Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން (2)

Ryn
February 16, 2017
8 Mins Read
124 Views
24 Comments

 

އެއް އަހަރުފަސް..

ޔާއިންގެ އުމުރުން 5 އަހަރަށް އޮތް އިރު އޭނާ އަކީ އުމުރާއި ބަލާފައި އެހެން ކުދިންނަށްވުރެ ވިސްނުން ތޫނު ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ސަބަބަކަށް ހަމައެކަނި ވީ ސުމާ އާއި މާޒިންގެ އިތުރުން ލިބެމުން ދިޔަ މާރިޔާގެ ލޮތްބާއި ރަނގަޅު ތަރުބިއްޔަތެވެ. ސުމާ ދިޔައީ ޔާއިންއެކޭ އެއްފަދައިން މާޒިންއަށްވެސް ވަގުތު ދެމުންނެވެ. ދެމީހުންޝަކުވާ ކުރާނެ ޖާގައެއް އޭނާ ނުދެއެވެ. އެހެނީ އެއީ އޭނާ މިދުނިޔޭގައިވެސް އެންމެ ލޯބިވާ ދެމީހުންނެވެ.

އެއްދުވަހެކެވެ. ޔާއިން ހެނދުނާއި ސުކޫލަށް ލާން ގޮއްސާ އައިސް ސުމާ އެނދުމަތީ އޮތީ ބޮލަށް އެނބުރުން އަރާތީއެވެ. އޭނާ އަށް ކިރިޔާ އުޅެވޭކަމެވެ. މިއަދު ފާހަނަތެރެއަށް ނުވެއްޓުނީވެސް ކިރިޔާއެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްލައިގެން އޭނަގެ ޒިންމާތަށް އަދާކުރުމުގައި އުޅުމަށްފަހު އަމިއްލަ ނަފްސަށް ވަގުތެއް ދެވުނީ ކިރިޔާއެވެ. މާޒިންވެސް ހޮސްޕިޓަލަށް ގޮއްސާ ބްރޭކްއަށް އަންނަން އުޅޭވާހަކަ ބުނިކަމުގައިވިޔަސް އަދިވެސް ނާދެއެވެ. ސުމާ އަށް މިދުވަސްކޮޅު ރަނގަޅަށް ނުކެވެނީބާއެވެ. ނުވަތަ މާ ބޮޑަށް މަސައްކަތްކުރެވެނީބާއެވެ. މިހާރު ވަރުބަލިވާލެއްވެސް އަވަހެވެ. އެހެންޏާ ކޮށް ނިންމާލާ ކަންތަކުގެ ދެބައިކުޅަ އެއްބައި ނުނިމެނީސް ހުންނަނީ މީހާ ވަރުބަލިވެ ނޭވައި ކުރުވެފައެވެ.

ސުމާ އޮށޯވެ އޮއްވާ މާރިޔާ ކޮޓަރިއަށް ވަނީ އޭނާއަށް ސުމާ މިއަދު ބަލިކަން އިނގޭތީއެވެ. “މަންމަ މިއައީ ދަރިފުޅަށް ކާއެއްޗެއް ހިފައިގެން.. ބޭސްކާލައިގެން އޮތީމަ ރަނގަޅުވެދާނެ… މިހާރު މާ ބުރަކޮށޭ ތިއުޅެނީ…” މާރިޔާ ކަބަޑުމަތީ ޓްރޭ ބަހައްޓާލަމުން ބުންޏެވެ. ސުމާ ހިނިތުންވެލިއެވެ. ނަމަވެސް މިވަގުތު ކާކަށް ބޭނުމެއްނުވިއެވެ. “މަންމަ މިދަނީ މާހާ ކައިރިއަށް ދާންވެގެން.. އަންނަމުން ޔާން ގޮވައިގެން އަންނާނަން އިނގޭ… ދަރިފުޅު ކައިގެން ބޭސްކައިގެން އަރާމްކޮށްލާ… މާޒިންވެސް އަންނާނެ ދޯ އިރުކޮޅަކުން.. ޝަރޫ ކައިރި ބުނެފަ މަންމަ ދާނަން މާޒިން އަންނަންވާއިރަށް ކާންހަދާށޭ.. ދަރިފުޅު އޮވޭ އިނގޭ.. ކާތި ހަނދާންކޮށް…” މާރިޔާ ސުމާގެ ބޮލުގައި ފިރުމަ ފިރުމާފައި އެހެން ބުންޏެވެ. “މާހާ ރަނގަޅުތަ؟” ބަލިއަޑަކުން ސުމާ ބުނެލީ މާހާ އާއި މެދު ކަންބޮޑުވެފައެވެ. 8 މަހުގެ ބަނޑަކާއި އެކު އޭނާ އުޅޭއިރު ދުވަސް ކޯކޮޅުން އޭނާ ވަރަށް ބަލިވާ ވާހަކަ އަޑުއިވެއެވެ. މިއަދުވެސް އެކަހަލަ ކަމެއް ވީކަމަށް ސުމާ ހިތަށް އަރާ ކަންބޮޑުވެވުނީއެވެ. “އިރާދަކުރެއްވިއްޔާ ރަނގަޅު.. ކުރިންވާގޮތަށް މިހާރު ނުވެޔޯ… މަންމަ މިދަނީ  ޖައްސާލަންވެގެން… މާހާ މަންމަ އެގެއަށް އަންނަން ބުނީމަ… ދަރިފުޅު ދެން އެ ހުރިހާ ކަމަކާ ނުވިސްނާ ކައިގެން ނިދާލާ..” ތެދުވަމުން މާރިޔާ ބުނެލިއެވެ. ސުމާ ދެކެ އޭނާ އަބަދުވެސް ދަރިއެއްދެކެ ވާފަދަ ލޯބިވެއެވެ. މާރިޔާ ސުމާ ކައިރި އެތަށް ފަހަރު އަރާމްކުރުމަށް ބުނުމަށްފަހު ނިކުމެގެން ދިޔައެވެ. ސުމާ ކެއުމުގެ ބަދަލުގައި ބާލިހުގައި ބައްދާލައިގެން އޮތީއެވެ.

