ..” ހައިކަލް ހިތްހަމަ ނުޖެހިފަހުރެ އެހެން ބުނެލުމުން ނައީމާއްތަވެސް އިތުރަށް އެވާހަކައެއް ނުދައްކައެވެ. ކޮފީ ބޮއެގެން ޔާޝާވެސް އަހަރެެން ގޮވައިގެން ކޮޓަރިއަށް ގޮސް ފާހާނާއާ ތަންތަން ކިޔާދީ ހެދިއެވެ. ނިދަން އޮށޯނިއިރު ވަރުބަލިކަން އިހުސާސް ކުރެވުނު ނަމަވެސް އުޅެ އުޅެ އެއްވެސް ވަރަކަށް ނިދޭ ގޮތެއް ނުވިއެވެ. ލޮލަށް ފެންނަނަމަ ކިހާ ރަނގަޅުހޭ ހިތަށްއެރިއެވެެ. އޭރުން ނުނިދިގެން ހައިކަލްއަށް މެސެޖްކޮށް ނޫނީ ގުޅާލާ ހެދޭނެ ނޫންހެއްޔެވެެ. ހައިކަލްގެ މަތިން މިވަރަކަށް މި ހަނދާންވަނީ ކީއްބާއޭ ހިތަށް އެރިއެެވެ. ހައިކަލްވެސް ހަމަ އެވަރަށް އަހަރެން މަތިން ހަނދާންވާނެ ހެެއްޔެވެ. ހައިކަލްގެ ހިޔާލްތަކުގަ އޮއްވާ ނިދުނުއިރެއްވެސް ނޭންގެއެވެ.
ހެނދުނު ހޭލެވުނީ ނައީމާއްތަ ގޮވާ އަޑަށެވެ..
” އަވަހަށް އާދޭ ސައިބޯން ފެނވަރާލައިގެން.. ހައިކަލް ބުނި އެގާރަ ޖަހާއިރު ހޮސްޕިޓަލްއަށް ދާން ޖެހޭ ވާހަަކަވެސް.. މިހާރު ދިހައެއް ޖަހަނީ އެ” ނާއީމައްތަ އެހެން ބުނެފަ އަހަރެން އަތުގަ ހިފައިގެން ފާހާނައާ ހަމައަށް ގެންގޮސްދިނެވެ.
ފާހާނައިން އިން ނިކުތްއިރަށް ނައީމާއްތަ އަހަރެން އަތުގަ ހިފިއެވެ.
” އަވަހަށް މި އެއްޗެސްލައިގެން އާދޭ.. ނައީމާއްތަ ބޭރުގަ މަޑުކޮށްލާނަން..” އެހެން ބުނެފަ ނައީމާއްތަ އަހަރެން އަތަށް ހެދުމެއްް ދީފަ ކޮޓަރިން ނިކުތް އަޑު އިވުނެވެ.
ނައީމާއްތަ އާއެކު ސައިބޯން ދިޔައިރު ހައިކަލްއިންކަން އިނގުނީ ޔާނުއާ ވާހަކަ ދައްކާއަޑު އިވުމުންނެވެ.
” މޯނިންގް ޔަލް.. އަވަހަށް ސައިބޮއެގެން ހިނގާ ހޮސްޕިޓަލްއަށް ދާން ދޯ” ހައިކަލް އޯގާތެރި ކަމާއެކު ބުނެލިއެވެ.
ސައިބޯން ތިބިއިރު އެތަނަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. ނައީމާއްތަވެސް ސައި ހަދާދީފަ ދިޔައީ ކޮންމެވެސް ތާކަށެވެ.
ޔާނުވެސް ހީވަނީ އަހަރެން ހުރުމުން ބަސްހުއްޓިފަ އިންހެނެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ލޮލަށް މިވަގުތު ނުފެނުން އެއީ ނަސީބެކޭ ހިތް ބުނަމުން ދިޔައެވެ. އެހެންނޫންނަމަ ޔާނު އާ މި ގޮތަށް ކުރިމަތި ލާން ޖެހިއްޖެނަމަ މޮޔަވެދާނެއެވެ. މިހާރުވެސް އޭނަގެ އަޑު އިވުނަސް އެހާ ފޫހިވެއެވެ.
” ޔާނު ބިޒީ ނޫނިއްޔާ ތިއްތިއާއެކު ދާން ހިނގާބަ… ތިއްތިއަށް އަދި އަލަށްވެސް މިތަނަށް ނާންނަމޭ.. ސޯ ވަރަށް ނުފަރިތަ ވާނެ އުޅެން” ހައިކަލް އެހެން ބުނެލުމުން އަހަރެންގެ މޫޑްއެއްކޮށް ސަކަރާތްވިއެވެ. ދެން ކޮންމެ ތާކަށް އެ ޔާނު ގެންދަން ޖެހޭހެއްޔެވެ.
