Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޯލީމޭ (01)

nizam Level 110 Stories
February 17, 2017 3 Mins Read
25 Comments

ފުލައިޓަށް އެރުމާ އެކު އަހަރެން ހިނގައި ގަތީ އަތުގައި އޮތް ބޯރޑިން ޕާހު ގައި ޖަހާފައި އޮތް ނަންބަރު އިން ޝީޓާ ދިމާލަށެވެ.

ޝީޓާ ހަމަޔަށް ދެވުމާ އެކު އަހަރެންގެ ކޮނޑު ގައި އޮތް ބެގު ޕެކު ބާލާ ކެބިނަށް ލުމަށް ފަހު އައި ޕެޑަށް ޖަހައި ފައިވާ ހެޑު ސެޓު ނަގައި ކަންފަތައް ޖަހައި ލަމުން ޝީޓު ގައި އިށީނދެ ރަނގަޅަށް ހަމަ ޖެހިލީމެވެ.

އެހެނަސް ހެޑު ސެޓު ކަންފަތު ގައި ޖަހައިގެން އިން ނަމަވެސް އިވެމުން ދިޔަ ލަވަޔަށް އަހަރެންގެ އެއްވެސް ސަމާލު ކަމެއް ނެތެވެ.

އަހަރެން އިނީ މެލޭޝިޔާ އެއާރ ޕޯރޓުގެ ވަށައި ގެންވާ ހިތް ގައިމު ސަރަހައްދަށް ނަޒަރު ހުއްޓައި ލައިގެން ފުލައިޓު ނައްޓައި ލައިނެ އިރަކަށް އިންތިޒާރު ކޮށް ކޮށެވެ.

އޭރު ވެސް ކުރިމަތީ ސިފަ ވަމުން ދިޔައީ ހަމަ އެންމެ ސޫރަ އެކެވެ. އަބަދާއި އަބަދު އަހަރެންގެ ހިތް ދުށުމަށް އެދޭ އަހަރެންގެ ހިތުގެ ރާނީ އެވެ.

އާ އެކެވެ. އަޔާނީ ގެ ސޫރަ އެވެ. އަހަރެންނަށް ވިސްނެމުން ދިޔައީ އަޔާނީ އާ ދޭތެރޭ ގައެވެ.

ދެ އަހަރުގެ ދިގު އިންތިޒާ ރަކަށް ފަހު އަޔާނީ އާ ބައްދަލު ވެވޭތީ ކުރެވޭ އިހުސާސް ތައް ވަރަށް ވެސް ފޮންޏެވެ.

ނުފެނި އެހާ ގިނަ ދުވަސް ވީމާ ވެސް ކަން ނޭންގެއެވެ. އަހަރެންގެ ހިތް ވަނީ އަޔާނީ އަށް ޓަކައި ލޯބިން ފުރިފަ އެވެ.

އިންތިޒާރު މާ ދިގެއް ވެސް ނުވިއެވެ. މީހުން އަރާ ނިމުމާ އެކު ހެން މެލޭޝިޔާ އެއާރ ޕޯރޓުގެ ރަން ވޭ މަތިން ފުލައިޓު ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ނައްޓައި ލިއެވެ.

އަދި ހުދު ކަފަ ކޮޅެއް ފަދަ ވިލާ ތަކުގެ ތެރެޔަށް އުދުހި ގޮސް ކުޑަ ހިނދު ކޮޅެއް ގެ ތެރޭގައި އަހަރެންގެ ލޯ މަތިން މެލޭޝިޔާ ގެއްލުނެވެ.

ގާތް ގަނޑަ ކަށް ތިން ގަޑި އިރުގެ ނިޔާމަ ދަތުރަކަށް ފަހު ވެލާނާ އިނޓަރނޭޝަނަލް އެއާރ ޕޯޓަށް ފުލައިޓު ޖެއްސުމާއި އެކު އަވަސް އަވަހަށް ފުލައިޓުން ފައި ބައިގެން އަހަރެން މިސްރާބު ޖެހީ އަންނަ މީހުންނަށް ޚާއްސަ ކޮށްފައިވާ އެރައިވަލް ޖަހާފަ ހުރި ދޮރާ ދިމާ އަށެވެ.

