Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެޕާރޓްމަންޓް 4ބީ

shama shuaib
February 16, 2017
4 Mins Read
40 Views
14 Comments

ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެ ދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާ ކަމެކެވެ. އުމުރުން ނަވާރަ އަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮށްފައިވާ ފަރްހީންގެ ދުނިޔެ އަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ވހުރިހާ ވިސްނުމާ ފިކުރުތަށް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީންގެ ސަމާލުކަން ހުއްޓުނީ ހަތަރުވަނަ ފަންގިފިލާއިން އަޑެއް އިވުމުން އެދިމާލަށެވެ.

ތިންވަނަ ފަންގިފިލާގައި އުޅޭ ފަރްހީން ދުވެލައިފާ ސިޑިން މައްޗައް އެރިއިރު ވަރުގަދަ ބޮޑު މީހަކު އެޕާރޓްމެންޓް ބީ ޖަހާފައިވާ ގެއިން ނިކުންނަނީއެވެ. ނަމަވެސް ކޯރިއެއްފާޑު އެއްޗެއް ބޮލުގައި އަޅާފައި އޮތުމުން އެމީހާގެ މޫނު އެއްވެސް ވަރަކަށް ފެންނަ ގޮތެއްނުވިއެވެ. ހުޅުވިފައިވާ ދޮރުން ކުޑަކުއްޖަކު ބޯދިއްކޮށްގެން ހުރިއިރު އެގޭތެރެއިން މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ. ފަރްހީންގެ ހިތް ބާރަށް ތެޅެމުން ދިޔައިރު މިވަނީ ކީއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ފިލާހުރެ ވަމުންދާގޮތް ބަލަންހުރި ފަރްހީން ސިހުނީ ބަންލާފައި އެ ދޮރު ޖެހުމުންނެވެ. ހަމަ އެވަގުތު ބިރުނއ ވިރިވިރި ހުރި ފަރްހީންގެ ހިތުގެތެޅުން ދެގުނައަށް އިތުރުވީ އެގެއިން ނިކުތްމީހާ ފަރްހީން ފިލާހުރި ދިމާލަށް އަންނަން ފެށުމުންނެވެ. ފަރްހީން އޭނާގެ ދެލޯ މަރާލިއެވެ.

ގަދަ އަޑުފައްގަނޑަކާއެކު އެމީހާގެ ފޯނު ރިންގުވާން ފެށިއެވެ. އެއާއެކު އެމީހާ ފޯނު ނެގިކަން އިނގުނީ ހަލޯއޭ ބުނުމުންނެވެ.”އޭ..އާން. މިހާރަށް ހިފަހައްޓާ ލެވޭ ވަރު ކޮށްލައިފިން. ދެން ފާޑު ފާޑެއް ނުކުރެވޭނެ. އާނ މިދަނީ.” އަދިވެސް އެއްފަހަރު ފަރްހީން އިންދިމާލަށް ބަލާލަމުން އެމީހާގޮސް ލިފްޓަށް އެރިއެވެ. އެ ފޯނު އައީ ނަސީބަކުންނޭ ހިތާ ފަރްހީން ދުވަފްއި ގޮސް ގެއަށް ވަނެވެ. އޭރުވެސް ފަރްހީންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.

ގެއަށް ވަދެވުމާއެކު ސޯފާ މައްޗަށް ވެއްޓިގަތުމަށްފަހު ދެންމެ އެވީ ގޮތަކާ މެދު ފަރްހީން ވިސްނާލިއެވެ. އަނެއްކާ ބަޔަކު މީހުން އެ ކުޑަކުއްޖާ އަށް ގޮތެއް ހަދަނީކީ ނޫންބާއޭ އޭނާގެ ހިތަށް އެރިއެވެ. އެވަގުތު އެ ލޯބި މައުސޫމު މޫނު ތަސްވީރެއް ފަދައިން ފަރްހީންގެ ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. އެ ކުޑަކުޑަ ދެލޮލުން އިންތިހާ ދަރަޖައިގެ ވޭނާ ހިތާމަ ފެންނާން ހުރި އިރު އެ ތުން ފަތުގައި މަޑު ތުރުތުރެއް ވިއެވެ. ނިއްކުރި މަތި ދުޅަވެފއި ވީއިރު މުޅި މޫނު ހުރީ ރަތް ވެފައެވެ. އެ މަންޒަރު ހިތަށް ސިފަ ވުމުން ފަރްހީން ގެ ލޮލުން ކަރުނަ ހިލުނެވެ. އެވަގުތު އެ ގޭރެއިން އިވުނު މަޑު ގިސްލުންވެސް ހިތް ކަތިލާވަރު ވިއެވެ. އެކުއްޖާ އެތާ ހުރި އިރު ގޭތެރެއިން އެ އިވުނީ ކާކުގެ އަޑެއްކަމެއް ފަރްހީން އަކަށް ނޭންގުނެވެ. ގަޑި ބަލާލެވުމާއެކީ އޮފީސް މަތިން ހަނދާންވެ ހިޔާލްތަށް އެއްފަރާތް ކޮށްލަމުން ފަރްހީން ވަނީ ރީތިވާށެވެ.

