“މިހާ އަވަހަށް ހުވަފެން ބަލަން ފެށީތަ؟ އަދި އެވެސް ދުވާލު ގަޑީގަ.” ހުޒާމް އެހެން ބުނެލުމުން ވަގުތުން ރިޒްނާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ޚިޔާލީ ވާފަށް މި އެއްލުނީ މާދުރަށެވެ. އަދި މިއުޅެވެނީ ހުޒާމް ގާތު އެވާހަކަ ނުވެސް ދެއްކިގެންނޭ ރިޒްނާގެ ހިތަށްއެރިއެވެ. ނަމަވެސް ހުޒާމްގެ ގާތުގައި އެވާހަކަ ދައްކާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެވާހަކަ ބުނުމުން ހުޒާމް ކަންތައް ކުރާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެންމެފަހުން އޭނާ […]
” ސިރުމީނާ ކަލޭ ލަދެއް ނުގަނޭތަ ތިހެން އަހަރެންގެ ދަރިފުޅާ ވާހަކަ ދައްކާކައް.. ތީ އޭނަގެ ގެޔޭ.. އަމިއްލައަށް ތަނަށް ވެރިވެގެން އުޅޭ އިރު.. އަހަރެން ހީ ކުރީ އަހަރެން ނެތް ދުވަހު ސިރުމީނާ އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލާނެ ކަމަށް.. އެކަމް އެދަރިފުޅު އެކްސިޑެންޓްވެ ނުކުޅެދޭ މީހަކަށް ވި ދުވަހު ސިރުމީނާ ކަން ކުރިގޮތް ޑޮކްޓަރ ވަނީީ ކިޔާދީފަ.. ތީ ތިހާ ރަހުމު ކުޑަ މީހެއްކަން އިނގުނު ނަމަ ކައިވެނިވެސް ނުކުރީސް.. އެކަމް މިހާރު އިނގިއްޖ […]
ހުޅުލޭ ބުރިޖު އަޅާތަން ބަލަންދާ ޕުލެޓުފޯމަކީ އާންމުކޮށް ވަރަށް މީހުންގިނަ ތަނެކެވެ. ނަމަވެސް މިއަދު މިތަނުން ފެންނަނީ އެންމެ މީހެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އުޑުމަތި އޮތީ ވަރަށް ބަނަކޮށެވެ. ދެންމެ ދެންމެ ވާރޭ އޮއްސާލަން އުޅޭ ކަހަލަގޮތަކަށެވެ. ކަނޑުގެ ރާޅުތަކަށް ވުރެން ސެހެރްގެ ސިކުނޑީގައި އުފެދިފައިވާ ރާޅުތަށް މާ ބިޔައެވެ. ސެހެރް ކަނޑާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެލޮލުން ކަރުނައޮހެއެވެ. ހިޔާލެއް ފިކުރެއްނެތި ސެހެރް މޫދަށް ފުންމާލިއެވެ. ހެއްދެވިފަރާތްމަތިން ހަނދުމަކުރުމެއްވެސް ނެތިއެވެ. ސެހެރަކީ ފަތަން އެނގޭ […]
ޒެއިނާ މަޑު މަޑުން ގޮސް އެތެރެއަށް ވަނެ އެނދުގައި އިށީއިނދެ ޒޭން އަށް ބަލާލިއެވެ. ޒޭން އަދި ވެސް ހަމަ އެ ހުރިތާ ހުރީއެވެ. ދެމީހުންގެ ދޭތެރޭ އެ ހިމޭންކަމުން ޒެއިނާ އަށް އުނދަގޫ ވިއެވެ. ޒެއިނާ ވާހަކަ ދައްކަން ބޭނުން ވިއެވެ. “ އޯ ޕްލީޒް ޒޭން. ވަރަށް އޮޑް ދެން ވާހަކަ ނުދައްކަ ހުންނައިރު. އަހަރެމެން މެރީ ކުރިޔަސް ވީ އާ ބެސްޓް ފުރެންޑް އޭ އިޑިއަޓް” ޒެއިނާ އެއްމެ ފަހު ޖުމްލަ ބުނެލީ […]
“ރިޒޫ! އޭނަ ކައިރިން ވަރިވޭ! އަނިޔާކުރާ ފިރިއަކާއެކު އުޅުމަކީ ރައްކާތެރިކަމެއް ނޫން. އަދި އެއީ ދީނީ ގޮތުން ހުއްދަކަމެއްވެސް ނޫން.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހުޒާމްއާ ދުރުވެލަމުން ހުޒާމްއަށް ބަލާލިއެވެ. “އަހަރެންވެސް ބޭނުން. އެކަމަކު އޭނަ ކައިރިން ވަރިއެއް ނުވެވޭނެ.” ރިޒްނާ އެކަމަށް ކިތަންމެ އެދުނަސް އޭނާގެ އަޑުން އެކަމުގައި އޭނާގެ އެއްވެސް އުއްމީދެއް ނެތްކަން އެނގެއެވެ. “އެކީއްވެ؟” ހުޒާމް ބޭނުންވީ އެކަމުގައި ރިޒްނާގެ ވިސްނުން ހުރިގޮތެއް ބަލާށެވެ. “އޭނަ އަހަރެން ވަރިއެއް ނުކުރާނެ.” ރިޒްނާ […]
