Skip to content
އެސްފިޔަ

ނޭނގޭ ގޮތެއްވޭ !! (2 ވަނަ ބައި)

“ އަނހަ ދަރިފުޅާ … މިއަދު ހާދަ އަވަހަކަށް ތިއައީ؟ “ ގެއަށް ވަދެގެން އައި ޒޭން ފެނިފައި ޓީވީ ބަލަން އިން ޒޭންގެ ގެ މަންމަ ޒާހިދާ ބުނެލިއެވެ. “ އާނ .. މިއަދު އެހާ މަސައްކަތެއް ނެތް އެހެންވެ ހަމަ އައީ.. “ ޒޭން ޒާހިދާ އިށީއިނެއިން ސޯފާ އަށް ވެއްޓިގަންނަމުން ބުނެލިއެވެ. ހިމޭންވަގުތުކޮޅަށް ފަހު އަނެއްކާ ޒާހިދާ ވާހަކަ ދެއްކިއެވެ.. “ ދަރިފުޅާ .. ދަރިފުޅު ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު.. މިހާރު 23 އަހަރު ފުރިފަ ހުރި ޒުވާން ފިރިހެނެއް ތީ.. “ “ ވަޓް މޯމް .. ކީކޭ؟ “ ޒޭން ސުވާލު ކުރީ ޒާހިދާ ދައްކަން އުޅޭވާހަކަ ނުވިސްނިގެންނެވެ. “ ދަރިފުޅު ބަނޑުހައިތަ؟ ކޮފީ އެއް ގެންނަންތަ؟” ޒާހިދާ މިހެން ބުނުމުން ޒޭން ޒާހިދާ އާ ދިމާލަށް ބަލާލިއެވެ.. މިއަދު މޯމް މިއުޅެނީ ކިހިނެއް ހެއްޔެވެ.. އަނެއްކާ މޯމް ބަލީ ބާވައެވެ.. “ މޯމް މޯމް.. ތި ބުނަން އުޅޭ އެއްޗެއް ސާފުކޮށް ބުނެދީބަލަ” ޒޭން މިހެން ބުނުމުން ޒާހިދާ ފުން ނޭވާއެއް ލުމަށް ފަހު ވަރަށް އަވަސް އަވަހަށް ބުނެލިއެވެ..
“ ބައްޕަބޭނުން ވަނީ ދަރިފުޅު ކައިވެނި ކުރަން.. އެންޑް މިރޭ އެމީހުންނަށް ބައްދަލުކޮށްލަން ދިޔުމަށް ބައްޕަ އެދެނީ..” ޒާހިދާ އެއްނޭވާއިން މިހެން ބުނެލިއެވެ.. “ ވަޓް މޯމް.. ހާދާ އަވަހަކަށް ކައިވެނި ކުރުވަން ތިއުޅެނީ.. ޒޭން ޒާހިދާ އަށް ބަލާލަމުން ބުނެލިއެވެ.. “ ދަރިފުޅު ކައިވެނި ކުރަން މަންމަ މެން ބޭނުންވަނީ އޭ.. ދަރިފުޅު އެ ކުއްޖަ އާ ބައްދަލުކޮށްފަ ކަމު ނުދަންޏާ ނޫނެކޭ ބުންޏަސް މަންމަ އަށް އޯކޭ އޭ… އެކަމް މަންމަ މެންނަށްޓަކައި އެކުއްޖަ އާބައްދަލު ކޮށްލާ.” ޒާހިދާ ވިސްނާދޭފަދަ ގޮތަކަށް ބުނެލިއެވެ.. “ އޯކޭ އައި ވިލް މީޓް..” ޒޭން މިހެން ބުނެފައި ކޮޓަރިއަށް ވަންނަން ދިޔައެވެ.. ޒާހިދާ ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުންވެލިއެވެ.. “ އެހެންވެ މިރޭ 8 30 އަށް ރެޑީ ވާތި އިނގޭ..” ޒާހިދާ ޒޭން އަށް އިވޭވަރަށް ބާރަށް ބުނެލިއެވެ.. ޒޭން ފައިން އޭ ބުނެލަމުން ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ..
ޒެއިނާ ކޮޓަރީގެ ދޮރު ހުޅުވާލާފައި މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އަދިވެސް މުޅިކޮޓަރި އޮތީ މިއަދު ހެދުނު އޭނާ އޮފީހަށް ދިޔައިރު އޮތްގޮތަށެވެ.. ޒެއިނާ އަވަސް އަރުވާލަިގެން އޮފީހަށް ދިޔައީ މުޅި ކޮޓަރު އެފުށްމިފުށަށް ޖަހާފައެވެ. ޒައިނާ ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ.. އަދި ކޮޓަރި ހަމައަކަށް އެޅުވިއެވެ.. އެއަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. އެހެން އޮވެ ިރުކޮޅެއް ނުވަނިސް ޒައިނާގެ ފޯނު ރިންގް ވާން ފެށިއެވެ.. ގުޅަނީ ޒޭން އެވެ.. ޒައިނާ ހިނިތުންވެލައިގެން ހުރެ ފޯން ނެގިއެވެ..
“ ހަލޯ ޒެއީ.. އިނގޭތަ މޯމް މެން އަހަރެންގެ ވެސް ކައިވެނި ހަމަ ޖައްސާފި. މިރޭ މީޓް ކުރަން ދާންވިއޯ.. ނޭނގެ ކާކު ކަމެއްވެސް. “ ޒޭއިނާ ހަލޯ އޭ ނުބުނަނިސް ޒޭން ފެށިއެވެ. “ ވަޓް .. ހެހެހެ.. މަށަށް މަލާމަތް ކުރީމަ ވީ ގޮތް ތީ.. އޯ ދެމީހުންވެސް މެރީ ކުރާނީ ދޯ.. ޔޭ..” ޒެއިނާ ބުނެލިއެވެ.. “ ވަޓް އެވާ.. ބަޓް ގުޑް އައިޑިއާ ..ދެމީހުން އެއްދުހާކަށް ކައިވެނި ހަމަޖައްސާނީ.. ސަޅި ވާނެ.. “ ޒޭން ވެސް އެއްބައި ވެލިއެވެ.. “އޯކޭ ބާއި.. މޯމް އެބަ ގޮވާ.. “ މިހެން ބުނެ ޒެއިނާ ފޯނު ކަނޑާލިއެވެ.. އެއަށްފަހެ އޭނަ މަންމަ އާމިރާ އޭނައަށް ގޮވަނީ ކީއްވެތޯ ބަލާލަން ދިޔައެވެ..
“ ކީކޭ މޯމް.. ؟ “ ޒެއިނާ ވާހަކަ ދެއްކީ ބަދިގޭގައި ކޮފީ ގިރަން ހުރި އާމިރާ އަށެވެ. “ ދަރިފުޅާ ބައްދަލު ކުރަން އަންނަ މީހުން އަންނާނީ މިތާ ކައިރި އެހެރި ރެސްތޯރެންޓަށޯ ދެންމެ ބައްޕަ ގުޅާފަ އެބުނީ..” އާމިރާ ބުނެލިއެވެ.. ވަޓް.. އޯ ގޯޑް މޯމް.. އަދި މިގެއަކަށްވެސް ނޫންތަ އަންނަނީ.. ދެން ވަރަށް ފޫހިވޭ..” ޒެއިނާ ކުޑަކުއްޖެއްހެން ތުން އޫކޮށްލަމުން ބުނެލިއެވެ.. “ މާ ބޭބީ ވާނެ ކަމެއް ނެތް.. މިހާރު 22 އަހަރު ފުރިފަ ހުރި އަންހެނެކޭ ތީ.. ދޭ މި ކޮފީ ތަށި ހިފައިގެން ކޮޓަރިއަށް ގޮސް ބޯލާ. ދެން މިރޭ 8 30 އަށް ރެޑީވެގެން ހުންނާތި.. “ އާމިރާ ކޮފީތަށި ޒެއިނާ އަށް ދެމުން ބުނެލިއެވެ.. ޒެއިނާ އޯކޭ އެއްބުނެލަމުން ކޮޓަަރިއަށް ވަނެވެ.
ކޮޓަރި އަށް ގޮސް ކޮފީ ތަށި އެތާ މޭޒުމަތީ ބަހައްޓަފައި ޒެއިނާ އެނދުގައި ޖައްސާލިއެވެ.. އޭނާ ހިތަށްއަރަމުން ދިޔައެވެ.. އަހަރެން ކައިވެނިކުރަން މިއުޅެނީ ކާކަށް ހެއްޔެވެ.. އޭނާ ހުންނާނީ ކިހިނެއް ހެއްޔެވެ.. އޭނާ އަށް އަހަރެންކަމުދާނެ ހެއްޔެވެ.. މި ހިޔާލުތަކުގައި އޮއްވައި ޒެއިނާ ފުންނިންޖަކަށް ގެނބުނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Ailish