އަށެއްޖެހިއިރު ފަރްހީން ހުރީ އޭނާ މަސައްކަތް ކުރާތަނުގެ ދޮރުމަތީގައެވެ. އޮރެންޖު ކުލައިގެ ކަކުލާ ހިސާބަށް އަރާ ހެދުމުގައި ބައްޓަންރީތި އެ ދޮން ހަށިގަނޑު ފެންނަލެއް ވަރަށޤ ފުރިހަމަ އެވެ. ލުއި މޭކަޕެއް ކޮށްފާވީއިރު އުނަގަނޑާ ހަމަޔަށް އޮންނަ އިސްތަށިގަނޑު އޮތީ އެންމެ ޒަމާނީ ގޮތަށޤ ހުޅިއެއްޖަހާފައެވެ. މަގުމަތިން ދާހާ މީހެއްގެ ނަޒަރު ފަރްހީން އަށް ހުޓެމުން ދިޔައިރު އެ ދެލޯ ހޯދަމުން ދިޔައީ ޝަމްހާންއެވެ. ދާދި ގާތުން މީހެއްގެ ހިލަންވިހެން ހީވެގެން ފަރްހީން ބަލާލއިރު ޝަމްހާން ފެނުމުން ހީލިއެވެ. ދެމީހުން އެއްކޮށް އޮފީސްތެރެއަށް ވަތް މަންޒަރު ބަލަން އެތަށް ބަޔަކު އަނގަނަގައިން ތިއްބެވެ. ވާނީ ވެސް އެހެންތާއެވެ. ބައިމަތި ފުޅާ ހަށިގަނޑެއް ލިބިފައިވާ ޝަމްހާންގެ ފުރިހަމަ ކަމަށް އެތަށްބަޔަކު ތައުރީފް ކުރެއެވެ. ކަޅުކަން ގަދަ ފަން އިސްތަށިގަނޑާ ހީލާއިރު ކޮލަށޤ އެޅޭ އަޑިކޮޅު އެހާވެސް ހިތްގައިމެވެ. އެހާގުޅޭ އެއްއުމުރެއްގެ ދެ ޒުވާނުން އެކުގައި ފެނުމުން އެންމެނަށްވެސް ވާނީ މިކަހަލަ ގޮތެކެވެ.

ހެނދުނުގެ ހާދިޘާ ކިތަންމެ ކިޔާދޭން ބޭނުންބި ނަމަވެސް އޮފީހުގައި ފަރްހީން ވެސް ޝަމްހާންވެސް ކުރަން ބައިވަރު މަސައްކަތް ހުރުމުން އެވާހަކަ ލަންޗް ގަޑީގައި ބުނުމަށް ނިންމައިން އެވަގުތަށް ދިމާވާން އެދުނެވެ. ޝަމްހާންވެސް އާނއެކޭ ބުނުމަށްފަހު މަސައްކަތް ފެށިއެވެ. ގަޑިން އެކެއްޖެހިއިރު ފަރްހީން އިނީ އެ އޮފީހުގެ މުވައްޒަފުން ކެއުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގައެވެ. ފޯނަށް ނަޒަރު ހުއްޓާލައިން އިން ފަރްހީން އިސްއުފުލާ ބަލާލިއިރު ކުރިމަތީ ގޮނޑީގައި އިށީންދެލައިން ޝަމްހާން އިނީ ފަރްހީންއަށް ނަޒަރު ހުއްޓާލައިންނެވެ.

