Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (17)

shafu Level 110 Stories100 Comments
February 3, 2017 7 Mins Read
18 Comments

“ދަރިފުޅާ”. މެހެކް ފެނުމާއެކު ދުވަމުން ކަހަލަ ގޮތަކަށް އައިސް މަންމަ މެހެކް ގެ ގައިގައި އޮޅުލައިގަތެވެ. ” ދަރިފުޅާ ބޮޑުބޭބެ ގެ ގުދަން….”. އެހިސާބަށް ބުނެވުނު އިރު މަންމަގެ އަޑު ބެދެން ފެށިއެވެ. ” އެތަން އެއްކޮށް އަނދާ ހުލިވަނީ އެއޮއް.. އެންމެ އަގުބޮޑު މުދާ ރައްކާ ކުރާތަން ކަމަށް ވަނީ އެއީ”.

މަންމަގެ ޖުމްލައިން ލިބުނު ސިހުމުން މެހެކް އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އާހިލް ވެސް ހުރީ ދެ ލޯބޮޑުވެފައެވެ.

“ކިހިނެއް އެތަނުގަ ރޯވީ؟” މެހެކް އަޖާއިބުވެފައި ސުވާލު ކުރިއެވެ.

” ނޭނގެ ދަރިފުޅާ. ދެންމެ ކަހަލަކުހެން އެ ހާދިސާ ހިނގީ.. ގުޅަން އުޅެނިކޮށް ތިއައީ..” މަންމަ ރޮމުން ބުނެލިއެވެ.

“އަހަރެން މިދަނީ އެތަނަށް އިނގޭ”. އެހެން ބުނެފައި އާހިލް އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ.

މެހެކް މަޑުކޮއްގެން ހުރީ އެ ގޭގައެވެ. އަލިފާންގަނޑު ރޯވީ ހެނދުނުގައި ނަމަވެސް،  ހަވީރު ވީ އިރުވެސް އަލިފާން ގަނޑު ނިވައެއް ނުލެވުނެވެ. ހައްތަހާ ވަނީ ބޮޑެވެ. އިރު އިރުކޮޅުން މެހެކް އާހިލް އަށް ގުޅައެވެ.

އެންމެން ގެ ލޯ ތަކުން އޮހޮރޭ ކަރުނަތައް ގިނަވާން ފެށިއެވެ. ލިބެނީ އެންމެ ހިތް ހަމަޖެހުމެކެވެ. އެތަން އިންޝުއަރެންސް ކޮއްފައިވާތީ އެ ގެއްލުން އަންބުރާ ލިބޭނެކަމުގެ ހިތް ހަމަ ޖެހުމެވެ.

މެހެކް ހުރީ ހިތާ ހިތުން ދުޢާ ކޮއްލަ ކޮއްލައެވެ. އޭރު ނަފީސާ އަޑުން އަޑުނަގާފައި ރޮނީއެވެ.

” ނަފީސައްތާ ނުރޮއި ހުއްޓާލާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ” މެހެކް ނަފީސާގެ ގައިގައި ފިރުމަމުން ދިޔައެވެ.

 

އަލިފާން ގަނޑު ނިވާލެވުނީ ރޭގަނޑުއެވެ. އޭރު ގުދަން ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

ބާރަޖަހަން ކައިރިވިއެވެ. ގޭތެރެ ވަނީ އެއްކޮށް ހަމަހިމޭން ވެފައެވެ. ކުއްލިއަކަށް ގޭ ދޮރު ހުޅުވާލި އަޑަށް އެންމެން އެ ދިމާއަށް ބަލާލިއެވެ. އޭރު ބޮޑުބޭބެ އާއި އާހިލް އެތެރެއަށް ވަދެގެން އަންނަނީއެވެ.

ބޮޑުބޭބެ ގެ މޫނުމަތި ވަނީ އެއްކޮށް މިލާފައެވެ. އާހިލްގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ.

އެކަކުވެސް އަނގައިން ބަހެއް ނުބުނެއެވެ. ކިޔާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބަލަނީ ބޮޑުބޭބެ ގެ މޫނަށެވެ. އިސްދަށަށް ޖަހައިގެން ހުރެ މަޑު ހިނގުމެއްގައި ބޮޑުބޭބެ ގޮސް ވަނީ ކޮޓަރިއަށެވެ.

އެވަގުތު  ބޮޑުބޭބެގެ ފަހަތުން ނަފީސާ ވެސް ގޮސް ކޮޓަރިއަށް ވަނެވެ.

