މެހެކް އަވަސް އަވަހަށް އަތްދަބަހުން އޭނާގެ ފޯން ނެގިއެވެ. ނަމަވެސް ގުޅަމުން ދިޔައީ އިވާން އެވެ. އެ ނަން ފެނުމާއެކު މެހެކްގެ މޫނު މައްޗަށް ވެރިވީ ނުތަނަވަސްކަމެވެ. ވީ ދެރައިން ފޯން ކެނޑެންދެން ބަލަން އޭނާއަށް ހުރެވުނީއެވެ. ދެން ފޯން “ސައިލެންޓަށް” ލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި ބާއްވާލިއެވެ. އަނެއްކާވެސް އޭނާ ގޮސް އެނދުމަތީގައި އޮށޯއޮވެލިއެވެ. އިވާން އެ ގުޅަނީ ވީ ގޮތެއް ބަލަންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ ފޯން ނަގައިގެން އޭނާ ކިޔާނީ […]
މައްސަލައަކީ ރޭ ޔާނު މެސެޖް ކުރި ވާހަކަ ނުބުނެވުން ހެއްޔެވެ؟ އަނެއްކާ ހައިކަލް އަހަރެންނާ ޔާނު އާ ދޭތެރޭ އެހެން ގޮތަކަށް ވިސްނަނީހެއްޔެވެ؟ އަހަރެން ބާރަށް ހައިކަލް ފަހަތުން ނިކުތީމެވެ. ” ހައިކް… އައި އޭމް ސޮރީ..” ދުވެފަ ކަހަަލަ ގޮތަކަށް ގޮސް ހައިކަލްއާ އެއްވަރު ކުރަމުން އަހަރެން ބުނީމެވެ. ހައިކަލް ކުޑަކޮށް މަޑުކޮއްލާފަ އަހަރެން އަތުގަ ހިފާލިއެވެ. ” ޔޫ ބޯތު ހޭވް އަ ޕާސްޓް.. ވިޗް ވިލް ނެވާރ ބީ ފޮގޮޓެން.. އައި އޭމް […]
ޔާނިޝްއަށް އެރީތި ކުއްޖާ ފިޔަވައި އިތުރުމީހަކު ފެންނަހެންވެސް ހީނުވެއެވެ. “މީ ރައު…… އަހަރެންގެ ވާންއުޅޭ އަނބިމީހާ…….” ޔާނިޝް ސިހުނީ އަޔާންގެ އަޑަށެވެ. އަޔާންގެ އަތުގައި ހިފާލައިގެން ހުރި ރައުފާ ދަށްކާލަމުން އަޔާން ވާހަކަ ދެއްކިއެވެ. ހިނިތުންވެލަމުން ޔާނިޝް ރައުފާޔާ ސަލާމް ކޮއްލިއެވެ. ޔާނިޝް އެބުރި ބަލާލިއިރު އެރީތި އަންހެން ކުއްޖާ ފެންނާކަށްނެތެވެ. ޔާނިޝް އެކިދިމަދިމާލަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ފެންނަގޮތެއްނުވިއެވެ. ގޯތިތެރޭ އަތުރާލެވިފައިވާ ގޮނޑިތަކުގައި ޔާނިޝް އަދި އަޔާން ތިބީ ކޮފީބޯށެވެ. އެކިވާހަކަތައް ދެއްކުމުގައެވެ. ޔާނިޝްގެ ނަޒަރު […]
އަހަރެން ރަކި ހިނިތުންވުމެއް ހައިކަލްއަށް ހަދިޔާ ކޮއްލީމެވެ. އެވަގުތު ފޯނަށް ވައިބާ މެސެޖެއްއައެވެ. ” ކާކު މިހާރު ޔަލްއަށް ވައިބާރ ކުރަނީ” ހައިކަލް ސުވާލު ކޮއްލިއެވެ. ” ނޭންގެ” އޭ ބުނެލަމުން އަހަރެން އަތް ދަބަހުން ފޯނު ނަގާ މެސެޖް ކުރީ ކާކުތޯ ބަލާލީމެވެ. ” އައި އޭމް ސޮރީ… އެއްގޮތަކަށްވެސް މީން ކޮއްފަ ކީ އެއްޗެއްސެއް ނޫން އެއީކީ.. ޔަލް ހަގުކޮށްގެން ހުރި ގޮތުންވެސް އަހަރެންނަށް އިހްސާސްވި ޔަލް ތިއްތިދެކެ ލޯބިވާވަރު.. އަހަރެން ހިތަށް އަސަރުކުރީ […]
