“އާނ ވިސްނާލިން. އަހަރުމެންނަށް ވަރަށް މުއްސަނދި ދަނބި ދަރިއެއް ލިބިގެން ދާނީ. ކިހާ ރަނގަޅު؟ މަށަށް ފެންނަނީ ދެން ޝަފަޤް ވެސް ތި ވިސާމަކު ދޫކޮށްލަން. މިހާރު އޭނަ އަތުގަ ހުރީ ކޯޗެއް. އޭނައަށް ލިބޭ މުސާރައިން ކިރިޔަ ކިރިޔާ ކަލޭމެންނަށް އުޅެވޭނީކަން މަށަށް ޔަޤީންވިއްޔާ.” ޒަމީނާ ދެއްކި ވާހަކައިގެ މެދު ތެރެއިން ވަޅި ހިފައިގެންހުރި ވިސާމްގެ އިނގިލީގައި ވަޅި ޖެހި ލޭ އަންނަން ފެށުމުން އޭނަ ސިހުންވިއެވެ. އެކަން އެނގުންވި ޝަފަޤް ވަގުތުން މަންޒަރު ފެނި ވިސާމްގެ ގާތަށް ޖެހިލަމުން އޭނަގެ ޒަޚަމްވެފައިވި އަތުގައި ހިފަހައްޓާލިއެވެ. ޝަފަޤް އެއްފަހަރު އެ އަތަށް އަނެއްފަހަރު ވިސާމަށް ބަލާލިއިރު ވިސާމް ވެސް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. އެވަގުތު ވިސާމްގެ ލޮލުން ޝަފަޤަށް ފެނުނީ އޭނަގެ ހިތަށް އުނދަގޫ ކުރުވި ރިހުމެކެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިއްބާ ޒަމީނާ އަނެއްކާވެސް ވާހަކަ ދެއްކި އަޑު އިވުނެވެ.
“އެހެންވީމަ އަދިވެސް ތި ރީތިކަން ނުގެއްލެނީސް ތީނަ ކައިރިން ވަރިވެގެން އެހެން މީހަކް…..” ޒަމީނާގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން ޝަފަޤް ނުރުހުންތެރިކަމާއެކީ ދައްތާއޭ ކިޔައި ގޮވާލަމުން ފޯނަށް ބަލާލިއެވެ. އެއާއެކު ޒަމީނާ ޝަފަޤާއި ދިމާލަށް ކުދި ކިޔަން ފެށިއެވެ. ޝަފަޤް އެއަކަށް ފަރުވާލެއްނެތި އެތާ ކައިރީގައި ފޮތިކޮޅެއް ވީދާލުމަށްފަހު ވިސާމްގެ ޒަޚަމްވެފައިވާ އިނގިލީގައި އޮޅާލަމުން ބާރަށް ހިފަހައްޓާލިއެވެ. އޭގެ އިރުކޮޅެއްފަހުން ޒަމީނާ އޭނަ ކީއެއްޗެއް ކިޔުމަށްފަހު ފޯނު ކަނޑާލިއެވެ. އެއަށްފަހު ބަދިގެ ތެރެއަށް ހިމޭންކަމެއް ވެރިވިއެވެ. ޝަފަޤާއި ވިސާމްގެ ނަޒަރު ވެސް ޝަފަޤް ހިފަހައްޓައިގެން ހުރި އިނގިއްޔަށް ހުއްޓިފައިވީއިރު ދެމީހުން އެންމެ ބަހެއް ވެސް ބުނެ ނުލައެވެ. އެ ހިމޭންކަން ނަގާލީ ޝަފަޤަށް ނަޒަރު ހުއްޓާލި ވިސާމެވެ.