” ތިއްތި އެންޑް ހޮސްޕިޓަލްއަށް ނުފަރިތަ… ސީރިއަސްލީ..” ޔާޝާ ބުނެލިއަޑު އިވުމުން އޭނަ އެއައީ ދެންމެކަން އިނގުނެވެ.
” ޔާއްކޮ މިއަދު ކުލާސް ނެތީތަ.. ހާދަ އަވަހަށް ކޮލެޖްއިން ތިއައީ” ޔާނު ޔާޝާއާ ސުވާލްކޮށްލިއެވެ.
” ދެން އަވަހަށް ކޮލެޖްއިން އައިސްގެން ނުވޭތަ… ސާބަސް ދޮންބެއަށް.. މިއަދު އެއް ކުލާސް އޮތީ.. ދެން އޮތް ގަޑި ކެންސަލްވީ.. އެހެންވެ މި އައީ” ޔާޝާކަން ވީ ގޮތް ކިޔާދިނެވެ.
” މި ޔާއްކޮވެސް ހާދަ ލާނެތްވެއްޖެޔޭ ދޯ މިހާރު.. މީ ކުރިން އެ ލަދުރަކިކޮށް ހުންނަ ކުއްޖާހެންވެސް ހީނުވޭ” ހައިކަލް ޔާޝާއާ ދިމާކޮށްލިއެވެ.
” އޭ އެހެންވިއްޔާ ޔާއްކޮ ދާން ވީނު ތިއްތިއާއެކު… ދޮންބެ އެބަޖެހޭ ފުރެންޑަކާ ދިމާކޮށްލަންދާން..” ޔާނުއެހެން ބުނީ އަހަރެންނާއެކު ދާން އޭނަވެސް ބޭނުން ނުވާތީ ކަން ވިސްނައިގަނެވުނެވެ. އަހަރެންނަށްވެސް އެގޮތް މާ ރަނގަޅެވެ.
” އޯކޭ” ޔާޝާވެސް ކަމުން ބުނެލިއެވެ.
ހޮސްޕިޓަލްއަށްގޮސް ފަސޭހަ ކަމާއެކު ޑޮކްޓަރަށް ދެއްކުނީ ހައިކަލް ކުރިން ގުޅާފަ އެޕޮއިންޓްމެންޓް ހަދާފަ އޮތީމައެވެ. ޑޮކްޓަރ ލަފާ ދިނީ ވީހާވެސް އަވަހަށް އޮޕްރޭޝަން ކުރުމަށެވެ. އެހެން ކޭސް ތަކާ ހިލާފަށް ރިކަވާ ވާނެ ކަމުގެ ވަރަށް ބޮޑު ގެރެްޓީއެއް އޮތްކަމަށް ބުނެލުމުން އަހަރެންނަށް ބުނެދޭން ނޭންގޭފަދަ އުފާވެރިކަމެއް ލިބުނެވެ. މާދަން އޮޕެރޭޝަން ކުރުމުގެ ކުރިން ކޮންމެ ދެ ގަޑިއިރަކުން ލޮލަށް ބޭސް އަޅަން ދިނެވެ.
” ޔާއްކޮ ޔަލްއަށް ބޭސް އަޅާދެއްޗޭ ކޮންމެ ޓޫ އަވާއިން… އެ ބޭސް އެޅުން ވަރަށް މުހިންމު ވާނެ މާދަން އޮޕަރޭޝަން ކުރާއިރު” ހައިކަލް ޑޮކްޓަރގެ ކޮޓަރިން ނިކުންނަމުން ޔާޝާއާ މުހާތަބުކޮށް ބުނެލިއެވެ.
” އޯކޭ.. މިރޭ ނުނިދާ އޮވެވެސް ޔަލްއަށް ބޭސް އަޅާދޭނަން” ޔާޝާ މަޖާވެލާފަ ބުނެލިއެވެ.