މެހެކް ގެ ޚަޔާތުގައި ވެސް ބޮޑުބޭބެ އެހާ ދެރަވެފައި ހުއްޓައި އޭނާ އެއް ނުދެކެއެވެ. އެވަގުތު އޭނާ ފެންކަޅިވިއެވެ.

” ދެން ދަރިފުޅު ދޭ ގެއަށް އިނގޭ”. އެއޮއް ބާރަ ޖެހީ މިހާރު” މަންމަ ބުނެލިއެވެ.

 

ސައިކަލު ދުއްވާފައި ދިޔައިރުވެސް މެހެކް އިނީ ހިމޭން ވެފައެވެ. ދެން ވާނީ ކިހިނެއްބާ އޭ ހިތަށް އަރައަރައެވެ.

” ދެރަނުވޭ ލޯބީ. އިރާދަކުރެއްވިއްޔާ ފަހުން ރަނގަޅުވާނެ”. މެހެކް ދެރަވެފައި އިންކަން އެނގުމުން އާހިލް ލޯބިން ބުނެލިއެވެ.

އާހިލް އެހެން ބުނެލުމާއެކު މެހެކް ފުރަގަހުން އާހިލް ގެ ބުރަކަށީގައި ބޯ އަޅާލާފައި ލޯ މަރާލިއެވެ. ” އަހަރެން ވަރަށް ވަރުބަލިވެއްޖެ އާހިލް. ވަރަށް ބަނޑުވެސް ހައި”.

ގެއަށް ވަދެވުމާއެކު މެހެކް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެއީ ރީތި ތަންކޮޅެކެވެ. އެތަން ހިފީވެސް މެހެކް އަށް ރީތިވެގެންނެވެ. ނަމަވެސް މުޅިތަން ވަނީ އެކި ކަހަލަ ސާމާނުން ފުރިފައެވެ. ފުރަތަމަ ޖެހޭނީ ރަނގަޅަށްް ގޭތެރެ ތަރުތީބު ކުރާށެވެ. ކާފަ ވެސް އެގެއަށް އެބަދަލުވީ މިއަދުއެވެ.

ގެއަށް ދެވުނު އިރު ކިތަންމެ ދަން ވި ނަމަވެސް ކާފަ އިނީ ދެމަފިރިން ގެ އިންތިޒާރުގައި ނުނިދައެވެ. ” ދަރިފުޅާ މިހާރު ކިހިނެއް ކަންތައްތައް ދިޔައީ؟” އެ ޚަބަރު ލިބިފައި ވާތީ  ކާފަގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމާއި ހިތާމައިގެ އަސަރުތަކެވެ.

އެވަގުތު އާހިލް އިސްޖަހާލިއެވެ. ” އެތަން އެއްކޮށް ހުލިވެފަ އޮތީ”

” ދެން ކީއްކުރާނީ ދޯ ދަރިފުޅާ. މާތް ރަސްކަލާނގެ އިންސާނާ އިމްތިޚާން ކުރައްވާނީ އެކި ގޮތްގޮތަށް. އެވެސް އިމްތިޚާނެއް. ފަހުން އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ”.

މެހެކް އާއި ދިމާއަށް ބަލާލަމުން ކާފަ ބުނެލިއެވެ.

” ދެން އަވަހަށް ދެ ކުދިން ހިނގާ ކަމާ. ކާފަ މިހުރީ ދެ ކުދިން އަންނަން ވާ އިރަށް ކާން ތައްޔާރު ކޮއްފަ”.

އޭރު މޭޒުމަތީގައި ބަތާއި ގަރުދިޔަ ހުއްޓެވެ. ” ކާފަ ކެއްކީތަ؟”. މެހެކް ކާފައަށް ބަލާލަމުން އަހާލިއެވެ.

” މެހެކް އަށް އެނގޭތަ؟ ކާފަ އަކީ މޮޅު ޝެފެއް ކަހަލަ މީހެއް. ކާފަ ކައްކާ އެއްޗެހި ކައިގެނެއްނު އަހަރެން މިވަރު ވެފަ މިހުރީ. ވަރަށް މީރުވާނެ. އާދެބަަލަ ކާލަން”. މެހެކް ދެރަވެފައި ހުރިލެއް ބޮޑުކަމުން އާހިލް ބޭނުން ވީ މެހެކް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖައްސަދޭށެވެ.

އާހިލް އެހެން ބުނެލުމުން ދެރަވެފައި ހުރެވެސް މެހެކް ގާތަށް ކުޑަކޮށް ހިނިއައެވެ. ކާފަވެސް ހުރީ ހެވިލާފައެވެ.

