Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (23)

shafu
February 16, 2017
9 Mins Read
97 Views
40 Comments

މަޑުމަޑުން ކޮޓަރިތެރެއަށް ވަން އިރު އޭނާގެ ދެފައި ތުރުތުރު އަޅައެވެ. ފެންނަމުން ދިޔަ މަންޒަރުން، ކޮންމެވެސް ކަމެއް ވަރަށް ގޯސް ވެއްޖެކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ވިސްނައިދެމުން ދިޔައެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ އެނދުކައިރީގައި ކުޑަކަކޫ މައްޗަށް ތިރިވެގެން އިން އާހިލް އަށެވެ. މެހެކް އަށް ފުރަގަހަށް ވާ ގޮތަށް އިންއިރު ކައިރީގައި ކުޑަ ދަބަހެއް ބަހައްޓާލާފައި ހުއްޓެވެ. އެވަގުތު މެހެކްގެ ހިތުގައި އުފެދުނު ހާސްކަމާއި އެކު ދެލޮލުން ކަރުނަ ފާއްދާލިއެވެ.

މުޅި ކޮޓަރިތެރޭގެ ރީތި ތަރުތީބުވަނީ ގެއްލިފައެވެ. އަލަމާރި ހުޅުވާލާފައި ހުރި އިރު ރީތިކޮށް ފަތް ޖަހާފައި ހުރި އަންނައުނުތައް ވަނީ އަލަމާރި ކައިރިއަށް އަޅާލާފައެވެ. އެނދުކައިރީގައި ހުރި، މޭޒުމަތީގައި ބަހައްޓާފައި ހުރި މާގަސްވެސް އޮތީ ތަޅުންގަނޑު މަތީގައި ތެޅި ކުދިކުދިވެފައެވެ.

ކޮޓަރީގައި ޖަހާފައި ހުރި ފަންކާގެ ވައި ޖެހެމުން ދިޔައިރު މުޅިތަނުގައި އެނބުރެމުން ދިޔަ ކަރުދާސްތައް ފެނި އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. ވަޔާއެކު ތެޅެމުން އައި ކަރުދާސްގަނޑެއް މެހެކްގެ ފައިކައިރިއަށް ވެއްޓުނެވެ. އޭނާ އެ ނަގާފައި ބަލާލިއެވެ.

އެވަގުތު ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހްސާސެއް އޭނާއަށް ކުރެވުނެވެ. އެއީ މިހުރިހާ ދުވަހު މެހެކް އާހިލްއަށް ފޮރުވަމުން ދިޔަ ސިއްރުގެ ހަޤީޤަތެވެ. އާއެކެވެ. އެއީ އާހިލްގެ ރިޕޯޓްތަކެވެ. އޭނާ އެ އެއްޗެހި ފޮރުވީ އަލަމާރީގެ އެންމެ އަޑިއަށް ލާފައެވެ. އާހިލް އެއެއްޗެހި އެ ބެލީއެވެ. މެހެކް ބުނުމުގެ ކުރިން ހަޤީޤަތް ހާމަވީއެވެ.

” އާހިލް”. ތުރުތުރު އަޅަމުން ދިޔަ އަތުން އާހިލްގެ ބުރަކަށީގައި މެހެކް އަތް ޖައްސާލިއެވެ. އޭރު އޭނާ ހުރީ ބިރުން ލަހާކުވާވަރު ވެފައެވެ.

އެވަގުތު އާހިލް މެހެކްގެ އަތް އޭނާގެ ގަޔާ ދުރުކޮއްލިއެވެ. މެހެކް އަށް ލިބުނީ ޝޮކެެކެވެ. މެއާއި ދިމާއަށް އަތް ގެނެސް ޖައްސާލެވުނެވެ. އޭރު އަވަސްވެފައިވާ އޭނާގެ ހިތުގެ ތެޅުން މެހެކް އަށް އިހްސާސްވަމުން ދިޔައެވެ.

“އަހަރެން ގައިގައި އަތްނުލާތި އިނގޭ”. ކުއްލިއަކަށް އާހިލް ބުނެލިއެވެ. އެއަޑުގައިވަނީ އަމުރުވެރިކަމާއި ހަރުކަށިކަމެވެ. ކުރަކިވެފައިވާ އާހިލްގެ އަޑުން ރޮއިފައި ހުރިވަރު މެހެކް އަށް ދެނެގަނެވުނެވެ.

މެހެކް އަކަށް ކެތެއް ނުވިއެވެ. އެތެރެ ހައްޓަށް ގިސްލެވެން ފެށުމާއެކު އޭނާ އަށް ބާރަށް ރޯން ފެށުނެވެ.

ދުވަހަކުވެސް އާހިލް އޭނާ އާއި ދޭތެރޭ އެގޮތަކަށް ކަންތަކެއް ނުކުރެއެވެ. ރުޅި އައިސްގެން ބަހެއް އެ ދުލުން ބުނި އަޑުވެސް އޭނާ އެ އެހީ ފުރަތަމަ ފަހަރެވެ.

” ކޮންކަމެއް ފޮރުވަން ތި ރޮނީ؟” އެއިންގޮތަށް އިނދެ ހަރުކަށި ރާގެއްގައި އާހިލް ކޮއްލި ސުވާލުން މެހެކްގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. އާހިލްގެ އަޑުގައިވި ރުޅިވެރިކަން އޭނާގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ. އޭރު މެހެކް ގެ ރުއިމުގެ އަޑު މަޑުމަޑުން ކޮޓަރިތެރޭގައި ހިފާލާފައި ހުއްޓެވެ.

” އާހިލް… ހެޔޮނުވާނެ.. ކީކޭ ތިކިޔަނީ.. ކާފަ އަށް ވެސް އަޑު އިވިދާނެ”. ރޮމުން ރޮމުން މެހެކް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އޭނާގެ އަޑުގައިވެސް ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.

” މެހެކް ހީކުރީ އަހަރެން މީ މޮޔައެއް ކަމަށްތަ؟. އަހަންނަށް އެކައްޗެއްވެސް ނޭނގޭނެ ކަމަށްތަ؟. ހުރިހާ ކަމެއް ވެސް އަހަންނަށް އެނގޭ”.

އާހިލްގެ ރުޅި ކޮންޓްރޯލެއް ނުވިއެވެ. އެއަޑު މިހާރު ކުރިއަށް ވުރެ ތަންކޮޅެއް ބާރެވެ.

” ދެން އިތުރަށް އަހަރެން ކެތް ކުރާނީ ކިހިނެއް؟” އާހިލް ގެ އަޑު ބެދެމުން ގޮސް ގިސްލުމަކަށް ބަދަލުވިއެވެ.

” އާހިލް އަހަންނަށް މަޢާފް ކުރޭ އެހެންވިއްޔަ”. އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ހުރި ނަމަވެސް، މައްސަލަ ހައްލުވޭތޯ އެންމެ ފަހުން ގޮތް ހުސްވެގެން މެހެކް އަށް ބުނެލެވުނެވެ.