މާޒިން އާއިރު ސުމާ އޮތީ ބާލިހެއްގައި ބައްދާލައިގެން ނިދާފައެވެ. ކަބަޑުމަތީ މާރިޔާ ގެނެއްސާ ހުރި ޓްރޭ އެ ހުރިގޮތަށް ހުއްޓެވެ. ސުމާ ބަލީބާއޭ ހިތަށް އޭނާ ހިތަށްއެރިއެވެ. އެހެނީ މިއަދު ހެނދުނަކުވެސް ސުމާ ބަލި ވާހަކައެއް ނުބުނެއެވެ. މާޒިން ކުޑަކޮށް ނުތަވަސްވެފައި ސުމާގެ ނިތްކުރިމަތީ އަތްލަމުން ހުން ހުރިތޯ ބަލާލިއެވެ. ހުމެއް ނެތެވެ. ސުމާ ނިދާފައި އޮތުމުން ގޮވާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ފެންވަރަން ވަނީ ދެން ހޮސްޕިޓަލަށް ނުދާން ނިންމާފައެވެ. މިއަދު ސުމާއާއި އެކު ވަގުތު ހޭދަކޮށްލަން ބޭނުންވީއެވެ. އެމަރޖެންސީއެއް ވާނަމަ އެކޮޅުން ގުޅާނެތާއެވެ. ފެންވަރައި ނިމިގެން އޭނާ ތިރިއަށް ދިޔައީ މާރިޔާ އުޅޭނެކަމަށެވެ. ނަމަވެސް މާޒިންއަށް ކާންތައްޔާރުކުރަން ހުރި ޝަރުމީލާގެ ފަރާތުން އިނގުނު ގޮތުގައި މާރިޔާ ދެން އަންނާނީ މެންދުރު ހާއިރުއެވެ. އެއީ ޔާއިންވެސް ގޮވައިގެން އަންނާތީއެވެ. ކާންއިނދެފައި ޝަރުމީލާ ކައިރި ސުމާގެ ވާހަކަ މާޒިން އެހިއެވެ. “ސުމާ އުޅުނީ ވަރަށް ބަލިކޮށް ހެނދުނުވެސް… މިއަދު ޔާއިން ލާފައި ގޮސް އޮތީ… ދައްތަ ބުނި ކައިގެން ދާށޭވެސް ބުނީމަވެސް ނުކައި ދިޔައީ… ދައްތަ ގެންދިޔަ ސައި ހަދައިގެން ސުމާއަށް ބޭސްވެސް ހިފައިގެން…” ޝަރުމީލާ އެހެން ބުނެފައި އެތަނުން ދާން ހިނގައިގަތީ ކުރަންހުރި އެހެންކަމެއް ހަނދާންވެގެންނެވެ. ސުމާ ނެތުމުން ކުޑަކޮށް އޭނާއަށް އުނދަގޫވިއެވެ. މަސައްކަތްތަށް ގިނަވިއެވެ. ނަމަވެސް ޝަކުވާއެއްނެތެވެ. އެހެނީ ސުމާވަނީ ޝަރުމީލާގެ ހިތުންވެސް ޖާގައެއް ހޯދާފައެވެ. އެހާވެސް އޭނާ ރަނގަޅެވެ.

މާޒިން ކައިގެން އަވަސް އަވަސް ކޮށްލާފައި ކޮޓަރިއަށް ދިޔައެވެ. ސުމާ ނުވެސް ކައި އޮތްކަން އިނގުމުން ހިތްހަމަނުޖެހިފައި ސުމާއަށް ގޮވިއެވެ. ސުމާ ބާލިސްތެރޭ އިތުރަށް މޫނު ފޮރުވާލުމުން މާޒިން ބާލިސް އޭނާއާއި ދުރުކުރިއެވެ. ސުމާ މަޑު މަޑުން ލޯ ހުޅުވާލިވަގުތު މާޒިން ފެނިފައި ދެލޯ ބޮޑުވިއެވެ. ކުއްލިއަކަށް ތެދުވެވުނު ގޮތުން ބޮލަށް އަނެއްކާވެސް އެނބުރުން އެރިއެވެ. ސުމާ ބޮލުގައި ހިފަހައްޓާލައިގެން އެނދުގައި ލައްގަނެލުމުން މާޒިން ހާސްވިއެވެ. އެއަށްފަހު ސުމާ އާއި ކައިރިވެލާފައި އޭނާގެ ހާޓް ބީޓްގެ އިތުރަށް ވިންދު ޗެކް ކުރަންފެށިއެވެ. ހާޓް ބީޓްވަނީ އަވަސްވެފައެވެ. “ބޭބީ.. ބަލީތަ؟ ކިހިނެއްވީ؟” މާޒިން އަހާލުމުން ލޯ މަރާލައިގެން އިން ސުމާ ލޯހުޅުވާލަމުން ހިނިތުންވެލިއެވެ. “ބޮލުގައި ރިއްސާތީވެ…އެނބުރުންވެސް އަރަނީ..” ސުމާ ބުންޏެވެ. “ނުކައިތަ އުޅެނީ ލަވް؟ ބަލާބަ މަންމަ ގެނެއްސަ ދިޔަ އެއްޗެހި ނުވެސް ކައި ތި ހުރީ.. އެނބުރުންވެސް އަރާނެއެއްނު އެހާ ލަހުން ކަނީވެސް.” މާޒިން ޝަކުވާ ކޮށްލުމުން ސުމާ ހިނިތުންވެލާފައި އޭނާގެ އަތް މާޒިންއާއި ދިމާލަށް ދިއްކޮށްލިއެވެ. މާޒިން އެ އަތުގައި ހިފާލަމުން ބޮސްދިނެވެ.  “.ހިނގާ ކާން ދޯ…” މާޒިން އެހެން ބުނުމުން ސުމާ މޫނު ހަދާލާފައި ނޫނެކޭ ބުނެލީ އޭނާ އެއްގޮތަކަށްވެސް ކާން ބޭނުންނުވީމައެވެ. ކުޑަކޮށް މޭބޮޑުވާކަހަލަ ގޮތެއްވެސް ވާންފެށުމުންނެވެ.