” ހަމަ އަސްލުވެސް ވަރަށް މީރު އިނގޭ ކާފާ”. މެހެކް ކުޑަ އެތިކޮޅެއް ކާލާފައި ކާފައަށް ތަޢުރީފް ކޮއްލިއެވެ.

ކައި ނިމުމުން ދެމަފިރިން އެކީގައި ކޮޓަރިއަށް ވަނެވެ. ފެންވަރާލައިގެން އައިސް އެނދުގައި މެހެކް އޮށޯއޮވެލުމާއެކު އާހިލް މެހެކް ގެ ގާތަށް ޖެހިލިއެވެ. އަދި މެހެކް ގެ މޫނު މައްޗަށް ވެއްޓިފައި ވާ އިސްތަށިކޮޅު ކަންފަތާ ކައިރިއަށް އެއްފަރާތް ކޮއްލިއެވެ.

“ނިދިއާދޭތަ؟ އާހިލް އަހާލިއެވެ.

” ވަރަށް ވަރުބަލި އެކަމަކު ނިންޖެއް ނާދޭ”. މެހެކް ބުނެލިއެވެ.

” އަހަރެން ހިތަށް އަރަނީ ބޮޑުބޭބެ މިރޭ ދެރަވެފައި ހުރި ވަރު. އަހަރެން ދުވަހަކުވެސް ނުދެކެން ބޮޑުބޭބެ އެހާދެރަވެފައި ހުއްޓާ”. މެހެކް ފުން ނޭވާ އެއް ދޫ ކޮއްލިއެވެ.

” އަހަރެން ވެސް ވަރަށް ވަރަށް ދެރަވި” އާހިލް ބުނެލިއެވެ.

ދެން އައީ ހަމަހިމޭން ވަގުތު ކޮޅެކެވެ.

އެ ހާދިސާ އާއި މެދު މެހެކް އަށް ވިސްނެނީއެވެ. އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެއެވެ. ބޮޑުބޭބެ އަށް ލިބުނު ގެއްލުން އަނބުރާ ލިބޭނެއެވެ. ހިތް ހަމަޖައްސަން މަސައްކަތް ކުރި ނަމަވެސް އޭނާ ގެ ހިތް ނުތަނަވަސް ވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ކުއްލިއަކަށް އޭނާ ފެންކަޅިވިއެވެ.

” މަގޭ ލޯބި ރާނީ ރޮނީތަ؟” މެހެކް ގެ ލޮލުން ފޭބި ކަރުނަ ފޮހެލަމުން އާހިލް އަހާލިއެވެ. ދެން އޭނާ މެހެކް ގެނެސް ގަޔާލާ ބޮނޑިކޮއްލިއެވެ. ” އިރާދަކުރެއވިއްޔާ ރަނގަޅުވާނެއޭ ހީކޮއްލަބަލަ. އެހެން ނޫނަސް އިންޝުއާ ކޮއްފައެއްނު އެތަންތަން އޮންނާނީވެސް” މެހެކް ގެ ގައިގައި ފިރުމަމުން ހިތް ހަމަޖައްސަ ދެވޭތޯ އާހިލް މަސައްކަތް ކުރިއެވެ.

އާހިލް ގެ އޯގާތެރި ފިރުމުންތައް އިޙްސާސް ވާން ފެށުމުން މެހެކްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ހަށިގަނޑަށް އަރާމު ލިބެން ފެށިއެވެ. އެސްފިޔަތައް މަޑުމަޑުން ލޮޑުވަމުން އައެވެ. އޭނާ ގާތަށް ނިދިއައެވެ.

ދެން އޭނާ އަށް ލޯ ހުޅުވާލެވުނީ ފޯން އެލާރމް ވާ އަޑަށެވެ. ނިދީގައި އޮވެފައި އެލާރމް އޮފް ކޮއްލަމުން އޭނާ ތެދުވިއެވެ. އެހާ ލަހުން ނިދުމުގެ ސަބަބުން އޭނާ ގެ ލޮލުގައި ނިދީގެ އަސަރު ވަރަށް ގަދައަށް ހުއްޓެވެ.