    Thankolhh dhigukon nugenes dheveyne tha

    1. Pinkish
      Ailish

      Thankx for the comment

  2. Aakee

    v reethi ekamu maakuree mi part ves

    1. Pinkish
      Aakee

      Thankx for the comment

  3. Amm

    Haadha kurukoh thi genes deny??
    Than kolheh dhigu koh genesdheebala..
    But story v interesting?

    1. Pinkish
      Amm

      Thankx for the comment

  4. yalvish

    Foohi my story eh?? Thanfukeh liyelaafa..

    1. Pinkish
      yalvish

      Thankx for the comment

  5. Pinkish

    Srryyy guyxx.. next part maadhen noony thursday ga… in sha allah v dhigu kohlaanan.. srryy once again.. ☺

  6. Yaana

    Yes story kurukamun kiyaahitheh nuvey pls dhigukohla dhehchey next part

    1. Pinkish
      Yaana

      Thankx for the comment

  7. Aisha

    Varah reethi firt episord.. Kind hub as thalami up kohdheveyniee.. Mi part thankolheh kuru..

    1. Pinkish
      Aisha

      Thankx for the comment

  8. Esfiya

    Maakuree kuhjaa

    1. Pinkish
      Esfiya

      Thankx for the comment

  9. You

    Vahaka nimi dhaana thi tha thi ulhaneeee

    1. Pinkish
      You

      Thankx for the comment

  10. Raaina

    Haadha kurey pis pis

    1. Pinkish
      Raaina

      Thankx for the comment

  11. yaan

    haadha kurey

    1. Pinkish
      yaan

      Thankx for the comment

  12. saan

    My liyan neyngey myhaku liyefa oiy vahaka ehtha.. geyga madun ovebala liyan neyngenyaa…

    1. Pinkish
      saan

      Thankx for the comment

  13. Anonymous

    Jaane tu ya jaane na ge concept dho mee

    1. Pinkish
      Anonymous

      Noon anonymous.. ☺

Comments are closed.