“އުނހު… ކާންވާނެ.. ބޮލުގައިވެސް ރިއްސަނީ ނުކާތީއޭ…” މާޒިން ބުންޏެވެ. “ޕްލީސް… ކާ ހިތެއް ނެތް…..” ސުމާ ބުނީ މޭގައި އަތް އަޅާލަމުންނެވެ. “ދެން؟ ކޯޗެއް ގެންނަންވީ؟ އެހެން އެއްޗެއް ގެނެސްދެންތަ؟” ސުމާގެ ދެކޮނޑުގައި ހިފަހައްޓާލަމުން މާޒިން އެހިއެވެ. “ނޫން.. ކާން ގޮސްދާނަން…” ސުމާ އެހެން ބުނެފައި ތެދުވަން އުޅުނެވެ. އޭރު އެނބުރުން އަރައިފިއެވެ. ނަމަވެސް މާޒިން ކުރިމަތީ އެކަން ނުދައްކަން އޭނާ ހިނިތުންވެލާފައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައީ ފާހާނާއާއި ދިމާލަށެވެ. އޭނާގެ ދެލޮލަށް އަނދިރިވެ ހުރިތަނަށް ތިރިވެވުނީ ހަމަކުއްލިއަކަށެވެ. މާޒިން ގޮވާލިއަޑު އިވުނެވެ. އޭގެ ފަހުން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.

ސުމާގެ ދެލޮލަށް ފެނުގެ އިހްސާސް ކުރިވަގުތު ދެފަހަރު ތަޅުވާލިއެވެ. ފުން ނޭވައަކާއި އެކު އޭނާއަށް ދެލޯ ހުޅުވުނެވެ. އެވަގުތު ހާސްވެފައިވާ މާޒިން ފެނި ސުމާ ދިޔައީ ސިއްސައިގެންނެވެ. މާޒިން ސުމާގެ ބޮލުގައި ފިރުމާލަމުން ނިތުގައި ބޮސްދިނީ ހަމަޖެހިލަމުންނެވެ. “ލަވް..!! ހިނގާ ޑޮކްއަށް ދައްކަންދާން…..” މާޒިން ބުނެލީ ސުމާގެ އަތުގައި ހިފަހައްޓާލަމުންނެވެ. ސުމާ ނޫނެކޭ ބުނެލިވަގުތު ދޮރުގައި ޓަކި ޖެހި އަޑުއިވުނެވެ. މާޒިން ދޮރު ހުޅުވިއިރު އެއީ ޝަރުމީލާއެވެ. ސުމާއަށް ކާއެއްޗެހި ހިފައިގެން އައީއެވެ. އޭގާ ހުރީ ހޫނު ކިރުތައްޓެއްގެ އިތުރަށް އާފަލުކޮޅަކާއި ރޮށި މޮޑެފައެވެ. ޝަރުމީލާ ހިނިތުންވެލާފައި އައިސް ސުމާ ކައިރި ކެއުމަށް ބުންޏެވެ. އަދި ބޭސްގުޅައަކާއި ފެންތަށްޓެއްވެސް ބަހައްޓާފައި އޭނާ ދިޔައީއެވެ. މާޒިން ސުމާ ތެދުވުމަށް އެހީވެދިނެވެ. އެއަށްފަހު އޭނާއަށް ސަމްސަލުން ކާންވެސް ދިނީ މާޒިންއެވެ. ބަސްއަހާ ކުއްޖެއް ފަދައިން މާޒިން އަތުން ސުމާ ކަމުން ދިޔައެވެ.

“ކިރު ތަށިވެސް ބޯލާ ހިހޫ ނުވަނިސް..” މާޒިން ބުނެލީ ކިރުތަށި ދިއްކޮށްލުމުންނެވެ. ސުމާއަށް އޭގެ ވަސް ޖެހުމާއި އެކު މޭނުބައި ވެއްޖެއެވެ. އަދި ވަގުތުން ނޫނެކޭ ކިޔަންފެށިއެވެ. “ސީރިއަސްކޮށްނޭ… ހޫނުކޮށް ބުއީމަ އޯކޭވާނެ…” މާޒިން ގަދަކަމުން ސުމާގެ އަނގައިގާ ޖެއްސީ އޭނާ ނުބޯން އުޅެނީ ހުސްކިރުވީމަ އޭ ހިތާއެވެ. ނަމަވެސް ހަމަ އެތެރެއަށް ދަމާލި އެތިކޮޅާއި އެކު ސުމާ ތަށި ދުރައްޖައްސާލަމުން އަނގަމަތީ އަތް އެޅިއެވެ. އަދި ދެލޯ ބޮޑުކޮށްލާފައި ހުރެ ދުވެފައި ފާހަނައަށް ދިޔައީ މާޒިންއަށް އެވަރު ދެނެގަނެވޭނެވަރަށްވުރެވެސް ހަލުވިކޮށެވެ. ސުމާ އަށް ފާހަނައަށް ވަދެވުނުކަމެވެ. ބަނޑަށް އެޅުނުހާ އެއްޗެއް ހޮޑާއި އެކު ނިކުމެގެން ދިޔައެވެ. ހޮޑު ފެނުނުވަރަކަށް އޭނާ އޯކަށް ދެމެންފެށިއެވެ. ބަނޑު ހުސްވަންދެން އޭނާއަށް ހޮޑުލެވިފައިވުމުން އިތުރަށް ހޮޑެއް ނުލެވުނެވެ. އެކަމުގެ ސަބަބުން އޭނާގެ ބަނޑަށް ތަދުވާންފެށިއެވެ. ދޮރުމަތީ ދެލޯ ބޮޑުކޮށްލާފައި މާޒިންއަށް ހުރެވުނީއެވެ. ސުމާ ހިތްވަރުކޮށްލާފައި ހޮޑުތަށް ސާފްކުރިއެވެ ދޮރުމަތީ ހުރި މާޒިންއާއި ދިމާލަށް އެނބުރުނު ވަގުތު އޭނާ އަނެއްކާވެސް އެނބުރުން އެރިއެވެ. ހުސްގޮހޮރާ ހުރުމުގެ ސަބަބުން ގައިން ވާގި ހުސްވިކަހަލައެވެ. މާޒިން ވަގުތުން އޭނާއާއި ދިމާލަށް ސުމާ ގެނެސް އަތުތެރޭ ހައްޔަރު ކުރިއެވެ. ސުމާ ހަބަރުހުސްނުވިއެއްކަމަކު އޮތީ ލޯ މަރާލައިގެންނެވެ. މާޒިން ވަގުތުން ހޮސްޕިޓަލަށް ދާންބޭނުންވިއެވެ. “ނޫން… ޒިން…މިގަޑިއަކު ނޫން..” ސުމާ ބުނެލީ މާޒިން އޭނާ އެނދުގައި ބައިންދާލުމުންނެވެ. އެއަށްފަހު މާޒިން އިތުރު އެއްޗެއް ބުނެފާނެތީ އަވަސް އަވަހަށް މޭވާކޮޅުތަށް ކާންފެށިއެވެ. ހަޤީޤަތުގައި ހައިވީލެއްވެސް ބޮޑުވެގެންނެވެ. އެއަށްފަހު އޭނާ ބެސްކައިގެން ފެންވެސް ބުޔެވެ.