އަދި އިމިގުރޭޝަން ކައުންޓަރަށް ގޮސް ޕާސް ޕޯރޓު ދައްކާ ލުމަށް ފަހު ގެނައި ފޮށި ހިފައިގެން ހިނގައި ގަތީ މާލެ ދިއުމަށް ތަތްޔާރު ވެފައި އޮތް ފެރީ އަށް އެރުމަށެވެ.

އަދި ފޮށި އެރުވުމަށް ފެރީގެ ކުއްޖަކާ ހަވާލު ކޮށް ލައިފަ އަހަރެން ގޮސް އިށީނީ ކުރިމަތި ރީތި ކޮން ފެންނާނެ ހެން ފެރީ ގެ އެންމެ ކުރީ ގޮނޑި ބަރީ ގައެވެ.

މަޑު ދުވެއް ޔެއްގައި ފެރީ މާލެ ޔާ ދިމާލަށް މިސްރާބު ޖަހާފާ ވީ އިރު މާލެޔާ ކައިރި ވަމުން ދިޔަ ވަރަކަށް މާލޭގެ މަލަ މަތިން ފެންނަމުން ދިޔަ އެކި ކުލަ ކުލައިގެ ބޮކި ތަކުންނާއި ތަފާތު ޑިޒައިން ތަކުން އެކި ދިމަ ދިމާލުން އުފުލި ފައިވާ އުސް އިމާރާތް ތައް ފެނިފަ އަހަރެން އިނީ ބުނާނެ އެއްޗެއް ވެސް ނޭންގި ފައެވެ.

ކުރިޔާ މިހާރާ ހާސް ބައި ތަފާތެއެވެ. މި ވީ ދެ އަހަރެއްހާ ދުވަސް ތެރޭގައި މާލެ އަށް އައިސް ފައިވާ ބަދަލުން އަހަރެން ހައިރާން ވި އެވެ.

*** *** ***

މާލެ އާދެވުމާ އެކު އަހަރެން އަވަސް ވެ ގަތީ ރަށަށް ދިއުމަށެވެ. ކޯސް ފުރިހަމަ ކުރުމަށް ފަހު ޤައުމަށް އާ ދެވުނީ ތީ އަހަރެން ހުރީ އުފަލުންނެވެ.

އަހަރެންގެ ހިތް ވަނީ ރަށަށް ދިއުމަށް ޓަކައި ކެތް މަދު ވެފައެވެ. އަހަރެންގެ ލޯ ވަނީ އެ ރީތި ސޫރަ ދެކިލުމަށް ބޭނުން ވެފައެވެ.

ފެން ވަރައި ލައިގެން ނުކުމެ އަލްބޮމް ހިފައިގެން އެނދުގައި އޮށޯ ވެލީމެވެ. އަދި ފޮޓޯ އަލްބޮމް ގައިވާ އަޔާނީގެ ފޮޓޯ ތަކަށް ބަލަން ފެށީމެވެ. އެއީ މައުސޫމް މޫނެކެވެ. ހެދި ހުރި ރޫފަ ހެޔޮ ހަށިގަނޑެކެވެ.

ލޮލުގެ ކަޅި އަށް ވިލު ނޫ ކުލަ ލިބި ފައިވާ ފަން ކަޅު ހެޔޮވަރުގެ އިސްތަށި ގަނޑެއް ގެ ވެރި ރީތި ޒުވާނެކެވެ. ހިމަ ފުތު ރީތި ބުމަ އެކެވެ. ބަނިޔާ ދޮން ބައްޓަން ޗާލު ހަށިގަނޑެކެވެ.