ކުއްލިއަކަށް ރޭގެ ހާދިސާ ހަނދާނަށް އައެވެ. އިރުކޮޅަކު އެ ޚިޔާލުގައި އިނދެފައި މޯޅިއަކަށް ދެމިލަމުން އާހިލް ގެ މޫނަށް އޭނާ ބަލާލިއެވެ. އޭރު އާހިލް އޮތީ ރީތިކޮށް ނިދާލާފައެވެ. މެހެކް މަޑުމަޑުން އާހިލް ގެ ބޮލުގައި ފިރުމާލިއެވެ. ފަންފަން ރީތި އިސްތަށިގަނޑެކެވެ. މެހެކް ހުންނަނީ އާހިލް ގެ ރީތި އިސްތަށިގަނޑަށް މޮޔަވެފައެވެ. ކުރީގައި ވެސް އާހިލް ފެންނަ ކޮންމެ ފަހަރަކު އޭނާ އެންމެ އަޅައިގަންނީ އާހިލްގެ އިސްތަށިގަނޑުގައެވެ.

މިއަދަކީ އާހިލް އަށް ފުރަތަމަ ފަހަރަށް އޭނާގެ އަތުން ކައްކާފައި ކާން ދޭ ދުވަހެވެ. އާހިލް ބުނާނީ ކީކޭ ބާއެވެ؟ އަނބެއްގެ ވާޖިބު ފެށުނު ކަމުގެ އިޚްސާސް ކުރެވެން ފެށިއެވެ.

އެ ބޮޑު ޒިންމާ އޭނާ އަށް އަދާކުރެވޭނެ ބާއެވެ؟…

އާއެކެވެ. އިރާދަކުރެއްވިއްޔަ އޭނާ އަށް ވާނެއެވެ. ހިތާހިތުން އޭނާ އަށް ބުނެލެވުނެެވެ.

ހިތްވަރަކާއި އެކު އޭނާ ތެދުވިއެވެ. ފެންވަރާލައި ތާޒާ ވެލިއެވެ. އޭރު ފަތިސް ނަމާދަށް ބަންގި ގޮވިތާ އިރުކޮޅެއް ވެއްޖެއެވެ.

” އާހިލް ލޯބީ ތެދުވެބަ ނަމާދު ކުރަން”. މެހެކް ގޮވާލިއެވެ. އެވަގުތު އާހިލްވެސް އަވަސް އަވަހަށް ތެދުވެގެން، ލޯ މަތީގައި އަތް ހާކަމުން ފާހާނާއަށް ވަނެވެ.

ދެމަފިރިން ނަމާދު ކުރީ އެކީގައެވެ.

މިއަދަކީ ދެމީހުންވެސް ޑިއުޓީ އަށް ނުކުންނަން ޖެހޭ ދުވަހެވެ.

ފުރަތަމަވެސް މެހެކް އާހިލް ގެ އެއްޗެހި އިސްތިރި ކުރަން ފެށިއެވެ. އޭނާ މިހާތަނަށް އައިއިރު ދުވަހަކުވެސް ގަމީހެއް އިސްތިރި ކޮއްފައެއް ނުވެއެވެ. އެކަން ވީ ތަންކޮޅެއް އުނދަގޫ ކަމަކަށެވެ. އިރުކޮޅެއް ނުވެ އާހިލް އައިސް މެހެކް ގެ ގާތުގައި ހުއްޓިލިއެވެ.

” ދީބަލަ އަހަރެން އަތަށް ލޯބީ” އާހިލް ވަރަށް ލޯބިން ބުނެލިއެވެ. ފަހަރުގައި މެހެކް އަށް އުނދަގޫހެން އާލިހް އަށް ހީވީ ކަންނޭނގެއެވެ.

” ނޫނޭ އާހިލް ޕްލީޒް އަހަރެން ކުރާނީ”

” އަހަންނަށް ހީވަނީ ލޯބިއަށް ތަންކޮޅެއް އުނދަގޫހެން”. އާހިލް ކުޑަކޮށް ހެވިފައި ހުރެ ބުނެލިއެވެ.

” ފިރިމީހާގެ ހައްޤުގައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް އަހަރެންވާނަމޭ” މެހެކް އާހިލް ގެ ކޮލުގައި ދޮނެއް ދިނެވެ.

އެކަން ނިންމާލާފައި އޭނާ ގޭތެރެ ސާފޮކޮއްލިއެވެ. ދެން ގޮސް ސައި ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅެންފެށިއެވެ. ގޭތެރޭގައި މަންމަ މާ ބޮޑަށް ކެއްކުމުގެ މަސައްކަތް ނުކުރުވާތީވެ މެހެކް އަށް ކައްކަން އެނގެނީ ކޮންމެވެސް ވަރަކަށެވެ.