“އެކަމް…. ހިނގާ ޑޮކްއަށް ދައްކަން… ޕްލީސް…” މާޒިން ބުނުމުން ސުމާ ނޫނެކޭ ބުންޏެވެ. “އެކީއްވެ.. އުނހު ހިނގާ…އަހަރެން ދެންމެ ނެތްނަމަ ސުމްކޮއަށް ވާނެގޮތް އިނގޭތަ؟ އަހަރެން ބޭނުމޭ ސުމްކޮއަށް ތިވާގޮތެއް އޮޅުންފިލުވަން…. ކިރިޔާ ދެފަހަރަށް ހާރޓް އެޓޭކެއް ނައި…” މާޒިން އެހެން ބުނުމުން ސުމާ  ހޭންފެށިއެވެ. “ހޭކަށެއް ނޫނޭ ވީ… މަޑުކުރޭ އަދިއަންނާނަން އާފަލުކޮޅެއް ހިފައިގެން…. އެ ކައިގެން ދާނީ ޑޮކްޓަރަށް ދައްކަން… މަންމަ އަންނާނެއެއްނު ޔާން ގޮވައިގެން އެހެންވީމަ ހާސްވާކަށްވެސް ނުޖެހޭނެ…” މާޒިން ތަށިތަށް ހިފައިގެން ދަމުން ބުންޏެވެ. “ޒިން ދެން ޕްލީސް.. އެ މާ ބުރަކޮށް އުޅެވޭތީ ނުކެވެނީއޭ… އެހެންވެ އެނބުރުން އަރަނީ.. ދެން ކާނަމޭ.. ޑޮކްއަށް ނުދެއްކިޔަސް…………….” “ނޯ ނޯ ނޯ ނޯ ނޯ… އަޑެއް ނާހާނަން…. މިހާރުވެސް ހޮސްޕިޓަލުގައި ހަމަ ތިގޮތަށްވެގެން ބައިވަރު ކުދިން އެޑްމިޓް ކޮށްފަ އެބަތިބި…. ބޮޑުވަރުނުވަނިސް ހިނގާ ދައްކަން.. ސުމްޖެހޭނީ މިފަހަރު ގޮތް ދޫކުރަން.. ގަދަކަމުންވެސް މިފަހަރު ގެންދާނަން…. އަހަރެން ނެތް އިރަކު އެނބުރުން އަރައިގެން ވެއްޓިފައި ތަނެއް ހަލާކުކޮށްލަންތަ ބޭނުމީ….” މާޒިން ހިތްހަމަނުޖެހިފައި ބުންޏެވެ. ސުމާ މާޒިން ދިޔަދިމާލަށް ލޯ އަޅައިގެން ބަލަން އިނެވެ. ވަޒީފާއަކަށް ނުދިޔައެއްކަމަކު އޭނާ އަކީވެސް ހޮވާލެވޭނެ މޮޅު ޑޮކްޓަރަކަށްވާނެކަން ޔަޤީނެވެ. ނަމަވެސް މުޅި ދުނިޔޭގައިވެސް އޭނާ އެންމެ ފޫހިވާ ކަމަކީ އަމިއްލަ ނަފްސަށް ފަރުވާކުރުމެވެ. ޑޮކްޓަރަށް ދެއްކުމެވެ. މާޒިން އެހެން ހެދުމުން އެންމެ ފަހުން އޭނާ މިޖެހުނީ އެކަންތަށްވެސް ކުރާށެވެ.

މާޒިން އިރުކޮޅަކުން އައީ އާފަލު ތަށްޓެއް ހިފައިގެންނެވެ. ސުމާ އެ ކާންފެށުމުން މޭ ހެޔޮވާންފެށިއެވެ. “އޯކޭ.. އަވަސް.. ތައްޔާރުވޭ… އެހެންނޫނީ ތި ހުރިގޮތަށްވެސް ގެންގޮސްދާނަން..” މާޒިން ބުނެލީ ސުމާ އަށް އިތުރު “އޮޕްޝަން” އެއް ނުދޭންވެގެންނެވެ. ސުމާ ރުޅި އައިކަމަށް ހަދާލާފައި ހުސްތަށި ކަބަޑުމަތީ ބެހެއްޓީ ވަރަށް ބާރަށެވެ. އެ އަޑު ކޮޓަރީގައި ހިފައިލިއެވެ. ސުމާ އެ ތަށި ތެޅުނުތޯ ބަލައިލީ އެހާ ބާރަށް ޖެހިދާނެކަމަށް ހީކޮށްފައިނުވުމުންނެވެ. މާޒިން ކައިރިއަށް ހިނިއައެވެ. އިތުރު ގޮތެއް ނެތުމުން ސުމާ ތައްޔާރުވާންފެށިއެވެ. އާދައިގެ ގޮތަކަށް ބުރުގަލެއް އަޅާލައިގެން ކަކުލާއި ހަމާއަށް އަރާ ދިގު އަދި ދޫ ހެދުމެއް ލިއެވެ. މިގަޑީގައި އަބާޔާ ލާން ބޭނުންނުވީ ހަށިގަނޑަށް ވަމުންދިޔަ އުނދަގުލަކުންނެވެ.

ސުމާ ސައިކަލާއި ދިމާލަށް ދިޔައީ މާޒިން ސައިކަލަށް އަރާނީކަމަށް ހީކޮށެވެ. ނަމަވެސް އޭނާގެ ހިތްމޮޅުކަމުން ގޮސް އެރީ ކާރަށެވެ. ސުމާ ރުޅިގަދަވެފައި ހުރުމުން މާޒިން ކުރާ ކޮންމެކަމަށް ފާޑުކިޔަމުންދިޔައެވެ. އެއްޗެއް ނުބުނެ އޭނާ އައިސް އިށީނެވެ. “ޖޮބްއަށް ނުދިޔަސް ތީވެސް ޑޮކްޓަރެއް ވިއްޔަ، ތިވަރަށް ފޫހިވާންޖެހޭތަ ދެން ޑޮކްއަށް ދައްކަންވީމަ؟” މާޒިން ހިނިއައިއްސާ އެހިއެވެ. ސުމާ މާޒިން އާއި ދިމާލަށް ލޯ އަޅާލަމުން ސީޓްގައި ލެނގިލީ އެ ކާރު ދުއްވާލުމުންނެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް ކާރު ދުއްވާގޮތުންވެސް އޭނާ ގެ ބޮލުގައި ރިއްސައިގަތެވެ. އެހެންވެ ލޯ މަރައިގެން އޭނާ އޮތީއެވެ.