ޤުދުރަތުން ކަޅި ރަވަޔަށް ލިބިފައި ހުރި ޖާދު ވީ ރީތި ކަމަށް ތަޢުރީފު ކޮށް ކޮށް ހުސްނުވާ ނެއެވެ. ކަޅި ރަވަ ފުރިހަމަ ވެފައި އެހާމެ ރީއްޗެވެ.

ފަހަރަކު ފޮޓޯ އަކަށް އަހަރެން ނަޒަރު ހިންގަމުން ދިޔައީ ޝައުޤު ވެރި ކަމާ އެކު ގައެވެ. އެއްވެސް ފޫހި ކަމެއް ނެތިއެވެ.

ކުއްލި އަކަށް އަހަރެންގެ ނަޒަރު ވަކި ފޮޓޯ އަކަށް ހުއްޓުނެވެ. އެއީ އަހަރެން ކޯހަށް ދިއުމަށް ޓަކައި މާލެ ފުރަން އޮތް ރޭ އަޔާނީ އާ އެކު އަހަރެން ނަގައި ފައިވާ އަޔާނީގެ ހަނދާނެކެވެ.

ފޮޓޯގައި އަޔާނީ ހިނިތުން ވެފައި އަހަރެންގެ މޭގައި ބޯ ޖައްސައި ލައިގެން ހުރި އިރު އެ މޫނުން އިތުރު ފުރިހަމަ ކަމެއް ފޮޓޯ އަށް ގެނެސް ދެއެވެ.

ލައިގެން ހުރި ހެދުމާއި ގުޅޭ ގޮތަށް ކޮށްފައި ހުރި ލައިޓު މޭކަޕުންނާއި ތުންފަތު ގައިވާ މަޑު ފިޔާތޮށި ކުލައިން ތަލިން ކުޅު ހިކޭ ހާ ވެއެވެ.

އެ ސޫރަޔަށް ހުޝާމަދު ކޮށް ނުލައިނެ ހަމަ އެކަކު ވެސް މި ދުނިޔެ މަތީގައި ނޫޅޭނެ ކަން ޔަޤީނެވެ. އެ ހާމެ ރީތި ވެފާ ފުރިހަމަ އެވެ. އެއީ އަހަރެމެން ދެ މީހުން ބައްދަލު ވި އެންމެ ފަހު ރެއެވެ. އެއީ މީގެ ދެ އަހަރު ކުރިއެވެ.

އެހެނަސް އެރޭގެ ހަނދާން ތަކާއި އަސަރުތައް އަހަރެންގެ ހިތުގައި އަދިވެސް ތާޒާ ކަންމަތީ އެބަ ހުއްޓެވެ. އިއްޔެ ހިނގި ކަމެއް ފަދަ އިންނެވެ. އެރޭ އަހަރެމެން ހަނދާ ތަރިތައް ހެކިކޮށް ވަޢުދު ތަކާއި އެތައް އަހުދެއް ވީމެވެ.

ކިތައްމެ ދަތި އުނދަގޫ ތަކާއި ކުރި މަތިލާން ޖެހުނަސް އެންމެ ފަހު ވިންދާ ޖެހެން ދެން ވެސް އެކުގައި އުޅުމަށެވެ. ދުވަހެއްގެ ކޮޅުން ވިޔަސް ވަކި ނުވުމަށެވެ.

ނަމަވެސް އޮފީހުން ލިބުނު ކޯހެއްގައި ދެ އަހަރު ދުވަހައް އަޔާނީ އާ ދުރައްދާން ޖެހުމުން އަހަރެން ވެސް ވަރަށް ދެރަވިއެވެ. އަޔާނީ ރުޔެވެ.

އަހަރެން އޭނަގެ އޮމާން ޖަންބެއް ފަދަ ރީތި ކޯތާ ފަތް ތެތް މަމުން ދިޔަ ކަރުނަ ތައް އަމިއްލަ އަތުން ފޮހެ ދެމުން އަހަރެންގެ ގަޔާލައި ބޮނޑި ކޮށްލީމެވެ.