” މަޢާފޭ.. ކިހިނެއް މަޢާފް ކުރާނީ..؟”.

” ބުނަންތަ ވާހަކައެއް. ރަނގަޅަށް އަޑު އަހާތި”. އާހިލް ހީވަނީ މެހެކް އަށް އިންޒާރެއް ދޭން ތައްޔާރުވި ހެންނެވެ.

” މެހެކް އަހަރެން މިދަނީ ދާން. ދެން އަހަރެން ބޭނުމެއް ނޫން އެންމެ ސިކުންތަކުވެސް މިތާ މަޑުކުރާކަށް. އަހަރެން ދިއުމަށް ފަހުގައި އަހަރެން ހޯދަން މަސައްކަތް ނުކުރާތި…”

” އަދި ބުނަންތަ؟ އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސާއި މެދު ފަރުވާ ބެހެއްޓޭނެ. ވަރަށް އަވަހަށް… ވަރިކޮއްދޭނަން އިރާދަކުރެއްވިއްޔާ”. އާހިލްގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލަމުން އެންމެ ފަހު ޖުމްލަ އިއްވާލިއެވެ. އަޑުގައި އެކުލެވިގެންވަނީ ރުޅިވެރިކަމާއި ހިތާމަވެރިކަމެވެ.

އާހިލްގެ ޖުމްލައިން މުޅި މީހާއަށް ވެރިވެގެންދިޔަ ހިމޭން ކަމާއި އެކު މެހެކް ގަނޑުވިއެވެ. އޭނާގެ ހިތުގައި ބާރުބާރަށް ހާސްކަމުގެ ވިންދް ޖަހަންފެށީ އޮބިނޯންނަ ވަރަށެވެ. އެއީ ތެދަކަށް ވެދާނެ ހެއްޔެވެ؟ މެހެކް އަށް އަޑު އެއިވުނީ ރަނގަޅަށް ހެއްޔެވެ؟ އެވަގުތު މޭގައި ހިތް ފިތޭފަދަ އިހްސާސެއް އޭނައަށް ކުރެވުނެވެ. މުޅި ހަށިގަނޑު ފިނިވެފައިވާ އިރު އެ ޖުމްލަ މެހެކްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

އާހިލްގެ ދުލުން އެބޭރުކޮއްލެވުނީ ކިހާވަރެއްގެ ޖުމްލައެއް ކަމެއް ޚުދު އޭނާއަށް ވެސް ނުވިސްނޭ ފަދައެވެ.

” އާހިލް ހެޔޮނުވާނެ..އަޑުއަހާބަލަ. ކޮބާތަ އަހަރެންގެ ކުށަކީ؟”. މެހެކް ދެފަރާތައް ބޯ ހޫރުވާލިއެވެ. އޭނާގެ ހިތަކަށް ކެތެއްނުވިއެވެ. އޭރު ހުއްޓުމެއް ނެތި ލޮލުން އޮހޮރެމުން ދިޔައީ ހޫނު ކަރުނަތަކެވެ.

” ކޮން އެއްޗެއް އަޑުއަހަންވީ. އަނެއްކާވެސް ރީތި ދޮގުތަކެއްތަ؟ ދެން ތިއަހަނީ ކުށަކީ ކޮބާހޭ.. ކުށަކީ އަހަންނަށް އޮޅުވާލުން.. އެހެން ނޫނަސް އަހަރެން ކަހަލަ ނިކަމެތި ބަލި މީހެއް ބޭނުންވާނީ ކާކު މިހާރު؟ ” އާހިލް ރޮމުން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

“އަހަރެން ބޭނުމެއް ނޫން އެކައްޗެއް ވެސް އަޑު އަހާކަށް”. ކަރުނައިން ފުރިފައި ވާ ދެލޮލުން ރުޅިވެރި ނަޒަރަކުން އާހިލް މެހެކްގެ މޫނަށް ބަލާލިއެެވެ.

އެއްއަތުން ދަބަސް ހިފާލައިގެން އާހިލް ނުކުން އިރު ކާފަ އިސްޖަހާލައިގެން ދޮރުމަތީގައި ހުއްޓެވެ. އެލޮލުންވެސް ހުއްޓުމެއް ނެތި ކަރުނަފައިބަމުން ދިޔައެވެ. ހީވާގޮތުން އާހިލް އަށް ވެގެން އުޅޭގޮތް ކާފައަށް އިނގެއެވެ. މަޑުމަޑުން އާހިލްގެ ފަހަތުން ކާފަވެސް ގެއިން ނުކުތެވެ.

އެވަގުތު މެހެކް ގައިން ވަރުދޫވެގެން ހުރިތަނަށް ތިރިވިއެވެ. ސުބްހާނަﷲ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އާހިލް އަށް އެހެން އެވީ ކީއްވެ ހެއްޔެވެ؟ މެހެކްގެ ކުށަކީ ކޮބާ ހެއްޔެވެ؟ އާހިލްގެ ބަލި ސިއްރު ކުރުން ހެއްޔެވެ؟ ނަމަވެސް އޭނާ އެކަންކުރީ ހަމަ އާހިލްއަށް ޓަކައި ނޫން ހެއްޔެވެ؟ އެވަރުގެ ކަމަކާ އާހިލް އޭނާ ދެކެ އެހާ ރުޅި އައިސްދާނެ ބާ އެވެ؟ ޖަވާބެއް ލިބެން ނެތް ސުވާލުތައް ހިތުގައި ފުނިޖެހެމުން ދިޔައެވެ.

ފިރިމީހާގެ ހައްޤުގައި އޭނާވީ ޤުރުބާނީގެ އަގު މިގޮތަށް ލިބިދާނެ ކަމަށް ދުވަހަކުވެސް އޭނާ ޚިޔާލަށް ވެސް ނުގެނެއެވެ.

” ނޫން ނޫން.  އެހެނެއް ނުވާނެ. އާހިލް އަހަރެން ދޫކޮށެއް ނުލާނެ. އާހިލް އަދި އަންނާނެ. މިރޭ އަންނާނެ”. މެހެކް އަށް ތުރުތުރު އަޅަމުން ދިޔަ، އޭނާގެ ތުންފަތުގައި އަތް ޖައްސާލައިގެން ހުރެ މަޑުމަޑުން ކިޔާލެވުނެވެ. އާހިލް ދިޔަ ކަމަށް އޭނާގެ ހިތެއް ޤަބޫލެއް ނުކުރިއެވެ. މޮޔައެއް ފަދައިން އޭނާ ދެކޮޅު ދެކޮޅަށް ހިނގަންފެށިއެވެ.