ވެއްޓިފައިވާ އެ ކާކުކަން ނޭނގޭ މީހާގެ މޫނު މަތިން ވެސް އޭރު ފާޅުވަމުން ދިޔައީ ހައިރާން ކަމާއި ބިރުވެރި ކަމެވެ. އޭނަގެ ނޭފަތާއި ތުންފަތް ވަނީ ފަޅައިގެން ގޮސްފައެވެ. އޭރު ހޯސްލައިފާ ލޭތަށް އޭނަގެ ނޭފަތުންނާއި އަނގަ އިން އަންނަމުން ދެޔެވެ. އެވަރުން ވެސް އަހަރެންގެ ހިތް ހަމަ އެއްނުޖެހުނެވެ. އަހަރެންގެ ބޯމަށްޗައް ދަމާލައިފާ ހުރި ގޮނޑި އަތަށް ބާރުލައި އެ ނުދަންނަ މީހާގެ މޫނާ ދިމާޔަށް ތިރި ކޮށްލީމެވެ. އެމީހަގެ ބޯ މަށްޗައް ގޮނޑި ތިރިވީ […]
މީޝާ ރޮއެގަންނަމުން އަމަރްގެ ގައިގަބައްދާލިއެވެ. “މީޝާ….. ކިހިނެއްވީ…… ކީއްވެތި ރޮނީ………….” އަމަރް ހާސްވެހުރެ ސުވާލުކުރިއެވެ. މީޝާ ރުއިން ކޮންޓުރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ކުރު ގޮތަކަށް އަމަރްއަށް ހުރިހާ ވާހަކަތަކެއް މީޝާ ކިޔާލަދިނެވެ. އަމަރް މީޝާ އަތުގަހިފާ ކޮޅަށް ނެގިއެވެ. މީޝާ ކިޔަވަން އައިންސުރެ މީޝާގެ އެންމެގާތް ރަހުމަތްތެރިޔަކީ އަމަރްއެވެ. އަމަރްގެ ރަގަނޅު އަހުލާގާ، އޯގާތެރިކަމުގެ ސިފަ އަބަދުވެސް މީޝާއަށް އެހީވެދެއެވެ. އުފާވެރިކަމެއްވިޔަސް ހިތްދަތިކަމެއް ވިޔަސް އަމަރް މީޝާގެ އެންމެގާތުގައިހުރެއެވެ. “މީޝާ…………………………” މީޝާއާ އަމަރް އެބުރިބަލާލީ ޓެރަސްމައްޗަށް […]
ޒުހައިރާ ޔާސީންގެ އަތުގައި ހިފާލަމުން ހިފަހައްޓާލީ ދައްކާލީ ފައިލެވެ. އޭރު ޔާސީނާއި ދިމާލަށް ބަލަހައްޓައިގެންހުރި ރަޔާލް ލޮލުގެ ކޮޅުން ވެއްޓުނު ކަރުނަ ތިކި ޖެހުނީ އޭނާގެ ކޮނޑުމަތީގައެވެ. އެތުންފަތުގައިވި ހިނިތުންވުމުން ހީވަނީ މީ ޔާސީނަށް އޭނާ ފެންނަމީ އެންމެ ފަހު ފަހަރު ހެންނެވެ. އެލޮލުގައިވަނީ އޭޏ ޔާސީންދެކެ އިންތިހާއަށް ލޯބިވާ ކަމެވެ. އެހިނިތުންވުމަށް ދޭނެ ރައްދެއް ޔާސީނަކަށް ނޭނުގެނެވެ. ޒުހައިރާގެ އަތުން ނެއްޓި ގަނެގެން އެދިމާއަށް ބާރަށް ހިނގާފައި ދިޔައިރު ރަޔާލް ލިފްޓަށް އަރައިގެން ހިނގައްޖެއެވެ. ބޮލުގައި […]
“އޭ. ޓީ. ޑީ. ޕީ. 7؟” އަހަރެން ގިޓާގައިވާ އަކުރުތައް ވަކިވަކިން ކިޔާލީމެވެ. އެއީ ކޯއްޗެއްކަން ނޭނގުމުން އަހަރެން ދެކޮނޑު އަރުވާލުމަށްފަހު ގިޓާ ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ. ދޮންބެ އާ ރޫޝިން އުޅޭ ކޮޓަރިއާ ދިމާއަށް ދިޔައިރު ދެބުމަ ގޮށްޖަހައިގެން ހުރެ އަހަރެންގެ ދޮންބެ ކޮޓަރިން ނިކުތް ތަން ފެނުނެވެ. “ބަލާއެއް ކަހަލަ އިންސާނަކު މިކޮޓަރިއަށް ވައްދައިފި ބައްޕަވެސް!” ނިކުމެގެން އަންނަމުން ދޮންބެ ދަތްކުނޑި ވިކައިގެން ހުރެ ބުނެލިއެވެ. އޭނާ އެހާ ރުޅިއައިސްފައި ހުއްޓަކާ އަދިއެއް […]