ދެރަ ނުވުމަށް ބުނަމުންނެވެ. ދެ މީހުން ކިތައްމެ ދުރުގައި ތިބެން ޖެހުނު ކަމުގައި ވިޔަސް އަޔާނީ އަހަރެންނަށް ޓަކައި ދެގޮތެއް ނުވެ ތި ގޮތުގައި ހުރި ކަމަށް ވާނަމަ އަހަރެން ވެސް ހުންނާނީ ހަމަ އެކަނި އަޔާނީގެ މީހެއްގެ ގޮތުގައި ކަމަށް ބުނެއެވެ.

އަދި ދުވަހަކު ވެސް އަޔާނީ ދެކެ މިވާ ލޯތްބަށް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަޤީން ކަން ވެސް ދެމުންނެވެ. ހަމަ އެހެންމެ އަހަރެން އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރުމަށް ވެސް އެދެމުންނެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

ިހިތާ ފުރާނައިގެ ދިރުމޭ (7)

Next

ޢަޞްރު (ފަންސަޔާޅީސްވަނަ ބައި)

Next
February 17, 2017

ޢަޞްރު (ފަންސަޔާޅީސްވަނަ ބައި)

Previews
February 16, 2017

ިހިތާ ފުރާނައިގެ ދިރުމޭ (7)

25 Comments!

  1. nizam says:
    February 17, 2017 at 1:57 am

    alhuganduge vaahaka thakah saport kurahvaa hurihaa faraaih thakah anekkaa ves migenes dheny alhuganduge mulhin aa vaahaka ekeve. adhi mi vaahaka ves thiya kiyun therin nah kamu daane kamah ummeedhu kurame… alhuganduge vaahakathakah saport kurahvaa hurihaa thakun ves kiyaalaafa commenteh dheythi…. alhuganduge kuri erumaky hama thi kiyun therinne…. shukuriyyaa….

  2. Raisha says:
    February 17, 2017 at 2:16 am

    Vaahaka liya iru e vaahaka ehnimenden genes dhineema dhw vahakaa ge furihamakama reethikan fennani mi vaahaka nimendhen gennane kamah heekuran mi episode vvvvvv reethi

    1. nizam says:
      February 18, 2017 at 6:29 pm

      thanks raisha… dhera nuvey… iraa dha kureviyyaa mi vaahaka nimendhen genesdheynan…

  3. liyaa says:
    February 17, 2017 at 7:41 am

    fashun ?

  4. Pinkish Pinker says:
    February 17, 2017 at 7:52 am

    Reethi

  5. don't mind plx says:
    February 17, 2017 at 8:29 am

    Varah salhi feshumeh..ekam kuda koh fili jehumugai massala huri kamah faahaga kurevey..anehhen hama rangalhu dhen..keep it up..???

  6. naan says:
    February 17, 2017 at 8:47 am

    Feshun v reethi 2 vanabaige inthizaaruga hurin

  7. Jameela says:
    February 17, 2017 at 9:08 am

    Seat not sheet . Bagpack eh noon back pack. Albomeh noon album. Mikan ragalhu kohleema ragalhuvaane. Feshun hiygaimu. Heevany hama flight terey idhevun hen

