އޭގެ އަނެއްދުވަހެވެ. މާޒިން ހޮސްޕިޓަލަށް ދިޔައިރު ސުމާ ގޭގައި އުޅޭ ދުވަހެކެވެ. ޔައިނާ އާއި ޔާއިން އަދިވެސް ސައިބޯކަށް ނާދެއެވެ. ޔައިނާ ކޮލެޖަށްވެސް ދާންޖެހޭނެއެވެ. ސިޓިންގް ރޫމްގައި ރުޅިގަދަވެފައި އިން ސުމާ ތެދުވީ ދެމީހުންނަށް ގޮވަންދާށެވެ. ސިޑިއާއި ހަމާއަށް އެރުމާއި އެކު ލޮލުގައި އަޅައިގަތީ ޔައިނާއެވެ. އޭނާ ކޮލެޖްއިން ގެނައި ބައެއް ޓެސްޓް ޓިއުބްތަކެއްގެ އިތުރަށް ދެ ފޮތް ހިފައިގެން އާދެއެވެ. ސުމާ ފެނުމުން ހިނިތުންވުމަކައި އެކު ބާއްޖަވަރި ހެނދުނަކަށް އެދުނެވެ. “ކޮބާ ޕްރޮޖެކްޓް؟” ސުމާ އެހިއެވެ. […]
މާޒީގެ އުކިފައިވާ ގަނޑުތަކުގެ ތެރެއިން ނިކުމެވުން އިރު ޝަމްހާންއަށް ވަނީ ރޮވިފައެވެ. ފުރޮޅިލަ ފުރޮޅިލާ އެނދުމަތީ އޮއްވާ ފަރްހީން ގުޅަންފެށިއެވެ.” ޝަމް…އަމް.. ކެން އައި ކަމް އޯވާ..؟ އަސްލު މިއަދު ވަރަށް އެކަނި ފީލް ވާތީ… އެންޑް މަންމަމެން މަތިންވެސް ވަރަށް ހަނދާންވޭ… އައި ޑޯންނޯ ވަޓްސް ރޯންގް” ފަރްހީން ވެސް މިއަދު އުޅެނީ އެކަނި ވާތީއެވެ. މަންމަމެންގެ މަތިން ހަނދާންވާތީއެވެ. އޭގެ އިތުރުން އެ ފޮތުގެ ސަބަބުން ހިތުގައިވަނީ ހިޔާލްތަށް ގިންވެ ފުނިޖެހެން ފަށާފައެވެ. އޭނާ […]
“ވަރަށް ރީތި. ހިނގާ ދަމާ.” ހުޒާމް އެހެން ބުނުމުން ސާރާ އޭނާއާއެކު ހިނގައިގަތެވެ. އެވަގުތު ހުޒާމްގެ ފޯނު ރިންގުވިއެވެ. ފޯނު ނަގާ ބަލާލިއިރު ރިޒްނާގެ ކޯލެއްކަމުން ހައިރާންވެފައި ހުރެވެސް އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ. “ޒާމް ޕްލީޒް! އަހަރެން ސަލާމަތްކޮށްދީ. އެ ނުލަފާ މީހާ އަހަރެން މަރާލަފާނެ.” ކުއްލިއަކަށް އެގޮތަށް ރިޒްނާގެ އަޑު އިވުމުން ހުޒާމްއަށް ހުއްޓެވުނެވެ. ރިޒްނާގެ އަޑުންވެސް އޭނާ ބިރުގެންފައިވާވަރު އެނގެއެވެ. އެވަގުތު ދޮރެއްގައި ކަހަލަ އެއްޗެއްގައި ތަޅާ ކަހަލަ އަޑެއް ހުޒާމްއަށް އިވުނެވެ. “ރިޒޫ! […]
އާ ދުވަހަކަށް އިރުއެރިއެވެ. މެހެކް އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. އޭރު މުޅި ކޮޓަރި ވަނީ އަލިވެފައެވެ. ފުރަތަމަވެސް އޭނާއަށް ބަލާލެވުނީ ގާތުގައި ބައްދާލައިގެން އޮތް އާހިލްގެ މޫނަށެވެ. ކަޅި ޖަހާނުލާ އެމޫނަށް ބަލަން އޭނާއަށް އޮވެވުނީއެވެ. ކިތަންމެ ވަރަށް ބެލި ނަމަވެސް އޭނާގެ ހިތް ނުފުރޭ ހާވެއެވެ. އާހިލްގެ މޫނުގައި ބޮސް ދެމުން މެހެކް ލޯ މަރާލިއެވެ. އޭނާ އާހިލްގެ ގައިގައި ބައްދާލުމާއެކު އެހަށިގަނޑުގެ ހޫނުކަން އިޚްސާސްވާން ފެށިއެވެ. ރޭގައި އެހާ ލަހުން ނިދުމުގެ ސަބަބުން […]
ޒެއިނާ އަށް ލޯ ހުޅުވާލެވުނީ ދޮރުގައި މީހަކު މާބާރަށް ޖަހާތީއެވެ. ކަންނެތް ވެފާ ހުރި ނަމަވެސް ބޮލުގާއަތުންފުނާ އަޅަމުން ގޮސް ދޮރުހުޅުވިއެވެ. ކުރިމަތީ ހުރީ އާމިރާފެނިފައި ޒެއިނާއަށް ގަޑި ބަލާލެވުނެވެ. އަދި ހިންދިރުވާލިއެވެ. “ ކަމަނާ ނިދާލީ ދޯ. ސާބަސް ދަރިފުޅާ ސާބަސް. އެޔޮށް މިހާރު 8 15 ވީ. ނަސީބޭނު ތައްޔާރުވެފަތޯ ބަލާލަން އާދެވުނުކަން. ދެންވެސް ދޭ ތައްޔާރު ވާން. މިހާރު ބައްޕަ ވެސް ތައްޔާރު ވެއްޖެ. “ އާމިރާ މިހެން ބުނެފައިމޭޒުމަތީ ހުރި ހިހޫ […]