އިރުކޮޅެއް ނުވެ ފަޔަށް ލެވުނުހާ ބާރެއް ލާފައި އޭނާ ބޭރަށް ނުކުންނަން ދުއްވައިގަތެވެ. ނަމަވެސް ގެއަށް ވަންނަ ދޮރުން ފައި ބޭރުކޮއްލެވުނު ސިކުންތުގައި އޭނާ ފައި އެތެރެއަށް ވައްދާލިއެވެ. ކުއްލިއަކަށް އާހިލް ދެންމެ ބުނެލި ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމާލި ކަހަލައެވެ. މަޑުމަޑުން ހުރިތަނަށް އޭނާ ތިރިވިއެވެ. ދެކަކޫ ގެނެސް މެއާލާ ބޮނޑިކޮއްލިއެވެ. ކަކޫ މަތީގައި ބޯ އަޅާލުމާއެކު ގިސްލުމުގެ އަޑު ގޭތެރޭގައި ހިފާލިއެވެ.

ރޮއިރޮއި ވަރުބަލިވެގެން އެތަނުގައި އޭނާ އޮށޯއޮވެލިއެވެ. އަރިއަކަށް ވާ ގޮތަށް ބޯ ދަށައް އެއްއަތް ލައިގެން އޮވެ އޭނާ މަޑުމަޑުން ލޯ މަރާލިއެވެ. އޭރު ކަރުނަތައް ތަޅުންގަނޑު މައްޗަށް ފައިބަމުން ދިޔައެވެ. އެތައް އިރަކު އެހެން އޮވެގެން އޭނާ ރުޔެވެ.

ކުއްލިއަކަށް ސިއްސައިގެން ގޮސް މެހެކްއަށް ލޯހުޅުވާލެވުނެވެ. މަޑުމަޑުން އޭނާ ތެދުވިއެވެ. އަވަސްއަވަހަށް ސިޓިންރޫމްގެ ފާރުގައި ހަރުކޮއްފައިހުރި ގަޑިއަށް ނަޒަރު ހިންގާލެވުނެވެ. ގަޑިން މެންދަމުން އަލިވެ ދޭއް ޖެހީއެވެ. އެހާލުގައި ރޮނިކޮށް އޭނާއަށް ނިދުނީއެވެ. ހޮޑުލަވާ ކަހަލަ އިޚްސާސެއް އޭނާ އަށް ކުރެވެމުން ދިޔައެވެ. އޮވެވުނު ގޮތަކުން މުޅިގައިގެ އެތަން މިތާގައި ރިހުން ހުއްޓެވެ.

މުޅި ގޭތެރެއަށް މެހެކް ނަޒަރު ހިންގާލިއެވެ. މުޅިތަންވަނީ ފަޅުވެ ހަމަހިމޭންވެފައެވެ. ރޮއެރޮއެ ކަރަށް ތަދުވާ ވަރުން ހިންދިރުވާލަން އޭނާއަށް އުނދަގުލެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސްވަނީ ކޮޓަރިއަށެވެ. ދެން މަޑުމަޑުން އެނދުމަތީގައި އިށީއިނދެލިއެވެ. އާހިލްގެ ގައިގައި އާއްމުކޮށް އަޅާ ބެޑްޝީޓް ނެގުމަށް ފަހު އޭނާ މޭގައި ޖައްސާލިއެވެ. އެއިން ދުވަނީ އާހިލް އާއްމުކޮށް ޖަހާ ސެންޓްގެ މީރުވަހެވެ. އަނެއްކާވެސް މެހެކްއަށް ރޮވެން ފެށިއެވެ. އޭނާގެ ހިތުގައި ބަޔާން ކުރަން ނޭނގޭ ވަރަށް ވޭން އަޅަމުން ދިޔައެވެ.

ކަމަކާއި ދެރަވާ ކޮންމެ ވަގުތަކު އޭނާ އާހިލްގެ ކޮނޑުގައި ބޯ އަޅާލައިގެން ރޮއެވެ. ނަމަވެސް މިއަދު އޭނާ ބޯ އަޅާލާކަށް އެކޮނޑެއް ނެތެވެ. މޫނު ދެކެލަން ބޭނުންވި އާހިލްގެ އުފާވެރި މޫނެއް ނެތެވެ. އެ އޯގާތެރި ފިރުމުންތައް އިޚްސާސްކުރަން ދެން އޭނާ އަށް ލިބޭނެބާއެވެ؟

“މަގޭ ލޯބި ރާނީ”. އާހިލްގެ އަޑު ފާރުތަކުގައި ހަރުލާފައި ވި ކަހަލައެވެ. މެހެކް ދެރަވެއްޖެ ނަމަ އާހިލް ލޯބިން ފިރުމަމުން މުޚާތަބު ކުރާނީ އެނަމުންނެވެ.

މެހެކް އަވަސް އަވަހަށް ބަލާލިއެވެ. ހީވަނީ ދެންމެ ދެންމެ އާހިލް އައިސްދާނެ ހެންނެވެ. ލޯބިން މެހެކް ގައިގައި ބައްދާލަފާނެ ހެންނެވެ. ލޮލުން ފައިބަމުން ދާ ކަރުނަތައް ފޮހެލަދޭން އާހިލް އަންނާނެ ނަމައެވެ.

އާހިލް ވެސް މިހާރު އުޅޭނީ ހަމަ އެފަދަ ހާލުގައި ކަންނޭނގެއެވެ. އާހިލްގެ ހާލު ބަލަން އޭނާ ބޭނުމެވެ. ކޮޓަރީގެ ތަޅުންގަނޑު މަތީގައި ބެހެއްޓިފައި ހުރި އޭނާގެ އަތްދަބަސް ހުޅުވާލުމަށް ފަހު ފޯން ނެގިއެވެ. ތުރުތުރު އަޅާހާލް އޭނާ އާހިލްގެ ނަންބަރަށް ގުޅަން ފެށިއެވެ. ނަމަވެސް އެފޯން އޮތީ ނިވާލާފައެވެ. އެތައް ފަހަރަކު ދެކޮޅު ދެކޮޅަށް ހިނގަމުން މެހެކް އާހިލްގެ ނަންބަރަށް ގުޅިއެވެ. ނުގުޅޭކަން އެނގޭއިރުވެސް ހުއްޓާނުލާ އޭނާ އަށް ގުޅެނީއެވެ. ގުޅުނު ޢަދަދެއް ވެސް އޭނާ އަކަށް ނޭނގުނެެވެ. އިރުކޮޅަކު ފޯން މޭގައި ޖައްސައިގެން ހުރެލާފައި ދެން ގުޅަން ފެށީ ކާފަގެ ނަންބަރަށެެވެ. އެފޯންވެސް ވަނީ ނިވާލާފައެވެ.

ނޭވާ ހާސްވާ ކަަހަލަ އިޚްސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. އެތައް އިރަކު ރުއިފަހުން އޭނާ މަންމަ މަތިން ހަނދާންވާން ފެށިއެވެ. މަޑު ގިސްލުމުގެ ތެރެއިން އޭނާ އަށް މަންމަ އަށް ގޮވާލެވުނެވެ. މަންމަ ގެ އޯގާތެރިކަން މިވަގުތު އޭނާއަށް ނުހަނު ބޭނުމެވެ.

