ދިމާވި ސަބަބަކާއި ހުރެ “ކުއްވެރިޔަކީ…..؟ މިވާހަކަ ނުގެނެސްދެވި ގިނަދުވަސް ތަކެއް ފާއިތުވީތީ ކިއުންތެރިންގެ ކިބައިން ނިހާޔަަތަށް މަޢާފަށް އެދެމެވެ. އަދި އަޅުގަނޑުގެ ލިއުންތަކާއި ވާހަކަތަކަށް ޝަޢުޤުވެރިކަން ހުންނަ އެއްމެހާ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ. ލިއުމަށް ލިބޭ އެއްމެ ބޮޑު ހިތްވަރަކީ ތިޔަބޭފުޅުންގެ ޕޮސިޓިވް ކޮމެންޓް ތަކެވެ. ކުރީގެ ބަޔާއި ގުޅޭ :- ދޮންތަ ފޯނެއްގައި ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އިރުކޮޅެއްފަހުން ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެންއައި ކޮންމެވެސް މީހަކަށް ފޯނުގެ އަލިކަމުން އިޝަރާތް ކޮށްލަމުން ވަރަށް އުފަލުން ހުރެ އަހަރެން […]
ޔައިނާ އުފުއްލާލައިގެން އުޅުމުގެ ސަބަބުން އޭނާގެ އަނގައިންނާއި ބޮލުން ފޭބި ލޭތަށް ޔާއިންގެ ޓީޝާޓުގެ އިތުރުން އަތުގައިވެސް ހުއްޓެވެ. ގޮނޑީގައި ގައި އިށީނދެ އިން އިރު އޭނާ ދެއަތަށް ބަލަމުން ދިޔައީ ގަބުއަރާފައި އިނދެއެވެ. ޔައިނާއަށް އަނިޔާވިތަން އޭނާއަށް ސިފަވަމުންދިޔައެވެ. އެވަގުތު ދުވެފައި ކަހަލަ ގޮތަކަށް މާޒިންއާއި ސުމާ އައީ އެހަބަރު އެމީހުންނަށް ހޮސްޕިޓަލުގެ މުވައްޒަފެއްގެ ފަރާތުން ލިބުމުންނެވެ. ސުމާ އާއި މާޒިން އައިސް ޔާއިންގެ ދެފަރާތުގައި އިށީނދެ ޔާއިންއަށް ގޮވަމުން ދިޔައިރު އޭނާ އިނީ ހަރަކާތްވެސް […]
“ދެން ގޮސްލީ” އަލްވިންއާ ސަލާމް ކޮއްލަމުން އެ ޒުވާނާ ބުނެލިއެވެ. އެ ފިރިހެންވަންތަ އަޑުން އަލްޔާގެ ހިތް ތެޅިލިއެވެ. “އާނ ވަރަށް ސަލާމް… ކަމެއް ބޭނުވެއްޖިއްޔާ ބުނެލައްޗޭ…” އަލްވިން ބުނެލުމުން ހިތްތައް ކަތިލާފަދަ ހިނިތުންވުމެއް ހަދިޔާކޮއްފަ އެޒުވާނާގޮސް ވަނީ ކުރިމަތީހުރި ގެޔަށެވެ. “ދޮންބެ ފްރެންޑެއްތައެއީ…” އަލްވިން ދުރުގަ ޕާކުކޮއްފަ އޮތް ސައިކަލަށް އަރައިގެން އައުމުން އަލްޔާ ސުވާލު ކޮއްލިއެވެ. ހަމަ އެންމެ މަގުސަދެއްގައެވެ. އެ ގޮތްނޭންގޭ ޒުވާނާ އާ ބެހޭ އިތުރު މައުލޫމާތެއް ލިބޭތޯއެވެ. ނަމަވެސް އަލްޔާ […]
ޖެހިގެން އައި ދުވަހު ޝަރީފާއަށް ޝައްކެއްވެސް ނުވާނެހެން ސާރާ ފުރުމުގެ ކަންތައް ރިޒްނާ ހަމަޖެއްސިއެވެ. ޝަރީފާ މެންދުރުފަހު ދޭއްގެ ޚަބަރު ބަލަން އިންދާ ސާރާ ކޮޓަރިން ނުކުތެވެ. ސާރާ ހިފައިގެން ހުރި ފޮށި ފެނިފައި ޝަރީފާއަށް ކޮޅަށް ތެދުވެވުނެވެ. “ދައްތާ! އަހަރެން ދަނީ. ހިތްހެޔޮކުރާތި!” ސާރާ އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން ބުނެލިއެވެ. އޭނާ އެގެއިން ދާކަށް ބޭނުމެއް ނޫނެވެ. މިއަދު އޭނާ އެގެއިން އެދަނީ އިތުރު ގޮތެއް ނެތުމުންނެވެ. އަމިއްލަ ފުރާނައަށްވުރެވެސް ލޯބިވާ ހުޒާމްގެ […]
