ކުޑަކޮށް ދޮރު ކައިރި ކޮއްލަމުން ރިޔާޒު ފަހަތަށް އެނބުރިލީ ޝަބީން އަންނަން ފެށުމުންނެވެ. އެންމެނަށްވެސް ކަމެއް ގޯސްވެއްޖެކަން އެނގުނީ އެހިސާބުންނެވެ.  ދެމީހުންވެސް ވާހަކައެއް ނުދައްކާ ބަލާލީ ދުރުގައި ހުއްޓިގެން އެދިމާލަށް ބަލަން އިން ރަޔާލަށެވެ. ރިޔާޒުގެ މޫނުން ފެނުނު ނުރުހުމުގެ އަސަރުންވެސް ހަމައެކަނި އޭނާއެއީ ރިޔާޒް ރުޅި އަންނަ މީހެއްކަން އެނގުނެވެ. ރާބިޔާ އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވާއެކު ރިޔާޒް އަތުން އެކަން މަނާ ކޮއްލައިފިއެވެ. ހީވީ މާކުރިން އެކަމަށް ތައްޔާރު ވެގެން ހުރި ހެންނެވެ.

“ރިޔާޒް އަހަންނަށްވެސް އަހަރެންގެ ދަރިފުޅާއި ބައްދަލު ކުރުމުގެ ހައްޤު އޮންނަން ޖެހޭނެ..” މޫނަށް ދެރަވާ ކުލަ އަރުވާ ލަމުން ރާބިޔާ އެހެން ބުނެލީ ދުރުގައި ކޮޅަށްހުރި ރަޔާލަށް އަޑު އިއްވަން ވެގެންނެވެ.

“ކޮން ހަޔާތެއް ކުޑަ ވެގެން ކަލޭ ތިއުޅެނީ؟..” ނިއްކުރީގައި ހިފަހައްޓާލަމުން ރިޔާޒް ބެލީ ރުޅި މަޑު ކުރެވޭތޯއެވެ.

“ހަޔާތް ކުޑަ ވެގެނެއްނު ރިޔާޒަށް ދަރިއެއް ވިހާފަ އެހުރީ..” އެހެން މީހަކަށް އަޑު ނީވޭނެހެން ރާބިޔާ އެހެން ބުނިއިރު އޭނާގެ މޫނުމަތީގައި ވީ ނުބައި ހިނިތުން ވުމެކެވެ.

“މިތަނުން ދާނީތަ؟ ނޫނީ އަހަރެން ޕޮލިހުންނަށް ގުޅަން ވީތަ؟” އަޑުގައި ނެތްތަނަށް އެހެން ކިޔާފައި ހަޅޭއްލަވައި ގަނެވުނު އިރުގައި ރިޔާޒްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

“ބައްޕާ..” އާމިރާ އަދި ޝަބީންއާއިއެކު ރަޔާލް އައިސް ރިޔާޒްގެ ފުރަގަހުން ހުއްޓެމުން ގޮވާލިއެވެ. ވަގުތުން އަރާފައިވާ ރުޅިވެސް ރިޔާޒް ހަނދާން ނެތުނު ކަހަލައެވެ. ހިނިތުން ވެލަމުން ބަލާލިއިރު އެލޮލުގައިވި ކަރުނަތައް ކިތަންމެ ރަނގަޅަށްވެސް އެމީހުނަށް ފެނުނެވެ. އާމިރާ ވަގުތުން ރަޔާލްގެ އަތުގައި ހިފަހައްޓާލެވުނި ރާބިޔާ ފެނުމުންނެވެ. ލޯބިވާ ދަރިފުޅު ބީވެގެން ދާކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ދަރިފުޅާ.. ރަޔާލް.. ރަޔާލްދޯ ކިޔަނީ” ރާބިޔާ ފާޑަކަށް ރިޔާޒްގެ މޫނަށް ބަލާލަމުން ބުނެލައިފިއެވެ. ކުރިން ތަންކޮޅެއް ބާރަށް ރަޔާލްއޭ ބުނެފައި ވުމުން ރާބިޔާއަށް “ރޫބީ” އެނަން ބަދަލު ކޮއްފައިވާކަން ފާހަގަ ކުރެވުނެވެ. ރާބިޔާ އެހެން ގޮވާލުމުން ރަޔާލް ބަލާލީ އާމިރާގެ މޫނަށެވެ. ހީވަނީ އާމިރާގެ މޫނުން އޭނާއަށް އެވަގުތުގައި ޖަވާބު ހޯދަން އުޅުނު ހެންނެވެ.

“ދަރިފުޅާ މީ މަންމައޭ… ބަލަ ދަރިފުޅު ގެންގުޅުނީ މަންމައޭ..” ރާބިޔާ ގޭތެރެއަށް ދެމިގަންނަމުން އައިސް ރަޔާލްގެ ކޮލުގައި ފިރުމާލައިފިއެވެ. ނަމަވެސް އެކަމުން އޭނާއަށް ވީ އުނދަގުލެވެ. ދުރަށް ޖެހިލަމުން ރާބިޔާ ފިރުމާލިތަން ފުހެލައިފިއެވެ. ރަޔާލް މިހެން ހަދާލަމުން ރިޔާޒް އިސްދަށަށް ޖަހާލީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. އިސްޖަހާލުމާއެކު ލޮލުގައިވި ހުރޮހާ ކަރުނަތައް ފައިބައި ގަނެއްޖެއެވެ.