“ބޮޑުދައިތަ އެ ބުނީ ތެދެއް، ދޯ؟” ވިސާމަށް އެހެން އަހާލެވުނީ ނުތަނަވަސްވެފައިވި ހިތަކާއެކީގައެވެ. މިއަދު އޭނައަށް ލިބިފައިވާ އެންމެ ބޮޑު އުފާވެރިކަމާއި ހިތްހަމަޖެހުމެއްގެ ފަހަތުގައިވަނީ ޝަފަޤް ނޫން ދެވަނަ މީހެއް ނޫނެވެ. ކަން މިހެން އޮތްވާ ޝަފަޤް އޭނައާއި ވަކިވެގެން ދިޔުމުގެ ޚިޔާލަކީ އޭނައަށް ކުރަން ފަސޭހަ ޚިޔާލެއް ނޫނެވެ. ބޭވަފާތެރިކަމުން ވަރުބަލިވެފައިވާ އޭނަގެ ހިތަށް ރާހަތެއް މި ލިބުނީ ހާދަ ގިނަ ދުވަސް ފަހުންނެވެ. އެއްވެސް ނޭދެވޭ ފިކުރެއްނެތި ހިނިތުންވާން އޭނައަށް ދަސްވީ ހާދަ ޒަމާނެއް ފަހުންނެވެ. އެހެނަސް ދެންމެ އިވުނު ވާހަކައިން އަނެއްކާވެސް އޭނަގެ ބަލިކަށި ހިތް ޝައްކުތަކުން ފުރިގެން ގޮސްފިއެވެ. އޭނަގެ ޙަޔާތުގައި އަބަދުވެސް ކަންތައް ވަމުން އައިހެން މި އުފާވެރިކަން ވެސް މާ ގިނަ ދުވަހު ދެމި ނޯންނާނެކަމަށް އޭނައަށް ނިންމުނެވެ.
“ވިސާމަށް ހީވަނީ ކިހިނެއް؟ އަހަރެން ވިސާމް ދޫކޮށްލާފަ ދާނެހެންތަ؟” ޝަފަޤް އޭނަގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ހިތާމަވެރި މޫނަކާއެކީ ވިސާމަށް ބަލާލިއެވެ. ޝަފަޤްގެ އެ މޫނު ވިސާމަށް އެތައް ވާހަކައެއް އެއްފަހަރާ ކިޔައިދިނެވެ. ނޭނގޭ ސަބަބަކާހުރެ ވިސާމްގެ ލޯ ކުރިމަތިން ސިފަވާން ފެށީ ޝަފަޤާއި އިން ދުވަހުއްސުރެ މިހާތަނަށް ހިނގިހާ ކަންތައްތަކެވެ. ޝަފަޤާއިއެކީ މި ހޭދަވީ މަދު މަސްތަކުގެ ތެރޭގައި ޝަފަޤް ދުވަހަކުވެސް އޭނައާއި ޒުވާބު ކޮށްފައެއްނުވެއެވެ. އޭނަ ޤަޞްދުގައި ޝަފަޤަށް މަލާމާތްކޮށް އޭނަ ނުރުހުންވާނެ ފަދަ ވާހަކަތައް ދެއްކިޔަސްމެއެވެ. ބައެއް ދުވަސްދުވަހު އެފަދަ ވާހަކަތައް ދެއްކުމުން އޭނައަށް އެ މޫނުމަތިން ނުރުހުންތެރިކަން ފެނުނެއްކަމަކު ގިނަ ދުވަސްދުވަހު ޝަފަޤްވަނީ އެ ހުރިހާ ވާހަކައެއް ހިނިތުންވުންތަކާއި ސަމާސާތަކުން ނިންމާލާފައެވެ. އޭނައަށް ޝަފަޤް ދެރަވާފަދަ އެތައް ވާހަކައެއް ދެކެވިފައިވާކަން ހަނދާންވުމުން ވިސާމްގެ ހިތް ދެރަވިއެވެ. ހަމަ އެ ހިނދު އެ ހުރިހާ ކަމަކާ އެކު ވެސް ޝަފަޤް އޭނައާއެކީގައި