“ހެއި. ފަރް. ކިހިނެއް ވީ އަނެއްކާ؟ ކޮންމެހެންވެސް މީޓް ކުރައްޗޭ ބުނީ؟ އިޒް ސަމްތިންގް ރޯންގް؟ އެންޑް އޮފީހުގަ އިން އިރުވެސް ޝަމްއަށް ފާހަގަ ކުރެވުން ފަރް މަސައްކަތަށް ސަމާލްކަން ނުދީ ކޮންމެސް ހިޔާލަކަށް ގެއްލިފަ އިންކަން.” އެ އިންގޮތަށް އިނދެ ޝަމްހާން ވާހަކަ ދެއްކިއެވެ. ކޮލެޖް ދުވަސްވަރުން ފެށިގެން އެކުގައި އުޅެމުން އައި މިދެއެކުވެރިން ހުރިހާ ވާހަކައެއްވެސް އެކަކު އަނެކަކާ ހިއްސާ ކޮށްއުޅެނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ފަރްހީންގެ މަންމަ މި ދުނިޔެއާ އަލްވަދާއު ކީ ދުވަހަކީ ޝަމްހާންގެ އަޅާލުމާ އޯގާތެރިކަން އިންތިހާއަށް ލިބުނު ދުވަހެކެވެ. އެދުވަހުގެ ފަހުން ފަރްހީންގެ ހިތުގައި ޝަމްހާންއަށް ހާއްސަ މަގާމެއް ވަނީ ދެވިފައެވެ.

“ނޭންގެ ކިހިނެއް ކަމެއް ފަށަން ވީކީވެސް. ވަރަށް އެހެންކަހަލަ ކަމެއް ދިމާވީ މިއަދު.” ހެނދުނު ވީހުރިހާކަމެއް އަލިފުން ޔާއަށް ފަރްހީން ކިޔާދިން އިރު އޭނާގެ ލޮލުން ކަރުނަ ހިލުވާލައިފިއެވެ.”އައި ޑޯން ނޯ. އެ ކުއްޖާގެ އެ ހިތާމަ ވެރި މޫނު ހަމަ ހިތަށް ސިފަވަނީ. ހަމަ ހިތަށް އަރަނީ އެމީހުން އެ ކުއްޖާއަށް ކީއްބާއޭ އެކުރަނީ. އެ ލޮލުގަވާ ވޭން.އާހް ދެން ނޭންގެ.” ފަރްހީން ގެ ހިތްވަނީ ހަމްދަރުދީ އިން ފުރިފައެވެ. ގޮތް ނޭންގޭ މި ކުއްޖާ ފަރްހީންގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ޓިޝޫއެއް ދިއްކޮށްލަމުން ޝަމްހާން ފަރްހީންގެ އަތުގައި ހިފާލިއެވެ.”ފަރް، ތިހާ ވަރަށް ނުވިސްނަބަލަ. އެ ވެދާނު އެވެސް ހަމަ ނޯމަލް ފެމެލީއެއް ކަމަށް. ދެން އާއިލާ ތެރޭގަ އަރައިރުން ވުންވެސް އޮންނާނެ ދޯ. އެ ވެދާނު އެ ކުއްޖާގެ ބައްޕަ ކަމަށް އެއީ. އެންޑް ތަނެއްގަ ޖެހިގެންވެސް ނިތްކުރި މަތި ދުޅަވެދާނު. އެންމެ ގޯސް ގޮތަށޤ ނުވިސްނަބަލަ.”

ފަރްހީންވެސް މޫނު ފުހެލަމުން ހިނިތުންވުމެއް ރައްދުކޮށްލި އެވެ. ނަމަވެސް ފަރްހީންގެ ހިތް ޝަމްހާން އެބުނި އެއްޗަކާ އެއްބަހެއް ނުވެއެވެ. ދެން ދިޔައީ ހަމަހިމޭން ވަގުތު ކޮޅެކެވެ. ދެމީހުންވެސް މަޑުން ތިބެ ކެއުމަށް އިންސާފު ކުރަމުން ދިޔައީ ވިސްނުމެއްގައި ތިބެއެވެ. އެހެންޏާ އަބަދުވެސް ކޮންމެސް ވާހަކައެއް ދައްކަދައްކާ އިންނަ ފަރްހީން އިނީ މުޅީން ހިމޭންވެފައެވެ. ކައި ނިމުމުން ބިލް ދެއްކުމަށް ފަހު ބަހެއް ބުނުމެއް ނެތި ބޭރަށް ދާން ފަރްހީން ހިނގައިގަތީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

