Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އެދުމޭތީ (5 ވަނަބައި)

Maahee Level 110 Stories100 Comments
February 28, 2017 3 Mins Read
10 Comments

ޔާނިޝްއަށް އިނީ އަދިވެސް ދޭނެ ޖަވާބެއް ނޭނގިފައެވެ. އެއްފަހަރު އަޔާންގެ އަތަށް، އަނެއްފަހަރު މީޝާގެ މޫނަށް ޔާނިޝް ބަލާލިއެވެ.

“ދޮންބޭ………………. ތީކޮންކަމެއް………..”

އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރުމަތީ ހުރި އާޔާއަށް ބަލާލިއެވެ. އާޔާ އައިސް ޔާނިޝްގެ ކައިރީ އިށީނެވެ.

“އަހަންނަށް އެނގޭ ދުވަހަކުވެސް ޔާނިޝް އަހަރެން ދޫކޮއްލާފަ ނުދާނެކަން….. ޔާނިޝް ދުވަހަކުވެސް އަހަރެން ބާކީއެއް ނުކޮއްލާނަން ދޯ…….”

ޔާނިޝް ހިނިތުންވެލަމުން އާންއެކޭބުނެ ބޯ ޖަހާލީ އިތުރު އެއްވެސް މަގެއް ފެންނަށް ނެތުމުންނެވެ.

“ޕުރޮމިސް………..”

އާޔާގެ އަތް ޔާނިޝްއާ ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. ޔާނިޝް އާޔާގެ ހަރަކާތްތަކަށް ނަޒަރު ހިންގާލިއެވެ……

“ޕުރޮމިސް……….”

އިރުކޮޅަކު އިނދެލުމަށްފަހު، އާޔާގެ އަތުގަ ހިފާލަމުން ޔާނިޝް ބުނެލިއެވެ. މީޝާގެ ހިތް ކުދިކުދިވި ކަހަލައެވެ. އެތައްދުވަހަކަށްފަހު ލިބެންއުޅުން އުފާވެސް އޭނާއަށް ގެއްލުނީއެވެ.

ޔާނިޝް ބޭނުންވީ މިރޭ ކޮންމެ ހާލަކާ ލައިގެން ނަމަވެސް މީޝާއާ ވާހަކަ ދައްކާށެވެ. މީޝާގެ ހިތަށް ކުރާނެ އަސަރު އިހްސާސް ކުރެވޭތީއެވެ.

“މީޝާ………….”

ޔާނިޝްއަށް މީޝާ ފެނުނީ ޓެރަސްމަތީ ހުއްޓައެވެ.

“މީޝާ އައި އެމް ސޮރީ…………….”

ޔާނިޝް މީޝާގެ އަތުގަހިފާ މޭގަ ޖައްސާލަމުން ބުނެލިއެވެ. މީޝާ މަޑުމަޑުން އަތް ދުރުކޮއްލުމަށްފަހު އަނެއްފަރާތަށް އެބުރިލިއެވެ.

“މީޝާ…. އަހަންނަށް އެނގޭ މީޝާ ދެރަވާނެވަރު……….. އެކަމަކު އަހަންނަށް އިތުރު ގޮތެއް ނެތިގެންނޭ………”

ޔާނިޝް އަނެއްކާވެސް މީޝާގެ އަތުގަ ހިފާލަމުން ވާހަކަދެއްކިއެވެ.

“މީޝާ ޕުލީސް ޓުރައި ޓު އަންޑަސްޓޭންޑް މީ……. ޕުލީސް………” ޔާނިޝްގެ އާދޭހުން މީޝާގެ ހިތައްކުރި އަސަރުވީ އިތުރެވެ. މީޝާ ޔާނިޝްގެ ގައިގަ ބައްދާލިއެވެ. އެވަގުތު ދެލޮލަށް ބޮޑިވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

“އައި އެމް ސޮރީ ޔާނިޝް………. އަހަންނަށް އެނގޭ ޔާނިޝް ކަންތައް ކުރަންތިޖެހެނީ ޔާނިޝް ބޭނުންވާ ގޮތަކަށް ނޫންކަން…… އެކަމަކު އަހަރެން ޔާނިޝްދެކެ ވަރަށް ލޯބިވޭ……. ޔާނިޝްއާނުލާ އެންމެ ހިދުކޮޅަކުވެސް ދެންނޫޅެވޭނެ……….”