ހޮސްޕިޓަލަށް ގޮސް އެތަށް އިރަކު ތިބުމަށްފަހު އެމީހުންނަށް ޑޮކްޓަރަށް ދެއްކޭ ގޮތްވިއެވެ. ޓެސްޓްތަކެއް ހަދަންޖެހުމުން ސުމާ އިތުރަށް ރުޅިއައެވެ. ނަމަވެސް މާޒިން އާއި ހެދި އެކަންތަށްވެސް ކުރަންޖެހުނީއެވެ. ރިޕޯޓު މާދަމާ ލިބޭނެކަމަށް ބުނުމުން މާޒިންއާއި ސުމާ ދާން ހިނގައިގަތެވެ. އޭނާގެ މޫނަށް ބަލައިލާފައިވެސް ހުރީ ރުޅިއައިއްސާކަން މާޒިންއަށް އިނގުމުން އިތުރަށް އުނދަގޫ ކުރަން ބޭނުންނުވީއެވެ. ދިޔަމަގުމަތީ އޭޑީކޭގެ ބައެއް މުވައްޒަފުންނާއި ދިމާވެ އެމީހުން ސުމާމެންނާއި ވާހަކަދެއްކިއެވެ. ސުމާ ވެސް ވާހަކަދައްކާހެދީ ފޭކް ހިނިތުންވުމަކާއި އެކުގައެވެ. .

ކާރުގެ ސީޓްގައި އިށީނދެފައި ސުމާ “އަރގްގްގްގް” އޭ ކިޔާފައި ދެއަތް މުއްކަވާލިއެވެ. މިހުރިހާއިރު އޭނާ ހުރީ ވަރަށް ކެތްކޮށްލައިގެންނެވެ. މާޒިން ހިނިގަނޑުމަތަ ކޮށްލީ ވަރަށްހާލުންނެވެ. ހޭކަން އިނގިއްޖެއްޔާ އޭނާ ނޮޅާ ކައިވެސް ލާފާނެއެވެ. “ހާދަ ފޫހިވެޔޭ.. މިތަނުން އަދި ކިރިޔާ ކަމެއްވިޔަސް ޓެސްޓެއް ހަދައިގެން ނޫނީ އެއްޗެއް އިނގޭ ބައެއް ނޭނގޭނެ.. ބަލާބަލަ އަތަށް ކުރިވަރު..” ސުމާ އަތަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. އަތް ވަނީ އޮޅަބުއްޓާއި ހަމާއަށް އޮޅާލެވިފައެވެ. އޭރު އަތުގައި މަލަންކޮޅެއް އިނެވެ. އޭނާގެ އަތުގެ ދެތަނަކަށް އިންޖިކްޝަންޖަހަން ޖެހުނީ ފުރަތަމަ ތަނަށް ޖަހައިގެން ލޭ ނުނެގެވުމުންނެވެ. ދެވަނަ ތަނަށް ޖަހާއިރަށް އުޅުނީ ލޭ މަނާނުވެގެންނެވެ. ސުމާ ހައްތަހާވެސް ރުޅި އަންނަ ކަންތަކެވެ. “އާދަޔާ ހިލާފް ވީމަ ވާނީ އެހެނެއްނު… ފުރަތަމަ ތަނުން ލެއެއް ނައި…ދެވަނަތަނުން ލޭ މަނައެއް ނުވި… އެހެންވެ އޭ ބުނަނީ މަގޭ ޖާނުގަނޑަކީ ވަން އިން އަ މިލިއަން އޭ..” ހިނިގަނޑަކާއި އެކު މާޒިން އަށް އެހެން ބުނެލެވުނެވެ. “ވަރަށް މަޖައެއްނު…” ސުމާ ބުނެފައި ލޯގަނޑުން ބޭރަށް ނަޒަރު ހިންގާލިއެވެ. ހިތާހިތުން މިއަދު މާ ރުޅި އައިސްގެން މިއުޅެނީ ކީއްވެތޯ އަހާލެވުނީ މީ އެހެންޏާ އޭނާ އުޅޭ ގޮތަކަށް ނުވީމައެވެ.

ސިގްނަލް އަށް ހުއްޓާ ކޮންމެ ފަހަރަކު މާޒިން ސުމާ އިތުރަށް ރުޅި އަރުވާލަން ބޭނުންވާތީ ގައިގާ ކޮއްޓާލައެވެ. ނުވަތަ ބުރުގަލަށް ދަމާލައެވެ. ސުމާ ކޮންމެފަހަރަކުވެސް މާޒިންގެ އަތް ފޮޅާލަނީއެވެ. “ސުމްކޮޅު ހާދަލޯބިއޭ ރުޅިއައީމަ އެހެންވެ ކަމެއް ނުކޮށް ނީނދެވެނީ.. ސޮރީ އިނގޭ..” ފެހި ސިގްނަލްއާއި އެކު ކާރު ދުއްވާލަމުން މާޒިން ބުނީ އިތުރަށް އޭނާ ރުޅި ނާރުވާންވެގެންނެވެ.. “ތިނޫންވަރެއް ނުވެއެއްނު.. ރުޅި ނާރުވާ ވަގުތެއް ދޭތަ..” ސުމާ އެހެން ބުނުމުން މާޒިންއަށް ވީ އިތުރަށް މަޖަލެވެ. އެ އެއްލާ ބަސްތަކުން އަންނަނީ ހިންޏެވެ. ކާރު ގޭ ދޮރުމައްޗަށް ހުއްޓިކަމެއް ނޭނގެ ސުމާ ދޮރު ބަންކިޔާފައި ޖެހި އަޑުއިވުނެވެ. އެ ދިމާ ބަލައިލިއިރު އޭނާ ގެއަށް ވަދެގެން އެހެރަ ދިޔައީއެވެ. މާޒިން ކާރު ޕާކްކޮށްލުމަށް ފަހު އެތެރެއަށް ވަތް އިރު ޝަރުމީލާ ހުރީ ރުޅިއައިއްސާ ދިޔަ ސުމާއާއި ދިމާ ބަލަހައްޓައިގެންނެވެ. “ކިހިނެއްވީ؟ ޑޮކްޓަރު ކީކޭ ބުނީ؟” ކަންބޮޑުވެލާފައި ޝަރުމީލާ އެހިއެވެ. “ޓެސްޓް ތަކެއް ހެދީ…. މާދަން ނަތީޖާ ލިބޭނެ.. ޑޮކްއަށް ދެއްކީމަޔާއި ލޭ ނަގަންޖެހުނުލެއް ގިނަކަމުން ރުޅިއައިއްސަ އެ ހުރީ…” މާޒިން ހެމުން ހެމުން އެހެން ބުނެފައި މައްޗަށް އެރިއެވެ. ޝަރުމީލާވެސް ހޭންފެށިއެވެ. އޭނާ އެންމެ އުފާވަނީ މިގޭ އެކަކުވެސް އޭނާ ނޯކަރެއްގެ ގޮތުގައި ނުދެކޭތީއެވެ. އޭނާއާއި ވެސް ވާހަކަތަށް ހިއްސާކޮށް އެކުވެރިކަން ބާއްވާތިއެވެ. އަދި އިހްތިރާމްވެސް ކުރާތީއެވެ.