“ބައްޕާ އެއީ ކާކު؟..”އަހަން ނާހަން އިނދެފައިވެސް އެންމެ ފަހުން ރަޔާލް އަހާލައިފިއެވެ. ރަޔާލް އެ ސުވާލު ކޮއްލުމުން ރާބިޔާ ވަގުތުން ރިޔާޒަށް ބަލާލަމުން ހީލައިފިއެވެ. ހީވީ އޭނާ ބޭނުންވި ކަންތައް ވި ހެންނެވެ.

“މަންމަ އަންނާނަން ފަހުން..” އެހެން ބުނަމުން ރާބިޔާ ހިފާލީ ރަޔާލްގެ އަތުގައެވެ. އަދި މަޑުމަޑުން ފިއްތާލަމުން އެގެއިން ނިކުންނަން ހިނގައި ގަނެއްޖެއެވެ.

ގެއިން ނިކުމެގެން ދިޔަ ރާބިޔާއަށް ބަލަންއިން ރަޔާލް ދެންވެސް ބަލާލީ އޭނާގެ ބައްޕަގެ މޫނަށެވެ. ރިޔާޒް އެނަޒަރުން ރެކެންވެގެން މޫނު އަނބުރާލަމުން ގެއިން ނިކުމެގެން ރާބިޔާގެ ފަހަތުން ހިނގައި ގަނެއްޖެއެވެ. އާމިރާ އެއީ ކާކުކަން ކިޔާ ދޭނަމޭ ބުނުމުން ރަޔާލް ވަރަށް ފަސޭހައިން އެތަނުން ދާން ހިނގައި ގަނެއްޖެއެވެ. ރިޔާޒް ފިޔަވަޅުތަކަށް ބާރު ލަމުން އައިސް ރާބިޔާއާއި އަރާ ހަމަ ކުރިއިރު އެމޫނުގައި ވި ވިހަ ހިނިތުން ވުމުން ރިޔާޒްގެ ރުޅި ވީ ހައްތަހާ އިތުރެވެ. ދެންމެ ގޭގެ ދޮރުމަތިން ފެނުނު މީހާއޭވެސް މިހާރު ނުބުނާނެއެވެ. ކުރިން ރަބަރު ޖަހާ އައްސާލާފައިވާ އިސްތަށިގަޏޑު ވަނީ އެއްކޮށް ދޫކޮއްލާފައެވެ. ދެ އިނގިލީ ކުރިން ހިފަހައްޓާލައިގެން އިން ސިގިރޭޓް ދަމާލާ ގޮތުން ފިރެހެނަކަށް ދުލެއް ނުކުރެއެވެ. އެހާވެސް ފަރިތައެވެ.

“ކިހިނެއް ވީ؟” ފަހަތުގައި ހުރި ރިޔާޒް ފެނުމުން ދުންތައް ދޫކޮއްލަމުން ރާބިޔާ ބުނެލައިފިއެވެ.

“ކަލޭ އަހަރެންގެ ދަރިފުޅާ ކައިރިވިއަސް ނިމުނީ.. އަހަރެންގެ މި ދެއަތުން ވަޅުލާނީ..” ނޭފަތް ދަމާލަމުން އެހެން ބުނެފައި ރިޔާޒް ހިނގައިގަތީ ގެއާއި ދިމާލަށެވެ.

“އަހަރެން ނުދާނަން.. ކަލޭ ބަލާ ރޫބީ ހިފެހެއްޓޭތޯ؟..” ރާބިޔާ އެހެން ބުނި ގޮތުން ރިޔާޒްގެ ހިނގުމަށް ހުއްޓުމެއް އަތުވެއްޖެއެވެ.

“ރޫބީއެއް ނޫން.. ރަޔާލް.. ކަލޭ ހީކުރީ ކަލޭ ކުރި ނުބައި ކަންތައް ނޭނގޭ ކަމަށްތަ؟ އަހަރެން ވަރަށް ރިތިކޮށް މިބުނީ އަހަރެންގެ ރަޔާއާ ފަސްފޫޓަށް ކައިރިވިކަން އެނގުނަސް ކަލޭ މަރާލާނަން..” އެހެން ބުނެފައި ހިނގައިގަތް ރިޔާޒް ދެން ފަހަތަށް އެނބުރި ބަލާވެސް ނުލައެވެ. މަޑުވެސް ޖެހިނުލާ އޭނާ ގެއަށް ވަދެފައި އެންމެ ފުރަތަމަވެސް ބަލާލީ ގޭތެރެއިން ރަޔާލް ފެނޭތޯއެވެ.

އެނދުގެ އެއް ފަރާތެއްގައި އިށީނދެގެން އިން ރަޔާލާއި އާމިރާ ފެނުމުން ރިޔާޒް ތިރިވެ ކަކުލުގައި އަތް ޖައްސާލިއެވެ. އާމިރާ ކިޔައިދެމުން ގެންދިޔައީ ރާބިޔާގެ ވާހަކައެވެ. ރާބިޔާގެ ސަބަބުން އޭނާއަށް ކުޑައިރުގައި ލިބުނު ގެއްލުމުގެ ވާހަކައެވެ. ރަޔާލްގެ ސިކުނޑިއަށް އޭގެ އެއްވެސް ވާހަކައެއް ވާހަކައެއް ވަންނަ ގޮތެއް ނުވިއެވެ. އެހާ ދުވަސް ފަހުން އަސްލު މަންމަ ފެނުމުން އޭނާހުރީ މަންމައާއި ވާހަކަ ދައްކަން ބޭނުން ވެފައެވެ. ނަމަވެސް އެއްޗެކޭ ބުނަން ނުކެރިފައި އިނދެވުނީ  ބައްޕަ ހިތްހަމަ ނުޖެހޭނެކަން އެނގޭތީއެވެ. އާމިރާ ހަމައެކަނި ސިއްރުކުރީ ރަޔާލަށް ލިބިފައިވާ ޖިންސީ ގޮތުން އަނިޔާތަކެވެ. ގައިގެ އެކި ތަންތަނުން ލަކުނުލައި ފެންނަން ނެތް ކަމުގައި ވިޔަސް އެހިތުގައި ފޮރުވިފައިވާ ބައިމާ ހިތްދަތިކަން ބޮޑުވާނެއެވެ.