އެންމެ މީރުކޮށް އޭނާ އަށް ހެދެނީ މަސްހުންޏާއި ރޮއްޓެވެ. އެއީ އޭނާ އަށް އެންމެ މީރު ކެއުން ކަމަށް ވާތީވެ އަބަދުވެސް މަންމަ އެއެއްޗެހި ހަދާއިރު އޭނާ ބަލައެވެ.

ކުޑަކޮށް ހާސްވެފައި ހުރެގެން އޭނާ އަށް އެނގުނު ގޮތަކަށް މައްސުންޏާއި ރޮށި ތައްޔާރު ކުރިއެވެ. އޭނާ ރަހަބަލާލި އިރު ކުޑަކޮށް ލޮނުގަދައެވެ. ނަމަވެސް ދެން އިތުރު އެއްޗެއް ތައްޔާރު ކުރާކަށް ވަގުތެއް ނެތެވެ.

އާހިލް އާއި ކާފަ ތައްޔާރުވެލައިގެން ސައިބޯން އައެވެ. ފުރަތަމަވެސް އޭނާ އަށް ބަލާލެވުނީ އާހިލް ލާފައިވާ ގަމީހަށެވެ. ނަސީބަކުން ގަމީސްހުރީ ނުލާހިކު ރީތިކޮށް އިސްތިރި ކުރެވިފައެވެ.

“ކާފަ ބޯނީ ކޮފީއެއް އިނގޭ ދަރިފުޅާ.” ކާފަ ބުނެލިއެެވެ.

މެހެކް ކާފައަށް ކޮފީ ތައްޔާރު ކުރުމަށް ފަހު އާހިލް އަށް ސައި ހެދިއެވެ.

ރޮށިކޮޅު އާހިލް އަނގައަށް ލީ އިރު މެހެކް ހުރީ އާހިލް ގެ މޫނަށް ބަލާށެވެ.

އެއްފަހަރު ހަފާލާފައި އާހިލް ކުޑަކޮށް ދެ ލޯ ބޮޑު ކޮއްލިއެވެ. ހަމަ ހިނދުކޮޅުގައި އާހިލް މެހެކް ގެ މޫނަށް ބަލަމުން އަވަސް އަވަހަށް ރޮށިކޮޅު ދިރުވާލީ ހިނިތުންވަމުންނެވެ.

” ވަރަށް ވަރަށް މީރު އިނގޭ”. އާހިލް އެންމެ ރޮއްޓަކުން ފުއްދާލަމުން ބުނެލިއެވެ.

” އެއީ ތެދެއް ވަރަށް މީރު ދަރިފުޅާ ކޮފީވެސް.

“ދަރިފުޅު މުޅި ސިޓިން ރޫމް ވެސް ސާފް ކޮއްލާފަތަ އެއޮތީ؟ ހާދަ ރީއްޗޭ މިހާރު ގޭތެރެ”. ކާފަވެސް މެހެކް އަށް ތަޢުރީފް ކުރިއެވެ.

ކާފަ ދިއުމާއެކު އާހިލް އައިސް މެހެކްގެ ގައިގައި ފިރުމާލިއެވެ. ” ހާދަހާ މުރާލި ކުއްޖެކޭ ދޯ މަގޭ ރާނީ އަކީ. ވަރަށް ލޯބިވޭ”

” މީޓޫ…. އުފާވެރި ދުވަހަކަށް އެދެން” މެހެކް ބުނެލިއެވެ. އާހިލްގެ ތަޢުރީފް ލިބުމުން މެހެކް ހުރީ އުފަލުން ފޮޅިފައެވެ.

” އަހަންނަށް ޓަކައި މިއަދު މެހެކް ތިއުފުލާ ކޮންމެ ބުރައަކަށް އަހަރެންގެ ހިތުގައި މެހެކް އަށް ޓަކައި އޮތް ޤަދަރު މަތިވެރިވޭ. ތިކަހަލަ ލޯބިވާ އަނބިން ކޮންމެ ފިރިއަކަށް ވެސް ލިބޭނެ ނަމަ. އަހަންނަކީ ނަސީބުވެރިއެއް އިރާދަކުރެއވީތީ”

އާހިލް މެހެކް ނިއްކުރީގައި ބޮސްދިނެވެ. ދެން އޭނާ ވެސް ދިޔައީ އޮފީހަށެވެ.