ފަރްހީންއަށް ހުރެވުނުތަން ރޭކާލިއިރު ހުރެވުނީ ގޭ ދޮރުމަތީގައެވެ. އަވަސް ހަރަކާތާއެކު ފޯން ނެގުމަށްފަހު ޝަމްހާންއަށް ގުޅާލިއެވެ.”އޭ ޕްލީޒް ސާރ ކައިރީގަ ބުނެދީބަ ވަރަށް ބޮލުގަ ރިއްސާތީ ގެއަށް އައި ވާހަކަ.” ފޫހި ރާގަކަށް ވާހަކަ ދައްކަމުންދިޔަ ފަރްހީން ފޯން ބޭއްވިއިރު އެކޮޅުން ގެއަށް އައީހޭ ކިޔާ ޝަމްހާން ހަޅޭއްލަވާ އަޑު އިވެއެވެ. ނަމަވެސް އެޔަށް ޖަވާދު ދެވޭވަރަށްވުރެ ފަރްހީންގެ ސިކުނޑިވަނީ ހާސް ވެފައެވެ.  ސިޑިން އަރަމުން ދިޔައިރުވެސް ފަރްހީންއަށް ވިސްނެނީ އެ ހިތާމަވެރި ސޫރަޔާމެދުގައެވެ. އެ ވޭނުން ފުރިފައިވާ ގިސްލުމުގެ އަޑާ މެދުގައެވެ. ފަރްހީންގެ ގެއަށް ވަނުމުގެ ބަދަލުގައި އެންމެފުރަތަމަވެސް ހަތަރުވަނަ ފަންގިފިލާގެ އެޕާރޓްމަންޓް ބީ ބަލާލުމަށް އޭނާ އެރީ މައްޗަށެވެ. އަވަސް ވެަފައިވާ ނޭވާ އަކާއެކު އެގޭގެ ދޮރުގައި ފަރްހީން މަޑުމަޑުން ޓަކިދިނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ތަޅުގައި ހިފާ އަނބުރާލިއެވެ.

ތަޅުނުލާހުރި ދޮރު ހުޅުވިގެން ދިޔައީ ގަދަ އަޑެއް ކިޔާފައެވެ. ކަންމިހެން ވާނެކަމަށް އެއްގޮތަކަށްވެސް ފަރްހީން ހީކޮށްފައި ނެތުމާއެކު އޭނާ ދިޔައީ ސިހިގެންނެވެ. ފަރްހީން އިތުރަށް މާޔޫސް ވެގެން ދިޔައީ ހުސްކޮށްފައިވާ އެގެ ފެނުމުންނެވެ. މުޅިއެގެ ވަނީ ހުސްކޮށްފައެވެ. އަލަމާރިއެއް އެނދެއް އަދި މީހެއްގެ ހިލަމެއް ނުވާ އެގޭގެ އެތެރެއަށް ވަތް ފަރްހީންގެ ކޮނޑުގައި މީހަކު އަތްބާއްވާލުމާއެކު ސިހިފައި އެނބުރިލި ވަގުތު ފެނުނީ މުޅި އެބިލްޑިންގެ ވެރިމީހާއެވެ.”މުހައްމަދުބެ؟!!” ސިހުން ވީވަރުން ފަރްހީންއަށް އެހެން ގޮވާލެވުނީވެސް ތަންކޮޅެއް ބާރަށެވެ. ދެއަހަރު އެ ގޭގައި އުޅުނުއިރު މުހައްމަދުބެއާ ފަރްހީންގެ މެދުގައި ވަނީ ބައްޕަޔަކާ ދަރިއެއްގެ މެދުގައި އޮންނަފަދަ މަތިވެރި ލޯތްބެއް އުފެދިފައެވެ. “ދަރިފުޅާ މިތާކީއްކުރަނީ؟”