ގޭގެ މަތީބައިގައި މައުވާއާއި ރަޔާލް ތިބީ އެކި ވާހަކަ ތަކުގައެވެ. ދެފައި ވައްކޮށްލައިގެން ލޮލުގައި ބޮޑު އައިނެއް އަޅައިގެން އިން ރަޔާލް ހީވަނީ އުމުރަށްވުރެ ޅަ ހެންނެވެ. މައުވާ ނަސޭހަތް ދެމުން ގެންދިޔައީ ތެރަޕީ ނަގަން ދިޔުމަށެވެ. ވަރަށް ނަސޭހަތަށްފަހު އެންމެ ފަހުން އެއްބަސް ވެއްޖެއެވެ. މައުވާ މިވަގުތުގައި ދާން ބުނުމުން ރަޔާލް ވަނީ ތައްޔާރު ވާށެވެ. ވަގުތުން މައުވާ ޔާސީނަށް ގުޅައި ކަންތައްތައް ހަމަ ޖެއްސުމަށް ބުނެލައިފިއެވެ. ރަޔާލް ނިކުތުމުގެ ކުރިން މައުވާވެސް ފޯނު ބޭއްވުމަށްފަހު ތިރިއަށް ދާން ހިނގައި ގަނެއްޖެއެވެ.

“ރެޑީ..” ދޮރުމަތީ ހުއްޓިގެންހުރި ރަޔާލް ފެނުމުން މައުވާ ހިނިތުން ވަމުން ބުނެލައިފިއެވެ. މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅު ކޮއްލަމުން ވަގުތުން ރަޔާލް ބޯ ޖަހާލައިފިއެވެ.

ހޮސްޕިޓަލަށް ވަދެގެންއައި ރަޔާލް ބަލަމުން ދިޔައީ އެއްވެސ ދިމާލަކުން ޔާސީން ފެނޭތޯއެވެ. އެގޭގައި ދިމާވި ހާދިސާއަށަފަހު އެއްވެސް ވަރަކަށް ޔާސީން ފެނިފައެއް ނުވެއެވެ. ރަޔާލަށް ޤަބޫލު ކުރެވިފައިވާ ގޮތުް އެހެންވާން ޖެހުނީ އޭނާގެ ސަބަބުންނެވެ. ތަނަކުންއެއްޗެއް ފެނުނަސް އޭނާއާއި އޭގައި އަތްލާކަށް ނުޖެހއެވެ.މައުވާގެ ފަހަތުން އައިސް އެތަނުގައި ހުރި ކޮޓަރިއަކަށް ވަންއިރު އޭނާ ހުރީ އަތްފައި ފިނިވެފައެވެ. ދޮރުމަތީގައި ހުރި އަންހެން ޑޮްޓަރ ފެނުމުން ކޮންމެވެސް ވަރަކަށް ރަޔާލް އިނީ ހިތްހަމަ ޖެހިގފައެވެ. އޭނާ އެއްވެސް ވަރަކަށް ޔާސީނަށް އޭނާގެ ވާހަކަތައް ކިޔާ ދޭކަށް ބޭނުމެއް ނުވެއެވެ. ބައެއްފަހަރު މީހަކު ދެކެ މާބޮޑަށް ލޯބިވުމުން އެމީހެއްގެ ހުރި އުނި ކަންތައް ދައްކާކަށް ބޭނުމެއް ނުވާނެއެވެ.

ޑރ. ފާތުމަތު ނަހުދާ އެންމެ ފުރަތަމަވެސް ހިއްސާ ކޮއްލީ ހިނިތުން ވުމެކެވެ. ޔާސީން އެދުމުގެ މަތިން ބައްދަލުވި ނަމަވެސް ރަޔާލް ފެނުމާއެކު އޭނާއަށްވެސް ޔާސީން ކިޔާދީފައިވާ ބައެއް ވާހަކަ މަތިން ހަނދާން ވެއްޖެއެވެ. ބަލިމީހުނާއި ވާހަކަ ދައްކާ އެކޮޓަރީގައި ކަނުގައި ކުޑަ ތަންކޮޅެއް ހަދާފައި ދޮރެއްލާފައިވަނީ ބިއްލރިޖަހާފައެވެ. ބިއްލޫރި ގަނޑުގެ އަނެއް ފަރާތް ފެންނަން ނެތުމުން ރަޔާލް ބަލަން ހުރީ އޭނާގެ އަމިއްލަ ސޫރައަށެވެ. ފަޔަށް ދޫކޮއްލާފައިވާ ބޮޑު ހަރުވާޅުން އޭނާ ހީވަނީ ނިދާ ހެދުމެއް ލައިގެން ހުރި ހެންނެވެ.

“ރަޔާލް..”  ނަހުދާ ގޮވާލުމުން ސިހިފައި ރަޔާލް ބަލާލައިފިއެވެ. މައުވާއާއި ރަޔާލް ކައިރީގައި މަޑު ކުރުމަށް ބުނެފައި އޭނާ ގޮސްވަނީ ބިއްލޫރިން ހަދާފައިވާ އެކުޑަ ކެބިންގެ ތެރެއަށެވެ.