” މި ގޮތުގައި އުފަލުގައި އަބަދުވެސް ލައްވާށި” ހިތާ ހިތުން މެހެކް ދުޢާ ކޮއްލިއެވެ. ހިނިތުންވެ ހުރެގެންނެވެ. އެއަށް ފަހު އޭނާ ވެސް ތައްޔާރު ވެލައިގެން ދިޔައީ ޑިއުޓީ އަށެވެ.

މެހެކް، އޭނާ ގެ ޒިންމާތައް ބަރާބަރަށް އަދާކުރެއެވެ. އާހިލް ގެ ކަންކަމަށް އޭނާ އިންތިހާއަށް ސަމާލުކަން ދެއެވެ. އެންމެ ކަމެއް ވެސް އުނިވިއަކަ ނުދެއެވެ. އެހާވެސް އޭނާ އާހިލް ދެކެ ލޯބިވެއެވެ.

ހަމަ އެގޮތަށް އޭނާ ދަރިއެއްގެ ވާޖިބުވެސް އަދާ ކުރެއެވެ. ވަޒީފާއަށް ވަން ފަހުން މަންމަ ގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އޭނާއެވެ. ކޮންމެ ދުވަހަކު މަންމަ ގެ ހާލް ބަލައެވެ.

ދެތިން ދުވަސް ފަހެވެ. މެހެކް ޑިއުޓީގައި ހުއްޓާ މަންމަ ގުޅަން ފެށިއެވެ.

” ދަރިފުޅާ މިއަދު މިގެއަށް އައިސްބަލަ އިނގޭ” މަންމަ ބުނެލިއެވެ. އެވަގުތު މަންމަ އަޑުގައިވި ނުތަނަވަސްކަން މެހެކް އަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭނާ އިތުރު ސުވާލެއް އެވަގުތު ކުރާކަށް ބޭނުމެއް ނުވިއެވެ.

” އާ މަންމާ!  ޑިއުޓީ ނިންމާލާފައި ދާނަން އިރާދަކުރެއްވިއްޔާ”

 

ހަވީރުގެ ވަގުތެވެ. ޑިއުޓީ ނިންމާލުމަށް ފަހު މެހެކް އާހިލް އަށް ގުޅާލިއެވެ.

” އާހިލް، ލޯބި ދޭ ގެއަށް އިނގޭ. ބަލާ އަންނަން ވީމަ އަހަރެން ގުޅާނަން”. ސައިކަލް އެގޭ ކައިރިއަށް ހުއްޓާލުމާއެކު މެހެކް ބުނެލިއެވެ.

މަންމަ ގުޅި އިރު ވާހަކަ ހުރި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެހެން މެހެކް އަށް ހީވާވަރުން އޭނާ މަންމަ އާއި ބައްދަލު ކުރަން ބޭނުންވީ އެކަންޏެވެ.

މަޑު ހިނގުމެއްގައި ސިޑިން އަރައިގެން ގޮސް އޭނާ ދޮރު ހުޅުވާލިއެވެ. އޭރު މަންމަ ހުރީ ގޭތެރެ ކުނި ކަހާށެވެ. ސިޓިން ރޫމް ގައި ކުޅޭ އެއްޗެހިތައް އަތުރާލައިގެން ޝަހަފް ކުޅެން އިނެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ.

” މަންމާ”.

އެއަޑަށް މަންމަ ސިހިފައި ބަލާލިއެވެ. ހީވާގޮތުން މަންމަ ހުރީ ކޮންމެވެސް ފިކުރެއްގެ ތެރޭގައެވެ. ގޭގެ ދޮރު ހުޅުވި އިރުވެސް މަންމަ އަށް ނޭނގުނީ އެހެންވެގެން ކަން މެހެކް އަށް އެނގުނެވެ.

އެމޫނުމަތީގައި ހިތާމައިގެ އިތުުރުން ހިތް ހަމަނުޖެހުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ފާޅުވާން ހުއްޓެވެ.

އިރުކޮޅަކު މެހެކް ގެ މޫނަށް ބަލަން މަންމަ ހުރީއެވެ. ދެން އަވަސް އަވަހަށް ފިހިގަނޑު ފާރުގައި ލައްކޮއްލުމަށް ފަހު ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ. އޭރު މަންމަ ހުރީ ރޮވޭގޮތް ވެފައެވެ.

އަޖާއިބުވެފައި ހުރެ މެހެކް ވެސް ބާރުބާރަށް މަންމަ ގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.

މަންމަ ހުރީ މެހެކް އަށް ފުރަގަހަށް ވާ ގޮތަށް ކުޑަ ދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ.