އެސުވާލަށް ޖަވާބުދިނުމުގެ ބަދަލްގައި ފަރްހީން އެގޭގައި އުޅުނު މީހުންނާ ބެހޭގޮތުން ސުވާލު ކުރިއެވެ. މުހައްމަދުބެގެ ފަރާތުން އިނގުނު ގޮތުގައި އެމީހުން އައީ އިއްޔަ ކަމަށާ ދާދި ދެންމެއަކު އެމީހުން އެގެ ދޫކޮށް އެހެންތާކަށް ބަދަލްވިކަންވެސް އިނގުނެވެ. ގޭގެ ދޮރުން ނިކުމެ ނިކުމެ ހުރި ފަރްހީންގެ ލޮލުގައި ދޯރި ނެގިފައިވާ ގަލަމަކާ ފޮތެއް އަޅާއިގަތެވެ. މުހައްމަދުބެއަށްވެސް ނޭންގޭނެހެން ފަރްހީން ފޮތް ހިފައިން ނިކުމެ އަވަހަށް ގޮސް ގެއަށްވަނެވެ. ގެއަށްވަދެ ހަމަނޭވާއެއްވެސް ނުލެވެނީސް ފަރްހީންއަށް ފޯނެއް އައެވެ. ވަރަށް މުހިއްމު ކަމަކު އޮފީހަށް ކޮންމެހެންވެސް އައުމަށް ބުނުމުން ފޮތް މޭޒުމަތީ ބޭއްވުމަށްފަހު އޮފީހަށްދާން މިސްރާބުޖެހިއެވެ. އޭރުވެސް އެފޮތްކިޔާހިތުން ފަރްހީންއަށް ހުރެވެނީކީ ނޫނެވެ. ހިތަށްއަރަމުން ދިޔައެވެ. ” އެއީ ކޮން ފޮތެއްބާވައެވެ..”

ނުނިމޭ

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shama shuaib

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (23)

Next

އިންތިޒާރުގައި ހުރިން (2)

Next
February 16, 2017

އިންތިޒާރުގައި ހުރިން (2)

Previews
February 16, 2017

ފިރިމީހާގެ ހައްޤުގައި (23)

14 Comments

  1. ❤mixoo says:
    February 16, 2017 at 8:43 am

    ooooh salhi ingey.. but can improve.
    when next part?

  2. Pinker says:
    February 16, 2017 at 9:50 am

    Very interesting!!!

  3. Shu says:
    February 16, 2017 at 10:31 am

    Varsh salhi……

  4. Cher says:
    February 16, 2017 at 1:13 pm

    Interesting..next part when up kurani??

  5. imagination says:
    February 16, 2017 at 2:20 pm

    in sha allah next part on saturday. thanks for all the lovely comments <3

    1. Maarsha says:
      February 16, 2017 at 3:55 pm

      Haadhalahun

    2. imagination says:
      February 16, 2017 at 8:53 pm

      week aku 2. ten ga ulheythive v time nuvey. week aku 2 madhu?

  6. Mary says:
    February 16, 2017 at 9:33 pm

    Aslu madhu ingey wyk aku 2 ep. Bt for u its ok and thanx lot for da nyc stry. Best of luck…..

    1. imagination says:
      February 16, 2017 at 10:21 pm

      thanks v bodah. aslu ik ingey. mee ves reader eh. gina faharah readers ah understand nuvaane. ekm u diidd. thanks again. hope others understand too. n vaguthu vehjeya week aku three. <3 <3

  7. Marsha says:
    February 17, 2017 at 9:37 am

    V dhuvas fahun esfiya ah vadheli thanun fenuny mi vaahaka… v salhi… medhu nukendi nimen dhen kiyaaleveyne kamah hykuran.. v nice beginning imagination.. looking forward for more

  8. Fathu says:
    February 17, 2017 at 10:53 pm

    Varah reethi. Week aku 2 parts vx OK. 10 ga vx ulhey iru v bodah samaal kan dheegen kiyavan vaane

  9. aysh says:
    February 19, 2017 at 1:56 pm

    vrh rythi…

  10. Book lover says:
    April 7, 2017 at 11:13 pm

    OMG!!!!!
    Haadha reethi ey mi vaahaka
    Thanks ingey Imagination!?

  11. Book lover says:
    April 7, 2017 at 11:15 pm

    Imagine liya vaahaka v creative !
    Thank you!!?

Comments are closed.

All Right Reserved!