“ޔާސީން.. ޝީ އިޒް ހިއަރ..” ބިއްލޫރި ގަނޑުގެ އަނެއް ފަރާތުން ފެންނަމުން ދިޔަ ރަޔާލަށް ބަލަންއިން ޔަސީނާއި މުހާތަބުކޮށް ނަހުދާ ބުނެލިއެވެ. ޖަވާބުގައި ޔާސީން ޖަހާލީ ބޮލެއެވެ.

“އަހަރެން ފެނުނިއްޔާ އެންމެ ވާހަކަ އެއްވެސް ކިޔައެއް ނުދޭނެ.. އައި ހޭވް އަ ރިކުއެސްޓް..” ޔާސީން އަދިވެސް ބަލަން ހުރީ ރަޔާލާއި ދިމާއަށެވެ.

“އަވަހަށް ބުނޭ…” ހިނިތުން ވެލަމުން ނަހުދާ ބުނެލައިފިއެވެ.

“އައި ވޯންޓް ޔޫޓު ޓްރައި ހިޕްނޯސިސް އޮން ހަރ… ޕްލީސް..” ޔާސީން މޫނު އަތުން ފުހެލަމުން ނަހުދާއަށް ބަލާލި އާދޭސް ކުރާކަހަލަ ގޮތަކަށެވެ.

އެތެރޭގައި ހުރި ކެބިންއިން ނިކުމެގެން އައި ނަހުދާ އިޝާރާތް ކޮއްލީ އެތާނގައި ހުރި ސޯފާއަށެވެ. ރަޔާލަށް ހިޕްނޯސިސްގެ މައުލޫމާތު ދިނުމަށްފަހު އޭނާއަށް އިތުބާރު ކުރުމަށް ބުނެލިއެވެ. ބައެއް ފަހަރު ހިޕްނޯސިސްގައި ފެންނަ ހުރިހާ ކަންތައް ތަކަކީ ތެދު ނޫންކަމަށްވެސް ބުނެލިއެވެ. މައުވާ ބޭރުގައި މަޑު ކޮއްލުމަށް ބުނުމުން އޭނާ ނިކުތީ ބޭރަށެވެ. ބާރަށް ތެޅެމުންދިޔަ ހިތާ އެކުވެސް ސޯފާއަށް ފައި ނަގައި އޮށޯވެލައިފިއެވެ. ދުރުގައި އެމަންޒަރު ބަލަންހުރި ޔާސީން ހިންދިރުވާލަމުން ކަރުކެހިލީ ހިތްދަތި ވުމުންނެވެ. މަޑުމަޑުން ނިދީގެ ތެރެއަށް ރަޔާލް ދިއުމުން ޔާސީން އެތަނުން ނިކުމެގެން އައިސް ކޮޅު ކަކޫ ޖަހާލަމުން އިށީނީ ސޯފާގެ ކައިރީގައެވެ. ނަހުދާ ބުނަމުން ދިޔައީކުޑައިރުގެ އެންމެ ފަހުން ހަނދާން ހުންނަ ވާހަކަތައް ކިޔާ ދިނުމަށެވެ.

“ރޫބީ…” ހިން ދިރުވާލަމުން ޔާސީން އެހެން ގޮވާލުމުން ރަޔާލްގެ މޫނަށް ހަދާލި ގޮތުން ނަހުދާ އޭނާގެ ނޯޓް ފޮރުގައި ލިޔަން ފަށަމުން ރިކޯޑަރ ޖައްސާލައިފިއެވެ.

“ރޫބީ… ރޫބީއަށް ކިތައް އަހަރުތަ؟..” ރަޔާލްގެ ފިނިވެފައިވާ އަތުގައި ހިފާލަމުން އެއަތަށް ބާރު ކޮއްލައިފިއެވެ.

“ރޫބީއަށް 8 އަހަރު..” ރަޔާލް މައުސޫމްކޮށް އެހެން ބުނުމުން ޔާސީންގެ މެޔަށް ފިނިވެގެން ހިނގައްޖެއެވެ.

“އޯ.ކޭ.. އެހެމް..” ދެތިން ފަހަރު ކަރު ކެހިލަމުން ޔާސީން އަޑު ރަނގަޅު ކޮއްލައިފިއެވެ.

އެކި ވާހަކަތައް އަހަމުން ގޮސް ވާރެއާއި ބެހޭ ގޮތުން ޔާސީން އަހާލައިފިއެވެ. ލަސްލަހުން އަހާލި ނަމަވެސް ޔާސީންގެ އަޑުގައިވި ބިރުވެރިކަން ނަހުދާއަށް ފާހަގަ ކުރެވުނެވެ. އެތައް އިރެއްގެ ހިމޭންކަމަށްފަހު ރަޔާލްގެ ގިސްލުމުގެ އަޑު އިވުމުން ޔާސީން އެމޫނަށް ބަލާލައިފިއެވެ.

“ރޫބީ ބިރުގަނޭ…” މެޔާއި ދިމާލަށް އަތް ގެންގޮސް ކުރުގެޅިގަނެގެން އޮތް ރަޔާލް ފެނުމުން ޔާސީން ތެދުވެލަމުން އެ ދެއަތުގައި ހިފާ ދުރުކޮއްލީ އެއްވެސް ކަމެއް ނުވާނޭ ބުނަމުންނެވެ.

“ކީއްވެ ރޫބީ ބިރު ގަންނަނީ؟” ޔާސީން ކެތްތެރިކަން ކޮޅުން ލާފަދަ ގޮތަކަށް އަހާލައިފިއެވެ.