ހުރިކަން އެނގުންވުމުން އޭނަގެ ހިތުގައިވި އުއްމީދުގެ ހުޅުކޮޅު ބޮޑުވިއެވެ. އޭނަގެ ހަނދާނަށް އައީ ކައިވެނީގެ ފުރަތަމަ ރޭ ޝަފަޤް ބުނެލި ވާހަކައެވެ. ޝަފަޤް އޭނައާއި އިނީ ދުވަހަކުވެސް ނިމިގެންނުދާނޭ ފަރާތަކަށްޓަކައި ކަމަށް ބުނެލި ވާހަކައެވެ. އެފަދަ ގޮތަކަށް ވެވޭ ލޯތްބަކީ ކިހާ ވަރުގަދަ ލޯތްބެއްކަން އޭނައަށް މިހާރު އެނގުންވެއެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ވިސާމް ކުއްލިއަކަށް ޝަފަޤް އޭނަގެ ކައިރިއަށް ގެނެސް އޭނަގެ އަތުތެރޭގައި ފޮރުވާލިއެވެ. އެވަގުތު އެ ދެމީހުންގެ ހިތުގައި ވެސް އެއްކަހަލަ އިޙްޞާޞްތަކެއް އުތުރި އަރަމުން ދިޔައެއްކަމަކު އެކެއްގެ ދުލަށް ވެސް އެ އިޙްޞާޞްތައް ބަޔާން ކުރެވޭނެ ފަދަ ބަސްތަކެއްނައެވެ. އެހެންކަމުން ދެމީހުންނަށް ތިބި ގޮތަށް ތިބުން ނޫންކަމެއް ނުކުރެވުނެވެ.
ޒަމީނާގެ އެ ބަސްތަކުން އެދެމީހުންގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަޤީންކަމެއް ލިބުނެއްކަމަކު އެ ބަސްތަކަށް ރައްދެއްދޭން ވިސާމް ބޭނުންވިއެވެ. ރައްދު ދޭން އޭނަ ޚިޔާލުކުރީ ބަސްތަކުގެ ޙަމަލާއެއްގެ ބަދަލުގައި އޭނަގެ ޢަމަލުތަކުންނެވެ. މި ގޮތުން އޭނަ އަމިއްލައަށް ކޮންމެވެސް އާ ކަމެއް ފަށައިގަންނަން ޚިޔާލުކުރިއެވެ. އެކަމަށްޓަކައި ވެސް ފުދޭވަރަކަށް ލާރި ބޭނުންވާނެކަން އެނގިގެން އޭނަ އޭރު އަދާކުރަމުން ދިޔަ ވަޒީފާއާއެކީ އެހެން ވަޒީފާއަކަށް ޕާޓްޓައިމްއަށް ދާން ފެށިއެވެ. ހެނދުނުން ފެށިގެން ރޭގަނޑު ދަންވަންދެން ވިސާމް މަސައްކަތް ކުރަން ފެށިއެއްކަމަކު އޭނަ އަބަދުވެސް ޝަފަޤާއި މިޝްކާއަށް ވަގުތުކޮޅެއް ހުސްކުރެވޭތޯ ބަލައެވެ. ޝަފަޤް ވަނީ އޭނަ ގާތު އެހާ ބުރަކޮށް މަސައްކަތް ނުކުރަން އަންގާފައެވެ. އެހެނަސް އޭނަ އެ ބަސް އަހާ ހިތެއްނުވެއެވެ. އޭނަ ބޭނުންވަނީ އޭނަގެ ސަބަބުން ޝަފަޤަށް ބޮޑުދައިތަގެ ބަސްތަކަށް ޖަވާބު ދެވޭނެ ދުވަހެއް ޝަފަޤަށްޓަކައި ހޯދައިދޭށެވެ. އެކަމަށްޓަކައި އޭނައަށް ކޮންމެ ދުވަހަކު ދުޢާ ކުރެވެނީ ޔަޤީންކަން ލިބިފައިވި ހިތަކާއެކީގައެވެ.