މާޒިން ކޮޓަރިއަށް ދިޔައިރު ސުމާ ބުރުގާ އެނދުމައްޗަށް އެއްލާލާފައި ބަންޑުން ގޮސް އޮވެއްޖެއެވެ. އެހެންއޮވެ އެ ފަން ބޮލުގައި އައްސާލެވިފައިވާ ވޫލުކޮޅުވެސް ނައްޓުވާލާ ހޫރާލިއެވެ. އެ އިސްތަށިކޮޅު ރީތިގޮތަކަށް ނަށާލިއެވެ. މާޒިން އައިސް ސުމާގެ އިސްތަށިގަނޑާއި ކުޅެންފެށިއެވެ. “ބޭބީ…. ދެން އެހާ ރުޅި ނާދެބަ.. ސިކުނޑިއަށްވެސް އަރާމެއް ދޭންވާނެއެއްނު ދޯ… ތިހެން ރުޅި އައީމަ ޔާއިންއަށް ދަސްވާނެއެއްނު..” މާޒިން އެހެން ބުނުމުންވެސް ސުމާ އެ އޮތްގޮތަށް އޮތީއެވެ. ހޮޑުލެވުމާއި ހޮސްޕިޓަލުގައި ދިމާވި ކަންތަކުގެ ސަބަބުން އޭނާ މޫޑް ހުރީ ގޯސްވެފައެވެ. ހީވަނީ އަދިވެސް ހޮޑު ލެވެން އުޅެވޭހެންނެވެ. މާޒިން ސުމާ އަނބުރާލިއެވެ. ލުއި ފަތެއް އަނބުރާލިހާ ފަސޭހައިން އޭނާ އަނބުރާލެވުނެވެ.

ސުމާގެ އަތުން ލޭނެގި ހިސާބު ހުރީ ކުޑަކޮށް ދުޅަވެފައެވެ. މާޒިން މަޑުމަޑުން އަތުގައި ފިރުމާލިއެވެ. އަދި ސުމާގެ ނިތުގައި ބޮސްދިނެވެ. “އިނގޭ ދޯ ވަރަށް ލޯބިވާކަން؟” މާޒިން ބޭނުންވީ ސުމާގެ ރުޅި މަޑުކުރާށެވެ. ސުމާ ބޯޖަހާލިއެވެ. “އެހެންވީމަ، ލަވް ބަލިވީމަ ކިހާ ހާސްވާނެ، ބޭނުމެއް ނުވެޔޭ ދެންފަހަރަކުން ވެސް އެނބުރުން އަރައިގެން ވެއްޓޭކަށް..  އެވަގުތު އަހަރެން ކައިރި ނެތިއްޔާ ކާކު ހޭންޑްލް ކުރާނީ…. އެހެން ހިތަށް އެރިޔަސް އެބަ ހިތް ބިރުގަނޭ… މިހާރު ކިތަންމެ ކުޑަކަމެއްވިޔަސް ޑޮކްއަށް ދައްކަންޖެހެނީ ކުދި ކަންތަކުން ބޮޑެތި ކަންތަކަށް ބަދަލުވާއިރުވެސް އަމިއްލަ ނަފްސަށް ނޭނގޭތީ.. އެ ކުދި ކަންތަކީވެސް ތިމާގެ ފުރާނައަށްވެސް ގެއްލުން ވެދާނެކަމެއްކަމަށް މީހުން ގަބޫލެއްނުކުރޭ… އެހެންނު؟ ބޭބީ ޑޮކްއަކަށް ވެފައި އެ ހުރިހާ އެއްޗެއް އިނގޭއިރު އެކަންވެސް ގަބޫލުކުރަން ޖެހޭނެއެއްނު.. ނޫންތަ؟” މާޒިން ވަރަށް ލޯބިން ވިސްނައިދިނެވެ. ސުމާ އެ ހުރިހާ ކަމެއްވެސް ގަބޫލުކުރެވެއެވެ. ނަމަވެސް ރުޅި އާދެވުނީ ކީއްވެކަމެއް ނޭނގެއެވެ. ބަލިވީމާ އޭނާ އޮޓޯއިން ރުޅި ގަނޑު މައްޗަށް ދަނީބާއެވެ. ސުމާ މާޒިންގެ އަތަށް ބާރުކޮށްލިއެވެ. “އިނގެޔޭ ޒިން…. އެކަމްވެސް…..” ސުމާ އިތުރަށް އެއްޗެއް ނުބުނެ މާޒިންގެ އަތުގައި ބައްދާލަމުން ލޯ މެރިއެވެ.. މާޒިން ސުމާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ. އޭނާވެސް ހިސާބަކަށް ހިތްހަމަނުޖެހުނެވެ. އޭނާގެ ލޯބިވާ ސުމާގެ އަތަށް އެމީހުން އިންޖެކްޝަން ކޮށްޕާލިތަން ބަލަން އޭނާއަށްވެސް އުނދަގޫވިއެވެ. ނަމަވެސް އެއީ ތިމާއަށް ވާ ކަންތަށް ދެނެގަންނަންތާއެވެ.