އަކްރަމް އެނދުމަތީ އިށީދެލަމުން ދެއަތުން މޫނުމަތީ ހުރި ދާތިކިތައް ފޮހެލިއެވެ. އަދި އަވަސް އަވަހަށް ބޭރަށް ނިކުމެ އަޑުއިވޭ ހިސާބުގަ މީހަކު ހުރިތޯ ދެކޮޅު ހޯދާ ބަލާލިއެވެ. މީހަކު ފެންނަށް ނެތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. މުޅިރޭހެން ޔާނިޝް ހޭދަކުރީ ގެއިންބޭރުގައެވެ. އެބައްޕަގެ މޫނުވެސް ދެކެންބޭނުން ނުވާކަހަލައެވެ. “އައްސަލާމް އަލައިކުމް………” އަމަރް ސަލާމްގޮވާލީ ސިޓިންރޫމްގަ ތިބި ޔާނިޝްއާއި އަޔާން ފެނުމުންނެވެ. “އަހަނ އަމަރް……… ކޮންއިރަކު ރަށަށް އައީ………… އާދޭ އިށީނަން” “އިއްޔެއައީ…….. މިއަދު މީޝާ ޓޭސްޓްގެ ރިޒަލްޓް […]
ދުވަސްތައް ފާއިތުވަމުން ދިޔައީ ނިކަން އަވަހަށެވެ. ކުރިން ހުޒާމް ކުރަމުންދިޔަ ހިތާމަ ކުރާތަނެއް މިހާރަކު ނުފެނެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއްގެ އަސަރުތަކެވެ. ނަމަވެސް ބަދަލުނުވީ ކުއްލި ކުއްލިއަކަށް އެއަންނަ ސިނގުރުޅިއެވެ. ކިތަންމެ ކުޑަ ކަމަކާވެސް ރުޅި އައިސްދާނެއެވެ. އަދި އެންމެ ހައިރާންވާންޖެހޭ ކަމަކީ އޭނާ ރުޅިއަންނާނީ ކޮންކަހަލަ ކަމަކާކަން އެކަކަށްވެސް ނޭނގޭކަމެވެ. މީހަކު ނޭވާލާ ގޮތަކުންވެސް ރުޅިއައިސްދާނެއެވެ. މިކަމާ ޝަރީފާ ހުންނަނީ ކަންބޮޑުވެފައެވެ. ހަފްތާއެއް ފަހުން ހުޒާމްއާއި ރިޒްނާ ސިންގަޕޫރަށް ފުރީ ރިޒްނާގެ […]
އަދި އޭނަގެ މަޤްޞަދަކީ އަޒާނާއި އައިމަން ވެސް ދުވަހަކުވެސް ބަދުނާމު ނުވާވަރަށް ބަދުނާމުކޮށްލުންކަމެވެ. ހަމަ މިއާއެކު އެ ރޭވުމުގެ ތެރެއިން އެމީހުން މުޅި ޢުމުރަށް ޝުކުރުވެރިވާނެ ނިޢުމަތެއް ލިބިގެންދާނެކަން ވެސް އެމީހުންނަށް ރޭކާނުލައެވެ. އެރޭގެ ވަގުތެއްގައި އަޒާން ފެންވަރައި ތާޒާ ވެލައިގެން އޭނަގެ އަތުގައި އޮތް އެންމެ އާ ގަމީހާއި ޖިންސް ލައި ސެންޓުގެ ވަހުން މުޅި ކޮޓަރި އެއްވަސް ކޮށްލިއެވެ. ހުދާއާއި ރައްޓެހިވާން އެދެން ދިޔަ ރޭ އައިމަން ބުނިހާ ގޮތަކަށް ކަންތައް ކުރިއެއްކަމަކު […]
“އަހަރެން ދެކުނީމޭ ޝުބާ އަތިރިމައްޗާ ދިމާލުން އައިސް ގޭގެ ފުރާޅަށް އަރާތަން..” ރޫޝިން އެހެން ބުނެލުމުން ސިހިފައި އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އޭނާއަށް އެއީ އަހަރެން ކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހުރީވެސް މޫނު ނިވާކޮށްގެން ވިއްޔާއެވެ. ހަދާނެގޮތް ހުސްވެފައި އަހަރެން ރޫޝިންއާ ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ. “ބުނޭ.. ކޮންތާކުން ތިއައީ؟ އެވެސް މިއޮއް ދަންވަރު ގަޑީގަ.. އަނެއްކާ.. ތީ..ތީ ވަގެއްތަ؟ ތަނަކުން ވައްކަންކޮށްގެންތަ ތިއައީ؟” ހިނދެއް ހިނދަކަށް ރޫޝިންގެ އަޑު ބާރުވަމުން […]
ޔާއިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރުޅިއާދެވުނީ އެ ޕާޓޭ މީހާއަށްވުރެ ބޮޑަށް ޔައިނާ ދެކެއެވެ. ނަމަވެސް ކުރިމަތީ ޔާއިލް އިންގޮތް ފެނި އޭނާ ފުންނޭވައަކާއި އެކު ރުޅި މަތަކުރިއެވެ. “އެހެންތަ.. އެހެންވިއްޔާ ދޮންބެ ތިކަން ބަލާނަން އިނގޭ.. ދޮންތި އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ދޮންބެ ކައިރި ބުނައްޗޭ.. އެންޑް ޔެސް ދޮންބެއަށް އެއްވެސް އެއްޗެއް ނުފޮރުވާތި އިނގޭ..” ޔާއިން ޔާއިލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޔާއިލް ހަމަޖެހެވުނީ ދެނެވެ. ހިތުގައިވާ އުދާސްތަށް ފިލިއެވެ. އަދި ޔާއިން އެކަން […]