އޭނަ ޢާއްމު ގޮތެއްގައި ދާ އޮފީސްނޫން އެހެން ތަނަކަށް ވަޒީފާ އަދާކުރަން ދާން ފެށުމުން އަނެއްކާވެސް އާ މީހުންގެ ފަރާތުން އެއްކަލަ ސުވާލުތައް ކުރިމަތިވާން ފެށިއެވެ. އޭނަ ލަވަ ކިޔުން ހުއްޓާލީ ކީއްވެތޯއޭ އެހި އަޑު ފުރަތަމަ ރޭވެސް މަދުވެގެން 20 ފަހަރު އޭނައަށް އިވިފައިވާނެއެވެ. އެއަށްޓަކައި ދޭންވާ ޖަވާބު ދިގުކަމުން ވިސާމް އެ ވާހަކަ ހިނިތުންވުންތަކުން ނިންމަމުން ދިޔައެވެ. އޭނަގެ ހިތުގައި ޚުދު އޭނަގެ އަމިއްލަ ލަވަތަކަށްޓަކައި ވެސް ފޫހިކަމެއް އުފެދިފައިވަނީ ކީއްވެކަމެއް އޭނައަށް ޔަޤީނެއްނޫނެވެ. އެއްޒަމާނެއްގައި އޭނަ އެތައް އިރެއް ހޭދަކޮށްގެން ހެދި ޅެންތަކުގައި މާ ބޮޑު މާނައެއް ނެތްހެން ހީވަނީ ކީއްވެކަމެއް ނޭނގެއެވެ. ފަހަކަށް އައިސް އޭނަގެ ސިކުނޑި ތެރޭގައި ލަވައެއްގެ ރާގެއްގެ ބަދަލުގައި ހުންނަނީ ޤުރުއާނުގެ އާޔަތެކެވެ. އެކަން ތަޖުރިބާ ކުރެވުނު ފުރަތަމަ ދުވަހު އޭނައަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. އެކަން މީހުންނަށް ބުނެދެވޭނެ ގޮތެއް އޭނައަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. މީހުންނަށް ފެންނާނީ ހަމައެކަނި ބޭރުފުށުން އޭނަ “ދީނީ”ވެގެން އުޅޭ މަންޒަރުތާއެވެ. ހިތަށް އެއްވެސް ބަދަލެއް ނައިސް އުޅުމަށް އެހާ ބޮޑު އިންޤިލާބެއް ނާންނާނެކަން މީހުންނަށް އެނގޭނެ ނަމައެވެ.
ވިސާމް އަލަށް މަސައްކަތް ކުރަމުން ދިޔަ އޮފީހުގައި ނާއިލްވެސް އުޅޭތަން އޭނައަށް ފެނިފައިވެއެވެ. އޭނަ ވަނީ އޮފީހުން ވަޒީފާ ލިބުމުގެ މާ ކުރިން ވެސް އޭނަ ދެން އަލްބަމަށްޓަކައި ލަވަ ނުކިޔާނެ ވާހަކަ ނާއިލް ގާތު ބުނެފައެވެ. އެ ވާހަކައަށްފަހު ނާއިލާއި އޭނަގެ ގުޅުން ވެސް ވަނީ ހީނަރުވެފައެވެ. އެކަމާމެދު ވިސާމް ދެރަވީ ހިނދު އުފާވެސްވިއެވެ. އޭނައަށް ނުބައި ކަމަކަށްޓަކައި އެހީވެދޭ އެކުވެރިޔަކީ އެކުވެރިއެއްނޫންކަން އޭނައަށް ވިސްނުނީތީވެއެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ޝަފަޤް އޭނަ ގާތު ބުނެފައިވާ ވާހަކަތަކެއްގެ ސަބަބުން ވެސްމެއެވެ. މިޝްކާއާއެކީ އަނބުރާ ރަށަށް އައި ދުވަހު ޝަފަޤް ވަނީ އޭނަގާތު މާޒިންގެ ހުރިހާ ވާހަކައެއް ކިޔައިދީފައެވެ. މާޒިން އޭނަގެ އާ އަލްބަމް ނެރޭނެ ދުވަހަކަށް އިންތިޒާރު ކުރާ ވާހަކަ އިވުނީއްސުރެ ނާއިލަކީ ވެސް މާޒިންގެ ބައިވެރިއެއްކަން އޭނައަށް ޔަޤީނާއި ގާތް ކުރެވުނެވެ. ނާއިލް އޭނަ ލައްވާ އަވަސްއަރުވައިގެން ކަންތައް ކުރަން އުޅޭ ގޮތުންނާއި އޭނައާއި ޝަފަޤްގެ ގުޅުމުގެ ވާހަކަ ސާފުކުރާއިރު ނާއިލްގެ ކިބައިން ފެންނަ ނުތަނަވަސްކަމުންނެވެ. މާޒިން މިޝްކާއަށް ޒަހަރެއްދޭން އުޅުނު ވާހަކަ އިވުމުން ވިސާމްގެ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އެހެނަސް އޭނަ އެ މައްސަލަ ދޫކޮށްލަން ނިންމީ އޭނައަށް ހިދާޔަތް ލިބުނީ އެ ތަޖުރިބާގެ ތެރެއިން ކަމަށްވާތީވެއެވެ. ޑޮކްޓަރުން އެކަމުގެ ތަޙުޤީޤަށްޓަކައި ރިޕޯޓްކޮށްފައިވިއެއްކަމަކު އޭނަ މާޒިންގެ ނަން ފުލުހުންނާއި ހަމައަށް ނުގެންދިޔައީ މަޢާފު ކުރަން ދަސްކުރުމަށެވެ. އަދި އަމުދުން މާޒިނާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން ބޭކާރު ގޮތުގައި މާޒިންގެ ހިތުގައި އޭނައަށްޓަކައި ވި ރުޅީގެ އަލިފާން ގަދަވުން ނޫންކަމެއް ނުވާނެކަން އެނގޭތީވެއެވެ. އެހެންނޫނަސް މާޒިން އޭނައަށް ރުޅިވާންވީ ސަބަބު މިހާރު ނެތި ހިނގައްޖެއެވެ. މާޒިންގެ މަޝްހޫރުކަމަށް ފަރުދާ އަޅާކަށް އޭނަ މިހާރު ނުއުޅެއެވެ. ވީއިރު އޭނަ ނަފްރަތުގެ ނިޝާނެއް ނުދައްކާހާ ހިނދަކު މާޒިން ދެން އޭނައާއި ނުބެހޭނެހެން ހީވީތީ ވިސާމް މާޒިން އޭނަގެ ގޮތަށް ދޫކޮށްލަން ނިންމިއެވެ. އެހެނަސް އޭނައާއި ދެކޮޅަށް ރޭވުންތައް ރޭވުމުގެ ވަޒީފާ ޙަވާލު ކުރެވުނު މީހުންގެ ތެރޭގައި އޭނަގެ ހުރިހާ ދުޝްމިނުން ހިމެނޭކަން އޭނަ ނުދެނެހުއްޓެވެ.