ޑޮކްޓަރުގެ އެ އުންމީދުން ފުރިގެންވާ ބަސްތަކުން އަހަރެންގެ މަރުވެފާވާ ހަޔާތަށް ދިރުމެއްލިބުނުފަދައެވެ. ނަމަވެސް މިހާރު ހިތް ބިރުގަންނަނީ ހައިކަލް ބަދަލު ވެދާނެތީއެވެ. މިހާރު ހައިކަލް އެހާ ވަރުން އަހަރެންނާ ހެދި އެ އުޅެނީ ހަމަ އަހަރެންގެ ލޮލަށް ނުފެންނާތީ ބައޭ ހިތަށް އެރިއެވެ. ހައިކަލް ނޫން އެހެން ޑޮކްޓަރެއް އެ މަގާމުގަ ހުއްޓަސް ކަންކުރާނީ އެހާ އޯގާތެރިކޮށް ބައޭ ހިތަށްއަރަމުން ދިޔައެވެ.
ގެޔަށްގޮސްވެސް އަހަރެން އެެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއްނުވިއެވެ. ޔާޝާ ބޭސްއަޅާދިނުމުން އަަހަރެން ލޯ މަރާލައިގެން އޮތް ނަމަވެސް ސިކުނޑިވަނީ ހަލަބޮލިވެފައެވެ. ވިސްނެމުންދިޔައީ ލޮލުގެ ފެނުން ލިބުމުން ދެން ކަންތަށް ވާނެ ގޮތާމެދުގައެވެ. މި ހުރިހާ ދުވަހު އަހަރެން ދެރަވެގެެން ހިތާމަ ކުރި ކަންތަކަށް ނިމުމެއް އަންނައިރު މިހާވަރަށް މި ވެސްނެނީ ކީއްވެބާއެވެެ. މި ވޭތުވެދިޔަ ދުވަސްތަކުގަ ހައިކަލް ހަމަ އެހާ މުހިންމު މީހަކަށް ވީބާއޭވެ. އަހަރެންގެ ލޮލުގަ ފެނުން ލިބޭ ދުވަަހު ހައިކަލް އަހަރެންނާ އެއްކޮށް ދުރުވެއްޖިއްޔާ ހާދަ ދެރައެވެ. ދިރިއުޅުމުގަ އެއްކަމެއްވެސް ރަނގަޅަށް ނުވަނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ޔާނުއާވެސް މި ދިމާވީ ކޮންފަދަ އިއްތިފާގަކުން ބާއޭ ހިތަށްއެރިއެވެ. ދިރިއުޅުމާ ދޭތެރޭ ވިސްނިވަރަކަށް ހިތް ނުތަނަވަސްވާން ފެށިއެވެ. ސިނކުޑީގަ ފުނި ޖެހެމުން ދިޔަ ހިޔާލު ތަކުން އަހަރެންގެ ބޮލުގަރިއްސަން ފަށައިފިއެވެ. އެކްސިޑެންޓަށް ފަހު ކިތަންމެ ކުޑަ ކަމެއްވިޔަސް އަހަރެންނަށް މާ ވަރަކަށް ވިސްނޭކަން ފާހަގަ ކުރެވުނެވެ.
” ޔަލް.. ހާދަ ލޮއެއްބޭ ތިހެން ނިދާލާފަ އޮންނައިރު..” ކައިރިން ޔާނުގެ އަޑު އިވުނެވެ. އަހަރެން މަޑު މަޑުން ލޯ ހުޅުވާލިއިރު ޔާނު އެދުގެ ބޯލާ ކޮޅުގަ އިށީންދެގެން ފުން ނަޒަރަކުން އަހަރެންނަށް ބަލަން އިނެވެ. ޔާނުގެ އެ ސޫރަ ފެނުމުން ހިތުގެ ހަމަ ޖެހުން ނަގާލިފަދައެވެ. އެ ފުން ދެލޮލަށް ބަލަން އަހަރެންނަށްވެސް އޮވެވުނުއިރެއް ނޭންގެއެވެ. ޔާނު ކުޑަކޮށް އަހަރެންގެ މޫނާދިމާލަށް ތިރިވެލާފަ އަހަރެންގެ ތުންފަތުގަ ބޮސްދިނެވެ.
” ޔާނު” ދެމީހުން ސިއްސައިގެން ދިޔައީ ހައިކަލް ތަންކޮޅެއްބާރަށް ގޮވާލިއަޑަށެވެ. ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނު އިރުވެސް ދުލުން ބޭރުވީ ވެސް ހައިކަލްގެ ނަމެވެ.