ދުވަމުން އޭނާ ގެއިން ބޭރަށް ނުކުތެވެ. ހުސްފަޔާއެވެ. އޭރު ގަޑިން ވީ ވަރެއް ނޭނގެއެވެ. ބޮޑުބޭބެ މެން ގެއާ ދިމާއަށް މިސްރާބު ޖެހިއިރު އެއީ ކިހާ ދުރެއްކަންވެސް އޭނާ ހަނދާން ނެތް ކަހަލައެވެ. މަޑު ހިނގުމެއްގައި ހުއްޓުން އަރާފައި ހުރެގެން ހިނގަމުން ދިޔައިރު އާހިލް ވަކިވެ ދިޔުމުން ހިތަށް ވަދެފައި ހުރި ބިރުވެރިކަން ފިޔަވައި އެހެން ބިރެއް އޭނާ އަކަށް އިޚްސާސެއް ނުވެއެވެ. ދަންގަޑިކަމުން މާލޭގެ މަގުމަތިވަނީ ހިމޭންވެފަައެވެ. ފަޔަށް ހެރެމުން ދިޔަ އެކި އެއްޗެހީގެ ސަބަބުން އިހްސާސް ވަމުން ދިޔަ ތަދުތަކަށް އޭނާ ފަރުވާލެއް ނެތެވެ.

ބައިގަޑިއެއް ހާއިރު ހިނގިފަހުން ބޮޑުބޭބެމެން ގެއާ ހަމައަށް އާދެވުނެވެ. އޭރު އޭނާ ހުރީ ދާހިތްލާ ފޯވެފައެވެ. މުޅި މޫނުމަތިން ދާ ތިކިތައް ވިދަ ވިދާ ހުއްޓެވެ. ލައިގެން ހުރި ގަމީސްމަތިވެސް ހުރީ އެއްކޮންހެން ފޯވެފައެވެ. ސިޑިން މައްޗަށް އަރާފައި ގޭ ދޮރުގައި ބާރުބާރަށް އޭނާ ތަޅަންފެށިއެވެ.

” މަންމާ..މަަން..މާ.. މަންމާ” ރޮމުން މަންމައަށް ގޮވަމުން ގޮސް ފައިން ވަރުދޫވެގެން ހުރިތަނަށް އޭނާ ތިރިވިއެވެ. އެގޮތުގައި އޭނާ ރޯން އިންދައި ފަތިސް ނަމާދުގެ ބަންގީގެ އަޑުން މުޅި ފަޒާ ގުގުމާލިއެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލިއަޑު އިވުނެވެ. އެއަޑަށް ކަރުނަތައް ފޮހެލަމުން މެހެކް އަވަސް އަވަހަށް ތެދުވިއެވެ. ދޮރުހުޅުވީ ބޮޑުބޭބެއެވެ.  ފަތިސް ނަމާދަށް ދިއުމަށްޓަކައެވެ. ކުއްލިއަކަށް ދޮރުމަތީގައި ހުރި މެހެކް ބޮޑުބޭބެ އަށް ފެނުނެވެ. އެއާއެކު އަޖާއިބު ވެގެން ގޮސް ސުވާލުން ފުރިގެންވާ ނަޒަރަކުން މެހެކް ގެ މޫނަށް ބަލަން ހުރި އިރު ބޮޑުބޭބެގެ ދެލޯވަނީ ބޮޑުވެފައެވެ.

” ބޮޑުބޭބޭ”. މެހެކް ރޮމުން ބޮޑުބޭބެގެ އަތުގައި ހިފާލިއެވެ.

” ދަރިފުޅާ. މިގަޑީގަ މިތާ ކީއްތިކުރަނީ؟ ކީއްވެ ތިވަރަށް ތިރޮނީ؟. ކޮބާ އާހިލް؟. އާހިލް އަށް ކަމެއްވީތަ އަނެއްކާ؟. ކީއްވެ ނުގުޅާ ތިއައީ؟” ބޮޑުބޭބެގެ ހިތަށް ޖަމާވަމުން ދިޔަ ސުވާލުތައް އެކީ އެއްފަހަރާ ކޮއްލިއެވެ.

ނަމަވެސް މެހެކް އަކަށް އެއްވެސް ބަހެއް ނުބުނެވުނެވެ. ބާރުބާރަށް އޭނާއަށް ރޯން ފެށުނެވެ.

” ޒާހިދާ”. މެހެކްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ބޮޑުބޭބެ ގޮސް މަންމަ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެވަގުތު މަންމަ ދޮރުހުޅުވިއެވެ.

” ދަރިފުޅާ…މެހެކް”. އެފަދަ ހާލުގައި މެހެކްފެނި މަންމަ އަށްވެސް ލިބުނީ ޝޮކެކެވެ. “ކިހިނެއް ވެފަ ތިހުރީ..؟” މަންމަގެ ލޮލުން ކަރުނަ ހިލުނެވެ.

” މަންމާ”.. ރޮމުން ރޮމުން މެހެކް މަންމަގެ ގައިގައި އޮޅުލައިގަތެވެ.

” މަންމަގެ ދަރިފުޅާ. ކިހިނެއްވީތަ؟ ކޮބާތަ އާހިލް؟” ސުވާލަކަށް ފަހު ސުވާލެއް މަންމަ ވެސް ކުރަމުން ދިޔައެވެ. އޭރު މަންމަ ހުރީ މެހެކްގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. އެކަރުނަތައް ފެނި މައިލަގޮނޑިއަށް ކެތް ނުވެގެން އެންމެ ފަހުން މަންމަ އަށް ވެސް ރޮވެން ފެށިއެވެ.

” މަންމާ..އާހިލް…”. މެހެކް އަށް ބުނެވުނީ އެހިސާބަށެވެ. ރޮވުނުލެއް ގިނަކަމުން މޭބޮޑު ކޮއްފައި ހުރިވަރުން ކުއްލިއަކަށް އޭނާއަށް  ހޮޑުލެވުނެވެ.

އެވަގުތު ބޮޑުބޭބެ މެހެކްގެ ގައިގައި ހިފަހައްޓާލިއެވެ. އެއަޑަށް ނަފީސާ އާއި ޝިނާ ވެސް އެކުގައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ.

” ކިހިނެއް ވެގެން މިއުޅެނީ؟” ނަފީސާ ވެސް ކުރީ ސުވާލެކެވެ.

މެހެކް އަތުލަފިކޮއްގެން ބޮޑުބޭބެ ގެނެސް މަންމަގެ އެނދުގައި ބާއްވާލިއެވެ.

މަންމަ ރޮމުން ދުވެފައި އައިސް މެހެކްގެ ބޮލުގައި ފިރުމަންފެށިއެވެ.  ދާހިތްލާ ފޯވެފައި ވުމުގެ ސަބަބުން މުޅި ކަރު ދޮށުގައި އާއި މޫނުގައި ތަތްލަވާފައި ހުރި އިސްތަށިތައް އެއްފަރާތް ކޮއްލިއެވެ.