ކުއްލިއަކަށް އޭނާ ސިހުނީ ދޮރުގައި ޓަކި ޖަހާލިއަޑަށެވެ. ސުމާވެސް މަޑު މަޑުން ލޯ ހުޅުވާލިއެވެ. މާޒިން އަތުން ސުމާ ދޫކޮށްލުމުން އޭނާ ގޮސް ދޮރު ހުޅުވާލިއިރު ހިނިތުންވެލާފައި ހުރި ޔާއިން ފެނި މާޒިންގެ ހިނިތުންވުންވެސް ފުޅާވިއެވެ. “ކޮބާ މާމަ؟” މާރިޔާ ފެންނަން ނެތުމުން މާޒިން އެހިއެވެ. “މާމަ ނަމާދުކުރަން ދިޔައީ…” އެތެރެއަށް ވަންނަމުން ޔާއިން ބުންޏެވެ.

މާޒިން ޔާއިންގެ ކޮނޑުގައި އަޅުވާފައި އިން ދަބަސް ނަގައި ކަބަޑުމަތީ ބެހެއްޓިއެވެ.”މަންމީ…” ސުމާ ފެނިފައި ޔާއިން އެ ދިމާލަށް ދިޔައީ ދުވެފައެވެ. އިސްޓާކީނަށް އަރާހުރުމުން އޭނާ ކައްސައިވެސް ނުލީ ކިރިޔާއެވެ. މާޒިން ވަގުތުން ޔާއިން ހިފަހައްޓާފައި ސުމާއާއި ކައިރިކުރިއެވެ. “މަންމި… ކީއްވީ..” ޔާއިން އެހީ އެހެންޏާ ސުމާ އެގޮތަށް ނޯންނާތީއެވެ. ސުމާ ބަލައި ނާންނަ ދުވަހުގައި ވިޔަސް ޔާއިން އަންނަންދެން އިންތިޒާރުގައި ބޭރުގައި ހުރެއެވެ. ލައިގެން ހުރި ސޯއްޓާއި ޔުނީފޯރމު ހުރީ ކުޑަކޮށް ރޫޖެހިފައިކަމުން  މިއަދުވެސް ކުޅިވަރެއް ކުޅުނީކަން ސުމާއަށް އިނގުނެވެ.

“މަންމި ބަލިވީ… ޔާން މިއަދު ބައްޕި އާއި އެކު ދޯ ފެންވަރާނީ..” މާޒިން ބުނެލީ ލޮތްބާއި އެކުގައެވެ. ޔާއިން އާއެކޭ ބުނެލާފައިވެސް ސުމާއާއި ދިމާލަށް ބަލައިލީ ދެރަވެފައެވެ. “މަންމި ރެސްޓް ކުރީމަ އޯކޭ ވާނެ އިނގޭ… ޔާން ބައްޕި އާއި އެކު ހުރިހާ ކަމެއް ކުރާނަމޭ… މަންމި އޮވޭ..” ލޯބިގޮތަކަށް ސުމާގެ ބޮލުގައި ފިރުމާލަމުން ޔާއިން އެހެން ބުންޏެވެ.. ސުމާ އެ މަޑު ކުޑަ އަތްތިލައަށް ބޮސްދިނެވެ. މާޒިން އަވަސްވެލީ ޔާއިން ފެންވަރަން ގެންދާށެވެ. ސުމާ އެނދުގައި އޮތް އިރު ފާހަނަތެރޭ އެދެމީހުން ސަކަރާތް ޖަހާ އަޑު އިވި އޭނާއަށްވެސް ހެވެންފެށުނެވެ. ދޮރުގައި ދެފަހަރު ޓަކި ދިނުމަށްފަހު މާރިޔާ ދޮރު ހުޅުވާލީ ސުމާ ކޮޅަށް ތެދުވެ ތެދުވެ ހުއްޓައެވެ. މާރިޔާ ހުޅުވާލުމުން ސުމާ އަނެއްކާވެސް އޮށޯތެވެ. އޭރު ފާހަނަތެރޭ ދެބަފައިންގެ ސަކަރާތުގެ އަޑު އިވި މާރިޔާ އެދިމާ ބަލައިލިއެވެ. “ދަރިފުޅު މިހާރު ރަނގަޅުތަ؟ އެއްޗެއް ކައިފިންތަ ފަހުން؟” މާރިޔާ އެހިއެވެ. “ކެއިން އެކަމް ކިރު ތަށި ބޯލާއިރަށް ހޮޑުލެވުނީ ދެން އެނބުރުންވެސް އެރީ ހޮޑުލެވިގެން ބަނޑު ހުސްވީވަރުން.. މާޒިން ޑޮކްޓަރަށް ދައްކަން ދިޔައީމަ މިއޮތީ އެމީހުން ކުރިވަރު… ދެތަނަށް ޖެހި..” ސުމާ ޝަކުވާކުރިއެވެ. މާރިޔާ ދެރަވިނަމަވެސް އޭނާވެސް އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ގަބޫލުކުރިއެވެ. “ހިނގާ ތަންކޮޅެއް ވަރުޖެހޭނެ އެއްޗެއް ކާލަން… ދަރިފުޅު މިހާރު މާ ކެއުމަށް ފަރުވާކުޑަކަން މަންމައަށް ފާހަގަކުރެވޭ… އަނެއްކާ މިދުވަސްކޮޅު  ވަރުގަދަ ހުމެއްވެސް އެބައުޅޭ…. ޔާއިންވެސް ބޭރަށް ގިނައިން ނުގެންދަންވީ… މާހާ ގޭ ކައިރި ހުރި މަންމަ ރައްޓެއްސަކާއި ދިމާވެގެން އޭނާ ބުނި އޭނާގެ ދަރިފުޅަށްވެސް ހުން އައިސް ހޮޑުލެވޭތީ އޭ އުޅެނީ… އޮންނަނީ އަބަދު ވާތާވެފައޭ… ބަނޑަށް އެއްޗެއް ލެވޭއިރަށް ހޮޑޭލަނޭ… ދަރިފުޅު ހުމެއް ނާދޭތަ؟” މާރިޔާ އެހެން ބުނެފައި ސުމާގެ ނިތުގައި އަތް ޖައްސާލި ނަމަވެސް އޭނާގެ ހުން ނެތްކަން އިނގި އަތް ނެގިއެވެ.