” ކިހިނެތްވީ ޔަލް.. ބިރުވެރި ހުވަފެެނެއް ފެނުނީތަ.. ދެގަޑިއިރު ވީމަ ބޭސް އަޅާދެން މިއައީ” ކައިރިން ހައިކަލް ވާހަަކަ ދައްކާއަޑު އިވުމުން މި ފެނުނީ ހުވަފެނެއްކަން ޔަގީންވެ ހިތަށް ހަމަޖެހުންލިބުނެވެ.ނަމަވެސް ހުވަފެނުންވެސް އަހަރެންނަށް ޔާނު ފެންނަށް ޖެހޭ ހެއްޔެވެ. ލޮލަށް ނުފެންނާތީ ހުވަފެނުންވެސް ޔާނު އަހަރެންނަށް އުނދަގޫ ކުރަންފެށީހެއްޔެވެެ. މިހާރުވެސް އޭނަ އަހަރެންނަށް ކުރި ވަރު ކުޑައީހެއްޔެވެ. އަހަރެން ކިތަންމެ ވަރަކަށް ޔާނުއަށް ނަފްރަތު ކުރަން ބޭނުންވިޔަސް އެއީ މި ވީ ހާތަނަށް އަހަރެންނަށް ކާމިޔާބު ކުރެވިފައިނުވާ ކަމެކެވެ. ނަމަވެސް ހުވަފެނުގަ އަހަރެންނާ ޔާނުގެ އެފަދަ ގާތް ކަމެއް އިހްސާސް ކުރެވުމުން ކުރީގެ ހަނދާންތަށް އާވާންފެށިއެވެ.
ނުނިމޭ
36 Comments
Comments are closed.
Alhey vaahaka thankolheh dhigukohlaber plx………. mivaahaka v reethi
In sha Allah next part dhigukohladheynan ingey.. Thank you lara
Haadha reechey mi part vs.mi first hehe thanks
Hehe not first but 2nd ? Thank you Almaa
Wowww it’s awesome ?????
Next part thankolheh dhigukoh avahah up kohdheythi ingey pleeeeeeeeeeeeeeeeez pretty
Thankx Aff ^-^
Pretty thankyou so much
mivaahaka kiyaahithun miadhu mngga esfiya belunu adhadhehves neynge. Mi part varah salhi ❤
Thankx Ibaa ^-^
Nice story
Thankx Shaikko ^-^
v reethi…. hama obi noavey… mee hama best…. v loabi mi vaahaka….. keep updating….❤️❤️❤️
Thankx Ayaa ^-^
Guys I am really sorry tuesdayga upload nukoh dhevunyma.. Actually I am studying plus doing part time job. So its really difficult to manage time. Ekam ebunaa dhuvahu upload koh nudhevunas i will upload it e weekga.. Hope you guys will understand <3
dhen updatevaanee tuesdayga dhw? mibaives varah salhi
In Sha Allah mirey upload kohdheynan.. Thankx yalvee ^-^
Vara reethi. Thankolhe kuru dhw. Next part mi ah vure dhigu koh genesla dhechey. Waiting
Thankx faathee.. Yah try kuraanan dhigukoh genesdheyn ^-^
Kobaa part 8… can’t see… 7 ga indhefa 9 mi dhen fenuny
https://www.esfiya.com/25409/
pretty aneh bai avahah update kohladhehchey, kiyaahiyvanee ey hama
In Sha Allah mirey upload kohdheynan ^-^
mi baives varah furihama
Thankx Hykal ^-^
really interesting story
Thankx ^-^
Waiting waiting
Thankx fath. Tonightga upload kohdheynan ^-^
Where is Tuesday part . Hope ur not going to broke promise . Tuesday was gone still not upload. If anything happen pls inform to readers. Waiting waiting.
I am really sorry. Was vry busy at colllege ehnve handhaan nu v upload kuran.. but I will upload tonight.. and maadhanves eh bai upload kohdheynan..
Guys i am really sorry tuesdayga upload koh nudhevunyva.. Actually I am studying plus doing part time job. So its rally difficult to manage time.. ekam e bunaa dhuvahu upload nukurevunas e week ga kohdheynan.. Hope you guys will understand ^-^
Pretty kobaa? still upload nuvey story eh. haadha kiyaahithunney mihiry
Reyga upload kurin.. ekam adhives admin review kohfa postkoh nudheythi pending ga iny .?
Pretty haadha lahey upload kuran. mihaaru mi thursday adhives tuesday part upload nuvey
thihaa bodah inthizaaru kuran nujahsaba alhe
Reyga upload kurin.. ekam adhives admin review kohfa postkoh nudheythi pending ga iny .? Miadhu Adhi eh episode upload kohdheynan In Sha Allah
Reyga upload kurin. Ekam adhives admin review kohfa postkoh nudheythi pendinga iny .? MIadhu In sha Allah adhi eh episode upload kohdheynan