” ކިހިނެއްވީ ދަރިފުޅާ ބުނެބަލަ؟” މަންމަ ރޮމުން ސުވާލު ކުރިއެވެ.

އެވަގުތު، އަތުގެ އިޝާރާތުން އިތުރަށް ވާހަކަ ނުދެއްކުމަށް ބޮޑުބޭބެ މަންމަ އަށް އެންގިއެވެ. މެހެކްގެ ހާލަތު ހުރި ގޮތުން އިރުކޮޅަކު މަޑުކޮއްލުމަށް ބޮޑުބޭބެ އެދުނެވެ.

ބައިގަޑިއެއް ހާއިރު ފަހެވެ. ވަރުދެރަވެގެން މެރިފައިވި ދެލޯ މެހެކް މަޑުމަޑުން ހުޅުވާލިއެވެ. ދެން މަންމަ އާއި ދިމާއަށް ބަލަން އޭނާ އޮތެވެ. އެވަރަށް ރުއިމުގެ ސަބަބުން އެރީތި ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އޭރު މެހެކްގެ ގާތުގައި ތިބީ މަންމަ އާއި ބޮޑުބޭބެ އެކަންޏެވެ.

” ދަރިފުޅާ”. ކެތްމަދުވެފައިވާ ރާގެއްގައި މަންމަ ގޮވާލިއެވެ.

” މަންމާ..މަންމާ. އާހިލް… އާހިލް ގޮސްފި”. މެހެކް ގެ ބެދެމުން ދިޔަ އަޑުން ކިރިޔާ ބުނެވުނީއެވެ.

އެވަގުތު މަންމައާއި ބޮޑުބޭބެގެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ހައިރާންކަމާއި ނުތަނަވަސް ކަމުގެ އަސަރުތަކެވެ.

” ކޮންތާކަށް؟ ކީއްވެ؟” މަންމަ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

” މަންމާ…ކިހިނެއް ފައްޓާނީ…..”

އަސްލު.. ވަރަށް ބޮޑުކަމެއް ދިމާވެގެން މިއުޅެނީ.. މެހެކް ތެދުވެ އެނދުގައި ލައްވެލިއެވެ. ދެން މާނޭވާއެއް ދޫކޮއްލަމުން ކަރުނަތައް ފޮހެލިއެވެ. އޭނާގެ ކުރެހިފައިވާ އަޑުވަނީ މާޔޫސްކަމުން ފުރިފައެވެ.

” މަންމާ، ބޮޑުބޭބޭ.. މަޢާފްކުރާތި އަހަންނަށް ސިއްރު ކުރެވުނީތީ..” މެހެކް އެ ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ހިތާމައިގެ ތެރެއިން އޭނާއަށް ލަދުވެތިކަން އިޚްސާސްވިއެވެ.

އާހިލް އަކީ.. ވަރަށް ބޮޑު ވޭނެއް ތަޚައްމަލް ކުރަމުންދާ މީހެއް.. މިބުނީ އާހިލްގެ..ވަރަށް ބޮޑު ބައްޔެއް ހުރެޔޭ…”

އެހެން ބުނުމަށް ފަހު މެހެކް ލޯމަރާލިއެވެ. އެންމެ ފަހުން ކަމުގެ ހަޤީޤަތް ހާމަކުރަން އެ ޖެހުނީ އޭނާ އެންމެ ބޭނުން ނުވި ގޮތަށެވެ.

” ކީކޭ ބައްޔެކޭ؟ ކޮން ބައްޔެއް؟ ކީއްވެ މަންމަ މެން ގާތު ނުބުނީ؟” މަންމަ ދެބޮމަ ގޮއް ޖަހާލިއެވެ.

” އާހިލް.. އާހިލް އަކީ އެއްކިޑްނީ ފެއިލްވެ އެކަން އަނެއް ކިޑްނީއަށް ވާރުތަކޮށް އެ ކިޑްނީވެސް  ފެއިލްވަމުން އަންނަ ބަލިމީހެއް. ދެން ޑޮކްޓަރު ބުނެފަ އޮތީ އާހިލްގެ ކިޑްނީ ވަރަށް އަވަހަށް ބަދަލު ކުރަން ޖެހޭނެ ކަަމަށް”. މެހެކް އަސަރާއި އެކު ކިޔާދިނެވެ.

” ތިހާ ބޮޑު ކަމެއް ވެގެން ދިޔައިރު މަންމަމެންނާ ހިއްސާ ނުކޮއްލީ ކީއްވެ؟” މަންމަ ގެ އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

” މަންމާ ނުކެރުނީ.. ބޮޑުބޭބެ އަށް ވެސް އެވަރުގެ އެހީއެއް ދެވިދާނެހެން ހީނުވީމަ.. އަހަރެން..”. މެހެކް ވާހަކަ މެދު ކަނޑާލިއެވެ.

 

ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ގޮތް ހުސްވެފައިވާ ކަަހަލަ އަސަރުތަކެވެ.

” ދެން އާހިލް ކީއްވެތަ މެހެކް ދޫކޮއްލާފަ ދާން ޖެހުނީ؟” ބޮޑުބޭބެ ސުވާލު ކުރިއެވެ.

” އަސްލު ވީ ގޮތަކީ އަހަންނަށް މީހަކު އަތުން އާހިލްގެ ބޭސް ފަރުވާއަށް ޚަރަދުވާ ވަރަށް ފައިސާ ލިބުނު”. އާހިލްއަށް އެހީ ދިނީ އިވާން ކަން މަންމަމެން ކުރިމަތީގައި ހާމަކުރަން މެހެކްގެ ހިތެއް ނޭދުނެވެ.

“އަހަރެން އެވާހަކަ އާހިލް ގާތުގައި ބުނަން ދިޔައިރު އާހިލް އަށް ވަނީ ހުރިހާ ކަމެއް އެނގި ނިމިފައި.. އެކަމަކު.. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ އެވަރުކަމެއްގައި އާހިލް އަހަންނާއި ވަކިވެދާނެ ހެނެއް. ކޮންމެވެސް އެހެން ކަމެއް ވެއްޖެ މަންމާ.. ކޮންމެވެސް އެހެން ކަމެއް ވެއްޖެ..” މެހެކް ރޮމުން ގޮސް ކެތްނުވުމުން މަންމަ ގެ އުނގުމައްޗަށް ވެއްޓިގަތެވެ.

” ދެން އަވަހަށް ހުއްޓާލާ ދަރިފުޅާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް”. މަންމަ މެހެކްގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.

” މަންމާ އާހިލް އަދި އަންނާނެ ދޯ އަހަރެން ބަލާ؟” މޮޔައެއް ފަދައިން މެހެކް ސުވާލު ކުރަން ފެށިއެވެ.