” މަންމާ ، ކިހިނެއްވީ؟” މެހެކް އަހާލީ ވަރަށް މަޑުމަޑުންނެވެ.

އެވަގުތު މަންމަ މެހެކް އާއި ވީ ފަރާތައް މޫނު އަނބުރާލިއެވެ. ދެން އަނެއްކާވެސް ކުރިން ހުރިގޮތަށް ބޭރަށް ބަލަހައްޓައިގެން ހުރީއެވެ. މަންމަ ރޯކަން މެހެކް އަށް އެނގުނެވެ. މަންމަ ގެ މަޑު ގިސްލުމުގެ އަޑު އޭނާ އަށް އިވެއެވެ. އެވަގުތު ހިތަށް ކުރި އަސަރުން އޭނާ އަށް ވެސް ރޮވޭގޮތް ވިއެވެ.

” ދަރިފުޅާ، ވަރަށް ދެރަކަމެއް ވެއްޖެ އަނެއްކާވެސް” މަންމަ ރޮމުން ބުނެލިއެވެ

މެހެކް ހުރީ މަންމަ ބުނަން އުޅޭ އެއްޗެއް އަޑުއަހަން ކެތްމަދުވެފައެވެ.

” އެނގޭތަ؟…” މަންމަ ނޭފަތް ދަމާލަމުން ބުނެލިއެވެ.

ބޮޑުބޭބެގެ އަނދައި ދިޔަ ގުދަނުގެ ގެއްލުން އަނބުރާ ލިބޭކަށް ނެތް..”.

މަންމަ އެހެން ބުނެލުމާއެކު މެހެކް އަށް ލިބުނީ ޝޮކެކެވެ.

” އެ..އެއީ ކީއްވެ އެހެން ވާންވީ؟” މި ދެ ތިން ދުވަހު އޭނާ ގެ ހިތް ނުތަނަސް އެ ވަނީ އެހެން ވެގެން ބާ އޭ އޭނާ ގެ ހިތަށް އަރަމުން ދިޔައެވެ.

” އާ! އަސްލު ވީ ގޮތަކީ އެވަގުތު އޮފީހުގައި ހުރި އެކައުންޓެންޓާ އޯ އިންސްއަރެންސް ކުރުމުގެ ކަންކަން ޚަވާލުކޮއްފައި ހުންނަނީ. އެކަމަކު އޭނަ ހަނދާން ނެތިގެން އިންސްއަރެންސް ޕްރެމިއަމް އެއް ނުދެއްކި އޯ އޮތީ. އެހެންވެ އިންސްއަރެންސް ކުންފުނިން ބުންޏޯ އެ ހާދިސާ ގެ ގެއްލުން އަނބުރާ ލިބޭކަށް ނެތޭ. މިއަދު އެކަން އެ އިނގުނީ.”.

މަންމަ އެދިން ހިތާމަ ވެރި ޚަބަރާއެކު މެހެކް އަށް ލިބުނު ކުއްލި ސިހުމުން އޭނާ ގަނޑުވި ކަހަލަ އެވެ.

” ދެން ރަނގަޅަށް ހަމައަކަށް އެޅެން ވަރަށް ދުވަސް ނަގާނެ އެއްނު”. މަންމަ ބުނެލިއެވެ.

” މަންމަ..މަންމަ މިއަދު ހިތަށް އަރަނީ ދަރިފުޅު އިވާން އާއި ކައިވެނި ކުރި ނަމައޭ… މަންމަ އަނެއްކާވެސް ބާރު ބާރަށް ރޯން ފެށިއެވެ.

” ބޮޑުބޭބެ އަކީ އަހަރުމެން އެންމެ ނިކަމެތި ވި ދުވަހު އަހަރުމެންނަށް އަޅާލާ ދަރިފުޅު ތި ހިސާބަށް ގެންނަން އެންމެ މަސައްކަތް ކުރި މީހާ.. އެކަމަކު މިއަދު…މިއަދު ބޮޑުބޭބެ އަށް ކަމެއް ޖެހުނު ދުވަހު އަހަރުމެން ނަށް ކޮން އެހީއެއް ދެވޭނީ. އިވާން އާ ކައިވެނި ކުރިނަމަ ޔަޤީން މިއަދު އަހަރުމެން ފަރާތުން ބޮޑުބޭބެ އަށް އެހީ ލިބުނިސް ކަން. ކިހާ ރަނގަޅު ތަނަވަސް ކުއްޖެއް އެއީ.”