މީޝާގެ ރުއިން ގިސްލުމަކަށް ބަދަލްވިއެވެ. ޔާނިޝް މަޑުމަޑުން މީޝާ ދުރުކޮއްލިއެވެ. އަދި މީޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނެވެ.

“އިރާދަކުރެއްވިއްޔާ އަދި ހުރިހާކަމެއްވެސް ރަގަނޅުވާނެ………… އަހަރެން ދުވަހަކުވެސް މީޝާ ދޫކޮއްލާފަކާ ނުދާނަން……. އައި ޕުރޮމިސް…………”

ޔާނިޝް ވަރަށް ލޯތްބާއެކު މީޝާގެ ނިއްކުރިއަށް ބޮސްދިނެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. ކޮޓަރީ ބަހައްޓާފަހުރި ސޯފާގައި މީޝާއިނީ ފޮތެއްކިޔާށެވެ. ފުރަތަމަ ސެމިސްޓަރ ޓެސްޓު ފެށެން އުޅޭތީ މީޝާގެ ހުރިހާ ވަގުތެއް ހުސްކުރީ ކިޔެވުމުގައެވެ.

“މީޝާ………. މާދަންނޭ ޓެސްޓުއޮތީ…………. މިރޭވެސް ދަސްކުރެވޭނެއެއްނު……. އަހަރެންދިނިޔަ ދީބަލަ ޕޮލީސް……………..”

ބާލިސް މޫނުމަތީ އަޅަމުން އާޔާ ބުނެލިއެވެ. އާޔާއަށް ހީލަމުން ދޮރުފޮތިގަނޑު ދަމާލުމަށްފަހު މީޝާ ދިޔައީ ޓެރަސްމައްޗަށެވެ. ސޯފާގައި ހަމަޖެހިލުމަށްފަހު ޓެސްޓަށް ދަސްކުރުމުގައި ފޫހިކަމެއްނެތި މީޝާއިނެވެ.

“ކޮފީ………….”

މީޝާ ސިހުނީ ޔާނިޝްގެ އަޑަށެވެ. ދެތަށި ކޮފީ ހިފައިގެން ހުރި ޔާނިޝް ފެނިފަ މީޝާ ކުޑަކޮން ހައިރާންވިއެވެ.

“ޔާނިޝް…….. މިގަޑީ………..”

މީޝާގެ ސުވާލަށް ހީލަމުން ޔާނިޝް އިށީދެލިއެވެ.

“ކީއްވީ……… މިގަޑީ އަހަރެންމިތާ ހުރެގެންނުވޭތަ………”

މީޝާ އިރުކޮޅަކު ޔާނިޝްއާ ވާހަކަދައްކާލަން އިނުމަށްފަހު އަނެއްކާވެސް ފޮތްކިޔުމައިގެން ކުރިޔަށްދިޔައެވެ. ޔާނިޝްއިނީ އާވާރާވެފައިވާ މީހަކު ފަދައިން މީޝާގެ މޫނަށް ބަލާށެވެ. ދޭތެރެއަކުން މީޝާގެ މޫނަށްއެޅޭ އިސްތަށިކޮޅު ކޮޅު ޔާނިޝް ރީތިކޮއްލަދެވެ. ޔާނިޝް ކައިރީގަ އިނުމުން މީޝާއިނީ ވަރަށް އުފަލުންނެވެ.

ހެނދުނުގެ ސަޔަށްފަހު އަޔާންއާއި ރައުފާ ދިޔައީ އަތިރިމައްޗަށެވެ. އާޔާ އާދޭސް ކުރާވަރުން ޔާނިޝްއަށް ޖެހުނީ އާޔާ ކައިރީ މަޑުކުރާށެވެ.