އެ ސުވާލަކަށް މަންމަ އެންމެ ބަހެއް ވެސް ނުބުންޏެވެ. ހީވާ ގޮތުން މަންމަ އިނީ އާހިލް ދެކެ ހިތްހަމަ ނުޖެހިފައެވެ.

” ދެން އަވަހަށް އޮށޯ އޮވެލާ” މަންމަ ބުނީ އެހެންނެވެ.

” މަންމާ ބުނެބަލަ.. އާހިލް އަންނާނެ އެއްނު ދޯ؟ އަހަރެން ބޭނުންވަނީ އަބަދުވެސް އާހިލްގެ މީހެއްގެ ގޮތުގައި ހުންނަން” މެހެކް އަނެއްކާވެސް އެ ސުވާލު ތަކުރާރު ކުރިއެވެ. އެވަގުތު ފެންކަޅިވެފައި އިނދެ މަންމަ ބޯ ޖަހާލީ އާއެކޭ ބުނާ ފަދަ ގޮތަކަށެވެ. ހުރި ހަމައެކަނި ދަރިފުޅު އެފަދަ ހާލުގައި ދެކެން ކެތްވާނީ ކާކަށް ހެއްޔެވެ؟

” ދަރިފުޅާ ނުރޯ ހުއްޓާލާ. އިރާދަކުރެއްވިއްޔާ ފަހުން ރަނގަޅުވާނެ އަދި. ދަރިފުޅު ދެން މިގޭގަ މަޑުކުރޭ..ބޮޑުބޭބެ މިއަދު ގޮސް ދަރިފުޅުގެ ހުރިހާ ސާމާނެއް ގެނެސްދޭނަން އެގެއިން”.

” އަދި އާހިލްއަށް ވީ ގޮތެއް އޮޅުން ފިލުވަން ހޯދަން ދާނަން”.

ބޮޑުބޭބެގެ އެހެން ބުނުމާއެކު ކުއްލިއަކަށް މެހެކްގެ ކަންފަތުގައި އާހިލްގެ އަޑު ގުގުމާލިއެވެ. އޭނާ ހޯދަން މަސައްކަތް ނުކުރުމަށް މެހެކްއަށް ދިން އިންޒާރު ހަނދާނަށް އައެވެ. އެހެންނޫނަސް ބޮޑުބޭބެ އާހިލް ހޯދަން ދިއުން ރަނގަޅުނުވާނެ ކަމަށް މެހެކް އަށް ވިސްނުނެވެ. އެބަލީގެ ސަބަބުން ކޮންޓްރޯލުން ނައްޓާ، ގަދަ ރުޅިގައި އާހިލްއަށް ކޮންމެ ފަދަ އެއްޗެއް ވެސް ބުނެވިދާނެއެވެ.

” ނޫން ބޮޑުބޭބޭ އާހިލް ހޯދަން ދާނެ ކަމެއް ނެތް”. ބޮޑުބޭބެ ގެ މޫނަށް ބަލާލަމުން މެހެކް ބުނެލިއެވެ.

” ދަރިފުޅާ މައްސަލަ ހައްލުވާނީ ވާހަކަ ދައްކާގެންނެއްނު”. ބޮޑުބޭބެ މެހެކް އަށް ވިސްނަ ދެވޭތޯ މަސައްކަތް ކުރިއެވެ.

” ބޮޑުބޭބޭ ނޫން”.

” އެކަމަކު… ދަރިފުޅާ ވަރި ވެސް ނުކޮށެއްނު ދިޔައީ.. އެހެންވީމަ އާހިލް ހޯދަން ޖެހޭނެއެއްނު”. މަންމަ ހިތް ހަމަނުޖެހިފައި އިނދެ ބުނެލިއެވެ.

” ތީ ދަރިފުޅާއި އާހިލްގެ މެދުގައި ޖެހުނު މައްސަލައެއް. ތިޔައީ ދެމަފިރިން. ދަރިފުޅު ބޭނުން ނުވާ ނަމަ ބޮޑުބޭބެ ނުދާނަން އާހިލް ހޯދާކަށް”.

އެހެން ބުނެލުމަށްފަހު ބޮޑުބޭބެ އެތަނުން ނުކުންނަން ހިނގައިގަތެވެ.

ގަޑިން ހެނދުނު ނުވައެއް ޖެހިއެވެ. ކޮޓަރި ތެރޭގައި މެހެކް އިނީ ގަބުވެފައެވެ. އޭނާގެ ސިކުނޑީގައި އެބުރެމުން ދިޔައީ ޖަވާބު ނޭނގޭ ސުވާލުތަކެކެވެ. އާހިލްއަށް އެވީ ކީއް ހެއްޔެވެ؟ އަނެއްކާ… އަނެއްކާ މެހެކް އިވާން އަތުން ފައިސާގެ އެހީ ހޯދިކަން އިނގުނީ ހެއްޔެވެ؟ ނޫނެކެވެ. އެކަން އެގޮތައް ވާނީ ކިހިނަކުން ހެއްޔެވެ؟ އެކަން އެނގޭނީ ހަމައެކަނި އިވާން އަދި ނޫރީން އަށެވެ. އަނެއްކާ.. ނޫރީން …؟ ނޫނެކެވެ. ވީ ގޮތެއް ރަނގަޅަށް ސާފު ނުވަނިސް އޭނާ އެކަކަށް ވެސް ޝައްކު ނުކުރަން ނިންމިއެވެ.

އެޚިޔާލުތަކުގައި އިންދައި ބޮޑުބޭބެ ގެނެސް މެހެކްގެ ބޮޑު ފޮށި ކޮޓަރިތެރެއަށް ވައްދާލިއެވެ. ދެން މެހެކްގެ އަތް ދަބަސް ގެނެސް ޑްރެސިންގް ޓޭބަލް މަތީގައި ބަހައްޓާލިއެވެ. މެހެކް އައީ އެއްވެސް އެއްޗެއް ނުލައެވެ. އެތަނުން ނުކުންއިރު އޭނާ ހުރީ ހަމަހޭގައި ނޫންކަން އޭނާއަށް ވެސް ވިސްނުނެވެ.

ބޮޑުބޭބެ އެއައީ މެހެކް ގެ ހުރިހާ ސާމާނެއް ހިފައިގެންނެވެ. އެ ފޮށި އެތެރެއަށް ވައްދާލުމަށް ފަހު ދެރަވެފައި މެހެކް އާއި ދިމާއަށް ބަލަހައްޓައިގެން ބޮޑުބޭބެ ހުރީއެވެ. ދެން އެއްވެސް ބަހެއް ނުބުނެ ނުކުމެގެން ދިޔައެވެ.