“ރޫބީ މިއިނީ ވާރޭ ތެރޭގަ…” ފިނިވެގެން ތުރުތުރު އަޅަމުން ދިޔަ އަޑުން ރަޔާލް ބުނެލިއެވެ. ހީވަނީ އެއަނިޔާތަކުގެ ތެރެއަށް އަނެއްކާވެސް ދެވުނު ހެންނެވެ.

“ރޭގަނޑުތަ ރޫބީ ވާރޭގަ ތިހުރީ..” ރަޔާލް  ބޯޖަހާލުމުން ނަހުދާއާއި ޔާސީނަށް އެއްފަހަރާ އެކަކު އަނެކަކުގެ މޫނަށް ބަލާލެވިއްޖެއެވެ.

“ވަރަށް ފިނިވޭ ކޮއްކޮއަށް… ބޭބޭ ކޮއްކޮގެ ފަޔަށް ތަދުވޭ.. ކޮއްކޮގެ ފައި ދުރު ނުކުރޭ..” ރޮމުން ދެފައި ޖައްސާ ބާރު ކުރަމުން ދިޔަ ކުއްޖާ ފެނުމުން ޔާސީން ވަގުތުން ތެދުވެއްޖެއެވެ.

“ޔާސީން ވެދާނެ ރަޔާލް އެ މެމޮރީސްތައް ބްލޮކް ކޮއްލީ ކަމަށް.. އެއީ ކަންނޭނގެ ރަޔާލް ކުރިއަށް ދާން ބޭނުންވި ގޮތަކީ…” ނަހުދާ އެވާހަކަތައް އަޑުއެހުމަށްފަހު އޭނާއަށް ފެންނަ ގޮތް ހާމަކޮއްލިއެވެ.

“ވޭކް ހަރ…” އެހެން ބުނެފައި އެތަނުން ނިކުމެގެން ދިޔަ ޔަސީން މަޑުވެސް ޖެހިނުލައި ގޮސް ހުއްޓިލީ ހޮސްޕިޓަލް ދޮރުމަތީގައެވެ. ފުން ނޭވާތައް ބޭރު ކުރަމުން ގޮސް ފޯނު ނަގައި އޭނާ ގުޅައިލީ ޒުހައިރާއަށެވެ. ހިތުގައި އުފެދިފައިވާ އަލިފާންގަނޑު ނިއްވާލަން ކޮންމެހެންވެސް އޭނާ ބޭނުންވެއެވެ.

މިހުރިހާ ދުވަސްވިއިރު އޭނާ އެއްފަހަރުވެސް ފައިސަލްއަކީ އެހާ އަނިޔާވެރި މީހެއް ކަމަކަށް ހިއެއް ނުވެއެވެ. ޔާސީން ބޭނުންވީ އެތަނުން ވީހާވެސް ދުރަށް ދާށެވެ. ކާރަށް އަރާ އޭނާ މިސްރާބުޖެހީ ރަޔާލް މެންގެއާއި ދިމާއަށެވެ. އާމިރާގެ ފުށުން އަހަން ބޭނުން ވެފައިވާ ވަރަށް ބައިވަރު ވާހަކަތައް އެބަހުއްޓެވެ. ގޭގެ އެއްފަރާތެއްގައި ކާރު ޕާރކު ކޮއްލަމުން އޭނާ މަޑު ހިނގުމެއްގައި ދިޔައިރު ހިތް ހީވަނީ މޭފަޅާފައި ނިކުމެ ދާނެ ހެންނެވެ. އަހަން ކެރޭނެ ބާއޭ އެތައް ފަހަރަކު އޭނާގެ ހިތް ބުނަމުން ދިޔައެވެ. ރިފާއު ފެނުމުން އޭނާއަށް ފުރަތަމަވެސް އަހާލެވުނީ އާމިރާ ކޮބައިތޯއެވެ. ޔާސީންގެ އޮއްސިފައިވާ މޫނު ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ރިފާއުއަށް ނަގައި ގަނެވިއްޖެއެވެ. އާމިރާ ކޮޓަރިއާއި ދިމާލަށް އިޝާރަތް ކޮއްލަމުން ޔާސީންގެ ފަހަތުން އޭނާވެސް ހިނގައި ގަނެއްޖެއެވެ.

ދޮރުގައި ޖަހާލި ޔާސިންގެ އަތް ތުރުތުރު ލިތަން ރިފާއު ކޮނޑުގައި އަތް ޖައްސާލަމުން ކިހިނެއް ވީތޯ އަހާލީ އޯގާތެރި ކޮށެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ޔާސީން ހުރީ ދެރަވެފައެވެ. އެލޮލުން ފެންނަން ހުރި ވޭން ބަޔާން ކޮއްދޭންވެސް އިތުރު މީހަކަށް ނޭނގޭހާވެއެވެ. އުމުރުން އެހާވަރު ވެފައި ހުރިއިރު ފުރަތަމަ ފަހަރަށް ކުއްޖަކުދެކެ ލޯބި ވެވުނުއިރު އެކުއްޖާ ކައިރީގައި އެވާހަކަ ބުނެވޭނެ ގޮތެއްވެސް ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާ ހިތުގައި ޖެހެނީ ރަޔާލަށް އެހުރިހައި ކަމެއް ހަނދާން ވުމުން ވާނެ ގޮތެއް ހިތައް އަރާފައެވެ.