އެއްރެއެއްގެ ދަންވަރު 1:36 ހިނގި ވަގުތު ވިސާމް އޮފީސް ނިންމާލާފައި ގެއަށްދާން އޭނަގެ ސައިކަލަށް އެރިއެވެ. ސައިކަލު ސްޓާޓް ކޮށްލަން އުޅުނު ވަގުތު އޭނަ ހުއްޓުންއެރީ ދާދި ކައިރީގައި ހުރި ގެއަކުން އޭނައަށް ވަރަށް ރަނގަޅަށް ދަސްވެފައިވާ ރާގެއް އިވެން ފެށުމުންނެވެ. މާ ގިނައިރެއްނުވެ މެހެނާޒްގެ އަޑު އިވެން ފެށުމުން ވިސާމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިއީ އޭނައާއި މެހެނާޒް އެންމެ ފުރަތަމަ ކިޔުނު ލަވަކަން ހަނދާނަށް އައި ވަގުތު ވިސާމަށް ދެލޯ މަރާލެވުނެވެ. ހިތުގެ އެއްފަޅި މެހެނާޒް މަތިން ހަނދާން ކުރަން ފެށިއެއްކަމަކު އަނެއްފަޅި އެފަދަ ޙަޔާތަކުން އޭނަ މިނިވަންވިކަމަށްޓަކައި ޙަމްދުކުރަމުން ދިޔައެވެ. އަމިއްލަ ޚިޔާލުތަކުގައި އިރުކޮޅެއް ވަންދެން އިނުމަށްފަހު ވިސާމް އަނެއްކާވެސް އޭނަގެ ސައިކަލު ސްޓާޓް ކުރަން އުޅުނެވެ. މިފަހަރު އޭނައަށް ހުރަސް އެޅިގެން ދިޔައީ ދާދި ގާތުން އިވުނު އަންހެނަކު އޭނައަށް ގޮވާލި އަޑަށެވެ.
“ސޭމް!” ނުހަނު ކައިރިން އިވުނު އެ އޮމާން އަޑަށް ވިސާމަށް ފަސްއެނބުރި ބަލާލެވުނެވެ. އެ ހިނދު އޭނައަށް ފެނުނީ ރަތްކުލައިގެ ކުރު ހެދުމަކާއި ފަންކޮށްފައިވާ އިސްތަށިގަނޑަކާއެކީ ހުރި އަންހެން ކުއްޖެކެވެ. ވަގުތުގެ ގޮތުން އެފަދަ މަންޒަރެއް ފެނިފައި ވިސާމް ބިރުގަންނަ ގޮތްވެސްވިއެވެ. އޭނަ އެއްޗެކޭ ނުބުނެ ހުރިގޮތަށް ހުއްޓާ އެ އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ.
“ސަޅި ލަވައެއްދޯ އެ އިވެނީ؟” އެ ޒުވާން އަންހެން ކުއްޖާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއަށް ޖަވާބެއް ދޭން އުޅެފައިވެސް ވިސާމް ޚިޔާލު ބަދަލުކޮށްލަމުން އަނެއްފަރާތަށް އެނބުރި ދާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އެ ކުއްޖާ ވާހަކަ ދެއްކިއެވެ.
“ސޭމް ސޭމް ޕްލީޒް! އަހަރެން ދޫކޮށްލާފަ ނުދޭ. އެކަނި މިހިރީ. އަހަރެން ގެއަށް ލައި ނުދޭނަންތަ؟ މިތާ ކއރީގަ ގެ ހުރީ.” އަންހެން ކުއްޖާ ކަންބޮޑުވުމަކާއެކީ ބުނެލިއެވެ. ވިސާމް ސައިކަލު މަތީގައި އިނދެ ފުން ނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް ފަސްއެނބުރި ބަލާލިއެވެ.
“އެހެންވެއްޖެއްޔާ ހިނގާ. ހިނގާ ގެއަށް.” ވިސާމް ހިސާބަކަށް ނުރުހުންވެހުރެ ސައިކަލުން ފޭބީ މިއީ އޭނައަށް މީހަކަށް އެހީތެރިވެވިދާނެ ފުރުޞަތެއްކަމުގައި ދެކުނީތީވެއެވެ. އޭނަ ބޭނުންވީ އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރާށެވެ. އެހެންކަމުން އޭނަ ސައިކަލުން ފައިބައި އެ އަންހެން ކުއްޖާގެ ކުރިއަށް އަރައި ދާން ތައްޔާރުވިއެވެ. އަދި ހިނގައިގަތުމަށް އެ އަންހެން ކުއްޖާއަށް ޢިޝާރާތް ކުރިއެވެ.