މެހެކް އެ ފޮއްޓާއި ދިމާއަށް ބަލާލިއެވެ. އެއީ މެހެކް އާއި އާހިލްގެ ބައެއް އެއްޗެހި އެޅި ބޮޑު ފޮއްޓެވެ. އެފޮށީގެ ބޭރުގައި މާކަރަކުން މެހެކް އަދި އާހިލްގެ ނަން ކުޑަހިތެއް ތެރޭގައި ލިޔެލާފައި އޮތެވެ. އެގެއަށް އެމީހުން ބަދަލުވި ދުވަހު ފޮށި އަލަމާރި މައްޗަށް ލުމުގެ ކުރިން ހިތެއް ކުރަހާލުމަށްފަހު އެތެރޭގައި ދެމީހުންގެ ނަން ލިޔެލީ އާހިލްގެ އަތުންނެވެ.

އެހަނދާން ވެފައި އޭނާގެ ހިތަކަށް ކެތެއް ނުވިއެވެ. ލޮލަށް ކަރުނަތައް ޖަމާވިއެވެ. އިސްޖަހާލެވުމާއެކު އުނގުމަތީގައި އޮތް ބާލީސް ތެރެއަށް އެ ކަރުނަތައް ފޭދެމުން ދިޔައެވެ.

އެވަގުތަކީ މަންމަ ހެނދުނުގެ ސައި ހިފައިގެން ކޮޓަރިއަށް ވަން ވަގުތެވެ. ” ކޮންމެވެސް އެއްޗެއް ކާލަން އުޅޭ ދަރިފުޅާ”.

” ނޫން މަންމާ ނޫން އަހަރެން ނުކާނަން.. އާހިލް ހުންނާނީ ކައިގެން ކަމެއްވެސް ނޭނގެ.. އަހަރެން ކިހިނެއް ކާނީ؟ މެހެކް ރޮމުން ކާ އެއްޗެހި އަޅާފައިހުރި ކުޑަ ތަބައް ދުރައް ޖައްސާލިއެވެ.

” ފެން ފޮދެއް ބޯލާ އެހެން ވިއްޔާ” އިތުރު ބަހެއް ނުބުނެ މަންމަ ފެންތަށި ދިއްކޮއްލިއެެވެ. އެއިން ކުޑަ ފެން ފޮދެއް މެހެކް ބޯލިއެވެ.

އެވަގުތު މަންމަގެ ލޮލުގައި ބަރުވެފައި ހުރި ކަރުނަތައް އެސްފިޔަ ޖަހާލުމާއެކު ފައިބައިގަތެވެ.

އެއްވެސް ބަހެއް ނުބުނެ މަންމަވެސް އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

އާހިލް މަތިން ހަނދާންވާވަރުން ހިތަށް ކެތްނުވުމުން ރޮމުން ގޮސް މެހެކް އެނދުގެ ބޯލާކޮޅުގައި ބޯ ޖައްސާލިއެވެ. އާހިލް ހެޔޮހާލުގައި ލެއްވުމަށް އެދި ހިތާ ހިތުން ދުޢާ ކުރަމުންނެވެ.

އަނެއްކާވެސް އޭނާއަށް ވިސްނެން ފެށިއެވެ. އާހިލް އޭނާ ވަރިކޮއްފާނެ ބާއެވެ؟ ނޫނެކެވެ. އާހިލް އެހެނެއް ނަހަދާނެއެވެ. އެހެންވެއްޖެނަމަ އޭނާ ދިރިހުރި ނަމަވެސް މަރުވުމާ އެއްފަދަ ވީއެވެ. އާހިލް އާއި ނުލާ އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އެހުރިހާ ވޭންތަކުގެ ތެރެއިން ހިތަށް ލިބެމުންދާ ކުޑަ ހަމަޖެހުމަކީ އަދިވެސް އޭނާ އެއިނީ އާހިލްގެ އަނބިމީހާގެ މަޤާމުގައިކަން ހިތަށް އެރުމުންނެވެ.

ކުއްލިއަކަށް އަތް ދަބަސް ތެރެއިން އޭނާގެ ފޯން ރިންގް ވާން ފެށީ އެވަގުތުއެވެ. އިޚްތިޔާރަކާ ނުލާ އޭނާ އަށް ހެވުނެވެ. އެގުޅަނީ އާހިލް އެވެ. ޔަޤީނެވެ.

” އާހިލް އަންނާނެ ކަން އަހަންނަށް އެނގެއޭ. އާހިލް އެއައީ”.  އުނގުމަތީގައި އޮތް ބާލީސް އެއްލާލުމަށް ފަހު އޭނާ އަވަސް ފިޔަވަޅުތަކުގައި ފޯނާ ދިމާއަށް ދުއްވައިގަތެވެ.

(ނުނިމޭ)

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

ފުން ލޯބި (14)

Next

އެޕާރޓްމަންޓް 4ބީ

Next
February 16, 2017

އެޕާރޓްމަންޓް 4ބީ

Previews
February 16, 2017

ފުން ލޯބި (14)

40 Comments

  1. Shee says:
    February 16, 2017 at 3:50 am

    Me first dhw v nice

    1. shafu says:
      February 16, 2017 at 11:40 am

      Thankx shee.. ?

  2. Bint Aby says:
    February 16, 2017 at 7:08 am

    the most boring hero and heroine in a story. seriously all they know is to cry and cry. that’s a little bit too much even if u love each other. cry like they have no sense not trying to communicate or solve their problems. the hero too like gives up on everything because he is too “weak”. I wud say he is pathetic

    1. shafu says:
      February 16, 2017 at 11:36 am

      Aslu mehek hagygaiy haama kuran jehilun evany aahil ah vee gotheh rangalhah neygeythyve.. furathama faharah aahil ehaa bodah rulhi aihsa huhta fenunyma.. aslu mivahakaiga alhugand mehek mi dakka deny ekahala kankamaa thankolheh kurimathi laan undagoo kujjeh gothuga.. mi vaahaka kiyaa kudhinnah ingeyne ekan.. dhn v deravaane dhw duniyeygai huhnaane kamuge uhmyd gehlemundhaa ehaa lobivaa firiaku ehen dhookoh diyaama. Eyna maruvedhaanethy vx hithugai v biruverikan ufedheyne ehnnu. Vari kuraanamay vx bunyehnu.. aahil ah vy goiy v avahah ingigendhaane.. thankx binth aby.. ?

  3. Aasha says:
    February 16, 2017 at 7:48 am

    Wow……. Varah reethi thanks avahah up kohladheythy. Shafu aahil & mehek vakinukurachey ingey. Aslu nooryn dho hurihaa vaahaka eh mehek ah kiyaadhiny??????

    1. shafu says:
      February 16, 2017 at 11:30 am

      Thank u aashaa ?

  4. afyyyy says:
    February 16, 2017 at 9:39 am

    Hum there bin ab rehe nehi sakthey.. there binaa kyaa vajoodh meraa.. kyunki thumhi ho ab thumhi ho.. zindhagy ab thum hi ho. Cheyn by. Mera dard by. Meri aashyqy ab thumhi ho. Mi vaahaka kiyaali thanun milava hiyaalah ahnan feshy . Meheku ge haaal huri gothun. Kiyamun daa iruvx sifa kureveny mi lava. Like drama??