ދޮރު ހުޅުވާލީ އާމިރާއަށް ކުރިމަތިން ޔާސީން ފެނުމުން އަވަހަށް އެތެރެއަށް ވަނުމަށް ބުނެލިއެވެ. އޭރު ރިޔާޒްވެސް ފެންތައްޓެއް ތުނބުގައި ޖަހާލައިގެން ކުޑަދޮރު ކައިރީގައި ހުއްޓެވެ. ރިފާއުވެސް ވަދެގެން އައިތަން ފެނުމުން އާމިރާ ނިއްއަރުވާލަމުން ކިހިނެއް ވީތޯ އަހާލީ ރިފާއު ކައިރީގައެވެ. ނަމަވެސް ދެކޮނޑު އަރުވާލަމުން ރިފާއު ބުނީ ޔާސީން ކައިރީގައި އެހުމަށެވެ. އާމިރާ އެނދުގައި އިށީނުމަށްފަހު އެތަނުން ގޮނޑިއެއްގައި ޔާސީން ބައިން ދައިފިއެވެ. ޔާސީން ވިސްނަމުން ދިޔައީ އެވާހަކަ އަހާނެ ގޮތަކާއި މެދުގައެވެ.

“ޔާނު.. ކަމަކުތަ؟..” ހަމަހިމޭންކަން ފޫއަޅުވާލަމުން ރިޔާޒްވެސް އަހާލައިފިއެވެ. އަހާލައިފިއެވެ. ޖަވާބުގައި ޔާސީން ޖަހާލީ ބޮލެވެ. ނަމަވެސް ފަށާނެ ގޮތެއް ނޭނގުނެވެ. ހީވަނީ ދުލުގައި މީހަކު ހިފަހައްޓައިގެން ހުރި ހެންނެވެ.

“ދައްތަ މެންނަށް ކަމެއް ކުރެވުނީތަ؟ ޔާސީން ތިހެން އިސްޖަހައިގެން އިނަކަސް ދައްތައަކަށް ނޭނގޭނެ..” އަމިރާ އެހެން ބުނުމުން ޔާސީން އެންމެ ފަހުން އިސްއުފުލާ ބަލާލައިފިއެވެ. އަދި އަނގަ ހުޅުވާލާފައިވެސް އޭނާ އިސްޖަހާލީއެވެ.

“ރޫބީ… ދައްތާ ރޫބީގެ ހުރިހާ އެއްޗެއް އަހަންނަށް ކިޔާ ދީފާނަންތަ؟” ޔާސީންގެ ދުލުން އެނަން ބުނުމުން އާމިރާ ހީވީ ބިރުވެރި ވާހަކައެއްގެ ނަން އަޑު އިވުނު ހެންނެވެ. ރިޔާޒްއާއި ދެމީހުނަށްވި ގޮތް ފެނިފައި ޔާސީނަށް އަދިވެސް އެއްފަހަރު އެހެން އަހާލައިފިއެވެ. އާމިރާއާއި ރިޔާޒަށް އެނގިފައިވާ މިންވަރަށް ކިޔާދޭން ބުނުމުން އަމިރާ ދެންވެސް ބަލާލީ ރިޔާޒްގެ މޫނަށެވެ.

 

#     #     #    #     #

ޕޮލިސް ދެމީހުން ކުޑަކުޑަ ރޫބީ ގެނެސް ލިފަހުންވެސް އެކުއްޖާގެ އަނގައިން އެންމެ ލަފްޒެއްގެ ހިސާބުވެސް ނުނިކުމެއެވެ. ކޮޓަރީގެ ކަނަކަށްވަދެ ލައިޓް ނިއްވާލައިގެން އިނުން ނޫންކަމެއް އެކުޑަ ފުރާނަ ނުކުރެއެވެ. އާމިރާގެ އެތައް މަސައްކަތަށްފަހުވެސް ރޫބީ ވާހަކަ ދައްކާގޮތެއް ނުވިއެވެ. އާމިރާގެ އެދުމުގެ މަތިން މިފަހަރު ރިޔާޒްއާއި ދެމީހުން އެއްކޮށް ރޫބީގެ ކުރިމަތީގައި ހުއްޓިލައިފިއެވެ. ކޮޓަރީގެ ލައިޓް ޖައްސާލުމުން ރުބީ ވަގުތުން ދެލޯމަރާލައިފިއެވެ. ހީވަނީ ވަރަށް ގިނަ ދުވަހު އަނދިރީގައި އުޅެފައި ހުރުމުން އަލިވުމުން އުނދަގޫ ވިހެންނެވެ.  ރިޔާޒް ހުރީ ކޮޓަރީގެ ދޮރުމަތީގައި ޖީބަށް އަތް ޖަހާލައިގެންނެވެ.

“ރޫބީ…” އާމިރާ ވަރަށް ލޯބިން އެއިސް ތަށިގަނޑުގައި ފިރުމާލަމުން ގޮވާލައިފިއެވެ.

“އާ…. އާރރރ..” ކުޑަކުޑަ ރޫބީއަށް ހަޅެއްލަވައި ގަނެފައި ދުއްވައިގަތް ގޮތުން އާމިރާ އިތުރަށް ހާސްވާގޮތްވިއެވެ. އިސްތަށިގަނޑުގައި ހިފައި ދަމަން ފެށިގޮތުން ތަދުވީ އާމިރާގެ ހިތަށެވެ. ރިޔާޒް ދުރުގައި ހުރެފައި ކައިރިވެލާފައި ރޫބީގެ ދެއަތް އިސްތަށިގަނޑުން ނައްޓުވާލައިފިއެވެ. އަދި ވަރަށް ލޯބިން އެކުއްޖާގެ މޫނަށް ބަލާލައިފިއެވެ.