“ޔާނިޝްއަށް އެނގޭތަ އަހަރެންއަދި އެއްވެސް ޓެސްޓަކުން ފާހެއްނުވޭ…… އެކަމަކު މީޝާ ކޮންމެ ފަހަރަކު ފާސްވާނެ…………”

އާޔާ އަނގަޔަށް ގޮތެއްހަދާލަމުން ބުނެލިއެވެ. ޔާނިޝް ސޯފާގައިން މީޝާއަށް ބަލާލިއެވެ. މީޝާގެ ހުރިހާ ޝައުގުވެރިކަމެއްހުރީ އުނގުމަތީ ބާއްވާފައޮތް ފޮތަށެވެ. ޔާނިޝްއިންކަންވެސް މީޝާއަށް ނޭނގޭކަހަލައެވެ. ނޫނީ އާޔާއާއެކު އެނދުގަ ޔާނިޝްއިންތަން ބަލަންބޭނުން ނުވަނީކަންނޭނގެއެވެ.

“ދެންނުކިޔޭނެ………. ޔާނިޝް ކިޔާބަލަ އަހަންނަށްއިވޭ ވަރަށް……………..”

އާޔާ އެނދުމަތީ އޮށޯވެލަމުން ބުނެލިއެވެ. ޔާނިޝްއަށް ނޭނގުނަސް މީޝާދިޔައީ ވަރަށް ރަގަނޅަށް ޔާނިޝްގެ ހަރަކާތްތައް ބަލަމުންނެވެ. ޔާނިޝް މީޝާއަށް ބަލާލަމުން ފޮތްނަގާ ކިޔަންފެށިއެވެ.

“ހާދަމަޑުން ތިކިޔަނީ…………”

އާޔާ ޔާނިޝްގެ ފައިފަލަމަސްގަނޑުމަތީ ބޯއަޅާލަމުން ބުނެލިއެވެ. އާޔާއޮތީ ސީދާ ޔާނިޝްގެ މޫނަށް ބަލާށެވެ. އާޔާގެ ހަރަކާތްތަކުން މީޝާއަށް އިނދެވެނީ ކިރިޔާއެވެ.

“އާޔާދެން ރެސްޓުކޮއްލައިގެން ކިޔާއިނގޭ………….”

އެނދުން ތެދުވަމުން ޔާނިޝް ބުނެލިއެވެ. ޔާނިޝް މީޝާއަށް ބަލާލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.

“މީޝާ……. އަހަރެންބުނާކަމެއް ކޮއްދީފާނަންތަ…….. ޕުލީސް…… މިޓެސްޓުގައެކަނި…….”

ޔާއާތެދުވެ ދެފައިވައް ކޮއްލަމުން ބުނެލިއެވެ. މީޝާ ޖެހިލުންވީ އާޔާ ބުނަންއުޅޭ އެއްޗެއް ނޭނގޭތީއެވެ.

ޔާނިޝް ކޮޓަރިއަށް ވަދެ، ފެންވަރާލުމަށްޓަކައި ޓީޝާޓް ބޭލިއެވެ. ޔާނިޝް ސިހުނީ ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވާލިއަޑަށެވެ.

“އާޔާ……………….”

ޔާނިޝް އިތުރަށް ސިހުނީ އާޔާވަދެ ކޮޓަރި ދޮރުލެއްޕުމުންނެވެ.

“ޔާނިޝްގެ ފޯން………….. ޔާނިޝް އެދިޔައީ ފޯންބާއްވާފަ…… ހޫނ……. އޭގެމާނައަކީ އަހަރެން ޔާނިޝްގެ ގާތަށްދާށޭ ދޯ……….”

މީޝާ ކުޑަކޮން ފޮނިވެލަމުން ބުނެލިއެވެ. ލިބުންފުރުސަތުނަގާނުލާ މީޝާ ދިޔައީ ޔާނިޝްގެ ގެސްޓްރޫމްއާ ދިމާލަށެވެ.