” އެހާ ރަނގަޅަށް އުޅުނީ ވެސް. މަންމަ އެވާހަކަ ނުދައްކާ ހުއްޓަކަސް ހާދަ ދެރަވެޔޭ އެކަމާ”.

މަންމަ ހިތުގައި ހުރި ޝަކުވާތައް ބޭރު ކުރަމުން ދިޔައެވެ.

އެ ޖުމްލަތަކުން މެހެކް ގެ ހިތް ކުދިކުދި ކުރަމުން ދިޔަ ކަހަލައެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. މަންމަ ގެ ވިސްނުން އެގޮތަށް ހުރެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.

” އަހަރެން..ދަނީ އިނގޭ މަންމާ” ކަރުނަ ފޮހެލަމުން ތުރުތުރު އަޅާ އަޑަކުން މެހެކް މަޑުމަޑުން ބުނެލިއެވެ. ދެން އަވަސް ހިނގުމުގައި  އެގެއިން ނުކުތެވެ.

ކަރުނަ ފޮހެމުން ރޮމުން އޭނާ ސިޑިން ފޭބިއެވެ. ޓިޝޫއަކުން މޫނު ފޮހެލުމަށް ފަހު ހިތްވަރު ކުރަމުން އޭނާ އާހިލް އަށް ގުޅަން ފެށިއެވެ. މެހެކް ތިން ފަހަރު ގުޅި އިރުވެސް އާހިލް ފޯނެއް ނުނަގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shafu

Level 110 Stories100 Comments

Other Articles

Previous

ވަންހަނާ (26)

Next

ޢަޞްރު (ސާޅީސްވަނަ ބައި)

Next
February 3, 2017

ޢަޞްރު (ސާޅީސްވަނަ ބައި)

Previews
February 3, 2017

ވަންހަނާ (26)

18 Comments!

  1. Ju says:
    February 3, 2017 at 4:15 pm

    Me first dhw. Varah rythi story eh mee waiting for the next part?????

    1. shafu says:
      February 4, 2017 at 12:44 pm

      Thank u ju ☺

  2. ham says:
    February 3, 2017 at 4:37 pm

    Wow nice ingey….anekka aahil ah kihineh v ba……pls pls aahil ah dhera goteh nahadachey…..

    1. shafu says:
      February 4, 2017 at 12:49 pm

      Thank u ham.. ☺

  3. princes says:
    February 3, 2017 at 9:41 pm

    Waitig 4 next ephisode hope it come soon.

    1. shafu says:
      February 4, 2017 at 12:50 pm

      In sha Allah tomorw ingey.. thank u princes ☺

  4. Mal says:
    February 3, 2017 at 10:37 pm

    Part 16 upload nukureytha?

    1. shafu says:
      February 4, 2017 at 12:51 pm

      Up kohlaafa ihnaang.. afyyy buni gothah alhugand ge name ah diyaama fehnaane ☺

  5. afyyyy says:
    February 3, 2017 at 10:46 pm

    Shafu ge name ah gosbala.. part thah fehnaane mal.. this story is very nice ingey ❤❤

    1. shafu says:
      February 4, 2017 at 12:52 pm

      Thank u afyyy ☺

  6. mehek says:
    February 3, 2017 at 11:56 pm

    Magay lobi ahil ah deragotheh nahadahchey

    1. hill says:
      February 4, 2017 at 10:26 am

      meeyna mehek ah vegen kon vahthareh jahsany

    2. shafu says:
      February 4, 2017 at 12:54 pm

      Hehe.. mehek v visnaane thaa dhw ahil aa deytherey.. thankx mehek and hill.

  7. Crazi says:
    February 4, 2017 at 10:02 am

    Ragalha viyaa ahil meegah nubaey….

    1. shafu says:
      February 4, 2017 at 12:56 pm

      Balamaa vaa goiy.. hehe.. thankx crazi ☺

  8. ayeimcrazeh says:
    February 4, 2017 at 10:18 pm

    Wow love the story…update kuracchey avahah shafu ??

  9. Crazi says:
    February 5, 2017 at 12:12 am

    Ragalha viyaa kaafah n ahil ves ravegen..merry ves kuri yageen..rokohnlee ves ahil kaneneh ge…

  10. Shiya says:
    February 5, 2017 at 2:52 pm

    Ahil ge reyvun.
    Aahil ge bappa aky anekka bodubeybe tha??????

Comments are closed.

Next Episodeފިރިމީހާގެ ހައްޤުގައި (18)←


All Right Reserved!