“ރޫ..ބީ..” ރިޔާޒް ލަސްލަހުން އެހެން ބުނެލުމުން އަނެއްކާވެސް ރޫބީގެ ހަރަކާތްތައް ހުރީ އެހެންނެވެ. ރިޔާޒް ދެންވެސް ހުރީ ހަމަޖެހިލައިގެންނެވެ. މި ވެގެންއުޅޭ ގޮތެއް ބަލަން އޭނާ ކިތަންމެ ހާވެސް ބޭނުންވެއެވެ.

“އެންމެ ރަނގަޅު.. ރަޔާލް… މީ ބައްޕަގެ ރަޔާލް..” އެހެން ބުނުމުން ވަގުތުން ރޫބީ މަޑު ޖެހިލައިފިއެވެ. އާމިރާވެސް އެތަން ފެނުމުން ފުންނޭވާއެއް ދޫކޮއްލަމުން ރަޔާލްގެ އަތުގައި ހިފާލައިފިއެވެ. ނަމަވެސް އެމީހުން އެހެން ހަދަން ފެށުމުން ރަޔާލް އުޅުނީ ހަޑި ވާވަރުންނެވެ. ދެމީހުން އެތަނުން ނިކުތީ ރޫބީ އެމީހުން ތިބުމުން އުނދަގޫވާތީ އުޅެން ފޭށުމުންނެވެ.

“އާމި އަހަންނަށް ހީވަނީ ރޫބީއަށް ނަމުން ގޮވީމަ ބިރުން އުޅޭހެން..” އެކޮޓަރި ފަހަނަ އަޅައި ދިއުމުން ރިޔާޒް އެހެން ބުނެލީ ހިޔާލެއްގެ ތެރޭގައި ހުރެއެވެ.

“އަނެއްކާ ބަލާބަ އެލޯބި އިސްތަށިކޮޅު ދެކެ ފޫހިވާތީ އުޅޭގޮތް..” އާމިރާވެސް ރިޔާޒްއާއި އެއްބައި ވެލަމުން ބުނެލިއެވެ.

“އަހަންނަށް ފެންނަނީ ރޫބީ ޑޮކްޓަރަކަށް ދައްކާލަން.. އެކަމަކު އެތަނުން ނުނި ކުންނަ އިރުގަ ވަކި ކިހިނެއް ހަދާނީވެސް..” ރިޔާޒް އޭނާއަށް ފެންނަ ގޮތް ހާމަކޮއްލިއެވެ.

އެކި ގޮތްގޮތުން މަސައްކަތް ކޮއްގެން ރިޔާޒް އެންމެ ފުރަތަމަ ބަދަލުކުރީ ރޫބީގެ ނަމެވެ. ނަން ބަދަލުކޮށް އިސްތަށިގަނޑު ކޮށާލި ފަހުން ކޮންމެވެސް ވަރަކަށް ރޫބީ ހަމައަކަށް އެޅުނެވެ. ނަމަވެސް މީހުނާއި ވާހަކަ ދައްކައެއް އެއްވެސް ވަރަކަށް ނޫޅެއެވެ. އަބަދުހެން ރޫބީގެ މަސައްކަތަކީ ޓެރެހުގައި އޯކިޑް ގަސް އިންދުމެވެ. އޭއީ އޭނާ އެންމެ ކުރާ ހިތުން ކުރާ މަސައްކަތެވެ. ރިޔާޒްގެ އެދުމުގެ މަތިން އޭނާގެ ރަހުމަތްތެރި ޑޮކްޓަރ އެއް ރޫބީއަށް ފަރުވާދޭން އައީ އެގެއަށެވެ. އެކި ޓެސްތައް ހަދަން ހޮސްޕިޓަލަށް ގެންދިއުމަށް ބުނުމުން އާމިރާއާއި ރިޔާޒް ކޮންމެވެސް ގޮތަކުން ރޫބީ އެތަނަށްވެސް ގެންދޮޔައެވެ. ނަމަވެސް ކޮންމެ ވަގުތެއްގައިވެސް ރޫބީ ބޭނުންވަނީ އާމިރާގެ އަތުގައި ހިފާލައިގެން އިންނާށެވެ.

ވިއްސާރަކޮށް އޮތް ދުވަހެއް ކަމުން ފުދޭވަރަކަށް މީހުންވެސް އައި.ޖީ.އެމް.އެޗް ތެރޭގައި އޮތެވެ. ޓެސްޓުތަކުގެ ނަތީޖާއަށް އިންތިޒާރު ކޮއްލައިގެން އިން އާމިރާގެ އުނގުގައި ރޫބީވެސް ވަރަށް ހަމަޖެހިލާފައި އޭރުގައި ހުއްޓެވެ. ވައިބާރުވެ ފުރަތަމަ ކެރި ޖެހުނުކަންވެސް ރޫބީއަށް އެނގުނު ފަދައެވެ. ބާރަށް ރޯން ފެށުމާއި އެކުއްޖާ ހަބަރުވެސް ހުސްވީ ހަމަ އެކިއެކީ ހެނެވެ.

 

#     #    #    #     #

އާމިރާ ވަކި ހިސާބަކަށް  ކިޔާފައި ހުއްޓަލުމުން ޔާސީން ބަލާލި އެމޫނަށެވެ. ލޯފުރި ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އާމިރާ އެތަނުން ތެދުވެގެން ހިނގައިގަތީ ކުޑަދޮރާއި ދިމާލަށެވެ. އެތަނުގައި ބަހައްޓާފައިވާ ފޮރޭމްއެއްގައިވަނީ ރަޔާލްގެ ކުޑައިރުގެ ފޮޓޯއެކެވެ. ކޮނޑާއި ހަމައަށް އަންނަ ވަރަށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި އެމޫނުގައިވި ހިނިތުން ވުމުން އާމިރާގެ ރުއިންވީ އިޔުރެވެ.