“ޔާނިޝް ފޯން…………………………”

ދޮރުހުޅޫވާލިތަނާ ފެނުން މަންޒަރުން މީޝާގެ ބަސްހުއްޓުނެވެ. މީޝާގެ ފައިދަށުންހީވީ ބިންގަނޑު ދަމައިގަތްހެންނެވެ. އެނދުމަތީ އޮށޯވެތިބި ޔާނިޝްއާއި އާޔާފެނިފައެވެ. މީޝާގެ ލޮލަށްހީވީ ކަރުނައިގެ ކޯރެއްޖަމާވިހެންނެވެ. އަވަސް އަވަހަށް ދޮރުލައްޕާލަމުން ދުއްވައިގަތީ ލޮލުންފައިބަމުންދިޔަ ކަރުނަތައް ފޮރުވާށެވެ. އަނގަމަތީ އަތްއަޅާ ބާރުކޮއްލައިގެން މީޝާ ގޮސްއެރީ ޓޭރަސްމައްޗަށެވެ. އެޔާއެކު މީޝާގެ ބަޑިފަޅައިގެން ދިޔައެވެ. ހުރިތާއިށީދެ ބާރަށް ރޮއެގަނެވުނެވެ. އިތުރަށް ހިނގާނެހިތްވަރެއްވެސް ނެތްކަހަލައެވެ. މީޝާގެ ގިސްލުމުގެތެރެއިން މީހަކު ހިނގާފަ އަންނައަޑު އިވެއެވެ. ކަރުނައިން ފުރިފައިވާ ލޮލަކުން މީޝާ އަޑުއަންނަދިމާލަށް ބަލާލިއެވެ. އެއީ ޒުވާން ފިރިހެނެކެވެ. ދިގުއިސްކޮޅެއްގެ ވެރިއެކެވެ. މެދުމިންވަރެއްގެ ދޮންކަމެއްހުރި ރީތި ޒުވާނެކެވެ. މީޝާ ލޯފޮހެލަމުން ރަގަނޅަށް ބަލާލިއެވެ. އެޒުވާނާ އައިސް މީޝާގެ ދާދިގާތުގަ އިށީނެވެ. މީޝާއަށް އެއީ ކާކުކަން އެގުމުން ހިތުގެ ރިހުންވީ އިތުރެވެ.

“އަމަރް…………………………………………”

މީޝާ ރޮއެގަންނަމުން އަމަރްގެ ގައިގަބައްދާލިއެވެ.                        ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maahee

Level 110 Stories100 Comments

Please Give Me Your Comments and Advice......???

Other Articles

Previous

ނޭނގޭ ގޮތެއްވޭ !! (2 ވަނަ ބައި)

Next

ޢަޞްރު (ނަވާޅީސްވަނަ ބައި)

Next
March 1, 2017

ޢަޞްރު (ނަވާޅީސްވަނަ ބައި)

Previews
February 28, 2017

ނޭނގޭ ގޮތެއްވޭ !! (2 ވަނަ ބައި)

10 Comments!

  1. Huvan'dhumaa handi says:
    February 28, 2017 at 11:00 pm

    Vvv reethi. Ma first tha?

    1. Maahee says:
      March 1, 2017 at 8:06 am

      Thanks Huvan’dhumaa handi……. yaa…. First…..

  2. Yaana says:
    February 28, 2017 at 11:31 pm

    Very interesting ekum haadha kurey

    1. Maahee says:
      March 1, 2017 at 8:07 am

      Thanks Yaana…….. Thursday ge Part dhiguvaane… inshaa Allah…..

  3. Someone says:
    March 1, 2017 at 8:23 am

    Mihaaru kudakoh understand vey! Anyway mi part ves varah reethi! Masha Allah! Waiting 4 the next part! ???

    1. Maahee says:
      March 1, 2017 at 8:38 am

      Thanks Someone….?

    2. Someone says:
      March 1, 2017 at 4:04 pm

      Welcome Maahee! Next part kon irakun? Hope thankolheh dhigu kohlaane kamah!????

  4. Mar Sha Marsha says:
    March 1, 2017 at 8:27 pm

    V rythi vaahaka eh.. mistakes madhu vee varakah kiyan faseyha vaane.. aneh bayah vv inthizaaru kurevey.. plz upload soon… mi rongun kuri erumah edhen maahee ah. ☺

    1. Maahee says:
      March 2, 2017 at 10:58 am

      Thank u Marsha………. miadhu next part upload kohladheynan…. read and comment plx…..

  5. Aysha says:
    March 3, 2017 at 12:53 pm

    Vvvvv reeethi… I luv it!!! ????

Comments are closed.

Next Episodeހިތުގެ އެދުމޭތީ (6 ވަނަބައި)←


All Right Reserved!