 

 

107
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އެޕާރޓްމަންޓް 4ބީ

Next

ިހިތާ ފުރާނައިގެ ދިރުމޭ (7)

Next
February 16, 2017

ިހިތާ ފުރާނައިގެ ދިރުމޭ (7)

Previews
February 16, 2017

އެޕާރޓްމަންޓް 4ބީ

24 Comments

  1. Ryn says:
    February 16, 2017 at 2:27 pm

    Hello. Afternoon. ?❤ I was really happy to know that u guys liked the first part. And even I know that 2 days aren’t really enough so was thinking to change it to three days as I got few requests to change it to three days.. So every Tuesday, Thursday and Saturday this story will be uploaded. And I hope it’s okay? And Im busy with exams and thats why couldn’t count the parts. Hopefully next week Tuesday ga bunedheynan.. Tc ?❤❤❤

    1. ?? says:
      February 17, 2017 at 11:51 am

      Hi ryn..varahh rethi ingeyy mihaaru..kurinn ehaa ginainn himanaa english words thahh madhu kohhlyma?aharemenn my dhivehin..ehnvee ma aharemenn vaahaka liyaairu liyan vany ginain dhivehin..ekm dhnn kudakohh english words himeniyass ok vaane right..mihaaru ryn thi liyaa gothahh vaahaka liyefiyyaa musthagubalu ga thy varahh molhu liyun theri akahh vaane kamah aharen ummeedhu kuran..kurinn aharenn ryn ge story yah varahh ehchehi kyn..ekamaa mihaaru maafahh edhnn..hope u’ll c my comment..?

  2. angry bird says:
    February 16, 2017 at 2:38 pm

    Maay kaloko mioh haasaru bondi eh….ehves kamehnuve mi episode…dhen hama eyna hodulani…eyna hodulani…eyna hodulani

    1. Correction says:
      February 16, 2017 at 3:27 pm

      maaiy kalaako*

    2. Anonymous says:
      February 16, 2017 at 4:42 pm

      Aslu ves mage hitha eree ves ehen hehe

  3. lara says:
    February 16, 2017 at 2:52 pm

    VVVVVVVVVVVV REETHI

  4. Fathu says:
    February 16, 2017 at 2:54 pm

    Haadha beykaaru vaahaka ginaey

  5. Vaahaka dhigu kuraa manje says:
    February 16, 2017 at 3:06 pm

    Reenge vaahaka thakuge molhu thankolhaky ae.. maa haasaru hdigukuraany.. eyrun gina episodes hedheynehnu .. ehnve

  6. Brainless says:
    February 16, 2017 at 3:08 pm

    Reethi mi part ves ryn..❤❤❤?
    I’m waiting for the next part.
    And best of luck with the exams.
    Study well..??????

  7. Shaya says:
    February 16, 2017 at 4:05 pm

    Varah varah reethi

  8. yaxaa says:
    February 16, 2017 at 4:13 pm

    suma akiy anhenunge haasa doc eh nuntha??
    why shouldnt she know uf she is pregnent or not???

    1. Anonymous says:
      February 16, 2017 at 4:45 pm

      Mio ha hasrae then pregnant kan delay vejjiyyamu bo anburanna badu bodutho belidhaane thihurihaaa beykaaru vahaka nudhakka

    2. reen says:
      February 16, 2017 at 4:52 pm

      Ur right reen ge hithah ves thihen eriey

  9. Goma. says:
    February 16, 2017 at 5:41 pm

    I am a gainee too nd I didn’t know it until I did the tests. Gainee akah vumakunneh adhi pregnant veekan yageeneh nuvaane. We are just normal doctors normal humans aharemn ah yageen nuvaa kameh amilla nafsah ves adhi ehen meehakahves bune ehnudheveyne. Gainee innakeeves aadhaige anhenun emeehun ves test hedheema yageen vaanee adhi ehen bolah enburun ereemakaa hoduleemakaa yageeneh nuvaane. E hurihaa kamakeeves aadhaige balithaku nishaan thakah veethee test hadhaigen noony gainee innakahves yageen kan nudheveyne e amilla patient ah viyas noonee amilla nafsah viyas. Story varah reethi. Busy schedule ehga ulhemun ves mivaahaka kiyaaleema varah hinhamajehey adhi heekuran sumaa pregnant vaanekamah. Dhevana chapter eh neruneethee varah ufaave. Mee mi site ah kuraa furathama comment. ?

    1. bubbles says:
      February 16, 2017 at 6:10 pm

      Pis pis hus haasaru.. doctor inno.. ekam evaru ves neygey..anekkaa dhariyaku huri iru v varu mee.. ??

    2. Saandy says:
      February 16, 2017 at 11:17 pm

      ބަބުލްސް!! ސުމާ އެ ގެންގުޅެނީ އޭނަގެ ދަރިއެއް ނޫނޭ… އެއީ ސުމާގެ ދައްތަގެ ދަރިފުޅު… ސުމާގެ ދައްތަ ވިހާފަ މަރުވީ

    3. Anonymous says:
      February 17, 2017 at 10:22 am

      gynaecologist akah gynae he spelling alhan neygeytha? So I wonder that gainee eh noon innanee

  10. Sujy says:
    February 16, 2017 at 6:04 pm

    Hama aslu vx sumkko kiyaathy v foohi..hyvani maaxin eynage koko akaa talk kuraa hn akan ragalhu kohly ma story vvv salhi vaaane

  11. Chum handi says:
    February 16, 2017 at 6:52 pm

    alhey so sweet… aslu vrh salhu dhen kudhi kudhi mistakes ulheyne dho…. no one is perfect….. dhe haaasaaru kiyaa kudhi dhahkaa vaahaka ah maabodah alhaanulaa… they’ll do what they always do.. hehe.. waiting for the next part ryn sissy…

  12. guy says:
    February 16, 2017 at 7:42 pm

    salhi,, ma mi site ah vannany mivahaka up kuraa dhuvas dhuvahu ekani… magey ah kamaku nudhey ryn liya story nun ehen story eh

    1. dhonthi says:
      February 16, 2017 at 11:06 pm

      he he he ryn noonas vvv reethi story liyaakudhin ulhey mi site ga. theee dhen bodu varu.. nikan Udhaali aa Shine aa layaali ge story kiyaabala. eyrun ingi dhaane reethi vaaha liyanee kaakutho.

  13. gud luck ? says:
    February 16, 2017 at 10:02 pm

    Salhi anehhen..but beykaaru vaahaka thankolheh madhu kohlani koh adhi maa rythi vaane..

  14. aisha says:
    February 17, 2017 at 11:23 pm

    Ryn nagailumuge maana dhas kuraashey Rynakah neyge nagailumuge maanaeh nagailumuge maana akey ehcheh gelligen dhiun konme thaakahves nagailun beynun koffane hama hurefa

  15. Shaya says:
    February 18, 2017 at 9:20 am

    Ryn kobaatha miadhuge part

Comments are closed.

All Right Reserved!