“އަހަރެންގެ ރަޔާލް ހުރީ ހަލާކު ކޮއްލާފައި އެމީހުން..” ރޮމުން ވާހަކަ ދެއްކި އާމިރާގެ އަޑު އިވުމުން ރިފާއުވެސް ހުރީ ހައިރާން ވެފައެވެ. ކުޑައިރުންސުރެ ރަޔާލް އެހެން ކުދިންނާއި ތަފާތު ވަރު އޭނާއަށްވެސް ފާހަގަ ކުރެވުނެވެ، ނަމަވެސް ކީއްވެކަން މިއެނގުނީ އަދި ކިރިޔާއެވެ.

“އެކި ގޮތްގޮތުން ޖިންސީ އަނިޔާ ދީފަ ހުރީ އަހަރެންގެ ދަރިފުޅަށް.. އެކަމް އެންމެ ބޮޑު ވަރު ނުވަނީސް އަހަރެންގެ ރަޔާލް އެތަނުން ފިލައިފި” އާމިރާ ދެންބުނި އެއްޗަކުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ޔާސީނަށް ލިބުނެވެ. ކޮންމެވެސް އެއްގޮތަކުން ރަޔާލް ސަލާމަތްވިކަން އެނގުމުން އޭނާ ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

“ނަސީބެއް ކަންނޭނގެ އެކުއްޖާ އެހުރިހާ ކަމެއް ހަނދާން ނެތްކަންވެސް..” ރިފާއުއަށް ބޭއިޙްތިޔާރުގައި އެހެން ބުނެލުމުން ޔާސީން އެކަން މަނާކޮއްލިއެވެ.

“ނޫން.. މިހާރު ރަޔާއަށް މާ އުނދަގޫ އެބަވެއެއްނު..” ތެދެކެވެ. ރަޔާލް ގިނައިން ފެއިންޓް ވުމާއި އެކު މައްސަލަތައް އެދިމާވަނީ އެކަމުގެ ސަބަބުންކަން އެމީހުނަށްވެސް ވިސްނުނެވެ.

” އަޅުގަނޑު ވަރަށް ބޭނުން ރަޔާއަށް ހެލްޕްވާން.. އެކަންކުރި މީހަކު ވެސް ހޯދަން ބޭނުން…” ޔާސީން އެހެން ބުނެލުމުން ރިޔާޒްމެން އެކަމާއި ވަރަށް އުފާވެފައި ވާކަން މޫނުމަތިން ފެނުނެވެ.

“އަސްލު ޔާނު ލައިކް ވޭދޯ ރަޔާއާ…” ރިފާއު އެހެން ބުނެލުމުން ޔާސީން ބަލާލީ ކުރިމަތިން އޭނާގެ ސޫރަ ފެންނަން ހުރި ލޯގަނޑަށެވެ. އާމިރާވެސް ޔާސީންގެ މޫނަށް ބަލަންހުރީ ދޭނެ ޖަވާބެއް ނޭނގޭނެތީއެވެ.

“ނޫން… އަހަރެން ހަމައެކަނި ސިމްޕަތީ ވަނީ..” ދޮރާއި ދިމާލަށް ވާގޮތައް ހުރި އެލޯގަނޑުން ފެންނަމުމްދިޔަ ރަޔާލްގެ މޫނަށް ބަލާލަމުން ޔާސީން އެހެން ބުނެލީ އެއްވެސް ޝައުޤެއް ނެތިއެވެ. ރަޔާލްގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަތައް އޭރު ކިތަންމެ ހައިވެސް ރަނގަޅަށް ޔާސީނަށް ފެންނަމުން ދިޔައެވެ.

ނުނިމޭ

 

 

 

 

5

11 Comments

 1. Aaran

  February 16, 2017 at 5:41 pm

  guys 7th part 🙂

 2. Addu manje

  February 16, 2017 at 5:53 pm

  Wow! Its awesome..

 3. *A

  February 16, 2017 at 6:02 pm

  mivaahaka up kohdheny week ge kon dhuvasthakehga??

 4. *A

  February 16, 2017 at 6:05 pm

  Vaahaka v reethi…

 5. Editor

  February 16, 2017 at 6:46 pm

  Test

 6. Brainless

  February 16, 2017 at 7:59 pm

  Varah reethi mi part ves..???
  Yaaseen dhn rayaal dheke sympathy vany eyy nubuney ekujja kihaa dheravaane…dhn buneba like ve eyy varah bodah..yaaseen thy varah rangalhu boy ekeynu..❤❤❤

 7. Ravi

  February 16, 2017 at 8:14 pm

  hehehe yea yaaseen just tell that to her ……anyways cant wait for next part ….ahvaskohlahchey

 8. poohbear

  February 16, 2017 at 8:36 pm

  Haadha lahey dhw mivaahaka gandu uplo0ad kuraaleh/

 9. Reader

  February 18, 2017 at 1:16 pm

  Koba adhives update kohlevey vareh nuveytha?

 10. Ravi

  February 18, 2017 at 5:28 pm

  Aranuuuu kohbaithah next part ….avas koh dheebah!!!!

 11. Aysha

  February 21, 2017 at 2:50 pm

  Vrh salhi…… I luv it!!!!!!
  ????

Comments are closed.