“ސައިކަލުން ދިޔައިމަ އަވަސްވާނެއެއްނު؟” އަންހެން ކުއްޖާ ހުރިހާ ދަތްތައް ދައްކައިގެން ހުރެ ބުނެލިއެވެ.
“ސައިކަލުގެ ތެޔޮ ހުސްވެދާނެ.” ވިސާމް ބަހަނާއެއްގެ ގޮތުން އެހެން ބުނެލަމުން ކުރިއަށް ހިނގައިގަތެވެ. އަންހެން ކުއްޖާ ހިނގައިގަންނަމުން ވިސާމްގެ ބޮލަށް އުނދަގޫވާފަދަ ތޫލި އަޑަކުން ހީލިއެވެ. އޭގެ މާ ގިނައިރެއްނުވެ އެ އަންހެން ކުއްޖާ ކުއްލިއަކަށް އައިސް އޭނަގެ ގައިގައި ޖެހިގަތެވެ. އެވަގުތު އެ ކުއްޖާގެ އަތުގައި އޮތް ފޮތް ބިންމަތީގައި ގޮސް ޖެހުނެވެ. ވިސާމްގެ ގާތަށް އައި ސިނގު ރުޅިއާއެކީ އޭނައަށް ޗޮއްކަނޑާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަންހެން ކުއްޖާއާއި ދިމާލަށް އެނބުރިލަން އުޅުނު ވަގުތު ބިންމަތިން ސިޓީ އުރައެއް ފެނިފައި އޭނަ ހުއްޓުން އެރިއެވެ. އޭނަ އަޖާއިބުވީ އޭގެ ބޭރުގައި އޮތް ނަމެއް ފެނިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







masha Allah v salhi… eii shiya baa anekkaa?? ekm shiya e gothah noolheyne dhw…
Alhamdhulillah! (All praise and thanks belong to Allah) 🙂 hehe….shiya hunnany buruga ves alhaigeneh noontha alhe? balamaa ey kaakutho In Sha Allah. next part saturday ga In Sha Allah 🙂
Varah reethi.masha Allah.
Alhamdhulillah! 🙂
Maazin laarigandeh dhinee kanneyge that kujja ah ekan kuran…
hehehe…nice guess Pinkish Pinker. dhen balamaa vaa gotheh In Sha Allah 🙂
Maasha Allah.. mibai ves reethi
Alhamdhulillah! 😀
Aikko ah Jana ge vaahaka gendhaa goih varah reethi. Mihaaru kudhin liyaany bf and gf aa gulhey gothun vaahaka. Aslu me vaahaka in husband nd wife ge gulhumaky kihaa muhimmu kamehkanvx engey. Dhn adhi mihaaru kudhin nuliyaane dheenee vaahaka eh himanaigen ehvx vaahaka eh. Aikko varah ufaa vehjje mikahala ibraihtheri vaahaka eh kiyan libunythivegen. Varah gina kudhinnah mi vaahaka kiyaigen ibraih libeyne kan Aikko ah ingey. Cux Aikko ah vx varah gina kanthah ingijje. Jana varah talented ingey. Keep the good work up. May Allah bless you. ?❤ And Aikko kee vaahaka thakuge therein enme reethi vaahaka ah mivaahaka vegen dhaane. Jana ehaa vx talented.?