    1. aa8 says:
      February 17, 2017 at 9:52 am

      Sheet eh noon…seat jameelaa.. neygey nama intrnetun namavx search kohba

    2. Saandy says:
      February 17, 2017 at 12:07 pm

      އާ8!! ޖަމީލާ އެއޮތީ ސީޓް އޭނު ބުނެފަ… ރަނގަޅަށް ކިޔާލަބަލަ

  8. Ayaanii says:
    February 17, 2017 at 11:07 am

    Haadha beykaaru baithah ginaey dhw

    1. haseena says:
      February 17, 2017 at 11:19 am

      Asluvx dhw

  9. Saandy says:
    February 17, 2017 at 12:05 pm

    ނިޒާމް! ފެށުން ރީތި… އެކަމު ހާދަ ކުރުކޮށޭ ތި ގެނެސްދިނީ… ދެވަނަ ބައި ދިގުކޮށްލާނެކަމަށް އުއްމީދުކުރަން… ކޮންމެވެސް ވަރަކަށް ފިލިޖެހުމުގެ މައްސަލަތައް އެބަހުރި… ދެން ފާހަގަކޮށްލެވުނު ދެކަމެއް ބުނެލާނަން… “ޝީޓް” އެއީ ކުށްގޮތެއް… ރަނގަޅު ގޮތަކީ “ސީޓް”… ދެން “ބެގްޕެކް” އެއީވެސް ކުށްގޮތެއް… ރަނގަޅު ގޮތަކީ “ބެކްޕެކް”… މިކަހަލަ ކުދިކުދި މައްސަލަތައް ހުރީ… ލިޔެފަ އަޕްކޮށްލުމުގެ ކުރިން ކިޔާލީމަ މިކަހަލަ މައްސަލަތައް ރަނގަޅުކޮށްލަން އެނގޭނެ… އުއްމީދުކުރަން މިކަހަލަ ކަންތައްތަކަށް ސަމާލުކަން ދޭނެކަމަށް… އަދި އެހާ ދިގު އިންތިޒާރެއް ނުކުރުވާ ދެވަނަ ބައި ގެނެސްދޭނެކަމަށް އަދި ދެވަނަ ބައި ދިގުކޮށްލާނެކަމަށް… ކާމިޔާބަށް އެދެން

    1. Anonymous says:
      February 17, 2017 at 12:29 pm

      Saandy ge vaahaka kobaitha? Aishwarya ge cover eh in vaahaka ?

    2. yalvish says:
      February 17, 2017 at 12:35 pm

      Saandy haada rangalhey.. thigothah vaahaka liyan vee gothaa fili jahan vee mithaa ulhey hurihaa writrs ahvx kiyaa dhybala.. pls saandy.. ?

    3. anonymous says:
      February 17, 2017 at 4:34 pm

      Saandy help vanee vaki writers inna

    4. huh says:
      February 17, 2017 at 10:05 pm

      Saandy aky maa molhu myhehtha dhn hyvany ehen kameh hen

  10. Kiya says:
    February 17, 2017 at 12:31 pm

    V foohi

  11. aysh says:
    February 17, 2017 at 2:09 pm

    vrh salhi…but thankolheh kuru…next part avahah up kohdhehchey…

  12. nizam says:
    February 17, 2017 at 2:31 pm

    thanks foa all lovely comments… iraadha kureviyyaa kuriyah oih bai thah dhigu kon genes dheveythoa massahkaih kuraanan…. adhi thi hurihaa kameh ufalaai eku balaigenfin…. hama ayaa eku bunelan beynun vany kiyun therin thi faahaga kurevvi kanthah thah kuriyah oihthaanga rangalhukurumah massakkaih kuraanan…. adhi ves ahfaharu thanks for all lovely comments…..

  13. Observer? says:
    February 17, 2017 at 3:23 pm

    v reethi vaahaka eh

  14. Azu says:
    February 17, 2017 at 7:17 pm

    Feshun??❤

  15. Inu says:
    February 18, 2017 at 4:15 am

    Ayaani mihaaru hunnani merry koffa thoche… Girls akah maa ginadhuvahu nuhurevey majboorun nama vess merry akaa hamayah dhaane Gina mihuna loabi veriya anna iru thibeny dharin vess libifa …. I hope she,s waiting for her boy friend

  16. nizam says:
    February 18, 2017 at 6:19 pm

    thanks inu azu and observer….

  17. nizam says:
    February 18, 2017 at 6:22 pm

    iraadha kureviyyaa annan angaara dhuvahu 2nd episoad up kohdheynan….

Comments are closed.

Next Episodeރޯލީމޭ (02)←


All Right Reserved!