    1. shafu says:
      February 16, 2017 at 11:12 am

      Hehe thankx afyy kiyaalyma

  5. Whatever says:
    February 16, 2017 at 10:17 am

    Doctors are one of the most highly paid people.In Maldives their normal payment is nearly sixty thousand or more.So the female character in this story is a doctor, so in reality, she don’t have to beg anyone for financial support.So if she has been working for one year as a doctor she could have saved more than the amount that Ivaan is lending her.A writer must think of every possible way to make the story real and sensible so that readers will enjoy reading.

    1. shafu says:
      February 16, 2017 at 10:28 am

      Nuney whatever.. alhugandaky hospitalehga masahkaiy kofa huri myheh.. medical officer innaa naruhunge musaara hadany alhugand ge athun.. medical officer akah mahehge mahchah gina vegen libeny 25000..aee thankolheh kuryga ekam.. 4yrs varu kurin. eahvre gina vias 40000 ah vre mathi nuvaane kanneyge. So mehek ah evar libeyne kamah balamaa..adi eyna ahil aa marry kuri fahun mi vy around 3 months.. kurygai misaalakah sav kofa huriyyo.. ekamaku bodu beybe ah dimaavi haadhisaaga ehyvi vaahaka vx alhugand himenymehnu.. kaafa vazyfaa in kandaali vaahaka vx..ehen thaneh kuyyah hifi vaahaka vx.. advace vx ihnaane ehnu.. specialistakah thivar libidhaane..

  6. Inu says:
    February 16, 2017 at 12:12 pm

    Pis pis haadha kuru hen hyvey

    1. shafu says:
      February 16, 2017 at 3:41 pm

      Reyga avahah up kohdey hithun thankolheh kurukoh viyas upkolly avahah.. dhn faharakun digukollaanan in sha Allah.. thankx inu

  7. Zoaeee says:
    February 16, 2017 at 12:30 pm

    Shafu.. Kiiyy thi kury.. Kihineh aahil ah Evy?? ??

    1. shafu says:
      February 16, 2017 at 3:43 pm

      V avahah engidhaane.. thankx zoaeee… ?

  8. ham says:
    February 16, 2017 at 1:19 pm

    Story hama habeyse

    1. shafu says:
      February 16, 2017 at 3:45 pm

      Thankx ham ?

  9. Crazi says:
    February 16, 2017 at 1:27 pm

    Ahil alhun geney story ah eh hen noony story hadhi vedaane…family myhe fani hadhanee eh…

    1. shafu says:
      February 16, 2017 at 3:44 pm

      Crazi ge habareh vyma v happy vehje.. thankx v bodah ?

  10. Emm says:
    February 16, 2017 at 6:13 pm

    Aammugothehgai dhe buma gohjahaa vaahaka aduiveny rulhi anna vaguthuthakugai, namaves mivaahakaagai dhebuma gohjahaa vaahaka genesdhyfa in vagutha haalathy efadhadha haalatheh nunhen hyvany… namaves liyuntheriya ah bodah egeyny.. vaahaka varah shaugverikamaieku kiyamundhanikoh kulliya mithan fenumun vaahakaige ihsaasah badhaleh ai… Hageegathuga vaahaka varah reethi, varah molhu..

    1. shafu says:
      February 17, 2017 at 4:11 pm

      Thankx Emm.. ethankolhu rangalhah visnaanulevi einy.. dhn in sha Allah rangalh vaane.. asl hithah ery hairaan veema vx myhun deboma goh jahaala ey. Hehe

  11. shaat says:
    February 16, 2017 at 10:56 pm

    Mirey neiba ithuru part eh.

    1. shafu says:
      February 17, 2017 at 4:12 pm

      Shaat madama ingey in sha Allah.. thankx ?

  12. ant says:
    February 16, 2017 at 11:33 pm

    Nooryn aahil ah gulhaafa kutuvaaly dow.

    1. shafu says:
      February 17, 2017 at 4:14 pm

      Hehe. Balamaa dw.. thankx ant

  13. yalvish says:
    February 17, 2017 at 10:46 am

    Ma firimeyha ma dhookohlaafa gosiyaa masshah miheyn vedaane. ehaaaaa vesss loabivey.

    1. shafu says:
      February 17, 2017 at 4:51 pm

      Hehe.. hus deke haada lobivaa kuhjekey.. thaknx kiyaalyma ?

  14. shelly says:
    February 17, 2017 at 3:48 pm

    kobaa mhek adhi aahil ge loabi ge fehun i mean kevelikolhu

    1. shafu says:
      February 17, 2017 at 4:52 pm

      Hehehe.. shelly e kevelikolhu mathin vx handaan ebahuri dw..

  15. Ammuty says:
    February 18, 2017 at 1:18 am

    I think mee eevan ge reyvumeh.. erey party ah gengossa mehek vehtunehnu eevan gai mahchah.. nooreen lahva photo naguvaafa aahil ah dhehky kanneynge..

  16. Nafher says:
    February 18, 2017 at 1:54 pm

    Awlhey next part awahah up kohdhybaa…..

  17. shafu says:
    February 18, 2017 at 2:25 pm

    Mi vaahaka kiyaa kudhin.. alhugand lapah kuda mahsala eh dimaa vegen miadhu up nukureveyne ingey.. vaki dvaheh bnedeyn neygunas mahsala hahluvihaa avahah in sha Allah up kohlaanan.. love u all..

  18. kudaa says:
    February 18, 2017 at 8:15 pm

    kon eraku aneh part up vaney ??

  19. shaat says:
    February 19, 2017 at 10:35 pm

    Haadha dhera ey dho shaf.Anyway v avaha up kohdheynekamah heekuran.

  20. Chooopieee says:
    February 19, 2017 at 10:45 pm

    Awlhey so sad…..

  21. Goma says:
    February 20, 2017 at 12:24 am

    Adhives lepah dhimaavimassala hallakaaa hamaah dhathuru nukure veytha haadha dheravejjey ??????

  22. Crazi says:
    February 20, 2017 at 10:07 am

    I need next part plz..mihar mivahaka kiyaahithun ragalha nidheneekyves noon

  23. Gom says:
    February 20, 2017 at 12:23 pm

    Aan v asarukoffi omaankoh oy sikundi mihaaru heevanee 85 foot sunaamee eh brain ah bindhaalaafa breintherey kakuni kavaahen. Dhen konmeys halleh hoadhebila plx plxplx plx plx ??☀?

  24. shafu says:
    February 20, 2017 at 5:12 pm

    In sha Allah de dvahah vre gina dvas nuvaane.. mihaar hadhan dhygen miulheny.. ☺.. thankx all for the support.. ??..

  25. Crazi says:
    February 21, 2017 at 12:01 am

    Madama update koh dheynan dho

  26. Shix says:
    February 21, 2017 at 7:17 pm

    Plz avahah upload koehdheybLa

Comments are closed.

All Right Reserved!