Alhamdhulillah! 🙂
Aikko thi buny thedheh. mihaaruge gina vaahaka thakuga hunnany aslu muslim dhiriulhumegge misaaleh noon thamseel vefa. Aslu ehen e vany khudhu aharumennah ves aharumenge deen neyngifaivaathee. mi iman therikamun aharumennah libigendhaa qadharu zuvaanunnah ihsaas nukureveythy. Adhi aharumenge therein gina meehunnah loabi dhasvefaivany dheenuge ilmuge badhalugai eki filmuthakunnaai drama thakun kamahvvaathy. E hurihaa kamegge reflection eh aharumenge vashaigen aharumennah mi fenigendhany. balaabelumah varah ummeedheh neh haalatheh. Balaa belumah gina meehunge hiythakugai zeenaiytheri vefaivany Allah ruhivodigenvaa fadha kanthahthakeh noon. Ekamaku mee badhalu nukureveyne haalathekey jana nubunaanan. Allah swt komme kamegge mahchah ves kulhadhunvantha ve vodigenvey. mi haalathaky aharumenge kurimatheegai oiy gonjehun. aharumennah kureven oiy kamaky vevunu haa varakun heyo baheh dhookuran masakkaiy kurun. Adhi deenaai dhuru meehunnah nafrathu kurumuge badhalugai e meehunnaai hama ahves Allah ge basfulhun aharumennah engifaivaa minvareh foaru kohdheyn masakkaiy kurun. Eyge natheeja aharumennah isaahithaku nufenidhaane. Ekamaku aharumennakah neyngey aharumen kithamme kudakamah dhekey heyo ‘amaleggai ves Allah swt barakaaiy lavvaane goiy. E yageen kamuge matheegai hure jana mi vaahaka mi genesdheny 🙂 Aikko ah faidhaa eh kuriyya ey jana ah libunu varah bodu hiyvvareh. May Allah bless all of us and increase us in guidance. Ameen! 🙂 <3
Treading,…….
??? 😀
Varah reethi mibaives.. Plx mirey next part up kohdheeba.. Varah kiyaa hithun mihiree next part..
🙂
Alhamdhulillah! 🙂 mirey up kureveykah nethey darling. next part saturday ga In Sha Allah. kudakoh kehkolla 😀
FB Post:
When you turn towards deen, people see you from the outside and all they could see is things to feel sympathy about. You start losing friends, take up a weird look with a beard or a new attire, perhaps even leave a job that was paying you well. But what they don’t see is the contentment that your heart has felt for the first time in life. They don’t see the joy you feel when you are talking to Allah directly in prayer. They don’t see the pleasure of having a purpose and meaning in life. That purpose being trying to please the One to Whom you are going to be returned anyway.
What most people see to be your ultimate failure in life, is actually the ultimate happy ending in your life. The ending where you are pleased and your Master is pleased with you.
Here I want to share a beautiful ayah with you regarding that ending. At the time of death of a good person, he is told:
Irji’ee ilaa rabbiki raadhiyathan mardhiyyah.
“Return to your Lord, well-pleased and pleasing [to Him],” Surah Fajr, ayah 28
We can only be pleased at the moment of that return if our hearts turn to Allah before that. And Subhaanallah Allah will give us that pleasure even in this world if we turn to Him In Sha Allah. The pleasure of knowing that He swt is pleased with us.
May Allah make us of those who constantly turn towards Him till the moment of our ultimate return to Him. Ameen!
FB Post:
“Never do the love of song and the love of Quran come together in a person’s heart except that one expels the other.” Ibn al Qayyim
Because when your heart comes into contact with the most meaningful and purposeful words, it immediately catches a distaste for anything without a purpose. Don’t believe me? Try it for yourself. Every time you feel like listening to a song, listen to Quran instead. And see that change happening in you. You will end up listening to the Quran even in your worst of days and you just wouldn’t know why. You just can’t figure out why these words that you don’t even really know the meaning of could bring such peace to your heart. If we only knew the yearning of our hearts to remember Allah….
Assalam’alaikum. hurihaa kiyuntherinves mi page ah ziyaaraiy koh fb post thah kiyaalun edhen In Sha Allah 🙂
https://www.facebook.com/Asr-1445208739121696/
Vaahaka vrh interesting…..Allahumma baarik lahu…Mirey kihaa iraku up vany