….. 5 މަސް ފަސް.. 5 މަހުގެ ބަނޑަކާއި އެކު ސުމާ އަށް ކުރިން އުޅޭހެން އުޅެން ވީ އުނދަގުލަކަށެވެ. އަބާޔާގެ ބަދަލުގައި ގަޔަށް ދޫކޮށް ހުންނަ ކަކުލާއި ހަމާއަށް އަރާ އެއްޗެހި ލާންފެށީ އޭނާގެ ފަސޭހައަކަށެވެ. ހެދުން ދޫކޮށްލިއެއްކަމަކު ބަނޑު އިންނާތީ އިންނަނީ ފިޓްކޮށެވެ. ޔާއިން ކޮންމެ ދުވަހަކުވެސް ބަނޑުގައި އަތްލާފައި ކޮއްކޮއާއި ވާހަކަދައްކާ ހަދައެވެ. އެއްދުވަހެކެވެ. ދުވަސްވަރަކީ ސުކޫލު ބަންދު ދުވަސްކޮޅުކަމުން ޔާއިންވެސް ސުކޫލަކަށް ނުދެއެވެ. މާރިޔާ އޭރުވީ މާހާމެން ގެއަށް ގޮހެވެ. […]
ނަމަވެސް އޮފީހުން ލިބުނު ކޯ ހެއްގައި ދެ އަހަރު ދުވަހަށް އަޔާނީ އާ ދުރައް ދާން ޖެހުމުން އަހަރެން ވެސް ވަރަށް ދެރަ ވި އެވެ. އަޔާނީ ރުޔެވެ. އަހަރެން އޭނަގެ އޮމާން ޖަންބެއް ފަދަ ރީތި ކޯތާ ފަތް ތެތް މަމުން ދިޔަ ކަރުނަ ތައް އަމިއްލަ އަތުން ފޮހެ ދެމުން އަހަރެންގެ ގަޔާލައި ބޮނޑި ކޮށް ލީމެވެ. ދެރަ ނުވުމަށް ބުނަމުން ނެވެ. ދެ މީހުން ކިތައްމެ ދުރުގައި ތިބެން ޖެހުނު ކަމުގައި ވިޔަސް […]
އަަހަރެން ހުރީ އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންވާ މޫޑެއްގަ ނޫން ކަމުން އެހެން ބުނެލާފަ އަހަރެން ފޮށިހިފައިގެން ޗާޖަށް ޖަހާފަ އޮތް ފޯނު ނަގައިގެން ކޮޓަރިން ނިކުތީމެވެ. ” ޔަލް ދަނީތަ..” ނައީމާއްތަ ވެސް އަހަރެންނާ އެސުވާލު ކުރިމަތި ކުރުވިއެވެ. ދަނީ ކަމަށް ބުނެފަ އަހަރެން ފޮށިހިފައިގެން ބޭރަށް ނިކުތީމެވެ. ނަސީބުވެސް އަހަރެންނަށް އެހީވެދިނީއެވެެ. ނިކުތް ތަނުން އޮޓޯއެއް ލިބިއްޖެއެވެ. އޮޓޯއަށް އަރާފަ ފުރަަތަމަ އަހަރެން އޭޓީއެމް އަކަށް ގޮސް ލާރި ނެގީ މިވަގުތު އަތުގަ […]
އަނެއްކާ ހައިކަލް އިންޑިއާއަށް އައީ ހެއްޔެވެ. އަހަރެން ފަހަތް ބަލާލީ މީހަކު ހުންނާނެ ކަމަކަށް ނޫނެވެ. ފަހަތުގަ އަހަރެނަށް ބަލަހައްޓައިގެން މެދު އުމުރުގެ މީހަކު ހުއްޓެވެ. ހައިކަލް އަކީ މިހާ އުމުރުން ބޮޑު މީހެއް ކަމެއް ކުރިއަކުން އަހަރެންނަކަށް ނޭންގެއެވެ. ބޮލުގައާ ތުނބުޅީގަ ކޮންމެސް ވަަރަކަށް ނުރަ ޖަހާފަވިޔަސް އެ މޫނު މަތިން އަދިވެސް ޒުވާންކަން ފާޅުވާން ހުއްޓެވެ. ޔާނުއާ ވައްތަރު ގޮތެއް ހުރުމުން ހައިކަލްކަން އަހަރެންނަށް ޔަގީންވިއެވެ. ” ހައިކަލް” އަހަރެން ދުވެފަ ގޮސް ހައިކަލް […]