“އަހަރެން ވިސްނާލަން ބޭނުން.” ސާރާ އިތުރަށް އެތާނގައި މަޑުނުކޮށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާ އެކަނިވީ ވަގުތު ޝައިޠާނާ އޭނާގެ ސިކުނޑިއަށް ވެރިވެގަތެވެ. “ސާރާ! ކަލޭ އޭނާއާ އެކީ ނުދާތި! އޭނާ އެއުޅެނީ ކަލޭގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގަން. އޭނާއަކީ މުއްސަންޖެއް. ދުވަހަކުވެސް ނިކަމެތިންނަކަށް މުއްސަނދިންގެ ހިތްހެވެއް ނުވާނެ. އޭނާގެ ނޯކަރަކަށް ނޫނީ ކަލޭ ނުގެންގުޅޭނެ. ކަލޭ އޭނާއާއެކު ނުދާތި!” ސާރާގެ ބޮލުގައި ރިއްސައިގަތީ ވަކިވަރަކަށް ނޫނެވެ. އޭނާ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އިރުކޮޅަކު އެހެން […]
އެހެނަސް އޭނަ ހިތްވަރު ކޮށްފައި ފިޔަވަޅުތަކެއް އަޅަމުން ގޮސް އެގޭގެ މައިދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ތަގުޅި ކޮށްލަމުން ބެލްޖަހާލިއެވެ. އެ ބެލްގެ އަޑު ޝަފަޤްމެންގެ ކޮޓަރިއާއި ހަމައަށް ފޯރިއެވެ. އެހެނަސް އެވަގުތު އެ ކޮޓަރީގެ އެނދުގައި ހިމޭންކަމާއެކީ ނިދިފައި ތިބި މިޝްކާއާއި ޝަފަޤަކަށް އެ އަޑު އިވޭ ގޮތެއްނުވިއެވެ. ގިނައިރުވާން ފެށުމުން ބޭރުގައި ހުރި ޝިޔާ އަނެއްކާވެސް ބެލްޖަހައިފިއެވެ. ދެން ވެސް އޭނަގެ ކުރިމަތީގައި ހުރި ދޮރަށް ގޮތެއްވާން ނުއުޅުމުން ޝިޔާއަށް […]
ޔާނިޝްއަށް އިނީ އަދިވެސް ދޭނެ ޖަވާބެއް ނޭނގިފައެވެ. އެއްފަހަރު އަޔާންގެ އަތަށް، އަނެއްފަހަރު މީޝާގެ މޫނަށް ޔާނިޝް ބަލާލިއެވެ. “ދޮންބޭ………………. ތީކޮންކަމެއް………..” އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރުމަތީ ހުރި އާޔާއަށް ބަލާލިއެވެ. އާޔާ އައިސް ޔާނިޝްގެ ކައިރީ އިށީނެވެ. “އަހަންނަށް އެނގޭ ދުވަހަކުވެސް ޔާނިޝް އަހަރެން ދޫކޮއްލާފަ ނުދާނެކަން….. ޔާނިޝް ދުވަހަކުވެސް އަހަރެން ބާކީއެއް ނުކޮއްލާނަން ދޯ…….” ޔާނިޝް ހިނިތުންވެލަމުން އާންއެކޭބުނެ ބޯ ޖަހާލީ އިތުރު އެއްވެސް މަގެއް ފެންނަށް ނެތުމުންނެވެ. “ޕުރޮމިސް………..” އާޔާގެ އަތް […]
“ އަނހަ ދަރިފުޅާ … މިއަދު ހާދަ އަވަހަކަށް ތިއައީ؟ “ ގެއަށް ވަދެގެން އައި ޒޭން ފެނިފައި ޓީވީ ބަލަން އިން ޒޭންގެ ގެ މަންމަ ޒާހިދާ ބުނެލިއެވެ. “ އާނ .. މިއަދު އެހާ މަސައްކަތެއް ނެތް އެހެންވެ ހަމަ އައީ.. “ ޒޭން ޒާހިދާ އިށީއިނެއިން ސޯފާ އަށް ވެއްޓިގަންނަމުން ބުނެލިއެވެ. ހިމޭންވަގުތުކޮޅަށް ފަހު އަނެއްކާ ޒާހިދާ ވާހަކަ ދެއްކިއެވެ.. “ ދަރިފުޅާ .. ދަރިފުޅު ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު.. މިހާރު […]